އަންތަރީސް ނުވާވަރެއްތޯއެވެ. މި ކުޑަކުޑަ ދިވެހިރާއްޖެއިން ފެންނަމުންދާ ކަންތައްތަކަކީ، އެހާ ވެސް ބޮޑެތި ކަންތައްތަކެވެ. އެއް ކަމެއް، ދެ ކަމެއް ނޫން އިނގޭތޯއެވެ. ދެންނެވުމުގެ ބޭނުމެއްނެތް ފަދައިން، ހުރިހާ ކަމެއް ވެސް އެހުރީ ދިމާއަށް ފެންނާށެވެ. އިސްލާމީ ޤައުމަކީތޯއެވެ. އާދެ! އިސްލާމީ ޤައުމެއްކަމަށްވާނަމަ، އެންމެ ފުރަތަމަ ކަމަކަށް އިސްލާމީ ޝަރީޢަތް ޤާއިމުކުރެވެން ވާނެއެވެ. މާތްﷲ ގެ ޝަރީޢަތާއި އެއްގޮތަށް ކަންކަން ގެންދެވެންވާނެއެވެ. ކުށްވެރިޔާއަށް ޙައްޤު އަދަބު ދެވެންވާނެއެވެ.

އެހެންނަމަވެސްތޯއެވެ. މިއަދަކީ، ޢިއްޒަތްތެރިންގެ ދުވަހެވެ. ވެރިންގެ ދުވަހެވެ. އެ ބޭފުޅުންގެ ކުރިފުޅުމަތީގައި މާތްﷲ ގެ ފޮތަކީ އެއްވެސް އެއްޗަކަށް ނުވެއެވެ. އަދި ކީއްތޯއެވެ. އެ ބޭފުޅުންގެ މުރާދު ހާސިލުކުރެއްވޭނެހައި ގޮތްގޮތަށް ޤާނޫނުތައް ބައްޓަންކުރައްވަމުން އެހެރަ ގެންދަވަނީއެވެ. ސިޔާސަތު ތަކޭ ވިދާޅުވެ، ރައްޔިތުން "ހަނާ" ކުރައްވަމުން، ޤައުމު ފަނާ ކުރައްވަމުން އެހެރަ ގެންދަވަނީއެވެ. އިންސާނީ ޙައްޤުތަކޭ ވިދާޅުވެ، މާތް ﷲ ޝަރީޢަތް، "މަނާ" ކުރައްވަމުން އެހެރަ ގެންދަވަނީއެވެ.

އާދެ! މިހާ ހިސާބުން، ޝެއިޚު ޙަމަދު ބުނު ޢަތީޤުގެ ބަސްފުޅަކަށް ނަޒަރެއް ދެއްވަމާ ހިންގަވާށެވެ. "މުސްލިމަކު އެކަމެއް ކުރުމުން މުރުތައްދުވާކަންތައް އެކަލޭގެފާނު ބަޔާންކުރެއްވިއެވެ. އޭގެތެރޭގައި ﷲތަޢާލާއާއި ޝިރުކުކުރުމާއި، މުޝްރިކުންގެ ދީނުގެ މައްޗަށް ކިޔަމަންތެރިކަމާއި އެއްބަސްވުން ފާޅުކުރުމާއި، އަދި މުޝްރިކުންނަކީ އެކުވެރި ރަޙްމަތްތެރިންތަކެއް ކަމުގައި ނެގުމާއި، މުޝްރިކުންގެ ކައިރި އެމީހުންގެ ޝިރުކުގެ މަޖްލިސްތަކުގައި އިންކާރުކުރުމެއް ނެތި އިށީންދެގެން ތިބުމާއި، ﷲ އަށް ނުވަތަ އެކަލާނގެ ފޮތަށް ނުވަތަ އެކަލާނގެ ރަސޫލާއަށް މަލާމާތްކުރުމާއި، އަދި ﷲ އަށް ގޮވާލެވި ދަޢުވަތުދެވި އެކަލާނގެ އާޔަތްތައް ކިޔެވި އަދި ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރުމަށް ގޮވާލެވޭހިނދު އެކަމަށް ނުރުހުންތެރިވެ ރުޅިވެރިކަން ފާޅުކުރުމާއި، ﷲ ތަޢާލާ އެކަލާނގެ ރަސޫލާގެ މައްޗަށް ބާވައިލެއްވި ފޮތާއި ޙިކުމަތަށް (ސުންނަތަށް) ނުރުހުންތެރިވުމާއި، ޤުރުއާނުގެ އާޔަތްތަކާއި އަދި ޙަދީޘްތައް އެކަމަށް ދަލީލުކޮށްދޭ ކަންތަކަށް އިޤުރާރުނުވުމާއި، އަދި އެކަމާއި ދެކޮޅަށް ޖަދަލުކުރުމާއި، ﷲގެ ފޮތުން ބަޔަކަށް -އެއީ އެންމެ އާޔަތަކަށް ވިޔަސް- އިންކާރުކުރުމާއި، ﷲގެ ދީން އުނގެނުމުން މޫނު އަނބުރާލާ ފުރަގަސްދީ އަދި އެކަމުން ޣާފިލުވެގަތުމާއި، ސިޙުރުހެދުމާއި، އަލުން ދިރުއްވުމަށް އިންކާރުކުރުން ހިމެނެއެވެ." ( ތަރުޖަމާ: ޢަބްދުއްރަޙީމް ބިން މުޙައްމަދު، ﷲ ބާވައިލެއްވި ގޮތަށް ޙުކުމްނުކުރުމާއި އަދި އެކަމުގެ ޙާލަތްތަކާއި އަދި ޙުކުމްތައް، ސ.253)

