ކުރީގެ ވާހަކަ އަބަދު ދައްކާނަމަ މިހާރު ސަރުކާރު ހިންގަން ތިބި ފަރާތްތައް އިދިކޮޅުގައި ތިބިއިރު ހުރިހާ ކަމަކަށް ފާޑުކިޔަމުން ދިޔައެވެ. ހާއްސަކޮށް ނޫސްވެރިކަމުގެ މިނިވަންކަން ހަނިކޮށް، ނޫސްވެރިންނަށް ދަތިތައް ކުރިމަތި ކުރަމުން ގެންދާ ކަމުގެ ޝަކުވާ ކުރަމުން ގެންދިޔައެވެ. ނޫސްވެރިންނަށް އެންމެ ބޮޑަށް ދަތިތައް ކުރިމަތި ކުރަމުން އައި އެއް މުއައްސަސާ އަކީ ފުލުހުން ކަމަށް ލޭބަލް ކުރަމުން ގެންދިޔައެވެ.

މިއަދު ފުލުހުންގެ މަތިފަޑީގެ ގިނަ މަގާމުތަކަށް ބަދަލު އައިސްފިއެވެ. ހާއްސަކޮށް ޕޮލިސް ކޮމިޝަނަރާއި އަދި އޭގެ ތިރިން ފުލުހުންނާއި މީޑިއާތައް ގުޅުވައިދޭ ޑިޕާޓްމަންޓްގެ ވެރިޔާ ވެސް ބަދަލު ވެއްޖެއެވެ. އެއާއިއެކު ނޫސްވެރިކަމުގެ މިނިވަންކަމަށް ފުލުހުން އިމެއްނެތް ހުއްދައެއް ދިން ކަމުގެ އަޑުތައް އޮތީ ވަރަށް ގަދަވެފައެވެ. ނަމަވެސް މަގުމަތީގައި މިމިނިވަންކަން ތަޖުރިބާކޮށްލަން ނޫސްވެރިންނަށް އިއްޔެ ލިބުނު ފުރަތަމަ ފުރުސަތުގައި ވެސް ފުލުހުން މިވަނީ "އަނިޔާވެރިކަމާއި، އިމެއް ނެތް ބާރުގެ ބޭނުންކޮށް" ފުލުހުން ބޭނުން ގޮތަކަށް ފުލުހުންގެ މަސައްކަތްކޮށް ނިންމާލާފައެވެ. ނޫސްވެރިންނަށް ލިބުނު މިނިވަންކަމެއް ވެސް ލިބުނު، ހިމާޔަތެއް ވެސް ލިބުނު ރައްކާތެރިކަމެއް ވެސް ނެތެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީޢަތް އިއްޔެ ކްރިމިނަލް ކޯޓު ކައިރީގައި ކުރިއަށް ދަނިކޮށް އެތަނުގައި އެއްވެފައި ތިބި މީހުންގެ ތެރެއަށް އެސްއޯ ފުލުހުން އިއްޔެ ވަދެގަތީ ވެސް ކުއްލިއަކަށެވެ. ފުލުހުން ހައްޔަރު ކުރަން ބޭނުންވާ މީހުން ހައްޔަރު ކުރަމުން ގެންދިޔައިރު އެންމެ ފާހަގަ ކުރެވުނީ "ޗެނަލް-13" ގެ ނޫސްވެރިންނާއި މެދު ފުލުހުން އަމަލުކުރި ގޮތެވެ.

ސަރުުކާރާއި ދެކޮޅު ޓީވީ ޗެނަލްގެ ނޫސްވެރިންނަށް ހާއްސަ އިމެއް ކަނޑައަޅާ، އެނޫސްވެރިންނާއި މެދު ވަކި ހާއްސަ އުސޫލަކުން ކަންތައްތައް ކުރަމުން ގެންދިޔައިރު އެނޫސްވެރިން ތިބި ތަނުގައި ސަރުކާރަށް ތާއިދުކުރާ ޓީވީ ޗެނަލްތަކުގެ ނޫސްވެރިންނާއި އެހެން މީޑިއާތަކުގެ ނޫސްވެރިން ވެސް ތިއްބެވެ. ނަމަވެސް އެއިން ނޫސްވެރިޔަކާއި މެދު ހާއްސަ އުސޫލަކުން އަމަލު ނުކޮށް ހާއްސަ އުސޫލު ހިނގީ ހަމައެކަނި "ޗެނަލް-13" ގެ ނޫސްވެރިންގެ މައްޗަށެވެ.

