އަޅުގަނޑުގެ ހަނދާންތައް ސޮއްސައިލީ މީގެ ހައެއްކަ އަހަރު ކުރިއަށެވެ. އޭނާ ފެނުނު ފަހުން ދުވަސްކޮޅެއް ވެއްޖެއެވެ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް، އޭނާ ހުންނަ ގޭގެ ކައިރިން އަޅުގަނޑު ދަތުރުކުރަމެވެ. ވޭތުވެދިޔަތަނުގައި ފެނިފައިނުވާ މީހެއްކަމުން، އޭނާއަކީ ކޮންމެވެސް އެހެން ރަށެއްގެ މީހެއްކަން އެނގެއެވެ. އިސްކޮޅުން ކުރު މީހެކެވެ. ހަށިގަނޑު ދެރައެއްނޫނެވެ. ގައިގެ ކުލަ އެހާ ދޮނެއްނޫނެވެ. މުޅިއަކުން ކަޅެއްވެސް ނޫންމެއެވެ. ހިސާބަކަށް ތުނބުޅި ދިގުކޮށްފައި ހުއްޓެވެ. ބޮލުގައި ފަގުޑި އަޅައިފައި ސަލްވާރެއް ލައިގެން ހުރުމުން، އެންމެ ވައްތަރީ ޕަޓާނުންގެ މީހަކާއެވެ. ފެންނަ ފެނުމަށް، ތާހިރުވެއުޅޭ މީހެއްކަމަށް ނުވިސްނެއެވެ.

އެއްދުވަހެއްގެ ހަވީރެވެ. އެ ދުވަހަކީ އޭނާ، އަޅުގަނޑާއި ވާހަކަދެއްކި ފުރަތަމަ ދުވަހެވެ. ސަލާންގަލާންކޮށް ޙާލު އަހައިލާ ތަޢާރަފުވެލީމެވެ. އަސްތާ! ބޭރުމީހެއް ނޫނެވެ. މި ދިވެހި ޤައުމަށް އުފަން ދިވެހި ދަރިއެކެވެ. އޭނާގެ ޙާލަކީތޯއެވެ. އަޖައިބުން އަޖައިބެވެ! އަޅުގަނޑު އަންތަރީސްވީވަރުން ކުޑަ އިރުކޮޅަކު ދަތްދޮޅިއަށް އަތްދީގެން ވެސް ހުރެވުނެވެ.

މިތުރުންނޭވެ! އޭނާއަކީ، އަޅުގަނޑުމެންގެ ރަށުގެ ކުއްޖަކާއި ކައިވެނިކުރަން އައިސްހުރި ބީރައްޓެއްސެކެވެ. ކައިވެނިކުރާ އަންހެން ކުއްޖާގެ ޢުމުރޭތޯއެވެ! އެންމެ ފަނަރަ އަހަރެވެ. އޭނާ ބުނިގޮތުން ބަފައިބެ ނުހަނު ޤަބޫލެވެ. ދެންވެސް އޭނާ ދެއްކީ ތަލިން ކުޅުހިކޭވަރުގެ ވާހަކަތަކެކެވެ.

އޭނާ ބުނިގޮތުގައި، މިއީ ފިތުނަވެރި ޒަމާނެކެވެ. އިސްލާމްދީނުގައި އޮތް ގޮތަށް އުޅުމަކީ، އަނގުރު އަލިފާންކޮޅެއް އަތަށްލައިގެން ހުރުންހައި އުނދަގޫކަމެއް ކަމުގައެވެ. އޭނާގެ މި ވާހަކައާއި އަޅުގަނޑު ވެސް އެއްބަސްވީމެވެ.

އެއަށްފަހު ދެން ދެއްކި ވާހަކައަކީ އަޅުގަނޑަށް ޤަބޫލުކުރެވޭ ޒާތުގެ ވާހަކައެއް ނޫނެވެ. އަޅުގަނޑުގެ ގާތުގައި އޭނާ ބުނީ ކީކޭކަމަށްތޯއެވެ.

މިއީ ކިހާ ފިތުނަވެރި ޒަމާނެއްހެއްޔެވެ. ތިހެން ހުއްޓައި މަރުވުމުގެ ކުރިން، ކޮންމެވެސް ބޭރު ޤައުމަކަށް ހަނގުރާމައަށް ގޮސް ޝަހީދުވާންވީނޫންހެއްޔެވެ. އޭރުން ސުވަރުގެ ޔަޤީންވާނެއެވެ.

