އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކު، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ އެ ކުއްޖާގެ ބައްޕަގެ ޝިކާރައަކަށް ވެއްޖެއެވެ. މަސްތުގެ ހާލަތުގައި ހުރި އެ ބައްޕަ އެންމެ ފުރަތަމަ މަސައްކަތް ކުރީ ރަށުގެ ފަޅު ގޯއްޗަކަށް ދަރިފުޅު ގެންގޮސް ޖިންސީ ގޯނާ ކުރާށެވެ. އެކަން އެ ދުވަހު ކާމިޔާބު ނުވުމުން އެންމެ ފަހުން އެކަން ކުރީ "މަންމަ އާއި ދޮންތަ" މަރާލާނެ ކަމުގެ އިންޒާރު ދީފައެވެ. "ވަގުތަށް" ލިބިފައިވާ އޯޑިއޯގައި ބައްޕަގެ ފަރާތުން ލިބުނު އަނިޔާތަކުގެ ވާހަކަ އެ ކުއްޖާ ވަނީ ކިޔައިދީފައެވެ. އެ ކުއްޖާ އަށް މިހާރު ފަރުވާދެނީ އައިޖީއެމްއެޗްގައެވެ.
ދެކުނުގެ ރަށެއްގައި ތަކުރާރުކޮށް ހިނގި އެ ހާދިސާއާ ގުޅޭ އޯޑިއޯގައި އަންހެން ކުއްޖާ އެ ވާހަކަތައް ކިޔައި ދެނީ ޢާއިލާގެ އެހެން މެންބަރަކަށެވެ. އެފަދަ ކަމެއް ހިނގި ކަން އެ ޢާއިލާ އިން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.
އޯޑިއޯއިން ސާފުވި ގޮތުގައި އެ ކުއްޖާ ދިރިއުޅެނީ ބައްޕަ ދިރިއުޅޭ ރަށުގައެވެ. އެ ކުއްޖާ މަންމަ އެހެން ރަށެއްގައި ދިރިއުޅޭ އިރު، އެ ދެ މީހުން ވަރިވެގެން އުޅޭތާ މިހާރު ހަތް އަހަރުވެއްޖެއެވެ. އެ ކުއްޖާގެ ބައްޕަ ދިރިއުޅެނީ ކުއްޖާ ހުންނަ ގޭގައި ކަމުގައި ނުވިޔަސް، ދޭތެރެ ދޭތެރެއިން އެގެއަށް ބައްޕަ ގޮސް ހަދާ ކަމަށްވެއެވެ.
އޯޑިއޯގައި އެ ޢާއިލާ މީހާ، އެ ކުއްޖާއާ ސުވާލު ކުރުމުން، ނޭނގި ހުއްޓާ ބޮޑުކަމުދެވެން ފެށުނީ ބައްޕަގެ ފަރާތުން ޖިންސީ ގޯނާ ކުރިމަތިވާން ފެށި ފަހުން ކަމަށް އެ ކުއްޖާ ވަނީ ބުނެފައެވެ. އެ ކުއްޖާ ބުނީ އެންމެ ފުރަތަމަ އެ ކުއްޖާ އަށް ޖިންސީ ފުރައްސާރަ ކުރަން އުޅުނު ދެ ފަހަރު ވެސް އެކަން އެ ކުއްޖާގެ ބައްޕަ އަށް ކުރެވޭ ގޮތް ވެފައި ނުވާ ކަމަށެވެ.
އެންމެ ފުރަތަމަ އެ ކުއްޖާގެ ބައްޕަ އެ ކުއްޖާއަށް ޖިންސީ ފުރައްސާރަ ކުރަން އުޅުނީ، އެ ކުއްޖާ ގޮވައިގެން ދުއްވާލަން ދިޔަ ދުވަހެއްގައި، މަތި ހިޔާ ނުކޮށް ހުރި ގެއަކަށް ވެއްދުމަށްފަހު ކަމަށް ބުނެފައިވެއެވެ.
އަދި އޭގެ ފަހުން ވެސް އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރަން ދެ ފަހަރެއްގެ މަތިން، ބައްޕަ މަސައްކަތް ކުރި ކަމަށް ބުންޏެވެ.
