ނުބެހޭ ކަންތައްތަކާ ބެހުން މިއީ ވަރަށް ގިނަ ދިވެހިންގެ މެދުގައި ހަރުލާފައިވާ ވިޔާނުދާ ސިފަ އެކެވެ.

މަދަރުސީ ދައުރު ނިމުމާއެކު އެ ކުއްޖެއް ކައިރީގައި އަހައެވެ. އިތުރަށް ނުކިޔަވަންތޯ އާއި ކިޔަވާނީ ކޮން ދާއިރާއަކުންތޯ އާއި ކިޔަވައިގެން އައަިސް ހުންނާނީ ކޮންތާކުތޯ އާއި މިއީ ކުރާނެ ސުވާލުތަކެވެ.

އުމުރުން 18 އަހަރުވެފައިވާނަމަ ފެންނަ ކޮންމެ ތަނަކުން އަހާނެ އެވެ. "ކޮބާ މީހަކާ އިންނާކަށް ނުވޭތަ؟" "އިންނާނެ މީހަކު ނުވަނީތަ؟"މީހަކާ ރައްޓެހިވެގެން އުޅޭކަން އެނގިއްޖެ ނަމަ އެއޮތީ ހަތަރެސްކަން ހަމަވެފަ އެވެ. "ރައްޓެހިވެގެން ދުނިޔެ ހުސްކުރަންތަ ތި ވިސްނަނީ؟ ކޮބާ އިންނާކަށް ނުވޭތަ އަދިވެސް؟ ދުނިޔޭގެ ލެއްވިހާ ނުބައި ކަންތައް ކުރަމުން ނުދުވެ އިންނަންވެއްޖެ އެންނު ގައިމު ދެން". މިޒަމާނު ބަހުން ބުނާ ނަމަ މިއީ "ޓިޕިކަލް ދިވެހިން"ގެ ހާލެވެ. ނޭންގޭ އެއްވެސް ކަމެއް ނުހުންނާނެ އެވެ. އަދި އެނގޭ އެއްވެސް ކަމެއްވެސް ނުހުންނާނެ އެވެ.

ހައްތަހާވެސް ރޯނު އެނދުރުންނެވެ. ދޭދޭ މީހުންގެ ގޮތް ކިޔަމުން ދުވެ އެވެ. ކަންކަން މަތީ ޖޯލި ފަތި އަޅައިގެން ތިބޭ މީހުން ސީސީޓީވީ އަށްވުރެން މާ ރަނގަޅަށް ރިކޯޑު ކުރެ އެވެ. ސްކޭން މެޝިނަކަށްވުރެ ރަނގަޅަށް މުޅި ހަށިގަނޑު ސްކޭން ކުރެ އެވެ.

ތަންކޮޅެއް ހިކިކޮށް މީހާ ހުއްޓަސް އެއީ ދުވަހަކު ކާއެއްޗެއް ލޮލަށް ފެނުނު މީހަކަށްވެސް ނުވެ އެވެ. ފަލަވިޔަސް ސަލާމަތެއްނެތެވެ. މީހަކާ ނީނަސް މީހަކާ އިނަސް ސަލާމަތެއް ނެތެވެ. އެއްދަރި ލިބި ދެވަނަ ދަރިޔަކަށް ރެޑީ ނުވަނީސް ސުވާލު ކުރަން ފަށައެވެ. "ދެން ދަރިއަކު ނުހޯދަންތަ؟" ދެވަނަ ދަރި ލިބުމާއެކު އަދިވެސް ވިހަނީތ؟ ނުވިހާ ގޮތް ހަދަން ވެއްޖެ އެއްނު. ޖަޕާނު މަހެކޭ އެއްވަރު ވިއްޔާ ތިވަނީ." އިސްތަށިގަނޑު ދިގު ފިރިހެނެއް ވިއްޔާ އެމީހަކީ އެއީ މަސްތުގެ އަވައިގައި ޖެހިފަ ހުރި މީހަކަށްހަދަ އެވެ. މިއީ ހަމަ ރާއްޖޭގެ ހުރިހާ ރަށްރަށެއްގެވެސް ހާލެވެ.

