(ގއ.ކަނޑުހުޅުދޫ) މިއީ ގއ.ކަނޑުހުޅުދޫ ގެއެކެވެ. މިއީ ދެ އަހަރު ނުވާ ތުއްތު އަންހެން ކުއްޖާގެ މުޅި ދިރިއުޅުން ބަނަ ކޮށްލި މީހުން ދިރިއުޅެމުން އައި އެމީހުންގެ މައިޖަގަހައެވެ. މި ޖަގަހަ ވާނީ ހަމަގައިމުވެސް އެ ތުއްތު މައުޞޫމަށް ބިރުވެރި ނާމާން ކިއްލާއަކަށެވެ. އެކުއްޖާއަށް އެކަންޏެއް ނޫނެވެ. މިރަށުގައި މިފަދަ ކަންކަން ތަޙައްމަލް ކުރަން ޖެހުނު އެހެން އަންހެން ކުދިންވެސް ދިރިއުޅޭކަމަށް މިރަށު މީހުން ބުނެއެވެ.

މިގޭގައި ހިންގަމުން އައި ބޮޑެތި ފާފަތަކުގެ އަޑުއިވުމުން ހިތައް އަރައެވެ. އެފާފަތައް މެދުކެނޑުމެއް ނެތި ކުރަމުން ދިޔައިރު އެކަން ހުއްޓުވާނެ ހަމައެކަކުވެސް ނެތީބާވައެވެ.

ގޭގައި މަސްތުވާތަކެތި ބޭނުން ކުރުން

މި ގޭގައި މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރިކުރަމުން އައި ވާހަކަ މިހާރު މިއޮތީ މުޅި ޤައުމަށް އެނގިފައެވެ. މިރަށު މީހަކު "ވަގުތު" ޓީމާ ވާހަކަދައްކަމުން ބުނީ "މި ގޭގަ މަސްތުވާތަކެތި ބޭނުންކޮށްގެން ބޮޑެތި ފާފަކުރާތާ ލައްކަ ދުވަސްވެއްޖެ، އެކަމަކު އެކަމާ އަޅާލާނެ ހަމަ އެކަކުވެސް ނެތް، މި ގޭގައި އުޅުނު ސޮރަކީ މި ރަށު ޒުވާނުންވެސް ހަަލާކުކޮށްލި ސޮރެއް މިމީހާގެ ވާހަކަ ނިސްބަތްކޮށްފައިވަނީ ރޭޕްކުރި ދެއަހަރު ނުވާ ތުއްތު ކުއްޖާގެ ބައްޕައަށެވެ.

ގއ. ކަނޑުހުޅުދޫގައި މަޔަކު ދެ ދަރިން ގޮވައިގެން މަގުމަތިން ހިނގާފައި ދަނީ. އެ ރަށުގައި ދެ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އެ ކުއްޖާގެ ކާފައާ މުނި ކާފަ ހައްޔަރުކުރި މައްސސަލަ އަށް ރައްޔިތުންގެ ބޮޑު ސަމާލުކަމެއް ލިބުނު. --- ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

މިތުއްތު ކުއްޖާގެ މަންމަވެސް މިކަމުގައި ވަކި ޞަޙަލެއް ނޫނެވެ. މި އަންހެން މީހާ މަސްތުގެ ހާލުގައި ޖެއްސި މީހަކީ އޭނާގެ ފިރިމީހާކަމަށް މަޢުލޫމާތު ލިބެއެވެ. އޭނާ މަސްތުގެ ވަބާ ގައި ޖެހި މަސްތުވާން ބޭނުންވާ ތަކެތި ހޯދުމަށް ހައްދުފަހަނައަޅާ ދިޔައީއެވެ. މަސްތުން ފުރިގެންވާ ހާލުގައި ތުއްތު ދަރިފުޅުގެ ޒިންމާ މިދެމީހުން ނަގާނެ ގޮތެއް ނުވިސްނުނެވެ. މިފަދަ މައްސަލަތައް ހުރި ތަނަކަށް ތުއްތު ކުއްޖާ ދޫކޮށްލައިގެން ޢާއިލާ ތިބީ ކީއްވެ ބާއެވެ.

މިގެޔަކީ ޒިނޭގެ ކިއްލާއެއް

ދެއަހަރު ނުފުރޭ ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމުގެ ތުޙުމަތުގައި ހައްޔަރުކޮށްފައިވާ އެކުއްޖާގެ މުނި ކާފައަކީ އެރަށު އެހެން އަންހެނުންނަށް ވެސް ޖިންސީ ގޯނާ ކުރާ ފަރާތެއްގެ ގޮތުގައި މިރަށު މީހުން ސސިފަކުރެއެވެ. އޭނާގެ ޝިކާރައަކަށް ތުއްތު ކުއްޖާވުމުގެ ކުރިން އެ ކުއްޖާގެ މަންމަ ވަނީ އޭނާގެ ޝިކާރައަކަށް ވެފައެވެ.

މިހާ ހިސާބުން ނިމުނީކީ ނޫނެވެ. ރަށުގައި ދިރިއުޅޭ ޔަތީމް އަންހެން ކުދިންނަށް ފައިސާ ދީގެންވެސް މި ފިރިހެން މީހާ މި މުޑުދާރު ޢަމަލު ހިންގާކަމަށް މިރަށުން ވާހަކަ ދެއްކި ބައެއް މީހުން އަސަރާއެކު ކިޔައިދިނެވެ.

