ރައީސް އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި ބ. އަތޮޅު އޭދަފުށީގައި ބޮޑެތި މަޝްރޫއުތައް ހިންގުމަށް ވަޢުދުތަކެއް ވެވަޑައިގެންނެވި އެވެ. އަދި މި ވަޢުދުތަކުގައި އެއްބައި އެމަނިކުފާނު ވަނީ ދަޢުރު ހަމަވުމުގެ ކުރިން ފުއްދަވާފަ އެެވެ.

ރައީސް ޔާމިން ވެވަޑައިގެންނެވި ވަޢުދުތަކުންވެސް ރައްޔިތުންނަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނީ ޒަމާނީ ފެންވަރަށް އޭދަފުށީގެ މަގުތަށް ހަދައިދޭނެ ކަމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދެވެ. އެ ވަޢުދާއެކު ރައްޔިތުންގެ ތާއީދާއި ލޯބި އެމަނިކުފާނަށް ވަރަށް ބޮޑަށް ލިބިގެން ދިޔައެވެ.

އެގޮތުން 2016 ވަނަ އަހަރުގެ ތެރޭގައި އޭދަފުށީ މަގުހެދުމުގެ މަސައްކަތް މޯލްޑިވްސް ރޯޑް ޑެވޮލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ) އާއި ހަވާލު ކުރެވުނެވެ. ގާތްގަނޑަކަށް 33 މިލިއަން ރުފިޔާގެ މި ބޮޑު ޕްރޮޖެކްޓްގެ މަސައްކަތް އެމްއާރްޑީސީ އާއި ހަވާލުކޮށްފައިވަނީ އެ މަސައްކަތް ހަވާލު ކުރާތާ އެއް އަހަރުދުވަސްތެރޭގައި ނިންމާ ގޮތަށެވެ.

މަގު ހެދުމުގެ ޕްރޮޖެކްޓް އެމްއާރްޑީސީ އާޢި ހަވާލު ކުރެވުނު ފަހުން އެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާން ފެށިއެވެ. ރައްޔިތުންގެ ހުވަފެންތަކުގައި ކުލަޖައްސައިދޭތީ ހިތުގެ ފުންމިނުން ހިފެހެއްޓުމެއްނެތި ރައީސް ޔާމީނާއި އެމަނިކުފާނުގެ ސަރުކާރަށް ތަޢުރީފް އޮހެން ފެށި އެވެ.

ވާނީވެސް އެހެންތާއެވެ. އެތަށް ދުވަހެއްގެ ފޮނި އުންމީދުތަކެވެ. އާބާދީގައި 3000 އަށް ވުރެ ގިނައިން މީހުން ދިރިއުޅޭ އޭދަފުށީގައި ވާރޭ ވެހިއްޖެނަމަ ބައެއް މަގުތަކުގައި އުޅެން ޖެހޭނީ ފަތާފައޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ. މި ކަމުގެ ސަބަބުން އެތަށް ބައެއްގެ ގޯތި ގެދޮރާއި މުދަލަށްވެސް ގެއްލުންތަކެއް ލިބެ އެވެ. ހިނގާ ބިގާވެ އުޅުމަށާއި ދުއްވާ އެއްޗެހި ދުއްވުމަށް އެހާމެ ދަތިތަކާއި ކުރިމަތިލާން ޖެހެ އެވެ.

ބާރު ސްޕީޑުގައި މަގުހެދުމުގެ މަސައްކަތް ފެށިތާ ދެ ހަފްތާފަހުން އެކަމަށް ބޭނުންވާ ސާމާނު ލިބުން ދަތިވެ މަސައްކަތް ހުއްޓުމަކަށް އަތުވެއްޖެ އެވެ. ރައްޔިތުންގެ ޝަކުވާ ކައުންސިލަށް ލިބެން ފެށިއެވެ. ނަމަވެސް ދެ މަސް ދުވަސް ފަހުން އަލުން އެ މަސައްކަތް ފެށިގެން ދިޔައެވެ. އަހަރެއް ވެގެން ދިޔައިރުވެސް އެ މަސައްކަތް ނުނިމޭތީ ރައްޔިތުން ކަންބޮޑުވެ ޝަކުވާ ކުރަން ފަށައިފި އެވެ. ނަމަވެސް ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން ތާރީޚަކަށްފަހު ތާރީޚެއްދީ ރައްޔިތުން ހަމަ ޖައްސާލަ އެވެ. ގުނބޯ ހައްދާލަނީއެވެ.