" ފަޅުގެއަކަށް ވަނީ. ވަދެފަ އުޅުނީ އަޅުގަނޑާ ބެހެން ވެގެން. އެ ދުވަހު އެއްވެސް ކަމެއް ނުވޭ. ބައްޕަ އެއްޗެހި ބާލަން އުޅެނިކޮށް އަޅުގަނޑު ދުވެފަ ނުކުތީ. އެދުވަހު ވެސް ބައްޕަ ހުރީ ބޮއެގެން. ލޯ ނުހުޅުވޭ ވަރަށް ބޮއެގެން ހުރީ. ނުއެއް ބޭލޭ، އަޅުގަނޑުގެ އެއްޗެހި ބާލަން އުޅުނީމަ އަޅުގަނޑު ދުވެފަ ނުކުތީ. ނުކުތީމަ ބައްޕަވެސް ފަހަތުން ނުކުތީ،" ކުއްޖާ ކިޔައިދިނެވެ.
އެ ކުއްޖާ އަށް ފުރަތަމަ ޖިންސީ ފުރައްސާރަ ކުރަން ބައްޕަ މަސައްކަތް ކުރީ ރޯދަމަހެއްގައި ކަން އޯޑިއޯއިން އެނގެއެވެ. އެކަން ހިނގުމާ އެކީ އަންހެން ކުއްޖާ ވަނީ ބައްޕައާ ދުރުވެވޭތޯ މަސައްކަތްކޮށްފައެވެ. އޭގެ ފަހުން ބައްޕައާ އެކުގައި ސައިކަލް ދުއްވަން ނުދާ ކަމަށް ބުންޏެވެ.
"އެ ދުވަހުގެ ފަހަކުން އަޅުގަނޑު ނުދަން ބައްޕައާ އެއްކޮށް ދުއްވާކަށްވެސް. ތުއްތަ އުފަން ދުވަހު ވެސް ބައްޕަ ބުނީ ހިނގާށޭ އެއްޗެއް ގަންނަން ދާން. ބުނީމަ ވެސް އަޅުގަނޑު ނުދަން. ތުއްތަ އާއި އެއްކޮށް އަޅުގަނޑު ދިޔައީ. އެ ދުވަހު ވެސް ބައްޕަ ހުރީ ބޮއެގެން."
އެ ކުއްޖާ ކިޔައި ދިން ގޮތުގައި އޭނާ އަށް ޖިންސީ ފުރައްސާރަ ކުރާނެ ފުރުޞަތެއް ހޯދަން އޭނާގެ ބައްޕަ ތަކުރާރުކޮށް މަސައްކަތް ކުރިއެވެ. އެ އޯޑިއޯއިން އެނގޭ ގޮތުން އެ ކުއްޖާ ދިރިއުޅޭ ގޭގައި އެ ކުއްޖާގެ ތުއްތަ އާއި އިތުރު އަންހެނަކު އުޅެއެވެ.
އޯޑިއޯގައ،ި އެ ކުއްޖާގެ ތުއްތަ ފިޔަވައި ދެން އެގޭގައި އުޅޭ އަންހެން މީހާއަށް އެ ކުއްޖާ މުޚާތަބު ކުރަނީ "ދައިތަ"ގެ ނަމުންނެވެ. ބެލެވޭ ގޮތުން އެއީ އެ ކުއްޖާގެ ބޮޑުދަތިއެވެ.
އެ ކުއްޖާ ދިރިއުޅެނީ، އެ ކުއްޖާގެ ތުއްތަގެ ކޮޓަރީގައި ކަމަށް ވާއިރު، ބައްޕަގެ ފަރާތުން ޖިންސީ އަނިޔާ ލިބެން ފެށީ ތުއްތަ ކަސްރަތު ކުލާހަށް ދާން ފެށުމުން ކަމަށް އެ ކުއްޖާ ބުންޏެވެ. ތުއްތަ ކަސްރަތު ކުލާހުގައި ގިނަ ވަގުތުތަކެއް ހޭދަވާ ކަމަށް ވެސް ބުންޏެވެ.
