މި ދުވަސްވަރަކީ ރާއްޖޭގައި ސިޔާސީ ވާދަވެރިކަން ބޮޑު، ސިޔާސީ ހަލަބޮލިކަމެއްގައި ޤައުމު އޮތް ދުވަސްވަރެކެވެ. ނަމަވެސް ސަރުކާރުން ސިޔާސީ ކަންކަމުން އަރައި ނުގަނެވި ތަރައްގީ މަޑު ޖައްސާލާ ތަނެއް ނުފެނެއެވެ. މިހާރު މިހިނގާ އޭޕްރީލް މަހުގެ ފުރުތަމަ ހަފްތާއަކީ ރާއްޖޭގެ ރައްޔިތުންނަށް އެތަކެއް އުފާވެރި ޚަބަރުތަކާއި އުންމީދީ މަންޒަރުތަކެެއް ފެނިގެން ގޮސްފައިވާ ހަފްތާއެކެވެ.

ސިޔާސީ ވާދަވެރިކަމުގައި ބޭރާއި އެތެރެއިން އަންނަމުންދާ ފިއްތުންތަކާއިއެކުވެސް ރައްޔިތުން އެދޭ ތަރައްޤީ ޔަގީން ކޮށްދިނުމުގައި ސަރުކާރުން އެންމެ ފިޔަވަޅެެއްވެސް ފަހަތައް އަޅާތަނެއް ނުފެނެއެވެ. ރައްޔިތުންގެ ޖީބުތަކަށް ލުއިކޮށް ރައްޔިތުން އުންމީދު ކުރަމުންދާ ކަންކަން ހާސިލް ކޮށްދޭ މަންޒަރު ދަނީ ފެންނަމުންނެވެ. އެންމެ ޒަރޫރީ ބޭނުންތަކުގެ ތެރޭގައި ހިމެނޭ ކެއިން ބުއިމަށް ބޭނުންވާ ސާމާނާއި، ސިއްޙީ ފަރުވާއާއި ދަތުރުފަތުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް ދަނީ ގެނެސް ދެމުންނެވެ.

އޭޕްރީލް މަހުގެ ފުރަތަމަ ހަފްތާ ވެފައިވަނީ މިފަދަ އެތައްކަމެއް ފެނިގެން ގޮސްފައިވާ އުންމީދީ ހަފްތާއެއްގެ ގޮތުގައެވެ.

އެސްޓީއޯ އިން ވިއްކާ ކާޑުގެ ބާވަތްތައް އަގުހެޔޮ ކުރުން

ކާޑުގެ ބާވަތްތަކީ ކޮންމެ ދުވަހަކު އާންމު ދިރިއުޅުމުގައި ބޭނުންކުރާ އެންމެ މުހިންމު އެއް ބައެވެ. ސަރުކާރުން އެސްޓީއޯއަށް ދެމުންއައި ކާޑްގެ ސަބްސިޓީ ކަޑާލުމާއި ގުޅިގެން 2016 ވަނަ އަހަރުން ފެށިގެން ކާޑުގެ އަގު ބޮޑު ކުރިނަމަވެސް މިހާރު ވަނީ ކާޑުގެ އަގުތައް 2016 ގައި ހުރި އަގަށް ތިރިކޮށްފައެވެ. އެގޮތުން މިހާރު ހަނޑޫ ކިލޯއެއް 3.98 (ތިން ރުފިޔާ ނުވަދިހަ އަށްލާރިއަށް) ލިބޭއިރު، ފުށް ކިލޯއެއް 2.98 (ދެ ރުފިޔާ ނުވަދިހަ އަށްލާރި) އަށް ލިބޭއިރު ހަކުރު ކިލޯއެއް 4 (ހަތަރު ރުފިޔާއަށް) ވަނީ ލިބޭ ގޮތަށް ވަނީ ހަމަޖެއްސާފައެވެ. މި ބަދަލާއެކު ކާޑުގެ ސަބްސިޑީސް އަށް ދުވާލެއްގެ މައްޗަށް ސަރުކާރުން 850،000 ރުފިޔާ ހަރަދު ކުރާނެއެވެ.

