ރާއްޖޭގެ ޖަލުތަކަކީ އަބަދުވެސް ސިޔާސީ މަސްރަހުގައި ބާރުގަދަ ވާހަކަައެއް ދައްކަން އޮތް މޮޅު "ރަންގަނޑެކެވެ." ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމާއި ރައީސް މައުމޫންގެ ވެރިކަމުގައި ޖަލުގައި ލާއިންސާނީ އަނިޔާތައް ދިން ވާހަކަ އަކީ މިހާރުވެސް ސިޔާސީ ޕޯޑިއަމްތަކުގައި ދޭތެރެ ދޭތެރެއިން ދެކެވޭ ވާހަކަ އެކެވެ. ރައީސް މައުމޫންގެ ވެރިކަން ނިންމާލުމަށް ރައްޔިތުން އާހިތްވަރަކާއި އެކު މަސައްކަތް ފެށުން ވެސް ގުޅިފައި އޮތީ ޖަލާއެވެ.

އޭގެ ފަހުން ރައީސް ނަޝީދުގެ ވެރިކަމުގައި ޖަލުގައި ތިބި ގައިދީންނާއި މެދު ކަންތައް ކުރި ގޮތެއް އޭރު ތިބި އިދިކޮޅު މީހުންނަކަށް ރަނގަޅެއް ނުވިއެވެ. ޖަލުގައި ހަޅުތާލުތަކެއް ވެސް ކުރިއެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ޖަލުގެ ހާލަތު އޮތްގޮތައް ދިވެހިންނަށް ކަމުނުދިޔަ ކަމާއި، ޖަލުގެ ހާލަތު ބަދަލު ކުރަން ޖެހޭކަން ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ގަބޫލުކުރާކަން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ނަތީޖާ އިން އެއޮތީ ފެންނާށެވެ.

މިހާރު ކުރީގެ ވާހަކަތަކެއް ދެއްކުމުގެ ބޭނުމެއް ނެތެވެ. ކަމެއް އިސްލާހް ކުރުމަށް މަސައްކަތް ކުރާނަމަ ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ އެކަމަށް ރަނގަޅު ކުރުމުގެ ނިޔަތް އެމީހަކު ނުވަތަ އެބަޔަކުގެ ހިތުގައި ބޭއްވުމެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ވެރިކަމާއި ހަވާލުވެ އެންމެ އިސްކަންދިން އެކަމަކީ ޖަލުގެ ހާލަތު ރަނގަޅު ކުރުމެވެ. ޖަލުގެ ހާލަތު ރަނގަޅު ކުރުމުގެ ނިޔަތާއި، މަޤުޞަދު ސަރުކާރުގައި އެބައޮތެވެ. އެކަން އެނގެނީ ސަރުކާރުން ޖަލުތަކުގެ އޮޑިޓެއް ތައްޔާރުކޮށް ފެށި މަސައްކަތުންނެވެ.

ފަހަކަށް އައިސް ޖަލުތަކުގައި ތިބި ގައިދީން ހަޅުތާލު ކުރާ ވާހަކައާއި ހަމަނުޖެހުން ހިންގާ ވާހަކަ ވަރަށް ގަދައަށް އެބަދެކެވެއެވެ. ހާއްސަކޮށް މިއަޑު ގަދަވެފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ހައްޔަރުކުރި ފަހުންނެވެ. އެހެންކަމުން ޖަލުގައި ގައިދީންތަކެއް ހަޅުތާލު ކުރަނީ "ސިޔާސީ އޯޑަރަކަށް ކުރާކަމަކަށް ނުވާނެ ހެއްޔެވެ؟"

ޔާމީން ސަލާމަތް ކުރުމަށް އެކަށީގެންވާ ގަދަ އަޑަކުން ގޮވާލުމުގައި ޕީޕީއެމްގެ މަސައްކަތްތައް އެތައް ގުނައެއް ބާރު ކުރަން ޖެހިފައި އޮތް މިދަނޑިވަޅުގައި "އެހެން މަގެއް" އިހްތިޔާރު ކުރީ ހެއްޔެވެ؟ ނުވަތަ ޕީޕީއެމްގެ އެއްވެސް އަތެއް ނެތި، ޖަލުގައި ތިބި އިސް ގައިދީންތަކެއް ޖަލުގައި ސިޔާސީ ކުލަ ޖެއްސުމުގެ މަސައްކަތް ކުރަނީ ހެއްޔެވެ؟