ފުލުހުންގެ ބެލުމުގެ ދަށުން ނޫސްވެރިޔަކު ގެންދާއިރު ފުލުހުންގެ މީޑިއާ އޮފިޝަލަކު ކައިރީގައި – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)
ފުލުހުންގެ ބެލުމުގެ ދަށުން ނޫސްވެރިޔަކު ގެންދާއިރު ފުލުހުންގެ މީޑިއާ އޮފިޝަލަކު ކައިރީގައި – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)

ނޫސްވެރިންނަކީ ވެސް އެމީހުންގެ މައްޗަށް ޤާނޫނުގެ ބާރު ހިނގާނެ ބައެކެވެ. ނަމަވެސް ނޫސްވެރިން ބޭނުންވާ ކަމެއް ޤާނޫނުތަކާއި ޤަވައިދުތައް ތަންދޭ އެންމެ ފުޅާމިނެއްގައި ރިޕޯޓް ކުރުމުގެ ޙައްޤު ޤާނޫނު އަސާސީ އިންނާއި ޤާނޫނުތަކުން ނޫސްވެރިންނަށް ވެސް ލިބެއެވެ. ފުލުހުންގެ މައްޗަށް ޤާނޫނީ ވާޖިބެއް އޮތް ފަދައިން ނޫސްވެރިންގެ މައްޗަށް ވެސް ޤާނޫނީ ވާޖިބުތަކެއް ހުރެއެވެ. އެހެންކަމުން ފުލުހުންގެ "ބާރުގަދަވި ނަމަވެސް" ފުލުހުންނަށް ވެސް މަސައްކަތް ކުރެވެން ޖެހޭނީ ޤާނޫނީ އިމުގެ ތެރޭގައެވެ.

އިއްޔެ ނޫސްވެރިންނަށް އިތުރު މިނިވަންކަމާއި ފުރުސަތުތައް ފަހިކޮށްދޭން ގޮވާލި ފަރާތްތައް، ނޫސްވެރިންނަށް ހުރަސް ނާޅަން ގޮވާލި ފަރާތްތައް، ނޫސްވެރިންނަށް ހިމާޔަތާއި ރައްކާތެރިކަން ދޭން ގޮވާލި ފަރާތްތައް މިއަދު ތަންފީޒީ މަގާމުތަކާއި ހަވާލުވުމުން ވެސް އެއްވެސް ކަމަކަށް ބަދަލު ނައިސް ކުރިއަށް ވުރެ ވެސް ހާލަތު ގޯސްވެގެން ދިއުން އެއީ ބަލައިގަންނަން ވަރަށް އުނދަގޫ ކަމެކެވެ.

ސިޔާސީ ކުލަ އެއްވެސް ވަރަކަށް ޖެހިގެން ނުވާނެ ފުލުހުންގެ މުއައްސަސާ އިން ޒާތީ ކަންކަން އިސްކޮށް، ވަކި ސިޔާސީ ފިކުރަކަށް ތާއިދުކުރާ މީޑިއާތަކަށް ހާއްސަ އުސޫލުތަކަކާއި ހާއްސަ ފަސޭހަތަކެއް ފަހިކޮށްދިނުން އެއީ ޑިމޮކްރަޓިކް މުޖުތަމަޢަކާއި ވަރަށް ބީރައްޓެހި ސިފައެކެވެ.

