އާދޭހެވެ. ދުނިޔޭގެ ގިނަ ޤައުމުތައް، ތަހުޒީބުގެ ހަރުފަތްތަކަށް އަރަމުންދާއިރު، މި ކުޑަކުޑަ ޤައުމުގެ ތަހުޒީބުގެ ދުވެލިހުރީ ކިހާބާރުމިނެއްގައިތޯއެވެ. މިއީ، މިއަދު އަޅުގަނޑުމެން ޖަވާބު ހޯދަންޖެހޭ ސުވާލެކެވެ. އަޅުގަނޑު އެއްވެސް ޝައްކެއްނުކުރަމެވެ. އަދި ކީއްތޯއެވެ. އަޅުގަނޑު ޔަޤީންކުރަނީ، މި ޤައުމުގެ ތަހުޒީބުގެ ދުވެލި ހުރި މިންވަރަކީ، ކަންޒުކަހަނބެއްގެ ދުވެލިކަމުގައެވެ. ކީއްވެގެންތޯއެވެ. އާދެ! ސަބަބުތައް ވަރަށް ވެސް ގިނައެވެ.

ސަބަބުތަކަކީ، ފަހެ ކޮބައިތޯއެވެ. ސަބަބުތަކަށް ނަޒަރެއް ހިންގައިލާއިރު، އެންމެ ފުރަތަމަކަމަކަށް "ޤައުމު" މީ ކިހާވަރެއްގެ، ކޯއްޗެއްތޯ ބަލައިލުން މުހިއްމެވެ. އާދޭހެވެ. ޤައުމަކީ، ކަނޑައެޅިފައިވާ ވަކި ސަރަޙައްދެއްގައި، އެއް ވެރިކަމެއްގެ ދަށުގައި އުޅޭ ބައެކެވެ. އެހެންވެއްޖެކަމުގައިވާނަމަ، ޤައުމިއްޔަތެއް ވެސް އޮންނަންވާނެ ދޮގެއްތޯއެވެ. ޤައުމީވަންތަކަމުގެ ސިފަތަކުން، ފުރާ ފުރިހަމަ ވެސް، ވާންޖެހޭނެނޫންތޯއެވެ. ޙުއްރިއްޔަތު، އޭގެ ޙަޤީޤީމާނައިގައި ދެމިއޮންނަން ވެސް، ވާނެނޫންތޯއެވެ. ޤައުމިއްޔަތުގެ ރުކުންތަކަށް، އޭގެ އަސްލުސިފައިގާ އިސްއުފުލައިލެވެންޖެހޭނެ ނޫންތޯއެވެ.

އާދެ! މިއިން އެއް ކަމެއް ވެސް، އޭގެ ޙަޤީޤީ މާނައިގައި އެބައޮތްތޯއެވެ. ބަހުސަކަށް ޖާގައެއްނެތެވެ. "ޤައުމިއްޔަތު" އާސްމާނަށްއަރައި އޮބައިލަނީއެވެ. "ޙުއްރިއްޔަތު" ގާދޫކޮލުން ނިކުމެ، ވަޔާއި އޮޔާއި ތެޅެމުން، އިންޑިއާ ކަނޑުން އެހެރަ ބޭރުވަނީއެވެ. ދިވެހި ބިމަށް "މޫފައިބައިފައިހުރި"، އެއް އަސާސްކަމުގައިވާ، އިސްލާމްދީން "މުލުން ލުހެލައިގެން"، އެހެރަ ގެންދަނީއެވެ.

އިސްވެ މި ދެންނެވި ކަންތައްތައް، އެ ގޮތަށް ނިމިދިޔުމުގެ، ފަހަތުގައި ކަންތައްތަކެއްވެއެވެ. އެންމެ ފުރަތަމަކަމަކީ، މަޤާމުތަކަށް ކުފޫހަމަވެވަޑައިނުގަންނަވާ
ބޭފުޅުން، ޤައުމުގެ "މައިސޯބުން" ގެ ގޮތުގައި ތިއްބެވުމެވެ. މި ޤައުމުގައި، އިސްލާމްދީނައި ބީރައްޓެހި، ޢަދާވާތްތެރިން ގިނަވުމެވެ. "ވެރީން" ގެ ނަމުގައި، ޤައުމު އިންދިރާސް ކުރައްވަމުން ވަޑައިގަންނަވާ "އަނިޔާވެރިން" ތިއްބެވުމެވެ. ނަޞާރާއިންނާއި ޔަހޫދީންނާއި ބުޑިސްޓުން، ހޮރަކަށް ވަންކަމުގައިވިޔަސް، އެ ފަދަ ހޮރުހޮރަށް ވަދެވަޑައިގަންނަވާ ހިތްޕުޅުވާ ބޭފުޅުން ތިއްބެވުމުގެ ސަބަބުންނެވެ. ޤައުމުގެ ޢިއްޒަތާއި ކަރާމާތް، މިނިވަންކަމާއި، ޤައުމިއްޔަތު، ކުޑަ އަގެއްގައި ބޭރުމީހުންނަށް ވިއްކަވަމުންގެންދަވާ ބޭފުޅުން ތިއްބެވުމުގެ ސަބަބުންނެވެ. ބަންޑާރަ ޙަސަނަށް މޫދު ހިތަކަށް ލިބުމުން ކަންކުރާހެން، ކަންތައްތައް ކުރައްވާ ބޭފުޅުން، ގިނަވުމުގެ
ސަބަބުންމެއެވެ.