ކުއްޖާ ބުނީ ތުއްތަ ކަސްރަތު ކުލާހަށްދާ ފަހުން އަދި ކުއްޖާގެ "ދައިތަ"، ނަމާދަށް ހުންނަ ގަޑީގައި ކުއްޖާ އުޅޭ ކޮޓަރިއަށް ވަދެ، ބައްޕަ އެ ކުއްޖާއަށް ޖިންސީ ފުރައްސާރަ ކުރި ކަމަށެވެ.
އެ ކުއްޖާ ބުނީ، އޭނާގެ ބައްޕަ އޭނާގެ ޖިންސީ ގުނަވަންތަކުގައި އަތްލައި ބައްޕަގެ "ޖިންސީ ގުނަވަން" އޭނާއަށް ދެއްކުމަށް ފަހު އެ ގުނަވަނުގައި އަތްލާން ބައްޕަ އެންގި ކަމަށެވެ. އަދި އެގޮތަށް އެކަން ކުރުމަށް އިންކާރު ކުރުމުން އެ ކުއްޖާ ދެކެ ބައްޕަ ވަރަށް ބޮޑަށް ރުޅި އައި ކަމަށް ވެސް އެ ކުއްޖާ ބުންޏެވެ.
އެ ޢަމަލުތައް ހިންގުމަށް ފަހު، އެ ކުއްޖާގެ ބައްޕަ އޭނާއަށް ޖިންސީ ގޯނާ ކުރާ ވާހަކަ އެއްވެސް އެހެން މީހެއް ކައިރީ ބުނެފި ނަމަ، އެ ކުއްޖާގެ މަންމަ އާއި ދޮންތަ މަރާލާނެ ކަމުގެ އިންޒާރުދީފައިވާ ކަމަށް އެ ކުއްޖާ އޯޑިއޯގައި ބުންޏެވެ.
އޭގެ ފަހުން ތަކުރާރުކޮށް އެ ކުއްޖާއަށް ފުރައްސާރަ ކުރާކަން ކުއްޖާގެ ވާހަކައިން އެގެއެވެ.
ބައްޕަގެ އެ ޢަމަލުތަކާއި މެދު ހަދާނެ ގޮތް ހުސްވެގެން، ބައްޕަ ގެއަށް ނުވެއްދުމަށް ދައިތަ ކައިރީގައި އެދުނު ކަމަށްވެސް އެ ކުއްޖާ ބުންޏެވެ.
"އަނެއްކާވެސް ބައްޕަ އައީމަ، އަޅުގަނޑު ބުނިން ދައިތަ ކައިރީގައި ބައްޕަ އެގެއަށް ނުވައްދާށޭ. ބުނީމަވެސް ވައްދަނީ. އެކަމަކު ދައިތަ ބުނި ނުކެރޭނެއޭ. އެއްވެސް މީހަކު ނުވައްދާކަށް ނުކެރޭނެއޭ."
ބައްޕަގެ ފަރާތުން ކުރިމަތިވި ފުރައްސާރައިގެ ވާހަކަ އެއްވެސް މީހަކާއި ޙިއްޞާ ނުކުރީ މަންމަ އާއި ދޮންތަ މަރާލާނެ ކަމުގެ އިންޒާރު ބައްޕަ ދީފައިވާތީ، އެކަމާ ބިރުން ކަމަށް ކުއްޖާ ބުންޏެވެ.
އަންހެން ކުއްޖާ ބުނި ގޮތުގައި ކުއްޖާގެ މަންމަ ކައިރިއަށް އޭނާ ފޮނުވަން ބައްޕަ ބޭނުމެއް ނުވެއެވެ. އަދި މަންމަ ކައިރިއަށް ފޮނުވާނީ ބައްޕަ ކައިރިއަށް އަންނާނެ ކަމުގެ ޔަޤީންކަން ދިނުން ކަމަށް ކުއްޖާ ބުންޏެވެ.