މިއީ ހަމަ ހަގީގަތެވެ. ވަކި ރަށެއްގެ ވަކި މީހެއް ނޫނެވެ. މިފަދަ ސުވާލުތައް ނުކުރާނެ ހަރު މީހަކު ނެތް މި ރާއްޖޭގެ ރަށެއް ނެތޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ.

ދެން އޮތީ ބޮޑު ސުވާލެވެ. މީހަކާ އިނދެގެން ހަ މަސް ދުވަސް ފާއިތުވާއިރަށް ދަރިއަކު ހޯދަނީ ކޮންއިރަކުންތޯ ސުވާލު ކުރެ އެވެ. ހީވާ ކަހަލަ އެވެ. ދަރިއެއް ލިބުމުން އެ ދަރި ބަލައިދޭނީ އެ ސުވާލު ކުރާ މީހާ ހެންނެވެ.

ދަރިއަކު ހޯދަނީ ކޮން އިރަކުންތޯ މިއީ ވަރަށް ގިނަ މީހުން ކުރާ ސުވާލެކެވެ. ހިތާމައަކީ އަނެކާ ތަހައްމަލް ކުރަމުންދާ ވޭނެއް ނުވިސްނޭތީއެވެ. ހަގީގަތުގައި ވިސްނަންވެސް ބޭނުން ނުވަނީ އެވެ. މިއީ ދިވެހިންގެ ނާތަހުޒީބު ކަމެވެ.

ކޮންމެ މީހަކީ އަވަހަށް ހަޔާތުގެ ބައިވެރިއަކު ލިބޭނެ އަދި ހޯދަން ބޭނުންވާނެ މީހެއް ނޫނެވެ. އެހެން ކަމުން މީހަކާ އިންނަނީ ކޮން އިރަކުންތޯ ނާހާށެވެ. ދަރިންނަކީ ވަކި ފަރާތަކުން ދެއްވާ އެއްޗެކެވެ. ކޮންމެ މީހަކީ އެ ނަސީބު ލިބިފައިވާ މީހަކަށް ނުވެދާނެ އެވެ. އެހެން ކަމުން ދަރިއަކު ހޯދާނީ ކޮން އިރަކުންތޯ ނާހާށެވެ. އަނެކާގެ އިހުސާސްތަކަށްވެސް އިހުތިރާމް ކުރަން ދަންނަންވާނެ އެވެ. ދަރިއެއް ނުލިބިގެން އޭނާ ކުރާ މަސައްކަތަކާއި އުޅޭ ހާލު އެނގޭ ހެއްޔެވެ؟ ނޭނގޭ ނަމަ އެ ސުވާލު ނުކުރާށެވެ. މިއީ އެމީހަކަށް ދެވޭނެ އިތުރު ހިތްދަތި ކަމެކެވެ.

މީހަކާ ނީނދެ ހުންނަ ކޮންމެ މީހަކީ އިންނާނެ މީހަކު ނުވެފަ ހުންނަ މީހެއް ނޫނެވެ. ދަރިއަކު ނެތް ކޮންމެ މީހަކީ ދަރިން ނުލިބޭ މީހުންނެއްވެސް ނޫނެވެ. އިސްތަށިގަނޑު ދިގު ކޮންމެ މީހަކީ "ޕާޓޭ" އެއްވެސް ނޫނެވެ. އެހެން ކަމުން ނޭނގޭ ވާހަކަ ނުދައްކައި ނުބެހޭ ކަންތަކާއި ނުބެހި ދިވެހިން ތިބެން ދަސްކުރަން މާބޮޑަށް ލަސްވެއްޖެ އެވެ. ތަރައްގީ ވާންވީ ތިމާ އަމިއްލަޔަކަށް ނުވަތަ އުޅޭ ތަނެއް ނޫނެވެ. ތިމާގެ ސިކުނޑިވެސް ތަރައްގީ ކުރަން ޖެހެ އެވެ.

