ނިމިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު މާލޭ ހެންވޭރުގެ އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއެއްގައި ވަނީ އެތައް ގެއެއް އަނދައި، އެތައް ބައެއްގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެދުވަހުގެ އަލިފާނުގެ ހާދިސާގައި އަނދައިގެން ދިޔަ އަގުބޮޑު ދިރިއުޅުމަށް ކޮށްފައިވާ ހުރިހާ މަސައްކަތަކުން އިމާރާތްކޮށްފައިވާ ގެތައް އަނދައިގެން ގޮސް، އެގެތަކުގެ ވެރިން ވަނީ އިނދަ ޖެހިފައެވެ. އާންމުކޮށް ގެދޮރު އިމާރާތްކުރަމުން ދަނީ ލޯނު ނަގައިގެން ކަމުން އަބަދަށް ފެހި މަގުގައި އެނދި ގިނަ ގޭގެ އަކީވެސް އެފަދައިން ލޯނު ނަގައިގެން އިމާރާތް ކޮށްފައިވާ ތަންތަނެވެ.

އެ ހާދިސާ އަށް ފަހު އެފަރާތްތަކުގެ ދިރިއުޅުމަށް ވަނީ ފޫނުބެއްދޭވަރުގެ ލޮޅުމެއް އައިސްފައެވެ. އެ ހުޅުގެ ސަބަބުން ގެއްލުނު މުދަލެއް އަދި ފައިސާއެއް އަނބުރައި ނުލިބުނު ނަމަވެސް އެފަރާތްތަކުން އުންމީދުކޮށްގެން ތިބީ ސަރުކާރުން އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އެހެން ނަމަވެސް މިހާރު މިވަނީ އެކަން ހިނގި ދުވަހު، އެފަރާތްތަކުން އުޅެނީ ހަމަޖެހޭ ދިރިއުޅުމެއް ކަމަށް ވިދާޅުވެ، އަދި އެފަރާތްތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ވެވަޑައިގަތް "ފޮނި ވައުދުފުޅު" ފެއިލެވެގެންދިޔަ މަންޒަރެވެ.

އެ ހާދިސާގައި ހާލުގައި ޖެހި މުޅި ދިރިއުޅުން ބިކަވެގެން ދިޔަ ފަރާތަކުން މިއަދު ވަނީ "ވަގުތު" އަށް އެއާއިލާ މިހާރު އުޅެމުންދާ ހާލު އޮޅުންފިލުވައިދީފައެވެ.

ހެންވޭރުގައި ރޯވި އަލިފާން - ހާދިސާގައި އިމާރާތްތަކާއި ތަކެއްޗައް ލިބުނު ގެއްލުންތައް - ވަގުތު އިމޭޖެސް: މުހައްމަދު ހައްޔާން

"ވަގުތު" އަށް މައުލޫމާދު ދެމުން އެ އާއިލާއިން ވާހަކަދެއްކި މީހަކު ބުނެފައި ވަނީ އެތައް މަސައްކަތެއް ކޮށްގެން ހަމައެކަނި މިހާތަނަށް ލިބިފައިވަނީ ގާކޮށިން "ބާ އެޕާޓްމެންޓަކާއި" މިދިޔަ މަހުގެ މެދަކާއި ހަމަޔަކަށް އާއިލާގެ ކޮންމެ ބޮލަކަށް 200 ރުފިޔާ ކަމަށެވެ.

އަލިފާން ރޯވުމުގެ ކުރިން އެއާއިލާއިން އުޅެމުން ދިޔައީ އަމިއްލަ ގެއެއްގައި ކަމަށް އޭނާ ބުންޏެވެ. އަދި އެ މީހުން އުޅެމުން ދިޔައީ ހަމަޖެހޭ ފުދުންތެރި ދިރިއުޅުމެއް ކަމަށް އޭނާ ބުންޏެވެ.

"އަހަރުމެން ގެ ހަދާފައި ވާނީ ބޮޑު ލޯނެއް ނަގައިގެން. ލޯނު ދައްކަމުން މިދަނީ ގެ ކުއްޔަށް ދީގެން ލިބޭ އާމްދަނީ އިން. އަހަރުމެންނަށް ލިބޭ ހަމަޖެހިލައިގެން ފުދުންތެރި ދިރިއުޅުމެއް އުޅެވޭ ވަރުގެ އާމްދަނީއެއް. އެހެން ނަމަވެސް، ބައެއްގެ އިހުމާލުން ހިނގާފައިވާ ހާދިސާއެއްގެ ސަބަބުން މިވަނީ މުޅި ދިރިއުޅުމަށް ކުރަމުން ދިޔަ ހުރިހާ ކަމެއް ވެއްޔާއި މޮޑެވިފައި" އެއާއިލާން ވާހަކަދެއްކި ފާރާތުން ބުންޏެވެ.

