މި ވާހަކަ އަކީ މާލޭގައި ދިރިއުޅެމުންދާ މަންމަ އެއްގެ ވާހަކައެވެ.

މިއީ އުފަން ދަރިފުޅާއި ދުރުގައި އެތައް ދުވަހެއް ވޭތު ކުރަން ޖެހިފައިވާ ހިތްދަތި މައެއްގެ ވާހަކައެވެ. ނުފޫޒު ގަދަ ބައެއްގެ ސަބަބުން އަމިއްލަ ދަރިފުޅު ހަމަލޮލަށް ދެކިލުމުގެ ނަސީބު ނުލިބުނު ހިތްދަތި މައެއްގެ ވާހަކައެވެ. ނިޒާމްގެ ތެރެއިން އާދޭސްކޮށްގެން ވެސް ހައްލެއް ނުލިބި މާޔޫސްވެފައިވާ މައެއްގެ ވާހައެވެ.

އެ މަންމަ އަކީ އާންމުންގެ ތެރޭގައި ދެކެފަރިތަ މޫނެކެވެ. އޭނާގެ ޖަވާޒީހަޔާތުގައި ލިބުނު ހަމަ އެކަނި ދަރިފުޅު މަންމަ އާއި ވަކިކޮށް ގެންގެންގުޅެމުން ދާއިރު، އޭނާގެ ދަރިފުޅުގެ ބައްޕަގެ ހިތަށް އެއްވެސް އަސަރެއް ނުކުރެއެވެ. އަމިއްލަ ބަނޑުން ވިހޭ ދަރިފުޅާއި ވަކިވުމުން އެ މަންމަގެ ހިތުގައި އަޅާނެ ވޭން ތަސައްވަރުކުރަން ބޭނުން ނުވާ ކަހަލައެވެ. އެ ބައްޕައަށް، މަޔަކު ދަރިއެއްދެކެ ވާނެ ލޯބި އަންދާޒާއެއް ނުކުރެވއެވެ. އެ މައިމީހާގެ ހިތުގައި ދަރިފުޅަށްޓަކާ އުފެދިފައިވާ ކުލުނު އިހުސާސްވެސް ނުކުރެވެއެވެ.

ކުއްޖާގެ އުމުރުން އެންމެ ދެއަހަރާއި ބައިގަ ކުއްޖާ މަންމަ އާއި ވަކި ކުރި އިރު، މިހާރު އެ ދަރިފުޅުގެ އުމުރުން 11 އަހަރުވީއެވެ. އެއްރަށެއްގައި ދިރިއުޅެމުން ދިޔަ ނަމަވެސް އެ މަންމަގެ ލޮލަށް ދަރިފުޅު ނުފެންނަތާވެސް 5 އަހަރު ފާއިތުވެއްޖެއެވެ. ހަމަލޮލަށް ދަރިފުޅު ނުދައްކާ ތަނުގައި ފޯނުންވެސް އަދި އެނޫން ގޮތަކަށްވެސް މަންމައާއި ދަރިފުޅާއި، ވާހަކަ ދެކެވޭނެ އެއްވެސް ގޮތެއް ނެތެވެ.

މަންމަ އާއި ދަރިފުޅު ވަކިކޮށްފައި ވަނީ ދެމަފިރިން އެކުގައި އުޅެމުންދަނިކޮށެވެ. އެދެމަފިރުން ކައިވެނިކޮށްގެން އުޅުނު ދުވަސްވަރުގައި ކުއްޖާގެ ބައްޕަ ދަރިފުޅު ގޮވައިގެން ދުއްވާލަން ނިކުތްގޮތައް ލަސްވެގެން ބެލި އިރު ބައްޕަ ވަނީ ދަރިފުޅު ގޮވައިގެން ފިލާފަކަން އެނގުމުން، ކުއްޖާގެ މަންމަ އަށް ލިބުނީ ބޮޑު ހައިރާންކަމެކެވެ.

ލިބުނު ކެހި އިހުސާސްވުމުން، އެފްސީޕީޑީ އަށް މިމައްސަލަ ހުށައެޅިއެވެ. އެހެންނަމަވެސް އެކަންވީ ފޫނެތްފަޔަށް ފެން ފުރުން ކަހަލަ ކަމަކަށެވެ. ލިބުނު އެއްވެސް ފައިދާއެއް ނެތެވެ. އެކަމުން ކުރި ރާހަތެއް ނެތެވެ.

