ރާއްޖެތެރޭގެ ރައީސް އަށް އިހްތިރާމާއެކު ދަންނަވަމެވެ. ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް މަނިކުފާނު ކުރިމަތިލެއްވުމުން ރާއްޖެތެރޭގެ ގިނަ ރައްޔިތުން ތިބީ އެކަމާ ވަރަށް އުފަލުންނެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. ހުރިހާ ދުވަހެއް ވެގެން މިދިޔައީ ރާއްޖެތެރޭގެ ދަރިއަކަށް ވެރިކަން ކުރުމުގެ ފުރުސަތެއް ނުލިބި އެވެ. އެހެން ކަމުން ތަރައްގީގެ ހުރިހާ ކަންތަކެއްވެސް ލިބިގެން ދަނީ މާލެ އަށެވެ.

ނިކަމެތި ރާއްޖެތެރެ ހަމަ ނިކަމެތިކޮށްލަނީ އެވެ. އެހެން ނަމަވެސް މަނިކުފާނަށް ވެރިކަން ލިބުމުން ތަރއްގީގެ ކުލަވަރު މާލެ ނޫން އެހެން ހިސާބަކަށް ޖެހިގެންދާނެ ކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރެވުނެވެ. އަދި އެކަން ހަގީގަތަކަށް ވާނެ ކަމަށް ޝައްކެތް ނެތް މިންވަރަށް ޤަބޫލުކުރެވެންވެސް ފެށިއެވެ. އެއީ ހަމައެކަނި މަނިކުފާނުގެ ރިޔާސީ ވައުދުތަކަށް ބަލާފައެވެ. އެހެން ކަމުން މިއީ ހަމައެކަނި ވައުދަކުން ފުއްދާލާ ކަމަކަށް ނަހައްދަވާނެ ކަމަށް ވަރަށް ބޮޑަށް ނިކަމެތި ރާޢްޖެތެރޭ ރައްޔިތުން އުންމީދު ކުރެއެވެ.

ތަރައްގީގެ ވާހަކަ އެއްކައިރި ކޮށްލަމާތޯއެވެ. ދެން އޮތީ އަބަދުމެ ދެކެވޭ ވާހަކައެކެވެ. އަބަދުމެ ކުރެވޭ ޝަކުވާއެކެވެ. ނަމަވެސް މި ޝަކުވާގެ އަޑު އަހާނެ އެއްވެސް ވެރިޔަކު މިރާއްޖޭގެ ވެރިކަމަށް މިހާތަނަށް އައިސްފައި ނުވެއެވެ. މާލޭ މީހުންނާއި ރާޢްޖެތެރޭ މީހުން ތަފާތުކުރާ ކަމުގެ ޝަކުވާއެވެ.

އާނއެކެވެ. މާ ބޮޑަށްވެސް ތަފާތުކުރެއވެ. ތަރައްގީގައި އެކަންޏެއް ނޫނެވެ. ކިޔަވައިދިނުމާއި އެހެނިހެން ކަންކަމުގައިވެސްމެ އެވެ. މިފަދަ އެތައް އެތައް ކަމެއްގަ އެވެ. ނަމަވެސް މަނިކުފާނު ވެރިކަމަށް އައުމުން މިކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް ވަރަށް ބޮޑަށް އުންމީދުކުރެވުނެވެ. ސަބަބަކީ މަނިކުފާނަކީވެސް ހުދު ރާއްޖެތެރޭ ބޭފުޅަކަށް ވީމައެވެ. ކަންމިހެން ހުރި އިރު ދާދިފަހުން ރާޢްޖެތެރޭ ރައްޔިތުންނަށް އިވިގެންދިޔައީ އަޑު އަހަން ބޭނުންވާ ވާހަކަތަކެއް ނޫނެވެ. މާލޭ ސްކޫލްތަކުން ޖާގަ ދިނުމުގައި އިސްކަންދޭނީ މާލެއަށް އުފަން މާލޭ ކުދިންނަށް ކަމަށް ސަރުކާރުގެ ވުޒާރާއަކުން ނިންމި ނިންމުން އެއީ ރާއްޖެތެރޭ ރައްޔިތުންނަށް އަޑު އަހަން ފަސޭހަވި ވާހަކައެއް ނޫނެވެ.