"އޭނައަށް ލިބޭ ފަސްހާސް ރުފިޔާ އޭނަ ހަރަދު ކުރަނީ އެކަން ކުރުމުގައި، ދެރަވޭ މިވާހަކަ ދައްކަންވެސް ލަދުގަނޭ މިހެން ބުނަންވެސް މިރަށުގެ ޔަތީމް ގޮތް ހުސްވެފަ ތިބި ބައެއް ކުދިން ތިބީ އޭނަގެ ވަކިތަކކުގައި ބެދި މެހިފައި." އެކަކު ކިޔައިދިނެވެ. މިރަށު ބައެއް މީހުން ބުނާގޮތުގައި މި މީހާއަކީ މިރަށު ކުޑަކުދިންގެ ނަޒަރުގައި "ހަންޑިއެކެވެ." ކުދިންނަށް މެޓާ ދީ ހަދިޔާ ދީ ފައިސާ ދީގެން ޒިނޭއަށް މަގުފަހިކުރުވަން މި މީހާ މމަސައްކަތް ކުރާކަމަށް ރަށުން "ވަގުތާއި" ވާހަކަދެއްކި ބައެއް މީހުން ބުންޏެވެ.

މިރަށުގެ ބައެއް މީހުން ބުނާގޮތުގައި އެމީހުންނަށް އޮތް ބިރުވެރިކަން ފިލައިގެން ގޮސްފިއެވެ. ދަރިން ހަލާކުވެދާނެކަމަށް އޮތް އެ ބިރު މިވަގުތައް ނެތަސް މާދަމާވާނީ ކިހިނެއްތޯއެެވެ. މިކަމަށް އެއްޗެއް ބުނެވެން އޮތީ ކޯޓުން ނިންމާ ގޮތެއްގެ މައްޗަށެވެ.

ކާފައަށް ކުރެވޭ ތުހުމަތު

ދެއަހަރު ނުފުރޭ ކުޑަކުއްޖާއާއަށް ޖިންސީ ގޯނާކުރިކަމުގެ ތުޙުމަތު ކޮށްފައިވަނީ ކުއްޖާގެ ކާފަ މައްޗަށެވެ. ނަމަވެސް ކަނޑުހުޅުދޫ ރައްޔިތުން ބުނާގޮތުގައި ކުއްޖާގެ ކާފަ އެކުއްޖާ ދެކެ ވަރަށް ލޯބިވެއެވެ. އަދި ކުއްޖާ ގެންގުޅެނީވެސް ވަރަށް ލޯބިންނެވެ. ކަން މިހެން އޮތްނަމަވެސް ކާފަގެ މައްޗަށް ވެސް އަމިއްލަ ދަރިންނަށް ޖިންސީ ގޯނާކުރިކަމުގެ އަޑުތައް ރަށުތެރޭގައި ފެތުރުނުކަމަށް މިރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ.

ގއ. ކަނޑުހުޅުދޫގައި ގިނަ ކުޑަކުދިން ކުޅެ ނިމިގެން ގެއަށްވެސް ދަނީ އެކުދިންގެ މައިންބަފައިންނާއި އެކު -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ކުރާ ތުހުމަތުތަކުގެ އަނެއްް ފަރާތް

ކާފަ ތުއްތު ކުއްޖާއަށް ޖިންސީ ގޯނާކުރިކަމަށް ތުޙުމަތުކުރެވޭ މައްސަލައިގައި ކަނޑުހުޅުދޫން ވާހަކަ ދެއްކި ބައެއް މީހުން ބުނީ އެކުއްޖާ އެންމެ ކުޑައިރުއްސުރެ ބަލަހައްޓަމުން އަންނަނީ ކުއްޖާގެ ކާފަކަމަށެވެ. މިގޮތަށް މިކަން ވާންޖެހޭ ސަބަބެއްކަމުގައި މިމީހުން ބުނަނީ ކުއްޖާގެ މަންމައާއި ބައްޕަ މަސްތުގައި ޖެހި ހަލާކުވެފފައި ތިބުމެވެ. އެހެންކަމުން ކާފަ ކުއްޖާއާ ބެހޭނެނަމަ ބެހޭނީ އެންމެ ދުވަހަކު ނޫންކަމަށް މި މީހުން ބުންޏެވެ.

ކުއްޖާއަށް ބޮޑު ޖިންސީ އަނިޔާއެއް ލިބިފައި ހުރިކަމަށް ބުނާއިރު މިކުއްޖާއަށް އެއަނިޔާ ދީފައިވަނީ "ބައްޕަ" ކަމަށް ކުއްޖާ ބުނާ ބުނުން މިހާރަށްވުރެ ތަފްޞީލްވާން ޖެހޭކަމަށް ބައެއް މީހުން ބުންޏެވެ. ސަބަބަކީ އެ ކުއްޖާ ބައްޕަ ކިޔަނީ ހަމައެކަނި ބައްޕަ ފަރާތުގެ މީހުންނަކަށް ނޫނެވެ. މަންމަ ފަރާތުގެ ބައެއް މީހުންނަށްވެސް ކުއްޖާ ބައްޕަ ކިޔާކަމަށްވެއެވެ. އަދި މަންމަ ފަރާތުގެ ބައެއް މީހުން ކުއްޖާގެ ބައްޕަ އާއިލާ ބަދުނނާމު ކޮށްފަވެސް އެކުއްޖާ ނަގާނެކަމަށް ބުނެފައިވެއެވެ.

