އަވަށްޓެރި އިންޑިޔާގައި ކޮންމެ ފަނަރަ މިނެޓަކުން އަންހެނަކަށް ނުވަތަ އަންހެން ކުއްޖަކަށް ރޭޕްކުރުމުގެ މައްސަލައެއް ހުށަހެޅެއެވެ. އަދި ހުށަނޭޅި ދާ މައްސަލަތަކުގެ އަދަދު މިއަށްވުރެންވެސް އިތުރު ވާނެއެވެ. މިފަހުން އިންޑިއާ އިން އަޑު އިވުނީ ދުއްވާފައި ދިޔަ ބަހެއްގެ ތެރޭގައި އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައިގައި ކުށްވެރިވާ ހަތަރު މީހުން ދަންޖައްސައިން މަރަން ހުކުމް ކުރި ޙަބަރެވެ.

މިއަދުގެ ޚަބަރުތޯއެވެ؟ ރާއްޖޭގެ ރަށެއްގައި ތުއްތު ކުއްޖަކު ރޭޕުކޮށް، ޖިންސީ އަނިޔާގެ ޝިކާރައަކަށް ހެދީއެވެ. އެކަމުގައި ބައިވެރިވީ ކޮން ބައެއް ހެއްޔެވެ؟ ކުއްޖާގެ ހިމާޔަތުގައި ތިބި މީހުންނެވެ. ބައްޕައާއި ކާފަގެ އިތުރުން މުނި ކާފައެވެ.

މި ދެއްކީ ދެ ޤައުމެއްގެ ވާހަކައެވެ. ކައިރީގައި އޮތް ނަމަވެސް ހާސް ބައި ތަފާތު ދެ ޤައުމެއްގެ ވާހަކައެވެ. އެހެންނަމަވެސް، ދާދި ހަމަ އެއް ކަންތައްތަކެއްގެ ވާހަކައެވެ. އަންހެނުންނަށާއި އަންހެން ކުދިންނަށް ކުރާ ޖިންސީ އަނިޔާ އާއި ރޭޕްގެ ވާހަކައެވެ. ޖެހިގެން މި އޮތް ޤައުމުގައި އެކަން އޮތީ ހައްދުން ނެއްޓިފައެވެ. ބަޔަކު އަޅާ ނުލާ ދަރަޖައަށް ގޮސްފައެވެ. ފުލުހުންވެސް މާ އިސްކަން ދޭކަމެއް ނޫނެވެ. ކަމެއް މާ ގިނައިން ވަންޏާ، އެއީ މާ ބޮޑު ކަމެއްކަމަށް ނުހަދާ ބީދައިންނެވެ.

މުޅި އިންޑިޔާ ގައިވެސް އަދި މުޅި ދުނިޔޭގައިވެސް ރޭޕްގެ މައްސަލައަށް ލޯ ހުޅުވާލަދިނީ 2012 ވަނަ އަހަރު ދިއްލީގެ ދެކުނުގެ ސަރަޙައްދުގެ މަގެއްގައި ދުއްވާފައި ދިޔަ ހުދު ކުލައިގެ ބަހެއްގެ ތެރޭގައި ހަ ފިރިހެނުން ވެގެން އަންހެން ކުއްޖަކު ރޭޕުކޮށް، އިތުރު އެތަކެއް ލާއިންސާނީ އަމަލުތަކެއް ކުރި ޙާދިސާއެވެ. މި ޙާދިސާއާ ގުޅިގެން މުޅި ދިއްލީގައި މުޒާހަރާ ކުރިއެވެ. ފުލުހުންގެ މަރުކަޒުތަކާއި ޕާލިމެންޓުގެ ކައިރިއަށްވެސް އެއްވިއެވެ. ނަތީޖާއެއްގެ ގޮތުން ރޭޕްގެ މައްސަލަތައް ބަލަން ހަލުވި ކޯޓުތައް އުފައްދަން ފެށިއެވެ. ޤާނޫނުތައް ވަރުގަދަ ކުރިއެވެ. އެހެންނަމަވެސް، އަދިވެސް އެދެވޭ ނަތީޖާއެއް ނުފެނެއެވެ.

