މިއަދަކީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް 52 އަހަރު ފުރޭ އުފާވެރި މުނާސަބާއެވެ. 1966ގައި ވުޖޫދުވި މި ކުންފުންޏަކީ ނުހަނު އުފާވެރި އަދި އެހާމެ ހިތާވެރި ދުވަސްތައްވެސް ކަޑައްތުކޮށްފައިވާ ތަޖުރިބާހުރި ޤައުމު ފަޚުރުވެރިވާފަދަ ކުންފުންޏެވެ. ވޭތުވެގެން މިދާ 52 އަހަރުގެ ތެރޭގައި އެމްއޭސީއެލް ވެފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖެއަށް މަރުހަބާކިޔާ ދޮރާށީގެ ގޮތުގައެވެ. އަދި ހަމައެހެންމެ މި ކުންފުނި ވެފައިވަނީ ރާއްޖޭގެ އިޤްތިޞާދުގެ މައި ދޮރާށީގެ ފާރަވެރިޔާއަށެވެ.

އެމްެއޭސީއެލްގެ ބޮޑެތި ކާމިޔާބީތަކުގެ ތެރެއިންވެސް އެކުންފުނީގެ ހައިބަތާއި ކުންފުނީގެ ކުޅަދާނަކަން އެންމެބޮޑަށް ހާމަވެފައިވަނީ ކުންފުނީގެ މުވައްޒަފުންގެ ފަރާތުންނެވެ. 90 އިންސައްތަ ދިވެހި މުވައްޒަފުންނާއިއެކު ހިންގާމި ކުންފުންޏަކީ ދިވެހި ރައްޔިތުން މިއަދު ފަޚުރުވެރިވާ ކުންފުންޏެެވެ. އެމްއޭސީއެލްގެ ޚިދުމަތް ފުޅާކޮށް މުޅި ދުނިޔެއަށް ހުޅުވާލުމަކީ ސަރުކާރުން ނުހަނު ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. ރާއްޖޭގެ ވައިގެ މައި ދޮރާއްޓަކީ ދުނިޔޭގެ އެތަކެއްބަޔަކު އެއްފަހަރާ ބޭނުންކުރާ ހިއްގައިމު އަދި އެހާމެ ހިންހަމަޖެހުން ލިބޭ ތަނަކަށް ހެދުމަށް ސަރުކާރުންވަނީ ޚާއްސަ މަޝްރޫޢެއް ފައްޓަވާފައެވެ.

ވެލާނާ އެއާޕޯޓްގެ ރަންވޭގެ ތާރު އަޅާފައިވާ ސަރަހައްދެއް – ފޮޓޯ: އެމްއޭސީއެލް
ވެލާނާ އެއާޕޯޓްގެ ރަންވޭގެ ތާރު އަޅާފައިވާ ސަރަހައްދެއް – ފޮޓޯ: އެމްއޭސީއެލް

އެގޮތުން 2016 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި އެއާޕޯޓަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ސައުދީ އަރަބިއްޔާގެ އެންމެވަރުގަދަ ކުުންފުނި ސައުދީ ބިންލާދީން ގުރޫޕާއި ވަނީ ހަވާލުކޮށްފައެވެ. މި ކުންފުނިން އެއާޕޯޓުގައި ކުރަމުންދާ މަސައްކަތުގެ ތެރެއިން އިންޓަރނޭޝަނަލް ޕެސެންޖާ ޓާމިނަލްގެ މަސައްކަތް ހިމެނެއެވެ. އެ މަސައްކަތް މިހާރު ވަނީ ގާތްގަނޑަކަށް ފެށިފައެވެ.