އެވަގުތު އަޅުގަނޑުގެ ގާތަށް އައީ ހިންޏެއްކަމެއް ރުޅިއެއްކަމެއް، ވީ ދެރައެއްކަމެއް ދަންނަވާކަށް ނޭނގެއެވެ. ހުރިހައި ޖަޒުބާތުތަކެއް އެއް ފަހަރާއައިސް ހަށިގަނޑުގައި ވަކިހިއްޕައިލިއެވެ. ހިތާހިތުން ބުނެވުނެވެ. އަޅެ ފަހެ މީހަކު ހައިރާން ނުވާވަރެއް ނޫނެވެ. ތި ބުނާހެން ސުވަރުގެ ޔަޤީންވާއިރު ހަނގުރާމައަށްނުގޮސް، މަށަށް ތިޔަ ވަސްވާސްދެނީ ކީއްވެގެންހެއްޔެވެ. ތިހާ ޔަޤީންކަން އޮތް އިރު، އެންމެ ފުރަތަމަ ގޮސް ޝަހީދުވާންވީ ކަލޭ ނޫންހެއްޔެވެ.

އެހެންނަމަވެސް އެއްޗެކޭ ނުބުނަމެވެ. އޭނާގެ ވިސްނުންހުރި ގޮތުން އެއްޗެކޭ ބުނަން ބޭނުންނުވީއެވެ. އެ ހިސާބުން އަޅުގަނޑަށް ވިސްނުނީ އޭނާއަކީ ދީނީ ހަރުކަށި ފިކުރެއްގެ މީހެއްކަމެވެ. ޑޮޓް ފިކުރު ނޫންނަމަ އެސްއެސް (ސުޕަރ ސަލަފް) ނޫންނަމަ ޚަވާރިޖުން، ނޫންނަމަ ބުރަހަމީން ގެންގުޅޭ ފަދަ ފިކުރެއްގެ މީހެއްކަމެވެ. ތިމާ ނޫން އެހެން މީހުންނަކީ ކާފަރުންކަމުގައި ދެކޭ ޒާތުގެ މީހެއްކަމެވެ. އެހެންކަމަށްވުމުން އަޅުގަނޑު ބެލީ އިތުރު އެއްޗެކޭ ނުބުނެ އެ ތަނުން ދުރަށް ދެވޭތޯއެވެ.

ޝައްކެއް ނެތެވެ. ޖިހާދުކުރުމަކީ އެ ގޮތަށް އޮންނަ ކަމެއްނޫނެވެ. ޖިހާދުކުރުމަކީ އެ ބައެއްގެ ދީނާއި ޤައުމު ހިމާޔަތްކުރުމަށް ކުރާ ހަނގުރާމައެވެ. ޖެހުނުހައި ޤައުމަކަށްގޮސް، އެ ބައެއްގެ ތެރޭގައި ފިތުނަފަސާދަ އުފައްދާކަށް އަންގަވައިފައެއް ނޯވެއެވެ. އެހެން ޤައުމެއްގެ ދާޚިލީ މައްސަލަތަކުގެ ތެރެއަށް "ކުނި މެއްސެއް" ހެން ވަދެ އުޅޭކަށް އަންގަވައިފައެއް ނޯވެއެވެ. ހަރުކަށި ފިކުރުތަކުގެ ހަނގުރާމަވެރިންނާއި ބައިޢަތުހިފާކަށް އަންގަވައިފައެއް ނޯވެއެވެ.

އަދި ކީއްތޯއެވެ. އެފަދަ ބޮޑު ކަމަކަށް ކުރިމަތިލާ މީހާގެ ގައިގައި ޝަރުޠުތަކެއް ވެސް ހުންނާން ޖެހެއެވެ. ހަމަ ހުރެފައި ހިތަށް އެރިޔަކަސް ޖިހާދު ވާޖިބެއްނުވާނެއެވެ. ތިމާގެ މައިމީހާ އެކަނިކޮށްފައި، ތިމާގެ އަނބިމީހާ ބިކަ ޙާލުގައި ޖައްސައިފައި، ތިމާގެ ދަރިފުޅު ޔަތީމުކުރާން ހިތުލައިގެން ޖިހާދުކުރަން ދެވޭނީ ކޮންފަދައަކުންތޯއެވެ.

