ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ހިނގާދިޔަ ކަންތައްތަކީ މިފަހުގެ ތާރީހެއްގައި ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ލިޔެވިގެންދިޔަ މުހިއްމު ވާހަކަތަކެކެވެ. އެމަނިކުފާނުގެ ވެރިކަން ނިމި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމަކީ ރާއްޖޭގެ ސިޔާސީ ހަޔާތް ދުށް އެންމެ ކަޅު އަނދިރި ދުވަސްތަކުގެ ތެރެއިން ދުވަސްތަކެކެވެ. ސިޔާސީ މަޝްރަހު ހޫނުވެފައިވާ އެ ދުވަސްވަރަށް އިތުރު ހޫނު ކަމެއް ލިބިގެން ދިޔައީ، ރައީސް ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރި މައްސަލާގައި ދައުވާ އުފުލާ ކޯޓަށް "ދަމަން" ފެށި ހިސާބުންނެވެ. އެއާއެކުގައި އެމްޑީޕީގެ ތެރޭގައިވެސް ބޮޑެތި ހަމަނުޖެހުންތަކެއް ހިނގިއެވެ. އެހެންނަމަވެސް އެއީ މާބޮޑަށް މީޑިއާތަކަށް ތިލަވެގެން ދިޔަ ވާހަކަތަކެއް ނޫނެވެ.

ރައީސް ނަޝީދަށް ދައުވާ ކުރަން ފެށި ހިސާބަކީ ކުރިންވެސް ދެންނެވި ފަދައިން ރާއްޖޭގެ ސިޔާސީ މަޝްރަހު އިތުރަށް ހޫނުވެގެން ދިޔަ ކަމެކެވެ. އެމްޑީޕީގެ އާއްމު މެންބަރުން މަގުތަކަށް ނިކުމެ މުޒާހަރާކޮށް މުޅި ރާއްޖޭގެ ސިޔާސީ މަޝްރަހު އިހުނަށްވުރެ ގޯސްވެގެން ދިޔައެވެ. މި ހޫނު ގަނޑުގެ ތެރޭގައި އެންމެން ތިއްބާ ކުއްލިއަކަށް ފެނިގެން ދިޔައީ އެމްޑީޕީގެ މެންބަރުންނަށް އަދިވެސް ގަބޫލުކުރަން ދަތިވެފައިވާ މަންޒަރެކެވެ. އެއީ ރައީސް ނަޝީދުގެ އަރިސް ބޭފުޅެއް ކަމަށްވާ އަދި އެމްޑީޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި އާދަމް މަނިކު ނުވަތަ ސަރަނގު އާދަމް މަނިކު އެމްޑީޕީ ދޫކޮށް ރައީސް ޑރ. ވަހީދު ސްޕެޝަލް އެންވޯއީގެ މަގާމަށް ވަޑައިގެންނެވި މަންޒަރެވެ. އަދި ހަމައެއާއެކު 2013ވަނަ އަހަރުގެ ޖޫން އަށްވަނަ ދުވަހުގެ ރޭ އާދަމް މަނިކު ރައީސް ވަހީދުގެ ޕާޓީއާ ގުޅިވަޑައިގެންނެވިކަން އިއުލާން ކުރައްވާ އެޕާޓީއަށް ސޮއިކުރެއްވި މަންޒަރު ޓީވީ އިން ވަގުތުން ދެއްކިއެވެ.

މިއީ މިއަދުވެސް އެމްޑީޕީގެ މެންބަރުންނަށް "ހަޖަމު" ކުރަން ދަތި ވާހަކައެކެވެ. އެމްޑީޕީގެ ބައެއް މެންބަރުން ގަބޫލުކުރާ ގޮތުގައި އާދަމް މަނިކަކީ އެމްޑީޕީއަށް އެންމެ ބޭނުން ޖެހުނު ދުވަހު އެޕާޓީ ދޫކޮށް ދިޔަ ބޭފުޅެކެވެ. ނަމަވެސް މިކަން ކުއްލިއަކަށް ހިނގާދިޔައީ ކީއްވެގެން ކަމާއި އެފަދަ ނިންމުމެއް އާދަމް މަނިކު ނިންމެވީ ކީއްވެގެންތޯ މިއީ މިއަދާއި ހަމައަށްވެސް ޖަވާބު ލިބިފައި ނުވާ "ބޮޑު" ސުވާލެކެވެ. އާދަމް މަނިކަކީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް ނިންމާފައިވާ ބޭފުޅެކެވެ. އޭނާ ވާދަކުރަނީ މާލެ ސިޓީގެ މޭޔަރުގެ މަގާމަށެވެ.

އެމްޑީޕީއަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާ މާލެ ސިޓީގެ މޭޔަރުކަން ކުރައްވާ މާލޭގެ ތަރައްގީއަށްވެސް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވި އާދަމް މަނިކު އެމްޑީޕީ ދޫކޮށް ވަޑައިގެން ސަބަބު އާދަމް މަނިކު ވަނީ "ވަގުތު"އަށް ކިޔައިދެއްވާފައެވެ.

ސަރަނގު އާދަމް މަނިކު "ވަގުތު" އަށް އިންޓަރވިއު ދެއްވަނީ؛ ވަގުތު އިމޭޖަސް: މުޙައްމަދު އަފްޒަލް
ސަރަނގު އާދަމް މަނިކު "ވަގުތު" އަށް އިންޓަރވިއު ދެއްވަނީ؛ ވަގުތު އިމޭޖަސް: މުޙައްމަދު އަފްޒަލް

"އަޅުގަނޑު ވީ އެމްޑީޕީއަށާއި ރައީސް މުހައްމަދު ނަޝީދަށް ބޮޑު ގުރުބާނީއެއް. އަޅުގަނޑަކީ މިހާރުވެސް އޭރުވެސް އެމްޑީޕީގެ މެންބަރެއް. އަޅުގަނޑު އެކަން އެގޮތަށް ކުރެއްވި ސަބަބު އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ވެސް ރައީސް ނަޝީދަށް. ޝަކުވާއެއް އޮތް ބޭފުޅަކު ހުރި ނަމަ ރައީސް ނަޝީދުގެ އަރިހުން އައްސަވާ ކީއްވެގެންތޯ އަޅުގަނޑު އެކަން ކުރީ،" އާދަމް މަނިކު ވިދާޅުވިއެވެ.

އާދަމް މަނިކު ވިދާޅުވީ ރައީސް ވަހީދުގެ ސްޕެޝަލް އެންވޯއީގެ މަގާމަށް އެމަނިކުފާނު ވަޑައިގަތުމާއި އެކު ރާއްޖޭގެ ސިޔާސީ މަޝްރަހަށް އައި ބަދަލުތައް ވިސްނައިފި މީހަކަށް އެނގިގެންދާނެ ކަމަށެވެ. އެމަނިކުފާނު އެ މަގާމަށް ވަޑައިގަތުމާއި ހަމައަށް މުޅި ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އޮތީ މުޒާހަރާތައް ކުރުމާއި ސަރުކާރާއި ދެކޮޅަށް އަޑު އުފުލުން ފަދަ ކަންތައްކަން ފާހަގަކުރައްވާ އާދަމް މަނިކު ވިދާޅުވީ އެ ހުރިހާ ކަމެއްވެސް އެމަނިކުފާނު އެ މަގާމަށް ވަޑައިގަތުމާއި އެކު ހުއްޓިގެން ދިޔަ ކަމަށެވެ.

"ހާއްސަކޮށް އަޅުގަނޑު ފާހަގަކޮށްލަން. ތިބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ރައީސް ނަޝީދު ފަރެސްމާތޮޑާގައި ހުއްޓާ ފުލުހުން އެރަށަށް ގޮސް ދޮރު ވައްޓާލާ އެމަނިކުފާނު ހައްޔަރުކޮށްގެން ގެނައީ މާލެއަށް. އެއާއެކު މާލޭގެ އެތައް މިތަނުގައި މުޒާހަރާތައް ކުރަން ފެށި. ރައީސް ނަޝީދު ކޯޓަށް ދަމަން ފެށި. އަޅުގަނޑު އެ މަގާމަށް އައުމާއި އެކު އެ ހުރިހާ ކަމެއް ހައްލުވި. ބައްލަވާ ރައީސް ނަޝީދަށް 2013ގެ ރިޔާސީ އިންތިހާބުގައިވެސް ވާދަ ކުރެއްވުނު. އިންތިހާބާއި ޖެހެންދެން އެމަނިކުފާނު ކޯޓަށް ގެންދެވިތޯ. ނުގެންދަވާ،" އާދަމް މަނިކު ވިދާޅުވިއެވެ.

