އިންޓަނެޓު މިހާރު ރާއްޖޭގައި ދެމުން އަންނަ އަގާއި އަޅާ ބަލާއިރު ދިވެހިންނަށް އިންޓަނެޓު ލިބިގެން ދަނީ އޭގެ އެންމެ އެދެވޭ ގޮތެއްގައި ނޫން ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ވިދާޅުވީ އަދުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނުގެ ވެރިކަމެއްގައި އިންޓަނެޓުގެ އަގު އަތްފޯރާ ފަށެއްގައި ލިބިގެންދާނެ ކަމާއި މުއާސަލާތުގެ ހިދުމަތްތައް މިހާރަށްވުރެ އަގު ހެޔޮ ކުރާނެ ކަމަށް އަޑަށް ބާރުލައްވާ ވިދާޅުވިއެވެ.

ރާއްޖޭގައި އޭރު އޮތް ވެރިކަން ބަދަލުކުރުމަށް ރައްޔިތުން ވޯޓު ދިނީ މިފަދަ އެތައް ވައުދެއް ރައީސް ސޯލިހު ވެވަޑައިގަތުމުންނެވެ. ގާނޫނުއަސާސީގައި ފެނާއި ނަރުދަމާ އަދި ސާފު ބޯފެނަކީ އަސާސީ ހިދުމަތެއްގެ ގޮތުގައި ލިޔެފައި އޮތް ފަދައިން މިއަދު ރާއްޖެއަށް އިންޓަނެޓަކީވެސް އަސާސީ ހިދުމަތަކަށް މިވަނީ ވެފައެވެ.

ނަމަވެސް ސުވާލަކީ ރައީސް ސޯލިހުގެ ސަރުކާރަށް އެއް އަހަރު ފުރި ދެވަނަ އަހަރުގެ ދުވަސްތައް ގުނަމުންދާއިރުވެސް އިންޓަނެޓުގެ އަގު ހެޔޮ ނުކުރެވިގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ. މިކަން ހުއްޓުމަކަށް އައިސްގެން މިއުޅެނީ ކީއްވެގެން ހެއްޔެވެ. މައްސަލަ އުޅެނީ ކޮން ބައެއްގެ ހެއްޔެވެ.

ބައެއް މީހުން ދެކޭ ގޮތުގައި މައްސަލަ އުޅެނީ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގައެވެ. އެހެންނަމަވެސް މިރޭ އެނގިގެން މިދިޔައީ މިކަމުގައި މަލީހާއި ދިމާލަށް ކިތަންމެ އެއްޗެއް ގޮވި ނަމަވެސް އިންޓަނެޓުގެ އަގު ހެޔޮ ކުރުމަށްޓަކައި މަލީހާއި ހަވާލު ކޮށްފައި އޮތް ބައި ނިންމާ އޭގެ ވެރިފަރާތަށް ހަވާލުކޮށްފައިވާ ކަމެވެ. މަލީހު ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު ރައީސް އޮފީހަށް އިންޓަނެޓުގެ އަގުތައް ހެޔޮ ކުރާނެ ގޮތުގެ ޕްރޮޕޯސަލެއް ހުށަހަޅާފައެވެ. އޭގެފަހުންވެސް ފަސް މަސް ވެގެން ދިޔައީއެވެ. ހައްލެއް ނައެވެ. އެންމެ ފަހުން ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާ ސޮއިކުރައްވާ މަލީހަށް ފޮނުއްވީ ސިޓީއެކެވެ. ވިދާޅުވީ 2022ވަނަ އަހަރުގެ ކުރިން އިންޓަނެޓުގެ އަގު ހެޔޮނުވާނެ ކަމެވެ.

އިންޓަނެޓުގެ އަގު ހެޔޮ ކުރުމަށް މުއާސަލާތު ކުންފުނިތައްވެސް ގަބޫލު!