އަޅުގަނޑު ޝައްކެއް ނުކުރަމެވެ. ދުނިޔޭގެ ބައެއް ޤައުމުތަކުގައި ޖަމާޢަތްތައް ހަދައިގެން، އެ ކުރާ ހަނގުރާމަތަކަކީ އިސްލާމްދީނަށް ޓަކައި ޖިހާދުކުރުމެއް ނޫނެވެ. ސަބަބުތައް ވަރަށް ވެސް ގިނައެވެ. ތިމާގެ އަމިއްލަ ނަފުސު ޤަތުލުކުރާކަށް ދީނުގައި އަންގަވައިފައެއް ނުވެއެވެ. ހަނގުރާމައިގައި ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިންގެ ކަރުތައް ބުރިކުރާކަށް އަންގަވައިފައެއް ނުވެއެވެ. ހަނގުރާމައިގައި ރަހީނުކުރެވޭ މީހުން ފޮތިފޮއްޗަށް ކޮށާކަށް އަންގަވައިފައެއް ނުވެއެވެ.

އެހެންނަމަވެސްތޯއެވެ. ހަށިގަނޑުގައި ބޮން ހަރުކޮށްގެން ޖާނު ގޮއްވައިލާއިރު މަރުވެގެންދަނީ ކިތައް މަޢުސޫމު ތުއްތު ކުދިންތޯއެވެ. ކުށެއްނެތް ކިތައް އަންހެނުންނާއި މުސްކުޅިންތޯއެވެ.

ވަހުމެއްނެތެވެ. އެފަދަ ޖަމާޢަތްތަކުން ހަނގުރާމަ އެ ކުރަނީ އިސްލާމްދީން އައްޑަނައަކަށް ހަދައިގެންނެވެ. ސުންނަތޭ ކިޔައިގެން މީސްތަކުން ވާވައްދަމުން އެހެރަ ދަނީ އެބައިމީހުންގެ އަމިއްލަ ބޭނުމަށެވެ. ހިތަށްއެރި ގޮތަކަށް ކީރިތި ޤުރުއާނުގެ އާޔަތްތައް މާނަކޮށްގެން މީސްތަކުން މަގުފުރައްދަނީ ދުނިޔެ ހޯދުމަށްޓަކައެވެ.

އަޅުގަނޑުމެންނަށް އޮތީ ދީނުގެ ޢިލްމު ދަސްކުރުމެވެ. ކީރިތި ޤުރުއާނުގެ އާޔަތްތަކާއިމެދު ވިސްނައި ފިކުރުކުރުމެވެ. ސުންނަތުގައި ކަންތައްތައް އައިސްފައިވަނީ ކޮންގޮތަކަށްތޯ ބެލުމެވެ. އެވެނިކަމެއްއޮތީ މިވެނިގޮތަކަށޭ މީހަކު ބުންޏަސް، ވިސްނައިލުމެއްނެތި އިޖާބަނުދިނުމެވެ. ޝައްކެއްވެސް ނެތެވެ. އިސްވެ ދެންނެވި ބީދައިން ކަންކަން ހިނގާނަމަ އެއީ ޖިހާދު ކުރުމެއްނޫނެވެ. އެއީ އެހެން ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ދެއޮއް

    ދެން ކަލޭތީ އެންމެ ދީން ދަންނަ މީހާކަމަށް ޤަބޫލުކުރަންވީތަ؟ ބަލަ ދުނިޔޭގެ އެތަށް ޤައުމެއްގެ ޖަލުތަކުގައި ތިއްބެވި، ޤުރުއާނާއި ހަދީޘް ސަނަދާއި މަތުނާއެކު ދެނެވަޑައިގެން ތިއްބެވި އެތަށް އިލްމުވެރިންނެއް ފަތުވާ ދެއްވަނީ ވަކި ޤައުމަކަށް ބެލުމެއްނެތި، ހަނގުރާމައަށް ނިކުތުން މުސްލިމުނަށް މިއަދު އައިނިއްޔަ ފަރުޟެއް ކަމަށް އަދި ކަލެއަށް ނުދެއްކޭނެ ޤުރުއާނާއި ހަދީޘްއިން ﷲ ގެ މަގުގަ ހަނގުރާމަކުރުމަކީ އެއީ ޤައުމަށްޓަކައި ކުރަން އޮތްކަމެއް ކަމަކަށް.