މި ހާދިސާ އަށްފަހު ރައީސް އިބްރާޙިމް މުހައްމަދު ސާލިހު ބޭރަށް ފުރައިވަޑައިގަންނަމުން އެއާޕޯޓުގައި ހުންނަވައިގެން ހާދިސާގައި ގެއްލުންވި ފަރާތްތަކަށް އެހީތެރިވުމަށް އެއްވެސް ފަންޑެެއްވެސް ނުހުޅުވާނެ ކަމަށާއި، އަދި އެމީހުންނަށް ހަރަދުކޮށް އާންމު ދިރިއުޅުމެއް ހޯދައިދޭނީ ސަރުކާރުގެ ބަޖެޓުން ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅުތައް އަޑު އެހުމަށްފަހު އާ އުންމީދެއް ލިބިގެން ދިޔަ ކަމަށް އެއާއިލާއިން ބުންޏެވެ. އެހިސާބުން އާންމު ދިިރިއުޅުމެއް ހޯދައިދޭނެ ކަމަށް ވިދާޅުވީ ގައުމުގެ މަތީވެރިޔާ ކަމުން އެމަނިކުފާނަށް ހިތުގެ އަޑިން އުންމީދު ކޮށްފައި ވާނޭ ކަމަށް އެއާއިލާއިން ބުންޏެވެ.

ހެންވޭރުގައި ރޯވި އަލިފާން - ހާދިސާގައި އިމާރާތްތަކާއި ތަކެއްޗައް ލިބުނު ގެއްލުންތައް - ވަގުތު އިމޭޖެސް: މުހައްމަދު ހައްޔާން

"އެހާދިސާ ހިނގުމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޭރަށް ފުރާ ވަޑައިގަންނަވަމުން އެއާޕޯޓުގައި ހުންނަވައިގެން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަޅުގަނޑުމެންނަށް ކުރީގެ ދިރިއުޅުން ހޯދައިދޭނަމޭ. އަހަރުމެން ކުރި ހުރިހާ މަސައްކަތެއް ގައުމުގެ އެންމެ މަތީ ވެރިޔާގެ އަތްމައްވަށް ދޫކޮށްލައިގެން ތިބީ ވަރަށް އިތުބާރުކޮށްގެން" އެއާއިލާން ބުންޏެވެ.

އަދި އެއަށް ފަހު ރައީސް ސޯލިހާއި ބައްދަލުކުރުމުންވެސް އެމަނިކުފާނު ވިދާޅުވީ އުންމީދީ ވާހަކައެއް ކަމަށެވެ.

"ދެން އޭގެ ދުވަސްކޮޅެއް ފަހުން ރައީސް ބައްދަލުކޮށްފަ ވިދާޅުވީ ލިވިން އެލަވަންސެއްވެސް ދޭނަމޭ. ވީ ހުރިހާ ގެއްލުމެއްވެސް އާންމު ހާލަތަށް އާދެވެންދެން އެހީވާނަމޭ" އޭނާ ކިޔައިދިނެވެ.

އޭގެ ގާތްގަނޑަކަށް ހަފްތާއެއް ފަހުން ރައީސް އޮފީހުން ދެމީހަކު ބައްދަލުކޮށްފައި އަންގާފައި ވަނީ ލިވިން އެލަވަންސެއް ނުދޭނެ ކަަމަށާއި، އަދި އެފަދަ އެހީތެރިކަމެއް ދެވެން ނެތްކަމަށް ކަމަށް އޭނާ ބުންޏެވެ. އަދި އެބައްދަލުވުމުގައި ރައީސް ލިވިން އެލަވަންސަކާއި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވިދާޅުވި ކަމަށް ބުނުމުން ރައީސް އޮފީހުން ބައްދަލުކުރި މީހުން ބުނެފައި ވަނީ "ރައީސް އެހެން ވިދާޅުވިއަސް އެކަން މިކޮޅަށް އަންގާފައި ނުވަންޏަކާ ނުވާނެ" މިހެން ކަމަށް އޭނާ ބުންޏެވެ.

އޭގެ ފަހުން ދައުލަތުން އެއްވެސް އެހީތެރިކަމެއް ލިބިދާނެ ކަމަށް ކޮށްފައިވާ އުންމީދުތައް ގެއްލުނު ކަމަށް އެފަރާތުން ވަނީ މައުލޫމާތު ދިނެވެ.

ހެންވޭރުގައި ރޯވި އަލިފާން - ހާދިސާގައި އިމާރާތްތަކާއި ތަކެއްޗައް ލިބުނު ގެއްލުންތައް - ވަގުތު އިމޭޖެސް: މުހައްމަދު ހައްޔާން

"އެހާ ހިސާބުން އޮތީ އަލުގަނޑުމެންގެ އަށް ފަންގިފިލާގެ އުސް އިމާރާތުގެ އެސެސްމެންޓު ނިމިފައި. އެސެސްމެންޓުގައި ބޮޑު އަކުރުން ޖަހާފައި އޮތީ ފުލީ ލޮސް ކަމަށް. އޭގެ މާނައަކީ ދެން އެތަނުގެ އެއްވެސް ބޭނުމެއް ނުހިފޭނެެއެއް ނޫންތޯ" އޭނާ ކިޔައިދިނެވެ.