ދަރިފުޅު ދެކިލުމަށް ކުރާ އުންމީދު ފުރިހަމަ ނުވެ ކުރި ދިގު އިންތިޒާރަށް ފަހު، މިކަމަށް ޝަރުއީ ފަރުވާއެއް ހޯދުމަށް އެމަންމަ ވަނީ އެކި އެކި ގޮތްގޮތުން މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް ނުފޫޒުގަދަ ބައެއްގެ ސަބަބުން ކޯޓުންނާއި މުޢައްސަސާތަކުގެ ނިންމުން ވެގެން ދިޔައީ އެ މަންމަގެ ހުރިހާ އުންމީދެއް ފުނޑުފުނޑުކޮށްލި ނިންމުމަކަށެވެ. ކޯޓުގެ ދޮރުގައި ޓަކި ޖައިގެންވެސް، މަންމަ އާއި ދަރިފުޅުގެ ދެމެދަށް އެޅިފައިވާ ހުރަހަށް އެއްވެސް ލުޔެއް ނުލިބުމުން، އެ މަންމަ އަށް ލިބުނު މާޔޫސްކަންވީ އިތުރެވެ.

"މިކަން ދިމާވީންސުރެއް މިމައްސަލަ ކޯޓުގައި އޮވޭ. އެންމެ ފުރަތަމަ ވެސް ކޯޓުން އެންގީ ދަރިފުޅާ ބައްދަލުކުރަން ފުރުސަތު ދޭންޖެހޭނެކަމަށް. އެހެން ނަމަވެސް ކުއްޖާއާއި ބައްދަލު ނުވޭ މީޓެއްނުވޭ، ދަރިފުޅުވެސް މަންމައާއި ބައްދަލުކުރަން ބޭނުންވޭ، ކޯޓުތަކުގެ ނުފޫޒެއް ސަބަބުން މައްސަލަ ކުރިއަށްނުދޭ ކުއްޖާގެ ބަހެއް ހޯދަން ކޯޓަށް ގެންދިޔަ މައްސަލަވެސް ދިޔައީ އިންސާފެއްނެތި" މިމައްސަލައިގައި މަންމަ އުޅެމުންދާ ވޭނާއި އެމަންމަ ކުރާ ހިތާމަ ގާތުން ދެކެމުން އަންނަ އެކުވެރިއަކު ކިޔައިދިނެވެ.

މީގެ އިތުރުން އެ ކުއްޖާ ބެލެހެއްޓުމުގައި އަމަލު ކުރަމުން ދާގޮތުން އެއީ ކުއްޖާއަށް އެކަށޭނަ މާހައުލެއް ނޫންކަން އޭނާގެ މަންމަ ފާހަގަކުރެއެވެ. އެގޮތުންތަފާތު އެކި އެކި މައްސަލަ ތަކުގައި ތަކުރާރުކޮށް އެކި ތުހުމަތުތައް ކުރެވޭތީ، ޖެންޑަރ މިނިސްޓްރީ އާއި ހިއުމަންރައިޓްސް ފަދަ އެއްވެސް މުއައްސަސާއެއްގައި ކުރި އާދޭހަކުން އޭނާގެ އުދާސްތަކަށް ލުޔެއް ނުލިބުނެވެ.

ކޯޓުން ކުރި ހުކުމަކުން މަންމަ އާއި ދަރިފުޅު ކޮންމެ ހުކުރު ދުވަހު 2:00 އިން ހޮނިހިރު ދުވަހުގެ 2:00 އަށް މަންމަ ކައިރީ ބެހެއްޓުމަށް ވަނީ އަންގާފައެވެ. ނަމަވެސް ބައްޕަ އެ ހުކުމަށް ތަބާވުމުގެ ބަދަލުގައި ހާސަރުތަކެއް ދަމާ، އުޒުރުތަކެއް ދެއްކުމަށް ފަހު މަންމައާއި ދަރިފުޅާއި ބައްދަލުކުރަން ފުރުސަތު ނުދިނުމުގެ އާދަ އޭނާ ދަނީ ދަމަހައްޓަމުންނެވެ.

އެހެންނަމަވެސް މަޔަކު، އޭނާގެ ދަރިއަކު ދެކިލަން ކޯޓެއްގެ ނިންމުމަށް އެކަނި ބަރޯސާ ވާނީ ކިހިނެތްހެއްޔެވެ؟ މައެއްގެ ލަގޮނޑިއަށް ކެތްވާނީ ވަކި ވަރަކަށްތާއެވެ.

ދަރިފުޅު ދެކިލާ ހިތުން ކެތް ނުކުރެވިގެން، ސުކޫލުން ދަރިފުޅު ނިކުންނަ ގަޑީގައި ދަރިފުޅު ދެކިލަން ދަރިފުޅު ސްކޫލް ނިމޭގަޑިއާއި ދިމާކޮށް ސްކޫލް ކައިރިއަށްވެސް އޭނާ ދިޔައެވެ. ދަރިފުޅު ނެރޭތަނަށް ގޮސް ބަލަން ހުންނަނީ ދެލޮލުގެ ފުރާނަ ފަދަ މަޢުސޫމް ދަރިފުޅަށް ނުފެންނަ ގޮތަށް ސިއްރުންނެވެ.