ދަރުމަންވަންތަ ހޮސްޕިޓަލުގެ %80 މަސައްކަތް ނިމިއްޖެ

ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއުގެ ގޮތުގައި ކުރިއަށް ގެންދާ 25 ބުރީގެ "ދަރުމަވަންތަ ހޮސްޕިޓަލް" ގެ 80 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް ވިދާޅުވި އުފާވެރި ޚަބަރުވެސް ދީފައިވަނީވެސް އޭޕްރީލް މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައެވެ.

ދަރުމަވަންތަ ހޮސްޕިޓަލް – ވަގުތު އިމޭޖްސް: އަމީން ފަހްމީ
ދަރުމަވަންތަ ހޮސްޕިޓަލް – ވަގުތު އިމޭޖްސް: އަމީން ފަހްމީ

ރާއްޖެއިން ބޭރުން މިހާރު ކުރަމުންދާ ގިނަ ފަރުވާތަކަށް ހައްލުލިބޭނެ ވަސީލަތްތަކާއިއެކު ޤާއިމްކުރާ މި ހޮސްޕިޓަލަކީ އެންމެ ޒަމާނީ ފެންވަރެއްގައި ހުޅުވުމަށް ތައްޔާރުވަމުންދާ ހޮސްޕިޓަލެވެ. ހޮސްޕިޓަލަށް ބޭނުންވާ ތަކެއްޗަށް މިހާރު އޯޑަރު ދީފައިވާއިރު މެއި މަހުގެ ނިޔަލަށް ބޭނުންވާ ތަކެތި ލިބޭނެއެވެ. އައިޖީއެމްއެޗްގައި ލިބެން ނެތް ބައެއް ހިދުމަތްތައް އެ ހޮސްޕިޓަލުން ލިބިގެންދާއިރު އާންމު ގިނަ ހިދުމަތްތަކެއް ލިބޭ ގޮތަށް މި ހޮސްޕިޓަލު މިއަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު ހުޅުވުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ކުޅުއްފުށި އެއަރޕޯޓް އޮގަސްޓް މަހު ހުޅުވުމަށް ދަނީ މަސައްކަތް ކުރަމުން

ކުޅުދުއްފުއްޓާއި ހދ. އަތޮޅުގެ ރައްޔިތުންގެ އުންމީދުތަކާއި ގުޅިފައިވާ ކުޅުދުއްފިށީގައި އަޅާ އެއަރޕޯޓް އޮގަސްޓް މަހަށް ނިންމާލުމަކީ ސަރުކާރުގެ އެންމެ ބޮޑު އަމާޒެވެ. ފަސޭހަކަމާއިއެކު ދަތުރުފަތުރު ކުރެވޭނެ ނިޒާމެއް އޮތުމަކީ ކޮންމެ ރައްޔިތަކުންވެސް ބޭނުންވާ ކަމެކެވެ. ސަރުކާރުން ގާއިމްކުރާ މިއެއަޕޯޓްގެ ރަންވޭ ލެވެލް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު އެއަރޕޯޓަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ގާއިމް ކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ.

ކުޅުދުއްފުށީ އެއާޕޯޓް އެޅުމަށް ހިއްކާފައިވާ ސަރަހައްދު – ފޮޓޯ: އިރުޝާދު އަބްދުލްރަހްމާން
ކުޅުދުއްފުށީ އެއާޕޯޓް އެޅުމަށް ހިއްކާފައިވާ ސަރަހައްދު – ފޮޓޯ: އިރުޝާދު އަބްދުލްރަހްމާން

މި އެއާޕޯޓްގެ މަސައްކަތް ނިންމައި ވީހާވެސް އަވަހަށް ބޭނުންކުރެވޭނެ މަގު ފަހިވުމަކީ އެތައް ރައްޔިތުން ތަކެއްގެ އުންމީދުތަކާއި ގުޅިފައިވާ ކަމެކެވެ.

"ބާގަ ކިންގް" ކޮފީ "ކްލަބް" އަދި "ގްލޯރިއާ ޖީންސް ކޮފީ" ގެ އައުޓްލެޓް މާލޭގައި ހުޅުވުން.

ދުނިޔޭގެ މަޝްހޫރުކަން ލިބިފައިވާ ދެ ފްރެންޗައިޒް ބްރޭންޑް ކަމަށްވާ "ބާގަ ކިންގް" އާއި "ކޮފީ ކްލަބް" އަދި އޮސްޓްރޭލިޔާގެ މަޝްހޫރު ކޮފީ ބްރޭންޑެއް ކަމަށްވާ "ގްލޯރިއާ ޖީންސް ކޮފީ" ގެ އައުޓްލެޓް މާލޭގައި ހުޅުވާފައިވަނީވެސް އޭޕްރީލް ފުރަތަމަ ހަފްތާގައެވެ.

