(ގއ. ކަނޑުހުޅުދޫ) - ރާއްޖޭގެ ދެކުނުގެ ރަށެއް ކަމަށްވާ ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ތުއްތު އަންހެން ކުއްޖަކަށް އެކުއްޖާގެ ކާފައާ މުނިކާފަގެ ފަރާތުން ޖިންސީ ގޯނާ ކުރި ކަމަށް ދެކެވުނު ވާހަކައަކީ މިފަހުގެ ތާރީޚެއްގައި ރާއްޖޭގެ ރައްޔިތުންގެ ލޭ "ކައްކުވާލި" ވާހަކައެކެވެ. އެކުއްޖާއަށް ކޮށްލާފައި އޮތް ވަރުން ކުއްޖާ ބެލި ޑޮކްޓަރުންވެސް ރޮއި ހެދިއެވެ. އަދި ޑޮކްޓަރުން ބުނި ކަމަށްވެއެވެ. "މި ކުއްޖާއަށް މިވަރު ކޮށްލާފައި މިއޮތީ ޖަނަވާރުންތަކެއް" ހެއްޔެވެ. އެކުއްޖާއަށް އެކަމުގެ ސަބަބުން ވަނީ އިޔާދަ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބިފައެވެ.

ކޮންމެ އަކަސް ކަނޑުހުޅުދޫގައި އެކުއްޖާ ދިރިއުޅެމުން ދިޔައީ ކުއްޖާގެ މަންމައާ ބައްޕަގެ ގާތުގައެވެ. ކުއްޖާގެ ބަދު ނަސީބަކަށްވީ އެކުއްޖާގެ މަންމަ ވެސް އަދި ބައްޕަ ވެސް މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައި ތިބި ބަޔަކަށްވުމެވެ. ކުއްޖާގެ މަންމަ ކުއްޖާގެ ބައްޕަ އާއި ކައިވެނި ކުރީ ޢާއިލާ މީހުންގެ ނުރުހުމުގައެވެ. ކުއްޖާގެ މަންމައަކީ މީގެކުރިންވެސް އިތުރު ކައިވެންޏެއް ކޮށްފައިވާ މީހެކެވެ. އެހެން މީހަކާ ކައިވެނި ކޮށްގެން އެއްމާބަނޑު ދެ ކުދިން ލިބިފައިވާ މި އަންހެން މީހާ މިހާރު އިނދެގެން އުޅޭ ފިރިހެން މީހާއާ ކައިވެނި ކުރި އިިރުވެސް ފިރިހެން މީހާއަކީ މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅުމުގެ އިތުރުން ތަފާތު އެކިއެކި ކުށްތަކުގެ ރެކޯޑު އޮންނަ މީހެއްކަން ފުލުހުންގެ ރިކޯޑުތަކުން އެނގެން އެބައޮތެވެ.

ކަނޑުހުޅުދޫގައި މަސްތުވާތަކެތި ބޭނުންކުރަން މީހުން ދާ ގެ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ކުއްޖާގެ މަންމައާ ކުއްޖާގެ ބައްޕަ ކައިވެނި ކުރިއިރު ކުއްޖާގެ މަންމަގެ ޢާއިލާ މީހުން ގާތުގައި ކުއްޖާގެ މަންމަ "ހަލާކު" ކޮށްލާނެ ކަމަށް ބުނި ކަމަށްވެއެވެ. ކުއްޖާގެ މަންމަ އެމީހާއާ ކައިވެނި ކުރިއިރު ކުއްޖާގެ މަންމަ ފަރާތު ޢާއިލާ މީހުން ބުނާ ގޮތުގައި ކުއްޖާގެ މަންމަ އަކީ އެއްވެސް ކަހަލަ ކުށެއް ކުރާ މީހެއް ނޫނެވެ. އަދި ވަކިން ހާއްސަކޮށް މަސްތުވާތަކެތީގެ ޝިކާރައަކަށް އެ އަންހެން މީހާވީ އެ ފިރިހެން މީހާއާ ކައިވެނި ކުރި ފަހުންނެވެ. ފިރިހެން މީހާ ބުނި ގޮތަށް މިއަދު އެ އަންހެން މީހާ އެވަނީ "ހަލާކު" ކޮށްލާފައެވެ. އަންހެން މީހާ އަކީ މަސްތުވާތަކެއްޗަށް މިއަދު "ދެވި" ހިފާފައިވާ މީހެކެވެ. މަސްތުވުމަށް ބޭނުން ކުރާނެ އެއްޗެއް ނުލިބިއްޖެ ނަމަ "ސިކު"ވެގެން މީހާ މޮޔާވަރުވެއެވެ.

ގއ. ކަނޑުހުޅުދޫގައި މަންމައަކު ދެ ދަރިންނާއެކު މަގުމަތިން ހިނގާފައި ދަނީ - މިރަށުގެ ގިން މައިންބަފައިން ދަރިން އެކަނި މަގުމައްޗަށް ދޫކޮށްލަން ޖެހިލުންވޭ --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

މިއަދު މާލޭގެ އައިޖީއެމްއެޗުގައި އެ އަންހެން މީހާ އޮތީ މިފަދަ ޙާލަތަކަށް ގޮސްގެންނެވެ. އަންހެން މީހާ "ސިކުވެ" މަސްތުވާނެ އެއްޗެއް ނުލިބުމުން އަންހެން މީހާގެ ޙާލަތު ގޯސްވިއެވެ. އަދި ވަގުތުން އަންހެން މީހާ ގދ. ތިނަދޫގައި ހުންނަ ޢަބްދުލް ޞަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔައެވެ. އެ ހޮސްޕިޓަލުން އަންހެން މީހާ މިހާރު ވަނީ މާލެ ގެނެސްފައެވެ.

ހޮސްޕިޓަލުގައި އޮތްއިރު ކުއްޖާގެ މަންމަގެ އާދޭސް!

މުޅި ރަށުގެ އެންމެނަށްވެސް އެނގޭ ބޮޑު ސިއްރެކެވެ. އެއީ ކުއްޖާގެ މަންމަ އިނދެގެން އުޅޭ މީހާގެ ކާފަ ނުވަތަ ކުއްޖާގެ މުނިކާފައަކީ އަންހެނުންނާއި ކުޑަ އަންހެން ކުދިންނާއި ހެދި "ހޭބަލި" ވެފައިވާ މީހެއް ކަމެވެ. ރަށުގެ ރައްޔިތުންގެ އެތައް ކަންބޮޑުވުންތަކެއް މިކަމާއި ގުޅިގެން ހުއްޓެވެ. އެއީ އެކުއްޖާގެ މަންމައާ ބައްޕައަކީ މަސްތުވާތަކެތި ބޭނުންކުރާ ދެ މީހުން ކަމުން ކުއްޖާއަށް ލިބިދާނެ ގެއްލުމާއި ގުޅޭ ކަންބޮޑުވުމެވެ. މީގެއިތުރުން ކުއްޖާގެ ބައްޕަ ފަރާތު ކާފަ އަދި ވަކިން ޚާއްޞަކޮށް މުނިކާފައަކީ ޖިންސީ ގޯނާ ކުރުމުގައި "އަރާހުރި" މީހަކަށްވުމުން އެކަމާއި ގުޅޭ ކަންބޮޑުވުމެވެ.