ދެން އެއަށްފަހު ވިދާޅުވިއެވެ. "...ސާދަވަނަ ކަންތައް: ﷲގެ ފޮތާއި އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތް ފިޔަވައި އެހެން އެއްޗަކަށް ޙުކުމް ހޯދަން ދިޔުމެވެ. އިބުނު ކަޘީރު ވިދާޅުވެފައިވެއެވެ. އެއީ ޖާހިލިއްޔަތުގެ އަހުލުވެރިން އެކަންތައްތަކަކުން ޙުކުމްކުރާ، އެމީހުންގެ ރައުޔުތަކާއި ހަވާނަފުސުތަކުގެ މައްޗަށް ހަދާފައިވާ މަގުފުރެދުންތަކާއި ޖާހިލުކަންތައްފަދަ ކަންކަމެވެ. އަދި ހަމަ އެފަދައިން، ތަތާރުންނަށް 'އަލްޔާސިޤް' ހަމަޖައްސައިދިން އެމީހުންގެ ރަސްގެފާނު ޖަންކީޒް ޚާން ކިބައިން ނެގިފައިވާ ސިޔާސަތުތަކަށް ތަތާރުން ޙުކުމްކުރާ ފަދައިންނެވެ.

(އަލްޔާސިޤަކީ) ޔަހޫދީދީނާއި ނަޞާރާދީނާއި އަދި އިސްލާމްދީނުގެ އެތަކެއް ޝަރުޢުތަކެއް ނަގައިގެން ޖަމަޢަކޮށް ހަދާފައިވާ ފޮތެކެވެ. އަދި އޭގައި (ޖަންކީޒް ޚާން) ގެ އަމިއްލަ ވިސްނުމަށާއި ހަވާނަފުސަށް ހަދާފައިވާ އެތަކެއް ޙުކުމްތަކެއްވެއެވެ...." ( ތަރުޖަމާ: ޢަބްދުއްރަޙީމް ބިން މުޙައްމަދު، ﷲ ބާވައިލެއްވި ގޮތަށް ޙުކުމްނުކުރުމާއި އަދި އެކަމުގެ ޙާލަތްތަކާއި އަދި ޙުކުމްތައް، ސ.255)

