ވަޒީފާއާބެހޭ ޤާނޫނެއް 2008 ވަނަ އަހަރު ރާއްޖޭގައި ފުރަތަމަ ފަހަރަށް ވުޖޫދުވެގެން އައުން އެއީ އޭރު ލިބުނު ވަރަށް އުއްމީދީ ބަދަލެކެވެ. ހާއްސަކޮށް ނިކަމެތި މަސައްކަތްތެރިންގެ ޙައްޤުތައް ވަރަށް ފުރިހަމަ އަށް ކަށަވަރު ކުރެވިގެން ދާނެ ކަމަށް އޭރު ބެލެވުނެވެ. ނަމަވެސް އޭގެ 12 އަހަރު ފަހުން މިއަދު ވެސް ވަޒީފާ އަދާކުރާ މީހުންނާއި މެދު ވަޒީފާދޭ ފަރާތުން ހަދަމުން ގެންދަނީ "ހަދާނެ ގޮތެކެވެ."

މިކަމަށް ވަޒީފާއާބެހޭ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކުން ބަދަލެއް އަންނާނެ ކަމަށް ކުރިން ލަފާކުރެވުނު ނަމަވެސް ބިލް އޮތްގޮތައް ބަލާއިރު އެއީ ވަޒީފާ އަދާކުރާ ފަރާތްތަކަށް އިތުރު ކަންބޮޑުވުމާއި ހާސްކަން ގެނުވާނެ ބިލަކަށް މިވަނީ ވެފައެވެ.

އަލަށް ގެންނަ އިސްލާހުގައި ޕްރޮބޭޝަން މުއްދަތުގެ ގޮތުގައި ހަމަސް ދުވަސް ވަނީ ކަނޑައަޅާފައެވެ. މާނައަކީ އެހަމަސް ދުވަހަކީ ވަޒީފާގެ ޔަގީންކަމެއް ނެތި މުވައްޒަފު ހުންނަން ޖެހޭ ހަމަސް ދުވަހެވެ. ވަޒީފާ ދޭ ފަރާތުން ބޭނުން ވެއްޖެ ކޮންމެ ވަގުތެއްގައި މުވައްޒަފު ވަޒީފާ އިން ވަކިކުރެވިދާނެއެވެ.

ކުރިއަރާފައިވާ ގައުމުތައް ކަމަށްވާ އިނގިރޭސިވިލާތް ހޮންކޮންގް އަދި ޗައިނާ ފަދަ ގައުމުތަކުގައި ވެސް ވަޒީފާގެ ޔަގީންކަމެއް ނެތި ޕްރޮބޭޝަން ޕީރިއަޑެއް ނޯވެއެވެ. ވަޒީފާ ދާއިމީ ވުމުގެ ކުރިން އެމީހަކު ވަޒީފާ އިން ވަކިކުރަނަމަ އަމަލު ކުރަން ޖެހޭ އުސޫލުތަކެއް އެހެން ގައުމުތަކުގައި ލިޔެވިފައި ހުރެއެވެ. އެމުއްދަތުގައި ވެސް ވަޒީފާދޭ ފަރާތުން ބޭނުންވާ ކޮންމެ ވަގުތަކު މުވައްޒަފު ވަޒީފާ އިން ވަތްކެއް ނުކުރެވޭނެއެވެ. އެމުވައްޒަފަކު ވަޒީފާ އިން ވަކިކުރެވޭނީ އެއްބަސްވުމުގައި ކަނޑައެޅި ބަޔާން ވެގެންވާ ގޮތުގެ މަތިންނެވެ. އެއްބަސްވުމާއި ހިލާފަށް ވަޒީފާ އަދާކުރާ މުވައްޒަފުގެ އަމަލުތައް ނެތް ނަމަ، އޭނާ ވަޒީފާ އިން ވަކިކުރުން ކުރިއަރާފައިވާ ގައުމުތަކުގެ ޤާނޫނުތަކުން މަނާކުރެއެވެ.