މި ދެއްކީ އެކި މީހުން އެކި ރާގަށް އުޅޭ އިންޑިޔާގެ ވާހަކައެވެ. ދުނިޔޭގެ ދެވަނަ އަށް އެންމެ ބޮޑު އާބާދީ އޮތް ތަނުގެ ވާހަކައެވެ. ދެން ދައްކަން މިއުޅެނީ ރާއްޖޭގެ ވާހަކައެވެ. އެކަކު އަނަކަކު ދަންނަ، ހަތަރު ލައްކައެއްހާ މީހުންގެ ކުޑަކުޑަ ޤައުމެކެވެ. އެހެންނަމަވެސް، ރާއްޖޭގައި އަދިވެސް ރޭޕާއި ޖިންސީ ޝިކާރައިގެ މައްސަލަތަކަށް އެދެވޭ ސަމާލުކަމެއް ނުލިބެއެވެ. ތަހުގީގު އެންމެ ރަނގަޅަށް ހިނގައެކޭ ނުބުނެވޭނެއެވެ. ހެކި ނެތިގެން، އެފަދަ އެތައް މައްސަލައެއްގައި ކުށްވެރިވެފައިވާ އެތައް ބަޔަކު ދޫވެއެވެ. އިންޑިއާގައި ރޭޕް ކުރާ މީހުންނަށް މަރުގެ ޙުކުމް އިއްވާއިރު ސައްތައިން ސައްތަ މުސްލިމު މި ރާއްޖޭގައި އެފަދަ މީހުންނަށް އިސްލާމީ ޝަރީއަތުގައި ކަނޑައެޅިފައިވާ ޙުކުމްތައް ތަންފީޒު ނުކުރެވިގެން މި އުޅެނީ ކީއްވެ ހެއްޔެވެ؟ އިސްލާމީ ޝަރީއަތުގައި ސާފުކޮށް ބަޔާން ކޮށްފައި އޮތް ގޮތެއް ހައްދުފަހަނަ އަޅައި ދިއުން ކަމުގައި ބެލޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ.

މިހެން ބުނެވޭނޭ އެތައް ސަބަބެއް އެބަ ހުއްޓެވެ. އިސްވެ ކަމެއް ހަރުދަނާ ކުރަން މަސައްކަތެއް ކުރާތަން އަމުދުން ނުފެންނަނީއެވެ. ޤާނޫނުގައި ކަޅާއި ހުދުން، ސާފުކޮށް ލިޔެފައިވާ ކަންކަން ތަންފީޛު ކުރެވެނީއެއް ނޫނެވެ. މައްސަލައެއް ފެންމަތިވުމުން ތެޅިގަންނަނީއެވެ. “ބަޔާނަކުން” ފުއްދާލަނީއެވެ. އިބްތިހާލުގެ މައްސަލައިގައިވެސް ކަންވީ ހަމަ އެބީދައިންނެވެ.

މިފަދަ މައްސަލަތަކުގައި ރައްޔިތުން ކެކި އަރާނެއެވެ. ރުޅިވެސް އަންނާނެއެވެ. އަދުލު އިންސާފުގެ ނިޒާމަށް އެންމެ އެދެވޭ އިތުބާރެއް ނެތް ޤައުމެއްގައި އަދި މިކަން މިގޮތަށް ވާނެއެވެ. އެހެންނަމަވެސް، ޤާނޫނު އަތަށް ނެގުމަކީ ރައްޔިތުންނަށް ކުރެވޭނޭ ކަމެއް ނޫނެވެ. އަދަބު ދީ، ހުކުމް ތަންފީޛު ކުރާނީ ދައުލަތުންނެވެ. ހާކިމާއެވެ. އެއީ ރައްޔިތުންގެ މަސްއޫލިއްޔަތެއް ނޫނެވެ. ރައްޔިތުން މި މަގުން ހިނގަން ވެއްޖެނަމަ ކުރިމަތިވާނީ އިތުރު މައްސަލަތަކެކެވެ. ވެއްޓޭނީ އެހެން އަނދަވަޅަކަށެވެ.

ރައްޔިތުންނަށް އޮތީ ސަރުކާރާއި، ޤާނޫނު ތަންފީޛު ކުރާ އިދާރާތަކާއި އަދުލު އިންސާފުގެ ނިޒާމު ޖަވާބުދާރީ ކުރުމެވެ. މިކަމުގައި ޤާނޫނު އަސާސީން ލިބިދެވޭ ހުރިހާ ޙައްޤެއް ބޭނުންކުރިކަމުގައިވިޔަސް ވަރިހަމައެވެ.