ދަރިފުޅު މަންމަ ކައިރިއަށް އަންނަން އިންތިހާއަށް ބޭނުންވިޔަސް ބައްޕަގެ ނުފޫޒާއި ރުޅިވެރިކަމުން ދަރިފުޅު ހުންނަނީ ޖެހިލުންވެފައެވެ.

މިގޮތައް ސުކޫލުދަށުން ދިމާވި ދުވަހަކު ދަރިފުޅު މަންމަ ކައިރީ ބުނެފައިވަނީ "މަންމާ ނާދޭ! ކޮންމެސް ދުވަހަކުން ކޮއްކޮ މަންމައަށް ގުޅާނަން" 2015 ވަނަ އަހަރުން ފެށިގެން މަންމަ ނުފެނި ހުރި ދަރިފުޅުގެ ވޭނީ އުދާސްތައް ހާމަވެގެންދިޔައެވެ.

ކުއްޖާގެ މަންމަ އަކީވެސް މާލޭގައި ގެދޮރު ހުރި މީހެކެވެ. 2015 ވަނަ އަހަރުގެ ޑިސެމްބަރގައި ދަރިފުޅު މަންމަ ގެއަށް ފޮނުވި ފަހުން، މިހާތަނަށްވެސް އެ ދަރިފުޅު އެގެއަށް ދިއުމުގެ ފުރުޞަތެއް ނުލިބެއެވެ.

މިއީ ނިޒާމްގެ ތެރެއިން ހައްލެއް ނުލިބި ކަރު އެލުވާލަން ޖެހުނު މައެކެވެ. އޭނާގެ ދަރިފުޅާއި ބައްދަލުކުރަން އޭނާ އިތުރަށް ދާނީ ކޮން މުއައްސަސާއަކަށްތޯ އޭނާ ސުވާލު ކުރެއެވެ. އެއްވެސް މުއައްސަސާއަކުން އޭނާއަށް ހައްލެއް ނުލިބުމުން އޭނާ ހުރީ މާޔޫސްވެފައެވެ.

ދަރިފުޅުގެ މަންމަ އަދިވެސް ހުރީ ދަރިފުޅުފެނި ބައްދާލާ އުރާލާ އެލޯބި ލޯބި ކޮލަށް ދޮނެއް ދިނުމުގެ ފޮނި އިންތިޒާރުގައެވެ. ސަރުކަރާއި ދައުލަތުގެ މުއައްސަސާތަކުން މިމަންމައަށަ އެހީތެރިކަމެއް ނުލިބި މަންމަ ހުރީ ހަތަރު އުދަރެސް ފެނުޖހެިފައެވެ. މިމަންމަ ކުރަމުންދާ އާދޭހާ ދެލޮލުން އޮހިރަމުންދާ ކަރުނައިގެ އަޑު އަހާނެ ކަންފަތެއް ނެތެވެ. ލޮލުގެ ކޮއިފަދަ ދަރިފުޅާއި ބައްދަލު ނުވެ، އަޅަމުންދާ ކެކުޅުމާއި ވޭން ފެންނަ ބަޔަކު ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ެެއަހަރެން

    ތި މަންމަ އަށާއި ދަރިފުޅަށް ކެތްތެރިކަން ދެއްވާ އިންޞާފް ލިިބޭނެ މަގެއް ތަނަވަސް ކޮށްދެއްވާން ދޭވެ. އާމީން.

    202
    1
  2. މީ

    މާތްﷲ ތި މަންމަގެ ހިތަށް ހަގީގީ ހިއްހަޖެހުން ދެއްވަވާށި އާމީން

    174
    4
  3. ބައްޕަ

    މިފަދަ މީހުންގެ މަޢުލޫމާތު ވަރަށް މުހިއްމު. އެ ބައްޕަ އަކީ ކާކު ކަމާއި، އެ ބައްޕަ ގެ ވާހަކަތައް ވެސް އެނގުން މުހިއްމު. މި ފަދަ މައްސަލަތަކަށް ހައްލު ހޯދުމަށް، ޕަބްލިކަށް ވަރަށް ގިނަ ކަންކަން ކުރެވޭނެ. އެކަމަކު އޭގެ ކުރިން ދެފަރާތުގެ ވާހަކައާއި، އަސްލު ސްޓޯރީ އެނގެން ޖެހޭނެ. މި ކަމުގައި ވަގުތު ނޫހުން މަސައްކަތް ކޮށްދިނުން އެދެން. ކޯޓުގެ ހުކުމެއް ނެތި މަންމަ އަކާއި ދަރިފުޅު ވަކި ނުކުރެވޭނެ. މި މައްސަލަ އަވަހަށް ބަލާ އިހުމާލުވެފައިވާ ބަޔަކު ތިބިނަމަ ފިޔަވަޅު އަޅަން ޖެހޭ. އެކަމަކުވެސް ފުރަތަމަ ބޭނުމީ އަސްލު ސްޓޯރީ.