ޔާމީން ޖަލުގައި ހައްޔަރުކޮށްފައި ހުރުމަކީ ޖަލުގެ ހާލަތާއި މެދު ގިނަ ބަޔަކު ވިސްނަން މަޖުބޫރު ކުރުވާ ސަބަބެކެވެ. އަދި ޖަލުގައި ހަމަނުޖެހުން ހިންގުމަކީ ނުވަތަ ގައިދީން ހަޅުތާލު ކުރުމަކީ ސަރުކާރުގެ ވެސް ބޮޑު ބޮލުގެ ރިހުމަކަށް ވާނެއެވެ. ސަރުކާރު ޕްރޮޝަރަށް ވައްޓާލައި ނޭވާ ހާސްކޮށްލުމުގެ މަސައްކަތް ފަށަން ޖަލަށް ވުރެ ވަކިން ރަނގަޅު އެހެންތަނެއް ނެތްކަން ރާއްޖޭގެ ވަރަށް ކައިރި މާޒީން އެއޮތީ ފެންނާށެވެ.

ޔާމީން ޖަލުން ނެރެން އޮތް އެންމެ ކުރު، އެންމެ ފަސޭހަ މަގަކަށް ވާނީ ސިޔާސީ ބާރުވެރިކަމުގެ ތެރެއިން މަގެއް ހޯދުމެވެ. އެމަގު ހޯދުމަށް ސިޔާސީ ޕްރެޝަރެއް އުފައްދަން ޖެހެއެވެ. އެ ޕްރެޝަރު މަގުމައްޗަށް ނިކުމެ އަޑުއުފުލައިގެން އުފެއްދުމުގެ ފުރުސަތާއި އަދި އެގާބިލްކަން ވެސް ނެތްނަމަ ދެން އެހެން ގޮތަކުން އެ ޕްރެޝަރު އުފެއްދުމަށް މަސައްކަތް ކުރުން އެއީ ސިޔާސީ ވިސްނުމެއްގައި ތިބި ބަޔަކު ނުކޮށް ދޫކޮށްލާނެ ކަމެއް ހެނެއް ހިޔެއް ނުވެއެވެ.

ޖާގަ އަށް ވުރެ އިތުރަށް ގައިދީން ހައްޔަރުކޮށްފައި ތިބި ގޮޅިތަކުން ގައިދީން މަަދުކޮށް، ހަމަނޭވާ ލާން ފަސޭހަ މިންވަރަކަށް ޖަލުގެ ހާލަތު ބަދަލު ކުރުމުގެ ކަންކަމުގައި މިހާރު ވެސް ކޮންމެވެސް ވަރަކަށް އަމަލީ ސިފަ ޖެހިއްޖެއެވެ. ގައިދީންނަށް ސިއްހީ ޚިދުމަތްތައް ފޯރުކޮށްދެވެން އޮތް އެންމެ އަވަސް މިނެއްގައި ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އެދެނީ ކުރަމުންނެވެ.

ޖަލުތަކުގައި މައްސަލަތައް އެބަހުއްޓެވެ. ޝަރީޢަތްތަކަށް ބަންދު ކުރެވޭ ގައިދީން ވާނުވާގައި ބޭއްތިއްބުމުގެ މައްސަލައަކީ މިހާރު އުފަންވެެގެން އުޅޭ މައްސަލައެއް ނޫނެވެ. 2008 ވަނަ އަހަރު އާ ޤާނޫނު އަަސާސީއަށް އަމަލު ކުރަން ފެށި ހިސާބުން އެމައްސަލަ އޮތީ އުފަންވެފައެވެ. މިހާ ހިސާބަށް އައިއިރު އެމައްސަލައަށް ހައްލެއް ގެނެވިފައި ނެތުން އެއީ މިހާތަނަށް އެކި ދުވަސްވަރު ޒިންމާ އުފުއްލަވަން ތިއްބެވި ބޭފުޅުން ޒިންމާ ނުއުފުއްލެވުމުގެ ނަތީޖާއެވެ.