ކަނޑުހުޅުދޫ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ކަނޑުހުޅުދޫ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ކުއްޖާ ސިއްހީ މަރުކަޒަށް ގެންދިޔަކަމަށް ބުނާ ބުނުން ދޮގު

ގއ. ކަނޑުހުޅުދޫން ޖިންސީގޯނާ ލިބުނު ތުއްތު ކުއްޖާ އެރަށު ސިއްހީ މަރުކަޒަށް ގެންދިޔަކަމަށް ދެކެވޭ ވާހަކަތައް މަރުކަޒުން ދޮގުކުރެއެވެ. ސިއްހީމަރުކަޒުން "ވަގުތު" އާއި ވާހަކަދެއްކި މުވައްޒަފަކު ބުނީ އެކުއްޖާ އެ މަރުކަޒަށް އެ ތާރީޚުގައި ދައްކާފައި ނުވާކަމަށެވެ. މިކަމާ ގުޅިގެން ކުއްޖާގެ ބައްޕަ ފަރާތު ޢާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހާ ސީރިއަސްކަމެއްގައި މަރުކަޒަށް ނޭގި ޖެންޑަރ މިނިސްޓްރީން ކުއްޖާ ސީދާ ތިނަދުއަށް ގެންދިޔައީ ކީއްވެ ތޯ ޢާއިލާއިން ވަނީ ސުވާލުކޮށްފައެވެ.

ކަނޑުހުޅުދޫ އިން ފެނުނު މަންޒަރުން ސާފުވާ ކަމަކީ ދެއަހަރުގެ ކުއްޖާ ރޭޕް ކުރި މައްސަލަ އާއއި ހަމައިން ތަޙްޤީޤު ނިންމާލެވެން ނެތް ކަމެވެ. އަދި ތުއްތު ކުއްޖާ ރޭޕް ކުރި މައްސަލައިގެ ތަޙްޤީޤުންު ވެސް އެންމެ ފުން ހަޤީޤަތްތައް ހޯދަން ޖެހޭ ކަމެވެ. މޫލައި ހެދިފައި އޮތް މައްސަލަތައް ދެތިން ދުވަސް ތެރޭގައި ހަނދާން ނެތޭ ކަމަކަށް ވެގެން ނުވާނެއެވެ. މައްސަލަތައް ރަނގަޅަށް ބަލައި ޒިންމާ ވާން ޖެހޭ ފަރާތްތައް ޒިންމާދާރު ކުރުވަން ވެސް އެބަޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

39 ކޮމެންޓް

  1. Anonymous

    ސުބުޙާނަﷲ، ހުރި ބިރުވެތިކަމެއް ގެ ބޮޑުކަމާއެވެ.މިފަދަ ފާޙިޝްޢަމަލުތަށް ކުރާމީހުންނަށް މާތްﷲ ގެ ކޯފާ ވަ ގުތުން ނައަންނަނީ، އެކަލާނ ގެޢީ ރަޙުމާނުވަންތަ ރަޙީމްވަންތަ ރަސްކަލާނ ގެއެވެ.

    302
    7
  2. ސުނީ

    ހުރި ހިތާމަޔެއްގެ ބޮޑު ކަމާއެވެ..!!!

    104
    5
  3. ކަބުރުބޭ

    ބައެއްގެ އަމިއްލަ މަޤްސަދު ހާސިލް ކުރުމަށް މި ކުއްޖާ ޤުރުބާން ކުރިކަމުގައި ވަނީ ނަމަ އެބަޔަކު ފަޟީޙަތް ކުރައްވާންދޭވް. މިކަމުގައި ކުއްޖާ މަންމަމެން އާއިލާގެ އިހްމާލެއްކަމުގައި ވާނަމަ މިކުއްޖާ ބައްޕަގެ ފަރާރުގެ މީހުންނަށް ލިބުނު ނަފްސާނީ ގެއްލުމަށް ޒިންމާ ވާނީ ކޮންބައެއްތޯ ވެސް ސުވާލު އުފެދޭ. ހަޤީޤަތަކީ މަދުން ނަަމަވެސް އަމިއްލަ މަޤުސަދު ތަކެއް ހާސިލް ކުރުމަށް މި ރާއްޖޭގައި މިއަށްވުރެ ބޮޑެތި ޖަރީމާވެސް ހިއްގާފައިވާން. މި ހަޤީޤަތް މިއަދު ޤަބޫލުކުރަން ޖެހޭ. ވީމާ މުއައްސަސާތަކުން އެއްވެސް ފަރާތަކަށް ބުރަނުވެ މިމައްސަލައިގެ ހަޤީޤަތް ހޯދުން މުޙިއްމު...