ސަރަނގު އާދަމް މަނިކު "ވަގުތު" އަށް އިންޓަރވިއު ދެއްވަނީ؛ ވަގުތު އިމޭޖަސް: މުޙައްމަދު އަފްޒަލް
ސަރަނގު އާދަމް މަނިކު "ވަގުތު" އަށް އިންޓަރވިއު ދެއްވަނީ؛ ވަގުތު އިމޭޖަސް: މުޙައްމަދު އަފްޒަލް

އާދަމް މަނިކު ވިދާޅުވި ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގަތުމާއި ހަމައަށް ރައީސް މުހައްމަދު ނަޝީދު ހުންނެވީ ފުރިހަމަ މިނިވަނެއްގެ ގޮތުގައި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މުޅި އެމްޑީޕީގައިވެސް އެވަރުގެ ގުރުބާނީއެއް ވެވަޑައިގެންނެވި އެއްވެސް މެންބަރެއް އަދި އިސް ބޭފުޅެއްވެސް އޭނާ ނޫނީ ނުހުންނަވާނެ ކަމަށެވެ.

"އައްސަވާ ރައީސް ނަޝީދުގެ އަރިހުން. އައްސަވާ ޝިފާޒުގެ އަރިހުން، އަޅުގަނޑު މި ދެންނެވި ގޮތާއި ހިލާފަށްތޯ ކަންކަން ކުރީ. ނުހުންނާނެ. މުޅި އެމްޑީޕީގައިވެސް ނުހުންނާނެ މިވަރުގެ ގުރުބާނީއެއް ވީ މީހެއް އަޅުގަނޑު ނޫނީ،" އާދަމް މަނިކު ވިދާޅުވިއެވެ.

ނަމަވެސް ސުވާލަކީ އެ ހުރިހާ ކަމެއް ހިނގައިދިޔައިރު އެވާހަކަތައް ނުދައްކަވާ އާދަމް މަނިކު ހުންނެވީ ކީއްވެގެން ހެއްޔެވެ. އެ ސުވާލަށް އާދަމް މަނިކު ދެއްވީ މި ޖަވާބެވެ. "އެންމެން ފިލަފިލައިގެން ގޮސް ލަންކާގައި އުޅުނު އިރު އަޅުގަނޑު ވަހީދު ކައިރީގައި ހުރީ މި މައްސަލަތައް ހައްލު ކުރެވޭތޯ. މިހުރިހާ ކަމެއް ހައްލުވެގެން އޭރު ދިޔައީ އަޅުގަނޑާއި ހެދި،" އާދަމް މަނިކު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް ވަހީދުގެ ސަރުކާރުގައި އޭނާ ރައީސް އޮފީހަށް ވަޑައިގެން މަސައްކަތް ކުރެއްވީ ވެސް އެންމެ ހައެއްކަ ދުވަހު ކަމަށެވެ. އަދި ވިދާޅުވީ ރައީސް ވަހީދުގެ ޕާޓީއަށް އޭނާ ސޮއިކުރެއްވި ނަމަވެސް މިއަދާއި ހަމައަށް އޭނާ ސޮއިކުރެއްވި ގަނޑަށް "ވީނުވީއެއް" ނޭނގި ގެއްލިފައިވާ ކަމަށެވެ. އާދަމް މަނިކު ވިދާޅުވީ އޭނާއަކީ އަބަދުވެސް އެމްޑީޕީގެ މެންބަރެއް ކަމަށެވެ. އަދި އެމްޑީޕީއާ ދުވަހަކުވެސް ދުރަށް ޖެހިފައި ނުވާނެކަން ފާހަގަކުރައްވާ އާދަމް މަނިކު ވިދާޅުވީ އޭނާ ކުރެއްވިހާވެސް ކަމެއް ކުރެއްވީ ޕާޓީގެ އާއްމު މެންބަރުންނާއި ރައީސް ނަޝީދުގެ ހައްގުގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ?ޖާބިރު.

    މި ފަސް އަހަރު ނިމެންދެން ވެވުނު ގުރުބާނީގައި ދެމި ހުންނަންވީނުން.

    28
    4
  2. ނަގޫރޯޅި

    މޑޕ ހާޑްކޯއެއް، މޑޕ އައް މަ ގުކޮށާދެމުން އެހެންތަންތަން ކަތުރު ފަނި އަޅުވަމުންދުވާ މޑޕ ގެ އަޅެއް. އަމިއްލަ މީހާގެ އާރާ ހައިބަތު ބޮޑު ކުރަން ކޮންމެ ކަމެއްކުރަންވެސް ފަސްނުޖެހޭނެ. މުއައްޒަފުންނައް ވަރައް އިހާނެތިކޮއް ކަންކުރި ރިސޯޓު އޯނަރެއް.

    32
    4
    • 100%

      ?

