ޗައިނާއިން އައި ދިވެހި ޒުވާނަކު ކޮރޯނާއަށް ޝައްކު ކުރެވިގެން ޓެސްޓުތައް ހެދި ވާހަކައާ އޭނާ ކަރަންޓީނު ކުރުމުގެ މަސައްކަތް ކަމާ ގުޅުންހުރި ފަރާތްތަކުން ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން އިއުލާން ކުރިއިރު ދިވެހި އެތައް ރައްޔިތުންގެ ހިތްތަކުގައި އެތައް ސުވާލުތަކެއް އުފެދިގެން ދިޔައެވެ. ބައެއް ސުވާލުތައް ނޫސްވެރިންވެސް ކުރިއެވެ. ޖަވާބު ވެސް ލިބުނެވެ. ނަމަވެސް ވަގުތުގެ ގޮތުން ނޫސްވެރިންގެ ބައްދަލުވުން އަވަހަށް ހެލްތު މިނިސްޓްރީން ނިންމާލިއެވެ.

މި ބައްދަލުވުމުގައި ބަލި މީހާ ބެލި ޑޮކްޓަރުވެސް ބައިވެރިވެވަޑައިގަތެވެ. އައިޖީއެމްއެޗްގެ ޑޮކްޓަރު ޒިޔާން ވިދާޅުވީ ބަލި މީހާ ރާއްޖެ އައި ފަހުން ގެއިން ބޭރަށްވެސް ގޮސްފައި ނުވާ ކަމަށެވެ. މާލެ އައި ގޮތަށް ހުރީ ގޭގައި ކަމަށާއި އިތުރު އެއްވެސް މީހަކާއި ކޮންޓެކްޓު ވެފައި ނުވާ ކަމަށް ޑރ. ޒިޔާން ވިދާޅުވިއެވެ. އަދި ވިދާޅުވީ އޭނާގެ ހާލަތު ސީރިއަސް ނޫން ކަމަށެވެ.

"އޭނާގެ ކިބައިގައި އަރިދަފުސް ރޯގާގެ އަލާމާތްތައް ހުރި. އެހެން މައްސަލައެއް ނެތް. އޭނާގެ ކަންޑިޝަން ސީރިއަސެއް ނޫން. އޭނާގެ ލޭގެ ސާމްޕަލް ވަނީ ޓެސްޓް ހަދަން ފޮނުވިފައި." ޑރ. ޒިޔާން ވިދާޅުވިއެވެ.

ކުރިންވެސް ދެންނެވި ފަދައިން އާއްމު ރައްޔިތުންގެ އިތުރު ސުވާލުތަކެއް މިކަމާއި ގުޅިގެން އުފެދެން ފެށިއެވެ. އެ ސުވާލުތަކަކީ އެ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ދެެއްކެވި ވާހަކަފުޅާއި ގުޅިގެން އުފެދުނު ސުވާލުތަކެކެވެ. އެގޮތުން މިނިސްޓަރު އަމީން ވިދާޅުވީ ބަލި ޖެހުނު ކަމަށް ޝައްކު ކުރެވޭ މީހާ ރޯގާ ޖެހިފައި ހުރުމުން ހޮސްޕިޓަލަށް ދިޔަ ކަމަށެވެ. އަދި ވިދާޅުވީ އޭނާ ޑޮކްޓަރަށް ދިއުމުން މާބޮޑު ކަމެއް ނެތުމުން ދެވަނަ ފަހަރަށްވެސް އޭނާ ހޮސްޕިޓަލަށް ދިއުމުން އިތުރަށް ތަހުލީލުތައް ކުރީ ކަމަށެވެ.