    131
    7
  4. ދެއުޅި

    މީ ވަރަށް ހެއްވާ ވާހަކައެއް ރަށުމީހުންގެ ދަރިން ނުބައިވީ އިސްލާމީ އަގީދަާ ހަރުދަނާ ކޮށް ތަރުބިއްޔަތު ނުދިނީމާ ޔަތީމު ކުދިންގެވެސް އާއިލާ ތަކެއް އޮންނާނެ ރަށުމީހުން އޯގާ ތެރިވިނަމަ ޔަތީމު ކުދިން އެބޭގަނޑުގެ ޝިކާރަޔަކަށް ނުވިސް އަންހެންވެރިން އެބެޔަށް ހަށިވިޔަފާރި ކޮށްދިނީ އާއިލާގެ ފިރިހެނުން ޒިންމާ ދާރުވެ އިހުސާންތެރިނުވީތީ ކަމާ ބެހޭ ފަރާތް ތަކަށާ މީޑިޔާ އަށް އެވަރުވެގެން ދިޔައިރު ނެއެންގީ ރައްޔިތުންގެ ބިޔަ ބޮޑު އިހުމާލެއް ދެން ކޮން ފޮންޏެއް އެކަނޑަނީ ވާނެ އެއްޗެއްވީމަ ހުސްވެސް އިހުމާލް އެރަށުގެ މީހުންނަކީ ފެއިލް ވެފާ ވާ ބައެއް

    167
    5
    • މަވެސް

      ފެއިލްވީ މުޅި ދިވެހިރާއްޖެ.... ސިޔާސީ ކަންކަން ނޫނީ ކަމެއްނެއް،،،، މުޅި ގައުމު ހަލާކުވަނީ،،،، އެންމެންވެސް އެކަކު ަ އަނެކަކު ގޯސް ކޮށް ވާހަކަ ދެއްކުން އޮތީ،،،،، ރަނގަޅު ކުރަން އިސްނަގާނެ މީހެއްނެއް،،،،،، ކަންކަން އިނގޭ އިރުވެސް ، ބޮއްސުން ލައިގެން ދާއިރުވެސް އަޅާލާނެ މީހެއް، ވެރިއެއް ނެއް،،،،، ވަގުތުން ކޯފާ ނުފޮނުއްވާ ކަމަށްޓަކައި މާތްރަސްކަލާންގެއަށް ހަމްދު ހުރި

      50
      1
  5. ސަހޭ

    ތި ރަށު މީހުންތިހުރިހާ ކަމެއް އެނ ގިތިބެ މިއޮއް ހުރިހާ ދުވަހު އެތިބީ ....
    މައުސޫމް ކުދިންތަކެއް ކަމުން ދިޔަ އިރުވެސް އަޅާ ނުލި ...
    އެހެންތަވާނީ އަމިއްލަ ދަރިންނެއް ނޫންވިއްޔާ ...
    ޢަމިއްލަ ދަރިޔަކައް ވާދުވަހުން އެންގޭނެ

    126
    2
  6. ކަނޑުހުޅުދޫ

    އެތުއްތު ކުއްޖާ މިއަދު އެވަނީ މުޅިއުމުރަށް ވެސް ތަހައްމަލް ނުކުރެވޭނެ ފަދަގަދަ ފަދަ ވޭނެއްގައި އުޅެއް ޖެހިފައެވެ އަދިތިކަން ކުރުމުގައި ބައިވެރިވި ހުރިހާމީހުން މިނިވަން ކަމާއެކު މިބިންމަތީ ގައި ނުޅުމުގެފުރުސަތު އެޖަނަވާރުންނަށް ދީގެންނުވާނެ

    79
    3
  7. ރޭޕުގެޚައްޤުގައި

    ސަރުކާރާ ފުލުހުން ވެސް ރަށްޔަތުން ނިކުމެ ތުއްތުކުދިން ގެދިފާއުގައި ނިކުމެ އެދަރީންގެ ހިމާޔަތުގައި ރަށްޔަތުން ކުރާ މަސަތްކަތަށް ހުރަސް އެޅުމަކީ ރަށްޔަތުން ރުޅިގަދަވެ ހަމަނުޖެހު ން ތައް ގިނނަވާނެ ރަށްޔަތުންހުއްޓުވަން ސަރުކާރުވެސް ސިފައިންނާ ފުލުހުން ނިކުތުމަކީ ރަނގަޅު ކަމެއްނޫނެވެ.އަމުދު އެފަދަ އަނިޔާވެރި ކަންކަމުގައި ތީގެން އެވެސް ފުލުހަކަށް އިޚުސާސް ކުރެވޭތަ އެތުއްތު ދަރިފުޅުގެ ހަށީގައި އަޅާނެ ވޭނާ އިޚުސާސް ރަގަނޅު ވާނީ ރަށްޔަތުން ނާއި ކުރިމަތިނުލިއްޔާ ކޮންއެހެންމަޤުސަނދެ ކޭކިޔާނެ ކަމެއްނެއް މިހާރު ތިދަނީ މާމައއޗަށް މައިތިރި ވެގެތިބެވޭ ތޯބަލާ ނޫނީ މުޅިރަށްޔަތުން ނިކުމެ މިނުކުޅަދޭ ސަރުކާރު ނިމުމަކަށް ގެންނަން ޖެހިދާނެ

    38
    9
  8. ާްއަހަރެން

    ޢަދުލުވެރި އިލާހު ގެ ޝަރީޢަތް ފުރިހަމައަށް ތަންފީޒު ކޮށް ގެން މެނުވީ އަނިޔާވެރިންނަކަށް ޙައްޤު އަދަބެއް ނުދެވޭނެ!!!
    ކީއްވެބާ އެކަން އެ ގޮތަށް ނުކުރެވި ގެން މިއުޅެނީ..
    އެއިލާހު ގެ ޝަރީޢަތް މި ޤައުމުގައި ތަންފީޒު ނުކުރާހާ ހިނދަކު މި ކަންތައްތަކަށް ހައްލެއް ނުލިބޭނެ...

    އިސްލާމީ ޝަރީޢަތް ތަންފީޒުކުރުމަށް ގޮވާލަން!!