އެހެންކަމުން ރާއްޖޭގައި ހަމަސް ދުވަހު މުވައްޒަފަކަށް ވަޒީފާގެ ޔަގީންކަމެއް ނެތި އުޅެން ޖެހޭ ގޮތައް ޤާނޫނު އިސްލާހް ކުރުމަކީ މުވައްޒަފުންގެ ޙައްޤުތައް ހިމާޔަތް ކުރުމުގައި ރާއްޖެ އިން ފަހަތައް އަޅާ ފިޔަވަޅެއްކަން ޔަގީނެވެ.

މަގާމު އުވާލުމުން ވަޒީފާ ގެއްލުމަކީ ވަޒީފާ އިން ވަކިކުރެވިދާނެ އެކަށީގެންވާ ސަބަބެއް ކަމަށް ޤާނޫނުގައި ބަޔާން ކުރުމަކީ އަދި މާބޮޑު ކަންބޮޑުވުމެކެވެ. މީގެ ކުރިން ވެސް ވަޒީފާ އުވާލައިގެން އެތައް މުވައްޒަފުންނެއްގެ ވަޒީފާ ގެއްލުވާލާފައި ވެއެވެ. މަގާމު އުވާލުމަކީ ވަޒީފާ އިން މީހަކު ވަކިކުރެވޭނެ ސައްހަ އިޖުރާއަތެއް ކަމަށް ޤާނޫނުގައި ކަނޑައެޅުމުން ރާއްޖޭގައި ވަޒީފާ އަދާކުރާ އެންމެނަށް ވަޒީފާގެ ޔަގީންކަން ގެއްލުނީއެވެ.

ސިޔާސީ ގޮތުން މީހެއްގެ ހިޔާލު ހުންނަ ގޮތެއްގެ މައްޗަށް ބިނާކޮށް އެތައް މުވައްޒަފުންނެއް މި ސަރުކާރުން ވެސް ވަނީ ވަޒީފާ އިން ވަކިކޮށްފައެވެ. ކުރިއަށް އޮތްތަނުގައި މަގާމު އުވާލުމުން ކަމަށް ބުނެ އަދި އެތައް އިތުރު މުވައްޒަފުންނެއް ވަޒީފާ އިން ވަކިކުރުމަށް ސަރުކާރުން ކޮށާ މަގަކަމަށް މިއިސްލާހް ވެގެން ދާނެއެވެ.

ސަލާމް ބުނާ ކޮންމެ ދުވަހަކު ޑޮކްޓަރުގެ ސެޓްފިކެޓް ގެނައުމީ ވެސް އަލަށް ގެންނަ އިސްލާހުގެ ދަށުން މަޖުބޫރު ކަމެކެވެ. "މައިގްރޭން" ފަދަ ބަލިތައް ހުންނަ މީހުން ނުވަތަ މައްސަރު ކަންތަކުގެ ސަބަބުން އޮފީހަށް ނުދެވޭ ފަދަ ހާލަތެއް ދިމާވާ މުވައްޒަފުން ވެސް ކުރިއަށް އޮތްތަނުގައި ޑޮކްޓަރުގެ ސެޓްފިކެޓް ނުގެންދަނީސް އޭނާ އަށް ސަލާމެއް ނުބުނެވޭނެއެވެ. ޑޮކްޓަރުގެ ސެޓްފިކެޓް ނުގެންގޮސް ސަލާމް ބުނި ނަމަވެސް އެއީ ސަލާމެއް ކަމަށް ބަލައެއް ނުގަންނާނެއެވެ. މާނައަކީ ޑޮކްޓަރުގެ ސެޓްފިކެޓް ނެތްނަމަ އެއީ ވަޒީފާ އަށް ނުނިކުންނަ ދުވަހެއް ކަމަށް ނިންމާ މުސާރައިން ކަނޑާނެއެވެ.

ވަޒީފާއާބެހޭ ޤާނޫނަށް އަލަށް ގެންނަ އިސްލާހްތަކާއި އެކު އެންމެ ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ލިބޭނީ ރިސޯޓްތަކުގެ މުވައްޒަފުންނަށް ކަމަށް ވެދާނެއެވެ. ސަބަބަކީ ސާވިސް ޗާޖް ދިނުން އެއީ "މަޖުބޫރު ކަމެއްގެ" ގޮތުގައި ހިމަނާފައި ވުމުންނެވެ.

