ރާއްޖޭގައި އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް މީހުންނަށް ޖެހެމުންދާ ތަފާތު ބަލިތަކުގެ ވާހަކަ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުންނާއި އަދި ހަބަރު ފަތުރާ ވަސީލަތްތަކުން މިއަންނަނީ ކެނޑި ނޭޅި ދައްކަމުންނެވެ. ބޮޑެތިބަލި ތަކުގެ ވޭން ތަހައްމަލު ކުރަމުންދާ އަދި އެ ބަލިތަކަށް ފަރުވާ ކުރާނެ ތަނަވަސްކަން ނުހުންނަ ފަރާތްތަކަށް އެހީ ހޯދުމަށާއި އެ ފަރާތްތަކަށް ހެޔޮ ދުއާ ކޮށްދިނުމަށް މި ޕްލޭޓްފޯމްތައް މެދުވެރިކޮށް ބަލިތައް ތަހައްމަލުކުރަމުންދާ ފަރާތްތަކުން މި ދަނީ އާދޭސްކުރަމުންނެވެ.
އައްޑު އަތޮޅު ހުޅުދޫ ކުދީނާގެއަށް އުފަން އަހުމަދު ރިޔާހް އެންމެން ދަންނަ ނަމުންނަމަ ފިރާޒްވެސް ބޭނުންވަނީ އެފަދަ ފަރާތަކަށް ދީލަތި އެހީއެއް ފޯރުކޮށްދިނުމަށެވެ. ސޯޝަލް މީޑިއާއިން ފެންނަ އެފަދަ ބަލި މީހުންނަށް ކޮންމެވެސް ކަހަލަގެ އެހީއެއް ފޮރުކޮށްދެވުމަކީ ހުވަފެނެއް ކަމުގައި ބަލައިގެން މަސައްކަތް ކުރަމުން އަންނަ ފިރާޒް ނިންމީ ބޭނުން ޖެހިފައިވާ ފަރާތަކަށް އޭނާގެ ދެކިޑްނީ އިން އެއް ކިޑްނީ ހަދިޔާ ކުރާށެވެ. އެ ނިޔަތުގައި ފޭސްބުކުގައި ޖަހައިލި ޕޯސްޓަކާއެކު ގިނަ ބައެއްގެ ސަމާލުކަން ވަނީ ފިރާޒަށް ހުއްޓިފައެވެ.
ފިރާޒް ފޭސްބުކުގައި ޖަހައިފައިވާ ޕޯސްޓު ފެނުމާއެކު "ވަގުތު" ނޫހުން އޭނާއަށް ގުޅުމުން އޭނާ ބުނީ ކިޑްނީ ބޭނުންވާ ފަރާތަކަށް ހަދިޔާ ކުރުމަށް މިހާރުވެސް ތައްޔާރަށް ހުރިކަމަށެވެ. އަދި ކިޑްނީގެ ބަދަލުގައި އެއްވެސް ފައިސާއެއް ނުވަތަ މުދަލެއް ބޭނުން ނޫން ކަމަށާއި އޭނާ ކިޑްނީ ދޭން ބޭނުންވަނީ ހަމައެކަނި ބޭނުން ޖެހިފައިވާ މީހަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑު ބޭނުން ވަރަށް ގިނަ މީހުންނަށް އެހީވާން. 100 ކިޑްނީވެސް ދޭން ބޭނުން. އެކަމަކު އަޅުގަނޑަށް އެހީ ވެވޭނީ އެންމެ މީހަކަށް. އަޅުގަނޑު އެ ޕޯސްޓު ޖަހަމުން ހިތައް އެރި އެންމެ ފުރަތަމަ ގުޅާ މީހަކަށޭ ކިޑްނީ ދޭނީ. މިހާރު 100 އަށްވުރެ ގިނަ ފޯން ކޯލް ލިބިއްޖެ. އެކަމު އަޅުގަނޑު ކިޑްނީ އާ ގުޅޭ ދިމާވީ އެންމެ 3 މީހުންނާ" ފިރާޒް ކިޔައިދިނެވެ.