ޓްވީޓެއް ކޮށްލަން ވަރަށް ފަސޭހައެވެ. އުނދަގުލީ އަމަލީ ސިފައެއް، ހަގީގީ ފިޔަވަޅެއް މިކަންކަމަށް އެޅުމަށެވެ. އިންޑިޔާ ހިނގި މަގުން ހިނގައިން މިކަން ވާކަށް ނެތެވެ. މިކަން ހުއްޓުވަން އަވަސް ފިޔަވަޅުތަކެއް އެބަ ބޭނުންވެއެވެ. ނޫންނަމަ މާދަމާ މިކަމުގެ ޝިކާރަ އަކަށް ވާނީ ތިމާގެ އަމިއްލަ ދަރިފުޅު ނުވަތަ އާއިލާގެ މީހެއް ނޫން ކަމެއްވެސް ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ހުސޭނުބޭ

    އެކަމަކު އިބޫ ޞާލިޙް އެދޭ! އޭނާ ވޯޓުން ހޮވުމާއެކުވެސް އެންމެ ފުރަތަމަ ކުރި ކަމަކީ ހޯރަ އިއްބެ މިނިވަންކުރުން! ބުއްޅަބެވެސް އެދޭ! އޭނާ ހުރީ މޯދީއާ ލޮލާއި ލޯ ދިމާވެފައި!