ގިނަ ބަޔަކަށް ހީވެފައި އޮތީ ރައްޔިތުން "ފެލައިގެން" މުއާސަލާތު ކުންފުނިތަކަށް ލިބިގެންދާ ފައިދާތައް އިންޓަނެޓު އަގުހެޔޮ ވުމުން އެ ކުންފުނިތަކަށް ލިބިގެން ނުދާނެ ކަމަށެވެ. ނަމަވެސް މިއީވެސް ގިނަބަޔަކަށް ހީވެގެން ދިޔަ ކުން ހީއެކެވެ. އިންޓަނެޓްގެ އަގު %25 ހެޔޮކުރަން ރާއްޖޭގައި އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަކުން ވަނީ އެއްބަސްވެފައެވެ. އެގޮތުން ދިރާގު، އުރީދޫ އަދި އާރްއޯއެލް އިން ވެސް ވަނީ އިންޓަނެޓްގެ އަގު މިހާރަށް ވުރެ 25 އިންސައްތަ ހެޔޮކުރަން އެއްބަސްވެފައެވެ. އިންޓަނެޓްގެ ޚިދުމަތްދޭ ފަރާތްތަކުން މިކަމަށް އެއްބަސްވެފައި ވަނީ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ކުރި މަޝްވަރާތަކުގައެވެ.

އެހެންކަމުން އިންޓަނެޓު އަގު ހެޔޮ ނުކުރެވިގެން މިއުޅެނީ މަލީހުއާ ހެދިއެއްވެސް ނޫނެވެ. އަދި މުއާސަލާތު ހިދުމަތް ދޭ ކުންފުނިތަކާއި ވެސް ހެދިއެއް ނޫންކަން ވަރަށް ސާފުކޮށް މިއޮތީ ފެންނާށެވެ.

ވެރިކަމަށް ވަޑައިގެންނެވި ފަހުންވެސް އެތައް ދުވަހެއް ވެއްޖެއެވެ. އިންޓަނެޓުގެ އަގު ހެޔޮ ނުކުރެވިގެން އުޅޭ ސަބަބެއްވެސް ރައްޔިތުންނަށް ކިޔައި ދެއްވީއެއް ނޫނެވެ. މިކަމުގައި މަސައްކަތް ގޮސްފައި އޮތް ހިސާބެއްވެސް ރައްޔިތުންނަށް އެނގެނީއެއް ނޫނެވެ. ވާނުވާގައި ރައްޔިތުން ބެހެއްޓުމަށްފަހު ރައްޔިތުން ލައްވާ އެއްޗެހި ކިޔަން ނުޖެހޭ މީހުންނާއި ދިމާލަށް އެއްޗެހި ކިޔާއިރުގައިވެސް ސަރުކާރު އޮންނަނީ ހަނެވެ.

ކޮމިއުނިކޭޝަން މިނިސްޓަރު މަލީހަށް ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ ޝައުނާ ސޮއިކުރައްވާ ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ ކަނޑައެޅޭ ވަކި ޕަސެންޓޭޖަކަށް ބިނާކޮށް އަގުތައް ދަށްކުރުމުން، އިންޓަނެޓުގެ ހުރިހާ ޕެކޭޖްތަކަކުން ރައްޔިތުން ބޭނުންވާފަދަ ހެޔޮ ބަދަލެއް ލިބިގެންދާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

ކަނޑައެޅޭ ވަކި ޕަސެންޓޭޖަކަށް ބިނާކޮށް އަގުތައް ދަށްކުރުމުން، ރައްޔިތުންނަށް އެކަން އެދެވޭ ގޮތެއްގައި ބަލައިނުގަނެވޭނެ ކަމަށާއި އަދި މުވާސަލާތީ ހިދުމަތްތަކުން ދައުލަތަށް ލިބޭ އާމްދަނީއަށް ބޮޑު އަސަރެއް މި ބަދަލު ގެނައުމުން އަންނާނެ ކަމަށްވެސް ސިޓީގައި ބުނެފައިވެއެވެ.

