ށ. ކޮމަންޑޫއަށް އުފަން އުމުރުން 25 އަހަރުގެ އަހުމަދު ވިފާޤަކީ އެތައް ބައެއްގެ ލޯބި ލިބިފައިވީ މަޑުމައިތިރި، ހިއްވަރުގަދަ ޒުވާނެކެވެ. ދިވެހި ޤައުމަށް ޚިދުމަތް ކުރުމަށް ތައްޔާރުވެ، ޤައުމަށްޓަކައި ތެދުވެ ހުރި ތެދުވެރި ދިވެހި ދަރިއެކެވެ.

ވިފާޤް އަކީ ދ. ވާނީގައި ހުންނަ ފުލުހުންގެ ޓްރެއިނިންގ ސްކޫލުގައި ފުލުންގެ ބޭސިކް ޓްރެއިނިންގ ހަދަމުން ދިޔަ ފުލުހެކެވެ. އޭނާ ނިޔާވެފައިވަނީ ހުންއައިސްގެން އުޅުމަށް ފަހު ކުއްލިއަކަށް ހާލުދެރަވެގެން ދ. ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެންނަނިކޮށް ދަތުރުމަތީގައެވެ. ވިފާޤް ނިޔާވެފައިވަނީ ރޭ 11:45 ހާއިރު ކަމަށް ފުލުން ވިދާޅުވެއެވެ.

ނިޔާވި ށ. ކޮމަންޑޫ އަސަރީގޭ ޕޮލިސް ކޮންސްޓަބަލް އަހުމަދު ވިފާޤު (25)

ވިފާޤްގެ ތިމާގެ މީހެއް ވަގުތަށް މައުލޫމާތު ދެމުން ބުނެފައިވަނީ ވިފާޤް ނިޔާވީ ހުން އައިސްގެން އުޅޭތާ ތިން ވަރަކަށް ދުވަސް ފަހުން ކަމުގައެވެ. އަދި އޭނާ ކުޑަހުވަދޫއަށް ގެންދިޔައީ ކުއްލިއަކަށް ވެއްޓުމުން ކަމުގައެވެ. އަދި ވިފާޤް ކުޑަހުވަދޫއަށް ގެންދެވުނީ އިއްޔަގެ ވަގުތެއްގައި ކަމަށްވެސް އޭނާ ބުންޏެވެ.

އެންމެންނާއިވެސް ގުޅޭ ހިތްހެޔޮ އަދި މަޑުމައިތިރި މިޒާޖެއްގެ ވިފާޤްއަކީ ކުޑައިރުއްސުރެއް ފޮޓޯ ނެގުމާއި ފޮޓޯ އެޑިޓް ކުރުމަށް ޝައުގުވެރިކަން ހުންނަ މީހެކެވެ. އަދި ކޮމްޕިޔުޓަރުގެ އެކި ކަންކަން ދަސްކުރުމަކީ ވިފާޤް ވަރަށްވެސް ގަޔާވާ ކަމެކެވެ. ޝަވިޔަނި އަތޮޅު ތައުލީމީ މަރުކަޒުން އޭލެވެލް އާއި ހަމައަށް ކިޔަވާފައިވާ ވިފާޤް އަކީ ކިޔެވުމަށް ވެސް މޮޅު ދަރިވަރެކެވެ.

ނިޔާވި ށ. ކޮމަންޑޫ އަސަރީގޭ ޕޮލިސް ކޮންސްޓަބަލް އަހުމަދު ވިފާޤު (25)

ވިފާޤް ފުލުންގެ ވަޒީފާއަށް ވަނީ 2016 ވަނަ އަހަރުގެ ތެރޭގައެވެ. ރަށުން އޭލެވެލް ނިންމުމަށްފަހު ވިފާޤް ވަނީ އޭނާ އެންމެ ޝައުގުވެރިކަން ހުންނަ ދާއިރާ ކަމަށްވާ އައިޓީއިން ކޯހެއް ހަދާފައެވެ. އަދި މީގެ ކުރިން ވިފާޤް ވަނީ ވިލާ ކޮލެޖުގައި އައިޓީ އޮފިސަރެއްގެ ވަޒީފާވެސް އަދާކޮށްފައެވެ.

ވިފާޤްގެ ބައެއް ރައްޓެހިންނާއި "ވަގުތު" އިން ވާހަކަ ދައްކާލުމުން ބުނީ ވިފާޤް އަކީ ވަރަށް ހިތްހެޔޮ ރަހުމަތްތެރިއެއް ކަމަށެވެ. ބަރާބަރަށް ނަމާދުކުރާ ވިފާޤް އަކީ އެންމެންނާއިވެސް ގުޅޭ މަޑުމައިތިރި މީހެއް ކަމަށްވެސް ރަށްޓެހިން ބުނެއެވެ.

