ޑރ.އަފްރާޝީމް އަލީގެ ގަތުލަކީ އެގަތުލެއްގެ ސިއްރު ހޯދަން އެންމެ ގިނަ ދިވެހިން އެދިއެދި ތިބި ގަތުލެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އުފެއްދެވި ރިޔާސީ ކޮމިޝަނުން އަފްރާޝީމްގެ ގަތުލު ތަޙްޤީޤު ކުރަން ފެށުމުން ގިނަ މީހުން އުއްމީދުކޮށްގެން ތިބީ މިއީ މީހުންގެ ހިތުގައި އުފެދިފައިވާ ހުރިހާ ސުވާލަކަށް ޖަވާބު ލިބޭނެ ފަހަރު ކަމަށެވެ. ނަމަވެސް އުއްމީދުކުރި ވަރާއި ގާތައް ވެސް ކޮމިޝަނަށް މަސައްކަތް ކުރެވިފައިވާ ކަމަށް ބުނަން ދަތި ވެއްޖެއެވެ.
ރިޕޯޓުން ފާހަގަ ކުރެވުނު އެންމެ ފާހަގަ ކުރެވުނު އެއް ކަމަކީ ކޮމިޝަނުން ބޭނުންވި މިންވަރަށް ވެސް ކޮމިޝަނަށް ހެކިތައް ނުލިބުމެވެ. ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ކޮމިޝަނެއް ނަމަވެސް ފުލުހުންގެ އަތުގައި ހުރި މައުލޫމާތު ވެސް ކޮމިޝަނަށް ނުލިބުމެވެ. އަދި އެކި ފަރާތްތަކުން ތުހުމަތު ކުރާ ބައެއް ފަރާތްތަކުގެ ބަޔާންތައް ގަސްދުގައި ކޮމިޝަނުން ނަގާފައި ވެސް ނުވުމެވެ. މިކަމުގައި ބައިވެރިވާ ކަމަށް ކޮމިޝަނަށް ގަބޫލު ކުރެވޭ ބައެއް މީހުންގެ ބަޔާންތައް ލިބޭނެ ގޮތެއް ނެތްކަމަށް ވިދާޅުވެ އެހާ ހިސާބަށް މަސައްކަތް ހުއްޓާލާފައި ވުމެވެ.
ކޮމިޝަނުން ނިންމާފައި ވަނީ އަފްރާޝީމް ގަތުލު ކޮށްލީ ދީނީ ހަރުކަށި ފިކުރުގެ ބަޔަކު އަޑީގައި ތިބެގެން ކަމަށެވެ. ނަމަވެސް އެހައި ހިސާބުން އަދި އުފެދުނު އެތައް ސުވާލަކަށް ޖަވާބު ނުލިބި ކޮމިޝަންގެ ތަޙްޤީޤު މިވަނީ ނިމިފައެވެ.
އަފްރާޝީމް ގަތުލް ކޮށްލުމުގައި "އެހެން ބަޔަކު" އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށް ކޮމިޝަނަށް ވަނީ ގަބޫލު ކުރެވިފައެވެ. ނަމަވެސް އެވިދާޅުވާ "އެހެން ބަޔަކު" އެކަމުގައި ބައިވެރިވި ކަމަށް ކޮމިޝަނުން ނިޔާ ކަނޑައަޅާފައި ވަނީ މާބޮޑު ހެއްކެތް ނެތި ހަމައެކަނި އެންމެ މީހަކު ދިން ބަޔާނަކަށް ބުރަ ވެގެންނެވެ. އެބަޔާން ދިން މީހާ ވެސް ބުނެފައި ވަނީ "ސިޑި މަތިން ބަޔަކު ވާހަކަދެއްކި އަޑު އިވުނު" ކަމަށާއި އެހެންކަމުން އެއީ އެކަމުގައި ބައިވެރިވި ބައެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
އެބުނާ "އެހެން ބަޔަކު" އެ ރޭ އުޅުނު ގޮތުގެ އެއްވެސް ހެއްކެތް ކޮމިޝަނަކަށް ނުހޯދުނެވެ. ސީސީޓީވީ ފުޓޭޖެއް، އެމީހުން މަގުމަތީގައި އުޅުނު މަންޒަރު ފެންނަ ހެއްކެތް، އެމީހުން ފޯނުން މުއާމަލާތު ކޮށްފައިވާނަމަ އެކަން ކަށަވަރު ކުރެވޭނެ ހެއްކެތް ވެސް ހޯދާފައެއް ނެތެވެ. ނަމަވެސް ކޮމިޝަނުން އޮތީ ވަރަށް ޔަގީންކަމާއި އެކު އެކމަުގައި އިތުރު ބަޔަކު ބައިވެރިވަ ކަމަށް ނިންމާފައެވެ.