ފިރާޒް ބުނީ ކިޑްނީ ބޭނުންޖެހިގެން މިއަދު ގުޅި މީހަކަށް ކިޑްނީ ދިނުމަށް ހަމަ ތައްޔާރަށް ހުރިކަމަށެވެ. އޭނާ ބުނި ގޮތުގައި އޭނާ ކިޑްނީއާ ގުޅޭ މީހުންގެ ތެރެއިން އެންމެ ފުރަތަމަ ގުޅީ އަންހެނެކެވެ. އޭނާ އެދުނީ އޭނާގެ މަންމަ އަށް ކިޑްނީ ހަދިޔަ ކޮށްދިނުމަށް ކަމަށްވެސް ފިރާޒް ވަނީ ބުނެފައެވެ.
"ހަމަ މީގެ ގަޑިއެއްހާއިރު ކުރިން ގުޅި ދައްތައެއް. އެދައްތަ ބުނީ އޭނާގެ މަންމައަށް ކިޑްނީ ހަދިޔާ ކުރުމަށް. އަޅުގަނޑު ބުނިން އެންމެ ރަނގަޅޭ. އެ ދައްތަ ބުނި އާއިލާގެ އެހެން ކުދިންނާ ވާހަކަ ދައްކާލާފަ ހަބަރެއްވާން" ފިރާޒް ކިޔައިދިނެވެ.
"ވަގުތު" ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެމުން ފިރާޒް ބުނީ އޭނާއަށް ކިޑްނީ ހަދިޔާ ކުރިނަމަވެސް އަމިއްލައަކަށް އެކަމަށް ހަރަދުކުރެވެން ނެތްކަމަށެވެ. އަދި ކިޑްނީ ބޭނުންވާ ފަރަތުން ހުރިހާ ހަރަދެއް ބަލާގޮތަށް އެމީހުން ގެންދާ ތަނަކަށް ގޮސް އޮޕަރޭޝަން ކުރަން ތައްޔާރުކަމަށް އޭނާ ވަނީ ބުނެފައެވެ.
"އަޅުގަނޑު އަތަކު މިކަމަށް ހަރަދު ކުރާނެ ފައިސާއެއް ނެތް. އަޅުގަނޑު އޮޕަރޭޝަން ކޮށްގެން ކިޑްނީ ނަގައިގެން ބޭނުންވާ ފަރާތުގެ ހަށިގަނޑަށް ލައްވަން އެމީހުން ގެންދާ ހޮސްޕިޓަލަކަށް ދާން ހަމަ ތައްޔާރު" ފިރާޒް ބުންޏެވެ.
ފިރާޒް ބުނި ގޮތުގައި ކިޑްނީ ދޭން އޭނާ މި ނިންމުން ނިންމުމުގެ ކުރިން މިކަމުން ވެދާނެ ގެއްލުމަކާ މެދު ވިސްނައި ހޯދައި ބެލިއެވެ. އޭނާ ވަނީ އިންޓަނެޓުންނާއި އަދި އެނޫންވެސް މައުލޫމާތު ހޯދާ ވަސީލަތްތައް މެދުވެރިކޮށް މިކަމުން ވާނެ ގެއްލުން ދެނެގަނެފައި ކަމަށް ބުންޏެވެ. އަދި އޭނާގެ ހޯދުމުން މިކަމަކީ ހަށިގަނޑަށް ގެއްލުން ހުރި ކަމެއް ނޫންކަމަށާއި 1 ކިޑްނީގެ ބާރުގައި ދިރިއުޅެމުންދާ ފަރާތްތަކުންވެސް އަދައިގެ ދިރިއުޅުން ތަކުގައި އުފަލުގައި އުޅެމުންދާތަން ފެންނަކަމަށް އޭނަ ވަނީ ބުނެފައެވެ.