ޙުކުމް ތަންފީޒު ކުރަން އެކަށީގެންވާ ގޮޅިތަކެއް ނެތުމާއި، ޖަލު ތަކުގައި އެކަށީގެންވާ ވަރާއި ގާތައް ވެސް ޖާގަ ނެތުން އެއީ މިހާރު ވެރިކަމުގައި ހުންނެވި ބޭފުޅާއާއި ހޯމް މިނިސްޓަރ އަދި ކޮމިޝަރ އޮފް ޕްރިޒަންސާއި ހަމައިން ނިންމާލެވެން އޮތް މައްސަލައެއް ނޫނެވެ. އެއީ އަޅައިނުލައި ދޫކޮށްލާފައި އެތައް އަހަރެއް ވަންދެން އެކަށީގެންވާ މަސައްކަތެއް ނުކޮށް ދޫކޮށްލުމުން ޒަމާން ވެފައި އޮތް މައްސަލައެކެވެ.

ޖަލުތަކުގެ ހާލަތު ރަނގަޅު ވާން އަޅުގަނޑުމެން އެންމެން ވެސް ބޭނުމެވެ. އެއްވެސް ގައިދީއަކަށް ލާއިންސާނީ އަނިޔާއެއް ލިބިގެން ނުވާނެއެވެ. ޖަލެއްގައި މީހަކު ހައްޔަރު ކުރުން އެއީ އޭނަ އަށް ލިބިގެންވާ އެއްވެސް އަސާސީ ޙައްޤަކުން އޭނާ މަހްރޫމް ކުރެވޭނެ ސަބަބެއް ނޫނެވެ.

ހަމަ އެއާއި އެކު ޖަލުތަކަކީ ސިޔާސީ ގޮތުން ވެއްޓޭ އަނދަވަޅުން މައްޗަށް އެރުމަށް ބޭނުން ކުރާ ހަރުގަނޑަކަށް ވެސް ވެގެން ނުވާނެއެވެ. މުސްތަގުބަލްގެ އުއްމީދުތައް ޖަލުގެ ކުޑަގޮޅިއެއްގައި ބަންދުކުރެވިފައި ތިބި ބައެއްގެ ވިސްނުމާއި ފިކުރާއި ކުޅެގެން އެމީހުންގެ ބޭނުންކޮށް ސިޔާސީ މަޤުޞަދެއް ހާސިލް ކުރުން އެއީ ގޯހުން ފުރިފައި އޮތް ގޯހެކެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ސުނުސް

    މިގައުމުގައި ވެރިކަމަކަށް ނާދޭ އަމިއްލަ އެދުމުން ފޯވަފައި ނެތް މީހެއް. އަދި ނުވެސް އަންނާނެ.
    މިދައްކަނީ ގައުމެއްގެ 1 އަހަރުދުވަހުގެ ބަޖެޓް ރައްޔިތުންނަށްޓަކައި ކަމެއް ނުކޮށް ބަދަލުގެ ގޮތުގައި ބެހިވާހަކަ.

    34
  2. ދިވެހިބިން

    ވ. ރަނގަޅު ވާހަކައެއް ޕީޕީއެމްއިން ޖަލުހާޑުކުރަން އުޅެނީ. އެކަމް ސޮރީއޭ ބުނެވޭނީ

    3
    30
  3. ސަޓޯ

    ޖަލުތައް އޭސީކޮއް ހޮޓް އެންޑް ކޯލްޑް ވޯޓާރ ލާ 24 ގަޑިއިރުގެ ގޮޅިސާރވިސް ލިބެން ޖެހޭނެ

    13
    5
  4. ތާހިރާ

    މި ސަރުކާރުއައީ ޖަލުގެ ހުރިހާ ޙާލަތެއް ރަނގަޅު ކުރަން ވަޢުދުވެގެން ޖަލުތަކުގައި މިހާރު ހުރި މައްސަލަތައް ރަނގަޅު ކުރުމަކީ ޢިމްރާނުގެ ޒިންމާއެއް ފުރުސަތު ލިބުނަސް މިސަރުކާރުން ކަންކަން ކުރާކަށް ނުދަނެއި ބޮޑުތަނުން ފެއިލްވެއްޖެ