    127
    1
    • ާއުންމު

      ޢިންޝާ ﷲ ޕަބްލިކް ކޮށްދޭނަން.

  4. ޓަކިބެ

    ޢަހަރެން ކައިރީ ވަރަށް ހެޔޮލަފާ ސާލިހު މހަކު ކިޔާދިނެވެ އޭނަ ކުޑައިރު ކިޔަވަން ހުރި ގޭގެ ބޮޑުމީހަހާގެވެސް އެހެން މަންމަޔަކަށް ލިބިފައި ހުރި ފިރިހެން ދަރިޔަކު ހުއްޓެވެ ދޮން މަންމަގެ ކުދިންނާ މި ކުއްޖާޔާ ވަރަށް ތަފާތުކުރެއެވެ މި ކުއްޖާ ބައެއް ދުވަހު ފިލައިގެން މަންމަޔާ ބައްދަލު ކުރަންދެއެވެ ބައްޕަ ޔަށް އެގުމުން އަލިފާން ޖައްސައެވެ މިީ މަންޒަރު ދުށްމީހަކު ކިޔައިދިން ހަގީގީ ވާހަކައެކެވެ

    72
    1
  5. ކަށިމަތި ފިކުރު

    ކޮބާ ޖެންޑާ މިނިސްޓްރީ އާ ކޯޓުތައް ކޮންތާކު އޮތީ؟. ލާރި ބަނޑު އަޅަ އަޅާ ހުންނަނީ މިގައުމުގަ މިކަހަލަ ކިތަންމެ ކަންތައްތަކެއް ހިނގާއިރު ބަނޑު ބޮޔެއް ހަދައިގެން އެބައުޅޭ ކަތުރު ފަނިހެން ހޭކި ހޭކި..

    64
    2
  6. ބެއްޔާ

    ސިދާތާބުނަނީކީކޭ؟؟؟ ކޮބާ ރޮޒޭ. މިސަރުކާރުން ބުނާ ގޮތުންނަމަ އެއީ އެމަންމައަށް ހައްގު މިންވަރުބާ. ދެން އޮތްގޮތަކީ ސޯޝަލް މީޑިއާ ވަރުދަގައަށް ބޭނުންކުރުން. އެއިރުން ިސަރުކާރަށް އަޑުއިވޭނެ. ޕޮލިހުންނަށް މައްސަލަ ހުށަހަޅަން ޖެހެނީ އެގޮތަށް އެއިރުން ވަރަށް އަވަހަށް އެޓެންޑްވާނެ. އަޅެ އަޖުމަ ބަލާބަލަ.

    71
    3
  7. ސާޒް

    ސުވާލަކީ މަންމަ ހުރީ ކައިވެނި މަތީގައިބާއޭ؟ ކޮންމެވެސް ސަބަބެއް އޮންނާނެ ދޯ ތިކަން ތިގޮތަށް ކުރަންޖެހުނު؟؟ ވވ ބޮޑު ސުވާލެއްމީ. އާޓިކަލް ނިމުމުގެ ކުރިން މީގެ ޖަވާބު ލިބޭނެ ކަމަށް ހީކުރިން.. އެހެނަސް ހަމަ އެކަން އެދިޔައީ ޗޮކުހުން.. ދުއްވާލަން ގޮސްސަ ބައްޕަޔަކު ނުފިލާނެ ކަމަކާ ނުލައެއް

    52
    16
  8. ހަސަނު

    އެއްކޮޅުގެ ވާހަކަ އަޑު އެހުމުން ވާނުވާއެއް ނޭންގޭނެ، އެވަރުގެ ހިއްދަތި މަންމައެއް މިކަމުގަ ހަގީގަތް ހާމަކޮށް ކެރިގެ ހުރިހާ އެއްޗެއް ހާމަކުރަންވާނެ. ކާކު ކޮންއިރަކުކިހިނެއް ކަމެއް ސާފެއްނުވެ.

    58
    6
  9. ޒުންނޫރާ

    ގިނަގިނައިން ނަމާދުކޮއް ﷲ އަށް ދުޢާ ދަންނަވާ އޭރުން އެކަލާން ރަޙްމަތް ލައްވާނެ ވީހާވެސް ގިނައިން ދަމުނަމާދުކޮއް ދުޢާކުރުން އިތުރުކުރުން ވަރަށް މުހިންމު އޭރުން ކާމިޔާބުވާނެ އިންޝާ ﷲ!!

