އިސްލާމްދީން ގަބޫލުނުކުރާ ދިވެހިން ރާއްޖޭގައި އެބަތިއްބެވެ. ފާޅުގައި އިސްލާމްދީނާއި ދެކޮޅަށް އަޑުއުފުލާ އެތައް ބަޔަކު ކޮންމެ ދުވަހަކު މިދަނީ ފެންނަމުންނެވެ. ނަމަވެސް އެއިން މީހަކަށް ފިޔަވަޅު އަޅަން ސަރުކާރުން ބޭނުންވާ މަންޒަރެއް ނުފެނެއެވެ. އަދި އެފަދަ މީހުން އަނބުރާ އިސްލާމްދީނަށް ގެނައުމަށް ސަރުކާރުން ކުރި ކަމެއް ވެސް ފެންނާކަށް ނެތެވެ.
ފާއިތުވި ދޮޅު އަހަރެއްހާ ދުވަހު ލާދީނީ އެތައް ބަޔަކު ފާޅުވެއްޖެއެވެ. އިސްލާމްދީން ގަބޫލުނުކުރާ ކަމަށް ފާޅުގައި ބުނެފިއެވެ. ނަމަވެސް އެމީހުންނާއި މެދު ފިޔަވަޅެއް އެޅުމުގައި ސަރުކާރުން ގެންދަނީ ފަހަތައް ބުރަވަމުންނެވެ.
އޭގެ ބަދަލުގައި ފެނިގެންދާ މަންޒަރަކީ އިސްލާމްދީނަށް ހަޖޫޖަހާ މީހުންނާއި ދެކޮޅަށް އެއްޗެއް ބުނާ މީހުންގެ މައްސަލަ "ފަސްވަނަ ގިއަރުގައި" ތަހްޤީޤު ކުރަމުންދާ މަންޒަރެވެ. އެމީހުން ހައްޔަރު ވެސް ކުރަމުން ގެންދާ މަންޒަރެވެ.
ހަރުކަށި ފިކުރާއި ދެކޮޅަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތް ވެސް ނިކަން ފުރިހަމައަށް، ބާރަށް ކުރިއަށް އެބަދެއެވެ. ތަންތަން ބަލައި ފާސްކުރުމާއި، މީހުން ހައްޔަރު ކުރުމާއި، އެމީހުން ގެންގުޅޭ ތަކެތި ތަހްލީލް ކުރުން ވެސް ކުރިއަށް އެބަދެއެވެ. އަދި ހަރުކަށި ފިކުރު ނައްތާލުމަށް ދީނީ މައުލޫމާތު ދިނުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދެއެވެ.
އިސްލާމްދީނާއި ދެކޮޅު މީހުންގެ އަޑު މީސް މީޑިއާގައި ގަދަވުމުން ރައީސް އޮފީހުން މިދިޔަ އަހަރުގެ ޖަނަވަރީ 22 ވަނަ ދުވަހު ވިދާޅުވީ މާތްވެގެންވާ އިސްލާމްދީނަށް އިހާނެތިކަން ރައްދުވާގޮތައް މިހާރަކަށް އައިސް ދެކެވޭ ވާހަކަތަކާއި ހިނގަމުންދާ ކަންތައްތަކަށް ހައްލެއް ހޯދުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން އެދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޚާއްޞަ ކޮމިޓީއެއް އެކުލަވައިލައްވައިފި ކަމަށެވެ.
އެކޮމެޓީގައި ތިއްބަވާނީ ނައިބު ރައީސް ފައިޞަލް ނަސީމް، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ، މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަން، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަލްފާޟިލް އަޙްމަދު މަޚްލޫފް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު ކަމަށް ވެސް އެދުވަހު ރައީސް އޮފީހުން ވިދާޅުވިއެވެ.