    11
  5. ޅަރަ

    މާލެތެރެ ހަލަބޮލިނުކުރިބައެއް ޖަލުތައް ހަލަބޮލި ކުރާނެތަ؟ ދެންބުނާނެ ޕޕމ ގެ ސަޕޯޓަރުން ނެތީ އޭ. ނެތް ނަމަ އިންޑިޔާ ގެ އެހީ ހޯދަންޖެހޭނެތަ ވޯޓު އޮޅުވާލަން؟

    12
    1
    • ޕޕމއަށްކަމުނުދިޔަ ކުއްޖާ

      ސަޕޯޓަރުން ތިބިނަމަ ހަތަރު ފަސް އިންތިހާބު ފެއިލްވީ ކީއްވެ؟ މަޖިލީހުގެ ކިތައް ގޮނޑި ލިބުނު؟ ކޮބާ ސަރުކާރު ވައްޓަން މުޅިރާއްޖެއިން ގެނައި ސަޕޯޓަރުން..ވޯޓޭ ފަޅޮލޭ ކިޔަނީ ވާނުވާ ނޭނގި..ތިމާ އަތުގަ މަޖިލީހާ ކޯޓުތަކާ މެމްބަރުންނާ ހުރިހާ މުއައްސަސާއަކާއި އޮވެ، ވެރިކަމުގަ ހުއްޓާ އަދި ރާއްޖެއިންބޭރުން އެތަށް ގައުމަކުންނާ އަދި ހުރިހާ ޕާޓީތަކެއްގެ މީހުން ތިބެގެން ވަގުތުން ހުރިހާ ފޮއްޓެއް ގުނީވެސް މެޑަމް ބެހެއްޓި ކުދިން އީސީ ކޮމިޝަނަށް އަންގައިގެން. މިވަރުން ވޯޓު އޮޅުވާލިކަމަށް ބުނަނީ ކުރާއަސަރަކުން އަމިއްލަ ހިތަށް ފިނިކަމެއް ލިބޭތޯ.. ދެން ބުނާނީ މާއެނގިގެން މަށަކީވެސް މޑޕ ބުރާންޗެކޭ..ޕޕމ ގެ ހެޔޮވިސްނޭ ކުދިންނާ ނައިބުރައީސުންނާ ދުރުކުރީ ބާރުއޮތީމަ ފާޑުފާޑުގެ ނަންނަމުގަ ރައްޔިތުން ގުނބޯ ހައްދާފަ ޕްރޮޖެކްޓްތައް ފައްޓަން ވެގެން ލާރިކާންވެގެން. ދެން އުޅުނީ ބޮޑުއެއްޗަކުން ގައުމު ވިއްކާލާފަ އެހެން ބަޔެްގެ ބޮލުގަ އަޅުވަން ފިނިފެންމާ ލޯންޗޭ ކިޔާފަ..

  6. ޙަގީގަތް

    ޕީޕީއެމްއައްވުރެން ޖަލުތަކުގަ ހަމަނުޖެހުންއުފައްދަން އެމްޑީޕީމާމޮޅުވާނެ އަނެއްކާއެކަންތައްކުރާނީވެސް އެމްޑީޕީން ހަވައައް ފަޒާއައްބަޑިޖަހަންޖެހުނީވސް އެމްޑީޕީގެސަބަބުން ހުރިހާނުބައެއްހެދަން ހަމައެމްޑީޕީވަރެއްނޯންނާނެ ހަގީގަތަކީއެއީ

    10
  7. ވެރިޔާ

    އަދިވެސް ގައިދީން ހި މާޔަތް ނުކުރެވިގެން މިއުޅެވެނީ. އެހެން ކަ މެއް އިސްލާހުކުރަން ނެތީތަ؟ ތި ގައިދީންނަށް ބުރަ މަސައްކަތް ޖައްސަބަލަ.

    2
    1
  8. އ. ޖ. އ

    އެކަމު ހާދަ މޮޅޭ