މި ޓާމިނަލްއަކީ މިހާރު ބޭނުންކުރަމުންދާ ޓާމިނަލް އަށްވުރެ ތިން ގުނަ ބޮޑު އެންމެ ޒަމާނީ ފެންވަރުގެ ވަސީލަތްތަކާއިއެކު ހުޅުވުމަށް ތައްޔާރުވަމުންދާ ޓާމިނަލްއެކެވެ. އެގޮތުން ހަ އެއިރޯ ބްރިޖާއި، އެންމެ ޒަމާނީ ބެގޭޖް ހޭންޑްލިން ސިސްޓަމް ގާއިމް ކުރުމުގެ އިތުރުން އެތައް ގުނައަކަށް ޑިއުޓީ ފްރީ ފިހާރަތަކާއި، އިންޓަރނޭޝަނަލް ބްރޭންޑްތައް ތަޢާރަފްވެގެން ދާނެއެވެ.

މިމަޝްރޫޢުގެ ތެރެއިން މިހާރު އެއާޕޯޓްގައި ބޭނުންކުރަމުންދާ 3 ގޭޓްގެ އަދަދު 10 އަކަށް އިތުރު ކުރެވިގެންދާނެއެވެ. މީގެ އިތުރުންވެސް މިމަޝްރޫޢު އެއްކޮށް ނިމިގެންދާއިރު ހުޅުލޭގެ މަލަމައްޗަށް ބޮޑެތި ބަދަލުތަކެއް އައިސް، އާޓާމިނަލް އާއިއެކު ވެލާނާ އިންޓަނޭޝަނަލް 7 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެކަމަށްވެސް އެމްއޭސީއެލްއިން ބުނެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް – ފޮޓޯ: އެމްއޭސީއެލް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް – ފޮޓޯ: އެމްއޭސީއެލް

މީގެ އިތުރުން, ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އިން އެެެއާޕޯޯޓުުުު ގެ އާާރަންވޭގެ މަސައްކަތް ބާރު ސްޕީޑްގައި ދަނީ ކުރެވެމުންނެވެ. މި މަސައްކަތް މި އަހަރު ފަހުކޮޅު ނިމި އެންމެ ބޮޑެތި މަތިންދާ ބޯޓުތައް އެ ރަންވޭގައި ޖައްސާނެއެވެ.

މި ޕްރޮޖެކްޓްގެ އިތުރުންވެސް އިތުރު ބައެއް ތަރައްގީގެ ބޮޑެތި ޕްރޮޖެކެޓްތައް ދަނީ އެއާޕޯޓުގައި ކުރެވެމުންނެވެ. އެގޮތުން އެއާޕޯޓުގެ އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ރަސްމީކޮށް ވަނީ ފަށާ މަސައްްްކަތްތައް ބާރު ސްްޕީޑްގައި ދަނީ ކުުުރެވެެެމުންނެވެ. އަދި އާ ކާގޯ ޓާމިނަލްގެ އަމަލީ މަސައްކަތް ވަނީ ފަށާފައެވެ. އަދި އާ ވީއައިޕީ ކޮމްޕްލެކްސް އަޅަންވެެެސް ބަަޔަކާއި ވަނީ ހަވާލުކޮށްފަައެވެ.

އަދި އެއާޕޯޓްގެ މަލަމައްޗަށް ރީތިކަން ގެނެސްދޭ ގޮތަށް ހަދާފައިވާ "ވޯޓާފްރަންޓް ރެސްޓޯރަންޓް" ގައި ދުނިޔޭގެ މަޝްހޫރު ފްރެންޗައިސް ރެސްޓޯރަންޓް، ކޭއެފްސީ އާއި ޕިއްޒާ ހަޓާއި ކޮސްޓާ ކޮފީ އަދި ހާވެސްޓް މާކެޓް ހިންގުމަށްް ނިންމައިި އެއްބަސްވުުުުމުގައިި ސޮއިކޮޮޮށްފައެވެެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް – ފޮޓޯ: އެމްއޭސީއެލް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް – ފޮޓޯ: އެމްއޭސީއެލް

މި ނޫނަސް އެއާޕޯޓްގައި ތަރައްގީގެ މަޝްރޫތައް ހުއްޓުމެއް ނެތި ދަނީ ކުރަމުންނެވެ.