"އަޅުގަނޑު ބުނިން އާއެކޭ އަންނާނަމޭ. މަންމަ ކައިރީގައި އަޅުގަނޑު ބުނިން ނުދާނަމޭ ބައްޕަ ކައިރިއަށް ދެނެއް. މަންމަ އެހި އެއީ ކީއްވެހޭ. އެހީމަ އަޅުގަނޑަށް ނުކެރުނީ ބުނަން އެންމެން މަރާލާނަމޭ ބުނީމަ. އަޅުގަނޑު ބުނިން ކަމެއް ނުވެއޭ."
ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ އަންހެން ކުއްޖަކަށް، ކުއްޖާގެ ކާފަ އާއި މުނިކާފަ ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތި ވުމާ އެކު އެތައް ދުވަހެއް ވަންދެން ހާމަނުވެ ހުރި މިފަދަ ގިނަ މައްސަލަތަކެއް ވަނީ ހާމަވާން ފަށައިފައެވެ. އަދި މިފަދަ ގިނަ މައްސަލަތައް ތަހުގީގު ކުރަން ފަށާފައިވާ އިރު، ފުލުހުން ވަނީ ބައެއް މީހުން ހައްޔަރުވެސްކޮށްފަ އެވެ.
މިހާތަނަށް ފެންމަތިވި މިފަދަ މައްސަލަތަކުގެ ތެރޭގައި އިތުބާރު ކުރެވޭ މަގާމުތަކުގައި ތިބި މީހުންނާއި މަހުރަމުންގެ ފަރާތުން ކުޑަ ކުދިންނަށް ޖިންސީ އަނިޔާ ލިބޭ އެތައް މައްސަލަ އެއް ވަނީ ހިނގައިފައެވެ.
ނަމަވެސް އާއްމުންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ މިފަދަ ލާއިންސާނީ އަމަލުތައް ހިންގާ މީހުންނަށް އަދަބު ދީ، އަނިޔާ ލިބޭ ކުދިންނަށް އިންސާފު ހޯދާ ނުދެވުމެވެ.
މިފަދަ މައްސަލަތައް ގިނަވެ، ހައްލެއް ނުހޯދި ދިގުދެމިގެން ދިއުމާ ގުޅިގެން ކަމާއި ބެހޭ ގިނަ މުއައްސަސާތަކަށް އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވާން ފަށައިފައެވެ.
ހޯރައިއްބެ ދޫކޮށްލީ އެންޑީޕީން..އެންޑީޕީއަކީ ކުށްކުރާ މީހުން ހިމާޔަތްކުރާ ބައެއް..އެންޑީޕީ ވެރިކަމެއްގެ ތިފަދަ ކަމެއް ރިޕޯޓް ކުރުމުން އަންހެން ކުއްޖާ ފަލީޙަތްވުން ނޫންކަމެއް ނުވާނެ...
މިސަރުކާރަށް ރައްޔިތުން ދީފައިވާ ސުޕަމެޖޯރިޓީގެ ބާރުގެ ބޭނުންކޮށްގެން މައްސަލަ ހައްލު ކުރާތަނެއްނުފެނުނު.
ޗީޗީ ތިޔަޢީބަޢްޕަ އެޢްތަ ނޫނީ ޖަނަވާ ރެޢްތަ
ޖަނަވާރުން ވެސް ދަރިންނަށް ބަލާ ތިޔަވުރެ..
މިކަން އެކަނިތަ ވަރިވެގެން ދެމިހުން ދެމަފިރިން ގޮތަން އުލެ ކިތަން މިިހުނ އެބަައުޅޭ މިކަން ބަލަނި ކޮންފަރާތަކުން ކޮންތަކަނ އަންގަނވި ބަދުއަޚުލާގީ އަމަލު ދޯ އެހިނގަނީ
އެ އޯކޭ. ބާލިޣު ވެފަ ތިބޭ އަންހެނުންނާ ކައިވެނި ކޮށްގެން ހަލާލު ގޮތުގަ އުޅުން 18 ނުފުރޭތީއޭ ކިޔާފަ ގޯސް. އެއީ ހަރުކަށި. އެވެސް ހޯރަ އިބްރާހިންފުޅު ނޫން އެހެން މީހުންނަށް އޮންނަ ހުކުމެއް. ބަލާއެއް.