އެސެސްމެންޓުގައި އެހެން އޮތުމުން އެންމެ ފުރަތަމަ ޕްލޭނިން މިނިސްޓްރީ އިން ބުނެފައި ވަނީ އެތަނުގައި އުޅުން ރައްކާތެރި ނޫން ކަމަށާއި އެހެން ނަމަވެސް ޕްލޭނިން މިނިސްޓްރީ އިން ފޮނުވި އިންޖީނިއަރުން ފަހުން އަންގާފައި ވަނީ އެތަން މަރާމާތުކޮށްގެން އުޅުމަށް ކަމަށް އެއާއިލާއިން ވާހަކަދެއްކި ފަރާތުން ބުންޏެވެ.

"ޕްލޭނިން މިނިސްޓްރީ އިން މިހެން އެންގުމުން އަޅުގަނޑުމެންވެސް ކަމާބެހޭ މާހިރުންނާ ވާހަކަ ދެއްކިން. އެމީހުން ބުނަނީ މިހާރު އެތަން ހުރެދާނެއޭ އެގޮތަށް. އެކަމަކު އެތަނުން ގަލާއި ސިމެންތި ފައިބަން ފަށާނެއޭ މީގެ ހަަތަރު ވަރަކަށް އަހަރު ފަހުން" އޭނާ ބުންޏެވެ.

ދެން ފަންޑު ހުޅުވައިގެން ލިބުނު ފައިސާތައް ސަރުކާރުން ބަހާލި ކަމަށާއި، ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން ފައިސާ ނެގުމަށް ބިލެއް ދިން ނަމަވެސް އެއަށް ފައިސާ ލިބިފައި ނުވާކަމަށް އެފަރާތުން މައުލޫމާތު ދިނެވެ.

މިހާރު އެއާއިލާއިން ތިބީ ހަދާނެ އެއްވެސް ގޮތެއް ނެތި ގޮތް ހުސްވެފައި ކަމަށާއި، ހަމައެކަނި ކުރެވެން އޮންނަ ކަމަކީ، ސަރުކާރުގެ އިދާރާތަކަށް ސިޓީތައް ފޮނުވުމާއި، އެތަންތަނަށް ބައްދަލުވުންތަކަށް ދިއުން ކަމަށް އޭނާ ބުންޏެވެ. ބައްދަލު ވުމަކަށް ދިޔަސް ގިނަ ފަރާތްތަކުން ބުނަމުން ދަނީ މި ހާދިސާ ހިނގި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެއިދާރާ އަކުން ކުރެވޭނެ ކަމެއް ނެތް ކަމަށް ކަމަށް އޭނާ ފާހަގަ ކުރިއެވެ.

"މީގެ ކުރިން ކޮއްތު ފައިސާގެ ގޮތުގައި ދިން ލާރިވެސް މިހާރު ކަނޑާލައިފި. އަޅުގަނޑުމެންނަކަށް ނެތް މިހާރު އެއްވެސް ގޮތެއް. އެއްވެސް ފައިސާއެއް ލިބޭނެ ކޮޅެއް ނެތް، ސަރުކާރުން ލިބުނު ގެއްލުމަށް ދޭން ބުނި ފައިސާވެސް ނުދިން. އަޅުގަނޑުމެންނަކީ އެހާ މުއްސަނދިން ނޫނީ ސިޔާސީ މީހުންނަށް ނުވީމަކަންނޭގެ މިހެން މި ކަންތައް ކުރަނީ. ގައިމު ސަރުކާރުގެ އިސް ވެރިއެއް ނަމަ މިހާލުގައެއް ނުތަޅުވާނެ" އޭނާ ހިއްސާކުރިއެވެ.

ހެންވޭރުގައި ރޯވި އަލިފާން - ހާދިސާގައި އިމާރާތްތަކާއި ތަކެއްޗައް ލިބުނު ގެއްލުންތައް - ވަގުތު އިމޭޖެސް: މުހައްމަދު ހައްޔާން

ފޮނި ވާހަކަތަކެއް ދައްކާފައި މި ކުރިހާ ކަމަކުން ސަރުކާރުން "އަތް ދޮވެލި" ކަމަށާއި ހަތަރު މަހަށް އެޅުމުން ސަރުކާރުން އެ އަންގަނީ ގެވެސް ނަހަދައިދެވޭނެ ކަމަށްއެމީހާ ބުންޏެވެ. އަދި މިހާރު އާއިލާތަކަށް ދޭން އޮތް ފައިސާތައްވެސް ދީ ނިމިފައިވާ ކަމަށް ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.

ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ ހާދިސާ ހިނގި އިރު ސަރުކާރުގައި އެއްވެސް އާއިލާއަކަށް އެހީތެރިކަންދޭނެ ފައިސާއެއް ނެތެވެ.