މާލޭގައި ބާގަރ ކިންގް ހުޅުވުން - ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ

މާލެ ގައި "ބާގާ ކިންގް" އާއި "ދަ ކޮފީ ކްލަބް" ހުޅުވާފައިވާއިރު، މި ދެ ބްރޭންޑްގެ ރެސްޓޯރެންޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މިހާރު ވެސް ދަނީ ހިންގަމުންނެވެ. ވެލާނާ އެއާޕޯޓްގައި ވާ މި ބްރޭންޑްގެ ދެ ތަނުގެ އިތުުރުން މާލޭގެ ދެތަންވެސް ހިންގާނީ ތައިލެންޑްގެ މައިނާ އިންޓަނޭޝަނަލްގެ ސަބްސިޑިއަރީއެއް ކަމަށްވާ މައިނާ ފުޑްސް އިންނެވެ.

މާލޭގައި ހުޅހުވި ދަ ކޮފީ ކްލަބް - ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ

ރަސްފަނުންގައި ހުޅުވި ހިތްގައިމު ފަވީލާ (ޕެވެލިއަން) އަލީ މާލޭގައި މިހާރު ހުރި އެންމެ ހިތްފަސޭހަ އަދި އެންމެ ހިތްގައިމު އެއް ކޮފީ ޝޮޕެވެ. މިތަނުން މިހާރު އޮސްޓްރޭލިއާގެ "ގްލޯރިއާ ޖީންސް ކޮފީ" އެކަނި ލިބުނު ނަމަވެސް ކައިރި މުސްތަގުބަލެއްގައި ދުނިޔޭގެ ނަން މަޝްހޫރު ގިނަ ބްރޭންޑްތަކެއް މިތަނަށް ގެނައުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

ވެމްކޯއަށް 150 އަށް ވުރެ ގިނަ ދިވެހި މުވައްޒިފުން ހޯދަން ހުޅުވާލުން.

މާލެ އަދި ވިލިމާލޭގެ މަގުތަކާއި ޕާކުތައް ކުނިކަހާ ސާފުޠާހިރުކޮށް ބެލެހެއްޓުމަށް 150 އަށްވުރެ ގިނަ ދިވެހި މުވައްޒަފުން ހޯދުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ފުރުޞަތު ހުޅުވާލައިފައިވަނީ ވެސް އޭޕްރީލް ފުރަތަމަ ހަފްތާގައެވެ.

ޒުވާނުންނަށް ވަކިން ހާއްސަކޮށް ދިވެހިންނަށް ވަޒީފާގެ ފުރުސަތު ތަނަވަސް ކޮށްދޭ ވެމްކޯއިން ބުނެފައިވަނީ މާލެ އަދި ވިލިމާލޭގެ މަގުތައް ސާފު ކުރުމުގެ މަސައްކަތް އަމަލީގޮތުން ފެށުމަށް ބޭނުންވާ ދިވެހި މުވައްޒަފުން ހޯދުމަށް މިމަމުގެ 10 އަދި 11 ވަނަ ދުވަހު ވޯކިންގ އިންޓަވިއުތަކެއް ހަވީރު 4 އިން އިރުއޮއްސި 6 އަށް އަދި ރޭގަނޑު 8 އިން 10 އަށް މާލޭ އިންޑަސްޓްރިއަލް ވިލެޖްގައި ހުންނަ އެ ކުންފުނީގެ ވޭސްޓް ކަލެކްޝަން ސެންޓަރުގައި ކުރިއަށް ދާނެކަމަށެވެ.

ވެމްކޯގެ ކުނި އުފުލާ ޕިކަޕެއް -- ފޮޓޯ: އެމްވ ީ ނިއުސް

81 އިންސައްތަ ދިވެހި މުވައްޒިފުންނާއިއެކު ހިންގާ ވެމްކޯއަކީ މާލޭގެ ސާފުކަން ބަލަހައްޓައި ކުނި މެނޭޖްކުރުމުގެ ބުރަ މަސައްކަތް ކުރަމުންދާ ފަރާތެވެ.