ސަރުކާރުގެ ވުޒާރާތަކުން ދިން ތާރީޚްތަށް ފަހަނައަޅާ ގޮސް މަގު ހެދުމުގެ މަޝްރޫއު އެއްކޮށްހެން ހުއްޓުމަކަށް އައިސް ރައްޔިތުންނާއި ކައުންސިލުން މިކަން އަނެއްކާވެސް ސަރުކާރުގެ ސަމާލުކަމަށް ގެނަ އެވެ.

އެހެން ނަމަވެސް މިކަމަށް ޖަވާބުދާޜީވާނެ ވުޒާރާއެއް ސަރުކާރަކު ނެތެވެ. އެންމެ ފަހުން މި މަސައްކަތް ކުރުމަށް ސަރުކާރުން ހަވާލުކުރި ކުންފުނިވެސް އުވާލީ އެވެ. އޭގެ ފަހުން މި މަސައްކަތް ކުރިއަށް ގެންދަނީ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުން ކަމަށް އެ ރަށު ކައުންސިލަށް މައުލޫމާތު ލިބިފައިވެ އެވެ.

އެމްއާރްޑީސީ އުވާލި އިރު މި މަސައްކަތުގެ ވަރަށް ބޮޑުބައި ވަނީ ނިންމާފަ އެވެ. އެގޮތުން ތާރު އަޅަން ނިންމާފައިވާ ހުރިހާ މަގުތަކެއްގެ ޕޭވްމަންޓް އާއި ކާބު ޖެހުމުގެ މަސައްކަތް ވަނީ ނިންމާފަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާޜު ނިމި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ފެށުމުން އަނެއްކާވެސް އޭދަފުށީ ރައްޔިތުންނަށް މަގުހެދޭނެ ކަމުގެ އިތުރު ޔަގީން ކަމެއް ދިނެވެ. އަދި މި މަސއްކަތް އަލުން ކުރުމަށް މި އަހަރުގެ އެޕްރީލް މަހުގައި ސަރުކާރު 100 ޕަސެންޓް ހިއްސާވާ، އެމްޓީސީސީ އާއި ހަވާލު ކުރެވުނެވެ.

ޖުމްލަ އަށް މަސް ދުވަސްތެރޭގައި ނިންމުމަށް މި މަސައްކަތް ސަރުކާރުން އެމްޓީސީސީ އާއި ހަވާލު ކުރީ 19.2 މިލިއަން ރުފިޔާ އަށެވެ. މި މަސައްކަތް ފެށުމަށް މަސައްކަތަށް ބޭނުންވާ ހުރިހާ ސާމާނެއް ރަށަށް ގެނެވި ހީވީ ހަމަ އެންމެ މަހެއް ތެރޭގައި ހުރިހާ މަގުތަށް ހަދާ ނިންމާލެވޭނެ ހެންނެވެ. ނަމަވެސް ހަ މަސްދުވަސް ފާއިތުވެގެންދާއިރުވެސް މި މަސައްކަތަށް އެއްވެސް ކުރިއެރުމެއް މިހާތަނަށް ލިބިފައިނުވެ އެވެ.

އެމްޓީސީސީން ބުނީ މަސައްކަތް ނުފެށި ލަސްވަނީ މަގުތަކުގެ ޑިޒައިނަށް ބަދަލެއް ގެންނާތީ ކަމަށެވެ. އެ ބަދަލަކީ ވެއްޔާއި ސިމެންތި ބޭނުންކޮށްގެން އެޅޭ ބޭސް ކޯސް ފަށަލައިގެ ބަދަލުގައި ހިލަ ބޭސް ކޯސް ފަށަލައަކަށް ބަދަލު ކުރުން ކަމުގައި އެކުންފުނިން ބުންޏެވެ.