އެއާޕޯޓް ތަރައްގީ ކުރުމުގެ ބޮޑު ބިޔަ މަޝްރޫޢަށް 800 މިލިޔަން ޑޮލަރު ޚަރަދުވާއިރު މިއީ މިހާތަނަށް ސަރުކާރަކުން އިސްނަގައިގެން ރާއްޖޭގެ ތަރައްގީއަށް ހިންގާ އެންމެބޮޑު މަޝްރޫޢުއެވެ.

އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ހުރިހާ މަސައްކަތެއް ނިންމުމަށް ކަނޑައަޅާފައި ވަނީ މި އަހަރުގެ ނިޔަލަށެވެ ނަމަވެސް ޓާމިނަލްގެ މަސައްކަތް މުޅިން ނިމޭނީ 2019 ވަނަ އަހަރު ފަހުކޮޅު ނޫނީ 2020 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.

"މިބޮޑު ޕްރޮޖެކްޓަށް ހިނގާ ޚަރަދު ކުރު މުއްދަތެއްގެ ތެރޭގައި ފޫބެއްދި ބޮޑު ފައިދާއެއް ދައުލަތަށް ދައްކަމުން ގެންދެވޭނެ ކަމުގެ ޤާބިލްކަމާއި ހިތްވަރު އަޅުގަނޑުމެންގެ ކިބައިގައި ހުންނާނެ ކަމުގެ ޔަގީންކަން އަރުވަން." އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަ އާދިލް މޫސާ ވިދާޅުވެފައިވެއެވެ.

އެމްއޭސީއެލްގެ 52 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް މިއަދު ފާހަގަކުރަމުންދާއިރު މި އުފާވެރި މަންޒަރުތައް މިއަދު ދަނީ އެއާޕޯޓުން ފެންނަމުންނެވެ. މި މަންޒަރުތަކާއި ފެންނަމުންދާ ހަގީގަތްތަކަކީ އެއްވެސް މީހަކަށް އޮޅުވާލައި، ފޮރުވާލެވޭނެ ކަންކަމެއް ނޫނެވެ. އެއާޕޯޓުގައި ހިންގާ މަޝްރޫޢުގެ ތެރެއިން ކުރިއަށްދާ ޕްރައިވެޓް ޖެޓް ޕާކްކުރުމަށް ހެދެމުންދާ އޭޕްރަންއަކީވެސް ނުހަނު ހިތްގައިމު އަދި އެހާމެ ތަނަވަސް ތަނެކެވެ. މިފަދަ އެތައް މަސައްކަތާއިއެކު މިއަދުު ދަނީ އެތަކެެއް ކާމިޔާބުތަކެއް އެމްއޭސީއެލް އަށް ލިިބެމުންނެވެ. އެގޮތުން މިއަހަރު ޖެނުއަރީ 7 ވަނަ ދުވަސް ވެފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ އެއަރކްރާފްޓް މޫވްމަންޓްގެ ރެކޯޑް ގާއިމްކުރެވުނު ދުވަހުގެ ގޮތުގައެވެ. އެގޮތުން އެދުވަހު އެކަނިވެސް 644 އެއާކްރާފްޓް މޫވްމަންޓްވަނީ ރެކޯޑް ކުރެވިފައެވެ.

މިހުރިހާ ކާމިޔާބީއެއް އަދި ހުރިހާ މަސައްކަތެއްގެ ހައްގު ވެރިންނަކީ މިއަދު މިނިވަންކަމާއިއެކު އެއާޕޯޓްގެ އަހަރީ ދުވަސްފާހަގަކުރަމުންދާ ހިންގުންތެރި ވެރިިންނާއި ހީވާގި މުވައްޒިފުންކަމާއިމެދު އެއްވެސް ޝައްކެތް ނެތެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް – ފޮޓޯ: އެމްއޭސީއެލް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް – ފޮޓޯ: އެމްއޭސީއެލް