    17
    2
    • ޢެސްކޮބާ

      ސަރުކާރުގެ ބޮލުގަ ހުރިހާ ކަމެއް އެޅުވުމަކީ ހައްލެއްނޫން. ލޮލާ ދިމާވިއޭ ކިޔާ ކޮންމެ ކަމެއް ސިޔާސީ ކުރުން ނޫން ކަމެއް ކަލޭމެންނަށް ކުރަން އިނގޭތަ؟ މިއުޅުނީ ސިޔާސީ ކުރާވަރު ކަމެއްނޫނޭ ހިނގައިގެނެއް. ދެން އަނެކަކު ތިކިޔަނީ ހޯރަ އިއްބެ މިނިވަން ކުރިވާހަކަ. ޙޯރަ އިއްބެ ހައްޔަރުކުރީ ދީނީ ގޮތުން ބަލާއިރު ބާލިޤުވެފަ ހުރި ބޮޑު އަންހެނަކާއި އެކުގަ ބަދުއަޙްލާޤީ އަމަލެއް ހިންގަނިކޮށް. ޢިސްލާމީ ޝަރީޢަތޭ ކަލޭމެން ތިކިޔަނީ. ޢެހެންވީމަ އިސްލާމީ ޝަރީޢަތުގަ ބާލިޤުވެފަ ހުރި ބޮޑު އަންހެނަކާއިއެކު ރުހުމުގަ ޒިނޭ ކުރުމަކީ ކުޑަ ކުއް ޖަކާ ބެހުމެއް ނޫން. އެ އަންހެން ކުއް ޖާ އަކީ މިހާރު ހޯރަ އިއްބެގެ އަނބިމީހާ، އޭރުގަ ލޯބިވެރިޔާ. އެ އަންހެއް ކުއް ޖާގެ ރުހުުމުގަ އެކަމެއް ކުރަނިކޮށް ހައްޔަރު ކުރީ. 17 އަހަރު ވިޔަސް އަހުރުމެން ނުބަލަން އެއީ ކުޑަ ކުއް ޖެއް ކަމަކަށް. އެއީ އިސްލާމީ ޝަރީޢަތުގަ ބޮޑު އަންހެނެއް. 18 އަހަރު ފުރި، ރާއް ޖޭގެ ޤާނޫނުގަ އެބުނާ ބޮޑެތި މީހުން ކަމުގައި ވިޔަސް ގަދަކަމުން ، ނުވަތަ މަޙުރަމަކު އެމީހަކާ ބަދުއަޙުލާޤީ ޢަމަލެއް ގަދަކަމުން ހިންގުން ނުވަތަ އެފަދަ ފޮޓޯ،ވީޑިއޯ ފަދަ ތަކެތި ދައްކާ އެންމެ ކުޑަމިނުން ހަށިގަނޑު ގެ އެއްވެސްތާކު ބީހުން ވެސް އެއީ ބަލައިގަނެވޭނެ ކަމެއްނޫން. ޢަދި ކިއެއް އެއީ ރޭޕް ނޫން އެހެން އެއްޗަކަށް ނުވާނެ. ޥީމާ މި ދެންނެވި ފަދަ ޢަމަލު ތައް ކުރާ މީހުންނާ، ކުޑަކުދިންނާ ބެހޭ މީހުން ، ބޮޑެތި މީހުން ވިޔަސް އެ މީހުންނަށް ޖިންސީ ފުރައްސާރަ ކުރާމީހުން ކޮށި ވަޅިއަކުން ކަރު ކަތިލަން ޖެހޭނީ. ޢެފަދަ މީހުންނަށް އިންސާނީ ފަސްގަނޑަކުން މިނިވަން ކަމާއިއެކު އުޅުމުގެ ޖާގަ ދެވިގެން ނުވާނެ. މި ސަރުކާރު ބަދުނާމު ކުރަން އުޅުނަސް އެކަން ކާމިޔާބެއް ނުވާނެ، އިންޝާﷲ. ވޭތުވެދިޔަ ސަރުކާރުން ކީއްވެބާ ތަކުރާރުކޮށް އެކަންކަން ކުރަމުން ދިޔަ މީހުންނަށް ހަޢްޤު އަދަބު ނުދިނީ. މަރުގެ ހުކުމް ތަންފީޒް ކުރަން އެންމެ ވަކާލާތު ކުރާ މީހާ ހަރުގަނޑު އުމަރު ހޯމް މިނިސްޓަރ ގެ މަޤާމު ދިނީމަވެސް ކީއްވެ އެކަން ނުކުރީ. ދީނާ، ޤައުުމާ ވަތަނުގެ ދިފާއުގަ ހުރި ގަޓް ރައީސް ކީއްވެ ހުކުމް ތަންފީޒް ނުކުރީ. މަ ޖިލީހުގެ މެ ޖޯރިޓީ އޮވެމެ ކީއްވެ ރޭޕް ކުރާ މީހުންނަށް މަރުގެ ހުކުމް ކުރަން ޤާނޫނުގައި ލިޔެ ފާސް ނުކުރީ. ޢުމުރަށް ބަލާފަ އޭރު އެ މުސްކުޅި ސައިތާނު ދޫކޮށްލާފަ ބެހެއްޓި އިރު ގަޓު ރައީސްގެ ބޭބެ މުސްކުޅިވި ދުވަހު ، ފޯނެއް ނުދީގެން ޓިނު ގޮޅިއެއްގަ ބޭއްވުނު. ލާދީނީއޭ އަނެކެއްޗެކޭ ކިޔާ މިއަދު އެހެން ކަމެއް ޙާޟިލް ކުރަން ތި ޖައްސާ ސްޓަންޓް އިނގޭ.. މި ސަރުކާރުން ނޫޅޭ އެކަހަލަ ޖަނަވާރުން ހިމާޔަތް ކުރާކަށް. އޭގެ ހެއްކެތް މިހާރު އެމީހުން ފަޟީޙަތް ކޮށް އެމީހުންގެ ވަނަވަރާ ފޮޓޯ އާއްމު ކުރުން. ޔާމީނުގެ ސަރުކާރުން މަ ޖިލީހުހެ މެ ޖޯރިޓީ އޮތީމަ ބޭނުން ގޮތަކަށް ގާނޫނު ތައް ހެދީ. ޢަބުރުގެ ބިލެކޭ ކިޔައިގެން. އެކަހަލަ ޖަނަވާރުން ހިމާޔަތް ކުރަން.

      6
      17
  2. Anonymous

    އިންޑިއާ ފަދަ ޤައުމަކަށް ރާއްޖެ ބަދަލުވާނެ އެއީ ގެރި މޯދީގެ ލޮލާއި ނަޝީދުގެ ލޯ ދިމާވާ ކަމަށް ނަޝީދު ބުނެފައިވޭ

    19
    3
  3. ދިވެއްސެއް

    ހާދަ ހިތާމަހުރި ކަމެކޭދޯ؟؟؟!!! އިސްލާމީ ޝަރީޢަތުން ލިބެންޖެހޭ އެންމެ ހަރުކަށި އަދަބެއް އެފަދަ ފާސިޤު މުޖުރިމުންނަށް ސަރުކާރުން ދޭންޖެހޭނެ!!! ޢިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ތަންފީޒު ކުރުން ވާޖިބު!!!