ވަރަށް ހިޔޮކުއްޖެއް
ﷲ ހަޒްރަތުން ދަރުމަ އާއި ސަވާބަށް އެދި ކުރާ ކަމެއްގައި އެކަލާނގެ ބަރަކާތް ލައްވާނެ އިންޝާ ﷲ
ސުބުހާނަﷲ .ޖަޒާކަﷲޚައިރު...
އިންޝާﷲ
އަހަރެން ގެ ދައްތަ ގެ ފިރިސޮރު ވެސް ވަނީ އެތް ކިޑުނީ ދީފަ އަދި އިންޟާ ﷲ ހަމަ ބަރާބަރު ތީ ވަރައް ރަންގަޅު ކަމެއް
ހާދަ ހިތްހެޔޮ ކުއްޖެއް. ކޮއްކޮއަށް ބަރަކާތް ލައްވާށި އަދި ކާމިޔާބު އުފާވެރި ދުވަސްތަކެއް ދެއްވާށި.
އަހަރެންގެ ކޮށްކޮޔަށްﷲ ބަރަކަަަާތް ލަށްވާ އޭނަގެ އާއިލާއަށް ﷲގެހަސްރަތުން ނަސްރުދެނިވި ބާރެއްދެއްވައި ބޮޑު ތަނަވަސް ކަމެއް ދެއްވުމަށް ﷲއަށް ދުޢާ ދަންނަވަން. އޭނަވަނީ އޭނަގެ އެއްކިޑްނީ އޭނަގެ މަންމަޔަތް ހަދިޔާ ކޮށްފައި ތިބޭފުޅުން އަޅުގަނޑުގެ ދުޢާ އަށް އާމީން ވިދާޅުވެ ދެއްވާ
ޔާﷲ އާމީން
ފިރާޒް އަށް ﷲ ހެޔޮ ދަރުމަ ދެއްވާށި
އަހަރެން މީނާއަކަށް ކުރާނެ ތަޢުރީފެއް ކިޔާނެ ސަނާއެއް ނެތް. އަހަރެން ކީރިތި ﷲ ގެ ހަޒުރަތުގައި ދުޢާދަނަވަނީ މީނާއަށް ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްވާ ހިސާބު ބެއްލެވުމެއްނެތި ސުވަރުގެ މިންވަރުކޮށްދެއްވުމަށް އެދި!
މާތް ﷲ ތިބާއަށް ހެޔޮރަޙުމަތް ލައްވާށި،
އާމީން،
ސޯޝަލް މީޑިއާގައި ހަމަ މީހަކު އެއްޗެއް ޖަހާއިރަށް ، ނޫސްތަކުން އަދި ޙަބަރު ފަތުރާ ވަޞީލަތްތަކުން ކަމުގެ ދެކޮޅު ބާލާނުލާ ޙަބަރު ގެނެސްދިނަސް ކަމަކު ނުދާނެ. މީނާގެ ފަތިފުއްވެސް ބަލާލުން ރަނގަޅު ކަންނޭނެގެ ދޯ؟ މީނަ މީ ކީއްކުރާ ކިންމަގުސަދެއްގަ ކުރާކަމެއްތޯ؟ މި އިީ ވ. ވާހަކަ... މިހެންބުންޏަސް އިނގޭ ގޯސްވާނީ މިކޮމެންޓު ކުރި މީހާކަން.. ވ. ސަލާމް.
ﷲ ގެ ހަޒުރަތުން ރަހުމަތާ ސަވާބޭ ކިޔާއިރު ﷲ ގެ ހަޒުރަތުން ރަހުމަތާ ސަވާބު ލިބޭ އެންމެ ބޭސިކު ކަންކަން އެބަކުރަންތަ.
ތިޔަ ޒުވާނާ އަށް މާތް الله ބަރަކާތް ލައްވާށިއެވެ. އަދި ތިޔަ ދޭ ކިޑްނީ ލިބޭ ފަރާތަށް ވެސް މާތް الله ބަރަކާތް ލައްވާށިއެވެ. އާމީން