ރިޝްމާ ޢަބްދުﷲ އާއި، ޝުރައިޙު މުޙައްމަދު ޒާހިރުގެ އަލަތު ކައިވެންޏަށް ލިބިފައިވާ ފުރަތަމަ ދަރިފުޅު ސާރާ އަށް މިއަދު ދިމާވެފައިވާ ހިތާމަވެރި ޙާލަތަކީ، މަންމަ އާއި ބައްޕަގެ ހިތަށް އިންތިޙާއަށް އަސަރު ކުރުވަނިވި ހިތާމައެއް ކުރިމަތި ކުރުވާފައިވާ ޙާލަތެކެވެ.
އެ މަޢުޞޫމު ދަރިފުޅު ތަޙައްމަލު ކުރަމުންދާ ވޭނާ ހިތްދަތި ކަމުގެ އިޙްސާސް އެންމެ ބޮޑަށް ކުރެވޭނެ ދެ މީހުންނަކީވެސް އެއީއެވެ. އެހެންކަމުން، އެ ވާހަކަތައް އިތުރު މީހަކާއި ޙިއްޞާ ކުރުމަކީ ފަސޭހަ ކަމަކަށް ނުވާތީ، ސާރާގެ ވާހަކަ "ވަގުތު" ނޫހާއި ޙިއްސާ ކުރީ، ރިޝްމާގެ އާއިލާގެ ފަރާތުން، އޭނާގެ އެއްބަނޑު އެއްބަފާ ދައްތައެވެ.
"ސާރާ އަށް އަދި އެއް މަސް މި ވީ. ވާއަތު ފައިގެ ބާރު ދަށްވެ، އެއްވެސް ވަރަކަށް ހަރަކާތް ނުކުރެވޭ ގޮތް ދިމާވީ. އެ ދަރިފުޅު މިހާރު އޮތީ އިންޑިޔާގެ އަމްރިތާ ހޮސްޕިޓަލްގަ. އޭޑީކޭގެ އެންއައިސީޔޫ ގައި ފަރުވާ ދިނުމަށްފަހު، އަވަސްވި ގޮތަކަށް ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމަށް ބުނުމުން އިންޑިޔާ އަށް ދިޔައީ. ސާރާގެ ވަރަށް ގިނަ ޓެސްޓްތައް ހަދަން ޖެހޭ. އަދި މަދުވެގެން ދެ މަސް ދުވަހުގެ ފިޒިއޮތެރަޕީ އެ ދަރިފުޅަށް ބޭނުންވޭ. މިހާ ދިގު މުއްދަތަކަށް ރާއްޖެއިން ބޭރުގައި ތިބެން ޖެހުމަކީ މާލީ ގޮތުން އުފުލޭ ވަރަށް ވުރެ ބޮޑު ޙަރަދެއް ކުރަން ޖެހޭ ކަމެއް. އެކަމަށް އެހީތެރިކަމެއް ބޭނުންވަނީ." ސާރާގެ ދައްތަ އެ މަޢުލޫމާތު "ވަގުތު" އާއި ޙިއްސާ ކުރިއެވެ.
ސާރާގެ ފައިގެ ބާރު ދަށްވެފައިވާކަން ފާހަގަ ކުރެވުމުގެ ސަބަބުން، އޭޑީކޭ އަށް ގެނެސް އެޑްމިޓް ކުރީ، މި މަހުގެ 3 ވަނަ ދުވަހުއެވެ. އަދި ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވަނީ މި މަހުގެ 5 ވަނަ ދުވަހުއެވެ. ފުރައިގެން ދާން ވަންދެންވެސް ޝާރާ ބާއްވާފައިވަނީ، އޭޑީކޭގެ އެންއައިސީޔޫގަ އެވެ.