އަފްރާޝީމް ގަތުލް ކޮށްލުމުގައި ބައިވެރިވި ހުސެއިން ހުމާމް ފެށުނީއްސުރެ ބުނަމުން އައީ އޭނާ އާއި އެމަސައްކަތް ހަވާލު ކުރީ އަބްދުﷲ ޖާވިދު (ޖާ) ގެ ބައިވެރިވުމެއް އޮވެގެން އަޒްލީފް ރައުފް ކަމަށެވެ. ނަމަވެސް ކޮމިޝަންގެ ތަޙްޤީޤު ނިންމާލިއިރު ޖާ އާއި ބެހޭގޮތުން ހުމާމް ދައްކާފައިވާ ވާހަކަތަކުގެ ތެދުދޮގު ބަލަން ކޮމިޝަނުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަން ރިޕޯޓުން އެނގެއެވެ. އަދި ރައްޔިތުން މަޖިލީހުގެ އޭރުގެ މެންބަރު ރީކޯ މޫސާ މަނިކުގެ މައްޗަށް ތުހުމަތުތަކެއް ހުމާމް ކޮށްފައި ވާއިރު އެކަން ކަށަވަރު ކުރަން ވެސް ކޮމިޝަނުން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ.
ކޮމިޝަންގެ ރިޕޯޓުން ދެން ފާހަގަ ކުރެވުނު އަނެއް ކަމަކީ ޑރ.މުހައްމަދު ޝަހީމާއި އަފްރާޝީމްގެ ގަތުލު ގުޅުވޭނެ އެއްވެސް ހެއްކެތް ނެތީސް ނަމަވެސް އަފްރާޝީމްގެ ގަތުލާއި ޝަހީމާއި ގުޅިފައިވާ ކަމަށް ބަޔަކަށް ވިސްނައި ދިނުމަށްޓަކައި ބުރަކޮށް ކޮމިޝަނުން މަސައްކަތް ކޮށްފައިވާ ކަމެވެ. އަފްރާޝީމް ޝާހީމާއި ބައްދަލު ކުރުމަކީ އަފްރާޝީމް ގަތުލް ކޮށްލުމާއި ގުޅިފައިވާ ކަމެއް ކަމަށް ކޮމިޝަނުން ވެސް ވިދާޅެއް ނުވެއެވެ. ނަމަވެސް ކޮމިޝަނުން މަސައްކަތް ކޮށްފައި އޮތީ ޝަހީމް ކޮމިޝަނަށް ދޮގު މައުލޫމާތުތަކެއް ދެއްވި ކަމަށް ވިދާޅުވެ، މުޅި މައްސަލައިގެ މިސްރާބު ބަދަލު ކޮށްލަން ކަން ރިޕޯޓަށް ބަލާލުމުން ސާފުވެއެވެ.
ރިޕޯޓްގައި ވަނީ ސަލަފް ޖަމިއްޔާ އިން އަފްރާޝީމާއި ގުޅޭ ގޮތުން ދެއްކި ވާހަކަތައް ބަޔާންކޮށް އެއީ ވެސް އަފްރާޝީމްގެ ގަތުލުގެ ފަހަތުގައިވާ ސަބަބެއް ކަން ބަޔާން ކޮށްދިނުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އެތައް ގިނަ އިލްމުވެރިންތަކެއް ހިމެނެ ޖަމިއްޔާ އާއި އަފްރާޝީމްގެ ގަތުލް ހަޤީޤަތުގައި ގުޅުވޭ ގޮތެއް ރިޕޯޓްގައި ނެތެވެ.
ރާއްޖޭގައި ހަރުކަށި ދީނީ ފިކުރުތައް ގެންގުޅޭ މީހުން އެބަތިއްބެވެ. ނަމަވެސް ދުނިޔެއަށް މަޝްހޫރު ޔުނިވަސިޓީތަކުން ތައުލީމް ހާސިލް ކުރައްވައިގެން ތިއްބެވި ރާއްޖޭގެ އިލްމުވެރިންނަކީ ހައްދުފަހަނައަޅާފައިވާ ދީނީ ފިކުރުތައް ޕްރޮމޯޓް ކުރާ، އެކަމަށް ހިތްވަރުދޭ، އަދި ދީނީ ހިޔާލުތަފާތުވުންތައް ހުންނަ އިލްމުވެރިން ގަތުލްކުރަން ފަތުވާ ނެރޭ ބައެއް ނޫނެވެ.
