ދުނިޔޭގެ ނިސްބަތުން ބަލާއިރު މިއީ ކުޑަ ކުޑަ މުޖުތަމައު އެކެވެ. ކޮންމެ ރަށަކަށް ދިޔަޔަސް ތިބެނީ އާއިލާ މީހުންނެވެ. ދެކެފަރިތަ ރައްޓެހިންނެވެ. ހިނިތުންވެލާފައި ރައްޓެއްސަކަސް ބީރައްޓެއްސަކަސް ވާހަކަ ދައްކަ އެވެ. ސައިތައްޓެއް ބޯން ނޫނީ ބަތްކޮޅެއް ކާން ނަމަވެސް ދައުވަތު ދެ އެވެ. ހަގީގަތުގައިވެސް ވަރަށް ހެވެވެ. ވަރަށްވެސް ރަނގަޅެވެ. ނަމަވެސް ހުރިހާ އެންމެން އެއްގޮތް ނުވާނެ ކަން ދަންނަންވާނެވެ.

ދަތުރުވަރިއެއްގައި ދެކުނުގެ ރަށަކަށް ދެވުނެވެ. އަހަންނަކީ ސަކަ މިޒާޖެއްގެ މީހެއް ކަމުން ވާހަކަ ނުދައްކާ މީހެއް ނެތެވެ. ހުރިހާ އެންމެނާވެސް ރައްޓެއްސެވެ. ވާހަކަވެސް ދައްކަމެވެ.

މިހެން އުޅެނިކޮށް ދިމާވީ ވަރަށްވެސް ހިތްހެޔޮ ވަރަށް ވެސް އޯގާތެރި ބޭބެއަކާއެވެ. ނިކަން ލޯބިން އަހަންނަށް "މަންޖެ" އޭ ކިޔާފައި ގޮވާލާފައި ބޭބެ ކައިރީގައި ޖޯލިފަތީ އިށީނުމަށް ދައުވަތު ދިނެވެ. ގޮސް އިށީނުމާއެކު ބޭބެ އެހިއެވެ. ތިއީ ކޮން ރަށަކު ކުއްޖެއް ހެއްޔޭ؟ އަހަރެންގެ ރަށް އެ ބޭބެ ކައިރީ ބުނުމުން ބުނެފި އެވެ.

"އެކޮއެ އޭ ނަމަ ނަމަ ކޮންމެ ކޮންމެ މީހެއް ކައިރީގައި އެކޮއެގެ ފުރިހަމަ ނަމާއި ބައްޕަ އާޢި މަންމަގެ ނަމާއި ރަށާއި ނުބުނައްޗޭ. ބޭބެ މިހެން މި ބުނަނީ އެކޮއެ އަށް ރަނގަޅަކަށޭ. އެކޮއެ އަށް މިކަމުގެ ސަބަބު ކޮންމެވެސް ދުވަހަކުން އެނގޭނެ. އޭރު ބޭބެ ދުނިޔޭގެ ހުންނާނެ ކަމެއްވެސް ނޭނގޭ"

އާނއެކެވެ. އެ ދުވަހު ބޭބެ އެހެން ބުނި ސަބަބު ވަރަށް ރަނގަޅަށްވެސް މިހާރު އަހަންނަށް އެނގިއްޖެ އެވެ. ހަމަ ހަގީގަތުގައިވެސް އެއީ އަހަންނަށް ވަރަށްވެސް ހެޔޮ އެދޭ ބޭބެ އެކެވެ. މިއަދު އެ ބޭބެ ދުނިޔެ އަކުވެސް ނެތެވެ. އެކަމަކު އަހަރެން ހިތުގައި އެ ބޭބެ އަށް ވަރަށް ހާއްސަ ލޯތްބެއް އުފެދިފައިވެ އެވެ. އެ ބޭބެ ސުވަރުގެ ލައްވާތޯ އަބަދުވެސް ދުއާ ކުރަމެވެ.