އިސްވެ ބަޔާންކުރި ސާދަ ކަންތަކުގެ ތެރެއިން ގިނަ ކަންތައްތައް، މި ޤައުމުން ނުފެނޭތޯއެވެ. އިސްލާމްދީނަށް ހަޖޫޖައްސަވައި، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާރަކުރައްވާ މަންޒަރު ނުފެނޭތޯއެވެ. ދޮންމީހުން އުޅޭ ގޮތަށް އުޅުމުން ސަލާމަތްވާނެއޭ، ވިދާޅުވާ ބޭފުޅުން ނުފެނޭތޯއެވެ. ޔަހޫދީންނާއި ނަޞާރާއިންގެ "ގޮނޑިކޮއްކޮ" އަކަށްވެވަޑައިގެން އުޅުއްވާ ބޭފުޅުން ނުފެނޭތޯއެވެ. އިންޑިއާގެ ބޮޑުވަޒީރަކަށް ހުންނެވި ނަރެންދުރަ މޯދީ ކިޔުއްވާހައި ލަވަޔަކަށް ޑާންސުކުރައްވަމުން ގެންދަވާ ބޭފުޅުން ނުފެނޭތޯއެވެ. އެހެންދީންތަކަށް ހިތްވަރުދީ ޓުވީޓުކުރި ސަހިންދާއޭ ކިޔުނު މީހާ ކޮބައިތޯއެވެ. ވަޙީ ބާވައިލައްވާކަމަށް ބުނި ޢާއިޝަތު ވެލެޒިނީ ކޮބައިތޯއެވެ. އިސްވެ މި ދެންނެވި އެކަކަށް ވެސް، އިސްލާމީ ޝަރީޢަތުގައި އޮތް އަދަބު ދެވުނުތޯއެވެ. އާދޭހެވެ. އެ ފަދަ ޢިއްޒަތްތެރީނަކީ "ކުށް" ކުރައްވާ ބޭފުޅުންނެއްނޫނެވެ. އަދި ކިއެއްތަ، އެ ޒާތުގެ ކަންތައްތަކަކީ ބައްޔެކޯލައެވެ. އެއްވެސް ޝައްކެއް ނެތެވެ. އެ ބައްޔަށް ކިޔަނީ ކުފުރު ބައްޔެވެ.

އާދެ ! މިހާ ހިސާބުން، ޝަރުޢާއި ސިޔާސަތުގެ ބަހަވީ މާނައަކީ ކޮބައިތޯ ބައްލަވައިލަމާ ހިންގަވާށެވެ. އަލްމަޤްރީޒީ ޒިކުރުކުރައްވައިފައިވާ ގޮތުގައި ސިޔާސަތު ދެބަޔަކަށް ބެހިގެންވެއެވެ. އެއްބާވަތަކީ އައްސިޔާސަތުލް ޢާދިލާ" (ޢަދުލުވެރި ސިޔާސަތު) އެވެ. މިއީ ޝަރުޢީ ސިޔާސަތެވެ. ދެވަނަ ބާވަތަކީ، "އައްސިޔާސަތުލް ޡުލްމާ" (އަނިޔާވެރި ސިޔާސަތު) އެވެ. މިއީ ޝަރީޢަތް ޙަރާމްކޮށްފައިވާ ސިޔާސަތެވެ. އިސްވެ މި ދެންނެވި ދެ ކަލިމައިގެ އަސްލަށް އަލިއަޅުވައިލައްވަމުން އަލްމަޤްރީޒީ ވިދާޅުވެފައިވެއެވެ. "...އަހަރުމެންގެ ޒަމާނުގެ މީހުން މިކަމުގައި ދައްކަނީ ރަނގަޅު ވާހަކަތަކެއް ނޫނެވެ. ފަހެ

އެއީ ފިޢުލިއްޔާ ކަލިމައެކެވެ. އޭގެ އަސްލަކީ ޔާސާއެވެ. ދެންފަހެ މިޞްރުމީހުން އެކަލިމަ ބަދަލުކޮށްލިއެވެ. އެމީހުން އެކަލިމައިގެ ކުރިއަށް ސީނެއް އިތުރުކުރިއެވެ. އަދި އެމީހުން ސިޔާސަތު އޭ ކިއެވެ. އަދި އެބައިމީހުން އެކަލިމައިގެ ފެށުމަށް އަލިފު ލާމު އިތުރުކުރިއެވެ. ދެންފަހެ އެކަމުގެ ޙަޤީޤަތް ނޭނގޭމީހުން އެއީ ޢަރަބި ކަލިމައެއްކަމުގައި ހީކުރިއެވެ. އަހުރެން ތިބާގެ ކައިރީގައި މިބުނި ގޮތަށް މެނުވީ މިކަމެއް ހިނގައިފައި ނެތެވެ.