    66
  9. ޏހ

    ރައްޔިތުން ނިކުމެ ތި ގެ އަންދާލަބަލަ.

    73
    4
  10. ދޭވާނި

    ތިޔަކަހަލަ ކަންކަން ތިހިސާބަށްދާއިރު ބަލަ ރަށުކައުންސިލް އަތޮޅު ކައުންސިލް މިއީ ޕާޓީ އާށް ވޯޓު ހޯދައިދޭން ރައްޔިތުން ފެލައިގެން ނަގާ ޓެކުހުން މުސާރަދީފަ ތިބޭބައެއްތާ! ކޮބާ މިމީހުންގެ ޒިއްމާ! ކައުންސިލު ސިސްޓަމް ތީ އަތޮޅު ތަކުގެ ހަލާކު! މިވެރިންގެ މުސާރަ ކުޑަކަމުންތާ އެބޮޑުކުރީ!މިއީ ލާ ޖަޒީރާ މަރުކަޒީ!

    33
    1
  11. ބޯކިބާ

    ކުއްލިއަކަށް ކުއްޖާގެ އަމާ މާމައުސޫމު މީހެއްގޮތަށް ސިފަކުރަން ޖެހިގެން މިއުޅެނީ އެއީ އަންހެނެއްވީމަ. ބަފާ ހިފަން ހަވަރު ނިކުމެއްޖެ، އެކަމަކު އަމާހުރިތަނެއް ނުބަލާ އެކަކުވެސް. ތިކަމުގަ ބަފައާއި އަމައާއި ފެތެންޖެހޭނީ އެއްގޮޅިއަކަށް، ދެމީހުންވެސް ދަރިއަށް ހިޔާނާތްތެރިވެއްޖެ.

    74
    4
  12. ގުންޑާ

    އިސްލާމް ދީނާއި އެއްކޮޅަކަށް އެމްޑީޕީލާދީނީ ސަރުކާރު އެއްކަމެއް ވެސްނުކުރާނެ އެމީހުނަށް ހީވާނެ އެމީހުނާ އިދިކޮޅުމީހަކު ބާރަށް ފޮޑިޔެއް ޖެހިޔަސް އެއުޅެނީ ވެރިކަން ވައްޓާލަން އެހެންނުވާނީ މިހާރު މިސަރުކާރުގެ ކަންތައް މިހާރު މިއޮތީ އިދިކޮޅުމީހަކު ބާރަށް ފޮޑިޔެއް ޖެހިޔަސް މިސަރުކާރު ވެއްޓޭވަރަށް ފެއިވެފަ

    19
    7
  13. އިބްރާހިމް

    މުސްކުޅިންނަށް އެންމެ ފުރަތަމަ ފައިސާބެހިމީހާވެސް ހައްޔަރުކުރަންޖެހޭ. އޭނާ ކުރި ރަނގަޅުކަމެއް ނުފެނޭ. މުޅިންވެސް ފެންނަންހުރީ ގައުމު ފަސާދަކުރި މަންޒަރު.

    17
    25
    • ޏނނނ

      ހަމަ އެގޮތަށް 5000ރ އަށް ބޮޑު ކުރި މީހާ އަށް ވެސް އަދަބު ހައްގު ވާނެ ދޯ

      15
      15
  14. އިބްރާހިމް

    ކުއްވެރިންގެ ސަރުކާރުން މިކަން ހައްލުކުރާނެގިތެއް ނުވިސްނޭ.

    15
    5
  15. އަލިދީ

    މިހުރިހާކަމެއް ހިނގާއިރު ކޮބާބާ ބޮޑުޝޭޚް ހަނުހުރީތަ

    16
    7
  16. ،ހޖހގވ

    ކަމުގެ ހަގީގަތް ރަނގަޅަށް ބަލާފަ ލިޔުން އެދެން. ބުންޏޭ ބުންޏޭ ކިޔާފަ ލިޔުނަކަސް ކަމަކު ނުދާނެ. އެ ފިރިހެން މީހާގެ މުޅި އާއިލާ ގަ ހުސް އެ ވައްތަރު މީހުން. ސިއްޚީމަރުކަޒުން މއުލޫމާތު ތި ދިނީ ވެސް އެމީހާ އަށް ބޮޑުބޭބެ ކިޔާ ކުއްޖެއް. އެމީހުން ަަަަ އަދިވެސް ުުުު އުޅެނީ އެ ކަންތައް ސިއްރު ކުރަން. ެ

    29
    2
    • ރަނާ

      ތިނަދޫ ސިއްޚީ މަރުކަޒުން މަޢުލޫމާތު ދީފައިވަނީވެސް އެކުއްޖާގެ މަންމަ ފަރާތު މާމަ.. އެކުއްޖާގެ ބައްޕަފަރާތުގެ ކާފައާއި މުނިކާފަގެ ހިސްޓްރީ ގޮތަށް މަންމަ ފަރާތުގައި ވެސް ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހެއް އުޅޭ.. އަދި އެކުއްޖާގެ މަންމައަކީ ހަށިވިއްކަމުންދާ މީހެއް..