އެ ދުވަހު އެ ބޭބެ އެހެން ބުނީ ކީއްވެކަން އެނގޭ ހެއްޔެވެ؟ ކިތަންމެ ހިނިތުންވެލާފައި ވާހަކަ ދައްކާލާ މީހަކީވެސް ދުޝަމަނަކަށް ވެދާނެތީއެވެ. މީހެއްގެ ހިތެއް ނޭނގޭތީއެވެ. އިންސާނުންނަކީ ވަރަށް ކޫސަނި ކަންކަމުގައިވެސް ހަސަދަވެރިވާ ބައެކެވެ.

ކުޑަ މުޖުތމައުގައި އެންމެ ގަދަޔަށް މިހާރު ދެކެވޭ ވާހަކަ އަކީ ސިހުރު ހާހޫރައިގެ ވާހަކަ އެވެ. ދެމަފިރިން ދުރުކުރުމަށް ހަދާ ސިހުރާއި، ކިޔެވުމަށް ހުރަސް އެޅުމަށް ހަދާ ސިހުރާއި، ލޯބި ހޯދުމަށް ހަދާ ސިހުރާއި ގެދޮރު ފަނާކޮށްލުމާއި މީހުންގެ ދިރިއުޅުން ހަލާކޮ ކޮށްލުމަށް އެކޮ ގޮތްގޮތަށް ހަދާ ސިހުރުގެ ވާހަކަތަކެވެ.

ހިތާމައިގެ ކޮޅެއްވެސް ނެތެވެ. އެދުވަހު އެއްކަލަ ބޭބެ އެހެން ބުނީ މި ސަބަބާ ހެދި އެވެ. މީހާ ހުންނަ ގޮތުންވެސް މީހަކު ސިހުރު ހަދާފާނެ އެވެ. އެހެން ކަމުން އެކަމަށް ސަމާލުވެ ރައްކާތެރިވާންޖެހޭނެ އެވެ. މިކަމަށް ބެލެނިވެރިންވެސް ވަރަށް ބޮޑަށް ސަމާލުވާން ޖެހެ އެވެ. ތިމާގެ ދަރިއަކީ ކިޔެވުމަށް މޮޅު ކުއްޖެއް ނަމަ ވަކިން ހާއްސަކޮށް އެ ކުއްޖާ މޮޅު ވާހަކަ ކިތަންމެ ގާތް މީހަކު ނަމަވެސް ނުދައްކާށެވެ.

ދާދި ފަހުން ރާއްޖޭގެ ރަށެއްގައި ދިމާވި ކަމެއް ހިއްސާކޮށްލާނަމެވެ. ކިޔެވުމަށް އެދަރިވަރު ވަރަށް މޮޅެވެ. ކުލާހުގައި ހިމެނޭ މޮޅެތި ކުދިން ތެރޭގައި ހިމެނެ އެވެ. ބަލި ވިޔަސް ސްކޫލަށްދާން ރޮއެ ހަދައެވެ. ސްކޫލަށް ނުގޮސް އެންމެ ދުވަހެއްވެސް ހުންނާކަށް ބޭނުން ނުވެ އެވެ.

ނަމަވެސް ދުވަސް ގަނޑަކަށްފަހުން މި ކުއްޖާ ސްކޫލަށް ނުދާން ބޮޑާ ހާކަން ފަށައިފި އެވެ. ޓެސްޓުން ފުލްމާކްސް ގެންނަ މި ކުއްޖާ ކުއްލިއަކަށް ވަރަށް ބޮޑަށް ދައްވެ އެއްވެސް ގޮތަކަށް ފާހެއް ނުވެ އެވެ. ސްކޫލަށް ނުގޮސް އޮންނަނީ ގޭގަ އެވެ. އެކަމާ އެއްޗެކޭ ބުނެފި ނަމަ ވަރަށް ބޮޑަށް ރުޅި ގަދަވެ އެވެ. އެކަމާ އެތަކެއް ޑޮކްޓަރުންނަކަށްވެސް ދެއްކިއްޖެ އެވެ. އެއްވެސް މައްސަލައެއް އުޅޭ ކަމަކަށް ނުވެ އެވެ.