ޕޮލިސް ކޮމިޝަނަރަކީ ޑިމޮކްރަޓިކް ވެއްޓަކަށް ވަރަށް ބޮޑަށް ލޯހުޅުވިފައިވާ ބޭފުޅަކަށް ވީނަމަވެސް ފުލުހުންގެ ތެރެއިން މީޑިއާއާއި މުއާމަލާތް ކުރަން ތިއްބެވި އިސްވެރިންނަކީ ޑިމޮކްރަޓިކް މުޖުތަމަޢެއްގައި ކަންހިނގާ އުސޫލަށް މާބޮޑަށް އަހުލުވެރިވެފައި ތިއްބެވި ބޭފުޅުން ނޫންކަން މިދަނީ ކޮންމެ ދުވަހަކު ފެންނަމުންނެވެ. އެހެންކަމުން މިކަމަށް އަވަސް ހައްލެއް ގެނައުމީ ޕޮލިސް ކޮމިޝަނަރާއި އަދި ޒިންމާ އުފުލަންޖެހޭ އެހެން ބޭފުޅުންގެ ޒިންމާއެކެވެ.

ނޫސްވެރިންނަށް ޖެއްސުންކުރުމުގެ އަމަލުތައް ފުލުހުންގެ ފަރާތުން ތަކުރާރުވާނަމަ އެއީ ފުލުހުން ރިފޯމް ކުރަން ޕޮލިސް ކޮމިޝަނަރު ކުރައްވަމުން ގެންދަވާ މަސައްކަތައް ވެސް އެޅޭނެ ހުރަހެކެވެ. އަދި އާއްމުންގެ ކުރިމަތީގައި ފުލުހުންގެ އަގު ވެއްޓިގެން ދާނެ ކަމެއް ވެސް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ނަފިނެސް

    ދިވެހި އެމްމެހާ ނޫސްވެރިންނަށް ތަފާތެއްކުރުމަކާ ނުލާ އެންމެންނަށް ހިމާޔަތާ ރައްކާތެރިކަން ދޭނަން ތިޔަރައްޔަތުންނަކީ އަޅުގަނޑުމެންގެ ރައްޔިތުން.

    51
    5
  2. ޖާޒީރާ ބޯއީ

    ރިޕޯޓަރެއްކަން އެގޭފަދަ ފާސްގަނޑެއްވެސް ނެތް. ކިހިނެތް ދެނެގަންނާނީ ތިޔައީ ރިޕޯޓަރެއްކަން، މުޅިގައުމުގައި ފިޔަޖަހާލި ރަން 5 އަހަރު ސަރުކާރު ހިންގި ޕާޓީގެ ނައިބު ރައީސް އައްދުއްރަހީމް ނުދަންނަ ފުލުހުން ނަށް ތިޔަ ރިޕޯޓަރު އެގޭނެ ގޮތެއް ނުވިސްނުނު.

    27
    52
    • ޖަޒީރާ ގާލް

      ބައްލަވާ ފޮޓޮއިން ފާސް ފެންނަން ނެތީމަ އޭގެ މާނައަކީ ފާހެއް ނެތީއޭތޯ؟

      69
      6
      • ޖަޒީރާ ބޯއީ

        މިބުނީ ފާސް އަޅާގެން ހުރުމުންނޭ އެގޭނީ އެއީ ރިޕޯޓަރެއްކަން ވެސް.

        17
        30
        • ޖަޒީރާ ގާލް

          ޖަޒީރާ ބޯއީ ގެ ތިންކިންގ އެހާ ޖަޒީރާއެއް ނޫނެއްނު.

          19
          3
        • ޖަޒީރާ ބޯއީ ފޭން ގާލް

          ތަންދޮރު ނުބަލާ ވާހަކަ ނުދައްކަވާ އިނގޭތޯ.

          13
          5
  3. އަންނި

    ދެންތިބެ .. ކުރީގެ ސަރުކާރުން ދަސްކޮށްދީފަ އޮތް ގޮތްތީ.. ހިތާމަ ކުރަން ދެން ހިޔެއްނުވޭ ރަގަޅު ވާނެ ހެނެއް

    10
    62
  4. ހަސަން

    ކީކޭބާ ބުނާނީ މުޒާހަރާ ކުރަންވެސް ތިބީ އެމީހުން ޓީވީ ޗެނެލް އަރާ ޕްރެޒެންޑް ކުރަން ތިބީވެސް އެއްބައެއް

    13
    55
    • އަދުރޭ

      އެހެންވެގެންދޯ ތިޔަ ރީންދޫ ބައިގަނޑާ ދިމާލަށް ނަޝީދު ބުނީ ވަޒީފާ ދޭކަން ނުޖެހޭނޭ.