އެމްއޭސީއެލް އިން މިއަދު އުފާވެރި 52 އަހަރު ފާހަގަކުރާއިރު އޭގެ ތެރޭގައި ހިތާމަވެރި ދުވަސްތަކެއްވެސް ވަނީ ދެކެފައެވެ. އެގޮތުން އިސްތިއުފާދެއްވި މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިންޑިޔާގެ ޖީއެމްއާރަށް އެއާޕޯޓްގެ ހިންގުން 25 އަހަރަށް ހަވާލުކުރި ހިސާބުން އެއައި ބޮޑު ހީނަރުކަމާއި އިގްތިސޯދީ ބޮޑު އަދަވަޅަކީ ހިތާމަވެރި ދުވަސްތަކެކެވެ. ނަމަވެސް އެކަމުން އެއާރޕޯޓް ސަލާމަތް ކުރުމަށް ކުރެވިދިޔަ މަސައްކަތަކީ ނުހަނު ބޮޑު ކަމިޔާބެއްކަމަށް މިއަދު ގިނަބަޔަކު ދެކެއެވެ.

އެއާޕޯޓަށް 50 އަހަރު ފުރުން ފާހަގަކުރުމަށް 2016 ވަނަ އަހަރު ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައިވަނީ ޖީއެމްއާރަށް އެއާރޕޯޓް ދިނުމަކީ ބޮޑު އިކޮނޮމިކް ކްރައިމެއްކަމަށެވެ. ރައީސް ޔަމީންގެ ޚިކުމަތްތެރި ކަމާއި، ނިންމެވި ހިއްވަރުގަދަ ނިންމެވުމާއިއެކު ޖީއެމްއާރު ބޭރުކޮށް ދައުލަތަށް އެއްވެސް ގެއްލުމެއް ނުވާނޭ ގޮތަކަށް ޖީއެމްއާރަށް ދައްކަންޖެހޭ ފައިސާވެސް މިއަދު ވަނީ ދައްކާ ޚަލާސްކޮށްފައެވެ.

މިއީ މިއަދު އެމްއޭސީއެލްއިން މިނިވަންކަމާއިއެކު 52 ވަނަ އަހަރު ފާހަގަކުރުމަށް ލިބޭ އެންމެބޮޑު އެއް އުފާކަމުގައިވެސް އެކުންފުނިން ދެކެއެވެ.

އެއާޕޯޓްސް ކުންފުނީގެ އުފާވެރި އަދި ހިތާމަވެރި ދުވަސްތަކުގައިވެސް އެކުންފުނީގެ މުވައްޒިފުން ކޮށްދެއްވާފައިވަނީ ނުހަނު މަތިވެރި ޚިދުމަތެކެވެ.

ކުންފުނީގެ މުވައްޒިފުންގެ ޚިދުމަތް ބަލައިގަނެ ސަރުކާރުންވަނީ ކުންފުނީގެ މުވައްޒިފުންނަށް ޚާއްސަކޮށްގެން 14 ބުރީގެ 2 ފުލެޓް އެޅުމަށް ނިންމާފައެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ މިފްލެޓްތައް އެޅުމުގެ މަސައްކަތް މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ކުރިއަށްދާއިރު މި ފްލެޓްތަކަަކީ ހިޔާ މަޝްރޫޢުގެ ތެރެއިން އެންމެ އަވަހަށް ނިންމާލާ މަސައްކަތަށް ހެދުމަށްވެސް އެކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ.

އެމްއޭސީއެލްގެ 52 އަހަރުގެ ކާމިޔާބީއާއި ގުޅިފައިވަނީ އެއާޕޯޓުން ހޯދި ކާމިޔާބީތައް އެކަންޏެެއްނޫނެވެ. އެކުންފުނީގެ ތާރީޚީ ދިގުމާޒީއަކީ ޤައުމީ ޚިދުމާއި ގުޅިފައިވާ އުފާވެރި އެހާމެ ކާމިޔާބު ދުވަސްތަކެވެ. މިއަދު އެކުންފުޏަކީ ކުޅިވަރުގައިވެސް ކާމިޔާބް ކުންފުންޏެކެވެ. ވޮލީ ބޯޅާގައާއި، ފުޓްސަލް އަދި އެނޫންވެސް ކުޅިވަރުތަކުގައި ނަންހިނގާ މޮޅެތި ކުޅުންތެރިންތަކެެއް ތިބި ކުޅިވަރުގެވެސް އާއިލާއެކެވެ.