ނަމަވެސް ސުވާލަކީ އޭނާ އިތުރު އެއްވެސް މީހަކާއި ކޮންޓެކްޓު ނުވާ ކަމަށް ސަރުކާރުން ބުނިއިރު އޭނާ ހޮސްޕިޓަލަށް ދިޔައީ އެކަނިތޯއެވެ. ނުވަތަ އޭނާ ކާރެއްގައި ދިޔަނަމަ އެ ކާރުގައި ދުއްވަން އިން މީހާއާ އޭނާ ކޮންޓެކްވާ ކަމަށް ގަބޫލު ނުކުރެވެނީތޯއެވެ. އޭނާ ހޮސްޕިޓަލަށް ވަދެގެން ދިޔައީ ފިލައިގެންތޯއެވެ. އެއީ ވެސް އެތައް ދުވަހަކު އެތައް ބަޔަކު ވަންނަ ތަނެކެވެ. ޑޮކްޓަރަށް ދެއްކުމަށް އޭނާ އެތަނަށް ހަމަ ދާއިރަކަށް ނުވެސް ދެއްކޭނެއެވެ. ވަގުތުތަކެއް އޭނާ ހޭދަކޮށްގެން ނޫނީ ހަމަގައިމުވެސް އޭނާއަށް ޑޮކްޓަރަކަށް ނުދެއްކޭނެއެވެ. އައިޖީއެމްއެޗަށް އެންމެ ފަހަރަކު ޑޮކްޓަރަށް ދައްކާލަންދާ މީހަކަށްވެސް އެކަން ވަރަށް ރަނގަޅަށް އެނގިގެންދާނެއެވެ. އެހެންނަމަވެސް ސަރުކާރުން ބުނަމުން މިދަނީ ބަލި ޖެހުނު ޒުވާނާ އެއްވެސް މީހަކާއި ކޮންޓެކްޓު ނުވާ ކަމަށެވެ.

އެހެންނަމަވެސް މިއިން ކޮންމެ ކަމަކަށް ވިސްނާލިއަސް އެމީހާ ހޮސްޕިޓަލަށް ދިއުމާއި އެތަނަށް ގޮސް ވަނުމާއި ޑޮކްޓަރަށް ދެއްކުމާއި ހަމައަށް އެތައް ބަޔަކާއި ހުންނާނީ ދިމާވެފައެވެ. އަދި ހަމައެއާއެކުގައި އެމީހާއަށް ކޮރޯނާ ވައިރަސް ޖެހިފައިވާކަން ނުވަތަ އެކަމަށް އޭނާއަށް ޝައްކު ނުވާ ކަމަށްވާ ނަމަ އޭނާ ދިރިއުޅުނު ގޭގެ ކޮޓަރިން ބޭރަށްވެސް ނިކުންނާނެއެވެ. އެވަގުތުވެސް ކޮންމެވެސް ބަޔަކާއި ހުންނާނީ ކޮންޓެކްޓުވެފައެއް ނޫންތޯއެވެ.

އެކަމަކުވެސް އެއްވެސް މީހަކާއި ކޮންޓެކްޓު ނުވާ ކަމަށް ސަރުކާރުން ބުނަނީ ކީއްވެގެން ހެއްޔެވެ. އެންމެންވެސް މި ދައްކަނީ މިކަމުގެ އެއްވެސް މައުލޫމާތުދެއް އޮޅުވާ ނުލާ ހާމަ ކޮށްދޭށެވެ. ރައްޔިތުން ބިރު ގަންނަނީ އެ ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ މި ފަދަ ސުވާލުތަކަށް ސަރުކާރުން "ފިނި" ޖަވާބުތަކެއް ދޭތީއެވެ.