މާލެއަށް ގިނަ ރައްޔިތުން ބަދަލުވާން މަޖުބޫރުވާ އެންމެ ބޮޑު އެއް ސަބަބަކީވެސް ދަރިންނަށް ރަނގަޅު ފެންވަރުގައި ކިޔަވައިދިނުމެވެ. މާލެ ރާއްޖެތެރެއިން އައިސް މާލެ ފުރާލާ ގިނަ މީހުން ކުރާ އެ ފޮނި އުންމީދުގައެވެ. ނަމަވެސް މިފަދަ ގޮތަކަށް އެ އުންމީދުތަކުގައި ކޮޅުފައިން ޖަހާނެ ކަމަށް އެއްވެސް މަޔަކު އަދި ބެލެނިވެރިޔަކު ބޭނުން ނުވާނެ ކަން ހަމަ ޔަގީނެވެ. ރައީސުލްޖުމްހޫރިއްޔާ އާއި ހިސާބުން ސަރުކާރުގެ ބޮޑެތި ވުޒާރާތަކުގެ އިސްވެރިންތަށް އެކި އެކި ޕޯޑިއަމްތަކުގައި އެއްވެސް ތަފާތު ކުރުމެއްނެތި ހުރިހާ އެންމެނަށްވެސް ތައުލީމުވެސް އަދި އެހެނިހެން ކަންކަންވެސް އެއްވެސް ތަފާތުކުރުމެްނެތި ހަމަހަމަ ކަމާއެކު ފޯރުކޮށްދޭނަމޭ ވިދާޅުވަނީ ކީއްވެގެންތޯ؟ މިއީ ހަމައެކަނީ ރައްޔިތުންގެ ބޮލަށް ޖަހާލާ ޗިޕެއްތޯ؟

ހިތާމައަކީ މިފަދަ ނިކަމެތި ގޮތަށް ރާއްޖެތެރޭ ރައްޔިތުންނާމެދު ކަންތައްވެގެން ދިޔުމުންވެސް ކުށްވެރިވަނީ ނިކަމެތި ރާޢްޖެތެރޭ މީހާ އެވެ. މިކަހަލަ ޝަކުވާއެއްކުރި ނަމަވެސް ބުނާނީ މާލެ ބަދަލުވަނީ ކީއްކުރަންހެއްޔޭ؟ ހަގީގަތުގައި މިއީ ވަރަށް ރަނގަޅު ސުވާލެކެވެ. ރާއްޖެތެރެއަށް ތަރައްގީ ގެންނަނީ ފެނާ ނަރުދަމާގެ ނިޒާމުންއެކަންޏެވެ. އެހެން ކަމަށްވާނަމަ ދަރިންނަށް ރަނގަޅު ތައުލީމެއް ފޯރުކޮށްދޭން ކޮންމެ މަޔަކުވެސް ބޭނުންވާނެ އެވެ. އެހެން ކަމަށްވާނަމަ ރަނގަޅު ތައުލީމެއް ލިބެން އޮތްތަނަކަށް ކޮންމެ މީހަކުވެސް އަންނާނެތާއެވެ. މާލޭގައި އުޅޭ ހިތަކުން ނޫނެވެ. ނަމަވެސް ދަރިންގެ ހައްގުގަ އެވެ. އެހެން ކަމުން މާލޭ ސްކޫލްތަކުން ޖާގަ ދިނުމުގައި ސަރުކާޜުން އަދިވެސް އިސްކަންދެއްވާނީ މާލެއަށް އުފަން މާލޭގެ ދަރިވަރުންނަށްތޯ އެވެ؟

ދެން އޮތީ މަނިކުފާނު ވެވަޑައިގެންނެވި ބޯހިޔާވަހިކަމުގެ ވަޢުދުގެ ވާހަކަ އެވެ. މިއީ ހުރިހާރައްޔިތުންނަށް ވެ ވަޑަގެންނެވި ވަޢުދެއް، ނޫނީ ހަމައެކަނި މާލޭ ރައްޔިތުންނަށް އެކަނި ވެވަޑައިގެންނެވި ވަޢުދެއް ކަމާމެދު ސުވާލު އުފެދެއެވެ. ރައްޔިތުންގެ މަޖިލީހުގައްޔާއި އެހެނިހެން ޕްލެޓްފޯމްތަކުގައި ފަތުއަޑުލާފައި އެންމެ ގަދައަށް ދެކެވޭ އެއްވާހަކައީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އަޅާ ފްލެޓް ތަކާއި އަދި މާލެއާއި ހުޅުމާލެއިން ގޯތި ދޫކުރާޢިރުވެސް މާލޭ ރައްޔިތުންނަށް އިސްކަންދޭ ވާހަކަ އެވެ.