މި ކޮމިޓީގެ މަސައްކަތްތައް ހިނގަމުންދާނީ ސޯޝަލް ކައުންސިލްގެ ދަށުންކަމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވައިފައި ކަމަށާއި މި ކޮމިޓިގެ މައިގަނޑު މަސައްކަތަކަށްވާނީ، ކަމާގުޅުންހުރި ފަރާތްތަކާ މަޝްވަރާކޮށް މާތްވެގެންވާ އިސްލާމްދީނުގެ ޤަދަރާ ހައިބަތައް އުނިކަން އަންނަ ގޮތައް އަދި ދީނުގެ ނަމުގައި މީހުންގެ މުދަލާއި، ފުރާނައަށް ގެއްލުން ލިބޭގޮތަށް މިހާރަކަށް އައިސް ދެކެވޭ ވާހަކަތަކާއި ހިނގަމުންދާ ކަންތައްތަކުގައި މިހާރުން މިހާރަށް އެޅޭނެ ފިޔަވަޅުތަކާއި ދުރު މުސްތަޤްބަލެއްގައި މިފަދަކަންކަމަށް ހައްލުހޯދުމުގައި އަޅާނެ ފިޔަވަޅުތަކާމެދު ގޮތްތަކެއް ނިންމެވުން ކަމަށް ވެސް އެދުވަހު ރައީސް އޮފީހުން ވިދާޅުވިއެވެ.
ކޮމެޓީ އުފެއްދިތާ މިއަންނަ ހަފްތާގައި އެއް އަހަރު ފުރޭއިރު އަދި މި ކޮމެޓީ އިން ކުރެއްވި އެއްވެސް މަސައްކަތެއްގެ ތަފްސީލެއް ލިބިފައެއް ނެތެވެ. ކޮމެޓީން އެއްވެސް މަސައްކަތެއް ކުރިކަން އެންމެ ކުޑަމިނުން ޓްވީޓެއް ވެސް ކޮށްލާފައެއް ނެތެވެ. އެހެންކަމުން ކޮމެޓީގެ މަސައްކަތްތައް އެއްވެސް މިންވަރަކަށް ކުރިއަށްދިޔަ ކަމަށް ގަބޫލުކުރަން ދައްޗެވެ.
އިސްލާމްދީނަކީ ދިވެހިންގެ ދީނެވެ. އިސްލާމްދީން ހިމާޔަތްކޮށް ރައްކާތެރިކުރުން އެއީ ކޮންމެ ބަޔަކު ވެރިކަމުގައި ތިބި ނަމަވެސް ކުރަން ޖެހޭނެ ކަމެކެވެ. ދޮން މީހުންގެ ލޯބި ހޯދުމަށް ދީނީ މިނިވަންކަން ދިނުމަށް ނުސީދާ މަސައްކަތެއް ކުރާ މީހަކަށް ވެސް ރާއްޖެ އިން ފުރުސަތު ދޭކަށް ދިވެހިންގެ މެޖޯރިޓީ ރައްޔިތުން ބޭނުމެއް ނުވާނެއެވެ.
ލާދީނީ ފިކުރު ފަތުރާ މީހުންނާއި ދެކޮޅަށް ސަރުކާރުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުން ނުގެންދާނަމަ "ލާދީނީ ސަރުކާރެއްގެ" ޓެގް ބޯޑް އެޅުވިގެން ދާނެއެވެ. ނަތީޖާއަކަށް ވެގެންދާނީ އަދިވެސް ދިވެހިންގެ ލޭ އެންމެ ބޮޑަށް ކެކޭ މައްސަލަ ކަމަށްވާ ދީނީ މައްސަލައިގެ ތެރެއަށް ސަރުކާރު ވެއްޓި ސިޔާސީ ގޮތުން ލިބެން އޮތިއްޔާ އޮތް ގެއްލުމެއް ލިބިގެން ދިއުމެވެ.