މިއަދު ވަކި ބައެއްގެ އަބުރު ކަތިލުމަށް ބޭނުންކުރާ ހަތިޔާރަކަށް ރިޔާސީ ކޮމިޝަން ވެއްޖެ ކަމުގެ އިހްސާސް އެތައް ބަޔަކު ކުރަމުން މިގެންދަނީ ސިޔާސީ އެކްޓިވިސްޓުން ހިމެނޭ ސިޔާސީ ތަޙްޤީޤެއް ކޮމިޝަނުންކޮށް، ފުރިހަމަ ނުވާ ބެލުންތަކެއްގެ މައްޗަށް ނިޔާ ކަނޑައަޅާފައި ވާތީ އެވެ. ވަކި ބަޔަކު ހިތް ރުއްސުމަށް މަންޒަރު ބަދަލު ކޮށްލަން މަސައްކަތް ކޮށްފައި ވާތީއެވެ.
ތި ރިޕޯޓަކީ ޞައްހަ ރިޕޯޓެއް ކަމަށް ބަލައިގަންނަން އުނދަގޫ. ފާޅާއި ސިއްރުގައި އިންސާނާކުރާ ކަންތައްތައް ދެނަވޮޑިގެންވާ ފަރާތެއްވާކަމާމެދު ނުވިސްނަނީބާ؟
މީ ހަމަ ސީދާ މިމީހުން ގެ އެޖެންޑާގަ ވާގޮތައް ކުރިޔައްދާ ކަންކަން، ދީން ބްލޭމް ކޮށް، ދީނުގެ އަގު ވަޢްޓާ، ދީނަށް އޮތް ލޯބި ގެއްލުވާލާ މިމީހުން ބޭނުންވާ ގޮތައް ކަންކަން އެނބުރުމަށް މަގުފަހި ކުރަން ކުރާ ކަން ކަން.
ޔަހޫދީ ދޮގު ވޯޓް ވަގު ސަރުކާރު ބައިތުލް މާލު ދަވާލަން ހެދި އެއް ރޮކެޓް ތި ރިޔާސީ ކޮމިޝަނަކީ ވެސް !
ތި ރިޕޯޓަކީ ދިވެހި ޒުވާަަަަނުން ދިނާ ދުރުކޮށް، މާތް އިސްލާމް ދީނާ މެދު ނަފްރަތު އުފެއްދުމަށް ނެރުނު އެއްޗެއް.
ތި ހުމާމާއި ބާކީ ތިބި މީހުން ކޮން އިރަކު ދީނާ ގާތަށް ދިޔައީ؟ ތި ހުރިހާ އެންމެން މަކީވެސް މަގުމަތީ އުޅުނު ޕާޓޭ މީހުން.
އަފްރާޝީމް މެރުމުގެ ކުރިން އޭނާއައް މިސްކިތުގާ ހަމަލާދިން ވިޑިއޯ ބަލާލިންތަ؟ ހަމަލާދިންމީހުންގެ ވިސްނުމުގެ ފިކުރު އެއީ އަންދިރި ފިކުރެއް. މިކަމާއިންކާރުކުރާނީވެސް އަންދިރި ފިކުރުގެ މީހުން.
އެވީޑިއޯބަލާލަން ބޭނުން. ކޮންމެ ސަރުކާރެއްވެސް އަންނަނީ ރައްޔިތުންނަށް ވަރަށް ފޮނި އުއްމީދުތަކެއް ދެމުން. ވެރިކަމަށް އައުމަށްފަހު ދެންފަށައިގަންނަނީ ތިމާމެންނާ ދެކޮޅު މީހުންގެ އަބުރު ކަތިލުމަށް. ދީނީ ޢިލްމުވެރިންގެ ބޮލުގައި ދޮގު ތުހުމަތު އެޅުވުމަށް. ޢަދުލުއިންޞާފު ފުނޑުފުނޑުކުރަން.
ރިޔާސީ ކޮމިޝަންގެ ރައީސަކީ އަދުލުވެރިކަމެއްނެތުމުން ރަޢިއްޔަތުން ބަލައިނުގަނެފަހުރި ބޭފުޅެއް ފުރަތަމަވެސް ހުމާމް މައްސަލައަށް އެއްބަސްވެފައިވަނިކޮށް ހުމާމުގެ ވަކީލެއްގެގޮތުގައިވެ މައްސަލައިގެ މިސްރާބު ބަދަލުކުރަން ހުމާމަށް ލަފާދިނީ މިރައިސް ދެން މިރައިސް އިންނަ ކޮމިޝަނަކުން ތިމައްސަލައިގެ އަދުލެއް ނެރެވޭނެ ގޮތެއްނޯންނާނެ
ސޫދުމީހާއަށް ތައައްސުބުން އެއްކިބާވެގެން ކަމެއް ކުރެވޭނެތަ؟ ބަންޑާރަ ނާއިބުކަން ދިނީމަ ގޮސް އެރީ އެމްޑީޕީޕޯޑިއަމްއަށް. ގާނޫނުގެ ދިގު އަތުގެ ވާހަކަ ދައްކަން. އެހާވެސް ތަސައްރުފް ނުފުދޭ ކިރުބޯ ކުއްޖެއް
އެއްބަސް،. ވަރަށް ނުލަފާ މީހެއް އެއީ.