އޭދަފުށީ ގިނަ ރައްޔިތުން ބުނަމުންދަނީ މި މަޝްރޫއު އެއްކޮށް ނިމުމުން ނޫނީ ޒަމާނީ ފެންވަރަށް މަގުތަށް ހެދޭނެ ކަމުގެ އެއްވެސް އުންމީދެއް ނުކުރާ ކަމަށެވެ. އަދި ރައްޔިތުން ގުނބޯ ހައްދަން ނިމިދިޔަ ސަރުކާރުންނާއި މި ސަރުކާރުން ރަށަށް ގެންދިޔަ ސާމާނަކީ ރައްޔިތުންނަށް ދައްކަން ގެންގޮސްފައިވާ ސާމާނުތޯވެސް ރައްޔިތުން ވަނީ ސުވާލު އުފައްދާފަ އެވެ. އަދި އެތަކެތި ބައު ދަގަނޑަށްވެ ފަނާވަންދެން ރަށުގައި ބައި ތިއްބަނީތޯވެސް ރައްޔިތުންވަނީ ސުވާލު އުފައްދާފަ އެވެ.

މަސައްކަތް ލަސްވެ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާ އަށް ގޮސްފައިވާ އިރު މިދިޔަ އޮގަސްޓް މަހުގެ 20 ވަނަ ދުވަހު ފިނޭންސް މިނިސްޓްރީން ވަނީ އެރަށު މަގު ހެދުމުގެ މަޝްރޫއު މެނޭޖްކުރުމަށް ކޮންސަލްޓެންޓެއް ހޯދުމަށް އިއުލާން ކޮށްފަ އެވެ.

އަތޮޅުގެ ގިނަ ބަޔަކު ތަފާތު އެކި ބޭނުންތަކުގައި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޒިޔާރަތްކުރާ އޭދަފުށީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަކީ، އިޖުތިމާއީ ގިނަ ފަސޭހަތަކެއް ރައްޔިތުންނަށް ލިބިގެންދާނެ ކަމެކެވެ. އަދި މި ރަށަކީ ވަރަށް ގިނަ ވެހިކަލްތައް ދުއްވާ ރަށެއްކަމުން މަގުތައް ހެދުމާ އެކު ރައްޔިތުންނަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ އެވެ.

މި މަޝްރޫރުގެ ދަށުން ތާރު އަޅައިގެން އޭދަފުށީގައި 3.36 ކިލޯމީޓަރުގެ މަގު ހަދާނެ އެވެ. މި މަސައްކަތް އެއްކޮށް ނިމޭއިރު ހުންނާނީ މަގުތަކުގައި ސްޕީޑް ބްރޭކަރު ހަރުކުރެވި، ފެން ހިންދުމުގެ ނިޒާމު ގާއިމުކޮށް އަދި ޓްރެފިކް ނިޝާންތައް ވެސް ކުރަހައިފަ އެވެ.

އޭދަފުށީ ރައްޔިތުން ބުނާ ގޮތުގައި މިއީ ހަގީގަތުގައިވެސް ރައްޔިތުން ގުނބޯ ހެއްދުމެވެ. އަދި ޑިސްޕްލޭ ކުރަން ގެނެސްފައިވާ ވެހިކަލްތަކުގެ އިތުރު ބޭނުމެއް ނުހިފޭ ކަމަށާއި އެ ވެހިކަލްތައް ބައު ދަގަނޑަށްވެ އަލުން މަރާމާތު ކުރަން ވެހިކަލްތަކަށް ދިޔަ ޚަރަދުން އެކަނިވެސް މަގުތަށް ހެދޭނެ ކަމަށް ޤަބޫލު ކުރާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. އިބުރޭ1122

  އޭދަފުށި އެކަނިތަ އޮތީ ވެހިކަލްދުއްވާ، ޒަމާނީ މަގުހަދަންޖެހޭ ރަށަކަށް މިދިވެހިރާއްޖޭގަ؟ އެހެން ރައްތަކުގަ ވާރޭވެހުނީމަ ފެންބޮޑުނުވަނީތަ؟ ތަކެއްޗަށްވެސް ގެއްލުން ނުވަނީތަ؟ ބޭކާރު ވާހަކަނުދައްކާ!