"އެންމެ ފުރަތަމަ އަޅުގަނޑުމެންނަށް އެނގުނީ ބޭބީގެ ވާއަތު ފައި މަސައްކަތް ނުކުރާކަން. ދެން ހޮސްޕިޓަލަށް ގެންގޮސް ސީޓީ ބްލަޑް ޓެސްޓް އަދި ސްކޭންތައް ހެދީމަ ބުނީ ސްޓްރޯކެއް ޖެހިފައޭ އަދި ސިނކުޑީގަވެސް މައްސަލަ އެބަ ހުއްޓޭ. ބުނެފަ ބުނީ އެމްއާރުއައި ހެދީމައޭ އަސްލު އެނގޭނީ ވެފައި އިން ގޮތެއް ބުނަން. ދެން ބޭބީގެ އެމްއާރުއައި ހެދީ. ހެދީމަ ބުނީ ސްޓްރޯކެއް ނޫނޭ. ސިކުނޑީގަވެސް މައްސަލަ އެއް ނެތޭ. މައިބަދައިގެ މައްސަލަ އެކޭ އުޅެނީ. އެހެންވެގެންނޭ ފައިގެ ހަރަކާތް ކުރުން ދަށްވީ. ދެން މާލޭގައި ކުޑަކުދިންނަށް ޙާއްޞަ ނާރުގެ ޑޮކްޓަރެއް ނެތީމަ އެދުނީ ވީ އެންމެ އަވަހަކަށް ރާއްޖެއިން ބޭރަަށް ފުރައިގެން ދާން. މާލެއިން ވާން ނެތް ކަމެއް ވީމަ، އާސަންދަ އަދި އެންސްޕާއިން އެހީ ލިބުނު. އިންޑިއާއަށް ގޮސް އެންމެ ފުރަތަމަ ޖެހުނީ ފައިގެ ނާރުގެ ޓެސްޓް ހަދަން. ނާރުގެ ޓެސްޓް ރިޕޯޓު ބަލާފަ ބުނީ ފައިގެ ބޭރުގެ ނާރުތައް ރަނގަޅު ކަމަށް. މާބައިދައިގެ ނާރުތައް ބަލަން ވެގެން ސްޕައިންގެ އެމްއާރުއައި ހަދާނެ ކަމަށް ބުނީ. ދެން އެމްއާރުއައި ހެދީމަ ބުނީ މައިބަދައިގައި ޓިއުމަރެއް އިން ވާހަކަ." ސާރާގެ ދައްތަ ކިޔައިދިނެވެ.
މިއަދަކީ ސާރާގެ އޮޕަރޭޝަން ކުރަން ހަމަޖެހިފައިވާ ދުވަހެވެ. އެކަމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް އެ ހޮސްޕިޓަލުން މިހާރު އަންނަނީ ވަމުންނެވެ.
"މިއަދު އޮޕަރޭޝަން ކުރާނެ. 6 ގަޑި އިރުގެ އޮޕަރޭޝަނެއް އެއީ. އެމީހުންގެ އެންމެ ފުރަތަމަ އިސްކަން ދެނީ، ސާރާ އަށް އެއްވެސް ކަމެއް ވޭތޯ ބެލުމަށް. އަދި އެއަށްފަހު ބޭބީގެ ގުނަވަންތައް ބަރާބަރަށް ހަރަކާތް ކުރޭތޯ ބެލުމަށް. އަދި އޭގެ ފަހުން ކަމަށް ބުނީ އެ ޓިއުމަރ އެއްކޮށް ނެގޭނެ ކަމެއް އެނގޭނީ. މިކަމުގައި އަޅުގަނޑުމެންނަށް ކުޑަނަމަވެސް އެހީތެރިކަމެއް ވެ ދެއްވާފައިވާ ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ދުޢާ އަކީ އެފަރާތްތަކުގެ މުދަލުގައި ﷲ ބަރަކާތް ލެއްވުން." ސާރާގެ ދައްތަ ވަރަށް އަސަރާއި އެކު އެ މަޢުލޫމާތު "ވަގުތު" އާއި ޙިއްސާ ކުރިއެވެ.
ކޮންމެއަކަސް މިއަދު އެ އާއިލާ އެ ވަނީ ހުރިހާ ފަރާތްތަކުގެ ދީލަތި އެހީ އާއި ހެޔޮ ދުޢާއަށް ބޭނުން ވެފައެވެ. އެ ތުއްތު ސާރާގެ ހިނިތުންވުން ގުޅިފައިވަނީ ތިޔަ އެންމެހާ ފަރާތްތަކުގެ އެހީތެރިކަމާއި ހަމްދަރުދީ އާ އެވެ.
ސާރާއަށް އެހީތެރިކަން ފޯރުކޮށްދެއްވަން ބޭނުންވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ އެކައުންޓް ނަމްބަރަށް ފައިސާ ޖަމާކޮށްދެއްވުމަށް ސާރާގެ އާއިލާގެ ފަރާތުން އެދިލައްވައެވެ.