      37
      3
  5. ރޮޒޭ

    ފުލުހުންމީ ތާކުންތާކުން ނުޖެހޭ ބައެއް. ހެއްދެވި ނުހެއްދެވިއެއް ހަދާނީ

    58
    6
  6. ނަމަ

    ކިހާރަގަޅު ނޫސްވެރިން ލައްވާ ކަސްރަތު ކުރުވަނީ ކަންނޭގެ

    22
    4
  7. ނަފިނެސް

    އަޅުގަނޑުމެންގެ ފުލުހުންނަކީ ޕްރޮފިސަނަލްބައެއް' މީޑިއާ އޮފިޝަލުން ނާއިއެކު ހާމަކަންބޮޑު ގޮތެއްގައި ޤާނޫންއާއި އެއްގޮތަށް އެންމެންގެ ރައްކާތެރިކަމާއި އަމަންއަމާންކަން ރައްކާތެރިކުރުމަށް ޖެހިލުމެއްނެތި ވާޖިބު އަދާކުރުމުގައި ދެމިހުރުމަށް ގޮވާލަމެވެ.

    8
    19
  8. ކިޔުންތެރި ބެލުންތެރި

    ދެތިންމީހަކު އެއްވެލީމަ އިއްޔެ އެގިގެންއެދިޔައީ މިސަރުކާރަށް އެއްވެއުޅެން ދޫދެވޭނެ ކެތްތެރިކަން ނެތްވަރު.. މީހުންމަދުވެގެން މަލާމާތްކުރާ މީހުންނަ ފިލާވަޅެ އެލިބުނީ މީހުންގިނަވެއްޖެނަމަ ތިމާމެންގެ ހިތުގެ ވިންދު އަވަސްވާނެވަރު.. ޓީވީ އަރަންތިބީވެސް މުޒާހަރާ ކުރަންތިބީވެސް އެއްބަޔަކޭ ބުނާމީހުން އެކަމުގަވެސް ވިސްނާ ތިމާމެންގެ ސަރުކާރުގަ ނޫސްވެރިންނާ މީޑިޔާތަކަށް އޮތްތަފާތުކުރުން. ސަރުކާރު ކުންފުނިތަކުން ސްޕޮންސާދީގެން އަދި އެހެނިހެން ގޮތްގޮތުން އެނޫސްވެރިންނަ އިނާޔަތްދެމުންދާއިރު މިސަރުކާރާ ހިޔާލު ތަފާތުވާ ނޫސްވެރިންނާ އެފަދަ މީޑިޔާތަކަށް ދަތިކުރުމަށް ސްޕޮންސާރ ނުދޭތަނުގަ ސަރުކާރުން ބާއްވާ ހަފްލާތަކާ ނޫސްކޮންފަރެންސްތަކުންވެސް ދައުވަތެނުދޭ.. މަލާމާތްކުރަންވީ ތިމާމެންގެ ހުދުމުހުތާރު ވެރިންނަ.. މީޑިޔާތަކަކީ ކޮއްމެވެސް މީހެއްގެ ޖީބުން ހިންގާތަންތަން.. އެވަރުގެ ޖީބެ މިއަދަކު ޗެނަލް13ގަނެތް.. ސަރުކާރު ކުންފުންޏަކުން ސްޕޮންސާރ ނުދޭ.. އިޝްތިހާރު ދިނުމަށް ވިޔަފާރިވެރިން ބިރުގަނޭ ސަރުކާރުގެ ފިއްތުންއަތުވެދާނެތީ.. ކޮންސަރުކާރެއްގަބާ މީޑިޔާގެ މިނިވަންކަން މިވަރަށް ހަނިވީ.. މިއަދު ސަރުކާރުގެ ނުރަގަޅުކެ ހާމަކުރަން ކެރޭ މީޑިޔާއަކަށް އޮތީ ދެތަނެއް.. އެއީ ވަގުތުނޫހާ ޗެނަލް13.. ހުރިހާ އޮންލައިން ނޫހަކަށް ބެލިކަމުގަވިޔަސް ޓީވީޗެނަލްތަކަށް ބެލިކުގަވިޔަސް މިކަން މިދެމީޑިޔާކުރާވަރަށްކުރާ އެހެންބައެއްނެތް.. އެހެންވީ މީޑިޔާގެ ސީއީއޯ ނުކުމެ މުޒާހަރާގަވެސް ހުންނާނެ ކެމެރާކުރާ\ެ ޕްރެޒެންޓްވެސްކުރާނެ ލައިޓިންގަވެސްއުޅޭނެ. އަހަރެމެން ރައްޔިތުންގެ ލޯބި މިދެމީޑިޔާއަށް އުތުރިއަރަނީ މިހިއްވަރު މިބޭފުންންގެ ކިބައިގަހުރީމަ..