އެހެންކަމުން މި ހުރިހާ ކަމެއް ހުއްޓިގެން މިއުޅެނީ ދައުލަތަށް މިކަމުން ގެއްލިގެން ދާނެ ބޮޑު އާމްދަނީއަކާއި ހެދިކަން ވެސް މި ސިޓީން އެނގިގެން ދެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިންޓަނެޓް އަގުހެޔޮ ކުރުމާއި ފިނޭންސް މިނިސްޓަރ އަމީރު ވެސް ވަރަށް ބޮޑަށް ދެކޮޅު ހައްދަވައެވެ. ސަބަބަކީ އިންޓަނެޓްގެ އަގު ހެޔޮ ކުރުމުން ދައުލަތައް ބޮޑު އާމްދަނީއެއް ގެއްލިގެން ދާނެތީއެވެ.

ކޮންމެއަކަސް ރައްޔިތުން މި ހުރިހާ ދުވަހަކު ހީކޮށްގެން ތިބީ އިންޓަނެޓު އަގުހެޔޮ ނުވެގެން އުޅެނީ މިނިސްޓަރު މަލީހާއި މުއާސަލާތު ހިދުމަތް ދޭ ކުންފުނިތަކުގެ ސަބަބުން ކަމަށެވެ. ނަމަވެސް ހަގީގަތް ހާމަވެގެން މިދިޔައީ މަލީހަށް ރައީސް އޮފީހުން ފޮނުވި ސިޓީއާ އެކުގައެވެ. އިންޓަނެޓު އަގުހެޔޮ ނުކުރެވިގެން މިއުޅެނީ ވަކި މީހަކާއި ނުވަތަ ބަޔަކާއި ހެދިއެއް ނޫނެވެ. ސީދާ ސަރުކާރާއި ހެދިއެވެ.

ކިޔުންތެރިންގެ ހިޔާލު

36 ކޮމެންޓް

  1. ތަރަބެ

    ދައުލަތަށް ލިބޭ އާމްދަނީ ގިނަވާތީ ދޯ އިނގިރޭސި ކުންފުންޏަކަށް ދިރާގުގެ ހިއްސާ ވިއްކާލީ.

    129
    3
    • މާރިޔަތު

      ސަރުކާރުގެ މެޖޯރިޓީ ހިއްސާ ވިއްކާލީ ބުއްޅަބޭ. ޢެއިގެ ސަބަބުން އެތަށް ސްޓާފުން ދިރާގަށް އަލް ވަދާއު ކިޔަން ޖެހުނު. އެއިގެތެޜޭގައި ގިނައީ ވެސް މޑޕ ކުދިން

      47
      1
    • ނުރަބޯ

      ތިކަންވެސް ކުރީ އަންނި ކިޔާ ކައުޅު

      18
  2. ދެނީއޭ

    ސީޕްލޭން ޓާމިނަލުން ޖާގަ ދިނުމުގައި ސަރުކާރުގެ ނިންމުން ތަންފީޒުކުރާނަން ކަމަށް ފިނޭންސް މިނިސްޓަރު ބުނި ނަމަވެސް މަމެން އެކަމެއް ގަބޫލެއް ނުކުރާނަމޭ

    30
    1
  3. ޔޫކާންޓްބީ

    ސީޕްލޭން ޓާމިނަލުން ޖާގަ ދިނުމުގައި ސަރުކާރުގެ ނިންމުން ތަންފީޒުކުރާނަން ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވި ނަމަވެސް ތިޔާ ކަން ނުވާނެއޭ ...

    18
    2
  4. މަންޖެ

    ބަރަހަނާ ސައިޓްތައް ބްލޮކުރަން ސަރުކާރަށް ގޮވާލަން. ފައިސާގެ ދަހިވެތިކަމުގައި މިހާރު 2 ޖީލު ހަލާކުވެ ހިނގައްޖެ

    42
    5
  5. ޔޫކާންޓް

    ސީޕްލޭން ޓާމިނަލުން ޖާގަ ދިނުމުގައި ސަރުކާރުގެ ނިންމުން ތަންފީޒުކުރާނަން ކަމަށްވާނަމަ ތިޔާ ކަން ނިމޭނީ އެއީ ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓް ބޮޑުންނަށް ބައި އަޅާ އެމެން އުމުރަށް ދެން ދުވަހަކު ވެސް މަސައްކަތެއް ނުކޮށް ތިބެވޭ ގޮތަށް ނޫންތޭ ...