ރޭޕް ކުރި ދެ އަހަރުގެ ކުއްޖާ ދިރިއުޅެމުންދިޔަ ގެ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ރަށުގެ މީހުންގެ މި ކަންބޮޑުވުން މިގޮތަށް ހުއްޓާ ކުއްޖާއަށް ހަމަސް ފުރިއްޖެއެވެ. ކުއްޖާއަށް ހަމަހުގައި ދެން އަޑު އިވުނީ ކުޑަ އަންހެން ކުއްޖަކަށް ކުއްޖާގެ މުނިކާފަ ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތެވެ. އެކަމުގެ ތުހުމަތުގައި ކުއްޖާގެ މުނި ކާފަ ފުލުހުން ހައްޔަރުވެސް ކުރިއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ ކުއްޖާގެ މުނިކާފަ ދޫކޮށްލީ އޭނާގގެ އުމުރަށް ބެލުމަށްފަހު ކަމަށެވެ. އަދި މިދިޔަ އަހަރުގެ ތެރޭގައި އެމައްސަލާގައި ޝަރީއަތެއްވެސް ކުރިޔަށް ދިޔަ ކަމަށްވެސްވެއެވެ. އެހެންނަމަވެސް އޭގެފަހުން އެ މައްސަލައިގެ އިތުރު ޝަރީއަތެއް ހިނގި ކަމަކަށް ފުލުހުން ހާމައެއް ނުކުރެއެވެ.

ކޮންމެއަކަސް ކުއްޖާގެ މުނި ކާފަގެ މި ޢަމަލުގެ ސަބަބުންވެސް ރަށުގެ ރައްޔިތުން ކުއްޖާގެ މަންމަ ފަރާތު މީހުން ގާތުގައި މި ވާހަކަތައް ދިޔައީ ކިޔައި ދެމުންނެވެ. ނަމަވެސް ރަށުގެ ރައްޔިތުންގެ އެ ވާހަކަތަކަށް މަންމަ ފަރާތު މީހުންނަށް ވެސް މާ ބޮޑު ޞަމާލުކަމެއް ނުދެވުނެވެ. ސަބަބުތައް ވެސް އެބަހުއްޓެވެ. އެންމެންވެސް އުޅެނީ އެމީހެއްގެ ދިރިއުޅުމައިގެން ވަރަށް ބުރަކޮށެވެ. އެހެންނަމަވެސް ކުއްޖާގެ މަންމަ "ސިކުވެ" އޭނާގެ ޙާލަތު ގޯސްވެ ތިނަދޫ ހޮސްޕިޓަލަށް ގެންދިޔަ ދުވަހު އާދޭސްތަކެއް ދިޔައީ ކުރަމުންނެވެ.

"އަހަރެން ދަރި އެމީހުން [ކުއްޖާގެ ބައްޕަ އަދި ކުއްޖާގެ ބައްޕަ އާއިލާ މީހުން ގާތު] ނުބަހައްޓާ. އެކުއްޖާ އެމީހުން ގާތުގައި ނުބަހައްޓާ ގެނޭ،" މިހެންނެވެ.

ކުއްޖާގެ މަންމަގެ މި އާދޭހުންވެސް ކުއްޖާގެ މަންމައަށް ނުބައެއް އުޅޭކަން އެނގޭކަން ހާމަވެގެން ދެއެވެ. ކުއްޖާގެ މަންމަގެ މި އާދޭހަށް ކުއްޖާ މަންމަ ފަރާތު މީހުން ކުއްޖާ ގެންދިޔައެވެ. އެހެންނަމަވެސް ކުއްޖާގެ ބައްޕަ އެކުއްޖާ ބަލާ ކޮންމެ ރެއަކުވެސް އާދެއެވެ. ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައި މިވަނީ މި ދުވަސްތަކުގެ ތެރޭގައެވެ.

މަސްތުވާތަކެތި ގަންނާނެ ފައިސާ ހޯދަނީ މުނިކާފައަށް އަންހެނުން ދީގެން!

މިއީ މި ރާއްޖޭގައި މިހާތަނަށް ހިނގާދިޔަ އެންމެ ތަފާތު އެއް ހާދިސާއެވެ. މިފަދަ ހާދިސާތައް މީގެކުރިން ދިވެހިންނަށް ފިލްމުތަކުން ފެނުނުނަމަވެސް ދުވަހަކުވެސް މިއީ ތިމާގެ އަމިއްލަ ގައުމުގައި ހިނގައިދާނެ ކަމެއް ކަމަކަށް ގަބޫލުކުރަންވެސް ދަތިވާނެއެވެ. އެހެންނަމަވެސް ކަނޑުހުޅުދޫގައި މިކަން ހިނގަމުންދާތާ ދުވަސްތަކެއް ވެއްޖެއެވެ.

ކުއްޖާގެ މުނިކާފައަކީ އަންހެނުންނާއި ކުޑަ އަންހެން ކުދިންނަށް ވަރަށް ފޯރި ހުންނަ މީހެކެވެ. އުމުރުން 82 އަހަރުގެ މި މީހާއަކީ ދައުލަތުން 65 އަހަރުވެފައިވާ މީހުންނަށް ދޭ ޕެންޝަން ފައިސާ ލިބޭ އުމުރުގެ މީހެކެވެ. ރަށުގެ މީހުން ބުނާ ގޮތުގައި މި މީހާއަށް ލިބޭ ފައިސާ "ތަޅާ ބުރުވަނީ" ގެޔަށް އަންހެނުން ވެއްދުމާއި ކުޑަ އަންހެން ކުދިން ހައްލާލުމަށް މެޓާ ފަދަ ހަދިޔާތައް ގަތުމަށެވެ.

ކަނޑުހުޅުދޫ ޕޮލިސް ސްޓޭޝަން - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ރަށުގެ މީހުންނަށް ކުއްޖާގެ މުނިކާފަ ގެއަށް އަންހެނުން ވައްދާކަން އެނގެއެވެ. އޭނާ އެކަން ކުރަނީ ފައިސާ ދީގެންނެވެ. ނަމަވެސް މިކަމުގައި އެންމެ ހައިރާން ކުރުވާ ކަމަކީ ކުއްޖާގެ ބައްޕައާ މަންމައަކީ މަސްތުވާތަކެތި ބޭނުން ކުރާ ދެމީހުން ކަމުން އެކަމުގެ ފައިދާވެސް މުނިކާފަ ނަގަމުން އަންނަ ކަމެވެ. އެގޮތުން ކުއްޖާގެ ބައްޕަ ބައެއް ޙާލަތްތަކުގައި މުނިކާފަ އަތުން މަސްތުވާތަކެތި ގަތުމަށް ފައިސާ ހޯދާ ކަމަށްވެއެވެ. އަދި އެ ފައިސާ މުނިކާފަ ދެނީ ޝަރުތެއްގެ މަތިންނެވެ. އެ ޝަރުތަކީ ކުއްޖާގެ މަންމަ މުނިކާފައަށް ދިނުމެވެ. މިކަން އެމީހާ ކުރަނީ ކުއްޖާގެ މަންމަގެ ރުހުމުގައި ކަމެއް ނުވަތަ ނޫން ކަމެއް ނޭނގެއެވެ.