ކިޔުންތެރިންގެ ހިޔާލު

41 ކޮމެންޓް

 1. ފަތުވާ ކޮމިޓީ

  ފުރަތަމަ ކަމަކަށް އެެހެން ބުނީ މިނިސްޓަރު އަބްދުﷲ އަމީންއެއް ނޫން. އެހެން ބުނީ ޕްރެސް ކޮންފަރެންސްގައި ބައިވެރިވި ޑރ.ޒިޔާން. ދެވަނަ ކަމަކަށް ޑރ. ޒިޔާން ކޮންޓެކްޓް ނުވެޔޭ ބުނެފައިވަނީ ސަސްޕެކްޓު ކުރެވިފައިވާ މީހާގެ ގޭގެ މީހުންގެ ވާހަކަ ބުނިއިރު. އޭނާ ގޭގެ އިތުރު މީހަކާ ކޮންޓެކްޓުވެފައި ނެތް ވާހަކަ ބުނަން. ދެން ޕްރެސް ކޮންފަރެންސްއަށް ގޮސް ތިބޭ ނޫސްވެރިންގެ ފަހުމްވުމުގެ މިންވަރު ކިރުބޯ ޅަ ތުއްތު ދަރިޔަކާ އެއްވަރުވީމަ އެކަމުގެ ޒިންމާ ނަގަންޖެހެނީ ޕްރެސް ކޮންފަރެންސްގައި ބައިވެރިވި ޑރ.ޒިޔާންތައް. އަޖައިބު އަންތަރީސްވެދާނެ ހަމަ.

  9
  62
  • ނަން

   ގޭގަ އުޅޭމީހުންނާ ކޮންޓެކްޓް ނުވެދާނީ ކިހިނެއް؟ އޭނާ ޗައިނާއިން އަންނަ ގޮތަށް ކޮޓަރީގަ ބަންދުވަނީ؟ ގޭ މީހަކާ ވާހަކަ ވެސް ނުދައްކާ؟ ސަލާމް ވެސް ނުކުރޭ؟ ހާލު އަހުވާލު، ދަތުރުގެ ވާހަކަ ވެސް ނުދައްކާ؟
   މިއީ ކިރުބޯ ޅަދަރިންނަށް ވިސްނޭވަރުކަމެއްނޫން!!!

 2. ޢެޑްމުންޑޯ

  ޑްރައިވަރަށް ފައިސާ ދިންނަމަ އެއަށްވުރެބޮޑުކޮންޓެކްޓް އެއްނޯންނާނެ ، ފައިސާ އަކީ މިބާވަތުގެ ވައިރެސް ފަތުރާ އެއްވަސީލަތް

  87
  1
 3. އައްމަޑޭ

  ޔެސް

  44
  1
 4. މޯދީ

  ވެދާނެ އެވިދާޅުވާ “ކޮންޓެކްޓް” ގެ މާނަޔަކީ ނޯސެކްޝަލް ކޮންޓެކްޓް؟! ތިމިނިސްޓަރަށްނޭގެނީބާ ހޮސްޕިޓަލަށްދާއިރު އެތައްބަޔަކާއި ދިމާވެ ކިބިހިވެސް އެޅޭނެ، އަދި އެތަށްބަޔަކާ ސަލާމްވެސްކުރާނެ އެގޭގަ ކާންވެސްދޭނެ! ތައްޓަކުން ފެންވެސްބޯނެ، ކާނެ ! ތީކިހާވަރުގަދަ މިނިސްޓަރެއްތަ؟!

  37
  3
 5. ތިމަންނަ

  ދޮގެއް ހެދެން އޮއްވާ ތެދެއް ނަހަދާނެ...

  39
  3
 6. ތަސްލީމާ

  ކޮބާ މަގޭ ކޮމެންޓު؟ ބަޔަކަށް އެއްޗެއް ސާފުވެދާނެތީވެސް ޝާއިއު ނުކުރާތި

  22
  3
 7. Anonymous

  މިބަލި ދުނިޔެއިން ކޮންޓްރޯލްކުރެވެންދެން އަދި ރާއްޖޭގެ ރައްޔިތުންގެ ސަލާމަތަށްޓަކާ ޓުއަރިސްޓުން ރާއްޖެ އައުން ހުއްޓުވާ!އަދި ސްކޫލްތައްވެސް ބަންދުކުރުން ލަސްނުކުރައްވާ!މުހިންމީ ފުރާނަ އިގުތިސޯދެއްނޫން

