މާލެއަކީ ރާއްޖެތެރޭގެއާބާދީގެ ފަސްބައި ކުޅަ އެއްބައި ދިރިއުޅެމުން އަންނަ ތޮއްޖެހުން ބޮޑު ތަނެކެވެ. މާލޭގެ މަގުތަކަކީ އެންމެ އެކަށޭނަ އަމާންތަނެކޭބުނެވޭކައް ނެތެވެ. މަގުމަތީގެ އުސޫލުތަކާއި ޤަވައިދުތަކެއް ހެދިފައި ވާނަމަވެސް އެ ޤަވާއިދުތަކަށް އަަމަލުކުރަނީ މަދުބަޔެކެވެ. ކޮންމެ މީހަކަށް ވެސް އެމީހަކަށް އަމިއްލަަ ގޮތެއް އިހްތިޔާރުކޮށް ޤާނޫނަށް ބޯލަބާތަން މިއަދު ފެނިގެން ނުދާކަމީ ހިތާމަކުރަން ޖެހިފައިވާ މަންޒަރެކެވެ.

އެގޮތުން މާލޭގެ މަގުތަކުގެ ނުރައްކާތެރި ކަމުގެ ވާހަކަ ދައްކަނީ އިއްޔެއަކު މިއަދަކު ނޫނެވެ. މީގެ އެތައް އަހަރުތަކެއް ކުރީން މާލޭގެ އާރޫބާރޫ ބޮޑުވެ ރާއްޖޭގެ އެކި އެކި ކަންކޮޅުތަކުގެ މީހުން މާލޭގައި ވަޒަންވެރިވެ އުޅެން ފެށި ހިސާބުން މިކަމަކީ އަބަދުވެސް ހައްލު ބޭނުންވެފައިވާ ކަމެކެވެ.

މާލެ އަކީ ދިވެހިރާއްޖޭގެ ވެރިކަން ކުރާ ރަށަށް ވުމާއެކު އެންމެ އާބާދީވެސް ބޮޑު ރަށެވެ. ވެރިކަން ކުރާ ރަށަށް މާލެ ވެފައިވާއިރު މާލެއަށް ކުރީން މަހަލް ގެ ނަމުންވެސް ނިސްބަތް ކުރެވުނެވެ. އެކި އެކި ރަސްރަސްކަލުންގެ އަތްދަށުން ވެރިކަން ގޮސް ވެރިކަމުގެ ކުލަ ޖެހި މިހާރުގެ ޒަމާނަށް ފެތި އަޅުގަނޑުމެންނަށް މިއަދު ފެންނަމުން މިދަނީ ރިޔާސީ ނިޒާމުގެ ވައްތަރުގެ ތެރެއިން ވައްތަރެކެވެ. ބުނެވޭ ގޮތުގައި މާލޭގެ ވަށައިގެން ކުރީގެ ރަސްރަސްކަލުން ވަނީ ފާރުފަދަ ތަކެތިވެސް ރާނާފައެވެ.

ވެރިކަން ބަދަލުވަމުން އައިސް ރަސްކަމުގެ ގަނޑުވަރުތަކާއި ކޯޓޭތައް، އަދި ބުރުޒުތައް ވަނީ އިބްރާޙީމް ނާސިރުގެ ވެރިކަމުގައި ތަޅާލާފައެވެ. މިހެން މިހެން ކޮށްފައިވާކަމަށް ބެލެވެނީ ރަސްކަން އުވާލެވި، ޖުމްހޫރިއްޔަތަކަށް ރާއްޖެ ވުމަށްފަހު މާލެ އަށް ގެނައި ބޮޑެތި ބަދަލުތަކުގެ ތެރޭގައެވެ. ނަމަވެސް މާލޭގައިވާ އޭރުގެ ހަދާންތަކުގެ ތެރެއިން ހުކުރު މިސްކިތަކީ ފާހަކަ ކޮށްލެވޭ އާސާރީ ބިނާއެކެވެ.

ފަހުގެ ތާރީޙްތަކަށް ބަލާލާ އިރު މާލެ ވަނީ ހިއްކައި، ޒަމާނީ ފެންވަރަށް މީހުންނަށް އުޅެވޭ ކެޕޭސިޓީއަށް ބޮޑުކޮށްފައެވެ. އެހެން ނަމަވެސް މާލޭގެ ތޮއްޖެހުމުގެ ބައި ބަދަލުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސަތްކަތް އަދިވެސް ދަނީ ކުރިއަށެވެ. ތަފާތު އެކި ހިސާބުތައް ހިއްކާ ރަށް ބޮޑުކޮށް ވަނީ އެކި އެކި މަޝްރޫއުތައް ފަށާފައެވެ.