މި ކަހަލަ ކަންތައް ދިމާވީމާ ވަރަށް ގިނަ މީހުން ކުށްވެރި ކުރާނެ އަނިޔާ ލިބުނު ކުއްޖާ ކީއްވެހޭ ކުރިން ނުބުނީ ކިޔާފަ. ކުޑަ ކުއްޖަކަށް ވަރަށް އުނދަގޫ ކަމެއް އެއީ މީހާކު ޖިންސީ ފުރައްސާރަ ކުރާ ވާހަކަ މީހެއް ކައިރީ ބުނުން. އެންމެ ރަނގަޅު ގޮަތަކީ މައިންބަފައިން ކުދިންނާ ގުޅުން ވަރުގަދަ ކުރުން. އެކަމަކު ވިސްނާލާ މައިން ބަފައިން ގެ ފަރާތުން މި ފަދަ ކަމެއް ދިމާ ވާ ކުއްޖާ އެކަނިވެރިކަން އިހުސާވެ ޑިޕްރެސް ވާނެ ވަރު....
ދައިތަ އަށް ހަމަ ނޭނގި މިވަރުވީ. ނަމާދު ކުރަން އެހާ ގިނަ ވަގުތު ހޭދަވާނެބާ؟ ތީ ހަމަ ނޭނގޭކަމަށް ހެދިގެން ހުރީ.
މަސްތުވާތަކެއަޗާއި ރަލުގެ ނުރައްކާތެރިކަމުގެ ފުންމިން މިފެންނަނީ..
ހުރިހާނުބައިކަމެއްގެއަސްލުމަސްތުވުް
ތިއީ ރަނގަޅު ވާހަކައެއް. އެކަމު އެއީ މުޅިއަކުން މިކަހަލަ މުޑުދާރު ކަންކަން ހިންގާ ސަބަބެއްކަމަށް ނުބެލެވޭ..ސަބަބަކީ ފުރަތަމަ (އެތައް) ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކޮށް ވީޑިޔޯ ކޮށްގެން ހުކުމް ކުރީ ޤުރުޢާން ކިޔަވައިދޭ މަޝްހޫރު ޤާރީއަކަށް. އޭގެ ފަހުން އަވަށްޓެރިންނާއި މުދައްރިސުންނާއި ސިފައިންނާ ފުލުހުންނާ ގާޟީންނާ ކައުންސިލަރުންނާ، އެއްބަޑުތިމާގެ މީހުންނާ، ހޫރުކާފައިންނާ ބަފައިންނާ، ނުވީތާކަށް އަމައިންވެސް މިފަދަ އަމަލުތައް ހިންގައިގެން ހައްޔަރުވެސްކޮށްފައިވޭ..މިއެންމެން އެއްގޮތްވާ ހަމައެކަނި ސިފައަކީ އިންސާނިއްޔަތުކަމެއް ރަޙުމެއް ނެތުމާއި ވަޙުޝީކަމަށް ހޭބަލިވެފައިވުން. ސަބަބަކަށް ބެލެވެނީ ﷲ(ސ.ވ) އަށް ބިރުވެތިކަން ކުޑަވުން ނުވަތަ ފިލާފައިވުން.