  48
  2
 8. ޝަމާ

  ޗައިނާ އިން އައި ތިޒުވާނާ ޓެކްސީގަ ގެއަށް ދިޔައިރު ޑްރައިވަރު ދެން އޭގެފަހުން އެ ޓެކްސީ އަށް އަރާ މީހުންނޯ 13 ގަޑިއިރު ވައިރަސް ވައިގެ ތެރޭގަވެސް އުޅޭކަމައްވޭ،،،ދެން ދައްތަ އާއެކު ސެނެހިޔާ އަށް، އެތަނުގަ ތބި މީހުން، ދެން އޭނަބެލި ޑރ. ޑރފޮނުވާލީ ގެއަށް އެގޭގަ އުޅޭމީހުންނޯ

  24
  1
 9. މުލޭ

  އޭނާ ބޯޓުން ފޭބިއިރު ރަންވޭ އޮތީ ހުސްކޮށްތޯ؟
  ޓާމިނަލްތެރެއިން ކިއުގަވެސް ނުޖެހި އިމިގްރޭޝަންވެސް ނިންމާލީތޯ؟
  އެއަރޕޯޓުން ގެއަށްދިޔައީ ބްރިޖް މަތިން ހިނގާފަތޯ؟ ނޫނީ އެހެން މީހަކުނެތް ދޯންޏެއްގަތޯ؟
  ގޭތެރެއިންވެސް އެއްވެސް މީހަކާ ދިމާ ނުވަނީތޯ؟

  ރާއްޖެއިން ބޭރުން އަންނަ މީހުންނާ ސުވާލުކޮށް އެމީހަކު ދިޔަ ތަންތަނުގެ މަޢްލޫމާތު ނުހޯދަނީ ކީއްވެ؟ ނޫނީ އެއަރލައިނުން މީހުންގެ ލިސްޓްނަގާފަ ދަތުރުކުރި ތަންތަނުގެ މަޢްލޫމާތު ފްލައިޓް ޖެއްސުމުގެ ކުރިން ނުހޯދުނީ ކީއްވެ؟

  35
  2
 10. ޢަދުރޭ

  މާލެ އައީވެސް ހުސް ފުލައިޓެއްގަ އަދި ހުރީ ގޭގައި ކަމަށާއި އިތުރު އެއްވެސް މީހަކާއި ކޮންޓެކްޓު ވެފައި ނުވޭ ފޯނުގެ ސިމް ބައްދަލު ވެފައިނުވާތީ ވަރަށް ބޮޑު ކުރި އެރުމެޢް

  14
  2
 11. ޝަނީ

  އަމީނައް އިތުބާރު ކޮއްގެން މިކަމުން ސަލާމަތް ނުވާނެ

  26
  2
 12. ގުލްނަވާ

  އަހަރެންގެ ދުޢާ އަކީ ތިޔަ ޝައްކުކުރެވޭ މީހާ އެބައްޔަށް ޕޮޒިޓިވް ނުވުން އިންޝާ ﷲ..

  83
  1
  • Anonymous

   ޢިންޝާﷲ
   ނެގެޓިވް ވިކަމުގައި ވިޔަސް 14 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރުއްވައްޗޭ.
   ޢެހެން ގައުމުތަކުން ފެނިފައިފައިވަނީ އެއް ފަހަރު ޓެސްޓު ކޮށްގެން ނެގެޓިވްވި މީހުން ދެވަނަ ފަހަރަށް ޓެސްޓު ކުރުމުން ޕޮސިޓިވްވާތަން.

   25
  • ވިސްނޭ މީހާ

   އިންޝާ ﷲ...