ކަން މިހެން ހުރުމުން، އެ ފަދަ ބޭބޭފުޅުންނަށް ބޭރު ޤައުމުތަކަށް، ބަރޯސާވެ ވަޑައިގަންނަވަން މަޖުބޫރުވެދެއެވެ. އެބައިމީހުން ޖަހާހައި ބެރަކަށް، ނައްޓަވަން ޖެހިވަޑައިގަނެއެވެ. އެބައިމީހުން، ކުޅޭނެ ގޮތަކަށް ކުޅޭނެ، "ގޮނޑިކޮއްކޮ" އަކަށްވާން ޖެހިވަޑައިގަނެއެވެ. އެބައިމީހުން އައިސް، ބޮނދުބުޑަށް ސައިކިޔާފައި ދާއިރު ވެސް، މި ވެރިންނަކަށް ހިލަމެއްނުވެއެވެ. ހަށިފޮޅައިލައްވާން ވެސް، އެނގިވަޑައިނުގަނޭމެއެވެ. ވާނީ ވެސް އެހެންތާއެވެ. އާޚިރަތަށް ބެއްލެވުމެއްނެތި، ދުނިޔެއަށް އިސްކަންދެއްވެނީއެވެ. އިހު މީހުން އެ ބުނަނީ، ހަމަ ތެދެކެވެ. "ވަރު ހުންނާނީ ވަނާޖުނބޭސާއަކު ނޫނެވެ. ފައިސާގައެވެ."

އިސްވެ މި ދެންނެވި ކަންތައްތަކުގެ ނަތީޖާއަކީ ކޮބައިތޯއެވެ. އާދޭހެވެ. ނަތީޖާ ވަރަށް ވެސް ހިއްޗެވެ. މި ޤައުމަށް، އެހެން ދީންތަކުގެ އަސަރު ފޯރައިފިއެވެ. އެބައިމީހުންގެ އަޅުކަންތައްތައް ކުރުމަށް، އެބައިމީހުންނަށް ދޮރުތައް ހުޅުވިއްޖެއެވެ. ފަރަންޖީންގެ އަސަރޭތޯ! ނޫން! މުޅި ދުނިޔޭގެ ހަތަރުބިތުން ވެސް، މި ޤައުމަށް އެ އަސަރުތައް ކުރަމުން އެބަދެއެވެ. މި ނޫނަސް މި ފަދަ ކިތައްމެކަމެކެވެ.

އަޅުގަނޑު އިސްވެ ދެންނެވި ފަދައިން، މިހިރަ މިހިރަ ކަންތައްތައް، މި ޤައުމުން ފެންނަމުން އެހެރަދަނީއެވެ. ލޯ ހުޅުއްވައިލައްވައި ރަނގަޅަށް ބައްލަވައިލައްވާށެވެ. މި ޤައުމު އޮތް ހާލަތު، އިންސާފުގެ ތިލަފަތަކުން ކިރުއްވައި
ވަޒަންކޮށްލައްވާށެވެ. މި ކަންތައްތަކަކީ، ވަންހަނާވެގެންވާ ކަންތައްތަކެއްނޫނެވެ. ކެޔޮކެވޭވަރު އެނގޭނީ ބިތުފަންގި ނެގީމައޭ ބުނެއުޅެއެވެ. ބިތުފަންގި ކީއްކުރަންތޯ، ކިތަންމެ ވަރުގަދައަށް ޢިމާރާތްކުރައްވައި "ގެކޮޅު" ތަކުގައި ތިއްބަވައިގެން، ސައްލާކުރައްވައި، ކިތަންމެ ކެޔޮގަނޑެއް ފަރީއްކުޅުއްވި ކަމުގައިވިޔަސް، ހުރިހައި ކަމެއް މިހުރީ ދިމާއަށް ފެންނާށެވެ.