ރަށުގެ މީހުން ބުނާ ގޮތުގައި އެކަން އެމީހާ ކުރަނީ އަންހެން މީހާވެސް ރުހުމަގައެވެ. ސަބަބަކަށް ވަނީ އެ އަންހެން މީހާވެސް މަސްތުވާން ބޭނުންވާތީއެވެ.

މީގެއިތުރުން މި ރަށުގެ މީހުން ބުނާ ގޮތުގައި ކުއްޖާގެ މުނިކާފަ ފެންނަ އިރަށް ރަށުގެ ކުޑަ ކުދިން ވަކިން ޚާއްޞަކޮށް އުމުރުން ހަތް އަހަރުން ދަށުގެ ކުދިން ބިރުން ފިލަނީއެވެ. އެއީ އެމީހާގެ ގޮތް އެނގޭތީއެވެ. އެމީހާއަކީ ކުދިންނަށް ޖިންސީ ގޯނާކުރާ މީހެއްކަން ނުވަތަ [ބޭޑް ޓަޗް] ކުރާ މީހެއްކަން އެކުދިންނަށް ވެސް އެނގޭތީއެވެ.

ކޮންމެއަކަސް މިއަދު ކުޑަކުއްޖާ ހުރީ ރައްކާތެރި މާޙައުލެއްގައި ކަމަށް ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުން އަންނަނީ ބުނަމުންނެވެ. އަދި މި ކަމުގައި ޝާމިލުވި މީހުން މިއަދު ވަނީ ހައްޔަރުކޮށްފައެވެ. ކުއްޖާއަށް އެމީހުން ކުރި އަނިޔާތަކަށް އިންސާފު ލިބިގެން ދާނީ އެމީހުންނަށް ހައްގު އަދަބު ދީގެންނެވެ. އުމުރަށް ބަލައިގެން ދޫކޮށްފި ނަމަ އަނެއްކާ ވެސް ޝިކާރައަކަށް ވާނީ ކޮންމެވެސް ކުޑަ އަންހެން ކުއްޖެކެވެ.

ކިޔުންތެރިންގެ ހިޔާލު

70 ކޮމެންޓް

  1. އާދަނު

    ސިކްވެގެން ހުރި މީހަކު ރައްޔިތުންނަށް ހެޔޮ ނަސޭހަތް ލާދިނިއްޔޭތަ ތިކިޔަނީ. މުޅިން ހިޔާލީ ވާހަކަ ތިދައްކަނީ. ހާދަ ހީވެޔޭ އަންހެން މީހާގެ ދިފާއުގަ ވަގުތު ނޫސް ނިކުތީހެން.

    170
    201
    • ބްރޯ

      އާދަނު ކޮން ރިޕޯޓެއް ކިޔައިގެން ތިއުޅެނީ؟ މި ރިޕޯޓަކުން ތިބުނާ އެއްޗެއް ނުފެނޭ. މިކަމުގަ ޝާމިލުވާ އެންމެންވެސް ކުއްވެރިވޭ

      201
      7
  2. ދިވެހި

    ހާދަ 'ޓެސްޓޯސްޓަރަންޓް' ހައި ބެއްޔާ ގަނޑެކޭ ދޯ ، މުސްކުޅިވީމަ ޖިންސީބާރު ބަލިކަށިވުމަކީ ޠަބީޢީ ކަމެއް. ސަރުކާރުން ވެއްޖެއެއްނު ޖިންސީބާރު ދައްކުރާ ބޭސް ހިލޭ ބަހަން މިކަހަލަ ޝައިޠާނުން މައިތިރިކުރަން

    480
    11
  3. ބޯހަލާކު

    މިކަން އެންގޭ ރަށު އެންމެންނާ ކައުނސިލަރުންނާ ޖެންޑާ މިނިސްޓަރާ ޕޮލިހުގެ އިހުމާލު ނޫން ކަމެއް މިއަކު ނެއި.
    މިކަންތައް ކުރި މީހާ ގެ ހީސި ބުރި ކޮއްފަ ދޫ ކޮއްލާ، ސައިކޮލޮޖިކަލީ އޭނާ އެއިރުން ގޮވާފާނެ. މި ދުނި ޔޭގަވެސް ވޭނ ލިބުނީ އޭރުން.

    346
    5
  4. އަޅުގަނޑު

    ދިސް އިޒް ސޯ ސިކް! ޔާ ﷲ މި ނުރައްކާތެރި ވަބާ އިން މި މުޖްތަމަޢު ސަލާމަތްކުރައްވާނދޭވެ. އާމީން.

    451
    3
  5. ޢެމް

    ތިއީ ހަގީގަތެއް ކަމަށްވަންޏާ ތިމީހާ އަށް ވަލުޖަނަވާރެކޭ ބުންޏަސް ފާފައެއް ނުވާނެ ! މައާ ފަށް އެދުމުގެ ބޭނުމެއް ނެތް! ތިކަހަލަ މީހުން ޖެހެނީ އުމުރަށް ޖަލުގައި ބަހައްޓަން !

    216
    6
    • ޤާސިމް މޫސާ

      މިފަދަ މީހުންނަށް އޮތް ޙައްޤު އަދަބަކީ ދަންޖައްސައި މެރުން. ޤާނޫނުގައި ނެތިއްޔާ ޤާނޫނަށް އެބައި އިތުރުކޮށްގެން ވެސް މިކަން ކުރަންޖެހޭ. މުސްކުޅި ޢުމުރުގައި ޒިނޭކުރާ މީހުންނަކީ ނަރަކަވަންތަވެރީންކަމަށް ބުނެވޭ. ވީމާ މި ފަދަ މީހުން މެރުން ނޫން ގޮތެއް، އެނޫން ޙައްލެއް ނެތް.

      51
      2
  6. މުރާދު

    ކުރިން ވެރިކަން ކޮށްފަ ތިބިމީހުން ހުކުމެއް ކުރާހިސާބުން ދޭ އިނާޔަތް ކެޑޭ އުމުރުން 65 އަހަރު މީހަކު ކުޑަ ކުއްޖަކާބެހުނަސް އޯކޭ އެމީހަކަށް ލިބޭ އިނާޔައް ވަނީ ބޮނޑު މީކޮންކަހަލަ ހަމައެއްބާ

    150
    3
  7. ބޯކިބާ

    ތިއަންހެންމީހާއަކީ ހައްޔަރުކުރަންޖެހޭ މީހެއް، އަހަރެމެންގެ އެއްވެސް ސިންޕަތީއެއްނެތް ތިއިން އެއްވެސް މީހަކަށް. ދަރިއަށް އެވަރުވިއިރު އޭނައަށް ނޭނގިއެއް ނުހުންނާނެ، އެކަން އެނގެންޏާ ރިޕޯޓުނުކޮށް ހުރުމަކީ ބޮޑުކުށެއް. ހައްޔަރުކުރޭ ހަމަ ވަގުތުން.

    187
    7
  8. ސަމާ މާލެ

    ތިހުރިހާ މީހުން ދަންޖައްސާ މަރާންވީ.