    22
  6. ޔޫއާރ

    ތަމެން އަމިއްލަ އަށް މަތިން ބައިން ޖެހިގެން ދޯ ބުނީ ތަމެންގެ ވެރިކަމަކީ އެއީ ޒީރޯ ޓޮލެރެންސްގެ ވެރިކަމޭ އެކަމަކު އިސްތަށި ގަނޑު ހާވާލާ އަޑި ބަލާލިއިރު ކޮރަޕްޝަންގެ ހާލި ހަދައިގެން ބިސް އަޅަންއޭ ތަމެން ތިބީ އެކި ނަންނަމުގައި ކޮމިއުނިކޭޝަންސް ކުންފުނި ތައް ހަދައިގެން ދެން ތަމެން ސީޕްލޭން ޓާރމިނަލް އާއި ގުޅޭ ގޮތުން ދައްކާ އެއްވެސް ވާހަކަ އެއް މަމެން ގަބޫލެއް ނުކުރާނަމޭ ...

    29
    3
  7. އަހްމަދު

    ޝުކުރިއްޔާ ސަރުކާރު
    އާދޭ ވޯޓު ހޯދަން މަ ގާތަށް

    33
    3
  8. ނަޝީދު

    އިބޫ އަކީ އަހަރެން ގެންގުޅޭ ޕަޕެޓެއް.

    25
    3
  9. ައަފީ

    ބޯހަލާކް. ނުކިޔަވާ ތިބި ބައެއް ވެރިކަމުގަ ތިބީ މިއޮތީ ހަތަރެސްކަން ހަމަވެފަ. ރައީސް މީހާއަށް ނޭގޭ ރައީސް މީހާގެ ޒިންމާއަކީ ކޮބައިކަން.

    39
    3
  10. އެލެކްސް

    އިންޓަނެޓް އަގު ހެޔޮވާނީ ވެރިކަން ނިމެން ކައިރި ވީމަ، ހަމަ އެހެން ކަރަންޓާއި ފެނުގެ އަގުވެސް ކުޑަ ވާނީ ވެރިކަން ނިމެން ކައިރި ވީމަ، މިނިމަމްވޭޖް ވެސް ކަނޑަ އެޅޭނީ އޭރުން، މަސްވެރިންނަށް ހައްގުވާ މިންވަރާއި، ސްޓޫޑަންޓް ލޯނުވެސް ލިބޭނީ ވެރިކަން ނިމެން ކައިރި ވީމަ، ވިލިމާލެ އާއި މާލެ ދެމެދު ބުރިޖުވެސް އެޅޭނީ އެހާ ތަނުގަ. އުފަންވާ ކުދިންގެ ބޭބީ ޕެކޭޖަށް ހުރިހާ ކަމެއް ވެ ނިމުނީ. ވެރިކަމާއި އިންތިހާބު ތަކަށް ވާ ވައުދަކީ ފުއްދަން ޖެހޭ އެއްޗެއް ނޫން. އެއީ ވެރިކަން ހޯދަން ދައްކާލާ ވާހަކަ އެއް. އިންތިހާބު ތަކާ ދިމާކޮށް ބުނާ ހުރިހާ ބުނުންތަކެއް ފުއްދޭނީ އެވަރުގެ ވިސްނުން ހުންނަ މީހުންނަށް.

    25
    2
  11. ސިކަންދަރު

    އިންޓަނެޓްގެ ވާހަކަ ދައްކާއިރު ދިރާގް ޓީވީވެސް އަގުހެޔޮނުވެ ލަސް ސްޕީޑެއްގައި ދުވަނީ އިސްމާލް ރސދ ކިޔާ ބޭފުޅެއްގެ ނުފޫޒުގަ މީނާޔަކީ މީޑިއާނެޓްގެ އޯނަރެއްގެ ކޮއްކޮ އަކާއި އިނދެގެން އުޅޭމީހަކައްވީމަ މީޑިއާނެޓަައް ދެރައެއް ލިބިދާނެ ކަމައް ވެދާނެބާ

    22
    2
  12. ޙާއްސަ

    ދަ އުލަތަ އްތަ މި ބިލް ދެ އްކެނީ

    10
    3
  13. ރައްޔިތުމީހުން

    ހުޅުމާލެ ފޭސް 2 ގެ މަސަކަތާއި 7000 ފްލެޓް ގެ މަސައްކަތް ވެސް 2 އަހަރު ދުވަހަށް މަޑުޖައްސަން ސަރުކާރުން އަންގާފަ އޮތީ..