ވެރިކަން ފެށިގެން އަންނަނީވެސް އަދި ވެރިކަން ދެމި އޮންނަނީ ވެސް ރައްޔިތުންގެ އަތްމަތީގައޭ ބުނާ އަސާސްގައި ހިފަހައްޓައިގެން ތިބިނަމަ ރައްޔިތުން ބޭނުންވާ ގޮތައް ކަންތައްތައް ކުރަން އެބަޖެހެއެވެ.
ސަރުކާރަށް ހަމަ ވިސްނޭތީ. ޖާހިލު ނޫން ވީމަ
ހަރުކަށި ފިކުރު ފަތުރާ ހަރުކަށި ޖަމުޢިއްޔާތަކާއި ޖަމާޢަތް ތަކާއި ޝޭޚުންނާއި ދެކޮޅަށް ފިޔަވަޅު އެޅުން މާރަނގަޅުވާނެ.
ކަލޭމެންގެ ދުވަސް އަދަދު ކުރެވިފައިވަނީ
ﷲ ކަލޭ ގަދަފަދަކަމައި އެކު ހިއްޕަވާށި
ގިޔާމަތް ދުވަހު އެމީހަކު ކުރިކަމެއްގެ ޒިންމާ އެމީހަކު އަމިއްލަ އަށް އުފުލަން ޖެހެއެވެ އެކަކަށްވެސް އެނެކާގެ ބޮލުގައި އިލްޒާމް އަޅުވައި ބޯދަމައެއް ނުގަނެވޭނެއެވެ މައިންބަފައިންނާ.މުދައްރިސުންނާ އިލްމުވެރިންނާ ސުވާލު ކުރައްވާނެއެވެ ވެރިންނާ އެވެރިން އެވެރިން ހޮވުމަށް ވޯޓު ދިންމީހުންނާ ވެސް ސުވާލު ވެވޭނެއެވެ ނަޒާހަތްތެރިކަން މަދުލާރިކޮޅަކާ ދުނިޔޭގެ އުފަލަށްޓަކައި ގުރުބާންކުރިމީހުންނާ ސުވާލު ކުރައްވާނެއެވެ ﷲއީ ފުދިވޮޑިގެންވާ ބާރުލިބިވޮޑިގެންވާ އަޒީޒްވަންތަ ހަކީމްވަންތަ އިލާހެވެ ﷲ އެއްވެސް ފަރާތަކަށް ބޭނުންވެ ވޮޑި ނުގަންނަވައެވެ
މުޅި ސަރުކާރުބޮލަށް ތިކަން ކަނޑާލަން ނުފެނޭ.
ތިކަހަލަކަން ކަން ބަލަހައްޓަން ހަވާލުކޮށްފައި ހުރީ އިމްރާންއާއި. އޭނާގެ ވަޒީފާ އޭނާއަށް އަދާނުކުރެވޭކަންް އެނގިގެން މިދަނީ. މިނިސްޓަރުންނަށް ތިބެންޖެހޭނީ ގާބިލް ކެރޭ ހިންގުންތެރިން.
ސަރުކާރު ތެރޭން ހުރަސްތަކެއް ހުރިނަމަ ވަޒީފާގެ ބިރެއްނެތި އިމްރާން ބުނާނެ ރައްޔިތުންގެ ކައިރީގައި އެއުޅޭ މައްސަލައެއް.
ބޮޑަށް ލަފާކުރެވެނީ އިމްރާންގެ ހިންގުންތެރިކަން ހަމަ ދަށީއޭ.
ލާދީނީ ސަރުކާރު ވީމަ.
މިބައިމީހުން ވެރިކަން ހޯދާނީ ވެސް އެމަސައްކަތް ކުރަން.