އަނެއްކާޥެސް މިއީ ރާޢްޖެތެރޭ ރައްޔިތުން ނިކަމެތި ކޮށްލާނެ އެއްކަމެކެވެ. ރާއްޖެތެރޭ ރައްޔިތު މީހާ ލިބޭ ހުރިހާ ފައިސާއެއް ހަރަދު ކުރަން މިޖެހެނީ މާލޭގައި ދިރިއުޅެން ހިފާފައި ހުންނަ ކުޑަ ކޮތަރު ކޮށްޓެއް ވަރުގެ ތަންތަންކޮޅުގެ ކުއްޔަށެވެ. މަސް ނިމޭއިރު އަތަކު ފައިސާފޮށްޗެއް ނޯވެ އެވެ. ނަމަވެސް މިއީ ހުރިޙާ ރައްޔިތުންގެ ހާލަތެއްވެސް ނޫނެވެ. މިއީ ގިނަ ރައްޔިތުންގެ ހާލަތެވެ. މާލެއަށް އުފަން މާލޭ ރައްޔިތުންވެސް މިފަދަ ހާލެއްގައި ނޫޅޭ ވާހަކަ އެއް ނޫނެވެ.

ލޮބުވެތި ރައީސެވެ. ތަރައްގީ ގެންނަންވީކީ މާލެއަކަށް އެކްނޏެއް ނޫނެވެ. ސްކޫލްތަކުން ޖާގަ ދިނުމުގައިވެސް މާލެއިންނާއި ހުޅމާޅެއިން ފްލެޓްތަކާއި ގޯތި ދިނުމުގައިވެސް އިސްކަންދޭންވީ މާލޭ ރައްޔިތުންނަށް އެކަންޏެއް ނޫނެވެ. ރާއްޖޭތެރެއިން ލިބެން ނެތް ސިއްޚީ އެތަކެއް ޚިދުމަތެއް ހޯދަން ބަލި އެތަކެއް ދަރިންނާއި މީހުން ގޮވައިގެން މިހަލަބޮލި މާލޭގައި ބޮޑު އަގުދީގެން ތަންތަން ކުއްޔަށް ހިފައިގެން އުޅޭ މީހުން މަދެއް ނޫނެވެ. އެހެން ކަމުން މާލެއަށް ތަރައްގީ ގެނެސް މާލެ ތޮއްޖެހުމުގެ ސިޔާސަތު ދޫކޮށްލާށެވެ. މިކަމުގެ ސަބަބުން ހުދު މާލޭގެ ރައްޔިތުންނަށްވެސް އެތަކެއް ދަތި އުދަނގޫ ކަންތަކާ ކުރިމަތިލާން ޖެހެއެވެ. މާލެ އޮންނަނީ ރާޢްޖެއިން ބޭރަކުވެސް ނޫނެވެ. ރާއްޖެތެރޭގަ އެވެ. ގޮތަކަށް ބުނާނަމަ ރާއްޖޭގެ ޗާޓުގެ އެންމެ މެދުގައެވެ.

އެހެން ކަމުން މާލެއަށް ގެންނަ ތަރައްޤީއެކޭ އެއްފަދަ ނުވިނަމަވެސް ރަށްރަށަށްވެސް އަސާސީ ހައްގުތަށް ހޯދައިދިނުމަށް މަސއްކަތް ކޮށްދޭށެވެ. ތަޢުލީމާއި ސިއްޚީ ނިޒާމާއި މިހެން ބޯހިޔާވަހިކަންވެސް ރާޢްޖެތެރެއަށްވެސް ފޯރުކޮށްދޭށެވެ. ވޯޓު ބޭނުންވުމުން ހަމައެކަނި ރާއްޖެތެރެ ފެންނަ ކަމަށް ނަހަދާށެވެ. މަނިކުފާނު މިއަދު ތިމަޤާމުގައި ތިހުންނެވީވެސް މާލެ މީހުންނަށްވުރެ ގިނައން ރާއްޖެތެރޭ މީހުން ވޯޓު ދިނީމަ ނޫންތޯ އެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. ހުސޭނު

    އިސްލާމްދީނަށް ޖޯކުޖަހާ ކީރިތި ރަސޫލާއަށް ފުރައްސާރަކުރާ މީހުންނަށް ފިޔަވަޅެއް ނާޅާ ، ތިކަން ހެޔޮ ދުވަހަކު ނުކުރިޔަސް...