މާލޭގެ ހައްލުނުވެ ހައްލުނުވެ އޮތް ޓްރެފިކް މައްސަލައަށް ނިންމުމެއް އައުން


ދިވެހިރާއްޖޭގެ ވެރިރަށް މާލެއަކީ އެތަށް ޒަމާނެއް ކުރިން ފެށިގެން އެއްގަމު ދުއްވާ އުޅަނދުން މަގުތައް ތޮއްޖެހުމުގެ ދަތިތައް ތަހައްމަލު ކުރަންޖެހިފައިވާ ރަށެކެވެ. ނަމަވެސް އަދުގެ ސަރުކާރުން ލޮރީ، ޕިކަޕް އަދި ވޭން ފަދަ ތަކެތީގައި މުދާ އުފުލުމުގެ އުސޫލަށް ބަދަލު ގެންނަވައި ދުވާލުގެ ވަގުތުތަކުގައި މުދާ އުފުލުން މަނާކުރުމާއެކު ޒަމާންތަކަކެއް ވަންދެން ހައްލެއް ނުލިބިއޮތް ޓްރެފިކްގެ މައްސަލަ މިވަނީ މުޅިން ހައްލުކޮށްފައެވެ.

ބާޒާރު މަތީގައި މީހަކު މުދާތަކެއް އުފުލަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ބާޒާރު މަތީގައި މީހަކު މުދާތަކެއް އުފުލަނީ – ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ޓްރާންސްޕޯޓް އޮތޯރިޓީން މުދާ އުފުލޭ ގަޑިތަކަށް ގެނައި ބަދަލާއެކު، މިހާރު މާލެ ތެރެއަށް ވިއްކުމަށާއި ގުދަންކުރުމަށް ގަނޑުކޮށް އުފުއްލާ މުދަލާއި، ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި، އިމާރާތްކުރުމަށް ބޭނުންކުރާ ގަލާއި، ބުއިމަށް ބޭނުންކުރާ ފެނާއި އެހެނިހެން ބުއިންތައް އަދި މި ނޫންވެސް މިފަދަ އެންމެހާ ތަކެތި އެއްތަނުން އަނެއްތަނަށް އުފުއްލޭނީ އިރުއޮއްސި 06:00 އިން ފެށިގެން ހެނދުނު 06:00 އާއި ދެމެދު ކަމަށެވެ. އަދި މި ބަދަލާއެކު ޑެލިވަރީގެ ގޮތުގައި ކައްކާ ގޭސް އުފުލޭނީ ހެނދުނު 08:30 އިން 11:00 އަށާއި، އިރުއޮއްސި 06:00 އިން ހެނދުނު 06:00 އަށެވެ.

މިހުރިހާ ކަމަކީވެސް މިހިނގާ އޭޕްރީލް މަހުގެ ފުރަތަމަ ހަފްތާގައި ހިނގާފައިވާ ކަންކަމެވެ. މިއީ ސިޔާސީ މަސައްކަތް ކަމުގައި ފެންނަ ބަޔަކު ވާނަމަ ތަރައްޤީއަކީ ކޮބައިކަން އެފަދަ ފަރާތްތަކުން ހާމަކޮށްދޭން ޖެހެއެވެ. ރައްޔިތުންނާއި ގުޅުންހުރި މިފަދަ މުހިންމު އަދި ބޭނުންތެރި ކަންކަން ފަހިވެގެންދާއިރު މިއީ ރައްޔިތުންވެސް މިއަދު އުފަލާއިއެކު ބަލައިގަންނަ ކަންތައްތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ޖަސްޓް

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ޖަސްޓް ވަން ވީކް ދޯ. ދެން އޮތީ މިފެށޭ ހަފްތާގައި މާލެ ސަރަހައްދުގައި ވިޔަފާރި ކުރާ ހުރިހާ ފަރާތް ތަކަށް ގުޅިފަޅުން ކޮންމެ ކުންފުންނަކަށް 5000 އަކަފޫޓް މަހަކު އަކަފޫޓަކަށް 1 ރުފިޔާ 100 އަހަރު ވަން ދެން ސަރުކާރަށް ދައްކާ ގޮތަށް 20 ބިލިއަން އަކަފޫޓް ކުއްޔަށް ދެވެން ދެން ގުޅި ފަޅު ހިއްކާ އަދި ތިލަފުށި ހިއްކާ ބިންތައް ކުއްޔަށް ދިނުމޭ އެއިރުން މަމެން ޖީއެސްޓީ %6 އިން %3 އަށް ބަދަލު ކުރާނަމޭ އަދި ޑޮލަރުގެ އަގު ވެސް ތިރި ކުރާނަމޭ 12 ރުފިޔާ. ޖަސްޓް ވަން ވީކް ދޯ. އިޓްސް ޖަސްޓް އެނަދަރ ވަންވީކް އަހެޑް ދޯ.