    149
    38
  2. މެޑަމް ފާތު

    ޝުކުރިއްޔާ ރައީސް ނަޝީދު! މަނިކުފާނު ދެއްވާ ނަސޭހަތް މަޑުމަޑުން މިހާރުދަނީ މީހުންނަށް ގެޓްވަމުން! ހަރުކަށި ދީނީފިކުރު ނައްތާލަންޖެހޭ

    25
    166
  3. ބިރު

    ޝެއިޚް އަލްބާނީ، އިބް ބާޒް އުޘެއިމީން ޟިބޭފުޅުންގެ ރަސްމީ ސައިޓުތަކުން ޢިލްމު ނަންގަވަންވީނުންތޯ އަމިއްލައައް ދީނުގެ ވާހަކަތައް ދެއްކުމުގެ ކުރިން ކޮންމެ މީހަކުވެސް. އެބޭފުޅުން ގރނެސް ދެއްވާފައިވަނީ މިދީނުގައި އޮތް މެދުމިން. އެކަމުވެސް އެބޭފުލހުންވެސް ތި ޑޮޓް ފިކުރުގެ މީހުން ކިބައިން ސަލާމަތެއް ނުވޭ. އެބޭފުޅުންގެ ނަމުގައި ބުހުތާން ދޮގު ހަދަމުން ގެންދޭ

    13
    7
  4. އަބޯ

    ސޫރިޔާއަށް ޖިހާދު ގެނަމުގާ ގޮސް އެއުޅޭ އެންމންނަކީ ގޯސްމަގުން ދަތުރު ކުރާބައެއް .އިސްލާމީ ގައުމެއްވިޔަސް އިސްލާމީ ގައުމަކަށް ނުވިޔަސް ވެރިކަމުގާ ހުރިފަރާތް ވެރިކަމުން ދުރުކުރަން މަސައްކަތް ކުރާފަރާތްތައް ވާހުށީ ބާގީން ކަމުގާ އެފަދަ ފަރާތްތަކަކީ ދެދުނިޔޭން ގެއްލިފައިވާ ބައެއް. މާތްﷲ ގުރްއާނުގާ ވަހީކުރައްވާފައިވަނީ ވެރިމީހާ އަށް ކިޔަމަންތެރިވުމަށް އުރެދުމަކަށް އަމުރު ނުކުރާހާ ހިނަދަކު .އުރެދުމަކަށް އަމުރު ކޮށްފިނަމަ މައިންބަފައިންނަށްވެސް ކިޔަމަން ނުވާން ވަނީ އަންގަވާފަ. ވީމާ އެއްވެސް ވެރިކަމެއްގެ ފަރާތުން އިސްލާމްދީންނާ ރައްޔިތުން ދުރުކުރަން މަސައްކަތްކޮށް އިސްލާމްދީން ނޫންދީން ގެންނަން މަސައްކަތްކޮށް މުސްލިމުން ޔަހޫދީ ނަސާރާ މަޖޫސީ ހިންދީ ބުޑިސްޓް ކުރަން މަސައްކަތް ކުރަންފަށައިފިނަމަ އެފަރާތްތަކާ ދެކޮޅަށް ތެދު ވުމަކީ ހުރިހާ މުސްލިމުންނަށް ވާޖިބު ކުރައްވާފަިވާކަމެއް ޖިހާދު ކުރުން ކަމަށް އޭރުން ވާނެ.

    19
    5
    • ހަގީގަތް

      ބޭފުޅާ ސީރިޔާގެ ވެރިމީހާ ރައްޔިތުންނަށް އެންގީ ވެރިމީހާ އަށް ސަޖިދަ ޖަހަން. އެހެންވެ ރައްޔިތުން ނިކުތީ ވެރިކަން ވައްޓާލަން. މިހާރުވެސް ވެރިމީހާ ނިކަމެތި ރައްޔިތުން މަރަނީ ޓެރަރިސްޓުންނޭ ކިޔާފަ