    54
    1
  2. އިންތި

    އިންޑިޔާގެ ވެރިން ތަންތަނަށް ދިޔައިމާ އަޅުވާކަހަލަ މާފަތި މިގައުމުގެ ވެރިން ދިޔައިމާ އެޅުވުމީ ވަރަށް ނާތަހުޒީބު ދިވެހިންނާ ބީރަށްޓެހި ކަމެއް އަނެއްކާ މާފަތި ކަރުން ނަގާކަަށް ވެސް ބޭނުމެއްނުވި ހެހެ މީ ފުކެއް ބޮޑުވަރު

    50
    2
  3. ފާފުކުއްޖާ

    100 ގެ ވާހަކައެއް. ކޮންމެ 5 އަހަރަކުން 1 ފަހަރު ރާއްޖެތެރެ ފެންނާނެ ރައީސަށް މަޖިލިސް މެންބަރުންނަށް.

    61
    4
    • ހހހހހ

      ރާއްޖެތެރޭ މީހުން 5 ކުޅަނދު ހަމަވި ކަމަށް ދުވަހަކު ނަހަދާނެ. ދެން ވާނީ އެހެންތާ. ކުރާވަރު ކުޑައީ. އަދިވެސް ހޭއަރުވާލިއްޔާ ރަމގަޅީ. ޚާއްސަކޮށް އައްޑޫ މީހުނަށް. މުއަވެގޮސް ތިބޭ ބާކިޔަ.

      10
    • ހހހހހ

      ރާއްޖެތެރޭ މީހުން 5 ކުޅަނދު ހަމަވި ކަމަށް ދުވަހަކު ނަހަދާނެ. ދެން ވާނީ އެހެންތާ. ކުރާވަރު ކުޑައީ. އަދިވެސް ހޭއަރުވާލިއްޔާ ރަމގަޅީ. ޚާއްސަކޮށް އައްޑޫ މީހުނަށް. މުއަވެގޮސް ތިބޭ ބާކިޔަ.

  4. ޖުހާ

    މަޖިލީހަށް ބިލެއް ވައްދަން ޖެހެނީ، މާލެއިން މީހުން ބާލަން. ރަށްރަށުގެ 72 މެންބަރުން މަޖިލީހުގަ އެބަތިބި. ހިތުހުރިގޮތަކަށް ހަދާއިރު އަނގައިން ނުބުނެ ތިބޭތީ މައްސަލައަކީ.

    54
    5
  5. ވިސްނަބަލް

    ރާއްޖެތެރެ މީހާވެސް މާލެ މީހާވެސް ޓެކްސް ފައިސާ ދައްކަންޖެހެނީ އެއްވަރަކަށް.އެކަމް ހިދުމަތް ތަކުގައި ހަމަ ހަމަ އެއްނޫން.ޕަސެންޓޭޛް ރޭޓުން ބެލިއަސް ތިލަފަތުގައި އެއްކޮޅަށް މަބޮޑަށް ބުރަ.ސަރުކާރުން އަޅާ ކޮންމެ އިމާރާތަކީ ހަމރައްޔިތު އެންމެންގެ ފައިސާ.އެންމެން ނިނސްބަތުން ހަމަހަމަ ވާންޖެހޭނީ ، ކީއްވެ ނުވަނީ؟