  2. ާަައާވާ

    ތިބުނާ އިދިކޮޅަށް، ރައްޔިތުންނަށް މިކަންކަން ކޮއްދޭނެ ފުރުސަތު ވަރަށް ރަނގަޅަށް ލިބުނު. މިހާރުވެސް ކަމެއް ކޮށްދޭނެ ގާހަކަ އެއްނުދައްކާ. ސަރުކާރު ވައްޓާލާ ވާހަކަ ދައްކަނީ.

  3. Anonymous

    ރައްޔިތުންނަށް ލިބޭނެ އެންމެ އުއްމީދީ ޚަބރަކަށް ވާނީ މިއަނިޔާވެރިކަމުން މިންޖުވުން

  4. ރީޒަަން

    މަމެން ޕިންކީންގެ ވެރިކަމުގެ ފުރަތަމަ 5 އަހަރު ނިމޭ އިރު އެޕްރީލްގެ ފުރަތަމަ ހަފްތާގައި އުއްމީދީ ޚަބަރު ތައް ރައްޔިތުންނަށް ގެނެސްދޭ ނަމަ މަމެން އުއްމީދު ކުރަމޭ މިފެށޭ ހަފްތާގައި މާލެ ސަރަހައްދުން ފްލެޓްސް ތަކަށް އެދިފައިވާ އެންމެންނަށް ފްލެޓްސް ތައް ދޭނެ ކަން ރައީސް އޮފީހުގައި އޮންނަ ބޮޑު ނިއުސް ކޮންފަރެންސް އަކުން އިއުލާން ކޮށް އެއެންމެންނަށް ފްލެޓްސް ލިބޭނެ ކަމުގެ ލިޔުން ހަވާލު ކުރާނެ ކަމަށް. މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ވެރިކަމަކީ އެއީ ދަ ޕާރފެކްޓް ޕާރސަން ފޯރ ދަ ޕްރެޒިޑެންޓް ސީޓް ދެޓްސް ޖަސްޓް އައި ވޯންޓް ޔޫ ޓު ނޯ އައި ހޭވް ފައުންޑް އައުޓް ތައުޒަންސް ރީޒަންސް ޓު ގިވް ހިމް ނެކްސްޓް ޓާރމް. އައި އޭމް ސޮރީ ކްރިޓިކްސް ވިލް ކްރިޓިސިސައިޒް އަވަރ ބިއުޓިފުލް ގިވްއިންސް އިޓްސް ސަމްތިންގް ދެޓް އައި މަސްޓް ލިވް ވިދް އެވްރީޑޭ އައި ވިޝް ދެޓް ކުޑް ޓޭކް އޯލް ދަވޭ ފޯރވާރޑް ރާދަރ ދެން ބެކްވާރޑް. އައި ހޭވް ފައުންޑް އައުޓް ތައުޒަންސް ރީޒަންސް ޓު ގިވް ހިމް އަ ނެކްސްޓް ޓާރމް އައި ހޭވް ފައުންޑް އައުޓް ތައުޒަންސް ރީޒަންސް ޓު ގިވް ހިމް އަ ނެކްސްޓް ޓާރމް އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް....

  5. އެދުރުބެ

    އިދިކޮޅުން ދުނިޔެއަށް އުފަންވީތީ އިދިކޮޅު ހަދަން ފަށާނެ ދުވަސް ޖެހެނީއެވެ. އަންނި އާއި މައުމޫން އދި ގާސިމަށް ސަލާން....