      9
      1
  17. އައިޝ

    އިސްލާމީ ޝަރިޔަތް ތަންފީޒު ކުރެވޭނީ އިސްލާމީޝަރިޔަތް ތަންފީޒު ކުރަން އެނގޭ ބަޔަކު މީހަކު މިސަރު ކާރުގައި ތިބި
    ނަމަތާ އެމްޑީޕީގެ ވެރިކަމެއްގައި އިސްލާމްދީން ކުރިއަރުވާކަށް ފުރުސްތެއް ނުދޭނެއެޕާޓީ މީހުނަށް އިސްލާމްދީނަކީ އެހާމުހިތްމު ދީނެއްނޫންކަން އެމީހުން ނެރޭލާދީނީ ރިޕޯޓު ތަކުންވެސް ރަށްޔަތުންނަށް އެކަން އެގިނގެންދާނެ ދެން އެމީހުންކައިރީ އިސްލާމީ ޝަރިޔަތޭ ކިއިޔަސް ލާދީނީ މީހުން އަޑެއް ނާހާނެ ރީނދޫ ޕާޓީ މީހުން ގަބޫލުކުރާދީނެއް ނޫން އިސްލާމްދީނަކީ އިސްލާމްދީން ގަބޫލު ކުރާބަޔަކު އެފާޑަކަށް ނުތެޅޭނެ އެއީ ހަމަ ނުބައިނުލަފާ ޖާހިލުން އެބައިގަނޑަކަށް ދުވަހަކުވެސް ﷲ ތެދުމަގެއް ނުދައްކަވާނެ އެބައި މީހުނީހަމަ ހަލާކަށް އުޅޭމީހުންނެވެ.

    20
    3
  18. ްޤައުމު

    ތިރަށު މީހުންވެސް ހަމަ ފީކަޅައީ.. މުސްކުޅި ބޭގަނޑު ފައިސާ ދީގެން އަންހެނުން އެގެއަށް ގެންދާކަން އިނގޭ!! ސުވާލަކީ އެބޭ ފައިސާ ދީގެން ގެއަށް ވަންދަނީ ތިރަށު ތެރޭގައި އުޅޭ އަންހެނުންހޭ ނޫނީ އެހެން ތަނަކުން އަންހެނުން ގެންނަނީހޭ؟؟ ހީވަނީ ތިރަށު ތެރޭގައި އުޅޭ އަންހެނުން ވެސް އެބޭގަނޑު އަތުން ލިބޭ ފައިސާކޮޅުގެ ބޭނުމުގަ ތެޅެނީހެން. ... ???

    47
    • ޏނނނ

      މުސްކުޅިންނަށް ފައިސާ ބެހި މީހާ ހައްޔަރު ކުރަންޔާމު 5000ރ އަށް ބޮޑު ކުރި މީހާއަށް ވެސް އަދަބު ހައްގު ވާނެ ދޯ

      9
      16
  19. ހަމްޒާ

    ދެން ރަށު އެންމެން މި ބުނަނީ އެރަށުގަ އުޅޭ 80 އަހަރު މުސްކުޅިޔަކު ދެކެ ތިމަންނަމެން ބިރުން ތިބޭނީއޭތަ.. އޭނާ ކުދީންނައް މިހެން ހަނދާއިރުވެސް. ތިރަށު އެންމެންނައް އަދަބުދޭންޖެހޭ..

    50
    2
  20. މިރޭ

    މިރޭ ވެސް ޖިންސީ ފުރއްސާރަ އެއްގެ މައްސަލައެއް ޕޮލިހަށް ހުށައެޅުމުން އެކަށީގެންވާ ފިޔަ ވަޅެއް ނޭޅި! ބިދޭސީ އެއް އަސްލުނަން އޮޅުވާލައިގެން އުޅޭކަން ފުލުހުން ނަށް އެގި ހުރެ އޭނާވަނީ ދޫކޮށްލާފަ. ޥިދާޅުވީ ދެން އެފަދަ ކަމެއް ހިނގައިފިއްޔާ އަންގާށޭ.. ރޭޕް ކުރީމަ ދޯ އަންގަން ވީ؟ ނުބީހެންޏާ ކަނޑާހަމަ؟ ޝުކުރިއްޔާ ދިވެހި ފުލުހުން ނަށް!

    28
    1
  21. ކިޔުންތެރިޔާ

    ވަގުތު ނޫހަށް އައްސަރިބަހާއި ސާބަސް! ރައްޔިތުންގެ ލޯތައް ހުޅުވާލަދީފި! ޝުކުރިއްޔާ

    31
    4
  22. ގޭ މިހާ

    1 މީހަކު ޒިނޭކުރާއިރު ނުވަތަ ކުޑަކުއްޖަކާ ބެހޭއިރުު ކައިރީ ގައި ދެހެކިން ބައިތިއްބައި ގެން އެކަމެއް ނުކުރާނެ.
    2 އެފަދަ ކަންކަން ކުރާ މީހުން އެކަން ސިއްރުކުރަން ވަރަށް ގިނަ މަންތިރި ހަދާ .
    3 ގގގމިފަދަ ކަމެެއް ފަޅާ އަރަނީ ގިނަފަހަރަށް އަނިޔާ ލިބޭ ކުއްޖާއަށް ލިބޭ ނަފްސާނީ ނުވަތަ ޖިސްމާނީ އަނިޔާއަކަށް ކެެއް ނުކުރވޭ ހާލަތަކަށް ދިއުމުން.
    4 . މިފަދަ ކަމެއް ރިޕޯޓު ކުރިޔަސް އިންސާފު ނުލިބޭތީ ނުވަތަ ސާބިތު ކުރާނެ ހެކި ނުލިބޭތީ ރިޕޯޓް ކުރުމުން ލިބޭ އަނިޔާގ ގެ އިތުރުން އެކުއްޖާއާއި އާއިލާ އިތުރަށް ފަޟީޙަތް ވަނީ.
    5 . ކަންކުރިމީހާ އިތުރަށް ޕްރޮމޯޓްވެ އެފަދަ ކަންކަން ތަކުރާރު ކުރުމަށް ހިއްވަރު ލިބޭ .
    6 . މިއީ ދުނިޔަވީ ޙަޤީޤަތް.
    7 . ދެރަ ކަމަކީ މިފަދަ ކަންކަން ކުރާއިރު ބައްލަވަން މިރުޞާދު ގައި ޚާލިޤުވަންތަ ފަރާތެއް ވާކަން ނޭ ގޭތީ.

