އައްޑު އަތޮޅަކީ، މާލެ ފިޔައި އޮތް ދެވަނަ ބޮޑު އާބާދީއެވެ. އެވޭލާ ޒަމާނުގައި ތައުލީމީރޮގުން އެއްވަނަ، މިހާރު ދެވަނަ ތައުލީމީ އަތޮޅު ކަމުގައިވެސް ޤަބޫލުކުރެވިދާނެއެވެ. ނަމަވެސް ތަޢުލީމީގޮތުން މަތީތައުލީމު ޙާސިލުކުރާ އައްޑު އަތޮޅުގެ އެއްވެސް މީހަކު ނުވަތަ ގިނަމީހުން އަތޮޅުގައި މަޑުނުވެއެވެ. ހިޖުރަކުރަނީ މާލެ އަށެވެ. ނުވަތަ ބޭރު ޤައުމަކަށެވެ. ސަބަބު ވަރަށް ވެސް ގިނައެވެ. ކުރުކޮށް ދަންނަވާނަމަ އަތޮޅުގެ ތަރައްޤީގެ ފޭރާން ބާވުމެވެ.
އަތޮޅުގެ ތަރައްޤީ ގެ ބިންގަލަކީ މަތީ ތައިލީމުގެ އަހުލުވެރީން އަތޮޅުން ލިބެންހުރުމެވެ. ކިތަންމެ ގިނައިން ސިމެންތިއާއި ވެލިއާއި ހިލަ އެއްކޮށް ކޮންކްރިޓުކުރިއަސް އެއީ އަތޮޅުގެ ޙަޤީޤީ ތަރައްޤީއެއްނޫނެވެ. ތަންތަން ބިނާކުރުމަކީވެސް ބޭނުންތެރިކަމެކެވެ. ނަމަވެސް ހަޤީޤީ ތަރައްޤީ އަކީ މަތީތައުލީމު ލިބިފައިވާމީހުން އަތޮޅުގައި މަޑުކުރުވުމެވެ. މިކަމަށް ކުރެވިދާނެ ކަންތައްތައް ވަރަށް ވެސް ގިނައެވެ. އެހެންކަމުން އަތޮޅަށް ދިމާވެފައިވާ އެއްމައްސަލައަށް ވާހަކަ ދައްކަމާ ހިނގާށެވެ. އައްޑު އަތޮޅަށް ދިމާވެފައިވާ އެއްމެ ބޮޑު އެއްގޮންޖެހުމަކީ ސިއްޙީ ފަރުވާގެ ގޮންޖެހުމެވެ. ރަނގަޅު ފެންވަރުގެ ޑޮކުޓަރުން އަތޮޅުން ނުލިބޭ މައްސަލައެވެ. މިސަބަބާހުރެ އެންމެ އާދާގެ ބަލިތަކަށް ވެސް ބޭސްކުރުމަށް ދާން ޖެހެނީ މާލެ އަށެވެ. ނުވަތަ އޮޅަދޫކަރައަށާއި އުތުރު ކަރައަށެވެ. ނުވަތަ އެއަށް ވުރެ ދުރަށެވެ.
އައްޑު އަތޮޅުގެ ހޮސްޕިޓަލުގެ އަޢުލަބިއްޔަތު އޮތީ ބޭރުގެ ޑޮކްޓަރުންނަށެވެ. އެއީ ދިވެހިން ނުލިބުމުގެ ނަތީޖައެއްގެ ގޮތުން ދިމާވެފައިވާ ކަމެކެވެ. އައްޑު އަތޮޅުގެ ދަރީންގައިވެސް ބިދޭސި ޑޮކްޓަރުން ނަގާފައިވާ ފުރަތަމަ ޑިގްރީ(MBBS ) ޙާސިލު ކުމުގެ ޢިލްމީ ޤާބިލުކަން އެބަހުއްޓެވެ. އަދި ފުރުސަތުލިބޭނަމަ އިސްޕެޝަލައިޒު ވުމުގެ ޤާބިލުކަން ވެސް ހުންނާނެ ކަމަށް ޤަބޫލުކުރަވެއެވެ. އެހެންކަމުން އައްޑު އަތޮޅުގެ ތަރައްޤީ އަށް ޓަކައި އައްޑޫ ކައުންސިލް އިދާރާއިން މިކަމާމެދު ފުންކޮށް ވިސްނަން ވެއްޖެއެވެ. އަޅުގަނޑު ވެސް ޚިޔާލެއް މިކަމުގައި ހިއްސާކޮށްލާނަމެވެ.