    24
    4
  4. މާކަނާ

    މި ރާއްޖޭގައި އަވަސް ނިޔާ ކޯޓެއް އުފައްދާނީ ކޮންދުވަހަކުން ބާވޭ މަގޭ ހިތައް އަރާ

    18
    3
  5. އެނަމް

    މިތާ އެބަ އުޅޭ އިސްލާމީ ޝަރީއަތާގެން އޮބިނޯވެގެން އުޅޭ މީހަކު. މަށަށް ހީވަނީ މީނައާ އެކަންތައް ހަވާލު ކުރަން ވީހެން.

    6
    8
    • Anonymous

      އެތައް އަހަރެއް ވެއްޖެ އިސްލާމީ ޝަރީޢަތުން ހުކުމް ނުކޮށް ކަލޭމެން ބޭނުން ގޮތަކަށް ހުކުމް ކޮށް މައްސަލަ ޙައްލު ނުވެ އެތައް ބޮޑެތި ކުއްތައް ގިނަވެ މުޖުތަމަޢު ނުރައްކާތެރި މާހައުލަށް ބަދަލުވެފައިވަތީ. މީ އިސްލާމީ ޤައުމަކަށް ވާތީ ގިނަ ދިވެހިން ބޭނުންވޭ މުޖުތަމަޢުގައި އަމާންކަން ގެންނަން އިސްލާމީ ޝަރީޢަތް ޤާއިމްކުރަން.

      7
      2
  6. މުހައްމަދު މުދުހިޝް Mudhish

    ދިވެހިންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު އެދޭ އިންޑިއާ ފަދަ ގައުމަކަށް ރާއްޖެވާން. އެމީހުންގެ ލޮލާ ލޯ ދިމާވާ ވެރިން ރާއްޖޭގައި ގިނަ. ބަލަން ކަމުދަނީ އެމީހުންގެ ފިލްމާއި ޑުރާމާތައް. އީދުގއިވެސް ފާހަަކުރަނީ އެމީހުންގެ ހޯލީއާއި ދިވާލީ. ކަސްރަތަކަށް ކަމުދަނީ އެމީހުން ޔޯގާ. ކިޔަވައިދޭންވެސް މޮޅީ ހަމަ އެމީހުން.

    11
    3
  7. ޕަސެންޓް

    މިސަރުކާރަށް ވޯޓްއެޅި ބައިގަނޑު ބޭނުންވަނީ އިންޑިޔާފަދަ ގައުމަކަށް މިގައުމު ހަދަން. އިންޑިޔާއަކީ ސެކިޔުލަރ ގައުމެއް. އިންޑިޔާގައިވަނީ ބަރުލަމާނީ ދައުލަތެއް. އިންޑިޔާގެ ކޮންމެ ސްޓޭޓަކަށް ވެރިޔަކު ހުރޭ. އިންޑިޔާގެ މުއްސަދިންނަށް ހުރިހާބާރެއް. ފަގީރުން އަތުން ޓެކްސް ނަގައި ފެލުންނޫންކަމެއް ނޯވޭ (އިންކަމްޓެކްސް މިނަގަނީ މުއްސަދިންގެ އަތުން. މުއްސަދިން ވިޔަފާރިއާއި ކުލި އަގުބޮޑުކުރީމާ މިފެލެނީ ކޮންބައެއްތޯ). މިރިޕޯޓުގައި ކޮންމެ އެއްޗެއް ކިޔަސް ހަގީގަތަކީ މިއީ. ރާއްޖޭގެ މެޖޯރިޓީ ބޭނުންވަނީ ރާއްޖެ އިންޑިޔާއަށް ހަދަން.
    މިހިޔާލާއި މިރިޕޯޓާއި ކޮންގުޅުމެއްތޯ؟ އިންޑިޔާފަދައިން ސަރުކާރުންނާއި ވިޔަފާރަވެރިންގެ އަތްދަށަށް ވެރިކަމުގެ ބާރުތައް ގޮސް، އިސްލާަމީ ޝަރީއަތް ނަގާލާތަން މިފެންނަނީ. ކުށްވެރިން ސަރުކާރު ޕާޓީގައި ހިމެނޭތީ ހެކިތައް ގެއްލެނީ ނޫނީ ކުށް ދުވަހަކުވެސް ސާބިތުވާތަނެއް ނުފެނޭ. އިހަށް ދުވަހު އިސްލާމްދީނާއި ދެކޮޅަށްވާހަކަ ދެއްކި އަންހެނަކު ގައުމުން ފިއްލުވައިލީ. އަދިވެސް ކުށް ސާބިތުވެފައިވާ ގާތިލަކަށް އަދަބުދެވޭތަނެއް ނުފެނޭ. އަފްރާޝީމްގެ މައްސަލައިގައި ތުހުމަތުކުރެވޭ ބޭފުޅަކު އެހުރީ މަތީ މަގާމެއްގައި. ނޮވެމްބަރ 3ގެ ބަޢާވާތްކުރި މީހާ ކިތައް ދުވަސް ވަންދެންތޯ ސްރީލަންކާގައި އަރާމާއެކު އެއުޅުނީ؟ މިސަރުކާރު ފެށިފަހުން ކިތައް ވައްކަން، ކިތައް ރޭޕް ހިނގައިފިތޯ؟
    ރާއްޖޭގެ މެޖޯރިޓީ ބޭނުންވަނީ އިންޑިޔާގެ ސެކިޔުލަރިޒަމް.