މީގެ ކުރިން "ވަގުތު" އަށް މައުލޫމާތު ދެމުން މާލޭގެ ރައްވެހިންގެ ތެރޭގައި ނުހިމެނޭ ކުއްޔަށް އުޅުނު ބަޔަކު ބުނެފައި ވަނީ އެމީހުން ކުރި ހުރިހާ މަސައްކަތުންވެސް ގެއެއް ހިފުމަށް ސަރުކާރުން ދޭނެ ކަމަށް ބުނި އެޑްވާންސް ފައިސާވެސް ލިބިފައި ނުވާކަމަށެވެ.

އެހެން ނަމަވެސް އެންޑީއެމް އިން ބުނަމުންދަނީ އެ ހާދިސާގައި ގެއްލުންވި އެންމެންނަށް ފުރިހަމަ އެހީތެރިކަން ފޯރުކޮށްދެވިފައި ވާކަމަށެވެ.

ހ.ތިމާވެށި ގޭގައި ހުރި ގުދަނެއްގައި އެރޭ ރޯވެ ހިނގާދިޔަ ބޮޑު އަލިފާނުގެ ހާދިސާގައި ހަ ގުދަނަކާއި، ހަ ގެއެއް ބޭނުން ނުކުރެވޭ ވަރަށް ގެއްލުންވެފައި ވެއެވެ. އަދި އެ ހާދިސާގައި އެކަކު ވަނީ ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. ައެން

    އެހެންވީމާ މާލޭމީހުން މިއުޅެނީ ކުއްޔަޢްބަރޯސާވެގެންތާދޯ. މިބުނަނީ އަލިފާނުގެ ހާދިސާއިން ވީ ގެއްލުމަށް އެހީނުވާށޭކޭނޫން. އެކަމަކު އިމޭޖިން މާލޭމީހުންނަޢްކުލިނުލިބޭނަމަ އެޅެންޖެހޭނެހާލު.

    74
    11
  2. ޙިޔަލަ

    މިސަރުކާރުން ތިކަމަށް އުއަމީދު ނުކުރޭ އަދި މިއުޅެނި ސުނާމީގެ ވެއްޓުނު ގެ އަކަށް ސަރުކާރުން ދޭންއެއްބަސްވި ފައިސާވެސް ނުދީގެން

    38
    4
  3. Anonymous

    ނުވާނެ އެހެނެއް. މުޅި ސަރުކާރު ހުސްކުރީ ތިޔަ ހާލުގައިޖެހުނުމީހުނަށް ހަރަދުކޮށްކޮށް!!

    22
    28
    • ނޯއެނޯނީމަސް

      އެއްވެސް ސަރުކާރަކުންނެއް ހާލުގައި ޖެހިފައިވާބަޔަކަށް އެކަށީގެންވާވަރަށް އެހީވެފައެއް ނުވޭ. އެހީގެ އެންމެ ކުޑަމިންވަރުވެސް ދީފައިވަނީ ނިމިދިޔަ ސަރުކާރުން. ނިމިދިޔަ ސަރުކާރުންވެސް އެހީދޭން ބޭނުންވާވަރަށް އެހީނުވެވުނީ އެމްޑީޕީއިން މަޖްލިސް ހިސާރުކޮށްފައި ބިލްތައް ލަސްކުރުމުން. އެމްޑީޕީ ސަރުކާރުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ވުރެ މުހިންމީ އެކްޓިވިސްޓުންނަށް އެހީވެ އެބައިގަނޑަށް ހަރަދުކުރުން. އެމްޑީޕީއާއި ޖޭޕީއާއި މައުމޫނުގެ ޕާޓީގެ ބާރު މިގައުމުގައި އޮތްހާހިނދަކު ނުވާނެ އެއްވެސް ކަމެއް. އުންމީދު ކުރާނެކަމެއްވެސް ނެތް. ސަލާންޖެހުންނޫން ކަމެއް ނޯންނާނެ.

      26
      4
    • ނޫހު

      އެހެންތަ. ކަލޭތަ ލާރި ބބބދިނީ

      3
      4
  4. ބޯކިބާ

    ތިޔައީ ގުދުރަތީ ކާރިސާއެއްނޫނޭ. ތިޔައީ ވިޔަފާރީގެ މައްސަލައެކޭ. އެއްވިޔަފާރީގެ އިހުމާލުން 200 ބެޑުގެ ގެސްޓްހައުސްއެއް އަނދައިގެންދިއުންކަހަލަކަމެއްކަމަށް ނޫންތޯ ތިބުނަނީ. ދެން ގެސްޓްހައުސްގެ އޯނަރުޖެހޭނީ އަނެއްވިޔަފާރިއަތުން ބަދަލުލިބޭތޯ ކޯޓަށްދާން. ރިސޯޓުތައްވެސް އެބަހުރި އަނދާފަ، ސަރުކާރުންތޯ އެތަން ހަދާދޭންޖެހެނީ.