    173
    3
  9. އާލިމް

    މިކަންވެސް އެބަޖެހޭ ހުއްޓުވަން އަނހެން ދަރިފުޅު ޓިއުޝަނަށްސުކޫލުގެ އިތުރު ހަރަކާތަށް ގެންގޮސް ލާފަ ބެލެނެވެރިޔާ ދާތނުން ކޮންމެވެސް ފިރިހެނަކު އެކުއްޖާޔާ އަޅައިގަނެގެން އެކުއްޖާގެއިއްފަތް ފޭރިގަނނޭ ބިޓުކުޅިޔޭކިޔާގެން ގެންގޮސް ޒިނޭކޮށް ރޭޕްއެބަކުރޭ ދެން އެކުއްޖާޔަށް އެކަމުން ސަލާމަތް ނުވެވޭވަރަށް ބުލެކްބމޭލުކޮށް ހަދާ މިފަދަ މީހުނަށްވެސް ހިފާހައްޔަރު ކުރަންވީ 18 އަހަރު ނުފުރޭ ކުދިން ގޮވައގެން އަދިރި ތަންތާތިބެ އެކުދިންގެ މުސްތަގުބަލް ނަގާލާ މީހުން ހިފާ ހައްޔަރު ކުރަންވީ

    160
    3
  10. ޕާޓޭ

    ޕާޓޭ މެން ކުރާކަމެއްތީ އަންހެން ޕާޓޭ ވިއްކައިގެން ފިރިހެން ޕާޓޭ ޔާ އަންހެން ޕާޓޭގެ ހުރިހާ ހަރަދެއް ހަމަޖަށްސަނީ ފުލުހުން ހާއްސަ އޮޕުރޭސަނެއް ޖައްސަބަލަ މާލޭގެ ހުރިހާ ގެސްޓު ހައުސް ތަކެއް ދުވާލަކު އެއްފަހަރު ޗެކުކުރަން ތިކަހަލަ ކިތަށްމެ ބަޔަކު ދިމާވާނެ މއ މޭފެއަރ ނިކަގަސްމަގު ބަންގާޅީން ހިންގާ ގެސްޓު ހައުސް އެއް މީ އޭގެ އަށްޑާ އެއް ޗެކުކޮށްލާ

    128
    3
  11. ޖަލީލުބޭ

    ރާއްޖެ އައިސް ގޭގޭގައި މަސަތްކަތް ކުރަން އުޅޭ އިންޑިޔާ ލަންކާ ބަންގާލީ އަންހެނުން ވެސް ކުރާކަމަކީ ގެސްޓު ހައުސް ތަކުގައި ހަށި ވިއްކަނީ.....

    71
    4
  12. ޙާށަވިޔަނީ

    ވަރައް މުހިންމު ރިޕޯރޓެއް، އަދިވެސް މަންމަ ނުފެނެ . ކޮބާތަ އެގޮލާގެ ފޮޓޯ

    88
    5
  13. ނޫނޭ

    ސިކު ވިޔަސް ޕްރޮސްޓިޓިއުޓަކަށް ވިޔަސް ދަރި ދެކެ ލޯބި ވެދާނެ . އޭނަޔަށް ދިމާވީ ކޮންފަދަ މަޖުބޫރެއްކަމެއްނޭގެއެއްނު އޭނަދަރި ސަލާމަތްކުރަން ބޭނުންވީމާތާދޯ އޭނަގެ އާއިލާއަށް އާދޭސްކުރީ އެކުއްޖާ އަށް އެހީވަން . އެދި . އިންސާނުން ފެއިލްވުމަކީ އިންސާނުންގެ ހިތްތަކުން ރަހުމާ އޯގާތެރިކަމާ އިހްސާންތެރިކަން ނެތިގެންދިއުން އެއަންހެންކުއްޖާގެ އާއިލާވެސް އިހްސާންތެރިވިނަމަ އެދެމައިންވެސް ސަލާމަތް ކުރިސް މަދު ލާރިކޮޅަކަށް އޭނަ ވިކެން ދޫ ކޮށެއްނުލިސް ހަމަހޭ ބަހަށްޓައިގެން ވާހަކަ ދައްކަބަލަ. އަހަރެން 8 ބޭބެ އިން ތިއްބާ ވަޒީފާއަށް ދާންފެށީ 16 އަހަރުގައި މުޅި ދުނިޔެ އާ ހަނގުރާމަ ކުރީ އެކަނިމާ އެކަނި . ﷲގެ ދަރުމަ ވަންތަކަމުން މީހުންނަށް .އަހަރެންގެ ހައެބަތު ދެއްކެވީ . އެއްވެސް މީހަކަށް އަހަރެން ސިއްސާލާ ހައެރާން ކޮށް ނުލެވުނީ ﷲ އަހަރެންގެ އަތުގައި ހިތްޕެވީތީ . އަހަރެން ﷲގެ މަދަދާ އެކު އެކަނިމާ އެކަނި ދުނިޔެއާ ހަނގުރާމަކުރަން ކުޑަކޮންވެސް ޖެހިލުމެއްނުވާނެ . ވީމާ ތިގޮތަށް މީ ހުން ޖަޖް ނުކުރޭ ދުނިޔެ ދެކެ ބިރު ގަތުމުން މައުސޫމް މީހުންވެސް ކުށް ކުރަން ފަށާފާނެ ކުށުގެ ވެއްޓަށް ވެއްޓި އޮޔާވެސް ފަހަރުގަ ހިގައިދަާނެ އެމީހުން ސަލާމަތް ކުރުމަކީ މުޖްތަމައުގެ ޒިންމާ އެއް

    170
    12
    • ބޫތު

      އަޖައިބެއްނުވާނެ؟ ހަމަ އަންހެނެއްވިއްޔާ މަޖުބޫރުކަމޭ އޭނަގެ ހާލަތެއް ނޭނގެއެއްނޫންހޭ ތިކިއަނީ. މިއުޅޭ ޕާޓޭ އަންހެނުންގެ ވައްތަރު ނޑނގެނީދޯ. އެގޮލާ ހައްޔަރުކޮށްފަ އޮންނަން ޖެހެނީ، ތަކުރާރުކޮށް ދަރިއަށް އެވަރުކުރާއިރު އޭނައަށް ހަމަ ރަނގަޅަށް އެނގޭނެ.

      37
      4
  14. އަލީ

    ޢެބައެއްގެ ހާލަތު ބަދަލު ކުރާނީ އެބަޔކު އަމިއްލަޔަށް
    މުސލިމް ގައުމއެއްގައި ވެރިކަ ް ކުރާރަށެއްގައ ހުރި މިސްކިތަކުން ބަންގި އާއި ހުތުބާ ގެއަޑު ކެނޑިގެނ 6 މަސް ދުވަސް ވީ ވާހަކަ އިން ވެރިން ގެ ހާލަޔު ދައްކުވައިދޭ

    60
    4
  15. އަލިފް

    ދިރާގު އަދި އުރީދޫ އިން އޮރިޔާން ސައިޓް ތަކަށް ނުވަދެވޭ ގޮތް ހަދާ ދިނުން އެދެމެވެ. ބައެއް މީހުން ވީޑިޔޯތައް ބަލައިގެން މޮޔަ ވަނީ އެވެ.