އެންމެ ފަހުން ރުގްޔާ ކުރާ މީހަކަށް މިކުއްޖާ ދައްކާލުމުން މި އެނގުނީ މާ މޮޅަށް ކިޔަވާތީ އެކަމާ ހަސަދަވެރިވެގެން ކުލާސް ކުއްޖެއްގެ މަންމަ އޭނާއަށް ސިހްރު ކާންދީފައި ހުރި ކަމެވެ. ވަރަށްވެސް ދެރަ އެވެ. ރުގްޔާ ނުކުރި ނަމަ އެކުއްޖާގެ ދުވަސް ދިޔައީސް އެވެ.

މިއީ އަދި ކުޑަ ކަމެކެވެ. މިފަދަ އެތަކެއް ކަމެއް މި ކުޑަ ކުޑަ މުޖުތަމައުގައި ހިނގައި ސިހުރު ކަންތަކުގައި އެތަކެއް އާއިލާއެއް ރޫޅި އެތަކެއް ބައެއްގެ ފުރާނަވެސް ވަނީ ގޮސްފަ އެވެ.

މިއީ ދީނީ ގޮތުން ބެލިޔަސް ހަރާން ކަމަކަށްވެފައި ހިތާމަޔަކީ މިފަދަ ފަރާތްތަކާމެދު ގާނޫނީ ގޮތުން މަނާ ކުރުން ފިޔަވައި އެޅޭނެ މާ ބޮޑު ފިޔަވަޅެއް ނެތް ކަމެވެ.

ސިހުރުގެ ހަގީގަތަކީ އެއްޗެއްގެ ހަގީގަތް ބަދަލުކޮށް އެހެން ގޮތަކަށް ބަދަލު ކުރުމެވެ. އަދި ހައްގުގެ ގޮތުގައި ބާތިލުނެރެ އޮޅުވާލައިގެން ނެރުމެވެ. ސިހުރަކީ ހަގީގަތެއްކަމަށާއި، އެކަމުގައި އަސަރުތަކެއް އެކުލެވިގެންވާ ކަމަށް ޤުރުއާނުންނާއި ސުންނަތުން ސާބިތުވެ އެވެ. އަދި އެއީ ކުފުރެއް ކަމަށްވެސް ގުރުއާނުން ދަލީލު ލިބެ އެވެ.

 

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. މޮހޮދު

    ރަނގަޅު ރުގްޔާ ކުރާ ބޭފުޅެއް އެނގޭތޯ. ވަރަށް ވަރަށް އެދެން..... ތިކަހަލަކަމެއްގަ އަޅުގަނޑުވެސް މިއުޅެނީ

    47
    2
    • އަހާބަލަ

      އިސްލާމިކް މިނިސްޓަރު ކައިރިން އަހާބަލަ ރުގްޔާ ކުރާ މީހަކު އިނގޭތޯ

      8
      3
  2. މޮހޮދު

    ރަނގަޅު ރުގްޔާ ކުރާ ބޭފުޅެއް އެނގޭތޯ.

    31
    • Anonymous

      ފްރޮމް ވެއާ

      13
  3. ޒަމީރު

    ގާނޫނީ ގޮތުން ފިޔަވަޅު އެޅޭނީ އިސްލާމީ ޝަރީއަތް ގާއިމު ކޮއްގެން. މިހާރި ސިހުރަކީ ވަރުގަދަ ސިޔަސީ ވިޔަފާރިއެއް. ކޮންމެ އިންތިޚާބަކައް ސިހުރު ހަދުވަން އެތަކެއް ކެންޑިޑޭޓުންނެއް އެކަން ކުރާމީހުން ހޯދާ އެމީހުންނައް ބޮޑެތި އަދަދުން ފައިސާ ހުށައަޅައިގެން ސިހުރު ހަދުވާ އުޅޭ.