ނިޔާވި ށ. ކޮމަންޑޫ އަސަރީގޭ ޕޮލިސް ކޮންސްޓަބަލް އަހުމަދު ވިފާޤު (25) ގެ ޖަނާޒާގެ ތެރެއިން - ވަގުތު އިމޭޖަސް: އަހުމަދު އަޝްހާދު އަބްދުﷲ

ވިފާގްގެ އާއިލާގައި ފަސް މެންބަރުން ތިބި އިރު އޭނާއާއި އެއްބަނޑުއެއްބަފާ ތިބެނީ ދެމީހުންނެވެ. އާއިލާގެ އެންމެ ބޮޑީ ވިފާޤްގެ ބޭބެ ރީހާން އެވެ. ރީހާން އާއި ޖެހިގެން ވިފާޤް ހުރި އިރު އެންމެ ހަޤަށް ހުރީ އުމުރުން 17 އަހަރުގެ ޖައިލަމްއެވެ.

"ވަގުތު"އަށް ދިން އިންޓަވިޔުއެއްގައި ވިފާޤްގެ އެއްބަނޑު އެއްބަފާ ކޮށްކޮ ބުނީ ދޮންބެ އެންމެ ފަހުން ހަބަރެއްވެފައި ވަނީ ޓްރެއިނިގް އަށް ފުރި ދުވަހު ކަމަށެވެ. އަދި އެދުވަހު ގުޅީ މަންމަ އަށް ކަމަށާއި ގުޅާފައި ޓްރެއިނިގް އަށް ދާ ވަހަކަ ބުނި ކަމަށެވެ، އަދި ޓްރެއިނިންގެ ސަބަބުން އެހާ ގިނައިން ނުގުޅިދާނެ ކަމަށްވެސް ބުނެފައިވާ ކަމަށް އޭނާ ބުންޏެވެ.

ނިޔާވި ށ. ކޮމަންޑޫ އަސަރީގޭ ޕޮލިސް ކޮންސްޓަބަލް އަހުމަދު ވިފާޤު (25) ގެ ޖަނާޒާގެ ތެރެއިން - ވަގުތު އިމޭޖަސް: އަހުމަދު އަޝްހާދު އަބްދުﷲ

ވިފާޤްގެ އާއިލާއިން ބުނި ގޮތުގައި ވިފާޤް ނިޔާވި ހަބަރު އެމީހުންނަށް ލިބުނީ ރޭ 11:45 ހާއިރުއެވެ. އަދި ވިފާޤްގެ ހާލު ސީރިއަސް ވި ކަން އިއްޔެގެ ހަވީރުގެ ވަގުތެއްގައި އާއިލާއަށް އެންގި ކަމަށްވެސް އާއިލާއިން ބުނެފައިވެއެވެ.

"އިއްޔެ ހަވީރު އެންގި ދޮންބެ ވަރަށް ބަލިކޮށޭ އުޅެނީ މަޑުމަޑުން ހާލު ދަށްވަމުންނޭ ދަނީ" "ވަގުތު"އަށް މައުލޫމާތު ދެމުން ވިފާޤްގެ ކޮށްކޮ ބުނެފައިވެއެވެ.

ވިފާޤްގެ ކުއްލި މަރާ ގުޅިގެން އެންމެ ބޮޑު ހިތާމައެއް ކުރިމަތިވި އެއް ފަރާތަކީ ވިފާޤްގެ ބޭބެ ރީހާންއެވެ. "ވަގުތު"އަށް ދިން އިންޓަވިޔުއެއްގައި ރީހާން ބުނީ އޭނާގެ ކޮއްކޮ ވިފާޤް އަކީ މައިންބަފައިންގެ ބަސް އަހާ ހިތްހެޔޮ އަދި އޯގާތެރި މީހެއް ކަމުގައެވެ. އަދި އަބަދުވެސް ކޮމްޕިޔުޓަރުގެ ކަންކަމާއި އަވަދިނެތި އުޅޭ ކަމަށްވެސް ރިޙާން ބުންޏެވެ.

"އަބަދުވެސް އުޅޭނީ ކޮންޕިޔުޓަރުގެ ކޮންމެވެސް ކަމެއްގައި. ބައެއް ރޭރޭ ނުވެސް ނިދާ އިންނާނެ ކޮމްޕިޔުޓަރު ދޮށުގައި. ދެން ކޮއްކޮ ވަރަށް މޮޅުވާނެ ފޮޓޯ ނަގަންވެސް. އެއީ އޭނާ މައިގަނޑު ގޮތެއްގަ ކުރާ ދެކަމަކީ" ވަގުތަށް ދިން އިންޓަވިޔުގައި ރީހާން ބުންޏެވެ. އަދި ކޮށްކޮއާއި އެންމެ ފަހުން ދިމާވީ ކޮފީއަކުން ކަމަށްވެސް ރީހާން ބުނެފައިވެއެވެ.