    157
    3
  16. މުއްލާ

    މިކަހަލަ ވަޙުޝީ ޝަޔްތޯނުންނައް މުސްކުޅިންނައްދޭ ޢިނާޔަތްވެސްނުދޭންވީ އަދިމިކަހަލަ ޝަޔްތޯނުން މިޢަމަލުހިންގާކަން އެނގިތިބެ ނާންގާފަރާތްތަކައްވެސް ޤާނޫނީފިޔަވަޅުއެޅޭގޮތައް ޤާނޫނައް އިސްލާޙް ގެންނަންވީ

    90
  17. މަންޖެ

    3 މީހުންެ ވެސް މަރާލަންވީ

    74
    3
  18. ކަމަނަ

    ހެއްކާއި ޤަރީނާގެމައްޗަށް މެނުވީ މިފަދަ ޚަބަރުތައް ނުލިޔާތި. މީ ވަރަށް ނާޒުކު ހާދިސާއެއް.

    63
    20
    • ލޯކަނު

      ކަލޭތިޔަހުރީ ހޭބަލިވެފަ. ކޮންހެއްކާ ކޮންގަރީނާއެއް؟ މިހާވަރުންވެސް ތިބަލަނީ އެޖަނަވާރުންތައް ހިމާޔަތް ކުރެވޭތޯތަ؟ ތިކަހަލަ މީހުން ގެ ބަލާޔާ ހެދިއެކަހަލަ ޖަނަވާރުންނައް އިތުރުޖަރީމާ ތައްހިން ގާނެ ފުރުސަތުފަހިވަނީ.

      57
      9
  19. ނާބަ

    ޜަށްރަށުގެ ވެރިކަން ފެއިލް ވެފައިވާވަރު ކިތަންމެ ވަރަކަށް ސާބިތުވިޔަސް މިގައުމަށް ހެޔޮ އެދޭ ވެރިޔެއް މެމްބަރަރެއްގެ އަތްމައްޗަކަށް ނޫން މިގައުމުހިންގަން މިގައުމުގެ ރައްޔިތުންގެ ތެރޭން ގިނަމީހުން ހަވާލު ކޮށްފަ ތި ތިބީ! ޚާއްސަ ކޮށް ޜަށްރަށުގެ އިޖުތިމާއީ ހާލަތު ފިސްފިސް ވެ އަވަދި ވެފައިވާ ކަމުގެ ހެކިތަށް ކެޑި ނޭޅި އެދަނީ ފެންނަމުން! މިގައުމުދެކެ ލޯބިވާ މީހުން އެބަތިބި! ހޭލާކަށް ނުވޭތަ؟

    52
    3
  20. ދާދު

    ފުލުހުން މަށަށް ހެއްވަނީ.. ކުއްޖާގެ ބައްޕަގެ ބޭޑް ކެރެކްޓަރ އާ އޭނާ ނާސިގެ ހިންގިކަން މި ގައުމުގެ ފުލުހުން މާނަކުރީ ރަނގަޅު ކަމެއްގެ ގޮތުގައި.

    44
    3
  21. Anonymous

    ރަނގަޅަށްބަލައިފިޔާ އެނގޭނެ ކުއްޖާގެ ބައްޕަ އިރުއޮއްސުމުން ދަރިފުޅު ގެންގޮސް މިސޮރު ބަފައަށް ދެނީކަން. މަސްތުވާން ފައިސާ ހޯދަން.

    79
    1
  22. ޙ

    ބޭޑް ޓަޗް މިކަހަލަ ލަފުލަފުޒު މިޒާތުގެ ކަންކަމުގަ ބޭނުންކުރުން ރަނގަޅެއްނޫން. މީފުރާވަރުކުދިންނާ ކުޑަކުދިން ގަޔާވާ ކަހަލަ ލަފުޒެއް. ބަދަލުގައި ގޯނާކުރާ ނުވަތަ އަތްލާ ނުވަތަ ބޭއަދަބީކަންކަން ކުރާމީހެކޭ ބުނަންވީ

    57
    2
  23. ައާދަމު

    ފުލުހުން ބުނީ ބައްޕަގެ ކުށެއްނެތޭ. އިހްމާލުއެކަންޏޭ. އެކަމަކު، މިފެންނަ ހަގީގަތުން އެނގޭ 2 އަހަރުގެ ދަރިއާއި އަނބިމީހާ ފައިސާއަށް ވިއްކަނީ މިސޮރުކަން.

    80
    1
  24. އާޒިމް

    ބަފާގެ ކުށެއްނެތޯ ފުލުހުން ބުނީ. އެކަމަކު އެނގިގެން މިދަނީ އަނބިމީހާއާ ކުޑދަރިފުޅު ފައިސާއަށް މިނިކާ ޖަނަވާރުތަކަކަށް ވިއްކީކަން. ރޭޕްކުރުމާއެއްވަރު ނުވަތަ އެއަށްވުރެވެސް ނުބައި އަމަލު ހިންގީ މިކުއްޖާގެ ބައްޕަ.

    78
    1
  25. Anonymous

    ފުލުހުން މިމައއސަލައިގައި ނުބައި ރޯލެއް އެބަ އަދާކުރޭ!! ފުލުހުންނާއި މަޖްލިސް މެންބަރުންނާއި ޖެންޑަރ މިނިސްޓަރއާއި މޑޕ ގެ އިސްމީހުންނާ މި އާއިލާއާ ގުޅުމެއްވޭތޯ ނޫސްވެރިން ބަލަންރަނަގަޅު. މުޅި ސަރުކާރާއި ދައުލަތް އެކީ މިނުބައި އަމަލުގެ ދިފާއުގައި އުޅުމަކީ ސުވާލު އުފެދޭކަމެއް.

    62
    3
  26. މުހައްމަދު

    ތި 4 މީހުންވެސް ކަރުދަން ޖައްސާ މަރާލަންވީ. ތި އަންހެންމީހާ އަކީ ވެސް ތިކަމުގައި ހަމަ ރަގަޅަށް ޝާމިލުވެފައިވާ އަންނެހެއް. އޭނާ ވެސް ވަނީ ސިކްވާން ހަމަ ކުއްޖާވެސް ވިއްކާފަ. ތިއިން އެކަކަު ދައްކާ ވާހަކަވެސް މިއަދު ގަބޫލު ނުކުރެވޭ. އަދި ޚާއްސަކޮށް ތިކުއްޖާގެ ބައްޕަ ވެސް އެމައުސޫމް ކުއްޖާ އާއި ނުބެހި ހުރިކަމެއް ކާކަށް އެނގޭނީ. އެނާ ވެސް ރޭގަނޑު ސިކުވެ ހުރެ އެކުއްޖާ ފަކީރު ނޮޅާނެ. ހަގީގީ ގަތް ދެނެ ވޮޑިގެންވާނީ މާތް ﷲ....

    59
    3
  27. ޢައިސާ

    ޢިންޑިއާ ގައިވެސް މިކަހަލަ ކަމެއް އަދި ނުހިންގާ ވަރަށް ވަރަށް ހިތާމަ ހުރި ކަމެއް މީ ވ ވ ދެރަވޭ ކުޑަ ކުޑަ ދަރި އަކަށް މިހެން ހެދީމަ

    46
    1
  28. ބުމަރު

    މިރާއްޖޭގައި އެބަހުރި ނަހަލާލަށް ކުދިން ވިހެފަ މަރާލާފަ ނޫނީ ކޮތަޅަށްލާފައި ކުނި އުކާ ތަންތަނަށް އުކާލާފަ. އެވެސް ހަމަ ކުޑަ ކުދިންނޭ . މިހާރު އެއީ ހިނގި ކަމެއްވެސް ނޫން. ހާދަ ހީވެޔޭ ކޮންމެވެސް ސިޔާސީ ފައިދާއެއް ނަގަން އުޅޭހެން ފުލުހުން ވެސް މިހާރު އެބުނީތާ އެހެން އަޑެކޭ އެއްވިމީހުން ތެރޭގަ އޮތީ. އެ ކުއްޖާ ފަޅާލީވެސް މިއީ ރޭވުމެކޭ ބުނާކަށް މަމެން ނެތީމު ދޯ.