ތިޔަހުރިހާ ކަމެއްގެ އަސްލަކީ އެދިގުރާސްތާ 30 އަހަރު ރާވައިގެން މަސްތުވާތަކެތި މުޅިގައުމައް އިސްތިހާރްކޮއްފެތުރީ ގިނަދުވަހުވެރިކަމުގައި ހުރެ ވެރިކަން ދެމެހެއްޓުމައް ކުރި ލާއިންސާނީ އަމަލުން ދޭދެރެ ދުރުކޮއް ދަރިފަސް ކޮޅު ނައްތާލީވެސް ހަމަ މިބޭނުމުގައި ނިނަމެއްޗެއްގެ ދަރިޔަކު ވެރިކަމައް ކުރިމަތި ލާފާނެކަމައް ދެން ބަނގުލާދޭޝް މީހުން އެތެރެކުރީ ބަނގުލާދޭޝް ފިރިހެނުންނަކީ ވެރިކަމައް ތޮޅޭނެ ބަޔަކައް ނުވާތީ އެކަން އިނގޭނުންތޯ ބަންގާޅުގައި މުޅިންވެސް ވެރިކަނަ ކުރަނީ އަންހެނުން
މަސްތުވާ ބައްޕަ އެއްގެ އަތްދަށަށް ދަރި ދޫކޮށްލާފައި ދިއުމަކީ މަންމަ އަށް ހެދުނު ވަރަށްބޮޑު ގޯހެއް. މީހުނާ އިނުމުގަ ބަލަން ޖިހޭ ވަރަށް ނުބެލި އިނީމަ އެތައް ގެއްލުމެއް އާއިލާ ތަކަށްށާ ދަރިންނަށް ކުރިމަތިވޭ، މީ ހިތާމަ ހުރި ކަމެކެވެ. ރަނގަޅު މެރިއޭޖް އެއް ދަމަހައްޓަން ރަނގަޅު އެކުވެރިންގެ އާއި ޢާއިލާގެ އެހީތެރިކަން ހޯދަންޖެހޭ. ހަނުތިބެގެން ކަމަކުނުދާނެ.
ތިޔައީ އިނސާނުންގެ ސިފާއިގަ ތިބި ވަލު ޖަނަވާރުން. ތިފަދަ ޢަމަލު ކުރާ މީހުން މަރައް މަރު ހިފަންވީ. ރައްޔިތުންނާ ހެދީ ތިހާ ވަރަށް އުޅެންޏާ މިއޮއް އޯގާތެރި ސަރުކާރުގަ އޮއް ބޮޑު ބިޔަ ސުޕަ މެޖޯރިޓީން މިކަން ފާސް ކޮށްބަލަ. ދެތިން ހަތަރު އެތި ދުއްވާލާ އިރައް ލޮނުމިދު ކައިގެން ހޭ ބަލި ވެގެން ތިއުޅޭ އެއްޗެހިތައް މައިތިރި ވާނެ
މި އޯޑިއޯ އިވިފަ ރޮވުނު. ވަރަށް އަސަރު ކުރި
ކަލޭ ކުރިކަންތައް ހަނދާންވެފަ ދޯ؟
ދައިތަ ނަމާދަށް އަރާއިރު ކުއްޖާ ނަމާދަށް ނާރުވަނީ ކީއްވެ؟
عمران މެން اللهގެ حضرة އަށް ދާނީ ރަގަޅު إمتهان އަކަށް ތައްޔާރު
އެހެންކަމަށް ހީކުރަން
ބަލަ އެމްޑީޕީ ސަރުކާރުން ހޯރަ އިއްބެ ދޫކޮއްލީމަ ހުރިހާ އެއްމެން ވީ އެމީހުން ގެ އަމިއްލަ ދަރިން ރޭޕު ކުރަން ތެ؟ އަޖާއިބެއް ??♂️??♂️
ޖިންސީ ފުރައްސާރައާއި ޖިންސީގޯނާ އެއީދެކަމެއް... ލިޔުަންތެރިޔާ
ކުޑަކުދިންނަ ޖިންސީ ޖިސްމާނީ ނަފުސާނީ މީގެންކޮންމެގޮތަކުން އަނިޔާކުރާ ޖަނަވާރުން ހު އްޓުވުނުގޮތަކަށް ހު އްޓުވުމަކީ ކޮންމެ އިންސާނެ އްގެވާޖިބަކަށް ހަދަންޖެހޭ އެހެންނޫނީ މިކުޑަގަ އުމު ހަލާކުގެތެރެ އަށް ވެ އްޓިނެތިވެހިނގަ އިދާނެ ﷲގެކޯފާ އެ އްހުށަނޭޅެނީސް މިފާހިސްކަންތަ ހު އްޓުވުނުގޮތަކަށް ހު އްޓުވާ
ބަޔާން ނެގުމުން މައްސަލައެއް ނެތް. އެކަމަކު އޭ އޯޑިޔޯ މީސްމީޑިޔާ އައް ލީމަ ކުއްޖާ ގެ ރައްކާތެރިކަމައް ވެސް ވިސްނަން ޖެަޭ!!!ކުއްޖާގެ އަގު ވައްޓަން ނުލާ ތިކަން ކުރެވޭނެ
އެއީ ހަމަ ނުލަފާ ޝައިތާނުން!!! އެއީ މިހުރިހާދުވަހު ސަރުކާރުތަކުން ކުރާހާ މަސައްކަތަުގެ ނަތީޖާ. އެޝައިތާނުންތައް ދޫކޮށްލާފަ ތިބެނީ ބޭނުން ގޮތަކަށް އުޅެން. ފަހުން ވާނެގޮތް ނޭންގޭކަމަށް ހެދިގެން. ދީނެއް އުޑެއް ބުޑެއް ނޭންގޭ މީހުން ގިނަކުރަނީ. އެހެންވެ އިސްލާމްދީނުގައި ދީނީގޮތުން ކޮންމެހެން އެނގެންޖެހޭ މިންވަރުވެސް އުނގަންނައިދޭން ބޭނުންވެސް ނުވަނީ.