ނަމަވެސް އަލަށް ގެންނަ އިސްލާހްގައި ސާވިސް ޗާޖްގެ މައުލޫމާތު ލޭބާ ރިލޭޝަން އޮތޯރިޓީއަށް ނުދީފިނަމަ ވަޒީފާދޭ ފަރާތައް އޮތީ 5000 ރުފިޔާއަށް ވުރެ ކުޑަ ޖޫރިމަނާއެކެވެ. ސާވިސް ޗާޖް މުވައްޒަފުންނަށް އެކަށީގެންވާ ގޮތެއްގައި ނުދީފިނަމަ ވަޒީފާދޭ ފަރާތައް ލިބޭ އިތުރު އެއްވެސް އަދަބެއް، ޖޫރިމަނާއެއް ނެތެވެ. އެހެންކަމުން މިހާރު ގެންނަ އިސްލާހްތަކުގެ ސަބަބުން އެންމެ އެކަށީގެންވާ ގޮތެއްގައި ސާވިސް ޗާޖް މުވައްޒަފުންނަށް ލިބިގެން ހިނގައިދާނެ ކަމާއިމެދު ޝައްކެވެ.

ޤާނޫނުގައި ވެސް އިތުރު އެތައް ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. ކޮންމެ ކަމެއްގައި ހެޔޮ ބަދަލުތައް ގެނެވޭ ވަރަށް ވިސްނުމާއި ފިކުރު ތަރައްޤީ ވެފައިވާ މިފަދަ ޒަމާނެއްގައި މިބަދަލުތައް ގެނައުން އެއީ ރަނގަޅު ގޮތެއް ނޫނެވެ. ބިލް ޑްރާފްޓް ކުރެވިފައި ވަނީ ހާއްސަކޮށް މުވައްޒަފުންގެ ޙައްޤުތައް ކަށަވަރު ކުރުމުގެ ބަދަލުގައި މުވައްޒަފުންގެ ޙައްޤުތައް ހަނިވާ ގޮތަށެވެ. އެހެންކަމުން މަޖިލިސް ތެރެއިން ބިލަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ސަވީލް

  މިއީ ރައްޔިތުން މަރައި ހުސްކުރަން އުޅޭ ސަރުކާރެއް.. މި މީހުން ހޫރުވާފަ އެއްލާލަންވީ.. މިހެން ބަލަން ތިބެވޭކަށެއް ނެތް.

  74
 2. ވަޒީފާ އަދާކުރާ މީހާ

  ސަރުކާރުގެ ދުރުވިސްނުމަށް އައްސަރިބަހާއި ސާބަހުން

  17
  45
 3. ޅަބޭ

  ތީ އެޖެންޑާ ނަވާރައިގަ އޮއްގޮއް. ދެން ކަލޭމެން އެއްމެން މަގުމައްޗައް ނުކުމެ އެމްޑީޕީއައް ވޯޓުދީ.

  53
  1
 4. އިއްބެ

  ރައްޔިތުން ހޮވިމެންބަރުން ރައްޔިތުންނަށް ޚިޔާނާތްތެރި ވަމުންދާމަންޒަރު މިދަނީ ފެންނަމުންނެވެ.
  އެހެންކަމުން ކުރިޔަށް އޮތް ވޯޓާއިމެދު ރަނގަޅަށް ވިސްނާފައި ގޮތެއް ނިންމަމާ ހިނގާށެވެ.

  44
  1
 5. Anonymous

  ސަލާމް ބުނާ ދެވަނަ ދުވަހު ސެޓްފިކެޓް ގެނައުން އެއީ ރަނގަޅު ގޮތެއް އެއްދުވަސް ދޫކޮށްލަން ޖެހޭ

  36
  3
  • ވަޒީރެއާލާ

   ގާނޫނަށް މިބަދަލުތައް މިގެންނަނީ ރަނގަޅުގޮތް ނޭގިގެނެއްނޫން. މިސަރުކާރުގެ ހުރި ނުލަފާކަން ރައްޔިތުންނަށް ދައްކާލަން.