    78
    1
  10. މަންމައެއް

    ގަބޫލުކުރަން ދަތިވާހަކަ އެއްތިއީ އަންހެން ކުއްޖެއްތަ ބައްޕަގެ ނަމަކީކޮބައިތަ އެއް ވެސް ފަރާ ތެއްގެ އެހީ ނުލިބުމުން އެފިރިހެނާ ބޭޒާރު ނުކުރީ ކީއްވެ އޭނައެއީރަނގަޅު ބައްޕައެއްނަމަ އެގޮ ތަކައްކަން ތަކެއް ނުކުރާނެދޯ އަމުދުން ދަރިފުޅުދެކެ ލޯބިވާ ނަމަ ދަރިފުޅަށް ޓަކާވެސް މަންމަޔަށް ނާންގާ އެފަދަކަ މެއް ނުކު ރާނެ ދަރިފުޅުދެކެ ތިހާލޯބި ވާއިރު އެވެސް ފަރާތެއްގެ އެހީއެއް ނުލިބުނުއިރު ދަރިފުޅު ތިހާބޭނުން ވާއިރު އެދަރިފުޅަށް ޓަކައި މީޑިޔާ އާއި ތިވާހަކަ ހިއްސާނުކުރީކީވެ އެފަދަކަމެއް ދެލޮލުގެ ކޮއިފަދަ ްެދަރިފުޅު ދުށުމަށް ކެއްމަދުވެ ފަހުރި ތިމަންމަ ލޯބިވާ ދަރިފުޅަށް ޓަކައި އެވަރުކަމެއް ކޮއްލަންވެސް ނުކެރު ނީކީއްވެ އަހަރެން ތިމަބްމަޔަށް ހަމްދަރު ދީވަން ނަމަވެސް އަރެންނަށް ލިބިފަ ހުރި އެންމެ ދަރިޔެއް އެދަރިބޭނުންވަނީ މަންކައިރިއަށް އަންނަން ކަމުގައި ވަނީނަމަ އެދަރިފުޅު ހިފެހެއްޓޭނެ ހީހަކު ނުހުންނާނެ ތިވާހަކަ އިގަ ވަރަށްގިނަ ސުވާލުއުފެދޭ ސަބަބު މަންމަ ބައްޕަ އުޅެނީ މާލޭގަ މަންމަގެ ގެދޮރުއެބަހުރި ދަރިފުޅު ދާސްކޫލްވެސް އެ ގޭ ދަރިފުޅު ދެކިލަން ބޭނުމިއްޔާ އެތަނަށް ވެސް ދެވޭ ދެންކީއްވެ ދަރިފުޅުގެ ބައްޕަ ދަރިފުޅުއެގޮތަށް ގެންދަ ޖެހުނީ ކީއްވެ ކޮންމެވެސް ސަބަބެއް ނޮނާން ވާނެ ދޯ ހަމަހުރެލާފަ އެވެސް ކަމެއްނުވެ އެގޮތަށް ކަންތައް ކޮއްފާނެބާ ތިއީތެދެންނަމަ މީޑިޔާއާއި ތިވާހަކަ ހިއްސާކުރަން ޖެހިލު ވާންވީކީއްވެ މަގޭބަޑުން ނިކުތްދަރި ޔެއްގެ ޚައްޤުގައި މަނުކުރާނެ އެއްވެސް ކަމެއްނޯއްނާނެ ކޮންމެ ގޮތެއްހަދާފަވެސް މަބޭނުމިއްޔާ މަގޭދަރި މަހޯދާނަން ކޮންސަރުކާރަކާ ބަޕައެއްތަ ސަރުކާރު ބަޑުންތަ ދަރިފުޅު ނިކުތީ ނޫނީ ބައްޕަގެ ބަ ޑުންތަ މަށަށް ފެންނަހިސާބުގައި މަގޭދަރި ތިގޮތައް ގެންގޮސްގެން ނޫޅެވޭނެ އެއްވެސް ބައްއެއްނު ކާފައަކައްވެސް ތިއީ ތެދެއްކަމުގައި ވަނީނަމަ މީޑިޔާއާއި ޚިއްސާކުރޭ ދަރިފުޅު ބޭނުމިއްޔާ ތިބުނާވަރަށް ލޯބިވެ ދެކެން ބޭނުމިއްޔާ އޭރުން އެފިރިހެނާ ހުން ނާނީ ހަތަރެ ސްކަން ހަމަވެފަ