 

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

 1. ހޫ

  ?????

  53
  3
 2. މަރީ

  މި ލިޔުން ކިޔާފަ ވެސް މީހުން އިސްލާހު ވެއްޖެއްޔާ ރަނގަޅު. ވަރަށް މުނާސަބު ލިޔުމެއް.

  108
  7
 3. ބަކުރު

  ދެން ނެތެއްނު އަނގައިން ދައްކާނެ ވާހަކައެއް... އެއްޗެކޭ އަހާލިޔަސް އެވަނީ ކަންކަމާ ބެހޭކަމށް

  34
  88
 4. ޔާރާ

  ހެހެހެހެ...... މިއުޅޭ ނަޝީދުއަށްވިސްނިއްޖެއްޔާރަގަޅު އައިއެސް މީހުންވިހާވަރުވެސް އޭނަބަލާ.. ފޫޅުމާދާތަ ފޮއްޓެއް އެއީ............

  82
  5
 5. ޔާރާ

  ހެހެހެހެ...... މިއުޅޭ ނަޝީދުއަށްވިސްނިއްޖެއްޔާރަގަޅު އައިއެސް މީހުންވިހާވަރުވެސް އޭނަބަލާ.. ފޫޅުމާދާތަ ފޮއްޓެއް އެއީ............

  42
  3
 6. ހުސޭނުބޭ

  ވަރަށް ރަގަޅު ޙަޤީޤަތާ އެއްގޮތް ލިއުމެއް!

  76
  5
 7. ސޔމ

  ދީނާ ބެހެންޏާބެހޭނެ.

  69
  7
 8. އަލީ

  މީހުން ކޮންމެ ދީނަކަށް އުޅުނަސް ނުބެހެންވި މިލިޔުން ވަރައް ފައްކާ ނުބެހޭ ކަންކަމާ ނުބެހެންވީ

  17
  70
  • ސިއްތި

   އެހެން ދީނަކަށް މިގައުމުގަ އުޅެންޏާ ބެހެވޭނެ.

   88
   5
   • 《》

    ތިހެން ބެހޭތި މި ގައުމު މިހާ ފަސާދަމިވަނީ. އަޅާނުލާތިބީމަ ރަނގަޅުވާނެ.

    6
    64
 9. ޢަފީ

  ދިވެހިން އެކަނިތަ މި ދުނިޔޭގަ މިހެން އުޅެނީ.. މިހާރު ދެން ބޮޑު ވަރު

  18
  2
 10. ނޭނގެނީތަ

  ރައްޓެހި ވުމެއް ނޯވޭ ދީނަކު..

  27
  3
 11. ދިވެހި ކުއްޖާ

  ޢަހަރެން އުމުރުން 30 އަހަރު ވީއެ އަދި މެރީ ނުކުރަން..އަބަދު މީހުން އަހަނީ ކޮން އިރަކުންހޭމެރީ ކުރަނީ..މީހުނައް ކޮން ބެހޭކަމެއް..މަ މެރީ ކުރަންވީމަ އެގޭނީ މަށައްދޯ! ޥ މުނާސަބު ލިޔުމެއް..ދިވެހިންނާނޯވެ ނުބެހޭކަމެއް!

  30
  3
 12. ޕޮއް

  ދިވެހި ކުއްޖާ އިއްނަން ބޭނުން ވިޔަސް މީހަކު ނުލިބެއްޔާ ކިހިނެއް މެރީ ކުރާނީ..ކެކެކެެކެ

  12
  8
  • އައިޝް

   އަޖައިބު މީހަކާ ނީދެ ހުންނަ ކޮންމެމީހަކީ އިންނާނެ މީހަކު ނުލިބިގެން ހުންނަމީހެއްނޫނެ ޕޮއް ޕޮއް..އަދި އެއްފަހަރު މި އާރޓިކަލް ކިޔާލަންވީނު ދޯ ހެހެ