   14
 13. މާލެ ބޭބެ

  އޭނާ މާލެ އައީ އިއްޔެރޭ މ.އަމީން ވިދާޅުވި އެއީވެސް ދޮގެކޯ، އެޒުވާނާ ރާއްޖެ އައިސް އުޅޭތާ ހަފްތާއަކަށްވުރެ ގިނަދުވަސް ވެއްޖެ ޔޯ.
  އަދި ދެއްކި ހޮސްޕިޓަލްގެ ކައުންޓަރ މުވައްޒަފުންނާއި، ދެފަހަރުމަތިން ދިމާވިޔޯ، ވ އާންމުކޮށް މެމޯ ދޭއިރު ވަރަށް ކައިރީގަ ތިބެނީ.... ހަލޯ އަސްލަކީ ކޮބާތޯ، ސީދާ ބުނެދިނުން މުހިންމު...

  23
  2
  • ބޭބެ ގެ ބަފާ

   ޔޯލަ ވާހަކަ ފަތުރަމުން ދުވާއިރު ހަގީގަތް އެގިގެން ވާހަކަ ދެއްކުން ރަގަޅު. އިސްލާމް ދީނުގައި ވަނީ އެއް މުސްލިމަކު އަނެއް މުސްލިމަކަށް ޓަކާ ޝިފާއަށް އެދި ހެޔޮ ދުޢާ ކުރުން. ޔޯލަ ވާހަކަ ދައްކާ ދެބައުޑުވަމުން ދުވުމެއް ނޫން.
   އަޖައިބެއް! އެއްވެސް ބަޔަކު އެސޮރާ ދޭތެރޭ ނުވިސްނާތީ. އެވެސް ހަމަ ހިތެއް އޮންނާނެ އިންސާނެކޭ.

 14. ޙައްޖަ

  ޢެއަރޕޯޓުން ގެއަށް އައުމާ ހަމައަށްވެސް ހަމަ އެކަނިބާ

  19
 15. ާއައިޝާ

  އަޅެ ސުކޫލް ތައް ބަންދު ކުރާ ކައް ނުވޭތަ.. ނޫނީ މިކަން ވެސް އަތު ނުޖެހޭ ވަރު ވަންދެންތަ ތި މަޑު ކުރަނީ... މިހާރު ނޭންގެ މި މީހާ ފަރާތުން މި ވައިރަސް ފެތުރިފަ އޮތް ވަރެއް.. ހާދަ ދެރަވޭ.

  33
 16. ައައިޝާ

  ހެޔޮނުވާނެ ތި ސުކޫލު ތައް ބަންދު ކުރޭ...

  29
 17. މާސާ

  އަޅެ ނުވެޔޭ ފްލައިޓް ޖެއްސީ އެގޭ ކޮޓަރި އަށް

  20
 18. މޮހޮނު123

  އޭނާ ބެއްލެވި ޑޮކްޓަރަކީ ޑރ ޒިޔާން އެއްނޫން

  6
  1
 19. އަޙްމަދު

  މިބަލީގެ ސީރިއަސްކަން ސަރުކާރުން ހާމަކުރާނީ މިއަދު އެމްޑީޕީގެ ޕްރައިމަރީގެ ވޯޓަށް ފަހު! ދައްކަން ބޭނުންވާ މަންޒަރަކީ އެމްޑީޕީ މެންބަރުން ގިނަކަން! ﷲ އިރާދަފުޅުން މާގިނަބަޔަކު ވޯޓްލާނެހެނެއް ހީނުވެއެވެ!