އާދެ! އަޅުގަނޑު ހުށަހަޅާ އެއް ޚިޔާލަކީ، އައްޑޫ ކައުންސިލް އިދާރާ ގެ ފަރާތުން އައްޑޫ ރައްޔަތުންގެ ތެރެއިން މިހާރު މެޑިސިން ކިޔަވަމުން އަންނަ ދަރިވަރުންނަށާއި އަދި އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް ކިޔަވާ ނިމިގެން އައިސް އަތޮޅަށް ކަނޑައެޅޭ މުއްދަތަކަށް ޚިދުމަތް ކުރުމުގެ ޝަރުތާއެކު، އަނބުރާ ދައްކާގޮތަށް ޓިއުޝަން ފީގެ ފައިސާ، އައްޑޫ ކައުންސިލުން ހަމަޖައްސަވާދެއްވުމެވެ. މިއީ ނުކުރެވޭނެ ކަމެއްނޫނެވެ.
އަދި މިކަން ކުރުގައި ދިމާވާނެ ގޮންޖެހުމެއްވެސް ނުވެއެވެ. ސަބަކީ އައްޑޫ ކައުންސިލް އިދާރާއަކީ އެއަތޮޅުގެ ބިންތަކުން ލިބޭ ކުލިއަށް މަހަކު 2 (ދޭއް) މިލިއަނާ ގާތްކުރާ އަދަދަކަށް ފައިސާ ލިބޭ އިދާރާއަކެވެ. އަދި ކުރިމަގުގައި މިއަށްވުރެ ގިނައިން ފައިސާލިބޭނެކަމަށް އުއްމީދު ކުރެވެއެވެ. މިފަދަ ފައިސާތަކުގެ ބޭނުމަކީ އެފައިސާއިން އަތޮޅު ތަރައްޤީ ކުރުމެވެ. އާދެ! އައްޑޫ ސިޓީކައުންސިލް އިދާރާގެ ތަރައްޤީގެ މާސްޓާރ ޕްލޭނުގައިވެސް އޮތީ " ތަޢުލީމަށް އިސްކަން ދީގެން" އަތޮޅު ތަރައްޤީ ކުރުމެވެ. ވީމާ އައްޑު އަތޮޅުގެ ހުރިހާ ރައްޔިތުންވެސް މިކަމަށް ޓައި އަޑު އުފުލަމާ ހިނގާށެވެ. މީގެ އިތުރުން އައްޑު އަތޮޅުން ނެގޭ ޒަކާތު ފައިސާގެ ތެރެއިން " އިބުނުއްސަބީލު" ގެ ބައިން މިޕޮރުގުރާމުގެ ދަށުން ކިޔަވަން ފޮނުވާކުދީންނަށް ބޭނުންވާ އިތުރު ޚަރަދުތައް ހަމަޖެއްސުމަށް ޓަކައި ޒަކާތުން ބައެއް ހޯދުމަށް ޓަކައި އަޑުއުފުލުމުގެ ޤާނޫނީ ޙައްޤުވެސް އެއްތޮޅުގެ ރައްޔިތުންނަށް އެބައޮތެވެ.
ދަންނައެވެ. ދިވެހި ރާއްޖެގެ ސިއްޙީ ފަރުވާދިނުމުގެ މައްސަލައެއް ޙައްލެއް ލިބުމަކީ، އަޅުގަނޑު މެންގެ އަވަށްޓެރި ޤައުމު ތަކުން މާބޮޑަށް އެކަމުގައި އުފާކުރާނެ ކަމެއްނޫނެވެ. ސަބަބު ވަރަށް ވެސް ސާފެވެ. ކޮންމެ ބަޔަކުވެސް އެދޭނީ އެބަޔަކަށް ބޮޑަށް ފައިދާލިބުމަށެވެ. އަވަށްޓެރި ޤައުމުތަކުން ވެސް އެދޭނީ އެޤައުމުގެ ޑޮކުޓަރުންނަށް މިޤައުމު ތާއަބަދު ބެނުން ޖެހިފައިއޮތުމަށެވެ. އެކަމުގައި ފަރުވާލެއްނެތެއެވެ. އެއީ ތަބީއީ ކަންތަކެވެ. ނަމަވެސް ހިތާމައަކީ އަވަށް ޓެރި ޤައުމު ތަކުގެ އެފަދަ ވިސްނުންތައް ކާމިޔާބުކޮށްނުދިނުމަށް ބާރުލިބޭގޮތަށް ދައުލަތުގެ ޕޮލިސީ ލެވެލުން ކަންތައް ނުފެންނާތީއެވެ. ޚާއްސަ ކޮށް މެޑިސިނުގެ ދާއިރާ އިންނެވެ. ސިއްހީ ދާއިރާގެ އަސްލު ބިނާވަނީ އެދައިރާގެ ފައްނުވެރީންގެ މައްޗަށެވެ. އެއީ ތަފާތު ކެޓަގަރީ ތަކުގެ ޑޮޓަރުންނާއި ނަރުހުންނާއި އަދި އެނޫނަސް އެދާއިރާގެ ޓެކްނޭޝަނުނުންނެވެ.