    33
    5
  6. ރައްޔިތު

    މިއީ ދެންއޮތް ވާހަކަ. މިސަރުކާރަށް ވޯޓުދިން ފަރާތްތަކަށް ނުފެންނާނެ ރައީސް ޔާމީން ވެރިކަމުގައި ރާއްޖޭގެ ރަށްތަކަށް ގެނައި ތަރައްގީ. ކުރިން ތަރައްގީ ނުކުރާވަރަށް ހުރިހާރަށެއް ތަރައްގީވި. ވަރަށް ގިނަ ރަށްރަށުގައި ނަރުދަމާލެވި، ފެން ސަޕްލައިކޮށް، މަގުތައްހަދައި، ބަދަރުތައްހަދައި، ޕްލެޓުތައް އަޅައި، އެތައްކަމެއް ކޮށްދިން. މިސަރުކާރަށް ވޯޓުދިން ފަރާތްތަކަށް ނުފެނޭ މިއިން އެއްވެސް ކަމެއް. ވޯޓު އެދިނީ ފައިސާގެ ދަހިވެތިކަމަށް. ވޯޓުއެދިނި ދީނީމިނިވަންކަން ހޯދުމަށް. ތަރައްގީހޯދަން ވޯޓުދިންމީހުން ވޯޓުއެޅީ ރައީސް ޔާމީނަށް.. ކަލޭމެން ފޭހުނު އިލޮށިތައް ތިހިރީ ކަލޭމެންގެ ލޯތަކަށް ހެރިފައި. ހިތުން ތަރައްގީ ހޯދަން ދޮގުވެރިންނަށް ވޯޓުދިނީ. މޮޔަހީވޭ؟؟

    48
    4
  7. ާާާޢަލީ

    ވަރަށްބޮޮޑުތެއް ގުނބޯހަށް ދާފަ...ވޯޓަށްވީމަ އޯކޭ...ހި ދުމަތް ކޮއް ދެންވީމަ އޯ ކޭއެއްނޫން...ކޮއްމެ މީހަކުވެސް ހަމަ ހަ ދަނީއެހެން

    34
    2
  8. ކާސިމްބެ

    ކައުންސިލް ތަކަށް ވޯޓު ހޯދަން ރައްޔިތުންގެ ބޮލަށް ޗިޕްޖަހަން ފެއްޓުނީ! ޢެއީތަ މީނައަށް ކުރަން އެގޭހާވެސް ކަމަކީ! މާފަތި އެޅުވުން ސެލްފީ ނަގުން ޖަލްސާތަށް ހުޅުވާދިނުން ނޫންބާ މިވޭތުވެގެން މިދާ އަހަރު ދުވަހު ކުރިހާވެސް ކަމަކީ! ކޮންމެވެސް މުނާފިގު ވާހަކައެއް ދައްކާ ދަޅަ ދެއްކުންބާ ކުރި ހުވާގައި އޮންނަނީ!

    28
    1
  9. އަލީ

    މިކަމަށް އޮތް ހަމައެކަނި ހައްލަކީ މެލޭޝިއާ ދަފަ ތަންތަނުން ކަންކުރާފަދައިން ކޮންމެސް އުސޫލަކުން ވެރިކަން ކުރުން އެކިތަންތަނަށް ބަދަލުކުރުން، މިސާލަކަށް ދެން އަންނަ 10 އަހަރުގައި ވެރިކަން ކުރާ ސަރަހައްދު މާލޭގެ ބަދަލުގައި އައްޑުއަށް ބަދަލުކުރުން ، ޖެހިގެން އަންނަ 10 އަހަރު އުތުރަށް ބަދަލުކުރުން. އޭރުން މުޅި ގައުމު ތަރަށްޤީވެގެންދާނެ. މިކަމާ ރައްޔިތުން ވިސްނުން ކީއްތޯ؟

    22
    5
  10. ޢަދުލުވެރި ވެރިޔާ

    ތިއީ ބޭކާރު ލިއުމެއް. ދިވެހިން މިހާރު ވޯޓުދެނީ އެންމެ ބޮޑު ހަދިޔާއެއްދޭ ކެންޑިޑޭޓަަކަށް. ރައްޔިތުން އިސްލާހުވެގެން ރަގަޅު ވެރިއަކުވެސް ހޮވޭނީ. މިއީ ކޮންމެހެން ރާއްޖެތެރޭ މާލޭގެ މައްސަލައެއް ނޫން. އަޅުގަނޑު ހިތަށްއަރާ ކީރިތި ރަސޫލާއިން ފެށިގެން ޚަލީފާވެރިކަންކުރި ހަތަރު ޚަލީފާއިން ކަންތައް ކުރެއްވީ ކިހިނެއްބާއޭ. އޭރުގެ އިސްލާމީ ޚިލާފަތުގެ ވެރިކަންކުރާ ރަށަށް ޚާއްސަ ސަމާލުކަމެއް ނުދޭބާވެއޭ. ނޫނީ ވަކި ސަރަޙައްދު ތަކަކަށް ބަހާލައިގެން ތަރައްޤީގެ ޕްލޭންތައް ކުރިއަށް ގެންދެވީތޯ؟

    22
    2
  11. ތިނޯސް

    ވަރަށް ބަރާބަރު ސުރުހީއެއް.........