  25
  6
 2. ހަވަރު ތިނަދޫ ބިގަރު ކައުންސިލް

  ހަވަރު ތިނަދޫގަ ތިބި އެމްޑީޕީ މީހުނަވެސް ތިބީ ގުނބޯ ހެދިފައެވެ. ހަވަރު ތިނަދޫގަ ތިބި އެމްޑީޕީ ގުނބޯއިންނަށް ރަށުގެ މަލަމަތިން އެފެންނަނީ ބިޔަ ބޮޑު ޓާޝަރީ ހޮސްޕިޓަލެވެ. ހޫޓި ކަނޑު ބައްތި (ރަށުގެ ފަޅުތެރެއިން ހިއްކެން އޮތް އެމްނެ ދުރުން) އެފެންނަނީ އޭޝިޔާ ސަރަހައްދުގަ ވެސް ނެތްވަރުގެ ޕޯޓެކެވެ. ހަވަރު ތިނަދޫ ދެކުނު ފަރާތުގަ ލަގްޒަރީ ފެންވަރަށް ހަދާފަހުރި ގެސްޓް ހައުސްތަކާދިމަލަށް އަތިރިމަތީގައި ތިބޭއިރު އެފެންނަނީ À380ގެ ބިޑެތި ފުލައިޓުތަށް ބޮލުގަ ޖެހޭ ނުޖެހޭހިސާބުން ގޮސް ކާޑެއްދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ތިރިކޮއްލާ މަންޒަރެވެ. މިހާރު ކުރަމުން އެދަނީ ކުޑަކޮން އުދައަރާތީ މުޅިރަށްވަށާ ބޭރުތޮށިލަމުން ދާމަންޒަރެވެ. އައިސް ޕލާޓްގެ ޖެޓީ ކުޑަކޮން ހަލާކުވެފައިވާތީ އެތާގެ މަސައްކަތް ނިންމާ މިހާރު އެތަން ދަނީ ރަނުން ޒީނަތްތެރި ކުރެވެމުންނެވެ. ދެން ހަވަރު ތިނަދޫގަ ތިބި އެމްޑީޕީ ގުނބޯތަށް އުފަލުން ފޮޅި މޮޔަނުވާންވީ ސަބަބެއް ނެތެއްނޫންހެއްޔެވެ

  27
  2
 3. Anonymous

  3000 އާބާދީ ރަށްރަށަށް މިގޮތައް މަގުހެދުމަކީ... އިސްރާފުކުރުން ...

  20
  15
 4. ގޮމަ

  އައްނިސާލިހުވީމާ ޖަޒީރާ ވައްތަރު ހުންނަނީ!

  17
  2
 5. ސޮފްވާން

  އޭދަފުށީ މީހުންގުބޯހައްދަނީ ކާކުބާ؟ ރައްޔިތުންހޭލަންވެއްޖެ. ތިކަހަލަ ތަހުޒީބު މުޖުތަމައެއްއޮތް ރަށެއްގައި ތިކަހަލަ ކަންތައް ނުވާނެ. މައްސަލައަކީ އެމް ޕީ ގެ ސް ޕީޑް ދައްކަން . ފުރަތަމަ އަމިއްލަ މަސަލަހަތު އިސްކޮށް ފައިވާކަން. ކުރީސަރުކާރުމްވެސް ހުޅުމާލެއިން 2 ބިން ހޯދާ އަމިއްލަ ވިޔަފާރި ފުޅާކުރުން . އެމް ޕީގެ ނަޒަރުގައި ދާއިރާގެ ރައްރަށުގެ ތަރައްގީ އުޅެނީ %5 ގައި . 5 އަހަރުން 1 ފަހަރު ތައްޔިތުންގެ އަރިހަށް .

  20
  1
 6. ސުވޭސް

  33؛ މިލިއަން ރުފިޔާވެސް ރޯޑުކޯޕަރޭޝަނުން ނަގާ ނިމިފައި އޮތުންވެސް މަގުތައް އަލުން ފަށައިގެން ކުރިއަށް ގެންދިއުމުގައި މައްސަލައަކަށް ވަނީ ވެފައި. ރި ޕޯރ ޓް ލިޔާއިރު މައްސަލަ އެއްކޮށް ސާފުކޮއްބަލަ ދެން ޔާމީނުގެ ވާހަލަ ލިޔަންވެގެން ކޮންމެވެަް އެއްޗެއް ލިޔަނީ