ކޮންމެފަދަ ކަމެއް ކުޔުރިޔަސް! އެމީހުންނަށް ވޯޓު ގިނަކުރަން. އެއީ އެކުވެރި އެޖެންޓުން އެމީހުންގެ. ޢަދިއެއީ މިހާރު އުތުރިއަރާ ވަރަށް ގިނަބައެއް ވީމަ އެމީހުންގެ ވޯޓު ހޯދަން. ވޯޓު ވޯޓު ކޮންމެ ގޮތެއްގަވެސް މަށަށް ވޯޓު! މަށަށް ވޯޓު ލިބެނިކޮށް އެވީ. މަ ނުހޮވިއްޖިއްޔާ މުޅި ގަމުގައުމު އެކީ އަންދާލަންވީ. ކޮންމެ ގޮތެއް ހަދައިގެނވިޔަސް މަހޮވެން ޖެހޭނެ. ހޮވުނީމަ ނިމުނީ މަނުވަން މަނުވަން. މަށަށް ނުގޮވަ. ގޮވީމަ ގޮ އުނދަގޫވޭ. މަ ވަރަށް ބިޒީ. ކިހާ ބޮޑު އުނދަގުލެއްތަ ދެންތީދޯ. މިހާރު މަށަކީ ބޮޑުވެރިޔާ. މިއީ ދުނިޔެ. ދުނިޔޭގަ އުޅޭ ދުވަސްކޮޅު އަރާމުކޮށް އުޅެލެވުނީމަ އެވީ. މަރަކީ އަދި ފަހުގެ ކަމެއްނު. ޢެއީ މާފަހުގެ ކަމެއް! އެއީ ވެރިންގެ ކަންތައް ހުންނަގޮެއް ނޫންތަ އަޅެ. ދެން ނަރަކަޔަށް ހޫރުއްވާލައްވާއިރަކު ވެރިއެއް ގެރިއެއް ނޯންނަނެ އެމީހުންނަށް އިސްލާމްދީނުގައި ކަނޑައަޅާފައިވާ އެންހަރުކަށި އަދަބު ދޭންޖެހޭނެ!
ކަލޭވެސް ތީ އެކަހަލަ ސައިތާނެއް.
ސުބުޙާނަﷲ. ބުނާނެއެއްޗެއް ނޭނގިފަ މި އިނީ.