އެމްއޭސީއެލް މިއަދު ފާހަނގަކުރަމުންދާ އުންމީދީ 52 އަހަރަކީ މިހުރިހާ ކާމިޔާބީއަކާއި ގުޅިފައިވާ އުފާވެރި މުނާސަބާއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސީލާސީލާ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ބޮޑު ވަގާ ތަމެން ކަނޑުފައްތާ ފިލްމް ކުޅެން ވެގެން ވައްކަން ކޮށްގެން ވިއްކާލި އެއާރޕޯރޓް އަނބުރާ ސަރުކާރަށް ނަގައިގެން ނެހެދޭތޭ ގަމާރާ ބީތާއާ. ތަމެންގެ ވެރިކަމުގައި ކެނެރީގެ ނަޝީދު ގަމާރު ފައިމޮޑެން ތަމެން ކޮންމެ ރެއަކު މުލިއާގޭގެ އަނދިރި ކޮޓަރީގައި ބްރާ އާއި ޖަނގިޔަލުގައި ތިބެގެން ކުރި ގޮތަށް ވަގު މާފިޔާ ސްޓައިލްޑް ވެރިކަމެއް ނޫނެއް ނޫންތޭ މަމެން މިކުރަނީ މިހާރު ތަމެންނަށް އިނގޭނެ އެއް ނޫންތޭ. ސީލަބަލަ ދެން. ސީލާ ސީލާ ސީލާ ސީލާ ދަ ސީލާ..

  2. އެއްމެން

    ދިވެހި ވަގަކަސް ރަނގަޅު މީހަކު ކަމުގައި ވިޔަސް ދިވެއްސެއް ކަމަށް ވަންޏާ އެއީ އަހަރަމެން ދިވެހީންގެ މީހެކެވެ. ރާއްޖޭގެ މިނިވަންކަން މިނިވަންކޮށް ބޭއްވޭނީ ރާއްޖޭގެ މައިދޮރޯށި ދިވެހީންގެ ފުރިހަމަ ބާރުގެ ދަށުގާ އޮވެގެންނެވެ. އެއްވެސް ފަންތިއެއްގެ ހަމަވިސްނޭ ދިވެއްސަކު މިދޮރާށި ބޭރު ބަޔެއްގެ އަތްމަތްޗަށް ދޫކުރާކަށް ބޭނުމެއް ނުވާނެ. އެކަމަކުވެސް އެކަންވެސް ވެގެން ގޮއްސި. ގަޅިމީހުންނާއި ގައުމުގެ ހުންގާނުގެ ކޮންޓްރޯލް ކުޑަވަގުތު ކޮޅަކަށްވެސް ހަވާލު ކުރެވިއްޖެއްޔާ، މިފަދަ ސޭކު ކަންތައްތައް ކުރާނެ. މަރުހަބާ އެމް އޭ ސީ އެލް.