    10
    5
  8. އައިސްވާރިޔާ

    އިންޑިޔާއަށް އެވަރަށް ދިމާކޮށް ޖޯކުޖަހާ ފުރައްސާރަކުރުމުގެ ނަތީޖާ މިފެންނަނީ. އެންމެފަހުން އެނުބައި މުސީބާތް އަހަރެމެންނަށްވެސް ފާވީ. ދެންވެސް އެހެންމީހުންނަށް ނުބަވާ ތިމާމެން އިސްލާހުވޭތޯއުޅެބަލަ.

    4
    8
    • Anonymous

      މިއީ އަހަރުމެން އަމިއްލަޔަށް އަލިފާނަށް ފުންމާލީ،

      11
      4
  9. މަކިނބޫ އެޓް ދުބާއީ

    މީ މޯދީ ބެޓް ކިނބޫ އަދި ލޮލާ ލޯ ދިމާ ކުރާ ތަނެއް. މި ލޮލާ ލޯ ދިމާވުމަކީ ޖެހިފަ އޮތް މުސީބާތެއް. މޯދީ ވެސް ބުނި އޭނަގެ ގެރި އަށް ވެސް މި މުސީބާތް ޖެހިއްޖެ ވާހަކަ.

    1
    3
  10. މަންޖެ

    އިންޑިއާކީ އިންޑިއާ ފަދަ ގައުމަކަށްވާކަށް އިންޑިއާމީހުންވެސް ބޭނުމެއްނޫން.

  11. ހޫދު

    މޑޕ އަށް ނިސްބަތްވާ މީހުން ލަދުގަންނަންޖެހޭ. މިސަރުކާރު ވެރިކަމާ ހަވާލުވެފައި ކުރިކަމަކީ ކުޑަކުދިންނާބެހުމުގެ ހުއްދައިގައި ތައްގަނޑުޖެހުން. ހޯރަ އިއްބެ ދޫކޮށްލުމަކީ މިކަން.ފުރަތަމަވެސް ގާނޫނާ ހިލާފުޖަމެއް އިބޫކުރީ. މަގާމުގެ ޝަރުތު އުނިވެފަހުރި މީހެއް އިބޫއަކީ. އިސްތިެުފާދީ. ނޫނީ މުޅި ރާއްޖޭގައި ރައްޔިތުން ހުއްޓާނުލާ މުޒާހަރާ ކުރަންވީ. މުވެރިކަން އޮވެއްޖެނަމަ މިގައުމެއް ނޯންނާނެ.

    2
    3
  12. އިންޑިއާ މީހާ

    މިހާރުވެސް އިންޑިއާއަށްވުރެ މިޤައުމުގެ ކަންތައްތައް މާނުރައްކާ މާބޮޑަށް ނުބައި ވެއްޖެ! އެހެންވީމާ އިންޑިއާ ފަދަ ޤައުމަކަށޭ ނުކިޔާ!

    7
    1
  13. އަލިފު!