  19
  1
 20. ސްކިންޓޯޓޯ

  ކޮންޓެކްޓުކުރަން ނުޖެހިއެއްނުދާނެ އެއްވެސް މީހަކީ އިންސާނީ އެހީނުލިބި އުޅެވޭނެ މީހެއް ނޫން ﷲއަށްޓަކައި އިންސާނީ އެހީ ފޯރު ކޮށްދިނުމުގައި ފަސްނުޖިހޭ ކުށްކުރާމީހުންނާ އެއިޑްސް މީހުންނާ ކުޑަކުދިންނާ ބެހޭ މީހުން ދިފާއު ކުރާއިރު ކުރޯނާ ވައިރަސް ޖެހުނު މީހާގެ ފޮޓޯއާއްމު ކުރި ސަބަބެއް ނޭގެ އެއީ ކޮށްގެން ނުވާނެ ކަމެއް އެކަކު އަނެކަކަށް އިހްސާންތެރިވެ ﷲއަށް ސަލާމަތް ކޮށްދެއްވުމަށް ދުއާ ކުރޭ އެއީ އައްޔޫބު އަލައިހިއްސަލާމް އަށް ޝިފާދެއްވި އިލާހު ތޯހިރުވާ މީހުންނާ ތައުބާވާ މީހުންނަށް އެކަލާންގެ ލޯބި ކުރަށްވާ

  25
 21. މަންޖެ

  މިއީ އަޖައިބެއް. އޭނަ ޗައިނާއިން މާލޭގައި ހުންނަ ކޮޓަރިއަށް ޓެލެޕޯޓް ތަވީ. މީހަކާ ކޮންޓެކްނުވާން.

  14
 22. ޖޫނި

  އޭނަގެ ކޮޓަރިއަކީ ޖާދުލުގެ ކޮޓަރިއެއްތޯއްޗެ. ސީދާ ކޮޓަރި ކަންނޭގެއެއްނު އައީ އޭނަ ގޮވައިގެން ރާއްޖެއަށް. ކޮޓަރިއާއި އެއްކޮށް އެއާރޕޯރޓުންވެސް ކްލިއާރކޮށްލަދިނީ ކަމަށްވާނީ. އެއާރޕޯޓުން ގެއަށްވެސް އައީ ކޮޓަރީގަ، އެހެންވީމަތާ ޗައިނާއާއި ހިސާބުން އޭނަ މީހަކާ ކޮންޓެކްޓް ނުވެ ކޮޓަރިން ނުނިކުމެއޭ ބުނާނީ.

  11
 23. ބުރާންތި

  އޭނާ ކޮޓަރީގައި އޮއްވާ ވައިރަސް އައިސް ކޮޓަރިއަށް ވަނީ

  8
  1
 24. ކޮއްޗޭ އަނގަހަނި ބަނޑިޔާ

  ކޮންމެކަމެއްގައިވެސް ސިޔާސަވޭތޯ ބަލަންވީނު! ތިމާމެންދާންވީނު މިނިސްޓަރުކަމަށް!

  4
  8
 25. ހަބީބު

  އެއަރޕޯރޓްގަ ތިބޭ އެމިގްރޭޝަން ސްޓާފުންނޯ؟ ވައިރަސްއަށް ޝައްކުވާ މީހާ އެމިގްރޭޝަން ސްޓާފް އަތަށް ޕާސްޕޯޓް ދޭއިރުވެސް ވައިރަސް ފެތުރުން ޕޮސިބްލް!!

  10
 26. ޣައްޔޫމް

  ތި މިނިސްޓްރީ ހިންގާނެ ސިއްހީ ދާއިރާގެ އިލްމުވެރިއެއް ނެތީތަ؟ހެޔޮނުވާނެ މިގައުމުގެ މީސްތަކުން ހަލާކު ނުވަނިސް ތި އަމީނު ބަދަލު ކޮއްލަބަލަ...

 27. ނަސީދު

  ކޮންޓެކް އަކީ ސް ގޮތުންތޯ ހަމަގައިމުވެސް ބޯޓްތެރޭ ހުންނާނެ ދޯ ކޮންޓެކްވެފައި ގެޔައް ކާރެއްގަދޯ އަންނާނީ