    37
    7
    • ލޫތު

      ރިސޯޓް ތައް ހިންގަނީ ބޭރު ފަރާތްތަކުގެ ހިއްސާ އާއެކު. އެނދީ ދިވެހި އާންމު ރައްޔިތުންގެ ގެދޮރު. ވީމާ އެއްގޮތެއް ނުވާނެ

      2
      9
      • ބޯކިބާ

        200 ނުވަތަ 300 މީހުން ކުލިދައްކައިގެންއުޅޭ ކޮޓަރިތަައް ހުންނަ އިމާރާތްތަކަށް ކިޔަނީ ހޮޓަލެއް ނޫންތަ؟

  5. އެޑްވަޑް ބާމުންޑޭ.

    ގާކޮށްޓަކު ނުހުންނާނެ ބާފުލެޓެއް. ދެން އެންމެން ހެޔޮވެރިކަން ގެނެސްގެން ތިބޭ.

    44
    7
  6. ދިވެހި ދަރިއެއް

    ހާލުގައި ޖެހިފައި ވާ ފަރާތުގެ ނަން ހޯދޭނެ ނަމްބަރެއް ލިބޭނީ ކިހިނެއްތޯ؟ ބައްދަލު ކޮއްލަން

    14
    1
    • ޙަސަނު

      119 ގުލާލާ

      2
      4
    • ރަގަޅުބެ

      ތީ ވަރަށްވެސް މޮޅުކަމެއް. އެ ބުނާ ގާކޮށްޓަކީ ކިހާ ބާ ޢިމާރާތެއްތޯވެސް ބަލައިލައްޗޭ.

  7. ލޮލް

    އެއްވެސް އެއްޗެއް ދެނެ ކަމެއްނެއް. މާލެމީހުންނައް އުޅެވޭނީ ލޯނާ ބަންޑާރަ ގޯތި އަދި ސަރުކާރު އެހީގަ. އެއްވެސް އުޅުއްމެއް ކަމެއް ރިބި ބައެއް ނޫން.

    24
    15
    • އަހުމަދު

      އެނދި ގިނަ ގެތަކަކީ އަމިއްލަ ބބގެތައް.

      4
      3
  8. ?

    ރިބާ ހިމެނޭ ލޯނު ނެގުމަކީ ވަރަށް ބޮޑު ފާފައެކެވެ. ރިބާގެ އެންމެ ކުޑަ މިންވަރު ވެސް މަންމަ އާއި ޒިނޭ ކުރުމަށް ވުރެ ނުބަޔެވެ.
    ވީ އިރު ތީ ﷲ ތަޢާލާ އިބުރަތަކަށް މިންވަރު ކުރެއްވި ކަމަކަށް ވެސް ވެދާނެވެ.
    ޙަރާމް ގޮތުގަ 40 ބުރި މައްޗަށް ނެގިޔަސް ﷲ އެ މުދަލުގައި ބަރަކާތް ނުލައްވާނެވެ.
    ﷲ އަހަރެމެންނަށް ހެޔޮ ވިސްނުން ދެއްވާށި.

    32
    4
    • ރައްޔިތު މީހާ

      ދެން ކަލޭމެން ވިޔަފާރި ކުރަން ހޯދާ ލޯނުތަކުގަ ރިބާ ނުހުންނަނީތަ؟ މި ރާއްޖެތެރޭ މީހުންގެ ހިތެއް ދުވަހަކުވެސް މާލޭ މީހންނަކަށް ހެވެއް ނުވާނެ.

      19
      4
  9. ޢެސޮރު

    މުއްސަނދި ކަމުގަ އުޅުނު އިރު ނިކަމެތިންނައް ވިސްނާނުލެވުނީމަ ވާނެގޮތް ތިޔަ ވަނީ .
    ދެން އެހެން ނޫނަސް ސަރުކާރުން ވީ ދޯ ދުނިޔެ އުމުރައް އުޅެވޭނެ ވަރައް ފައިސާދޭން.
    ކޮންމެ ބޮލަކައް 200 ރުފިޔާ ދިންިރުވެސް އެވަރުވެސް މަދުވެގެން ސަކުވާ، 5 މީހުންގެ އާއިލާ އެއްނަަމަ ލިބޭނެ ދޯ 30000 ރުފިޔާ މަހަކު އެވަރައްވެސް ޝުކުރު ނުކުރެވުނީމަ ގޯހެއްނޫން ތިޔަ ގޮތް

    10
    9
    • ށހދޖސކ

      5 މީހުންގެ އާއިލާ އެއްކަން ކަލެއަށް ކިހިނެތް އިނގުނީ.