   8
   1
  • ނީނާ

   މީހަކާ ނީނދެ ހުންނަ ކޮންމެ މީހަކީ އިންނާނެ މީހަކު ނުވެފަ ހުންނަ މީހެއް ނޫނެވެ. ދަރިއަކު ނެތް ކޮންމެ މީހަކީ ދަރިން ނުލިބޭ މީހުންނެއްވެސް ނޫނެވެ. އިސްތަށިގަނޑު ދިގު ކޮންމެ މީހަކީ "ޕާޓޭ" އެއްވެސް ނޫނެވެ. އެހެން ކަމުން ނޭނގޭ ވާހަކަ ނުދައްކައި ނުބެހޭ ކަންތަކާއި ނުބެހި ދިވެހިން ތިބެން ދަސްކުރަން މާބޮޑަށް ލަސްވެއްޖެ އެވެ.

   11
   1
 13. އާދަނު

  ބެހޭނަން އަދިވެސް، ގިނަ ގިނައިން

  2
  12
  • ނާޝް

   ދެން ކަލޭ ބެހުނު ވަރަކަށް ދާނީ ހަމަ ހުޅުބު ހެހެހެހެ

   8
   1
  • ބާބަރާ

   ދެން އާދަނު އިންނަންވީނު އެކުއްޖާޔާ

 14. ދެރަކަމެއް

  ތިޔައީ ހަމަތެދެއް. އަޅުގަނޑުގެ ރައްޓެއްސަކުވެސް ބުނި. އަދިވެސް މާމަ ނުކިޔާހޭ. މިވެނި މީހަކަށްވެސް މާމަ ކިޔައިފިއޭ. އޭނަ ކިހާ ނަސީބު ގަދަހޭ. ޢަޅުގަނޑަށް ބުނެވުނީ އަޅުގަނޑަކީ އެހާ ނަސީބު ގަދަ މީހެއްނޫނޭ. އާހް!

  12
  1
 15. އައްލެއިކަލޯ

  ދިވެހިންނޭ! އެއްކަމަކާ ނުބެހުނަސް އިސްލާމް ދީނަށް ޖެއްސުންކުރރާ މީހުންނާ އިދިކޮޅު ހަދާށެވެ. މިއީ ތިމާއާއި ނުބެހޭ ކަމެއްކަމަށް ނުބަލާށެވެ. އަހަރެމެންނާ މަސްހުނިވެގެން މިގައުމުގައި ދިވެހިވިޔަސް ކާފަ ރުން އުޅެގެން ނުވާނެ. ފަތުރުވެ ރި ން އުޅޭނީ ވަކި ތަންތަނުގަ.

  7
  1
 16. އޯކޭ

  ގްރޭޓް މައިންޑުސް ޑިސްކަސް އައިޑިއާސް.
  އެވަރެޖް މައިންޑުސް ޑިސްކަސް އިވެންޓުސް.
  ސުމޯލް މައިންޑުސް ޑިސްކަސް ޕީޕަލް.

 17. ާއަނގަގަދަމިތުރު

  ވަރަށްރަނގަޅުލިއުމެއް މިހީވަނީ މަށާދިމާލަށް މީހުންކިޔާއެއްޗެހިއަޑުއިވިގެން ލިޔެފައިންރިންލިޔުމެއްހެން

 18. ކަމަނަ

  ތީ ވަރަށް ރަނގަޅު ވާހަކަ އެއް.. އެހެންވީމަ މީޑިއާ އިން ވެސް އެކަން ދަސްކުރަން އެބަޖެހޭ .. ޖޫސީ ޓޮޕިކްސް ތަށް ޝެއަރ ކޮށްފައި ވާހަކަ ނުދައްކާށޭ ބުންޏަސް ނުވާނެ ދޯ

 19. ފަލަކް

  އަސްލުވެސް މީ ބޮޑު ވެއްޖެކަމެއް ކޮންއިރަކުން ތޯ މި ފާފަ ކުރުން ދިވެހިންހުއްޓާލާނީ