  12
  4
 7. ޢާޝޯހު

  2016 ގައި ފެށުނީ. ޢެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަން. ޢެހެންވީމާ، ގުނބޯ ހެއްދީ ޔާމީނެއްނު

  13
  10
 8. ކަމަދޫ ކަމަނަ

  އަސްލު ހަގީގަތުގަ އޭދަފުށިއަކީ ސަރުކާރުތަކުން އޯވަރރޭޓެޑް ކުރާ ރަށެއް. ތިއަށްވުރެ މާ ރަނގަޅުވާނެ ނައިފަރުގެ މަގުތައް ހަދާ ނައިފަރު އިތުރަށް ތަރައްގީ ކުރަން އުޅުނިއްޔާ. މިހެން މިބުނީ ދެރަށުގެ ހޮސްޕިޓަލުގެ ޑެއިލީ އޯ.ޕީ.ޑީ ކައުންޓް ބަލާލިޔަސް މިބުނާ ތަފާތު ފާހަގަކުރެވޭނެ. ނައިފަރު ހޮސްޕިޓަލްގެ ޑެއިލީ އޯޕީޑީ 3ގުނަ 4ގުނަ މަތިވާނެ އޭދަފުށްޓަށްވުރެ. ދެން ދެރަށުގެ ޕޮޕިއުލޭޝަން ޑެންސިޓީ (ރަށުގައި ދިރިއުޅޭ މީހުންގެ ޢަދަދު) ބެލިޔަސް ނައިފަރު މަތިވާނެ 2ގުނަ އަށްވުރެވެސް ގިނަ.

  9
  2
 9. ބަކޭ

  އާމަޖުލިސް އައިފަހުން ކިތައް މެމްބަރުން މިނިސްޓަރުން މަޖުލިސްއަށް ހާޟިރުކޮށްގެން ސުވާލުކޮށްފިތޯ.... އެހެނަސް ދާއިރާގެ މެމްބަރު ސަރުކާރު ޖަވާބުދާރި ކުރުމަށް ކުރީ ކޮންމަސައްކަތެއްތޯ.؟؟؟؟ ގާބިލު މީހުން ކަންކަމަށް ހޮވީމަ ކަންކަން ވާނީ... ވާހަކަ ނުދަައްކަތިބޭ... ތީކީ ތަރައްޤީ ބޭނުންވާ ބައެއްނޫން... އަންބޮޑީ ބޮޑުކުރެވުނީމަ ނިމުނީ... އެހެންވީމާ ތަރައްޤީވާހަކަ ނުދައްކާ އަނބޮޑި ބޮޑުކޮށްގެން ފެންހެދިފައިވާ މަގުތަކުގައި ފައިކުރި އޮޅާލައިގެން ހިނގާލީމާ އޯކޭވާނެ.... ނޫސްވެރިޔާ ތިކުރާ މަސައްކަތަށް ސާބަސް...

 10. ޒަކް

  3000 ހާހަށްވުރެއް އާބާދީ ބޮޑިއްޔާ ކީއްވެ 5 ކައުންސިލަރުން ނެތީ 3 މީހުން 3 ބެނީ؟؟

  6
  1
 11. ދެރަ

  ޔާމީން ބަރާބަރު ހުންނަނީމާ ގާގެންނަނީ ސަލީމް ބަރާބަރު ހުންނަނީމާ އަބަދު އަބަދު ހޮވެނީ
  ސޯލިހު ރަނގަޅު ހުންނަނީމާ ގިނަވޯޓްހޯދަނީ އޭދަފުށި މީހަ ބޯހުންނަނީމަ އަބަދު ބަތްޕެން ބޮނީ
  ބަތްޕެން ބޮނީމަ ބަރާބަރު ޕަވަރުހުންނަނީ

 12. ފަޔާ

  ކަންކަމުގަ ކެއްތެރިވާން ދަސްކުރަންވާނެ އޭދަފުށީ ރައްޔަތުންނަކީ ކެއްތެރިކަން ހިއްސާކޮއްގެން ކާމިޔާބު މިހާތަނަށް ހޯދި ބައެކެވެ.އަދި އިތުރު މަގުވެސް ހެދޭނެ!