ޤައުމުގައި ލާދީނިއްޔަތު ފަތުރަން. މިކަން ނޭނގެނީ ޝޭޚް އިލްޔާސް މެން އިޔާޒުމެން ފަދަ ދީނީ ޢިލްމުވެރިންނަށް. އެމީހުން ގުބޯ ހައްދާފަ ދުޢާދެއްވާފައޭ ނަމާ އެއްގޮތަށް ސޯލިޙު ރައީސެއް ކަމަށް ބުންޏަސް ރައްޔިތުން ނަކަށް ޤަބޫލު ކުރާނީ ކިހިނެއް
ލާދީނީވެރިކަމަކަށްލާދީނީމީހުންނަށްފިޔަވަޅެނޭޅޭނެ
ލާދީނީ ކަންކަން ހިންގާ މީހުންނަކީ އެޖެންޑާ 19 ތަންފިޒުކުރުމުގެ ގޮތުން ލާދީނީ ހަރަކާތްތައް ހިންގަން އެމްޑީޕީން ހަވާލުކޮށްފަތިބޭ ބައެއް އެމީހުންނަކަށް ފާޑުފާޑަކަށް ފިޔަވަޅެއް ނޭޅޭނެ އެމީހުންގެ މަސައްކަތް ކުރިޔަށްގެނދެވޭނެ އެއީ އެމްޑީޕީ ސަރުކާރުން ހިމާޔަތްކޮށްފައިވާ ފަރާތްތަކެއް ތިޔަ އުފަލެއްގެ ވާހަކަ މީޑިއާގަ ދައްކަދައްކާ އޮއްވާ އެންމެފަހުން އަޑު އިވުނީ ފުރިހަބަރު ދެން ކުރާނީ ކޮންކަމެއް އެޅޭނީ ކޮން ފިޔަވަޅެއް ކޮބާ އެބުނާ އެމްޑީއެންގެ ޖާހިލުންތައް މިހާޜު އެވާހަކަ ނުވެސް ދައްކައެއްނު ދުވަސްކޮޅަކުން މާޅޭގައި އުޅޭތަން ފެންނާނެ ދިވެހިންނަކީ ވަރަށް އަވަހަށް ހަނޑާންނެތޭ ބައެއް
ލާދީނީސަރުކާރެއްވީމަ ޙިމާޔަތްދެވޭނީވެސް ލާދީނީމީހުންނައްދޯ އެބުނަނީވިއްޔަ އަހަރެމެންނައްބޭރުން ފައިސާޔާ އެނހީތަކާދީފަ ކަލޭމެންމިވާހަކަތައް ދައްކާދޭށޭ އެހެންބުނީމާއަހަރެމެންމިތިބީ އެވާހަކަދައްކަން ނުކުމެއޭ ދެން ލާދީނީމީހުންނައް ޙިމާޔަތްދޭނެވަރު ވިސްނަބަލަ
ލާދީނީ ކިޔާލަ ކިޔާލާ ތިބެން ޖެހޭނީ . ކަލޭމެން ޖަހައިގެން ތިއުޅޭ މަޅީގައި ޖެހޭނީ ބޯގަޅީން
އެމްޑީޕީގެ ހަރަކާތަްތަކައް ބޭރުންފަންޑުކުރާފަރާތްތައް ނުރުހޭނެއެއްވެސްކަމެއް މިސަރުކާރުން ނުކުރާނެ.
ލާދިނީ އަނގަވަތްއް ވެއްޓޭނީ ވަރަށް އުހަށް އަރާފަ...ފިރުއައުނު ހެން..
ގަބޫލުކުރިޔަސް ނުކުރިޔަސް މޑޕ މީހުނާދިމާޔަށް ލާދީނީ ކިޔަނީ ކިޔާވަރުވީމަ ތީއީ ހަމަތެދެއް ލާދީނީޔޭ ކިޔަަކިޔާ ހަމަތިބެންޖެހޭނީ މިހާރުއޮތް ސަރުކާރަ ކުން އެކަމާދެކޮޅަށް ފިޔަވަޅެއް އަޅާކަށް ނުކެރޭނެ ސަބަބަކީ ލާދީނީ މީހަކާ ދޭތެރޭ ފިޔަވަޅެއް އަޅަށްޏާ އެންމެފުރަތަމަ ފިޔަވަޅު އަޅަންޖެހޭނީ މިލާދީނީ ސަރުކާރާ ދޭތެރޭ ފިޔަވަޅު އަޅަން އޭގެ ފަހުންތާ އެހެން މީހަކާދޭތެރޭ ފިޔަވަޅު އަޅަންޖެހޭނީ ވަކި ކަމެއް ކިޔާނެކަމެއް ނެތް ދުނިޔޭގައި ލެއްވިހައި ނުބައި ވެގެންވީ ހުރިހާކަމެއް ކުރުމުގައި އެމްޑީޕީ ފިކުމީހުން ވަނީ ހައްދުފަހަނަ އަޅާ ގޮސް މުރުތައްދުވެ ނިމިފައެވެ.