  6. ރާއްޖެ ތެރެ

    އަހަރުމެނަށް ކީއް މާލާ މީހުންނަށް ކޮންމެ ކަމެއް ކޮށް ދިނަސް އަހަރުމެން ސޯ ރާއްޖެ ތެރޭ ދޯ

  7. ޒުލޭ

    ހަމަ ޔަޤީނުންވެސް މިވަރުގެ ވެރިއެއް މި ޤައުމަކަށް ނުގެނެވޭނެ، 24 ގަޑިއިރު ކޯޓުފަޓުލޫނު ލައިގެން މީހުންގެ ކުރިމައްޗަށް ނުކުތުން އެއީ މީހާގެ ޝަޚްޝިއްޔަތޭ ބުނުން ރައްޔިތުން މިއަދު ޤަބޫލެއް ނުކުރާނެ، އެކަމު މިއަދު މި ފެނިގެންދާ ޝަޚްޝިއްޔަތު އަދުގެ ޒުވާނުން އަދި ކުރިއަށް އޮތް ޖީލްވެސް ޤަބޫލުކުރާނެ ، ސާބަހޭ ރައީސް ޔަމީން ، އަދިވެސް އަދިވެސް މިފަދަ ތަރައްޤީގެ އުފާވެރި ޚަބަރުތައް ލިބެމުންދާނެ ، މި ރައީސް އަކީ ފަސްބަލާ ރައީސްއެއް ނޫން މި ރައީސް އަބަދުވެސް ވިސްނާނީ ޤައުމު ތަަރައްޤީ ކުރާނެ ގޮތްތައް،

  8. ޒުލޭ

    ވޭތިވެދިޔަ ދިގު ތިރީސް އަހަރު ކީއްވެގެންބާ މިކަންކަން ނުކުރެވުނީ ހަމަ ޔަޤީނުންވެސް އިލްމާ ހިލްމް ލިބިގެން ތިބި ބޭފުޅުން ޤައުމުގެ އިސްސަފުގައި މަސައްކަތް ކުރައްވަމުން ގެންދެވީ ، މި ޤައުމަށް ތަރައްޤީ ގެނެވޭނީ ހަމައެކަނި ރައީސް ޔާމީނަށް އިންޝާﷲ 2018 އެއްލަކިން ކާމިޔާބު ކުރާނަން

  9. އަބްދުއްލާ

    އެންމެ މައްސަލަޔަކަށް ހައްލު އަންނަން އެބަޖެހޭ . އައިޖީއެމް އެޗް އިން ގިނަ ހިދުމަތްތަކެއް މިސަރުކާރު އައިފަހުން ލިބެން ފަށާފައިވޭ .އެއީ ހަގީގަތެއް ލިބޭ ވަރަށް ބޮޑު އުފަލެއް. ނަމަވެސް ހިތާމަޔަކީ އަވަސް ހިދުމަތް ނުލިބުން ޑޮކްޓަރަށް ދެއްކުން ސްކޭންތައް މިފަދަކަންކަމުގެ އެޕޮއިންޓްމަންޓަށް 4 މަސް 6 މަސް 2 މަސް ބަލީމީހާ މަރުވެ ވަޅުލާފަހުން އެޕޮއިންޓް މަންޓް ލިބޭމައްސަލަޔަށް ހައްލެއްލިބެނިކޮށް ހުރިހާކަމެއް ފުރިހަމަވީ