 28. މުހައްމަދު އަހްމަދު

  އަމީންއެވެ. ތިޔަވަރަށް އިތުރުފުޅު ހެއްދެވުމުން އަގުވެއްޓުންނޫން ކަމެއްވާނެތޯއެވެ؟ އޭނާއާ ކޮންޓެކްޓްވާނެ ފަރާތްތައް. އެއް ފްލައިޓުން ދަތުރުކުރި ބައެއް މީހުން. އެ ފްލައިޓްގެ ބައެއް މުވައްޒަފުން. ލަގެޖް ނަގާ ތަނުން ބައެއް މީހުން. ކާރު ކިއުއިން މީހުން. ޑްރައިވަރު. އޭނާ ދިޔަގޭގެ ބައެއް މީހުން. ޓެކްސީއެއްގެ ހޮސްޕިޓަލަށް ދިޔައިއްޔާ އޭގެ ޑްރައިވަރު. ހޮސްޕިޓަލަށް ވަދެގެންދާއިރު ދިމާވާ މީހުން.. ޑޮކްޓަރަށް ދެއްކުމުގެ ކުރިން ބީޕީ ބަލައި ޗެކްކުރާ ނަރުސް. ޑޮކްޓަރަށް ދައްކާ އޭރިޔާގައި ތިބޭ މީހުން.. ޑޮކްޓަރަށް ދައްކާ ކޮޓަރީގެ ތަޅު ނުވަތަ އަތްގަނޑުގައި އޭނަޔަށްވުރެ ފަހުން ހިފާ ފަރާތްތައް.. ޑޮކްޓަރ

 29. މުހައްމަދު އަހްމަދު

  އަމީންއެވެ. ތިޔަވަރަށް އިތުރުފުޅު ހެއްދެވުމުން އަގުވެއްޓުންނޫން ކަމެއްވާނެތޯއެވެ؟ އޭނާއާ ކޮންޓެކްޓްވާނެ ފަރާތްތައް.. އެއް ފްލައިޓުން ދަތުރުކުރި ބައެއް މީހުން.. އެ ފްލައިޓްގެ ބައެއް މުވައްޒަފުން. ލަގެޖް ނަގާ ތަނުން ބައެއް މީހުން. ކާރު ކިއުއިން މީހުން.. ޑްރައިވަރު.. އޭނާ ދިޔަގޭގެ ބައެއް މީހުން.. ޓެކްސީއެއްގެ ހޮސްޕިޓަލަށް ދިޔައިއްޔާ އޭގެ ޑްރައިވަރު. ހޮސްޕިޓަލަށް ވަދެގެންދާއިރު ދިމާވާ މީހުން.. ޑޮކްޓަރަށް ދެއްކުމުގެ ކުރިން ބީޕީ ބަލައި ޗެކްކުރާ ނަރުސް.. ޑޮކްޓަރަށް ދައްކާ އޭރިޔާގައި ތިބޭ މީހުން.. ޑޮކްޓަރަށް ދައްކާ ކޮޓަރީގެ ތަޅު ނުވަތަ އަތްގަނޑުގައި އޭނަޔަށްވުރެ ފަހުން ހިފާ ފަރާތްތައް.. ޑޮކްޓަރ

 30. ޏާނަ

  ޗޗޗޗޗޗޗޗޗޗޗ ޗައިނާ އިންވެސް ހަދަނީ ދޮގު . ޗައިނާ ހަބަރުތައް ބަލާބަލަ. ބޭރަށް ނިކުންނަ މީހަކު ނޫޅޭ. މީހަކަށް އަޅާލާ މީހަކު ނޫޅޭ. މީހުން މަރުވެ ބިންމަތި ވީމާ އެތައް އިރެއްވާފަހުން ކަމާބެހޭ ފަރާތުން ގެންދަނީ. މަގުމަތީގެ ހާލު މީ.

 31. ޏާނަ

  15 މިނެޓް ތެރޭ ނަތީޖާ ލިބޭ ކިޓް ގެނެވޭތޯ އުޅެންވީ. ޢެއްވެސް މީހަކު ކޮންމެހެން ދާން ޖެހިއްޖެ ތަނަކަށް ނޫންގޮތައް ބޭރައް ނުކުތުން ރަނގަޅެއްނޫން. ސުކޫލްތައް ބަންދު ކުރަންވީ. ގޮސްސަ އޮތް ހިސާބެއް ބަލަން. ޗައިނާ ގަ ބޮޑައް ފެތުރިފަ އޮތް ހިސާބު މުޅިން ބްލޮކް ކޮއްފަ ހުރީ. މި ސަރުކާރުން މީހުން ހަމަޖައްސަނީ.