އެއްވެސް ޝައްކެއް ވަސްވާހެއްނެތެވެ. އޮޅުމެއް ބޮޅުމެއްނެތްމެއެވެ. މި ޤަ އުމުގައި މި އޮތީ "ބަނާނާ ރިޕަބްލިކެކެވެ."( ބަނާނާ ރިޕަބްލިކަކީ، އެހެން ޤައުމުތަކަށް ބަރޯސާވެފައި އޮންނަ ބަލިކަށި ސަރުކާރަށް ކިޔާ ނަމެކެވެ.)

އާދެ! އަޅުގަނޑުގެ ލިޔުން ނިންމައިލާނީ، ތިޔަ އެންމެ ބޭފުޅުންގެ ސަމާލުކަމަށް، ދެތިންކަމެއް ފާހަގަކޮށްލުމަށް ފަހުގައެވެ. ތިޔަ ބޭފުޅުންގެ ރިމޯޓުތައް، އެ ފަދަ ބޭފުޅުންނާއި، ހަވާލުނުކުރައްވާށެވެ. ގުނބޯ ހެއްދެވިޔަ ނުދެއްވާށެވެ.

ކޮންމެ ގޮތެއްވިޔަސް، ލައްގާނީ ލައްގާ ހުރައަކަށެވެ. އެންމެ ބޮޑުވަރަކަށް ވެސް، ނެގޭނީ ދީފައި އޮތް ބަނޑުހަނޑުލެއް ނޫންތޯއެވެ.

އާދޭހެވެ! ޤައުމު އިސްކުރައްވާށެވެ! "ބަނާނާ ރިޕަބްލިކަށް ފުރުޞަތު ނުދެއްވާށެވެ!"

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މޯޑް

    ވަރަށް ފުރިހަމަ ލިޔުމެއް... ބަލާޣާތްތެރި ނަސޭހަތް ކޮޅެއް.

    68
    5
  2. ކުރަފަތް

    އާޓިކަލް ކިޔާލައިފިން. ވަރަށްބޮޑުތެދެއް ، މުޅިޤައުމު ސަލާމަތްކުރުމަށްޓަކާ ހެޔޮއެދޭހުރިހާ ރައްޔިތުން ނުކުމެ މިކަމުން ސަލާމަތްވެވޭތޯ މަސައް

    62
    4
  3. ފުރެޖައިލް އިކޮނޮމީ

    ނާސިރުގެ ޒަމާނުނން ފެށިގެންވެސް މިގައުމަކީ ބަނާނާ ރިޕަބްލިކެއް. ވަރަށް ނާޒުކު އިގުތިސާދެއް އޮންނަ ގައުމެއް. ބޮޑަށް ބިނާވެގެން ގައުމައް ފައިސާ ވަންނަނީ ޓޫރިސަމްގެެ ދާއިރާއިން. ދެން ބިނާވެގެންވަނީ މަސްވެރިކަމުގެ މައްޗައް. މި ދެ އެކްސްޕޯރޓ ތަކަކީ ރާއްޖެއަށް އެކްސްކުލޫސިވް ތަކެއްޗެއް ނޫން.

    11
    1
  4. Anonymous

    މިގަ އުމުގެ ރައްޔިތުންތެރެއިން ގިނަރަ އްޔިތުންނަ އް ބަނާނާ އެއ އް ނޫން ޕަޕާޔާ ރިޕބްލިކަކަށް ވިޔަސްހެޔޮ. ފަ އިސާދެންޏާ އެނިމުނީ. ހަރާމެ އް ހަލާލެ އްނުބަލާނެ. ދުންޔަވީ ފަ އިދާ އާއއ އިގެން ލޯތަ އްކަނުވެ ހިތްތަ އްހަރުވެ އުޚްރަވީހަޔާތަ އް ކަންފަތްތަ އް މިވަނީ ބީރުވެފަ. ދީނެ އް މި އްލަތެ އް މަޒުހަބެ އް ރައ އްބީ އެ އްރަސޫލެ އް ހަ އްޖެ އް އީދެ އް ރޯދަ އެ އް ނަމާދެ އް ސުންނަތެ އް ފަރުލެ އް ނުދަނޭ. އަދަބެ އް ސަދަބެ އް ނޭންގޭ. ތިޔަ އުޅޭފަރަންޖީ ދުންބެ އަށް ސަޖިދަ ކުރަންވެސް އެތިބެނީ ތަ އްޔާރުގަ. އެބޭ ބުނެފ އްޔާ ރޯމާދުވާލު އެއ އީ ރޭގެއަނދިރިކަންކަމުގަވެސް ގަބޫލުކުރޭ. ފާޅުގަ ކުރާނުބައި ކަންކަން އެއ އީ އެންމެރަންގަޅު ކަންކަމަ އްވެސްހަދާފާނެ. ދުނިޔެއަށްޓަކާ މަރުދެނީ. އެވަރުވީމަ ރިޕަބްލިކް އެ އީ މުހިންމު އެއްޗެ އްނޫން.