    17
    2
  14. ސަޓޯ

    ސަރުކާރު ސޯޓު ބޭލުނީ

    20
    3
  15. އަލީ

    ކެނެރީގޭ ޖާހިލުގެ ބޭނުމަކީ ތައުލީމީ ދާއިރާ ހަލާކު ކުރުން.. ސަބަބަކީ އެދާއިރާގައި ތިބި ރަނގަޅު ޓީޗަރުން އެދާއިރާ ދޫކޮއްލުން... އޭރުން މިގައުމުގައި އިސްލާމީ ތައުލީމު ނުދެވި ދަރިން ޔަހޫދީންނަށް ބަދަލުވެގެން ދިޔުން... ކެނެރީގޭ ޖާހިލުގެ ވިސްނުން ހުރީ މިގޮތަށް... ޔާﷲ ... ނކެނެރީގޭ ޖާހިލުގެ ކިބައިން މިގައުމު ސަލާމަތް ކުރައްވާށި.... އާމީން..

    27
    2
  16. އިހުމާލް

    ކޮމިއުނިކޭސަން މިނސްޓަ މަލީހަށް ފޮނުވިސިޓީއަކީ ސިއްރު ސިޓީއެއްނޫންބާ!!!! މިއަދުގެ މަޖިލީހަށް ކުއްލިމަސްއަލައެއްގެ ގޮތުގައި ހުށަނާޅާނެބާ!! ރައްޔިތުމީހުނަން ވާނުވާއެއް ނޭންގިފަ އޮތްކަމެއް ފަޅާއެރުން އެއީ މަސްއަލައެކެވެ.

    19
    • ޢަޖައިބު

      އިހުމާލް އާއި ހައްޤު ވަކިކުރަން އިނގޭ ؟

  17. ޙަސަނާ

    ޝައުނާ.....7 އަހަރުވަންދެން ބުހުތާން ދޮގުހެދުމުގަ ގައުމާއި ގައުމުންބޭރުގަ ގައުމައްގައްދާރުވެފަ ދެން ރައްޔިތަކައްކުލުނެއްހުންނާނެތަ ބޭނުންވަނީ ރައްޔިތުންފެލަން ދީނައް ނަފުރަތު އުފައްދަންނޫން ކަމެއް އޮފީހުގަވެސްނުކުރެ މާލީބަޔާންވެސް މަކަރާ އޮޅުވާލުމުގަ ބޮޑުވަރު މުޅިސަރުކާރުގަ ލާދީނީޖައްބާރުން މިފަދަނުބައި ޔަހޫދީންގެ ކިބައިން ދިވެހިރައްޔިތުން ސަލާމަތް ކުރައްވާންދޭ..އާމީން

    24
    1
  18. ބެއްޔާ

    އިބޫ: ބޭނުންވަނީ މިއީ ހެޔޮވެރިކަމެކޭ ރައްޔިތުން ބުނުވުން. އެމްޑީޕީ މޮޔަ ކުދިން ތިހެން ބުނެފާނެ. ވަރަށް ހެޔޮތާ.

    25
  19. ހެޔޮލަފާ

    ތިލިޔުން މުޅިއެކުން ރަނގަޅެއްނޫން. އަގުހެޔޮކުރުމަށްޓަކާ ވ ގިނަ މަސައްކަތްތަކެއްވެސް ކުރަންޖެހޭ ސަރުކާރު ސައިޑުން. ހަމަ ނާގާބިލުކަން ސަރުކާރުގެ މިފެންނަނީ

    17
    1
  20. އާދަނު

    ރާއްޖެއަށް މުދާ އިމްޕޯޓް ކުރާހެން އިންޓަނެޓަކީ ވެސް ރާއްޖޭން ބޭރުން ގަނެގެ ވިއްކާ އެއްޗެއް އޭގެ އަގު ހެޔޮ ވާނެ ޑޮލަރު ރޭޓް ތިރި ކުރީމަ