ޢަދުވެރި ވެރިއަކު އާދޭތޯ ދުޢާ ކުރުން ވަރަށް މުހިއްމު. އެދުވަހަކުން މިކަހަލަ ކަންތައްތުގައި ޢަދުލުވެރި މަސައްކަތެއް ފެންނާނީ. ޖުޑިޝަރީއަށް އެބަޔަކު ބޭނުންވާ ބަޔަކުގެނަސްގެން ބޭނުންސަކަރާތެއް ޖެހިނަމަވެސް ޢަދުލުއިންޞާފެއް ގާއިމެއްނުކުރެވޭނެ. ތިމާމީހާ ބޭނުންވީމާ މަޢުޞޫމު ޝަޚުޞުތަކުގެ އަބުރުކަތިލާންވީ. ތިމާ ހިތްހަމަ ނުޖެހުނީމާ އެމީހެއްގެ މައްޗަށް ދޮގުހެކިބަސް ދީގެން ޖަލަށްލާންވީ. ތިމާއާއި އެކުވެރިޔާ މަނާކަމެއް ކުރިނަމަވެސް އޭނާއަކަށް އަދަބެއްނެތް. މިއީ ސަދޫމުގެ އިންޞާފު.
އެމީހުން އުފާވާނެތާ އެމީހުންގެ ނުބައިކަމުން ޝޭޙު ގަތުލު ކޮށްލާ އއެދޮގު ޚަބަރުތެރޭގަ އެހެންވައެއްގެ ބޯލުގަ އެޅު ވުނީމަ އެވިއްޔަ ކުރަން އައިކަމަކީ އަދުލުވެރި ވެރިކަމެއް ރައްޔިތުންނަށް ކޮށްދޭކަށް އައި ސަރުކާރެއްނޫން މުޅިންވެސް ފެންނަނީ އިދިކޮޅު މީހުން ކަސްތޮޅު އަޅުވާލައިގެން މިމީހުން ބޭނުންގޮތަކަށް ގައުމު ކައި ހުސްހުރަން އެގޮތުން ކައްވަޅު ގަތިބި މީހުންނަށް އެތާތިބުނަ ދޭކަށްވެސް ނުވިސްނުނު ހުރި ނުބައި ޖައްބާރުކަން ދެކިބަލަ
ރިޕޯޓު ދިރާސާކުރާ ކޮމިޓީން އަބުލާހި ރިޔާޒުވެސް ބޭރުކުރީ އޮޅުވާލުން އޮތްވަރު ބޮޑުވެފަ އޭނައަކީ ހަގީގަތް އެނގޭ މީހަކަށްވާތީ. ޗަކިންދާ ގްރޫޕާ ހަވާލު ކުރަންވީނު ދިރާސާ ކުރަން.
ހުސްނުއް ސޫދު އަކީ އަދުލު ވެރިންކަން ނެތް މީހެއް. ބާކައުސިލްގެ ރައީސްކަމަށް ކުރިމަތި ލުމުން ފެއިލް! ސަރުކާރުތަކުގެ އެކި މަޤާމު ތަކުގައި އުޅުނު އިރު ފެއިލް. ކެންޕެއިން ދުވަސްވަރު ފުލުސް އިދާރާ އިންޑިޔާއާއި ހަވާލު ކުރަނެ ވާހަކަ ބުނުމަކީ ދިވެހިންނާއި ދެވިހި ޤައުމުދެކެ އެނާ ލޯބިވާ މިންވަރުގެ ހެކި. އުއްތަމަ ފަނޑިޔަރުގެ މަޤާމަށް އަންނަން މަޖްލީސް މެންބަރުގެ ތެރޭގައި ތިބި ލާދީނީ މީހުން ހިތް ރުއްސަން ނެރުނު ރިޕޯޓެއް މިއީ. އުއްތަމަ ފަނޑީޔާރުކަން ނުލިބޭނެކަށް ޔަޤީން! އެމްޑީޕީން ނުވެސްދޭނެ!!!!
ފުރަތަމަވެސް މިކަލޭގެ މަރު ކޮމިޝަނުގެރައީސަކައްލީވެސް ޑރ އަފްރާޝީމްގެ މަރުގެ ތަޙްޤީޤު އޮޅުވާލަންވެގެން ސަބަބަކީ މީނާ އައްހުމާމް އެކަންހިނގިގޮތްކިޔާދީފަވުން މީނާއައްވަރައް ރަނގަޅައްއެގޭނެ
ތިކަންތައް ކުރިކަމައް ސައްކުކިރެވެނީ ހާޑިންހަމް ހަރަދުކޮއްގެން އައްނި އެގެންޓަކައްހުރެގެން