ދެންފަހެ މިކަލިމަ އުފެދުނުގޮތާއި މިޞްރާއި ޝާމާއި ހަމައަށް މިކަލިމަ މަޝްހޫރުވެ ގޮސްފައިވާ ގޮތް އަޑުއަހާށެވެ. މިކަން ހިނގައިދިޔައީ އިރުމަތީ ބިންތަކުގައި ތަތާރުންގެ ދައުލަތް ޤާއިމްކޮށްގެންހުރި ޖަންކީޒް ޚާން، ރަސްގެފާނު އަވްނުކް ޚާންގެ މައްޗަށް ގަދަވެގަނެ އަދި އޭނާއަށް ދައުލަތެއް ޤާއިމްވިހިނދު، ޔާސާގެ ނަމުން ނަންދިން ފޮތެއްގައި ޤަވާއިދުތަކަކާއި ޢުޤޫބާތްތަކެއް ކަނޑައަޅާ ޘާބިތުކުރިއެވެ. އަދި މީސްތަކުންގެ ތެރެއިން ބަޔަކު އެއަށް ޔަސަޤޭ ވެސް ކިޔައެވެ. އެނަމުގެ އަސްލަކީ ޔާސާއެވެ. ދެން އޭނާއަށް އެފޮތް ލިޔެ ފުރިހަމަވުމުން، އެފޮތް ދަގަނޑު ފަށަލައެއްގައި ކަނޑާނަގާ ލިޔުނެވެ. އަދި އޭނާގެ ޤައުމުގެ މީހުންނަށް ޝަރީޢަތެއްގެ ގޮތުގައި އޭތި ހެދިއެވެ......." (ތަރުޖަމާ: ޢަބްދުއްރަޙީމް ބިން މުޙައްމަދު، ﷲ ބާވައިލެއްވި ގޮތަށް ޙުކުމްނުކުރުމާއި އަދި އެކަމުގެ ޙާލަތްތަކާއި އަދި ޙުކުމްތައް، ސ.348)

އިސްވެ މި ބަޔާންކުރި ވާހަކަތަކަށް ބަލާއިރު، މި ޤައުމުގައި މިއޮތީ، ޖަންކީޒް ޚާންގެ "އަލްޔަސަޤް" ފަދަ ޤާނޫނު އަސާސީއެކެވެ. އެ ފަދަ ޤާނޫނުއަސާސީއެކޭ މި ދަންނަވަނީ ސަބަބުތަކެއްނެތިއެއް ނޫނެވެ. އާދޭހެވެ. އަނިޔާވެރި ސިޔާސަތުތަކެކެވެ. ސިޔާސަތުތައް އައިސް ޤައުމުގެ ސިޔާދަތު ނަގައިލައިފިއެވެ. އިސްލާމީ ޝަރީޢަތް މިވަނީ "ސަޓަނިގަނޑެއް" ހެން މޮޑެލައިފައެވެ. އެހެން ޢިބާރާތަކުން ދަންނަވަނީނަމަ، ﷲ ގެ ޙުކުމްފުޅުތަކުގެ ތެރެއަށް، އިތުރު ޙުކުމްތަކެއް މަސްހުނިކޮށްފިއެވެ. މާތް ﷲ ގެ ފޮތުގައި އަންގަވައިފައިވާ ގޮތުގައި، ބިމުގައި ފިތުނަފަސާދަ އުފައްދާ މީހުންގެ ޖަޒާއަކީ އަތްފައިކަނޑާފައި ޞަލީބަށް އެރުވުމެވެ. ޙައްޤަކާއިނުލައި އިންސާނަކު ޤަތުލުކުރާ ޤާތިލުގެ ޖަޒާއަކީ މަރެވެ. ވައްކަންކުރާ މީހާގެ ޖަޒާއަކީ އަތްކެނޑުމެވެ. ޣައިރު މުޙުސަނަކު ޒިނޭކޮށްފިނަމަ 100 އެތިފަހަރުން ތަޢުޒީރުކުރުމެވެ. މުޙުސަނަކު ޒިނޭކޮށްފިނަމަ ރަޖަމުކުރުމެވެ.