    50
    6
  11. ޢަލީ

    ތިކަމުގައި ސަބަބުތަކެއް ނެތިއެއް ނުދާނެ. ސަބަބަކާ ނުލައި މަންމައާ ދަރިފުޅު ދުރުކުރުމަކީ ވަރަށް ގޯސްކަމެއް. އެހެންނަމަވެސް އެއްކޮޅުގެ ވާހަކަ ހުރުމުން މަންޒަރު ސާފެއް ނުވޭ. މި ދިވެހި ރާއްޖޭގައި ވަރަށްގިނައިން ހިނގާ ކަމެއް އަންހެންވެރިން (ވަކި ޖިންސަކަށް ޚާއްސައެކޭނުޏް މިދެންނެވީ) ދުނިޔޭގެ އަވެއެއްގައި ޖެހި ފިރިމީހާއަށް ނުކިޔަމަންތެރިވެ ގޮތް ހުސްވެގެން ފިރިހެންމީހާ އެކަމާ ފިޔަވަޅެއް އެޅުން. މިފަދަ ޙާލަތުގައި އެ މަންމަ ގުޅޭނީ ކޮންމެވެސް މަސްތުގެ ޙާލަތުގައި އުޅޭ މީހަކާ. އެހެންކަމުން އެ ބައްޕަ ދަރިފުޅު މަންމަ ކައިރިއަށް ނުފޮނުވާ ގެންގުޅެފާނެ. އަދި ގިނަފަހަރަށް އެ މަންމަ ހުންނަނީ އެމީހާގެ އަޥަގައި ޖެހި މަސްތުވެފައި. އަދި މަސައްކަތް ކުރާނީ ގާނޫންތައް ހުންނަގޮތުން އޭގެ ނާޖާއިޒު ފައިދާ ނަގާ އެ ބައްޕަ ބަދުނާމުކުރަން. މީގެ މާނައަކީ އެފަދަ އަންހެނަކަށް އެފުރުސަތު އެ ލިބެނީ ހަމަ އެކަހަލަ ނުބައި ފިރިހެނެއްގެ ސަބަބުންނޭ. އެހެންވީމާ މިކަމުގައި ދެޖިންސުގެ މައްސަލަވެސް ވަރަށް ބޮޑު.

    28
    5
  12. މާ

    މި ރާއްޖޭގަ ވަރަށް ގިނައިން ހިނގާ ކަމެއްތީ.. އަދި ކިރިޔާތަ ތިކަހަލަ ވާހަކަތައް ފެންމަތި ވާން ފެށީ.. މީހުން މީހުންނާ އިންނަން ވެސް ޖެހެނީ ވަކި ޝަރުތުތަކެއް ބަލާފަދޯ.. ފުރަތަމަ ކަމަކަށް ވެސް އޭނައަކީ ހުލްގު ހެޔޮ އަމާނާތް ތެރި މީހެއްތޯ ބަލާފަ ނޫނިއްޔާ ކައިވެންޏަކާ ހަމައަށް ދިޔައިމަ ވާހާ ގޮތް އެ ފެންނަނީ.. އަންހެން މީހާގެ މައްސަލަ ހުރެއޭ ކިޔާފަ ދަރި ގޮވައިގެން ފިލުން އެއީ ފުރަތަމަ އެ ދަރީގެ ހައްގުތަކަށް އަރައިގަތީ.. ދެން އެހެނިހެން ކަންކަން ހުންނާނެ ގޮތް ނިކަން ވިސްނާލާ.. ޝަރުއީ ހަމަތަކުގެ އުސޫލުން ކަންކަން ކުރަން ކުރަން ޖެހެނީ އެ ނޫން ގޮތަކަށް ތިގޮތް ގޮތަށް ކަންކަން ކުރީމަ އޭގެ މާނައަކީ އެ ބަފައަކީ ހަމަ ވަރަށް ނުބައި މީހެކޭ.. ކުއްޖާގެ މަންމައަށް ތިހެން ހަދާ މީހަކު އޭނަގެ އަމިއްލަ ދަރިއަކަށް ރަނގަޅެއް ނުވާނެ. މައްސަލައަކީ ރާއްޖޭގަ މިކަހަލަ ކަންކަން މައްޗައް ދިޔަޔަސް ބަލާނެ ކަމާ ބެހޭ ފަރާތެއް ނުހުންނާތީ. ނަމުގަ ޕޮލިސް ކޯޓު ޖެންޑާ މިނިސްޓްރީ ހިއުމަން ރައިޓްސް

    23
    3
  13. މަންޖެ /:

    މިހާރު އަޑު އިވޭ އިވުންތަކާ ކުރާ ނުބައިކަންތައް ތަކުން އިނގޭ އެއްޗަކީ ދިވެހި ފިރިހެނުންނާ އެކީ ޒަވާޖީ ހަޔާތެއް ފަށާކަށް ނުވާނެ ކަން.. އަނބިން ނިކަމެތި ކުރާނެ ފަތް ބޯނެ ލާރި ކާނެ އަމިއްލަ ދަރީންނަށް ނުބައި ކޮށް ހިތާނެ އަދި ޖަނަވާރު ވަންތަ ކަމުން އެބައުޅޭ ދަރީން ވަކި ނުވާ ވަރުގެ ވަހުށީ މީހުންވެސްް..