    11
    3
  21. ބޯލާސޯންތް

    އއެއއްބައި މައުލޫމާތު މަދު! ހަޤީގާތަކީ އިންޑިޔާގެ ކުންފުންޏެއް އިންޓަރނެޓް ހެޔޮކުރަން ގެންނަން އުޅޭކަން! އެމިޝަން ކާމިޔާބެއް ނުވާނެތާ މިހާރު ތިބި ކުންފުނިތަކުގެ އަގުހެޔޮ ވެއްޖެޔާ!

    14
    1
  22. ދިވެހިން

    އާދޭ އެމްޑީޕީ އެއްޗެހިތައް ވޯޓް ހޯދަން އެއްކަމެއްވެސް ވާނެ ބައެއްނޫން ތީކީ

    14
    2
  23. އަދުރޭ_09

    އިންޓަރނެޓް ގެ އަގު ހެޔޮކުރާނީ މި ސަރުކާރުން، މީ އަދި ވެރިކަމުގެ ކުރީކޮޅު، އަދި ނުވޭ ބޮލުރޮއްޖެއްހެން ތެޅިފޮޅޭކަށް..

    4
    15
  24. ޙުހ

    ފިތުނަ ފަސާދައިގެ ބޮޑު ނޫސް މީ..

    4
    12
  25. އ. ޖ. އ

    ހަމަ ދިރާގާ އުރީދޫން ޕްރޮފިޓަށް ވިސްނާފަ ފަނި ހަދަނީ

    2
    6
  26. ރައްޔިތުން

    މިފެންނަނީ މިސަރުކާރު ރައްޔަތުން ނަ ހަރާމް ކޯރު ވާ މިން ވަރު. ޖެހޭވަރު މަދުވެ ނިކަމެތި ރައްޔިތުން ފެލަނީ.

    • ނަރެލް

      ތިހެންބުނީމަހީވަނި ކުރީސަރުކާރުއޮތްއިރު އިންޓަރނެޓް ހިލޭލިބުންހެން

  27. ޙުސޭން

    އަގުހެޔޮކޮއްފިއްޔާ މިވެރިން މި ގެންނަން އުޅޭ އިންޑޔގެ ރިލަޔަންސް މޯބައިލް ނެތްވޯރކް ނުގެނެވިދާނެއެއްނު އަދި ގެނަޔަސް މާބޮޑު ތާއީދެއް ނުލިބިދާނެއެއްނު، މީވާ ވެރިކަމެއް

  28. ނަރެލް

    ތިހެންބުނީމަހީވަނި ކުރީސަރުކާރުއޮތްއިރު އިންޓަރނެޓް ހިލޭލިބުންހެން

    1
    4
  29. ޑިމޮކްރަސީ

    ރައްޔިތުން ގުބޯހެއްދުންނޫންކަމެއް އެބަކުރޭތަ

  30. އަލީ މޫސާ

    ސަރުކާރުން މިހާރު އެދޮންކުރަނީ، އިންތިހާބު ކައިރިވަންދެން، އިންތިހާބު ކައިރިވީމަ އެކަންވެސްކުރާނީ

  31. މެކް

    އެބަސް ވިޔަސް ވަރިހަމަ މަމެންނައް ވެރިކަން ހޯދާދެންވެގެން ދިވެހި ރައްޔިތުންގެ ވޯޓްތައް ވަގައްނަގައިދިން އިންޑިއާއައް ދޭންބޭނުންވަނީ

  32. އެމަންޖެ

    ދޮގުނަހަދާ މިހާރުދެން ތެދައްބުނޭ ތިމަންނަމެން ވެރިކަމަށް އެރީ ގައުމު ފެލާ ލައި ކައި ހުސްކުރާށޭ...ކަލޭމެން ބޭލޭނެ ވަރުބަޔަކު މިގައުމިގަ ނެއްކަން އިނގެއެއްނު، ގައުމު ފަޝާދަ ކޮއްފި މި އަނނިޔެއްކިޔާ ޟައިތޯން.