ނިޔާވި ށ. ކޮމަންޑޫ އަސަރީގޭ ޕޮލިސް ކޮންސްޓަބަލް އަހުމަދު ވިފާޤު (25) ގެ ޖަނާޒާގެ ތެރެއިން، އެކްޓިންގް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް، ވިފާޤުގެ ބައްޕަ އާއި ސަލާމް ކުރައްވަނީ - ވަގުތު އިމޭޖަސް: އަހުމަދު އަޝްހާދު އަބްދުﷲ

ވިފާޤް އަކީ ބަރާބަރަށް ނަމާދުކުރާ ހިތްހެޔޮ ކުއްޖެއް ކަމުގައި އޭނާގެ އާއިލާއިންވެސް ވަނީ ބުނެފައެވެ. އަދި އެއީ އަބަދުވެސް އާއިލާގެ މީހުންނަށް އަޅާލާ ހެޔޮލަފާ ދަރިއަކު ކަމުގައިވެސް އާއިލާއިން ވަނީ ބުނެފައެވެ.

މާތް ﷲ ވިފާޤްއަށް ސުވަރުގެ މިންވަރު ކުރައްވާ އާއިލާއަށް ކެތްތެރިކަން ދެއްވާށި! އާމީން.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. ޏަވިޔަނި

    ޢާމީން

    • ޟމޟމ

      އާމީން ޔާރައްބަލް ޢާލަމީން

  2. ހުސެން

    އާމީން ޔާރައްބަލް ޢާލަމީން

  3. Anonymous

    ޢާމީން

  4. ޫއުމަރު މުހައްމަދު

    ޢާމީން

  5. ޣަނީ

    ވިފާގުއަށް ސުވަރުގޭގެ ދާއިމީނިއުމަތް މިންވަރު ކުރައްވާށި..އާމީން

  6. Anonymous

    އާމީން

  7. އައިޟާ

    އާމީން

  8. އައިންތު

    ޝަވިޔަނި....ސީރިއަސްލީ

    • ލައިސް

      *ށަވިޔަނި

  9. އައިޝާ

    އާމީން

  10. ޤައުމު

    ޢާމީން..

    " ފުލުންގެ " ސަޅި ... ލިޔެވުނީމަ ނިމުނީދޯ.. ކިޔާ މީހުންނަށް ގެޓު ވާންޖެހޭނެ. ނުވަންޏާ ނުކީމަ ނިމުނީ ދޯ.. ހެހެހެހެހެ

  11. ޢ ނަންއަދިނުކިޔަން

    ޥިފާގު އަށް ސޮވަރުގޭގެނިއުމަތް
    ދެއްވާށި

  12. އަހްމަދު

    އާމީން

  13. ރަނދަ

    އާމީން. ޔާރައްބަލް ޢާލަމީން. އާމީން.

  14. މުއުމިން

    އާމީން ޔާﷲ

  15. ރަށްދު

    އާމީން

  16. Anonymous

    ޢާަމީން

  17. ސައުކަތު ސާމް

    ވިފާޤް އަކީ ވަރަށް ރަގަޅު ކުއްޖެއް. އަހަރެންނަށް ވެސް ފާހަގަ ކުރެވެނީ ވިފާގް އަކީ ނަމާދަށް ފަރުވާތެރި އެހެން މީހުންނަށް ރަގަޅު ކުއްޖެއްގެ ގޮތުގައި. ވިފާގް ގެ އާއިލާ އަކީ ވެސް އެރަށުގައި ނަމޫނާ ބައެއް. މާތް ﷲ ވިފާގުއަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވާށިއެވެ. އާމީން

    • ްްައަހަރެން

      މިފަދަގޮތަކަށް އެންމެންގެ އިހުތިރާމާއި ރުހުމާއި ހެޔޮ ދުއާ ލިބިގެން ދިޔަ މީހަކީ މާތް ﷲ އިރާދަކުރެއްވިއްޔާ ވަަރަށް ރަނގަޅު ދިރިއުޅުމެއް ވޭތު ކޮަށްފައިވާ މީހެކޭ ބުނުމުންއެކަން ގަބޫލުކުރަން ވަަރަށް ފަސޭހަ..

  18. ލޮލް

    ހޫ ކެެއަރސް

  19. މޫސަ

    ޢާމީން

  20. ާސީމާ

    އާމީން

  21. ސިފާ

    މާތް ﷲ ވިފާގު އަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާށި. އާމީން