      9
      2
  3. ގަންޖާބޯ

    އަހަރުމެން ބިޒީ.
    މިއުޅެނީ 2 އަހަރުގެ ކުއްޖަކަށް އާއިލީ ބަޔަކު ގޯނާ ކޮށްގެން.
    ގްރުބާނީވެފައި ތިބި މީހުން ކހ ކައުންސިލްގައިވެސް ތިބީ.

    19
    2
  4. ބޭލާ

    ވަގުތުވެސް އަނެއްކާ އާމީހަކު ޕްރޮމޯޓްކުރަންތަ ތިއުޅެނީ ހިޔެއްނުވެ ހިނގާނެހެން ތީއަބަދުވެސް ހޫނުތަނުންކާންއުޅޭ މީހެއް

    14
    2
    • ގަންޖާބޯ

      ވަގުތު އެކަންޏެއްނޫން، ހުރިހާ ނޫހެއްގައި ޖަހަމުންދާ ޚަބަރެއް މިއީ.

      10
      1
    • ނުރަބޯ

      ހީހޫތަނުން.

  5. ނަޝީދު ބެއްޔާ

    އެއީ ޕޮލިޓިކަލީވީ ގުރުބާނީ އެއް؟ އަނެއްހެންވީ ޤުރުބާނީ އެއް ނޫން

    11
    1
  6. ބޯކިބާ

    ތިޔައީ އެންޑީޕީ މެންބަރަކަށްވުރެ ބޮޑަށް "މާލޭބޭފުޅެއް". އަހަރެމެނަކަށް މާކަ މުހިންމެއްނޫން މިކަލޭގެ ހަބަރިތަކެއް. މާލޭމީހުނަށް ތުއިދައްކަބަލަ.

    16
  7. ޏގޖފ

    މޫނުމަތި ރީތިކުރުމުގެ ޕެއިޑް އިސްތިހާރަކާއި ވައްތަރީ.

    13
  8. Ok

    ރައްޔިތުން ބަލައިގަންނަ މީހެއް ނޫން މީކީ..

    12
  9. ޢަހަރެން

    ޢެއީކީ ވީ ޤްްޤުރުބާނީއެއް!!???

  10. ޖާހިލު ސަރަނގު

    ގުރުބާނީ އޯ....ތީ ގުރުބާނީ ގޮތުގައި ދެކޭނީ ގޮއް ރީންދޫއިން
    އަ ހަރުން ތިޔައް ކިޔަނީ ،މަކަރު ވެރި ނުބައިނުލަފާ ޖާ ހިލު ޔަ ހޫދީ ކަން

  11. ވީޕީއެން

    ތީ އަހަރުމެންނަށް މުހިންމު މީހެއް ނޫން.. މޮޔަ ވާހަކަ ދައްކާ މީހެއް ތީ

  12. ކުޑޫ

    މާލެ މާލެއަކަށް ވާނީ ނާސިގެތައް ހުރެގެން ކަމަށް ދައުވާކުރި ވަހުސީ މީހާ.... މިކަލޭގެއަށް ދައުވާކުރޭ

  13. ނުރަބޯ

    ލާދީނީ މީހުންނަކީ އޭގެ އެއްބަޔަކު އަނެއްބަޔަކާ ދުރު ވާ ބައެއްނޫނެވެ. ސަރަނގޭ އަކީވެސް މުސްކުޅިވެ ޢަޖޫޒު ވެފައި ހުއްޓަސް ވަރަށް ކިބުރުވެރި ބޮޑާ، އަދި ތިމާ އަކީ ތަނަވަސް މީހެއްކަން އަމިއްލަ އަށް ގަބޫލުކުރާ މީހެކެވެ. އިސްލާމް ދީނުގެ އެއްމެ މުހިއްމު ރުކުން ކަމުގައިވާ ނަމާދަށް ވެސް މީނާ ކިޔަނީ “ނިއްތެޅުން” އެވެ. އަދި ލާދީނީ ކެރަފާ ނަޝީދު ވެރިކަމުގެ ދުވަސްވަރު މިސަރަނގޭ، ސުވަރުގެ އަކީ ނައިޓްކްލަބެއް ކަމަށް ސިފަކޮށްފައިވެއެވެ.

  14. ީތެދު

    ދިރަކަށް ނުދޭ ވަރިކޮއްފަ އަނެއްކާ އިނީ

  15. ާދެރަކަމެއް

    މީ ކޯއްޗެއް ކިޔާ މީހެއް. މުވައްޒަފުން ދެކެނީ ތަނުގެ ފައިފުހި ގޮތަށް.