    33
    14
  14. ވާނުވާ

    މަންޖެ /: ތި ޖަޖް ކުރަނީ މުޅި ރާއްޖޭގެ ފިރިހެނުން ދޯ؟؟ ތީ ވަރައް މޮޅު ގޮތެއް.. މި ރާއްޖޭގަ މުޅިން އުޅެނީ މަންޖެ ތިބުނާކަހަލަ ފިރިހެނުން ނެއް ނޫން.. ތހިހެން ވިއްޔާ ރާއްޖޭގަ މުޅިން ވެސް އުޅޭނީ މަންޖެ ކަހަލަ އަންހެނުން ތާ؟؟ދައްކާ ގަ މާރު ވާހަކަ ދޯ؟؟

    21
    5
  15. ޢަނބިނޮހޮރުއްޕާންޓަޓިސް

    ޢެފިރިހެނެއްގެ ވަނަވަރު ބަލާފަ

  16. Anonymous

    މަންމަޔާ އަންހެން ކޮށްކޮމެންދެކެ ދެކެ ލޯބިވާ ފިރިހެނަކު ހޯދައިގެން އިންނާށެވެ އެފަދަމީހަކު ތިބާއަށް އަނިޔާކުރަން ފަސްޖެހޭނެއެވެ

    15
  17. އާދޭސް

    ނުވަމަހަށްވުރެ ގިނަދުވަހު ބަނޑުގައިބާއްވާ ރެއާދުވާލު އެދަރިފުޅަށް ރަށްކާ

    4
    1
  18. ވިސްނޭ މީހާ

    މ.ޑ.ޕ ސޮއިނުކޮށް އޮތީޔާ އަންނި ކައިރިޔަށް ގޮސް މ.ޑ.ޕ އަށް ސޮއިކުރޭ. އެއިރަށް ތިކަން ވެދާނެ ހެން ހީވަނީ. އާ އެ ހެންނާ....ތިޔަ ލާދީނީ ބައިގަޑަށް އިންސާނެއްގެ ހިތުގަ އަޅާ ވޭން ފެންނަވަރު ވާނީވެސް އެ ލާދީނީ ޕާޓީއަށް ސޮއެ ކޮށްގެން. ތިބައިގަޑު ހީވަނީ އެކަނިމާ އެކަނި ދުނިޔެއަައް އައިސް ތިބި ބައެއް ހެންވީޔާ.
    ެ ެ

    5
    4
  19. ވިސްނާ

    އަހަރެންމީ މަންމައެއްނޫން ފިރިހެނެއް ބައްޕައެއް ނަމަވެސް މިޚަބަރުކިޔައިލުމުން ފެންކަޅިވެއްޖެ
    އެއީ މައިންބަފައިން ދަރިންދެކެލޯބިވާވަރު އެގޭތީ ދަރިފުޅުދުނިޔެއަށްގެނައުމަށްމެދުވެރިވާ ދަރިފުޅުގެ
    މަންމަ ދަރިފުޅުދެކެވާލޯބިއެގޭތީ ނުވަމަހަށްވުރެގިނަދުވަހު ދަރިފުޅުމަންމަގެ ބަނޑުތެރެވާއިރު ދަރިފުޅުގެ ހައްގުގައި އުފުލާބުރައާ ލިބޭވޭން ބައްޕައަށް ނުވިސްނެނީތޯ އިސްލާމްދީނުގައިވެސް
    މައިންބަފައިންނަށް ޚާއްސަކޮށް މަންމައަށް ކަމޭހިތުމަށް ﷲ އަންގަވާފައިވަނީ ކީއްވެތޯ މަންމަގެ
    ފައިތިލަދަށުން ސުވަރުގެދެވޭކަން އަންގަވާފައިވަނިކީއްވެތޯ ވީމާ، ﷲގެރަހުމަތްފުޅުން ދަރިފުޅު
    ދުނިޔެއަށްނޭވާލާ ދަރިފުޅުއުރާލާ.ބައްދާލާ ލޯބިލޯބިންކޮލަށްދޮނެއްދިނުމުގެ ފޮނިއިންތިޒާރުގައިހުރި
    ކުއްޖާގެމަންމައަށްތިހެން ހަދާކަށްނުވާނެ

    12
    2
  20. ޒައިޝާ

    ތީ ވަރަށް ފޭކް ވާހަކަ އެއް. ހެޔޮ ވިސްނޭ މީހެއް ތި ވާހަކަ ގަބޫލު ނުކުރާނެ.މަންމަ ފޮރުވިފައިވާ ސިއްރުތަކެއް ވާނެ. ބައްޕަ ކައިރީގައި ދަރިފުޅުވެސް ހުންނަނީ ކޮންމެވެސް ސަބަބެއް އޮވެގެން.