    23
  23. ދިވެއްސެއް

    ގއ.ކަނޑުހުޅުދޫ) މީހުން މީގަކުރީގަ ކޮބާ؟ މިމީހުން ހަމަގަސްދުގަ އަޅާނުލަނީ!

    21
  24. މަހާތީރު

    ޖިނާއީ ކުށެއް ހިނގާކަން އެގިތިބެ އެކަން ކަމާބެހޭ ފަރާތްތަކަށް ނޭއްގުމަކީވެސް، ޤާނޫނީ ގޮތުން އެފަދަބައެއް ކުއްވެރިވާނެކަމެއް...އިހްމާލު ، ފަރުވާކުޑަކުރެނެވި އަމަލު، މިފަދަ އަމަލުތަކަކީވެސް ޖިނާއީ ތަޙުޤީޤު ކުރެވި ދަޢުވާކުރެވޭނެ އަމަލުތައް

    11
    • ދިީނާ

      ހަމަ އެކަނި ގާނޫނީ ގޮތަކުން އެއްނޫން. މީހަކު ގޯސްކޮށްކަމެއްވާހިނދު އެކަން އެނގި ހުރެ ހަނުުހުރުމަކީ ނުވަތަ ހައްޤު ބަސް ބުނަން ނުކެރުމަކީ، އެއީ ޤިޔާމަތުގެ އަލާމާތެއް. ހަަމަ ފާފަވެރިވާނެ އެމީހަކު. ޔާ ﷲ މިކަހަލަހުރިހާ އެއްމެންނެތި ފަނާ ކުރައްވާންދޭވެ. އާމީން

  25. ޢަޒްރާ ޢަލީ

    ޕޮލިސްޓޭޝަނެއްހުރެ އެތަނުން އެއްވެސް ވަރަކައް ތިކަންކަމާ އަޅާނުލުމަކީ ކަންބޮޑުވާންޖެހޭކަމެއް ރަށުތެރެ ބެލެހެއްޓުމުގެ ޒިންމާވެސް ޕޮލިހުންނައް އޮންނަންޖެހޭނެ ސްޓޭޝަން ހަދަނީ ވ ބޮފު މަގްސަދެއްގަ ކުއްކުރާމީހާ ކުއްކުރީމަ ތެޅިގަތުމައްވުރެ އެފުެުސަތު ނުދޭން ޕޮލިހުންވެސް އާންމުންވެސް މަސައްކަތް ކުރަންޖެހޭ މުޅިތަށުގެ ރައްޔިތުންނާއި ޕޮލިސް ތިކަމުގަ ގޯސް ހެދިކަން އެބައިނގޭ

  26. ނަޒީރާ

    ތިއީ ސިހުރުހަދާ ހަދާ ވާވެފަ ހުރިތަނެއްހެން ހީވަނީ.. ތި ބޭގަނޑު ތިޔަ އަމަލުތައއ ހިންގަނީ ޝައިތާނާގެ ކިބައިން އެހީ ލިބިގަތުމައް ކަމައް ގަބޫލުކުރެވޭ.

  27. ޢަނިޔާއާ ދެކޮޅު

    ފެއިލްވީ މުޅި ދިވެހިރާއްޖެ.... ސިޔާސީ ކަންކަން ނޫނީ ކަމެއްނެއް،،،، މުޅި ގައުމު ހަލާކުވަނީ،،،، އެންމެންވެސް އެކަކު ަ އަނެކަކު ގޯސް ކޮށް ވާހަކަ ދެއްކުން އޮތީ،،،،، ރަނގަޅު ކުރަން އިސްނަގާނެ މީހެއްނެއް،،،،،، ކަންކަން އިނގޭ އިރުވެސް ، ބޮއްސުން ލައިގެން ދާއިރުވެސް އަޅާލާނެ މީހެއް، ވެރިއެއް ނެއް،،،،، ވަގުތުން ކޯފާ ނުފޮނުއްވާ ކަމަށްޓަކައި މާތްރަސްކަލާންގެއަށް ހަމްދު ހުރި

  28. ޚިޔާލު

    ވަރަށްވެސް ރަނގަޅު ލިޔުމެެއް. ތިކަމުގައި ވަރަށް ބޮޑެތި އޮޅުވާލުން ހުރިކަމަށް ފާހަގަ ވޭ. ކުއްޖާގެ މަންމަ ފަރާތު އާއިލާއިން ހާމަ ކުރާ ވާހަކަ ތަށް ޢެކަނި ހިއްސާ ކުރުމަށް ވުރެ، ދެފަރާތުގެ އާއިލާ އާއި، ރަށު މީހުންގެ ވަހަކަ ގެނެސްދިނުމުން ހަގީގަތް އެގިގެން ދާނެ. ވަގުތު ޓީމް އިން އަދިވެސް އިންވެސްޓިގޭޓް ކޮށްގެން ތިކަމުގެ ހަގީގަތް ހާމަ ކޮށްލަދީ.