      13
      5
  5. ޖިންނި

    ބަޣާވާތަކުން މިޞްރުގަ ވެިކަން ވައްޓާލާފަ ވެރިކަމަށް އަރާހުރި މީހާ އަލް އަޒްހަރު ޔުނިވަރސިޓީއަށް ޢައްޔަންކުރާ މުފްތީ އިސްލާމް ދީނުގަ ޖިހާދު ކުރުމެއްނޯވެއޭ ބުނާނަމަ އެކަން ޤަބޫލްކުރާނެ މީހުންތެރޭގެ ހަމަ ގައިމުވެސް އަހުންނެއް ނުހިމެނޭ ސަބަބަކީ އެ ރައީސް އަކީ އިޒްރޭލްގެ ޗޮއިސްއެއް ސަޢުދީގެ ވެރިންވެސް ހަމަ އެފަދަ .. ހަރުކަށި ފިކުރޭކިޔާ ލޭބަލް ކުރިޔަސް ވަރިހަމަ ޖިހާދު ކުރުމަކީ އިސްލާމްދީނުގެ ކުރިބޯށި އަހުރެންގެ ދުޢާތައް ވަނީ އިސްލާމީ މުޖާހިދުންނާއި އެކީ

    18
    8
  6. ޢަޙްމަދު

    އެހެންނަމަވެސް އެއްޗެކޭ ނުބުނަމެވެ. އޭނާގެ ވިސްނުންހުރި ގޮތުން އެއްޗެކޭ ބުނަން ބޭނުންނުވީއެވެ. އެ ހިސާބުން އަޅުގަނޑަށް ވިސްނުނީ އޭނާއަކީ ދީނީ ހަރުކަށި ފިކުރެއްގެ މީހެއްކަމެވެ. ޑޮޓް ފިކުރު ނޫންނަމަ އެސްއެސް (ސުޕަރ ސަލަފް) ނޫންނަމަ ޚަވާރިޖުން، ނޫންނަމަ ބުރަހަމީން ގެންގުޅޭ ފަދަ ފިކުރެއްގެ މީހެއްކަމެވެ. ތިމާ ނޫން އެހެން މީހުންނަކީ ކާފަރުންކަމުގައި ދެކޭ ޒާތުގެ މީހެއްކަމެވެ. އެހެންކަމަށްވުމުން އަޅުގަނޑު ބެލީ އިތުރު އެއްޗެކޭ ނުބުނެ އެ ތަނުން ދުރަށް ދެވޭތޯއެވެ.
    ——————————————————-
    މިތަނުގައި ( ސުޕަސަލަފު) މިއީ ކޮން ބައެއްތޯ އެވެ؟
    ނުބައި ނުލަފާ ހައްދުފަހަނަ އަޅާފައިވާ ޖަމިއްޔަތުއްސަލަފު ކަހަލަ ޖަމުޢިއްޔާ އެއްތޯ އެވެ؟

    14
    7
  7. މަޖުބޫރީހާލަތް

    މިމީހުން އަނެއްކާ ލަނީ ޖަނގިޔާ ކާފަ ރުން ހަދާފަ ހުންނަ ޖިންސް ފަޓުލޫނު ފައިވާން ކީއްވެތޯ ކަދު ރު ރުކު ފަނުން ފައިވާން ނުވިޔަނީ ފޭ ރާމައް ބޭނުން ނުކު ރަނީ

    14
    6
    • ހާލަތު

      އެމީހުން ލާ ޖަނގިޔާ ބަލަން ހެދީ ކިހިނެތްތަ؟

  8. ޢަޙްމަދު

    ފޮޓޯގައި ބަޒޫކާ ހިފާފަ އެހުރި މަދަޙަ ރަމީޒުތޯ؟

    11
    8
    • އަޒް

      ހީނުވޭ. ތުނބުޅި މާ ކުރު،

      3
      1
  9. ޖިންނި

    ވާނުވާއެއް ނޭނގި ތިބެ އަނގަތެޅުމުގެ ބަދަލުގައި އިސްލާމް ދީނުގެ ކުރިބޯށި ކަމުގައިވާ ޖިހާދާއި ބެހޭ ގޮތުން ދަސްކުރާށެވެ. ޖިހާދް ކިފާޔަތުގެ ފަރުޟުގެ ހާލަތާއި ޖިހާދު ޢައިނިއްޔަ ފަރުޟުގެ ހާލަތާއި އޭގެ ސަބަބުން އަންނަ ބަދަލުތައް ދެނެގަންނާށެވެ.
    ﷲ ސ.ވ. އަހަރެމެން މުނާފިޤުކަމުން ސަލާމަތް ކުރައްވާ ހެޔޮލަފާ ސާލިހުންގެ ތެރޭގައި ލައްވާނދޭވެ.
    آمين