ސަރުކާރުގަވެސް ލާދީނީ މީހުން ތިބީމަ!
ވެރިކަން ފެށިގެން އަންނަނީވެސް އަދި ވެރިކަން ދެމި އޮންނަނީ ވެސް ރައްޔިތުންގެ އަތްމަތީގައޭ ބުނާ އަސާސްގައި ހިފަހައްޓައިގެން ތިބިނަމަ ރައްޔިތުން ބޭނުންވާ ގޮތައް ކަންތައްތައް ކުރަން އެބަޖެހެއެވެ. މިހެން އޮނައިރު ބަގުރާލާ އޫރުމަސް ވިއްކައިގެން ދިރި އުޅުމުގެ ބޭނުންތައް ފުއްދުމަކީ ހަރާމް ކަމަކައް ވާއިރު، މިކަން ގިންތި ކުރަނީ ދީނގޮތުން ކޮންކެޓަގަރީޔެއްގަތޯ ލާދީތޯ ނުވަތަ ދީނީތޯ؟ މިކަމާދެކޮޅައް ސަރޫކާރައް ގޮވާލާ ރައްތަކުނެއްއިރު ކޮންލާނީޔެކީއޭނީ
މީ ރައްޔިތުންގެ ތެރެއިން ގިނަމީހުން ބޭނުންވާގޮތް.. ވަރަށް ސިސްޓަމެޓިކް ގޮތަކަށް ދިވެހިން މިވަނީ ދީނާ ބީރައްޓެހިކުރުވާފަ، މިއަދު މުސްލިމުންނޭ ކިޔާގެން ތބި މީހުންގެސް ތިބީ ހަމަ ދުލުކުރިން ކަލިމަ ކިޔާލައިގެން.. ސަރުކާރުގެ މަތީ މަގާމުތަކުގައި ތިބީ ކޮން ފިކުރެއްގެ މީހުންކަން މިއަދު އެބަ އެނގޭ.. ދެން އޮތީ ދީނުން ބޭރުކުރުން އެމަރްޙަލާ މިދަނީ ކުރިޔަށް ދީނީބައެއްކަމަށްކަމަށް ދައްކަން ތުބުޅިލީ ދެތިން މީހެއް އިސްސަފަށް ނެރި އެމީހުންގެ ހިޔަނީގައި މިކަންކުރަނީ.. ހުރިހާ ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ދިވެހީންގެ ތެރެއިން ގިނަ މީހުން މިހާރު ބޭނުންވޭ... އެކަން ފެންނާނެ ކުރިޔަށް އޮތް އިންތިޚާބުތަކުންވެސް.. ލާދީނީ ފިކުރަށް ވޯޓުދީފަ އިސްލާމީ ޝަރީޢާ ތަންފީޒުކުރާނެކަމަށް މޮޔައަކުވެސް އުއްމީދު ނުކުރާނެ..
ބުޅާމެން ދެން ތިބޭ ބިރުން ވިރިވިރި
ތީހާދަ ހެއްވާސުވާލެކޭ، ލާދީނީ ބައިގަނޑެއް ހިންގާވެ ރިކަމެއްގަ ލާދީނާއި ޚިލާފަށް ފިޔަވަޅެއް އަޅާނެތޯ؟ ޔަޤީން ނައަޅާނެކަން. އޭގެ އިތު ރަށް ކު ރިއަށް މިއޮއް ކައުންސިލް އިންތިޚާބު ތިޔަލާދީނީ ބައިގަނޑައް ކާމިޔާބު ކޮއްދީފިނަމަ ދެންއަދި ފެންނާނީ އަސްލު ތިޔަ ބައިގަނޑުގެ ފު ރިހަމަ ސިފަ،
ސަރުކާރުގެ އިސްމަގާމު ތަކުގަ ލާދީނީ މީހުން ގިނަވުން
މިގައުމުގަ ތިބިރައްޔަތުން އަދިވެސް ތިބީި ނިދަން އިސްލާމްދިނައް ފުރައްސާރަ ކުރަމުންދަނި މަތިފަޑީިގަ ތިބިބަޔަކު ހެވިފަ ބިރެއްނެތި ދީިނާ ޚިލާފު ކުފުރު ބަސްބުނަމުން ނަށަމުންދަނީި އައިސްފާނެ ކޯފާއަކައް ބިރެއްނެތި ބަދަލުދިނުމާ ގަދަބަސް ބުނަމުންދަނީ ސުބުޙާހޫވަތަޢާލާ އަޅަމެން ސަލާމަތްކުރައްވާށި
ސަރުކާރުން ސަރުކާރަށް ފިޔަވަޅު އަޅާނެތޯ؟
އިސްލާމްދީނަށް އަމަލުކުރުމަށް ބޭނުން ނުވާބަޔަކު ވެރިކަމުގެ ތިިބިކަން މި އިގިގެންދަނީ.
ޕީޕީއެމް އަށް އަބަދު ލާދީނީ ނޫން އެހެން އެއްޗެއް ކިޔަން ނޭގެނީބާ!!!. މިފަހަރު ލާދިޏީ މަސައްކަތެއް ނުކުރި. ދެން ކޮންމެވެސް އެހެން އެއްޗެއް ކިޔަން ވެއްޖެއެންނު.
އެމްޑީޕީ އަށް އަބަދު ޔާމީން ނޫން އެހެން އެއްޗެއް ކިޔަން ނޭނގެނީބާ!!! މިދިވެހިރާއްޖޭ ގައި ވެރިކަން ކުރީ ހަމަ އެކެނި ރައީސްޔާމީން ތޯ ނުކުރިޔަސް ވަކަން ކުުރިކަމަށް ވަނީ ރައީސްޔާމީއެކަނިބާ!!!
މިތާ ކޮމެންޓްތައް ބަލާލީމަ ހެޔޮވިސްނޭ ހެޔޮ މީހުންނަކީ ލާދީނީ މީހުންކަން ވިސްނިއްޖެ.
މަ ރާބޯ މީހުނަށް ތާއީދު ނުކުރާ މީހުނަކީ ލާދީނީ މީހުނޭ ތޯ މަ ތިބުނީ
ތުން ދިގުފުޅީގައި ވަސްބަލާ މީހުނަކަށް ދުވަހަވެސް ނުވިސް ނޭނެ ބައެއްކޮމެންޓުން ތުންދިގު ފުޅިގެ ވަސް ދުވާހެން ހީވާތީ ސަމާލުވުން އެދެން
މި ސަރުކާރުގަ އިސްކޮށް ތިއްބެވި ބޭފުޅުން ދަށުފަންތީގެ މީހުން ލައްވާ ކަމެއްކުރުވަމުންދަނަމަ އެފަދަ ފަރާތްތަކަމެދު ފިޔަވަޅުއެޅޭނީ ކިހިނެތް. ސިކުނޑި މިނިވަންކޮށް ދޫކޮށްލުމަށްފަހު ވިސްނާލައްވާ ފިޔަވަޅުއަޅަން ފުލުހަށް ގެންދާހިސާބުން އެމީހަކު ބުނާނެ ތިޔައި އަޅުގަނޑުގެ ކަމެއްނޫނޭ މިވެނި މީހަކު އަޅުގަނޑުލައްވަކުރުވާ ކަމެކޯ .
ޢެއީ އަހަރެންވެސް ލާދީނީވީމަ، އަހަރެންނާ އެއްކޮޅު މީހަކަށް ފިޔަވަޅު އަޅަން އަހަންނަށް އުދަގޫވާނެދޯ.
އޭގެހާލިގަނޑަކުން އެކަން ކުރާނެގޮތެއް ނޭނގުނު
ލާދީނީ ތިޔަ ކިޔަނީ ލާއިސްލާމީ މީހުންނަށްތަ؟ އެމީހުން ތިބީ އެހެން ދީނެއްގަ ނަމަތިޔަހެނެއް ނުކިޔޭނެ.
މި ސަރުކާރުއައީ އަދި އެމްޑީޕީ އުފެއްދީ (ބަޔަކު ގަބޫލުކުރާން ބޭނުން ނުވިޔަސް) މި ރާއްޖޭގައި ލާދީނިއްޔަތު ފަތުރާށެވެ.
ކޯފާ އައްނައިރު ރަނގަޅު މީހުންނާއެކު އެތަނަކައް ކޯފާ އަންނަފަދައިން ލާދީނީ މީހުންގެ ތެރޭގަ ރަނގަޅުބަޔަކު ތީބިކަމުގައިވިޔަސް އެކަމެއް ވެ ހިގައިދޭ (ލާދީނީވާނީހަމަ ލާދީނީ)
ލާދީނީވާނީ ހަމަ ލާދީނީ އިސްލާމްދީން ޤަބޫލުނުކުރާ ބަޔަކު އެމްޑީޕީ ގަ އެބަތިބި ނަޝީދު ފާޅުގަ ދީނާޚިލާފް އެތަކެއް ވާހަކަ ދައްކަމުން ދާއިރު އެވަރުމީހަކު ނެތިގެން އުޅޭތަން ދިވެހިންގެ ލޯނައްޗަށް ފެންނަމުންދަނީ ވީމާދިވެހިރައްޔަތުން މިކަމައް ސަމާލުވާންޖެހޭ ފަތިހެއް ހެނދުނެއް ރޭގނޑެއް ކިޔާނެކަމެއްނެތް ދިވެހިލޮބުވެތި ރައްޔަތުން ވިސްނާ މިވާހަކަ އަޑުއަހާ ބަޔަކު ކިޔާބަޔަކު ވިސްނާ ފިކުރު ކުރޭ ތިމާގެ ދީނާ ދިވެހިންގެ އަޤީދާބަލިކަށިކުރަން އެޖެންޓު ކުރާ މިމަސައްކަތުގަ ބައިވެރި ނުވެ މަހުޝަރުގެ މައިދާނުގަ ތިމާ ޖަވާބުދޭންޖެހޭނެކަން ޤަބޫލުކުރައްވާ
މިސަރުކާރު ފެއިލްވެއްޖެ އިބޫ އަވަހައް އިސްތިއުފާދީ ކުރިހުވަޔާ އެއްގޮތައް އަލު ނުކުރެވޭ ރައީސަކު ބޭނުމެއްނޫން ދީނާޚިލާފުވާހަކަ ނަޝީދު ދައްކަމުންދާއިރު ފިނިކޮތަރީގަ ބައިންދާކައްނޫ އިބޫ އައް ވޯޓުދިނީ މިދިވެހި އުއްމަތައް ޖެހިފަ އޮތްވަބާއެއް ކެނެރީގޭނަޝީދު އަކީ މިތާނގާ ވައުދު ވިދާޅުވާންޖެހެނީ ނަޝީދު ރައީސުލްޖުމްހުރިއްޔާ ކަން ކުރަން ޖެހެނީ ނަޝީދު އެއާޕޯޓް ހިންގަންވީ ނަޝީދު މިދެން ބޮޑުވަރު ކަމަކުނުދޭ ކަޑަ