    9
    6
    • ވަގުބިޓު

      ކަލޭގެ ދަރިއަކު ކަލޭ އިން މީހަކު އެއްވެސް ކަމަކާ ނުލާ ވިޔަސް ނުވިޔަސް އޭނަ ކަލޭ ލޮލަށް ނުދައްކާ ފޮރުވައިގެން އުޅެންޏާ ވެސް ކަލޭ ހަމަ ބުނާނީ ތިހެންތަ ހޭހުރެ..

      8
      3
  21. އާޔާ

    އަންހެނުން އެކަނި ކުށްވެރި ކުރާނެ ކަމެއް ނެތް. އަންހެންމީހާގެ ވެސް މައްސަލަ ހަމަ ތަނަކުން ޖަނަވާރަކު ފެންނަ އިރަށް ފަހަކުން ވާނެ ގޮތެއް ނުބަލާ މިއުޅޭ ކަޑަ ވައްތަރުގެ ފިރިހެނުންނާ އިނުން. މީހުންނާ އިނުމަކީ އާދައިގެ ކަމެއް ނޫން. ބަލަން ޖެހޭ އެންމެ މުހިންމު ކަމަކީ ދީންވެރި ހުލްގު ހެޔޮ އަންހެނުންނާ އާއިލާ މީހުންނަށް އިހުތިރާމް ކުރާ މީހަކަށް ބެލުން. ހާއްސަ ކޮށް އިނދެ ވަރި ކުރާ ރިކޯޑު އޮންނަ ތަނަކުން ލިބޭނެ ވަކި ރަނގަޅު މީހަކު ނުހުންނާނެ. އެއަށް ވުރެން މާ ރަނގަޅު ވާނެ ދުވަހަކު މީހަކާ ނުއިނިއްޔާ ވެސް.. މިކަހަލަ މީހުން ގިނަ ވާނެ ދިވެހިންގެ ތެރޭ.. އިނދެ ވަރި ކުރުމުގެ ރިކޯޑު އޮންނަ ތަނެއްގަ ދެން ވާނެ ތިކަހަލަ ހުރިހާ ކަމެއް ވެސް. ހަމަ ހޭ ހުރި ހޭ ބުއްދި ހުރި އަންހެނަކު ހަމަ ތަނަކުން މީހަކު ފެންނަ އިރަކަށް ނުއިންނާނެ. ހާއްސަ ކޮށް ގިނަ މީހުން މީހުންނާ އިންނަނީ އޭނަގެ ދެފުށް ދެގޮތް ވެސް ނުބަލާ. ފަހަކުން ވާނެ ގޮތަކަށް ވެސް ބެލުމެއް ނެތި އަމިއްލަ އެދުމާގެން. ހަރާމް ހަލާލެއް ވެސް ބެލުމެއް ނެތް އަމިއްލަ ލޭ ހިނގާ ދަރީންވެސް އޮޅި ޖަނަވާރު ވައްތަރު ބަޔަކު އުޅޭ ތަނެއް. އަދުލު އިންސާފެއް އޮންނަ ތަނެއް ނޫން. ކަމަކާއިގެން ދާން ޖެހޭ ޕޮލިސް، ޖެންޑާ މިނިސްޓްރީ، ކޯޓު، އެޗް އާރު ސީ އެމް އޮންނަނީ ބެޑްޝީޓު ދަށަށް ވަދެ ފިލާ.

    13
  22. މަންމައެއް

    ކޮބާތަ އެބުނާ ދަރި ގޮވަގެން ފިލި ބައްޕަ ޚަބަރެއްވެބަލަ މިވަރު ކުރާއިރު ކޮންމެވެސް އެޗެއް ބުނެބަލަ ތިހެން ހަނުހުރީމަ އެދަރިގެ މަންމަ އެބުނަނީ ތެދެކޭބުނެ ވޭނީ މިވަރުކުރާއިރު ޚަބަރެއް ނުވުމުގެ މާނައަކީ އެދަރިފުޅުގެ މަންމަގެ ވާހަކަޔަކީ ތެދުވާހަކައެކޭ ދޯ

    9
    4
  23. ސޯބެ

    ފަސްއަހަރުން ހަތަރުއަހަރު ޔާމީނު ސަރުކާރުން ޒިންމާ
    ނަގަންޖެހޭނެ

  24. ލޭކޮށާރު

    އެންމެ ފަރާާތަކުން ބުނެލާ އެއްޗެއް ލިޔެލުމަކުން ނުފުދޭ. ދެފަރާތުގެ ވެސް ވާހަކަ ހޯދުމަށްފަހު ލިޔުމެއް ލިޔުމަކީ މުހިންމު ކަމެއް. މީހަކު ހަމަ ބުނެލާއިރަށް ލިޔުމެއް ލިޔެ ވީޑިއޯއެއް ލުމަކީ ރަގަޅު ގޮތެއް ނޫން އިގޭތޯ

    4
    1
  25. ޏަމްޏަމް

    ???