  10. ޓުޔޫ

    ކޮބާ އެމެންގެ ރަންރީނދޫ ބިއުޓީ ކްއީނޭ ޕްރިޓީ ލިޓިލް މައިންޑޭ ތަމެންނަށް ފެނޭތޭ މިތަން ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. މަމެން ޕިންކީންގެ ވެރިކަމުގައި ތަމެން ވެސް ބުރަ ކޮށް މަސައްކަތް ކޮށްގެން ލިބުނު ފައިސާ ކޮޅުން ބޭންކް މެދުވެރިކޮށް ބޮޑު ލޯނެއް ނަގައިގެން މަތި ކިބައާއި ޖޮއިންޓް ވެންޗަރ ހަދައިގެން ނުޖެހޭނެއޭ މާލޭން ފްލެޓްސް ގަންނަން ތަމެންނަށް ވެސް ފްލެޓްސް ވެސް ދޭނަމޭ މަމެން ޕިންކީންގެ ވެެރިކަމުގައި. ތަމެން ވެސް ދެން މަމެން ޕިންކީން ނާއި ގުޅެންވީއޭ އެމްޑީޕީ ޝަޓް ޑައުން ކުރާނަމޭ މަމެން އެމެންގެ ހުރިހާ އެންމެން ޖަލަށް ގަޅާލައިގެން އެކަން ކުރަން ޖެހުނަސް އެކަން ކުރާނަމޭ މަމެން، ދެން ޖީވަނޭ ވެސް ފެތެން ޖެހޭ ގޮޅި އަށް މިހާރު އެއޮތީ ފެތިފައޭ. ދެން ވެސް ރަންރީނދޫ ޓްވިޓަރޭ މެން ހުޅުދޫގައި އެއާރޕޯރޓް އެއް ހަދަން ބޭނުން ނަމަ މަމެން ޕިންކީން ނާއި ގުޅެންވީއޭ. މަމެން ޕިންކީންގެ ވެރިކަމަކީ ރާއްޖެ ދުށް އެންމެ ޕާރފެކްޓް ވެރިކަމޭ ދެޓްސް ޖަސްޓް އައި ވޯންޓް ޔޫ ޓު ނޯ. އައި އޭމް ސޮރީ ދެޓް އައި ހާރޓް ޔޫ އިޓްސް ސަމްތިންގް ދެޓް ޕޮލިޓިކްސް އިޒް ޕްލޭއިންގް ވިދް އައި ވިޝް ދެޓް ޔޫ ކުޑް އަންޑަރސްޓޭންޑް އިޓް ވެލް އިނަފް. އައި ފައުންޑް އައުޓް ތައުޒަންސް އޮފް ރީޒަންސް ޓު ޖޮއިން ޕިންކީސް އައި ފައުންޑް އައުޓް ތައުޒަންސް އޮފް ރީޒަންސް ޓު ބީ ޕިންކީސް ކަމޯން ކަމް އެން ޖޮއިން އަސް ޓު ސީ ދަ ލިޓިލް ޓޯކިޔޯ ސައިލެންޓް ޑްރީމް. އައި ހޭވް ފައުންޑް އައުޓް އަ ރީޒަން ފޯރ ޔޫ ޓު ޖޮއިން އެން ދަ ރީޒަން އިޒް ޔޫ އެން ދަ ރީޒަން އިޒް ޔޫ އެން ދަ ރީޒަން އިޒް ޔޫ އެން ދަ ރީޒަން އިޒް ޔޫ ކަމޯން ސްޓޭންޑް އަޕް ހޭންޑްސް އަޕް އެން ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް...

  11. ލިޔޫސާ

    ހެޔޮ ދުރުވިސްނޭ ރަގަޅު ވެރިޔެއް މި ޤަވްމަށް ދައްކަވައި މާތްﷲގެ ނިޢުމަތް ދިވެހިންނަށް މިވަނީ އިތުރުކޮށްދެއްވާފަ! މި ނިޢުމަތް ދަމަހައްޓަން އެންމެހައި ދިވެހިން އަތުކުރި އޮޅާލައްވާ ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިޚާބުކުރުމަށް އަތްތައް ގުޅާލައްވާ!

  12. ތަކުރާރީ

    ކޮބާ ކަލޯމެން ރަންރީނދޫ ޓުވިޓަރޭމެން ނަށް އެނގޭތޭ އެނގޭތޭ، އެނގޭތޭ، އެނގޭތޭ، އެނގޭތޭ، އެނގޭތޭ، އެނގޭތޭ، ނޭނގޭ ކަމަށް ހަދާނެ ކަމެއް ނެތޭ، މަމެން ބުނާކަށް ނެތީމޭ. އެކަމަކު މިހިރި ފެންނަ ތަރައްގީގެ ކަންކަން ފެނުނީމާ ކަލޭމެން ފަޔަށް ހިނިއަރަގެން އުޅޭހެން ހީވާތީ ބުނަންޖެހޭ އެއްޗެކޭ މިބުނަނީ. ކަލޭމެން ދެން މަހަށްދޭ، ދާނީ މަހައްދޯ؟ މަހަށް ދެގަ! ދޭބަލަ މަހަށް! މަސްބާނަން ގޮއްސަބަލަ! މަހަށްދޭ، މަހަށްދޭ، މަހަށްދޭ، މަހަށްދޭ، މަހަށްދޭ، މަހަށްދޭ، މަހަށްދޭ، މަހަށްދޭ، މަހަށްދޭ، މަހަށްދޭ، މަހަށްދޭ، މަހަށްދޭ، މަހަށްދޭ، މަހަށްދޭ، މަހަށްދޭ، މަހަށްދޭ، މަހަށްދޭ، މަހަށްދޭ، މަހުން ލަފަގެން އައިސްވެސް ދެރަވޭތޭ؟