ޤަދީމީ ދުވަސްވަރުގައި މާލެއަށް ކިޔުނު މަހަލް މިނަމުގެ އަސްލު ކަމުގައި ބެލެވިފައިވަނީ ދިވެހިރާއްޖެއަށް ކިޔުނު މަހަލްދުވިޕާ މިނަމެވެ. ދިވެހިރާއްޖެ އަށް އިގިރޭސިބަހުން ކިޔާ 'މޯލްޑީވްޒް'ގެ މާނައަކީވެސް މާލޭގެ ރަށްތަކެވެ. އެހެންކަމުން ދިވެހިރާއްޖެއަށް ނަން ދެވިފައިވަނީ މާލެއިންނެވެ.

މާލޭގެ ތޮއްޖެހުން ކުޑަ ކުރުމަށް އަދިވެސް ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހިފައި ވާއިރު، އަލަށް ހަދާ ހުޅުމާލޭގެ ފޭސް 2ކާއި މާލޭ ސަރަހައްދުގެ އެހެން ރަށްތަކުގައި ހިންގާ އެއްފަސް ކުރުމުގެ ޕްރޮގްރާމްތަކުގެ ސަބަބުން މީގެ އަހަރުތަކެއް ފަހުން މާލޭގެ ތޮއްޖެހުމަށް ލުޔެއް ލިބޭނޭކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މުޙައްމަދު

    ހޫ ކެއާސް...ވީއާ ލިވިންއިންގ އައިލެންޑްސް...ޕީސްފުލް އެންޑް ރިލެކްސިން

    8
    1
  2. އަލީ

    ކޮން ކުރީޓް ޖަންގަލް.....ހިހިހިހިހިހިހހިހިހިހިހިހި

  3. ރައްޔިތު މީހާ

    ރާއްޖެތެރޭ ރަށް ރަށް ތަރައްގީ ކުރާނަމަ ތިހިނެއް ނުވީހެއް ނޮއް.

    13
  4. މަކިނބޫ އެޓް ދުބާއީ

    ރާއްޖެތެރޭ މުއްސަނދިންވެސް އެމީހުންގެ ރަށްރަށުގަ ވިޔަފާރި ކޮށްގެން އަމިއްލަ ރަށް ތަރައްގީ ނުކޮށް ވެއްޓެނީ ވެސް މާލެ އަށް..

    7
    1
  5. ހަގީގަތް

    އަތޮޅަކުން ރަށެއް ތަރައްގީކުރިޔަސް މާލެ ތޮއްޖެހުން ވަރަށް ބޮޑުތަން ކުޑަވާނެ. އެކަން އެއްވެސް ސަރުކާރަކުން ބޭނުމެއްނުވާނެ މިކަން ކުރާކަށް. ސަބަބަކީ މާލޭ މީހުންގެ ޖީބައް ވަންނާނެ ފައިސާ މަދުވާނެތީ.

    3
    1
  6. ޑަގަ

    މާލޭގައ މިހާރު ގިނައީ އަތޮޅުތަކުގެ މީހުނެއްނޫން ބަނގާޅީން ނާއި ބިދޭސީން!އެމީހުން އެމީހުންގެ ގައުމުގައިތިބޭނަމަ މާލެ ތޮއްނުޖެހޭނެ!ތޮއްޖައްސުވާފައި މާލޭގެ މައް ރައްވެހިން ބޭރުގައުމުތަކުގައި!ރަށްތަށް ޖަޒީރާ ކޮށްފައި އަތްޖެހުން! ސެލްފީ ނަގަމުން މާފަތި އެޅުވުމުގައި ޖަޒީރާ ގައި އުޅޭމީހުން ހެވިދިލިފައި!މާލޭގެ މަގުތަށް ދަޑިފަނުން ދެބުރި ތިންބުރިއަށް ނަގަން ފަށަންވީ!

  7. Anonymous

    ޖަމާލު މަލީހު ކޮބާ

  8. ސިނާ

    ބަންގާޅިން މަދުކުރީމަ ތޮއްޖެހުން ކުޑަވާނެ %100 ޔަގީން.، ރާއްޖެތެރޭމީހުން އުލެގެނެއް މާލެތޮއްނުޖެހޭނެ.،