    28
    2
  5. ާއޛ

    ޥަރަށް މޮޅު ލިޔުމެއް.

    11
  6. ޙެހެހެ

    ރައްޔިތުން ހެދިފަ ތިބިވަރެއް ބަލަންވެގެން ސަލަފައް ގޮނޖަހާލާފައި ވޯޓް އެނެގީ. ދީނާއި އިދިކޮޅަސް އަނިޔާވެރޔަސް ތާއީދު އޮތްވަރެއް ބަލަންވެގެން. މީހުން ވޯޓް ދިނެއްނު. ކިހާފޮނިވެލާނެ. ދީންނައްތާލަން ކިހާބޮޑު ހިތްވަރެއް އެދެވުނީ .

  7. ސާބިތުކަންދެއްވާށި

    ޔާﷲ މިލިޔުނު ނޫސްވެރިޔާއަށް ﷲދެދުނިޔޭގެ ނިއުމަތްއިތުރު ކުރައްވާ ފާފަފުއްސަވާ ސުވަރުގެ މިންވަރުކުރައްވާ ސާބިތުކަންދެއްވާށި... އާމީން.. މިވީ އަހަރެއްހާ ދުވަހު ނޫސްވެރިން ޢާފިލުވެފަތިބިވަރުން ހިތަށްލިބުނު ނުތަވަސްކަން މުޅިންފިލައިފިފަދަ.. ލޮލުން އުފާވެރިކަމުގެ ކަރުނަހިލިއްޖެ.. ގައުމާ ދީނައްޓަކާ ބަހެއް ބުނުމުގެ ހިއްވަރު ވަގުތުނޫހާ ޗެނަލް13އަށްނޫނީ ލިބިފަނެތް.. އިންޑިޔާގެ ތިންވަނަ ހެލިކޮޕްޓަރު މިމަހު 28ގަ ގެންނަވާހަކަ މަޑިސީލައިން އަޑުއިވުނީ.. އައްޑޫއަށް އިންޑިޔާ ސިފައިންގެ40މީހުންގެ ފައުޖެއަންނަވާހަކަ. ރޔާމީންގެ ޝަރީއަތަށް އިންޑިޔާގެ ނުފޫޒުވަދެފަވާ ވާހަކަ. ދީނީ އިލްމުވެރިންނަ ޓެރަރިޒަމްގެ ތުހުމަތުކޮށް އިންޑިޔާއާ ހަވާލުުކުރަންއުޅޭ ވާހަކަ.. ބަޑުހައިކަމުގަ ތިބުމަށްވެސް ގައުމުގަ ދިވެހިންނަ މިނިވަންކަމެ ނެތިދާނެބިރު ހިތަށްވެރިވަނީ.. މިއިންކަމެ ދެނެހުރި މީޑިޔާއެއް ސިޔާސީލީޑަރެނެތް ރޔާމީން ނޫނީ.. މިގައުމުގަ ވަތަނީ ލޯބި ރޔާމީނުގެ ނޫނީނެތް އެއްމެން ރަޖާއަޅާއި ނިދިކުރައްވާފަ..

    15
  8. ލ

    ނޫނޭ ލާމުގައެބަތިބި ވަރަށް ހިއްވަރުގަދަ ކެރޭމީހުންް ހުރިހާމީހުން އެއްގޮތެއް ނުވާނެ އަހަރެންވެސްމިހުރީއަދި އަހަރެންފަދަ ކިތަމެބަޔަކުއެބަތިބި އަހަރެންތިފަދަ ލިޔުން ތެރިންދިފާއު ކުރުމުގައަބަދުވެސް ހުންނާނަން އަދިތިފަދަ ކޮންމެ ލިޔުމަކީ އަހަރެން ވަރަށްކިޔާލަން ބޭނުން ވާލިޔުމެކެވެ.

  9. އައިސް

    ވަރަށް މޮޅު ލިޔުމެއް ވަރައް ހިއްވަރުގަދަ ކެރޭ ކުޅަދާނަ ލިޔުން ތެޔެއްތީ އަހަރެން އަހަރެން ތިލިޔުމައް ވވވަރަ ތާއީދުކުރަން އަބަދުވެސް ތިހިއް ވަރާއެކު ކުރިޔައްދޭ ތިބޭފުޅާގެ އުމުރު ދިގުކުރައްވާށި އާމީން

    6
    1
  10. އ. ޖ. އ

    ބަނާނާ އިޒް ލައިފް

    1
    1
  11. ދެކުނުތަރި

    ދޮންކެޔޮ ނިހާނަށް އެކަނި ބަނާނާ ރިޕަބްލިކް އެނގޭނީ