      4
      1
  10. Anonymous

    ޔުނިފޯމް ލިބތޯ ކިއުގަ ޖައްސައިގެން ތިބޭތާ މި އަދަށް ތިން ދުވަސް. އަދިވެސް އެ ލިބޭނެ ޒަމާނެއް އެނގޭނެ ގޮތެއް ނެތް! މާދަމާ ސްކޫލް ހުޅުވެނީ! ތި ނިކަމެތި އެެންމެ މީހެއްގެ ހާލު. މުޅި ރައްޔިތުން ތެޅިފޮޅެނީ ޔުނިފޯމް ނުލިބިގެން.!ކޮން ތާކުން ފަހަން ނިކުތް ބައެއް ކަމެއްވެސް ނޭނގި ތިއްބާ! މުޅި މާލޭގެ ހުރިހާ ސްކޫލެއްގެ އެކްތިވިތީ ޔުނިފޯމް އެންމެ މީހަކަށް ދީގެން ކޮން ގަނޑެއް ތަ މިގަންނަނީ!! ހުސްވެފައޭ އަބަދު ހުންނަނީ! މިކަން ހައްލުކުރަން ކުރަންވީ ކޮންކަމެއްތޯ؟؟؟؟؟؟؟؟ އަނެއްކާ މިޔުނީފޯމެއް ބަލައިދާން މި ޖެހެނީ ހަފޫޓް ހަފޫޓުގެ ގޮޅިއެއްގެ ތެރެއަށް!!! މީހުން ތޮއްޖެހި ފިތި ބާރުވެގެން އެއްޗެއް ލިބޭ ހިސާބަށް ދެވޭނީ!!! ދިޔާމާ މި ބުނަނީ ތިސައިޒް ހުސްވެފަ ،ތިސައިޒް ވެސް ހުސްވެފަ އެސައިސް ވެސް ހުސްވެފަ!!!

    10
    2
  11. މުހައްމަދު

    ދައުލަތުން ނުޖެހޭނެ ނުރިން އުޅުނުފެންފަރަށް އުޅެވޭގޮތް ހަދާދޭން އެމީހުން އެމައްސަ ޖައްސަނީ އެވަރު ކޮށްނުދީގެން އެމީހުން އަމިއްލައައަށް މަސައއކަތް ކޮށްގެން ކުރީގެ ހާލަތަށް އަންނަން ބޭނުން ނުވަނީހެން ހީވަނީ އަހަރެމެން އޮފީސް ހުންނަގެއަށް ވެސް ވ.ގެއްލުންވި ރަގަޅު އެއްޗެއް ލިބުނު

    9
    3
  12. މަނިކު

    ދެލޯ ފުޅާ ހ.ތިމާވެއްޓެއްނޫނޭ ރޯވީ.ހ.ތިލަފުށީގޭގަހުރި ކެމިކަލް ގުދަނެއްގަ ރޯވީ

    12
  13. ޔާﷲ

    ހުރި ހިތާމަ އެއްގެ ބޮޑު ކަމާ އޭ ޔާﷲ އަޔާވެރީން އެތިކޮށް ތެދުވެރި އަމާނާތްތެރީނަށް ކާމިޔާބާއި ނަަސްރު ދެއްވާށި އާމީން

  14. ޟަމީރާ

    މާލެ މީހުންނަށް ކުލި ނުލިބެންޏާ ހަމަ "ވަރަށް" ހާލުގަެި ޖެހޭނެ. ބަލަ ތިއުޅެނީ އާމްދަނީ ލިބޭނެ މަސައްކަތެއް ނުކޮށް ބަޔަކު ލޯބޯ ކޮށައިގެން އަނބިދަރިންނަށް ރަނގަޅަށް ޚަރަދުނުކޮށް ލިބޭހާ ފައިސާއެއް "ކުއްޔަށް" އަތުލައިގެންނޭ. އެހެންވީމާ ތިމަންމެން އުޅުނީ ފުދިގެންނޭ ބުނެވޭނެ. ތީ މިހާރު ކާރިސާއެއް ހިނގީމަ ގެދޮޜުން ނުހައްްޤުން "ފޭރެމުން" އައި ލާރި ނުލިބުނީމަ ޖެހިގެން އުޅޭ ހާލެއް. ސަތުކާރުންވި ކަލޭމެނަށް 8ބުރި ގެޔެއް ދޯ ދޭން.؟ ހުރިހާ އެޕާޓްމަންޓަކުން ލާރިލިބޭނެ ފުދިފަ އިތުރުވެސްވާނެ އޭރުން. ޢަދި ބުނެފިޔެއްނު ދިރިއުޅެންދިނީ ބާތަނެކޭ؟ ކަލޭމެން ކޮންމެ އަހަރަކު ގެ އާކޮށްފަތަ ރާއްޖެރެތޭ މީހުންނަށް އަހަރަކު އެއްފަހަރު ކުލި ބޮޑުކުރަނީ؟ އަދިވެސް ހޭއަރާކަށް ނުވޭތަ؟

    16
    8
  15. ހަމަ ސާބަސް

    ޝުކުރު ކުރުމެއްވެސް ނެތީތަ؟ ގާކޮށިން "ބާ އެޕާޓްމެންޓެއް" ވަރުވެސް ލިބުން އެހީ ކިހާ ބޮޑު ލުޔެއްތަ؟ ބައެއްގެ އިހުމާލުން ލިބުނު ގެއްލުމެއް. ސަރުކާރުން ނުޖެހޭނެ ގެއްލުމުގެ ހުރިހާ ބަދަލެއް ދޭކަށް.