  3. ޗަކްނޮރިސް

    މުނާސަބާ އުފާވެރި. މައްސަލައަކީ އަދިވެސް ފުރުސަތެއްގެ ބޭނުންނަހަމަ ގޮތުގަހިފުމުގެ ނިޔަތް އޮތްބަޔަކު ޕޕމ ގެދިދަހިފައިގެން އޭގެހިޔަލުގަ ތިބެ އެމްްޑީޕީ ވިސްނުމުގާ މަސައްކަތްކުރާ ޖަމާއަތެއް އަދިވެސް ކުންފުނީގެތެރޭ ހަރކާތްތެރި ވަމުންދާކަން. ކޮންމެފަދަ ގޮތަކަށް ކަންކުރިޔަސް މިއަދުވެސް އުރިހާފުރުސަތެއް އޮންނަނީ އެބާގަނޑައް. މަސައްކަތުގެ ތަޖްރިބާ ހުރެފަ އިޚްލަސްތެރި މުއައްޒަފުން އެކިބަހަނާއާއި ހުއްޖަތްދައްކާ އެކަހެރި ކުރަމުންދާއިރު މެނޭޖްމަންޓުން އެންމެޒިންމާދާރުކަމާއެކު އެކަނކަން ބެލިފަނުވޭ. މީގެސަބަބުން އެންމެހައްގުވެރި މުއައްޒަފުންނައް އޮންނަފުރުސަތު ތައް އެތައްމުއައްޒަފުންނަކަށް ގެއްލެމުންއެބަދޭ. ސަގާފަތަކީ ހާޒިރީ ރަނގަޅުވީމަ ނިމުނީ. ހައްދަވައިގެން މުޅއަހަރުތެރޭ މަސައްކަތެއނުކުރިޔަސް އޯކޭ. މިޖަރީމާހިނގުމުގައިސްކޮށް ތިބެނީވަސް މެނޭޖްމަންޓް އަށް އޮޅުވާލާ ހީލަތްތެރި އމޑޕ ބައިގަނޑެއް. ޔާމީނުގެ ހިކުމަތްތެރިކަމުގެ ސަބަބުންނާއި ސަރުކާރުގެ ވިސްނުންހުރިގޮތުން ދަނޑިވަޅު ނުލިބިފަ ތިއްބެއްކަމަކު ހިންގަނީ އމޑޕ ސިޔާސަތު.

  4. ނުރަބޯ

    އަލްޙަމްދު ލިﷲ. މިއީއުފާވެރި ޚަބަރެކެވެ. އަދި މިކަމާމެދު ރައްޔިތުން ވިސްނާ ފިކުރުކުރަން ޖެހޭނެ ކަމެކެވެ. ލާދީނީ ކެރަފާ ނަޝީދުގެ ވެރިކަމުގައި މިއީ އެންމެ ނިކަމެތިވެގެން ދިޔަ ކުންފުންޏެވެ. މި ކުންފުނި މެދުވެރިކޮށް ދިވެހި ދައުލަތަށް ބޮޑު އާމްދަނީ އެއް ލިބެމުން ދަނިކޮށް ކެރަފާ ޚާއިނު ނަޝީދު އިންޑިއާ އާއި ޑީލްހަދާ ދިވެހިންގެ މައި ވައިގެބަނދަރު ޖީއެމްއާރެވެ ކިޔާ ކުންފުންޏަކަށް ދިނުމުން އެމްއޭސީއެލްގެ ބޭނުން އޮތީ ގާތްގަނޑަކަށް ނެތިފައެވެ. އެއީ މިކުންފުނިން ރާއްޖޭގައި ހިންގާ އެހެން ވައިގެބަނދަރުތައްވެސް ހިންގަމުން ދިޔައީ ހުޅުލޭ ވައިގެ ބަނދަރުން ލިބޭއެއްޗަކުން ކަމަށް ވީތީއެވެ. މިއަދު މިކުންފުނީގެ ތަނަވަސްކަމާ ފާގަތިކަމާ މިކުންފުނިން ދިވެހިދައުލަތަށް ލިބެމުންދާ ބޮޑު އާމްދަނީ އާއި ތަނަވަސް ކަމާމެދު އެއްމެހާ ދިވެހި ރައްޔިތުން ހެޔޮހިތުން ވިސްނާލާ ކެރަފާ ނަޝީދުއާއި ރީނދޫ ކްރިމިނަލް ކަލްޓްގެ ކިބައިން ބަރީއަ ވެ. މިދެކޭ ހަލުވި ތަރައްގީގެ ބާނީ ކަމަށްވާ ރައީސް ޔާމީނަށް އިތުރު ފުރުޞަތެއް އެރުވުމަކީ މާތްﷲގެ ވާގިފުޅާއެކު ގައުމު އިތުރަށް ކުރިޔަށް ގޮސް ތަނަވަސް ވެގެން ދާނެކަމެއް ކަމީ ޝައްކެއްނެތް ކަމެކެވެ.