    ހުރިހައި ކަމެއްވެސް އަޅުވަންޖެހޭނީ ސަރުކާރުގެ ބޮލުގައި! އެހެނީ މީސްތަކުންގެ ތެރެއިން މީސްތަކުންގެ މައްޗަށް ވެރިޔަކު އިސްކުރަން ޖެހެނީ ހަމަ އެންމެ ސަބަބަކަށްޓަކައެވެ. އެއީ ޢަދުލުވެރިކަން ޤާއިމު ކުރުމަށެވެ. ދެން ޢަދުލުވެރި ކަމަކީ ކޮބައިތޯ ދެނެގަންނާށެވެ. މިކަހަލަ ކޮމެންޓަކުން އޭގެ ތަފްސީލަކަށް ނުދެވޭނެއެވެ. ޤާނޫނުހަދައި ޤާނޫނު އެންމެންގެ މައްޗަށް ޢަދުލުވެރި ގޮތުގައި ތަންފީޒް ނުކޮށްފިނަމަ އޭގެ ނަތީޖާ ދާނީ ގޯހުން ގޯހަށެވެ. ހޯަރަ އިއްބެ އަކީ އޭގެ މިސާލެކެވެ. އެކަމަށް ފެންބޮވައިގެންފައި ތިބޭމީހުންނަށް ދެވޭ އިތުރު ހިތްވަރެކެވެ. އިންސާނާ ހެއްދެވިގެންވަނީީ ކުށުގެ މަޙައްލުގައި އަބަދުވެސް ވާ މީހެއްގެ ގޮތުގައެވެ. ވެރިކަމެއް ޤާއިމު ކުރަންޖެހެނީ، އަދި ޤާނޫނު ހަދަންޖެހެނީ އެހެންވެގެންނެވެ. ކުށް ކުރާމީހާ އަމިއްލައަށް އިންސާފު ހޯދަން ޖެހޭނަމަ ދުވަހަކުވެސް އޭނާ ކުށްވެރިވާ ތަނެއް ނުފެންނާނެއެވެ. މިހާރު މުޅިޤައު ޤައުމު މިއޮތީ ރަނގަޅު ވާނެމީހަކު ރަނގަޅުވާން ނުވާނެ މީހަކު ނުވާން ދޫ ކޮށްލާފައެވެ.

    1
    2
  14. ހުސެން

    ނަޟީދުބުނީ މޯޑީ އާއި އިންޑީޔާ އާއި ލޮލާލޯ ދިމާވެޔޯ ދެން ކީކޭ ބުނާނީ ވެރިން ބޭނުންވަނީ މިތަން އިންޑިޔާ ގޮތަށް ވާން ދެނޯ

    1
    1
  15. އަލިފު!

    ޒިނޭ ކުރާމީހުންނާ ގުޅޭނީ ޒިނޭކުރާމީހުންނެވެ. ވައްކަން ކުރާމީހުންނާ ގުޅޭނީ ވައްކަން ކުރާމީހުންނެވެ. ރާ ބޯމީހުންނާ ގުޅޭނީ ރާ ބޯމީހުންނެވެ. ރޭޕް ކުރާމީހުންނާ ގުޅޭނީ ރޭޕް ކުރާ މީހުންނެވެ. ގޮތް ނޭގޭ އާދަޔާ ޚިލާފު ގުޅުމަކުން ރޭޕް އިންޑިޔާ އާއި ގުޅުމުން ކަމުގެ ވާރުތަ މިއޮތީ ރަގަޅަށް ދިވެހިންނަށް ފޯރާފައެވެ. ވައްސަލާމް!

    1
    1
  16. ނޭދެން

    ނޭދޭނަން...ދުވަހަކުވެސް ނޭދޭނަން...

    1
    1
  17. އަލްޖިބްރާ

    އިސްލާމީ ޝަރީޢަތް ހިންގަން ޖެހޭ ޤައުމު ތަކުން އެޝަރީއަތް ބޮލާލާ ޖެހީމަ ދެން ޖެހޭނީ ކޮންމެވެސް މީހެއްގެ ނުބައިކަމޭ ، ފަރުވާކުޑަކަމޭ ، ކަންތައް ނުކުރެވެނީއޭ ފަޅޮލޭ ކިއަން ! މިފެންނަނީ އެކަމުގެ ނުބައި ނަތީޖާ !

    1
    1
  18. މުހައްމަދު

    އިބޫ ކީއްކުރަން އަހަރެންވެސް އެދެން. މުޅި ރާއްޖެ އެދޭ. ޔަގީންވާނެ ކައުންސިލް ެެެެެެެެެ އިންތިހާބުގައި

  19. ލާރާ

    ތިފަދަ މުޑުދާރު އަމަލު ހިންގަނީވެސް ދިވެހިން. އެ އަމަލު ހިންގާ ފަރާތްތަކާމެދު ފިޔަވަޅު ނާޅަނީވެސް ހަމަ ދިވެހިން.