    10
    1
  12. Anonymous

    އެއްވެސް ފަ ރާތަކުން މޮޅެތިވާހަކަ ނުދައްކާ. ރައްޔިތުން ކޮންމެވެސް އެއްޗެކޭ ކިޔާގެން ކޮންމެވެސް އެއްޗެކޭ ކިޔަކަސް އެއީ ހުސްހޮޅިވާހަކަ . ވިސްނާފިކުރު ކޮށްލާނަމަ އޮޅުމެއްނެތި އެނގޭ ކަމަކީ ނިކަމެތި ރާއްޖެތެ ރޭ މީހުން އަތު ބޮޑެތި އޮޑިދޯނިފަހަރާ 300 ހޯސްޕަވަ ރުގެ 4 އިންޖީނު އެޅި ބޮޑެތި ލޯންޗްފަހަރު .މުއްސަނދި މާލޭ ރައްޔިތުން ނައްދޭންހިއްކި ބިމަކުންވިއްޔާއެބިމަކުން ގޯތިވެސް ދެނީ ރާއްޖެތެ ރޭ ނިކަމެތިންނައް. މާލޭ ރައްޔިތު މީހާ އަށް ބިންކޮޅެއްލިބުނަސް ލިބެނީ އެތައް ހާސަ ރެއް ދަމާ އެތައްވަ ރަކަށް ގަނަތަޅުވާފަ . އެވެސް 1000 އަކަފޫޓް. އެއާޚިލާފަށް ރާއްޖެތެރޭ ނިކަމެތި ރައްޔިތުމީހާ އަށް ގޯތިދޭ އި ރު 4000 އަކަފޫޓުވެސް ބިންދީފައެބަހުރި. އެކަމަކުވެސް ނިކަމަެތި ރާއްޖެތ ރޭ ރައްޔިތުން. މުޅިރަޢްޖޭގެ ރައްޔިތުން ދެން މިނިކަމެތިކަމަުން އަ ރާގަނެވޭނީ ކިހިނަކުންބާ؟؟؟؟

    8
    5
  13. ގަމާރު ދިވެހިން

    މިކަމަށް އޮތް ހައްލަކީ ދިވެހިރާއްޖެ ވަކިވަކިކޮށް ބައިބައިކޮށް ކޮންމެ އަތޮޅަކީވެސް ވަކިން އަމިއްލަ
    މިނިވަން ވެެރިިކަމެއް ކުރާ އަތޮޅެއް ކަމުގައި ހަމަޖެއްސުން. އޭރުންވެސް އެންމެ ބޮޑު ބަޖަޓެއްދާނީ އެއަތޮޅެއްގެ ވެރިކަންކުރާ ރަށަށް.

    2
    7
  14. ޔާޔޫ

    ރާއްޖެތެރޭ މީހާ މާލެއަށް އައިސް ބޮޑު އަގުގައި ކުއްޔަށް ތިބީމަ ފައިދާ ވާނީ މާލޭ މީހުނަށް ... ކޮންމެ މަހަކު ބޭރުގައުމަކަށް ސަތޭކަ ބުރު އާޅާލެވޭނީ ވެސް ހަމަ ރާއްޖެ ތެރޭމީހާ ދޭ ރުފިޔާއިން .... ?