އެކައުންޓް ނަން: ޝުރައިޙު މުޙައްމަދު
އެކައުންޓް ނަމްބަރ: 7730000018394
ގުޅޭނެ ނަމްބަރ: 9144146، 9699276
މާތް ﷲ ސާރާ އަވަސް ޝިފާއެއް މިންވަރު ކުރައްވާ، އަޅަމެންނީ އެކަކު އަނެކަކަށް އެހީތެރިވެދޭ ބަޔަކުކަމުގައި ލައްވާންދޭވެ. އާމީން!
މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:
މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195
މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)
މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699
މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."
އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.
(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.
މާނައީ: "ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ."
އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލައްވާށިއެވެ. އާމީން
އިރާދަކުރެއްވިޔާ ރަނގަޅުވާނެ. ބަރާބަރަށް ނަމާދުކޮށް ދުޢާކުރޭ. އެކަން އެނގޭ މީހަކަށް އެއީ ހުރިހާ ކަމެއްގެ ވެސް ހައްލު!
އިރާދަކުރެއްވީއްޔާ ރަގަޅުވާވެ، ސަރުކާރުން ޓެކްސްތައްނަގައި ގެން މިކަހަލަ ކަންތަކައް ހަރަދުނުކުރާކަމައްވާނަމަ ޓެކްސް ދެނެކަމެއްނެތް ސަލާމް ސަރުކާރައް
ނެތުމުގެ ތެރޭން އުފައްދަވާ ގެންގުޅުއްވާމަދަދު ދެއްވާ އިލާހު އިބަރަސްކާލާންގެ އިީ އެންމެ ހެޔޮ އެންމެ ދީލަތިވަންތަ އިލާހެވެ އެތުއްތު ކުއްޖާ އަށްޝިފާ ދެއްވަާންދޭވެ އެކުއްޖާ ގައި ބަރަކާތް ލައްވަާ އެއާއިލާ އަށް ހެޔޮގޮތް މިންވަރު ކޮށް ދެއްވާންދޭވެ ޔާ ރަހްމާން އިބަﷲ އީ އިބަﷲ އަށް ކަންތައްތައް ދަންނަވާ މީހުންދެކެ ލޯބިވެ ވޮޑިގެންވާ އިލާހެވެ. މިއަޅާގެ ދުއާ އަށް އިޖާބަދެއްވާންދޭވެ .
ބޭބީއަށް ެެެެެެެެެ އަވަސް ޝިފާއެއް މިންވަރު ކުރައްވާށި
މިއަށް ޑިސްލައިކް ދިން މީހުން ހިތެއްވެސް ނެތީތަ؟
ބޭބީއަށް ، އަވަސް ޟިފާއެއް، މިންވަރު ކުރައްވާށީ، އާމީން
ކޮން ރަށެއްގެ ކޮންބޭފުޅެއްގެ ދަރިއެއް ކަމެއްވެސް އިނގޭކަށް ނެތް. އެހީއެއްދޭން ބޭނުންވާ ބަޔަކަށް ފަސޭހަވާނެ ކަންނޭގެ ހުރިހާ މައުލޫމާތެއް ފުރިހަމަ ކޮށްލެއްވިއްޔާ.
ކުއްޖާގެ މަންމަ ހދ.މަކުނުދޫ
ބައްޕަ ކ މާލެ
ކޮން ރަށެއްގެ ކޮންބޭފުޅެއްގެ ދަރިއެއް ކަމެއްވެސް އިނގޭކަށް ނެތް. އެހީއެއްދޭން ބޭނުންވާ ބަޔަކަށް ފަސޭހަވާނެ ކަންނޭގެ ހުރިހާ މައުލޫމާތެއް ފުރިހަމަ ކޮށްލެއްވިއްޔާ.
މިފަދަ ކަންކަމަށް ރރައްޔިތު މީހާ ސަލާމް ޖަހަން ޖެހިގެން ނުވާނެ. ޜައްޔުތުން ދައްކަނީ ވ ބޮޑު ޓެކްސެއް. ސިޔާސީ ކެމްޕެއިން ތަކަށާއި ސިޔާސީ މަގާމް ތަކަށް ބޮޑު މުސާރަ ނަގަމުން ދާދިއުން ހުއްޓާފަ މިފަދަ ކަންކަން އިސްކުރޭ
مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: