ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ވާހަކައަކީ ރާއްޖޭގައި މިހާރު އަލަށް އަޑު އިވޭ ވާހަކަތަކެއް ނޫނެވެ. ޖެންޑާ މިނިސްޓްރީން ކޮންމެ މަހަކު ނެރޭ ތަފާސް ހިސާބުތަކުންވެސް ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރަމުން އަންނަކަން ހާމަވެގެން ދެއެވެ. އެހެންނަމަވެސް ތިން ބަފައިން ވެގެން ކިރިޔާ ދެ އަހަރު ފުރުނު ތުއްތު ތުއްތު ކުއްޖަކު "ރޭޕް" ކޮށްލި ވާހަކައަކީ މިފަހުގެ ތާރީހެއްގައި އަޑު އިވިގެން ދިޔަ ބިރުވެރި ވާހަކައެކެވެ. ކުއްޖާގެ ބައްޕައަކީ ވެސް ކުއްޖާގެ މަންމަ އަކީވެސް މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ދެ މީހުންނެވެ. ކުއްޖާގެ ކާފައާ މުނިކާފައަކީ އަންހެނުން "ހިތި ދެމީހުންނެވެ. "އަން" ކިޔައިފިއްޔާ އަންނާރެއްވެސް ކަމުދާނޭ ބުނާ ފަދައިން މި ކުއްޖާގެ ކާފައާ މުނިކާފައަކީ އަމިއްލަ ދަރިންނާއި ވެސް ބެހިފައިވާ މީހެއް ކަމަށް އެރަށު މީހުން އަންނަނީ ބުނަމުންނެވެ. އެކަންތައް ބޮޑުވެ މިބުނާ ކުއްޖާގެ ކާފަގެ އަންހެނުން ވަނީ އެރަށް ދޫކޮށް ދަރިންނާއި އެކުގައި އެހެން ރަށަކަށް ބަދަލުވެފައެވެ.

އެރަށުން "ވަގުތު"އަށް މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި ކުޑަކުއްޖާ ރޭޕްކުރި އެކުއްޖާގެ ކާފައާ މުނިކާފައަކީ އެރަށުގައި އަންހެނުންނާއި ކުޑަ އަންހެން ކުދިންނާއި ބެހުމުގައި ނަން މަޝްހޫރު ދެމީހުންނެވެ. ކުއްޖާގެ ކާފައަކީ އެރަށުގެ މިސްކިތުގެ މުދިމެއްގެ ވަޒީފާ އަދާ ކުރާ މީހެކެވެ. ރަށުގެ ގިނަ މީހުން އެ މީހާގެ ފަހަތުގައި ނަމާދު ކުރުމަށްވެސް އަންނަނީ އިންކާރު ކުރަމުންނެވެ. ރަށުގެ މީހުންނަށް އެ ދެ މީހުންނަކީ {ކާފަ އަދި މުނިކާފަ} މީހުންނަށް ޖިންސީ ގޯނާކުރާ ބައެއްކަން އެނގުނު ނަމަވެސް ހިޔާލަށްވެސް ގެންނަން ދަތިވި ކަމަކީ އެވަރުގެ ތުއްތު ކުއްޖަކަށް ތިން ބަފައިން ވެގެން އެވަރުގެ ނުބައި އަނިޔާވެރި އަމަލެއް ހިންގަފާނެ ކަމެވެ.

"އެމީހުންނަކީ އަބަދުވެސް އެކަމުގެ ބެކްރައުންޑު އޮންނަ ބައެއް. މުޅި އާއިލާއަކީ އެ ބެކްރައުންޑު އޮންނަ ބައެއް. ރަށުގެ މީހުންނަށްވެސް އެކަން އެނގޭނެ،" ތުއްތު ކުއްޖާގެ މަންމަ ފަރާތު އާއިލާ މީހަކު "ވަގުތު"އަށް ކިޔައިދިނެވެ.

ކުއްޖާގެ މަންމައަކީ މަސްތުވާތަކެތީގެ ޝިކާއަރަކަށް ވެފައިވާ މީހަކަށް މިއަދު ވެފައިވީ ނަމަވެސް އޭނާއަކީ ކުއްޖާގެ ބައްޕައާ ކައިވެނި ކުރިއިރު އެފަދަ އެއްވެސް އަމަލެއް ކުރާ މީހެއް ނޫނެވެ. އޭނާއަކީ ވަރަށް ރަނގަޅަށް އުޅެމުން ދިޔަ މީހެކެވެ. އޭނާ "ހަލާކު" ކުރީ އޭނާގެ ފިރިމީހާ ކަމަށް އަންހެން މީހާގެ އާއިލާއިން އަންނަނީ ތުހުމަތު ކުރަމުންނެވެ.

"އަޅުގަނޑުމެން އެންމެ ފުރަތަމަ ދައްތަ އެމީހާއާ ކައިވެނި ކުރުމަށް ގަބޫލެއް ނުވަން. އެކަމަކު ދައްތަ އޭނާއާ އެކީގައި އުޅެން ބޭނުންވާތީ ކައިވެނި ކުރީ. ކައިވެނި ކުރުމުގެ ކުރިންވެސް ދައްތަގެ ފިރިމީހާ ބުނެފައި އޮތީ އަޅުގަނޑުމެންނަށް ދައްކަންވެސް އަޅުގަނޑުމެންގެ ދައްތަ ހަލާކު ކުރާނަމޭ. ހަމަ ދިމާލަށް ބުނެފައި އޮތީ. އެހެންވީމަ ދައްތަ އެވަނީ ހަލާކުވެ މަސްތުވާތަކެތީގެ ޝިކާއަރަކަށް ވެފައި،" ކުއްޖާގެ މަންމަ ފަރާތު އާއިލާ މީހާ އިތުރަށް ކިޔައިދިނެވެ.

އޭނާ ބުނީ ކުޑަކުއްޖާ އުޅެނީ ބައްޕަ ކައިރީގައި ކަމަށްވީ ނަމަވެސް ހެނދުނު ހެނދުނާއި ކުއްޖާގެ މަންމަ އާއިލާ މީހުން އެ ކުއްޖާ ގެންދާ ކަމަށެވެ. އަދި ރޭގަނޑާއި ޖެހެންދެން އުޅެނީ މަންމަ ފަރާތު މީހުން ކައިރީގައި ކަމަށެވެ. އަދި އެކުއްޖާ ރޭގަނޑު ގެންދަނީ ކުއްޖާގެ ބައްޕަ ކަމަށާއި އެކުއްޖާ ބައްޕަ ކުއްޖާ ގެންދަނީ "ގަދަކަމުން" ކަމަށްވެސް ކުއްޖާގެ މަންމަ ފަރާތުން ވާހަކަ ދެއްކި މީހާ ބުންޏެވެ. އޭނާ ބުނީ ކުއްޖާގެ ބައްޕަ ކުއްޖާ ގެންދަނީ "މަންމަ ނެތީމަ ކުއްޖާ ރޯނޭ" މިހެން ކިޔާފައި ކަމަށެވެ. އަދި އެފަދައިން ކުއްޖާ ގެންދިޔަ ނަމަވެސް އެފަދަ "ޖަނަވާރު" އަމަލެއް ހިންގާފާނެ ކަމަށް ހީވެސް ނުކުރާ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެންނަށް އެއީ ކޮން ކަހަލަ އާއިލާއެއްކަން އެނގޭ. އެހެންވީމަ އިރު އަރާތަނުން ކުއްޖާ ގެންނަނީ އަޅުގަނޑުމެން. އަނެއްކާ އެކަހަލަ އާއިލާއެއްކަން އެނގޭތީވެސް ދޭތެރެ ދޭތެރެއިން އަޅުގަނޑުމެން ކުއްޖާ ގެންގޮސް ޓެސްޓު ކުރަން. އެއީ އެކަހަލަ އެއްވެސް ކަމެއް ކޮށްފައި ހުރިތޯ. އެހެން ހުއްޓާ އަޅުގަނޑުމެން އިހަށް ދުވަހު ކުއްޖާ ހެނދުނު އަޅުގަނޑުމެން ކައިރިއަށް ގެނެސް ފެންވަރުވަން ވެގެން ނެޕީ ޗޭންޖު ކުރަނިކޮށް ބުނީ އައްދޮއޭ. ކާކުހޭ އައްދޮކުރީ ބުނީމަ ބުނީ ބައްޕިއާ ބައްޕައާ ބޮޑުބައްޕައޭ،" އޭނާ ބުންޏެވެ.

ޖެންޑާ އަށް އެކަން އެންގިކަން ކުއްޖާގެ ބައްޕަ އަށް ކޮންމެވެސް ގޮތަކުން އެނގުމާ އެކު މަންމަގެ އާއިލާގެ މީހުންގެ ގެޔަށް ގޮސް ގަދަކަމުން ކުއްޖާ އަތުލައިގެން ގެންދިޔައެވެ. އެންމެ ފަހުން މަންމަގެ އާއިލާ އިން ކުއްޖާ ހޯދީ ފުލުހުންނާއި ޖެންޑާ މެދުވެރިކޮށެވެ.

ކުއްޖާއަށް އެވަރުގެ އަނިޔާއެއް ދީފާނެ ކަމަށް ހީނުކުރެވުނު ނަމަވެސް ގަބޫލުކުރަން އިތުރަށް ޖެހުނީ ޑޮކްޓަރަށް ދެއްކުމުންނެވެ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ހަ ގަޑިއިރުގެ ޓެސްޓެއް ހެދިއެވެ. އަދި ކުއްޖާ ބެލި ޑޮކްޓަރުންވެސް ހުރީ ފެންކަޅިވެފައެވެ. އަދި ބުނީ އެކުއްޖާއަށް މިވަރު ކޮށްފައި ހުރީ "ޖަނާވަރުން"ތަކެއް ކަމަށެވެ. ސަބަބަކީ އެކުއްޖާއަށް އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބިފައިވުމެވެ.

ނަފްސާނީ ގޮތުންވެސް ބޮޑު ގެއްލުމެއް މިހާރު ލިބިފައިވާ ތުއްތު ކުއްޖާ މިހާރު ހުރީ ކުއްޖާގެ މަންމަ ފަރާތު އާއިލާ މީހުން ގާތުގައެވެ. އެމީހުން ގާތުގައި އެ ކުއްޖާ ހުރިނަމަވެސް ޖެންޑާ މިނިސްޓްރީންވެސް އަންނަނީ އެކުއްޖާގެ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ. ކުއްޖާގެ މަންމަ ފަރާތު މީހުން އެއްގޮތަކަށްވެސް އެމީހުންނާއި ކުއްޖާ ދުރުކުރާކަށްވެސް ބޭނުމެއް ނުވެއެވެ. ސަބަބަކީ ކުއްޖާއަށް އައިސްދާނެ ނިކަމެތި ކަމެއްގެ ސަބަބުންނެވެ.

ކޮންމެއަކަސް މިއީ އިންސާނުންގެ ސިފައިގާ ތިބި ޖަނަވާރުންތަކެއް ހިންގި ލާއިންސާނީ އަމަލެކެވެ. ތުއްތު ކުއްޖަކަށް އެވަރު ކޮށްގެން އެމީހުންނަށް ލިބުނީ ކޮން އުފަލެއް ހެއްޔެވެ. ލިބުނީ ކޮން އަރާމެއް ހެއްޔެވެ. އާހިރުގައި ކުއްޖާއަށް ލިބުނީ ނިކަމެތި ކަމެވެ. ކުއްޖާއަށް ލިބުނީ ނަފްސާނީ ގެއްލުންތަކެކެވެ. އާއިލާއަށް ލިބިގެން ދިޔައީ ބޮޑު ހިތާމައަކާއި ބިރުވެރިކަމެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޖަމީލާ

    ތިރަށެއް ބުނެބަލަ

    18
    3
    • ރޮނޑާ

      "ޖެންޑާ މިނިސްޓްރީންވެސް އަންނަނީ އެކުއްޖާގެ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ." ތި އަންހެންމީހާ ތިހެން ކިޔަކިޔާ ހުރެއެއްނު އިބްތިހާލުވެސް މަރާލީ. ވަގުތުން ގެއަށް ފޮނުވާލަން ޖެހޭ.

      17
      1
    • ކިނބޫ

      "ޖެންޑާ މިނިސްޓްރީންވެސް އަންނަނީ އެކުއްޖާގެ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ." ތި އަންހެންމީހާ ތިހެން ކިޔަކިޔާ ހުރެއެއްނު އިބްތިހާލުވެސް މަރާލީ. ވަގުތުން ގެއަށް ފޮނުވާލަން ޖެހޭ.

      12
      2
  2. އޭނަ

    މި ޖަނަވާރުންތަކަށް އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވާލަން. އަދި ވަކި ބަޔަކު އިސްތިސްނާ ނުކޮށް ކުއްޖާއާއި މެދު ފަރުވާ ކުޑަކުރި އެންމެންނަށް އަދަބު ދިނުމަށް ގޮވާލަން.

    45
    2
  3. ޜަން

    ތިޔަ ކަހަލަ ކިތަންމެ ކަމެއް މިމުޖުތަމައުގައި ހިގަމުންދާއިރު ކަންކަމާ ހަވާލުވެގެން ތިބެނީ ތިޔައްވުރެ ނުބައި އިންސާނުން. ތިހިސާބަށް ތިކަހަލަ ކަންކަންގޮސްގެން ނުވާެނެ ކައުންސިލް ތަކުގައި ރަގަޅު މީހުންތިބޭނަމަ. ކަތީބުން ތިބިދުވަސްވަރު ތިކަހަލަ ކަންކަން ތިހާވަރަކަށްނުދޭ، ރައްޔިތުންނާއި ސަރުކާރު ވަރަށްދުރުގައި އޮތްކަން ތީގެން ތިހާމަވަނީ.

    26
    5
  4. ނނ

    ހުވަދޫ މީހުންއުޅޭ ފާޑެއްދޯ؟ އެހެންވީމަ ދެކުނޭ ނުކިޔާ!ހުވަދުއަތޮޅޭކިޔާ!

    20
    4
  5. Anonymous

    މިފަދަ މީހުންނަށް މިހާރު ވެސް 15 އަހަރާއި 25 އަހަރާއި ދެމެދުގެ މުއްދަތަށް ޖަލަށް ހުކުމް ކުރޭ އެކަމަކުވެސް ކުޑަކޮށް ނަމަވެސް ނުހުއްޓުވޭނެ. ހައްލަކީ އިސްލާމީ ޝަރީޢަތުގައި ވާ ގޮތަށް ހުރިހާ ހައްދެން ޤާއިމް ކުރުން. ކަލޭމެންނަށް ނުކެރިގެން ތިޔަ އުޅެނީ ކީއްވެ ތަ ޔުނައިޓެޑް ނޭޝަން،ޔޫރަޕިއަން ނޫނީ ﷲ ތަ ރިޒުޤު ދެއްވަނީ. ދިވެހީން ބޭނުންވަނީ އިސްލާމީ ޝަރީޢަތް މިރާއްޖޭގައި ޤާއިމްކުރަން. އޭރުން އަމާންވާނީ

    28
    4
  6. ހިޔާލެއް މިއީ

    ކިތަންމެ ޖަނަވާރު ދަރަޖައަށް ދިޔަޔަސް، ޝައިތާނެއްގެ ދަރަޖައަށް ދިޔަޔަސް ވާނީ އިންސާނަކަށް. ކިތަންމެ ނުބައި އަމަލެއް ކުރިޔަސް އިންސާނަކަށް ވީތީ ވާނެ ހައްގުތަކެއް. އިންސާނަކަށް ވީތީ ވާނެ ޝަރީއަތް ހިންގަން. ޝަރީއަތް ނުހިނގާ މާރާމާރި ހިންގައި ކޮންޓްރޯލުން ނެއްޓި އުޅުނީމާ ދެބައިމީހުންވެސް މިގޮތުން ވާނީ ޖަނަވާރުންގެ ގޮތުގައި. މާރާމާރި ނުހިންގައި ޝަރީއަތް ހިންގަންވީ. ފަސާދަ އުފައްދާމީހުންގެ އަދަބަކީ ހަތަރެސްފައި ބުރިކޮށް މެރުން. ޒިނޭކުރާ މަހުރަމުންގެ އަދަބަކީ ރަޖަމްކުރުން. ރޭޕްކުރުމަކީ ފަސާދައުފެއްދުން ކަމުގައި ދެކޭނަމަ، ބަޢާވާތްކޮށް މާރާމާރި ހިންގާ މީހުންނަށްވެސް އެއް އަދަބެއް ލިބެންޖެހޭނެ. ދީނާއި ދެކޮޅަށް ނޫނީ ހާވާރިޖުން އުޅޭގޮތަށް އުޅޭ މީހުންނަށްވެސް އެއް އަދަބެއް ލިބެންޖެހޭނެ. ޖަލުގެ އަދަބު (މިސަރުކާރުންވެސް ކުރީގެ ސަރުކާރުތަކުންވެސް ދޭ އަދަބު. މިކަމާ އަހަރެން ދެކޮޅު) ލިބެންޏާ ރޭޕްމިކުރި މީހުންނަށް ވެސް އޮންނަން ޖެހޭ އަދަބަކީ ޖަލުގެ ހުކުމް. މިހެން ނުވަންޏާ ކޮބާތޯ ތިބުނާ އިންސާފް؟ ޖަނަވާރުންނަށް ވާންވީ ވަކިބައެއްތޯ؟