 32. ކެޔޮޅު

  އަމީނުވެސް ހަދަނީ ހުސްދޮވު ރައްޔިތުންނައް އޮޅުވާނުލާ ސީދާސާފުތެދު މައުލޫމާތު ހާމަކުރޭ!!

 33. އެސޮރު

  އެހެންވީމަ ތިން ހަތަހަރު މަހަށް ބޭނުންވާ ހުރިހާ ސާމާނެއްވެސް ގަނެ ރަށްކާ ކުރަންވީ.

 34. އާމިނަ

  ދެން އެކުން ތިހާ ވަރަށް އެއްޗެހި ނުކިޔަ ބަލަ. އޭނަ ގެންދިއައީ އެއަރޕޯޓްންނޯ

 35. Anonymous

  ޣައްޔޫމޫ އަމީނެއްނޫން ބަދަލު ކުރަންވީ ސޯލިޙް ބައްދަލު ކުރަންވީ . ޤައުމެއް ނުބެލެހެއްޓޭ. ދުޢާދެއްވާފަ ހުންނަކަން ނަމާއި އެއްގޮތަށް .އަމީނަކި މިލާދީނީ ސަރުކާރުގައި އެންމެ ރަނގަޅަށް މަސައްކަތް ކުރާ މިނިސްޓަރު

 36. ގައުމު

  އޭނަ އައީ ޗައިނާއިން ކަމަށްވާނަމަ މާލެ އެއަރ ޕޯޓުން އިމިގްރޭޝަން މީހަކާ ހަމަ ގައިމުވެސް ކޮންޓެކްޓް ވެފަ ހުންނާނީ. އެއަރޕޯޓުން ނުކުމެގެން އަންނާނީ ފެރީގަ ނޫނީ ބަހުގަ ނޫނީ ކާރެެއްގަ.ސައިކަލެއްގަ ނަމަ މީހަކާ އެކީ. ހޮޓަލަކަށް ކޮފީ އަަކަށް ނުދޭތޯ؟ ކަންމަތީ ފިހާރައަކަށް ނުވަދޭތޯ؟ ހޮސްޕިޓަލަށްގޮސް ފުރަތަމަ އެމަރޖެންސީނަމަ އެތާ އެމަޖެންސީ ނަރުހަށްް ދިމާވެފަ ހުންނާނީ. ޑޮކްޓަރަށް ދެއްކިނަމަ ޑޮކްޓަރާ. އެހެރީވެސް ހައްތަހާ ކޮންޓެކް ވާނެ މީހުން. ސަރުކާރަށް ރަނގަޅު ތެދު މައުލޫމާތު ހާމަ ކުރަން ގޮވާލަން.

  4
  1
 37. އަޒޭ

  ހެޔޮނުވާނެ! ތި އެންމެންގެ ވާހަކަ ހުރިގޮތުން ހީވަނީ އޭނަ އެބަލި ގެހިގެން ފަތުރަމުން ދުވާހެން، އަދި މި އުޅެނީ އެކަން ޔަޤީން ވެސް ނުވެގެން. ﷲ އިރާދަ ކުރެއްވިއްޔާ އަހަރެންގެ ރަހުމަށް ތެރިޔާ ހުއްނާނީ ވަރަށް އަވަހަށް ދުޅަހެޔޮ ސިއްހަތެއްގަ. ތި އެންމެންގެ ފަރާތުން އަޅުގަނޑު އެދެނީ އަޅުގަނޑުގެ ރަހުމަތް ތެރިޔާއައް ހެޔޮދުޢާ ކޮއްދެއްވުމަށް.