އަދި އެދާއިރާށް ވާސިލު ވެވޭ ފައްނު ވެރީންނަކީ އަދި އޭގެ ތެރެއިން ވެސް ޚާއްޞަކޮށް ޑޮކްޓަރުންނަކީ ސެކަންޑަރީ އޭ. ލެވެލްގެ ޚާއްޞަ މާއްދާތަކަކުން ކަނއެޅޭ ވަކިވަރަކަށް މާކުސް ލިބިގެން ނޫނީ އެދާއިރާގެ ކިޔެވުމާ ހަމަޔަށް ވާޞިލު ނުވެވޭބަޔެކެވެ. މިސަބަބަށް ޓަކައި ޤައުމުގައި އުފެދޭ މިފަދަ ރަނގަޅު ނަތީޖާ ޙާސިލުކުރާ ޒުވާނުން ބޭކާރުނުކޮށް އެފުރުސަތު އެފަދަ ޤާބިލު ޒުވާނުންނަށް ދިނުމަކީ ތަރައްޤީ ވުމަށް ބޭނުންވާ ޤައުމުތަކު އެންމެ އިސް ލަނޑުދަނޑިއެވެ. ދިވެހި ރާއްޖެ ވެސް ތަރައްޤީ ވުމަށް ބޭނުންވާ ކަމާމެދު އޮޅުމެއް ނެތެވެ.
ކޮންމެ ސަރުކާރެއްގެ ވެސް ބޮޑު ވަޢުދަކީ ކިޔަވާކުދީންނަށް ތަޢުލީމަށް މަގުފަހި ކޮށްދޭނެކަމުގެ ޔަޤީންކަން ދިނުމުގެ ވަޢުދެވެ. ނަމަވެސް ދާދި ފަހުން ހަޔަރ އެޑިއުކޭޝަނުން އާއްމުކުރެއްވި ނަމްބަރ:475/2019/85 (ޖޫން 2019) އިއުލާނުން ހުޅުވާލި ޑޮކްޓަރީ (އެމް.ބީ.ބީ.އެސް) ކެޓަގަރީ އަށް ކުރިމަތިލާފައިވާ 78 ޒުވާނުންގެ ތެރެއިން 50 ދަރިވަރުން ކޮލިފައިޑްވިއެވެ. ނަމަވެސް ފުރުސަތު ލިބުނީ އެކުދީންގެ ތެރެއިން ހަމަ އެންމެ ތިން (3) ކުދިންނަށެވެ. ސުވާލަކީ ފައިސާ ހަމަ ނެތީތޯއެވެ؟ ނުވަތަ އަވަށްޓެރި ޤައުމުތަކުން ޒާތީ މަންފާލިބޭތީ ތިމާގެ ޤައުމަށް ޚީޔާނާތްތެރި ވަނީތޯއެވެ؟ އުފެދޭ ސުވާލުތައް ގިނަވާނެއެވެ. ޖަވާބު ހޯދުންދަތިވާނެއެވެ. ކޮންމެއަކަސް ދަންނަވާލަން އޮތް ފަހު ބަހަކީ މިފަދަ ޒުވާނުންނަށް މިފަދަ ނާޒުކު ފުރުސަތުތައް ގެއްލިގެން ދިއުމަކީ ޤައުމުގެ ހުރިހާ ފަރުދުންނަށް ލިބޭ ފޫނުބެދޭވަރުގެ ގެއްލުމެކެވެ.