އެހެންނަމަވެސްތޯއެވެ. މިއިން ޙުކުމެއް ތަންފީޒުކުރެވުނީ ކޮންއިރަކުތޯއެވެ. 3 ނޮވެންބަރު 1988 ގައި މި ޤައުމުގެ އަމަންއަމާންކަން ގެއްލުވައިލާ، ކުށެއްނެތް އޮނަވިހި "ފުރާނަ" ދުއްވައިލި ޤާތިލުން ކޮބައިތޯއެވެ. އެ ބާޣީންގެ ތެރޭގައިވި ހެންވޭރު ހާޖަރާގޭ ލުޠުފީ ކޮބައިތޯއެވެ. ޑޮކުޓަރު އަފުރާޝީމުގެ ޤާތިލުން ކޮބައިތޯއެވެ. ނޫސްވެރިޔާ އަޙްމަދު ރިޟުވާނު ޢަބްދުﷲ ގެ ޤާތިލުން ކޮބައިތޯއެވެ. 18 ޖެނުއަރީ 2015 ވަނައަހަރު ނިޔާވެފައިވާ، ތުއްތުތުއްތު މުޙައްމަދު އިބްތިޙާލުގެ ޤާތިލާ ކޮބައިތޯއެވެ. މިނޫނަސް މިފަދަމިފަދަ އެތައް ފުރާނައެއް ދުއްވައިލި ޤާތިލުން ކޮބައިތޯއެވެ. އިސްވެ މި ދެންނެވި ޤާތިލުންނަށް މަރުގެ އަދަބު ތަންފީޒުކުރެވުނުތޯއެވެ.

ދަންނައެވެ! ކުށެއްކޮށްފިނަމަ ކޮންމެ މީހަކަށް ވެސް ޙައްޤު އަދަބުދެވެންވާނެއެވެ. އެއްވެސް ފަންތިއެއް، ގިންތީއެއް، މިންތިއެއް މިއިން އިސްތިސްނާވެގެން ނުވާނެއެވެ. މިއަދު މަޖަލުގައި ތިއްބެވިޔަސް، އަޖަލު އައުމުން ކުރެވޭނެކަމެއް އޮންނާނެތޯއެވެ. މިއަދު އިސްލާމީ ޝަރީޢަތް ޤާއިމު ނުކުރެއްވިކަމުގައިވީ ނަމަވެސް، މާދަމާ ފިއްލަވާން ވަޑައިގަންނަވާނީ ކޮންތަނަކަށްތޯއެވެ. ވެރީންނޭވެ! ތިޔަ މޮޑުއްވަމުން ގެންދަވާ "ސަޓަނިގަނޑު" ހަޖަމުނުކުރެއްވޭނެ ދުވަހެއް އަންނާނެއެވެ. އަދި ކީއްތޯއެވެ! އިސްލާމީ ޝަރީޢަތް ޤާއިމު ނުކުރެވޭހާ ހިނދަކު މި ޤައުމަކަށް އަމާންކަމެއްނެތެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އަލީ އާދަމް

    ޔާމީންއަކީވެސްއަތްކަނޑާވަރުގެވަގެކެވެ.އެކަންވަނީޝަރީޢަތަށްސާބިތުވެފައެވެ.މާތް ﷲ ގެ ފޮތުގައި އަންގަވައިފައިވާ ގޮތަށްއިސްލާމީ ޝަރީޢަތް ޤާއިމުކުރޭ

    10
    43
    • ރަސީދު

      އޭ ތަންދޮރު ނޭނގި ހުރިއިންސާނާއެވެ. ﷲ ގެ ކުޅަދުންވަންތަ ކަން ހަނދުމަ ކުރާހާލު ވިސްނާށެވެ، ފައިސާހުރީ ޔާމީނުގެ އަތުގަތޯ ކުރިޝަރީއަތުން ނުވިސްނޭމީހަކީ ހަމަ އެއްކަލަ ނިދާބޭސް ބޭނުން ކުރާމީހަކަށް ނޫނީ ނުވާނެ އެވެ.