    19
    6
    • ލޫތު

      ސަރުކާރުން ޒިންމާ ނެގީ ކީއްކުރަން. ގުދަނުގެ ވެރި ފަރާތް ހިމާޔަތް ކޮށްފަ

      8
      3
  16. ޓްސްކް

    އެ ހާދިސާއަށް 3 މަސް ވެ ނިމިދިޔައީ. އަދިވެސް ސަރުކާރުން ކަލޭމެންގެ ޚަރަދުތައް ކޮށްދޭންވީ؟ ބަލަގަ އެހުރީ ބޯހިޔާވަހިކަން ދީފަ ދެން އަމިއްލައަށް ދިރިއުޅެން ފަށަންވީ. ދެންވެސް ބޮޑު ލޯނުނަގައިން ބޮޑު ގެ އަޅާއިރު އިންޝުއާ ކުރާތި. އޭރުން އަދިވެސް ބޮޑު އަގުގަ ގެ ކުއްޔަށް ދޫކުރެވޭނީ.

    11
    7
  17. ގާދިރު

    ކުލި ނެގުނީމަ ނިމުނީ އެކަހަލަ ހާދިސާ އަކުން ސަލާމައި ވާން ނުވިސްނާ އަތުން ހަރަދެއް ހިނގާފާނެތީ އެކަމަށް އިންނާނެ އިންސުރަންސް ކިޔާ އެއްޗެއް. ވަރަށް ސަލާމް

    9
    2
  18. ޢެސްކޮބާ

    ސަރުކާރުން ނުޖެހޭ އު މުރުދުވަަހަށް ކަލޭ މެންނަށް ހަރަދު ކުރާކަށް. ރާއްޖެތެރެ ފަޤީރުން ރެޔާ ދުވާލު ލޯބޯ ފިއްސައިގެން ވަޒީފާ އަދާ ކުރަ މުން، ފިރި މީހާ ވަޒީފާ ނިން މާފަ އަރާ މުކުރު މެއްނެތި ޓެކްޝީ ކުރަ މުން އެހެން މަސައްކަތް ކުރަ މުން އަނބި މީހާ ހެދިކާ ހަދާ އަނެއް ކަ މެއްކޮށްގެން ލިބޭހާ ލާރިއެއް ކަލޭ މެން މާލޭ މީހުންނަށް ދީގެން އުޅެނީ މާ ބިކަހާލުގަ، ސަރުކާރުން ލޯލާރިއެއްވެސް ނުދޭ އެހެނެކޭ ކިޔާފައެއް.ގާކޮށީގަ ނުހުންނާނެ ބާ ފްލެޓެއް. ޢަދި ބޮޑު މުސީބާތަކުން މަރުނުވެ ﷲ ގެ ރަޙް މަތުން ސަލާ މަތްވެ ސަރުކާރުން ބޯ ހިޔާވަހިކަން ދިނީ މަވެސް ސުކުރު ކުރު މެއްނެތް.އަތުން ފައިން މަސައްކަތެއް ނުކޮށް ފަޣީރުން ފެލައިގެން އު މުރު ދުވަހު ކައިގެން އުޅުނު ބަޔަކަށް ނުކެރޭނެ ވަޒީފާއެއް އަދާކޮށްގެން އުޅޭކަށް.ލަދެއްވެސް ނުގަނޭ ސަރުކާރުން މިމ މީހުންނަށް ޙަރަދު ނުކުރޭ ކިޔާ ނޫސްތަކަށް އިންޓަރވިއު ދޭކަށް. ސަރުކާރުން ނުޖެހޭ ކަލޭ މެންގެ ގެދޮރު 15 ބުރިޔަށް ނަގާދީ އަނެއްކާވެސް ރާއްޖެތެރެ ފަގީރުން ފެލަން މަގުފަހި ކޮށްދޭކަށް. މި ރާއްޖޭގަ އުޅޭ ރައްޔިތުންނަކީ މާލެ މީހުން އެކެންޔެއްނޫން. މިހާރު ބޮލަކަށް 200ރ ދީފަ ދިރިއުޅޭނެ އެޕަރޓް މެންޓް ދީފަ އެއޮތީ މި ސަރުކާރުން.ދެންވެސް ލެއްވި ރަޙް މަތަށް ޝުކުރު ކޮށް ޢިބުރަތެއް ޙާޞިލްކޮށް އަތުންފައިން މަސައްކަތެއް ކޮށްގެން ޙަލާލު ގޮތުގަ އަނބިދަރީންނަށް ކާންދީގެން އުޅެބަލަ.