    22
    27
    • ބުމަރު

      ކޮބާތޯ އިބްތިހާލް ފަކީރުގެ ޤާތިލް؟؟ އޭނަ މާރާލަން އިލްމުވެރިން ކަރުގެ ނާރު ފުއްޕާލާފަ ނުގޮވީ ކީއްވެ؟ އެއީ އަންހެނަކަށް ވީމަތަ؟
      ހުސް އަންހެނުންގެ ހައްޤު؟ އިބްތިހާލް ކުޑަ ފިރިހެން ކުއްޖަކަށް ވީމަ؟ ނެތޭ ކަލޯ ބުނާނެ އެއްޗެއް...

      28
      4
  29. ހަނިމާދޫ

    ހަނިމާދޫގަ ވެސް މަސްތުވާ އެއްޗެހީގެ މައްސަލަ ވަރަށް ބޮޑު. އަޑު އުފުލާނެ އެއްވެސް މުއައްސަސާއެއް ނެތް

    26
    2
  30. ރައްޔިތު މީހާ

    ހަނިމާދޫގަ ވެސް މަސްތުވާ އެއްޗެހީގެ މައްސަލަ ވަރަށް ބޮޑު. އަޑު އުފުލާނެ އެއްވެސް މުއައްސަސާއެއް ނެތް

    18
  31. ޕާޕަރާ

    އެންމެ ނުބައި ރޯލު ކުޅުނީ މަސްތުވާތަކެތި ، މި އެތެރެ ކުރުން މީގެ ވިޔަފާރި ކުރުން ބޭނުން ކުރުން ހުއްޓުވަން މަސައްކަތް ކުރާ ތަނެއް ނުފެނޭ

    34
    1
  32. ާއައިޝާ

    65 އަހަރުގެ މީހަކު މިފަދަ ވިޔާނުދާ އަމަލެއް ކޮށްފިނަމަ އޭނަޔަށްދޭ އިނާޔަތް އެއްކޮށް ކަނޑާލަންވީ. ދެން ދުވަހަކުވެސް ނުދޭގޮތަށް. ޢޭރުންވެސް މި މުސްކުޅިވެރިން ތިރިވާނެ

    45
    2
  33. Anonymous

    ތިޔަ މުނިކާފައަކީ ކުރީއްސުރެން ކުޑަކުދިން ރޭޕްކުރުމުގެ ކުށުގެ ރެކޯޑުއޮވެ ކުށްސާބިތުވެ ހައްޔަރުވެސް ކުރެވިފައިވާމީހަކަށްވެފައި އެބެއްްޔާ ދޫކޮށްލިކަމަށްވަނީ ވަރަށްގިނަ މަޢުލޫމާތުން، ފެންނަގޮތުންވެއްޖެއްޔާ އުމުރަށްބަލާފަޔޯ!! އުފެދޭ ސުވާލަކީ 18އަހަރުންދަށް އަހަރުކުދިން ޖަލަށްނުލެވޭގޮތަށް 70، 80އަހަރުން މަތީއުމުރުގެ މީހުންވެސް ހައްޔަރުނުކުރެވޭ ގާނޫނެއް އުފައްދާފައިވަނީބާއޭ ؟؟ އެރަށުގެއެއްމެނަށް މުނިކާފަގެ ގޮތްވެސްް އިގޭއިރު ކުއްޖާ މައްމައާއި ކުއްޖާ ވަކިވިއިރު އެމައްމަ އާދޭސްކުރިގޮތަށް ބޮޑުދައިތަމެންވެސް އަމަލުނުކުރީތީ އިހުމާލުވެފައިވަނީ، ބައްޕަ ކުއްޖާ ގެންދަންއުޅުނަސް އެމާހައުލުގެގޮތް އިގޭއިރު އެއްމެ މިނިޓަކަށްވެސް ކުއްޖާ ދޫކުރަން ނުޖެހޭ

    31
  34. ޣޯސް

    އެހެންވީމާހުރިހާވެސްދެރައެއްލިބެނީމަސްތުވުމުން

    17
    2
  35. ޔާ

    ބީތާ ވިޔަސް މި އަންހެން މީހާ އަމިއްލައަށް ހުރިހާ ކަމެއް އެނގޭ ހާލުގަ މިކަހަލަ ހޮހޮޅައަކަށް ވެއްޓިގަތީ އަމިއްލަ އަށް ބޮނޑި ބޯން ކަމާ މެދު ޝައްކެތް ނެތް!. އެންމެ ފަހުން އަމިއްލަ ދަރިވެސް. އެއްވެސް ކުށެއް ނެތް މި ކުޑަ ކުއްޖާއަށް އޭނަގެ ވެރި ރައްބު ހިމާޔަތް ދެއްވާށި

    30
    2
  36. ނޯމޭން

    އެ މުސްކުޅި ގަނޑު ކުޑަކުދިން ރޭޕްކުރަން ގާގަ ވަރުހުރޭ އެކަމު ޖަލުގަ ބާންދަން ވީމަ އޭނަ މާ އުމުރުން މައްޗޭ ކިޔާފަ ދޫކޮށްލަނީތަ؟؟؟

    45
    1
  37. މަރާ

    އެވަރުތުއްތުކުއްޖަކައްޖިންސީގޯނާކުރިބަޔަކުމަރާލާ އުމުރައްބަލާފަދޫކޮއްލާކައްނުޖެހޭ ހެހާނުލަފާޖަނަވާރުބައެއް

    22
    1
  38. ތަދުބީރު

    ހަށި ވިއްކުމަކީ އެންމެ ދުވަސްވީ އެއް ވިޔަފާރި.

    މީހެއްގެ ގޮތެއް އަހަންނަކަށް ނޭނގޭ އަހަންނަށް މިހާރު 27 އަހަރު.. އަދިވެސް އަހަރެން ބިރުގަނޭ އެކަހަލަ ކަމެއް ކައިވެނީގެބޭރުން ކުރަން.

    ..

    18
    2
  39. ދާލު ރާ

    ހަށި ވިއްކުމަކީ އެންމެ ދުވަސްވީ އެއް ވިޔަފާރި.

    މީހެއްގެ ގޮތެއް އަހަންނަކަށް ނޭނގޭ އަހަންނަށް މިހާރު 27 އަހަރު.. އަދިވެސް އަހަރެން ބިރުގަނޭ އެކަހަލަ ކަމެއް ކައިވެނީގެބޭރުން ކުރަން. ..