    12
    11
    • މީ ޚިޔާލެއް ނޫން، ހަގީގަތް

      ކުޑަކުދިންނާ ބެހިގެން ޖަލު ހުކުމުގަ ތިބި މީހުން މިނިވަންކުރީ މި ސަރުކާރު ފަށައިގަތުމަށްޓަކާވެސް. ދީނުން ބޭރުވެ މުރުތައްދުވީމަވެސް އަވަސްއަވަހަށް ވަލުދޮރުން ފުރުވާލަނީ. ނުވިތާކަށް ދައުލަތުން އެމީހުނަށް މުސާރަވެސް ހިނގާ. ޝަރީއަތް ހިންގައި އިންސާފު ލިބޭނަމަ މިހެން ވާކަށް ނުޖެހުނީސް.

      13
      3
  7. ލައިޝަމް

    ކުދިންނާ ބެހޭ ޖަނަވާރުންނަށް ހައްގު އަދަބްދީ.......................... ތިވަރުގެ ކަމެއް ކުރަން ކީތްކުރަން ދޫ ކޮށްފަ ބަހައްޓަނީ......... ރަށަށް ވެސް މަޝްހޫރު މީހުންނާ ބެހޭ މީހެއް، ކީތް ކުރަން ދޫ ކޮށްފަ ބަހައްޓަނީ............. ހައްގު އަދަބް ދީ............ ޢީމާން ކަމުގެ ކަންފުޅެއް ނެތް މީހަކަށް މުދިމްކަން ދީފަ.............. ނުލަފާ މީހުންތަކެއް.

    14
    1
  8. ހައްގު އިންސާފު؟

    މާތް ﷲ ގެ ޙުކުމާ އެއްގޮތަށް ޙުކުމް ކުރާކަށް ނުވޭތޯ އަދިވެސް..؟

    4
    4
  9. ސަމީ

    ހޯރަ އިއްބެ ދޫކޮށްލީ ކޮން ބައެއްބާ، ބަލަ ކުޑަކުއްޖަކަށް ތިޔަ ބުނާ ޑިމޮކްރަސީ ގަ ކިޔަނީ 18 ނުފުރެންޏާ އެހެން ވީމަ ހޯރަ އިއްބެ ހިފާ ހައްޔަރު ކޮށް ޖަލުގަ ހުއްޓާ ، ދޫކުރާ ކަށް ހުރަހަެއް ނެތޭ ކިޔާފަ ދޫ ކުރީ ތިޔަ އުޅޭ ކެނެރީ އެހެްނ ވީަމ އެކަހަލަ އެންމެންވެސް ދޫ ކުރަންޖެހޭނެތާ

    2
    1
  10. ގައުމުގެ ފަސްގަނޑު

    އެއީ ޖަނަވާރުންނެއްވެސް ނޫން. ޖަނަވާރުންވެސް ކަންކުރަނީ އެއެއްޗެހީގެ ހުދޫދުގެ ތެރެއިން އެއެއްޗެހީގެ ދިރިއުޅުމުގެ ޤާނޫނުގެ ތެރެއިން. މިމީހުންނަކީ އިންސާނުން ނެއްވެސް ނޫން ޖަނަވާރުންނެއްވެސް ނޫން، އެއީ ނަމެއް ނުވާ ނުބައި ނުލަފާ ޝައިތާނުން ތަކެއް. ލޮލުން ކަރުނަ އޮހޭ. މިފަސް ގަނޑުން އެމީހުން ބާލާ. މި ފަސްގަނޑުގަ ތިބުންވެސް އެމީހުންނަކަށް ހައްގެއްނޫން.

    1
    1