    30
    5
  9. ޢިބޫބެ

    ބޮޑުވަރު! ބަޔަކު ތަނަކަށް އެއްވެލާއިރަށް! ތިމީހުން ގައިގާ ސްޓިކާ ޖެހިނަމަ ލާރިއެއްވެސް ލިބުނީސް!

    24
    5
  10. ކަފިހިހުރަސް

    ދިިިީނީ ހަމަ ހަމަ ކަން އޮންނަކަމަށްބުނާ ޔޫރަޕްގެ އަސްލު ހާލަތު ދިރާސަާ ކޮއްލަބަލަ އެމީހުންގެ އުސޫލަާ އިދިކޮޅު ކޮންމެ މީހަކީ އަނދިރި ދައުލަތުގެ މީހެއްކަމަށް ބުނޭ ރާބޮއެ ޖިންސީ އުފާ ހޯދުމުގައި ޖަނަވާރުންނާ އެއްހަމައެއްގައި ނުވަތައެއަށްވުރެވެސް ދަށު ދަރަޖައެއްގައި އުޅޭ މިމީހުން އެމީހުންގެ ސަގާފަތް ގަބޫލު ނުކުރާ ކޮންމެ މީހަކަށް ނިރުބަވެރިއެކޭ ބުނެ ކޮންމެފަދަ އަނިޔަާއެއްވެސް ދީފާނެ މުސްލިމްގައުމުތަށް ހަލަަަާކު ކުރުމަށް ސީދާ އެގައު މަކުން އެޖެންޓުން ތަމްރީނު ކޮށްފައިވޭ ހާއްސަކޮން ތައުލީމީ ދަާއިރަާ ފުނޑާ ލުމަކީ އެމީހުންގެ އަސްލު ބޭނުން އެވާހަކަތަށް ތިލަކޮށް ބޭޒާރުކުރާ ނޫސްވެރިން ދެކެ އެމީހުން ވަރަށް ރުޅިއަރައެވެ

    14
    2
  11. ހަމަ

    ކޮބާފޮޓޯތަކެއް މިތާ މީ އެންމެ ފޮޓޯއެއް ދެގޮތައްނަގާފަ

    7
    2
  12. ވިސްނާ

    ތިޔަ ނޫސްވެޜިން ވެސް ގޮސް ސަލާމަތީ ބާ ރު ތަކުގެ ނޭފަތު ކު ރިޔަށް ނުވަނަސް ތިބެން ކަނޑައަޅާފައި ހު ރި ހިސާބެއްގަ ތިބެގެން ވެސް ގެނެސްދެވުނީސް. ފެނުނީ ފުލުހުންގެ ނޭފަތުކު ރި ވަށައިގެން އެނބު ރޭތަން. މިވަ ރު ދެން ބޮޑު.ކު ރިން ވެސް ނޫސްވެ ރިން ތިބޭތަން ފެންނަނީ ވަކި ހިސާބެއްގަ. ދެން ޓީވީގަވެސް އަދި މުޒާހަ ރާ ކު ރަން ވެސް ނޫސްވެ ރިޔާ. މީ ފާހަގަވި ކަމަކީ ޓީވީ ބަލާލީމަ.

    7
    12
  13. ހަހަހާ

    ގޭގައި ތިއްބާތަ އަނިޔާކުރީ

    2
    1