    14
    1
  40. ތުއްތު

    މިގައުމުގަ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހުކުމް ކޮށްފަ ތިބި އެތަށް ކުށްވެރިން އެބަތިބި ދޫވެފަ ފަރުވާފުރުސަތު ލިބެންދެން. ފަރުވާފުރުސަތު ލިބެންދެން ހުކުމުގަ ޖަލުގަ ބޭތިއްބުން ނޫންތޯ ރަގަޅީ. ހުކުމެއް ކުރެވިފަ ހުރިއެއްވެސް މީހަކު މި މުޖުތަމަޢުގަ އުޅެވިގެން ނުވާނެ އެހުކުމެއް ތަންފީޒް ނުވާހާހިނދަކު. ހުކުމުގަ ތިބި ހުރިހާ މުޖުރިމުން ތޭރިތަކުގެ ފުރަގަހަށް ގެންދަންޖެހޭ.

    9
    1
  41. ރަޝް

    ތިރަށުގެ ކައުންސިލަށްވެސް މެޑެއްޔެއް ދޭން ފެނޭ.

    22
    1
  42. ށުމަން

    މިކަމުގަ ހުސް އިހުމާލު . ޜަށު ރައްޔިތުން ނާ ކަމާ ބެހޭ ފަރާތް ތަކާ. ޢަވައްޓެރިން ވަނީ މި ކުއްޖާ އަށް ވ.ބޮޑަށް އިހުމާލުވެފަ.

    21
    2
  43. ނަސީދު

    ސިފައިން އެބަޖެހޭ މިޔައްވުރެ ޒިންމާ އަދާކުރަން ކޮންމެ ކަމެއް ރިޕޯޓް ނުކުރިޔަސް އެބަޖޭ އެކްޓިވް ވާން މީހުން އުޅެ ނޫޅެ ގޮތް ބެލޭނެ ނިޒާމެއް

    14
    1
  44. ....

    ginain mi kahala vahaka thah falha ަaruvaaލ ެemmeނ heylun theri kurey. a

  45. ބޯހަލާކު

    ޢެ އުމުރުގެ އެންމެން ނަށްވެސް ކުޑަ ކުދިން ނަށް ޖިންސީ ގޯނާ ކުރުމުގެ ހައްޤު ލިބިގެން ވާނެތާދޯ! ޢުމުރަށް ބަލާފަ ދޫކުރަން ވެއްޖިއްޔާ... މަވެސް 65 އަކުން މައްޗައް ދިޔަ އީމަ ނުކުންނަން ވީ ދޯ ... އުމުރަށް ބަލާފަ އިތުރަށް ކުއް ކުރުމުގެ ހައްޤު ލިބިގެން ވެއޭ ކިޔާފަ! ބޯހަލާކު!

    21
    1
  46. ދަރުމަ

    ދިވެހިން އެއްވެސް ކަމެއްގައި އެއްވެސް މީހަކަށް ސިމްޕަތީ އެއްނުވާނެ ނަތީޖާ ވަރަށް ސާފު މުޅި ރާއްޖެ މަސްތުވާ އެއްޗިއްސަށް ގޮސް ހުސްވެފައި މައިން ކުލަ ފާޓާ ތަކަކަށްވެގެން ވަޒީފާގަ ނޫނީ މަގުމަތީގަ ނޫނީ ކެފޭ ތަކުގައި . ދަރިން ތައް ކޮންމެސް މީހަކާ ހަވާލު ކޮށްލާފައި ދެން ހެޔޮތާ ދަރިން ރޮލުން ކެޔަސް ގުއި ދޮއްވަނީ ކޮންމެސް އެހެން މީހެއް ފެންވަރުވަނީ ކޮންމެސް އެހެންމީހެއް ނިދާއިރު ކައިރީގައި އޮވެދެނީ ކޮންމެސް އެހެންމީހެއް މީ މިއަދު ދިވެހިންގެ ހާލު ތިބުނާ މަސްތުވާ ތަކެތިބޯ އަންހެން މީހާވެސް ހެޔޮހާލުގައި ލާރިމަތީ ހުރިނަމަ އެންމެން ސިމްޕަތީ ވާން ތޮއްވަރީގައި ތިބީސް. ގުދޯ ގުދޯ ނުގޮވާ ކުޑަކުދިން ނަށް އެހީވެބަލަ ގައުމު ސަލާމަތްނުކޮށް ތިތިބީވެސް ސިމްޕަތީ ނުވެވުނީމަތާ . 3 ރޭޕިސްޓުން ބޭރުކޮށްލި ގޮތަށް މަގުތައްފުރާލައިގެން ގައުމު ހިމާޔަށް ކޮށް ހޭރިޔާ ކުރަން ނުނިކުމެވުނީ ކީއްވެ ރައިސް ޔާމީންގެ ދިފާއުގައި މަގުތައް ފުރާލަން ނުކެރުނީ ބުނާ ބަހުގައި އިޚްލާސް ތެރިކަންނެތީމަ އެކުއްޖާ ކަހަލަ އެތައް މައުސޫމް ކުދިންނެއް ހަމަ ތިބުނި ކަހަލަ ކަންތައްތައް ކުރިމަތިވެގެން އެބަތެޅި ފޮޅެޔޭ ސަބަބަކީ ރަލާ މަސްތުވާ ތަކެތި

    12
    1
  47. ައަހަރެންވެސް

    އަހަރެންގެ އުމުރުން އެންމެ 11 އަހަރުގައި އަހަންނާ ދެފަހަރަށް ބެހެން އުޅުނީ އަހަރެންގެ މަންމައާ އެއްބަނޑު ދައްތަގެ ފިރިމީހާ، އަހަރެން ބޮޑުބެ ކިޔާ، ރަށު ބޮޑު މިސްކިތުގެ މުދިމު. އަާއިލާ މީހެއް ކައިރީ އެވާހަކަ ދުލުން ބުނެވުނީ އުމުރުން 18 އަހަރު ވީ ފަހުން. އެކަމަކު ހިތާމައަކީ އެއްވެސް މީހެއް އެކަން ގަބޫލު ނުކުރީމަ. އޭނާ މުދިމަކަށް ވީމަ. އޭނަ އަދިވެސް މިނިވަން ކަމާ އެކު ރަށުގަ އެބަ އުޅޭ. އަހަރެންގެ އުމުރުން މިހާރު 27 އަހަރު އެކަމަކު އަދިވެސް ހަނދާންނުނެތޭ...!!!

    21
    1
    • ޔައިން

      ????? ވަރަށް އަސަރުކޮށްފި ތި ކޮމެންޓް ކިޔާފަ. މުދިމެއް އެެހެން އެއްޗަކަށް ބަލާކަށެއް ނުޖެހޭނެ. ކުށްވާނީ ކުށަށް.. ރާއްޖޭގައި އިސްލާމީ ޝަރީޢަތް ތަންފީޒު ނުވާތީ ކުށްވެރިންނަށް އަދަބު ނުލިބެނީ. ނުވިތާކަށް އަަހަރެން ވަރަށް ރުޅި އާދޭ ތިކަހަލަ އާއިލާ މީހުންދެެކެ. ގަބޫލެއް ނުކުރާނެ ދަރިންކިޔާ އެއްޗެއް. އަޅުގަނޑު ތިބޭފުޅާއަށް ބުނަން އޮތް ވާހަކަ އަކީ ތިކަަހަލަ ދައްޖާލު އާއިލާއަކާ އެކީގަ އުޅޭނެ ކަމެއްނެތޭ. ޢަމިއްލަ އަށްއުޅެވެން ގޮތެއް ފެނުނީމަ އަަވަހަށްތިކަަހަލަ ޖާހިލު މީހުނާއެއްކޮށް ހެޔޮނުވާނެ އުޅޭކަށް. ތިކުއްޖާ އަށް ލިބޭ ދަރޔަކަށްވެސް ހަދާފާނެ އެހެން. ގޮއްސަ ތަޅާޣަނޭ ތިމުދިމު ގައގަ.