އައްޑޫ ތަރައްޤީ ނުވެގެން އުޅޭނީ އައްޑޫ މީހުންގެ ނުކުޅެދޭ ކަމުން. ސިޔާސީގޮތުން ޕާޓީތަކާ ކާވެނީގެ އަހުދަކުން އަހުދުވެގެން އުޅޭތީ. ޒާތީ މައްސަލަ ތަކުގެ ސަބަބުން. ނުކުޅެދޭ ކައުންސިލެއްގެ ސަބަބުން! ތިމާއަށްވުރެ އަނޭކާއަށް އިހްތިރާމް ނުކުރުމުގެ ސަބަބުން. ޒާތީ މަޖްލީސް މެމްބަރުންގެ ސަބަބުން.
މިހާރުގެ ސަރުކަރަށް 1 އަހަރު. ސަރުކާރު ދެކެ އިންތިހާއަށް ލޯބިވާ އެޕާޓީގެ 7 ކައުންސިލަރުން. 7 މަޖްލީސް މެމްބަރުން. ކުރެވުނުކަމަކީ ކޮބާތޯ. ސުމެއް!
?
ތިކަން ކުރިންވެސް ކުރި. ނަމަވެސް މާލޭ މީހުން ކުރިމަތިލައި އެކަންވެސް ޗޮކުން ދިޔައީ. އަދި ރަށްރަށުގެ މީހުންވެސް ކުރިމަތިލި. އެކަމަކު ބޮޑެތި ފަރާތްތަކުގެ އެހީއާއެކު އެމީހުން ޚިދުމަތް ކުރުމުގައި މަކަރުހަދާ މާލެއަށް ހިޖުރަކުރީ
ތިކަމެއްނުވާނެ، ސިޔާސީ ޕާޓީއެއްގެ ފަސްބައިގަ ނެއެލޭ މީހެއްގެ ދަރިއަކަށް ލޯނު ނުލިބޭނެ ތިޔަ އެހީއެއްވެސް ނުލިބޭނެ، ވަޒީފާއެއްވެސް ނުލިބޭނެ.
މަތީ ތައުލީމު އުނގެނިގެން މާލޭ ގައި ނުލަފާ އަރުވަން ގިނައީ ސ އަތޮޅު މީހުންނޭ
އަމިއްލަ އެދުމާއެކު ފޯވެ އެހެންމީހުންގެ ކުރިމަތީގައި ރަނގަޅު ކަމަށް ދައުވާކޮށް ހިތް ވ. ނުބާ ބައެއް.
މާލެ އެއީ ހުރިހާ އިމާރާތެއް ތަޅާލއި އެތާ ތިބި.ރެފިއުޖީން އަނބުރާ ރަށަށް ފޮނުވަން ޖެހިފަ ހުރި ތަނެއް...އިބޫ އިސްތިއުފާ.ސިޔާދަތުގެ އަދުއްވުން އިސްތިއުފާ.
ޢައްޑޫ އެއީ ރާއްޖެގެ.ވެރިކަން ކުރަން އޮތް ތަން...އަދި މާލެ މީހުން ކޮސް ހީވާނެ.މަރޮށި ކުދިން ވަރަށް ކަޑަވޭެ އައްޑޫ މީހުން ތައުލީމީ ވީމަ...
ތިޔަތާ އުޅެނީ މަކަކރުވެރިންން ހިހޫތަނުންކާލައިގެން މޅެތެ ރޭ އެނބު ރޭ މީހުން ތިޔަތަނަކީ ދުވަހެއްގެކޮޅުންވެސް ތަރ ރައްގީ ވާނެތަނެއްކަމަކައް ނުފެނޭ ފު ރަތަމަ ތިޔަތަނުގެ މީހުންގެ އިހްލަސްތެރިކަމެއްވެސްނެތް..
ޢައްޑޫ މީހުނަކީ ކަންނެއް މުޑުދާރު ރު ބައެއް މާލެ އައްއްޖެހިފައިއޮތްބަލާއެއް އެއޮއްބޮޑު އަތަޅު ކުރިއައްގެންދަން ނޭގޭ އެންމީހުންނާއި ހަސަދަލައިގެން އަބަދުވެސް ލާދީނިއްޔަތުގެ ފަހަތުގައި ...މާލޭ މީ ހުނާއި އިނދެގެން އެމީހުންގެ ތައްޕާހުގައި ހުރިހާކަމެއް ކުރަން އުޅޭބައެއއ