    22
    2
  10. އަޙްމަދް

    އެހެންނަމަވެސް އެއްޗެކޭ ނުބުނަމެވެ. އޭނާގެ ވިސްނުންހުރި ގޮތުން އެއްޗެކޭ ބުނަން ބޭނުންނުވީއެވެ. އެ ހިސާބުން އަޅުގަނޑަށް ވިސްނުނީ އޭނާއަކީ ދީނީ ހަރުކަށި ފިކުރެއްގެ މީހެއްކަމެވެ. ޑޮޓް ފިކުރު ނޫންނަމަ “ޖަމިއްޔަތުލް ސަލަޑު”
    (ހައްދު ފަހަނަ އަޅާފައިވާ ޖަމިއްޔަތުއސަލަފު) ނޫންނަމަ ޚަވާރިޖުން، ނޫންނަމަ ބުރަހަމީން ގެންގުޅޭ ފަދަ ފިކުރެއްގެ މީހެއްކަމެވެ. ތިމާ ނޫން އެހެން މީހުންނަކީ ކާފަރުންކަމުގައި ދެކޭ ޒާތުގެ މީހެއްކަމެވެ. އެހެންކަމަށްވުމުން އަޅުގަނޑު ބެލީ އިތުރު އެއްޗެކޭ ނުބުނެ އެ ތަނުން ދުރަށް ދެވޭތޯއެވެ.

    3
    8
  11. މޮޔައެނޮނިމަސްރި

    ހީހީ ހަލާކު ހުވާ.މެދުމިނޭ؟؟؟؟؟؟

    3
    3
  12. ޮޯއަޖައިބު ވެއްޖެ

    އެންމެ ފަހަރަކުވެސް ސީރަތް އަޑުއެހިންތަ؟ އުމަރު ރ.އ. ހިޖުރަ ކުރެއްވީ ކިހިނެތްތޯ ބަލާލާން އާދޭސް ދަންނަވަން.
    ތިމާ އަނގައިން ނިކުންނަ، އަތުން ލިޔާ ކޮންމެ ބަހަކަށް، އަކުރަކަށް އެކައުންޓެބަލް ވާންޖެހޭކަން ދަންނާތި!

    10
    1
  13. ޝަބީން މަންމަ

    ޖޫސްބެ ވާނުވާ ވާނުވާ ވާހަ ކަ ނުލިޔެބަލަ

    1
    2
  14. މޫސަބެ

    ﷲ ގެ މަގުގައި ހުރިހައި އެއްޗެއް ދޫކޮށްލާފައި ނިކުންނަ މީހާއާ ދިމާލަށް 'މެއްސެކޭ' ބުނަން ލަދު ކޮބާ؟

    9
    2
  15. ލަކީ

    ނެތޭ އެއްޗެއް އެނގޭ އެންމެ މީހަކުވެސް ވަގުތު ނޫހުގައި. މިކަހަލަ ސޭކުން ލިޔާ ލިޔުން ޖަހާނީ. ދެން ޝާހްރުކްޚާން ގެ ފޮޓޯއެއް ޖެހީމަ އެ ނިމުނީ

  16. އަބޯ

    ހަގީގަތެއްނޫން ސޫރިޔާގެ ވެރިޔާ އަކީ ނަމާދު ކޮށް ރޯދަހިފާ މުސްލިމެއް އެފަދަމީހަކު ހަގީގަތް ބުނާފަދަ އަމުރެއްނުކުރާނެ.

    1
    6
    • ހަވާނަފްސް

      ސޫރިޔާގެ ރައީސް އަކީ ޝީއައީ އެއް. ފުރިހަމަ މުސްލިމުންނަކީ ސުންނަތް ޖަމާއަތުގެ މީހުން

  17. Anonymous

    ޢަހްމަދު ޝަބީން ކަލޭމެން މި މުޖުތަމައު ފިތުނަ ވެރިކުރަން ތިދައްކާ ކޮނމް ވާހަކައަކައް ޖަވާބުދާރީވާން ޖެހޭ ދުވަހެއް އެބަ އޮތް ކަން ހަނދާން ކުރުން މުހިންމު

    7
    3
  18. ރުކުކުރި

    ތިޔަހުރެގެން އެރެނީ މާ މައްޗަށް.... ނޭނގޭ ވާހަކަ ނުދައްކާ ހުރޭ. ދީނީ ފަތުވާ ދޭނީ ޢިލްމުވެރިން.