  48. މަ

    މަށަށް ވ ޝައްކު މަންމަ އާ ދޭތެރޭ. ޥަގުތު ނޫހުން ދޭބަލަ މަންމަ ކޮބާތޯ ބަލަން. ބަަލާފަ އޭނާގެ ބަހެއް ހޯދަން ވެެއްޖެ މިހާރު

    11
    1
  49. ރަންނަމާރި

    ރަންނަމާރި 2 ދޭއްތަ އަޅެމީ،، ރަންނަމާރި ފުޅި އަކަށް ލާފަ ކަނޑު ފެއްތީނުން! އެއީވެސް ހަގީގީ ހާދިސާއެއްނުން. 2 ވަނަ ބައިގަ އޭނަ ނަގިއްޔެއްގަ ޖަހާފަ ކަނޑު ފައްތަންވީ، ?

  50. ާއެސޮރު

    ތި ދެއާއިލާވެސް ތިކަމުގެ ޒިންމާ ނަގަންޖެހޭނެ.

    10
  51. ހައްވަ

    ޖެންޑާގަތިބޭކުދިންކޮޅު މިއުޅެނީމީހުންނައްއޮޅވާލަން އެކުއްޖާގެމަންމަބައްޕަ ޑުރަގުބޭނުންކުރާކަމެއްނޭނގެޔޯކުރިޔަކުން

  52. ފާތުން

    ޖަނަވާރުވެސް އެތަކެތިގެ ދަރިން ރަަަަަަކާތެރި ކުރޭދޯ...މީޖަނަވާރުންނައް ވުރެއް ނުބާނުލަފާބަޔެއް! ....

  53. ހުސެން

    މަސްތުވާތަކެތި ވިއްކާ ބޮޑުން އެދަނީ ކޯޓުތަކުން ވީއްލެމުން ތިޔަބުނާ އަދުލުއިންސާފްވެރި މަޖުލީޙުން އެންމެ ފަނުން އެދޫކޮށްލީ އެއިވެސް ބޮޑެއްކަމަށް ރަށުތެރެއިންކިޔާ،ވަކި ޕާޓީ އަކަށް ނިސްބަތްވުމުން އެމީހުން ބަދަލުވަނީ ސޯލިހުންނަށް މިއޮތީ ސޮހަލު ސޯލިހުވެފަ

  54. ޝާޑް

    މިކަމަށް ( ޙާދިސާއަށް ) ފިްލްމެއް އުފައްދަން ގަސްތުކުރުން! " މަގޭޑްރަގު މަގޭ ދަރިފުޅު')

    4
    2
  55. އަހުމަދު އަދީބު

    ފައިސާއަށް ހެއްލި ތިޔަގެއަށް ދާ އަންހެންވެރިން ތިރަށުގައި އުޅޭކަން ވަރަށް ސާފުކޮށް އެބަ އެނގޭ ދެއްތޮ

  56. ނަގޫފިތިފުލުސް

    ރައްރަށުގެ ޕޮލިސް ސްޓޭޝަން ތަކައް އަހުލާގު ރަނގަޅު ހަރުދަނާ އެހެން ރައްރަށު މީހުން ލާންޖެހޭ އަދި އަވަސް އަވަހައް ބަދަލު ކުރަންވެސް ޖެހޭ

  57. ާސެލަ

    ހާދަ ހަޔާތްކުޑަ ޖަނަވާރުން ތަކެކޭ.

  58. ދަވާލި19

    ދެމަފިރިންއެއެކުގަ މަސްތުވާތަކެތިބޭނުންކުރާ ކިިތަންމެ ބައެއްމިރާއްޖޭގަ މިހާރުވެސް އެބަތިބި އެފަދަ ދެމަފިރިން ރުފިޔާ ހޯދުމައްޓަކާ ދެމަފިރިން އެކުގަ ގޮސް 65 ގެމުސްކުޅި ފިރިހެނުންނާ ބަދުއަހްލާގީގުޅުން ހިންގާ ރުފިޔާހޯދައިގެން ދެމީހުން އެކުގަގޮސް މަސްތުވާތަކެތިގަނެގެން އެކުގަތިބެ އެތަކެތިބޭނުންކުރާ ކިތަންމެ ދެމަފިރިންނެއް މިރާއްޖޭގަ އެބަތިބި (އެޖެންޑާ19 ތަފާތުވީމާ ރައްޔިތުންގެ ފަރާތުންވެސް ތަފާތުފެންނާނެ)

    1
    2
    • ފެންފުށި

      ޢަސްލު ވެސް މިރަށު ވެސް އިބަތިބި 'ނު ވިތާކަށް މަންމަ ކުއްޖާ ބޯން މީހުން ގާތުގަ އާދޭސް ކޮށްގެން ލާރި ހޯދާފަ ވެސް އިބަހުރި

  59. ޣ

    "ރަށުގެ އެންމެނަށްވެސް، އިގޭއިރު!!!!! ކުއްޖާގެ މަންމަ އިނދެގެން އުޅޭ މީހާގެ ކާފަ ނުވަތަ ކުއްޖާގެ މުނިކާފައަކީ އަންހެނުންނާއި ކުޑަ އަންހެން ކުދިންނާއި ހެދި "ހޭބަލި" ވެފައިވާ މީހެއް ކަމެވެ. ރަށުގެ ރައްޔިތުންގެ އެތައް ކަންބޮޑުވުންތަކެއް މިކަމާއި ގުޅިގެން ހުއްޓެވެ.

  60. މުހައްމަދު

    ޢިސްލާމް ދީނުގައި މަނާ ކަމެއް ކުރުމުން އެގޮތައް ދޫކޮށްލުމަކީ އެކަމުގެ ސަބަބުން އަނެއްކާވެސް ވަރައް ނުބަި ނަތީޖާއެއް ނިކުންނާނެ ކަންކަން

  61. ަެއާދަމް

    82 ޔިއާރްސް؟ވަޓް އާ ޔޫ ޑުއިންގް. ސީރިޔަސްލީ

  62. އަހުމަދު

    ދެކޭގޮތް ނުވަތަ ފެންންގޮތް ތަފާތުވެދާނެ. މުސްކުޅިންނަށްދޭ އިނާޔަތް ކަނޑާލަންވީ. މަސައްކަތެްނުކޮށް ގޭގައޮވެގެން ދައުލަތުންދެވޭ ފައިސާބޭނުންކޮއްގެން ޖަނަވާރުއަމަލު ހިންގުމަށް މަގުފަހިކުރާ އެއްޗަކަށްމިވަނީ ހިލޭދެވޭފައިސާ.
    އަޅެދޮގެއްތޯ؟

  63. ޢާސިގް

    65 ސަރުކާރުން ދޭ އިނާޔަތުން މިފަދަ ކަންކަން ކުރާ މީހުން ސާބިތުވާ ހިސާބުން އިނާޔަތް ކަނޑާލަން ޖެހޭނެ