 6. ާއަލީ

  ސަލާމް ބުނުމުގެ ބަޔައް ތިބަދަލް ވ މުހިތްމު

  4
  28
 7. ޔާމިން

  އިންޝާﷲ މިނުބައި ނުލަފާ ޔަހޫދީންގެ ކިބައިން މިގައު ސަލާ މެއްކުރަންވާއްދޭ. އާ މީން. އިޒްރޭލުގެ ބޮޑުވަޒީރި ނަތައްޔާހޫ ވެސް މޑޕ ގެ ބޮޑަތި މީހުނައްވުރެ ރަނގަޅު އޭނަވާ އިޒުރޭލުގެ ރައްޔިތުންނައްނުހަނު ބަލާ. މިހާރު ރާއްޖޭގެ ވެރިކަ މުގަ މިތިބަ ބައިގަނޑު ނުބަލާ ދިވެހި ލޮބުވެތި ރައްޔިތުންނައްވެސް.

  34
  1
 8. ރައްޔިތު މީހާ

  މީ މިހާރު ރަށްވެހި ފަތިހަކަށް ފަތިސް ވީމަ ވާގޮތް މިފެންނަނީ....

  26
 9. ނަކް

  ރައްޔިތުން ލަޑާނެ ވަރަށް ބާރަށް ލަނޑާނެ ފުއްޕައިފަ ފެންމަތިވެގެން އުޅެންޏާ ވައިދޫކޮށްލާނެ..

  13
 10. ޙަސަނާ

  އެމްޑީޕީ ގެ ރައީސް ގެ ކުރިމަތީގަ ހުރިހާވެސް ބަޔަކީ އެފިކުރައްތާއީދުކުރާ ސިޔާސީމީހުން ސިޔާސީވަޒީފާ އިތުރުކޮއް ސިޔާސީ މުސާރާމަތިކޮއް ހެދުމުގެ ބޭނުމަކީ ޕާޓީގެ ހަރަކާތްވަރުގަދަކުރުން މިޢެމްޑީޕީ އެއް އެއްވެސް އިންތިހާބަކުން ދެނެއްބައްޔެއްވެސްނުކުރެވޭނެ މިފަސް އަހަރުނިމޭއިރު މިގައުމުގާވަޒީފާތަކުގަ ތިބޭނީ ހުސް އެމްޑީޕީ މީހުން ސިވިލްސާރވިސް ކޮމިސަން ވެސް ބަދަލުކޮއް އެމްޑީޕީ އެކުޓިވިސްޓުން އެތާގެވެރިންނައްވެސް ދެންތިބޭނީ އެއާ އެކު ތިމާމެން ޔާމިނު އާ ދެކޮޅައްދެއްކި ހުރިހާ ވާހަކައެއްތިމާމެން އަމަލުންދައްކަމުންދާނީ މަކަރު ފިކުރު ހިޔަޅުފިކުރު ލާދީނީ ފިކުރު..

  12
 11. ހަމައަސްލު

  ތި ޔޮއްތީ ކުރިއަށް އޮއް ކައުންސިލަށް ވޯޓްދީގެން ދެން ރާކަނި މަސް ކާން ރެޑީވެފަ

  11
  1
 12. ޒީ

  ކީއްކުރާނީ މެޖޯރިޓީ އަދިވެސް ދީ

  13
  1
 13. ހުހުހުހު

  ކޮބާ އަދިވެސް ރީދުލަށް ވޯޓެއް ދީ!!!! ލޮލް!

 14. މުޙައްމަދު

  އަދި ވަޒީފާ އަދާ ކުރާ ގަޑިއަށްވެސް ބަދަލު ގެންނާނެ......8 ގަޑިއިރަށް......ދިވެހިން ބަލަން ތިބޭ....މީ މުވައްޒަފުންނަށް ބަލާބޮޑު ސަރުކާރެއް.....