    14
    3
  15. އައްޑޫ މީހާ

    ދިވެހިރާއްޖޭގެ ބަޖެޓް ފާސްކުރާއިރު ރާއްޖެތެރޭގެ ރައްޔިތުންނާއި މާލޭގެ ރައްޔިތުންނަށް ވަކި ބަޖެޓެއް ކަނޑައަޅާ އަދި ފްލެޓް އެޅުމުގައި އާއި އެހެނިހެން ކަންކަމަށްވެސް ފައިސާ ހަރަދު ކުރާއިރު އެބަޔަކަށް ކަނޑައެޅިފައިވާ ފައިސާއިން އެކަންކުރޭ، އޭރުން ރާއްޖެތެރޭގެ ރައްތިތުންނަށް އިނގޭނެ މާލޭގައި ފްލެޓް އެޅާފައިހުރީ މާލޭގެ ރައްޔިތުންގެ ބަޖެޓުންކަން އޭރުން ރާއްޖެތެރޭގެ ރައްޔިތުން ޝަކުވާ ނުކުރާނެ އެކަމަކު މިހާރު މާލޭގައިވެސް އެހެން ތަނެއްގަވިޔަސް ރާއްޖޭގެ ހުރިހާ ރައްޔިތުން ޝާމިލު ވާގޮތައް އަޅާފައިހުރި ފްލެޓް ތަކާއި އަދިވެސް ތަންތަނުން ނަގާފައިހުރި ލޯނުތަކުން ރާއްޖެތެރޭގެ ރައްޔިތުމީހާއަށް ވެސް ހިއްސާއެއް އޮންނާނެ އެކަން އެގޮތައް ކުރަން ސަރުކާރުން ބޭނުން ނުވާނަމަ ފްލެޓް އަޅަން ނަގާފައިހުރި ލޯނުތަކުން ރާއްޖެތެރޭގެ ރައްޔިތުން ސަލާމަތް ކޮށްފަ މާލޭގެ ރައްޔިތުން އަތުން ޓެކްސް ނަގައިގެން ލޯނުގެ ފައިސާ ހަލާސް ކުރާގޮތް ހަދާ އަދި މާލޭގައި ދިރިއުޅޭ ރާއްޖެތެރޭގެ ރައްޔިތުން ވަކި މުއްދަތެއްގެ ތެރޭގައި މާލެއިން ފައިބާގޮތައްވެސް ހަދާ އިބިރިހިމާއަށް ވަރަށް ސަލާމް

    1
    3
  16. ޖަމްބެ

    ކޮންކަމެއް ނުވެގެންތަ ރާއްޖެތެރޭމީހުން މިއުޅެނީ މުޅިދުނިޔެ ކާނުލެވިގެންބާ ..ނިސްބަތްވާ ރައްރަށުގެ ތަރައްގީގެ ވާހަކަޔާ އަދި ފްލެޓާ ބިމާ ވާހަކަ ދައްކަބަލަ އެހެންރައްށުގެ ވާހަކަ ނނުދައްކަބަލަ ބަޔަކު ކުޑަމިނުން ދަރިންނައްކިޔަވައިދޭން ފުރުސަތެއްދިނީމާ އެތަން ފޭރިގަންނަން ތިމަސައްކަތްކުރަނީ ..މާލޭރައްޔިތުން ދުވަހަކުވެސް ތިޔައިން ރަށެއްގެ ތަނެއް ފޭރިގަންނަން އުޅުނުތޯ..ނޫޅޭ ..ވީމާ ތަންކޯޅެއް އަހުލާގު ރަނގަޅުވެ ރަށުގައި މައިންބަފައިން ކާރި ދިރިއުޅުމައް ވިސްނަމާތޯ

    4
    11
  17. އަޙްމަދު

    މިހާތަނަށް ފެނުނު އެންމެ ރަނގަޅު ސުރުހީ. ވަރަށް ރަނގަޅު ވާހަކައެއް! މީގެ އެންމެ ހެއްވާކަމަކީ ރައީސް، ނައިބް ރައީސް، 72 މަޖްލީސް މެންބަރުންނަކީ ރައްޖޭތެރޭ މީހުން ނަމަވެސް 15 މެންބަރުންގެ މައްޗަކަށް ކުރިޔެއް ނުހޯދި ހުރިހާމީހުންވެސް ތިބެނީ މާލެވެފައި!