    38
    2
  4. ސޮނިފުހޭއިސްކިން ޓޯޓޯ

    ވަރަށް ކިޔަވަން މޮޅު ދަރިވަރެކެވެ ތަފާތު ގޮންޖެހުން ތަކުގެތެރޭ އުޅެމުންވެސް ސްކޫލްގެ އެންމެ މޮ5ކުދިންގެ ތެރޭ ހިމެނެއެވެ އެކުއްޖާގެ އުމުރުން 2އަހަރު ވީ އިރު ފަރިތަ ކަމާއެކު ލިޔަންކިޔަން ދަސްކުރިއެވެ އިކަމަކީ އެކުއްޖަާގެ ބައްޕަ ފަރާތުގެ ބޮޑު ބެޭބެ އާއި ބޮޑު ދައިތަ އަށް ކެތް ކުރެވޭ ވަރުގެ ކަމަކަށް ނުވިއެވެ ފަހުން މެޑިކަލް މައްސަލަ ތަކުގެ ޝިކާރައަކަށްވެ ދަރިވަރުންނާ ޓީޗަރުންގެވެސް ބުލީގެ ޝިކާރައަކަށް ވިއެވެ ސިހުރުއާ ހަސަދައިގެ ކަންތައްގަޑެއް އުޅޭކަން އެގުނީ ހޮދު ސިހުރުހަދާ މީހުން ގެ ތެރޭން މީހުން ބަލިވެ މޮޔަވެ ކަންތައްވާން ފެށުމުން ރުގްޔާ ކުރާމީހުން ގެއަށްގެނައި ހިސާބުންނެވެ މައުސޫމް ކުއްޖަކަށް އެތަށް ވޭނެއް ތަހަށްމަލް ކުރަންޖެހުނެވެ.ބޭއިންސާފުން އެތަށްކަމެށް ދިމާވިއެވެ.ﷲގެރަހުމަތުގެ ބޮޑުކަމާއެވެ.ވަކީލުކުރާމީހުންނަށް ﷲ އެހީތެރިވެ ވޮޑިގަންނަވައެވެ .ހަސަދަވެރިވެ ރުޅިގަދަ ވުމުގެ ބަދަލުގައި''ހަސްބިޔަﷲ'' އޭ ބުނެފިނަމަ ﷲ ރަހްމަތް ބާވާލައްވައެވެ އުދަގޫތަކުން ނިކުމެވޭނެ އަލިމަގެއް ހުޅުވަާ ދެއްވައެވެ

    37
  5. އަލީ

    ރުގްޔާގެ ވިޔަފާރިއަކީ މިހާރު އެންމެ އާމްދަނީ ބޮޑު އެއް ވިޔަފާރި

    13
    13
  6. ސިތުރާ

    ދުވަހަކުވެސް އަދި ދިވެހި ހަބަރަކުން އަޑެެއް ނާހަން ސިހުރެއްޖެހިން މީހެއްގެ ފުރާނަ ގޮއްސިޔޭ. އެއީ ކީއްވެތޯ ސުވާލުކޮށްލަން ބޭނުން،

    10
    25
  7. މޮހޮދު

    މާލޭގަ އުޅޭ ރުގްޔާ ކުރާ ބޭފުޅެއް އިނގޭތޯ

    14
  8. ޝައިޚު

    ރާއްޖެ ޓީވީން އެ ދައްކަނީނު؟ ޝައިޚު ޝުޢައިބު ޢަބްދުއް ރަޙްމާން ގެ ރުޤުޔާ ޕްރޮގްރާމް. ޝުޢައިބު އަރިހަށް ގޮސްގެން ރުޤުޔާ ކުރަން ނުޖެހޭ މީހަކު ހިޔެއް ނުވޭ ދިޔަހެނެއް. ހުވަފެނަކުން ގޭ ދޮރުމަތީ މަގު ފެނުނު ވާހަކަ ދެންނެވިޔަސް ބުނުއްވާނެ އެއީ ޖިންނި އަވަލީމައި ފެންނަ ކަމެކޭ. އަވަހަށް ވީ ރުޤުޔާ ކުރާށޭ!

    9
    11
    • ޔައު

      އާނ ކަލޯ އެއީ ފިސާރި މީހެއް. ގޭގަ ހުރިއްޔާ ހުރި އެއްޗެއް ޖެހެނީ ތިލަފުއްޓަށް ގެންގޮސް އަންދާލާށޯ

      7
      2
  9. ސައްދާމް

    މާތްﷲ އާއި ދުރަށް ދެވޭވަރަކަށް މިފަދަ ކަންކަމާ ގާތްވާނެ އެވެ.

    23
    2
  10. މުޖުތަމައު

    ސިހުރު ހަދާ މީހާ އޮންނަނީ ގަތުލު ކުރުމަށް އަންގަވާފަ.

    24