  29. ހޯހޯ

    ތި ލިޔުން ކިޔާލީމަ ހީވޭ ވަރަށް ބޮޑު ގޭމެއް ހެން. ބަޔަކު ދުއްވާލަން ކުރާމަސައްކަތެއްހެން. ޢަދި ތިކަމުގެ އިތުރު ތަފްސީލް ހޯދަންވީ.
    ޑްކްޓަރިން ކުއްޖާ ފެނިފަ ރޮވުނޭ ބުނި އިރު، އެއްވެސް ހޮސްޕިޓަލަކުން ކުއްޖާގެ ހާލި ސީރިއަސް ކަމަށް ނުބުނޭ. 2 އަހަރު ނުވާ ކުއްޖަކަށް އެގޮތަށް ވާހަކަ ކިޔައިދެވޭނެ ކަމަށް ގަބޫލެއް ނުކުރެވޭ! ކުއްޖާގެ މަންމަ ގެ ބޮޑު އިހުމާލެއް އޮތްޢިރު އޭނައާއި ދެކޮޅަށް އެއްވެސް މީހަކު ވާހަކަ ނުދައްކާ!
    ޢަހަންނަށް ބޮޑަށް ހީވަނީ ކާފަ ނުކުރާނެހެން އެކަހަލަ ކަމެއް. މުނިކާފަގެ ވާހަކަ އެއް ނޫން. ޙީވަނީ ދަރިފުޅު ހޯދަން ކުއްޖާގެ މަންމަ ފަރާތު އާއިލާ މީހުން ކުޅޭ އެއްޗެއްހެން.

    9
    4
  30. ތޯހާ

    ބޮޑު ހާދިސާ އެއް އަބަދުވެސް ހިނގާތަނުން ރަށުގެ ރައްޔިތުންނަށް ވެސް މިކަހަލަ ކަމެއްގެ ތަފްސީލް މިހާމަ ކުރެވެނީ! މިކަން މިހެން ވެގެން ނުވާނެ. ތިމާގެ ދަރިން ނުވަތަ ދަރިއަކަށް މާދަމާ ވާނެގޮތެއްބުނާކަށް ނޭނގޭނެ! ކުޑަކުދިން، ޔަތީމް ކުދީން، ބޮޑެތި އަންހެނުން ރފ އަށް މެޓަޔަށް ހެއްލޭކަން އެނގި އެކަން އެ ބުނާ ކާފަ ފަރާތުން މަންފާ ހޯދާއިރު ރަށުން އެކަމަށް ހަށްލުނުހޯދީ ކީއްވެ؟ ރަށުން ނުވާއިރު ކައިރި ވެރިކަންކުރާ ރަށުގެ ސަމާލުކަމަށް ނުގެނައީ ކީއްވެ؟ ޖެންޑާ / ޕޮލިސް އިހުމާލް ވީ ކީއްވެ؟ ރަށު ކައުންސިލް ހަމަ ހިމޭނުން ތިބީ ކީއްވެ؟

  31. ހަސަންބެ

    އިހުމާލުވި އެންމެން ރަޖަމް ކުރަން ފެންނަނީ.

  32. ބަކުރުބެ

    މަސްތު ނުވާއިރުވެސް ތިޔަ ކަންތައް ރާއްޖޭގައި އޮތީ ފެތުރިފައި. ރަންނަމާރި އެރީއްސުރެން ކުޑަކުދިންނާ ނުބެހޭ އިރެއް ނާދޭ. ކޮންމެހެން މަސްތުރައެކޭ ކިޔާނެ ކަމެއް ނެތް.

  33. ޕަރުދޭސް ބާބޫ

    މަންޒަރުތައް ފެންނަމުން ދިޔައީ ވަނީ މިކިނެއްކަންވެސް އެންމެނައްވެސް އިނގޭ ވާނުވާނޭންގި ހުރީމަ ބޮލައް ފަސޭހައެއެއްނު
    މަގޭދަރިއެއްނޫ! މަށައް ކޮންކަމެއް މީ މިމީހުންގެ
    ވިސްނުމަކީ! ތުއްތު ކުއްޖެއް ދިރިހުއްޓަސް އެ މައުސޫމް ފުރާނަ ދުނިޔެއާ ދޭތެރޭ ދެކެމުން އާާތގޮށް ބަދަލުވީ! މާތް ރަސްކަލާކޮ އަޅަމެންގެ ލޯތައްހުޅުވާދެއްވާާންދޭން!އިންސާނިޔަތުކަން އަޅަމެންގެ ހިތްތަކުގާ ލައްވާންދޭ! ނުބައި ފަާހިޝއަމަލުތަކައް ދުރުކޮއްދިނުމައް ބަސްބުނުމެގެ ހިއްވަރު އަޅަމެންނައް ދެއްވާންދޭ! ފާހިޝްއަމަލުތަކުގެ ޝިކާރަތަކުން އަޅަމެންނާއި އަޅަމެންގެ ދަރިން ސަލާމައްކުރައްވާންދޭ! އެކުޑަ ތުއްތު ކުއްޖަާ ޔައް ހިއްވަރު ދެއްވާދޭ..

  34. ވެނީލާ

    ތިގެ ދައުލަތަށް ނަގާބަލަ!!