އާނ. ކަލެއަށް ނޭނގޭނެ ބުނާނެ އެއްޗެއް. ތީވެސް އޭގެ މީހެއް ރަނގަޅަށް ވިއްޔަ
މަގޭ އަޑު އެހިން ތި އޯޑިޔޯ... ލަގޮނޑި ފަޅައިގެން ދާ ވަރުވޭ.. ކާކުތަ އެ ކުއްޖާ ޔާ ސުވާލް އެ ކުރަނީ އެހާ ރަހުމު ކުޑަ ގޮތަކައް.. މަގޭ ލޭ ހޫނު ވެއްޖެ އެކަމާވެސް.. ހާދަ ރަހުމެއް ނެތް އަންހެނެކޭ އެ ކުއްޖާޔާ އަމުރު ވެރިކޮއް ރުޅި ވެރި ރާގައް އެ ވާހަކަ ދައްކަނީ.. ހީވަނީ ކުއް ކުރީ އެ ކުއްޖާ ހެން.. ވަރު އަރުވާފަ އިން އިރު.. ހެޔޮނުވާނެ ☹☹
ކޮބާތަ އޯޑިއޯ
ބައްޕައަކަށްވާތީ މިވާހަކަކިޔައިލުމުން ވަރަށް ލަދުގަނެއްޖެ މިއީ ހަގީގަތެއްކަމަށް ގަބޫލްކުރަންވެސް
ދަތި ނަމަވެސް މިހާރުހިނގާފައިހުރި ކަންތަކުން މިވެސްހަގީގީކަމަކަށްވެދާނެކަމަށްބެލެވޭ ނަމަވެސް
ހިތުގައިއުފެދޭސުވާލަކީ މިއީ ބައްޕަގެސިފާގައިހުރި އަދި އިންސާނެއްގެ ސިފާގައިހުރި ..............
މިސުވާލުަުފެދުނީ ބައްޕަގެމަގާމްގައިހުރެ އުފަންދަރިއާމިގޮތަށް ދިމާކުރުމުން އެހުރީ ޖަނަވާރަކަށްވުރެ
ވެސް ދަށުގައޭ އެއީ ޖަނަވާރުވެސް އޭގެދަރި ހިމާޔަށްކޮށް ރަށްކާތެރިކަންދިނުމަށް މަސައްކަތްކޮށް
އެކަންކުރާނެ ނަމަވެސް އިންސާނަކަށްވެހުރެ އުފަންދަރިއާދޭތެރެމިގޮތަށް ކަންތައްކުރުމުން ބެލެވޭ
އެއީ އިންސާނެއްގެ ސިފައިގައިހުރި..........
ޙަގީގީ މައްސަލަ ބާއްވާފަ ޖިންސީ ގޯނާކުރާއިރަށް މުޒާހަރާޔައް ނިކުމެ ތަންތަނަށް ގެއްލުންދިނަށް އަދި މަށްސަލަ ހައްލުނުވާނެ ހުރިހާވެސް މަށްސަލަކީ މަސްތުވާތަކެތި މި ގައުކުގެ މަތީ ފަންތީގަ ތިބި މީހުން ވާހަކަތަށް ހުންނަނީ އަބަދުބެސް މަސްތުވާ އެތްޗިއްސައް ހިއްވަރު ލިބޭގޮތަށް ހާއްސަކޮށް މަޖިލީހުގެ ރައީސް ނަސީދު ހުރިހާރައަިތުން މަސްތުވާތަކެތްޗާ ދެކޮޅަށް ނިކުންނަންވީ އިންސާނާ ބުއްދިފިލާގޮސް ޖަނަވާރު ސިނކުޑިޔަކަށް ބަދަލުވީމަ ދެން ކުރާކަށްވަކި ކަމެތްނޯންނާނެ އެކަމަކު ރައީތުންވެސް މަސްތުވާއެތްޗިއްސާ ދެކޮޅަށް އެތްވެސް މަސަތްކަތެއް ކުރާތަނެތްނުފެނެ
މަސްތުވާތަކެތި ބޭނުން ކުރުމަކީ ހުރިހައި ނުބައިކަމެއްގެ މަންމަ ކަމަށް ވަނީ މިހެންވެ އެވެ. އަމިއްލަ ދަރިފުޅު ވަކިނުވާ ވަރަަށް މީހާ މަސްތުކޮށްލާ ވާ ވައްދާލައެވެ. ޖިންސީ ފުރައްސާރައާއި މަސްތުވާތަކެތި ބޭނުން ކުރުމާ މި އޮތީ ވަރަށް ބޮޑަށް ގުޅިފައެވެ.
ހިތުގެ މުޑުދާރު ބަލިތަކުން އެއްބަލި. މާތްﷲ މިފަދަ މީހުންނަށް ޝިފާ ދެއްވަވާށި އަޒާބު ހައްގުވެގެންވާ ކުއްވެރިންނަށް އަޒާބު ދެއްވަވާށި އާމީން