      19
      3
  2. ބާކޮލި

    އަހަރެމެން މުސްލިމުންގެ އަޤީދާ ހަމަ ބަލިކަށީ. ރަނގަޅުކުރަންވީ އެކަން. 1 ދުވަހު އަޑު އުފުލަފާނެ. ދެން އެކަން އެ ނިމުނީ. ދެން ނުވާކަމެއްފަދަ. ފިޔަވަޅު އެޅުންތޯ ނާޅާތޯވެސް ފަހުން ބަލައެއް ނުލާ. ދީނީ ދަރުސްދެއްވަން ތިބި އިލްމުވެރިންގެ ކިބައިންވެސް ފެނިގެންދަނީ މި ބުނި ބީދައިން ކަންކަން ވަމުންދާތަން

    28
    1
  3. އިބުރާހީމް

    އޭ ކަލޭގެ އަށް ތިޔަހީވަނީ މިލިޔުމުގައި ބަޔާން އެކުރަނީ ކެނެރީގޭ އަންނިވާހަކަ ކަމަށްދޯޢެ. ހަމަ ތިޔަހީވީ ރަގަޅަށް. މިޤައުމުގައި އިސްލާމްދީނާއި ދެކޮޅުމީހަކީ އަންނި. ސިރުކުގެ ދައުވާ އާއްލުކުރާ ސައިތާނަކީވެސް އެއީ. ޔާމީންގެ މައްޗަށް ކުށްސާބިތުކުރީ ޣާޒީންނަށް ބިރުދައްކައިގެން.

    21
    3
  4. ހެހެހެ

    ސާބުތެއްނުވެއެވެ. ޢަނިޔާވެރިވީ

    7
    2
  5. ނަރެލް

    އިސްލާމީޝަރީއަތް ގާއިމްކުރަން ސަރުކާރުނުކުޅެދުންތެރިވަނީީ ނަޝީދު މާބޮޑަށް ކާފަރުންނާ ގާތްވީމަޔޯ ސުވާލަކީ ނިމިދިޔަ ދައުރު އިސްލާމީ ޝަރީއްތް މިގައުމުގަ ގާއިމްނުވީ ކީއްވެހޭ އެތައް ގާނޫނެއް ބަދަލުކޮށް ހެދިއިރު އެކަންކުރުމުގެ ބާރު އޮވެ އެކަންނުކުރީ ކީއްވެހޭ ލާދީނީމީހުންނަށް ހުކުންކޮށް ޖަލަށްލާފަ ދީނަށްޓަކާ ކުރެވުނި ކޮންކަމެއްހޭ ތިޔަ ސަޓަނިގަނޑު އޭރުވެސް މޮޑެވުނި ހަމަ ތިގޮތަށް

    9
    6
  6. ޢއ

    ޒިނޭކުރުމާއި މަސްތުވާތަކެތި ބޭނުންކުރުމާއި ޝަރުޢީ ހައްދުތަކުގެ ބަދަލުގައި އެހެނިހެން އުގޫބާތްތައް ކަނޑއެޅުން ހުއްދަ ކުރުމާއި އިސްލާމީ ޝަރީއަތް ގާއިމް ނުކުރުމާއި ﷲ ސުބުޙާނަހޫ ވަތަޢާލާ ޝަރުޢު ނުކުރައްވާކަމެއް ޝަރުޢު ކުރުންފަދަ އެންމެހައި ކަންތައް ހަރާމް ކަމުގައި އިސްލާމީ އުންމަތުގެ ޢިލްމުވެރިން ވަނީ އިޖްމާޢުވެފައެވެ. ޝައްކެއްނެތްގަތުގައި ރުހިގެންހުރެކުރާ އެފަދަ ކޮންމެ އަމަލަކީ ކުފުރުގެ އަމަލެކެވެ. މުސްލިމް ވެރިއަކު އެފަދަ އަމަލެއްކޮށް މުރުތައްދުވެއްޖެނަމަ އެމީހަކާ ދެކޮޅުވެރި ވުމަކީ ވާޖިބުކަމެކެވެ.

    8
    2
  7. ކކކކކކކ

    ވަރަށް ފުރިހަމަ ލިއުމެއް.

    9
    1
  8. ޢަލީ އާދަމް

    ޢަލީ އާދަމް އަކީ ދޫ ކަނޑަން ޖެހޭ މީހެކެވެ. އެހެނީ ޝަރީއަތުގެ ހުކުމުގައި ނުވާކަމެއްގެ ވާހަކަ ވާކަމަށް ހަދައިގެން ދޮގު ބުހުތާނު ވާހަކަ ދައްކާތީ އެވެ

  9. އ. ޖ. އ

    ކީއްވެތޯއޭ ޙަލާލު ކުލަބް ޕްރޮމޯޓް ކޮއްދެނީ