    12
    4
    • އާޔާ

      މީހުންނަށް ނިކަމެތިކަން ލިބުނީމަ އެއްޗެހި ކީމަ ނިމުނީކީ ނޫން.. ކަލޭމެން ކަލޭމެންގެ އަމިއްލަ ގެދޮރު ދޫކޮށް ބޮޑު އަގު ދީގެން މާލެ އައިސް ކުރާ ހުރިހާ ކަމެއް ކުަރަން އެމީހުންގެ ގެދޮރުން ތަންކޮޅެއް ދިނީމަ ވެސް ޝުކުރު ވެރި ވެގެން ވިޔަސް ނުވިޔަސް ހަމަ ތިއުޅެނީނުން. ކޮންމެ ބަޔަކު ވެސް އެބަޔެެއްގެ އާމްދަނީ ހޯދަން މަސައްކަތް ކުރާނެ. ޝުކުރު ކުރަން ޖެހޭ ކަލޭމެން ރާއްޖެތެރޭ މީހުން އަމިއްލަ ގެދޮރު ދޫކޮށް މާލެ އައިސް މާލެގަ އުޅޭ މީހުންނަށް ޖެއްސުން ވާ ވަރަށް އައިސް ތަން ބަންޑުން ވާވަރަށް މުޅި ރަށް އެއްކޮށް ފުރުވާލާ އިރު ވެސް ކަލޭމެން ނުފައްސާކަން. މާލޭގަ ނުހުރޭ ހިތްހަމަ ޖައްސާލަން އިށީންނާނެ ތަންފުކެއްވެސް. ދެން ހުސް މާލޭ މީހުންތަ މާލޭ މަގުތަކުގަ ދުއްވާވަރުން ޓްރެފިކް ލޯޑު ބޮޑު ކުރަނީ ވެސް؟ މިހާރު މިރާއްޖޭގަ ބިކަވެގެން އުޅޭ ރަށެއް ނުހުންނާނެ. އަމިއްލަ ރަށުން ކާން ބޯން ލިބޭނެ. ވިޔަފާރި ވެސް ކުރެވޭނެ. ދަރީންނަށް ކިޔަވައި ވެސް ދެވޭނެ. މިހުރިހާ ކަމެއް ރާއްޖެތެރޭ މީހުންނަށް އަމިއްލަ ރަށުން ލިބޭ އިރު ވެސް އަމިއްލަ ރަށް ތަރައްގީ ނުކޮށް ބަހައްޓާފަ އަދިވެސް އަންނަނީ މާލެ އަށް. އެވެސް ބޮޑު އަގުގަ ކުއްޔަށް ހިފަން. މާލޭ މީހުން ރަނގަޅު ކަމުން ކުއްޔަށް ދެނީ ވެސް. ދެން ކޮން ވާހަކަ އެއް ދައްކާކަށް. ތިހާ ރާއްޖެތެރޭ ވެގެން އުޅޭ އިރު މާލޭ މީހުންނަކީ ވެސް ހަމަ އިންސާނުން. ދެރަ ލިބޭނީ ހަމަ އެކަނި ރާއްޖެތެރޭ މީހުންނަކަށް ނޫން. ދެން ވަރަށް ވެސް އަނގަ.

      1
      8
  19. ޢަލި

    މާލޭ މީހުން ތިބޭނީ ހާލުގައި ޖެހިފަކަން މިހާރު އެނގިއްޖެ. ޜާއްޖެތެރޭ ނިކަމެތި މީހާ ލޮލިން ކަރުނ ަނުހިކޭ ޙާލު ދަރިން ކޮޅުގޮވައިގެން މާލެ އުޅެމުން އަންނަީ ބޮޑުކުލީގައި. މާލެ މީހާ އުފަލުގައި އުޅެނީ އެކުލީގައި މިހާރު މާލޭ މީހުންނަށް ވަރައް ރަންގަޅު ފިލާވަޅެއް ލިބޭނެ. ރާއްޖެ ތެރޭ މީހުން ނެތްނަ ސަލާންޖަހަން ނާށިގަންޑު ހިފާގެން މާލޭ މީހުން އުޅޭނީ. ޙަޔާއތް ކުޑަކަމުން ކުލީގެ ގޮތުގަ ލިބޭ ފައިސާއިން އަދި ވަޒީ ފާއަކައްވެސް ނުގޮސް ދޯ އެ އުޅެނީ

    2
    3
  20. ބޯ ހަލާކު

    މި ހާދިސާގައި ގެއްލުންވި ގެތަށް ސަރުކާރުން ހަދާދޭން ޖެހެނީ ކީއްވެތޯ؟ ވިސްނާ ވިސްނާވެސް ނޭނގުނު ހަމަ....ގުދަނުގެ ވެރި ފަރާތުން ގެއްލުންވި އާއިލާތަކަށާއި އިމާރާތްތަކަށް ގެއްލުމުގެ ބަދަލު ދޭންޖެހޭނީ. ގެއާއި އެއްޗިހި އިންޝުއަރ ކުރަންޖެހެނީ މިކަހަލަ ކަންކަން ދިމާވެދާނެތީ.

    3
    2
  21. Anonymous

    ހީވަނީ ރާއްޖެތެރޭ މީހުންނަށް އެކަނި ހެން ދެރަ ލިބުނީމަ ހިތާމަ ފާޅު ކުރަން ޖެހެނީ. ބަލަ މާލޭ މީހުންނަކީ ވެސް ދިވެހިންނޭ

    2
    1