    7
    4
  18. ހަމަ

    ނިމުނުދައުރުގެވެސް ހާލު ބުރިޖާ ކުރިޖާ ހުރިހާ ކަމެއް ހަމަ މާލެއައް

  19. ޢާސީ

    ބަލަ މާލޭމީހުން ވެސް އަގޮދީގެން ރައްރަށައް ދަނީ ހޭބަލިވީރަ މިހުރިހާ ސަކުވާއެއްކޮށް ބޮނޑ ނުބަނދެވިގެން މިއުޅެނީ ދެކުނު ގެ ބޭފުޅުން

    5
    1
  20. ޢައްޑޫ ގޫބައްޑާ

    ޟމަވެސް ރާއްޖެތެރެ މާލޭމީހަކާ އިނދެގެން މިއުޅެނީ އަނހެނުންގެ ހުރީ ބުރިއައް އަހަރުމެނައް އެއްފުލޯ ލިބޭ އަދި ރަށުގަ މަގޒެގެވަޒލު ގެސްޓް ހައުސް ގަދާފަ ނަހަކު 25 ހާސްލިބޭ އެގެއަކީ ސަރުކާރުން އަޅާދިނގެ މަ މޮޑިފައިކޮށްލާފަ..އަދި މާލޭގަ ކުއޔައްދޭ 3ޓެކްސީ އޮވޭ މަގޭ ރަހްމަތް ތެރިއާ މާލެ އޭނާގެ މާލޭގައިވެސް ރައްފުށުގައިވެސް ތަނެއނެއް އުޅެނީ ވަރައް ހާލުގަ ...މަ ހަމްދަރުދީވެ މާލެ މީހުނާ ދޭތެރޭ..ބޮންޑައް ސެލިއުޓް ކުރަން ތިކަމުގަ އަދލ މީކާއިލްއައްވެސް..

    3
    4
  21. މަޖުބޫރީހާލަތް

    ޔާމީނު 7 އަހަ ރު ކީއްވެޔޯ ރާއްޖެ ތެ ރެ ތަ ރައްގީ ނުކު ރީ

    • ހުސޭނުބޭ

      އެއީ އަދި ކަލޭ އުފަންނުވާތީ! އަޅެ ބަލާލަބަލަ ކިތައްކިތައް ކަންތައް ކޮށްދީފައި އޮތްތޯ!

      3
      1
  22. ރާއްޖެތެރެ

    ވެރިކަން ކުރާ ރަށް ބަދަލުކުރަންވީ. އިންޑޮނޭސިއާ ތަންތަނުގަ ހަދާގޮތަށް..

    3
    3
  23. Anonymous

    އޭވިއޭ

  24. ލޮނުމިރުސް

    އަދިވެސް ރާއްޖެތެރޭގައި މިތިބީ އަޅުން ގެ އަޅުން މާލޭ މީހުނާއި ނުކުޅޭތި , މި މީހުން ތިބީމަ ކަލޭމެން ނަށް ތިޔަ އުޅެވެނީ

    3
    6
  25. މޮހޮދު

    ރާއްޖެތެރޭ މީހުންނޭ ކިހިނެއްވެގެންތިއުޅެނީ. ހަމަބިމައްފައިބަބަލަނިކަން. ކިޔަވަން މާލެ އަންނަންޏާ ކިޔަވައިނިމުނީމަ ރަށަށް ދޭބަލަނިކަން ގޮސް ތިސިކުޑިތަކުގެ ބޭނުންކޮއްގެން ރަށަށް ކޮންމެވެސްކަމެއް ކޮއްދެވޭތޯބަލާބަލަ. ދެން ތިރަށްތަކުން ބިންދޫކުރާއިރު ރަށުގެ މީހުންނަށް އިސްކަންނުދީ ހުރިހާ އެއްމެންނަށްވެސް ބިންލިބޭގޮތް ހަދާދީ

    1
    1
  26. ާއަހުމަދު

    ބުރިޖުގެއެކަނިތަ ބާރަށްދުއްވަނީ އެކުސިޑެންޓުވަނީ ބުރިޖުގަ ކެމެރާ ހަރުކޮށް ނިމެނީ ބޮޑެތި އެކުސިޑެންޓުހިގާ މީހުންމަރުވާ ކިތައްބޮޑުމަގު ރަށްރަށުގަ އެބައޮތް ކިތައްއަހަރުވެއްޖެ އެކުސިޑެންޓު ކޮންޓުރޯލު ނުކުރެވޭ ބާރަށް ދުއްވާ މީހުން ހުއްޓުވޭނެ ބެލޭނެ ގޮތެއްނެއް ވެދާނެ ލާރިނެތީކަމަށް