ކޮވިޑް-19 މިވަނީ މުޅި ދުނިޔެއަށް ބޮޑު ބިރަކަށް ވެފައެވެ. ބަލިން ސަލާމަތްވުމަށް ގައުމުގެ އިޤުތިޞާދު ކުރުބާންކޮށް، ގިނަ ގައުމުތަކުން ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފިއެވެ. އެންމެ ވަރުގަދަ އިޤުތިޞާދެއް އޮތް ޗައިނާ އިން ވެސް ކާރުހާނާތަކާއި، ބަނދަރުތައް ބަންދުކޮށްފައި އެވަނީ ކޮވިޑް-19 އިން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅެއް އެޅުމުގެ ގޮތުންނެވެ. އެހެން ގައުމުތަކުން ވެސް ވަނީ ކޮވިޑް-19 އިން ސަލާމަތްވުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. ނަމަވެސް ރާއްޖެ އިން ފެންނަނީ ރައްކާތެރިކަމުގެ ފިޔަޅުތައް އެޅުމުގައި ވެސް ވަރަށް ލަސް ދުވެއްޔެއްގައި އުޅޭ މަންޒަރެވެ.

ޗައިނާ އިން ރާއްޖެ އަށް ފަތުރުވެރިން އައުން މަނާ ކުރީވެސް ދުނިޔޭގެ އެހެން ގިނަ ގައުމުތަކުން އެފިޔަވަޅު އެޅިތާ އެތައް ދުވަހެއް ފަހުންނެވެ. މިހާރު އިޓަލީވިލާތުން، ޔޫރަޕާއި، މެދުއިރުމައްޗާއި އަދި އެފްރިކާގެ ބައެއް ގައުމުތަކަށް ކޮވިޑް-19 ފެތުރިފައި ވީނަމަވެސް އަދިވެސް އިޓަލީވިލާތުން ރާއްޖެ އަށް ފަތުރުވެރިން އައުމުގައި އެއްވެސް ހުރަހެއް ނެތެވެ.

އިޓަލީވިލާތަކީ ފަތުރުވެރިން ރާއްޖެ އަންނަ ނިސްބަތައް ބަލާއިރު ރާއްޖެއަށް ވަރަށް މުހިއްމު މާކެޓެކެވެ. ރާއްޖެއަކީ ފަތުރުވެރިކަމަށް މުޅި އިޤުތިޞާދު ބަރޯސާވެފައި އޮތް ގައުމަކަށްވުމުން ރާއްޖެ އަށް ކޮންމެ ފަތުރުވެރިޔަކީ ވެސް މުހިއްމު ފަތުރުވެރިއެކެވެ. ފަތުރުވެރިން އަންނަ ބޮޑެތި މާކެޓްތަކުގެ މުހިއްމުކަން ވަކިން ބޮޑެވެ. ނަމަވެސް އެއަށްވުރެ ދިވެހި ސަރުކާރަށް ދިވެހިންގެ ފުރާނަ މުހިއްމު ވާން އެބަޖެހެއެވެ.

އިޓަލީވިލާތުގައި ކޮވިޑް-19 އޮތް ހާލަތާއި ގުޅޭ ގޮތުން "ނިއުޔޯކް ޓައިމްސް" ގައި ލިޔެފައި ވެއެވެ. "އިޓަލީވިލާތުން ކޮވިޑް-19 ފެނިފައި ވަނީ ޗައިނާ އާއި ބަލާއިރު ނިސްބަތުން މަދު ބައެއްގެ ގައިންނެވެ. ނަމަވެސް އިޓަލީވިލާތް މެދުވެރިވެގެން ބަލި ފެތިރިފައިވާ ނިސްބަތައް ބަލާއިރު އިޓަލީވިލާތުގެ ހާލަތު މާބޮޑަށްވެސް ގޯހެވެ. އިޓަލީވިލާތުން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި ގިނަ މީހުންގެ ކިބައިން ފެނުނީ ވަރަށް މަދު އަލާމާތްތަކެކެވެ. ނުވަތަ އެއްވެސް އަލާމާތެއް ނުފެނެއެވެ. ނަމަވެސް އެހެން މީހުންގެ ގަޔަށް ބަލި ފެތުރުމުގެ މެދުވެރިޔަކަށް އެމީހުން ވެއްޖެއެވެ."

"ނިއުޔޯކް ޓައިމްސް" ގައި ބުނެފައިވާ ވާހަކަތަކަކީ ކޮވިޑް-19 އާއި ގުޅޭ ގޮތުން އިޓަލީވިލާތުގެ ހާލަތު އޮތް މިންވަރު ކޮންމެވެސް ވަރަކަށް އަންދާސާ ކޮށްލެވޭނެ ވާހަކަތަކެކެވެ.

ރާއްޖޭގެ ޑޮކްޓަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ވަގުތު" އަށް ވިދާޅުވީ ކޮވިޑް-19 ބަލި މީހަކު ރާއްޖެ އިން ފެނިއްޖެނަމަ އެއީ ރާއްޖެ ކިތަންމެ ފުރިހަމައަށް ތައްޔާރުވެފައި އޮތް ނަމަވެސް އެތައް ގޮންޖެހުމެއް ކުރިމަތިވެގެން ދާނެ ކަމެއް ކަމަށެވެ. އެހެންކަމުން ބަލި އަންނަން ހުރި ހުރިހާ ދޮރުތަކެއް ބަންދުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރާއްޖެއަށް ލިބިއްޖެ ވަރަށް ގިނަ ދުވަސް ތައްޔާރުވާން. ނަމަވެސް ރާއްޖެ އަންނަ ފަތުރުވެރިޔަކު ބައްޔަށް ޕޮޒިޓިވް ވެއްޖެނަމަ އޭނާ ހޭންޑަލް ކުރުން އެއީ އަދިވެސް ވަސީލަތްތައް މިހިރަގޮތުން ކުރަން ވަރަށް ދަތިކަމަކަށް ވާނެ. އޭނާގެ ކިބައިން އެހެން މީހުންނަށް ބަލި ފެތުރިގެން ދިއުމުގެ ބިރާއި، އޭނާ އަށް ރާއްޖޭގައި ފަރުވާދީ، ބަލަހައްޓަން ހުރި ގޮންޖެހުންތަކަށް ވިސްނާފައި ވެސް އިޓަލީވިލާތް ފަދަ ގައުމުތަކުން ރާއްޖެއަށް ފަތުރުވެރިން އައުން މިވަގުތައް ހުއްޓާލަން ޖެހޭ." އޭނާ ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ތަޖުރިބާކާރަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ވަގުތު" އަށް ވިދާޅުވީ އިޓަލީވިލާތުން ފަތުރުވެރިން ރާއްޖެ އައުން މިވަގުތައް މަޑުޖައްސާލި ނަމަވެސް ލިބޭނެ ގެއްލުމަށްވުރެ، ރާއްޖެ އިން ކޮވިޑް-19 ފެނިއްޖެނަމަ ލިބޭނެ ގެއްލުން މާބޮޑުވާނެ ކަމަށެވެ.

"އެންމެ ކޭސްއެއް ފެނުނަަސް އެތައް ހާސް ބުކިންއެއް އިތުރަށް ކެންސަލް ވެގެންދާނެ. އެހެންކަމުން މިހާރު ހަމަކޮންމެހެން ކުރަންޖެހޭ ކަމެއް އިޓަލީވިލާތުން ފަތުރުވެރިން އައުން ހުއްޓުވާލުން އެއީ." އޭނާ ވިދާޅުވިއެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖެ އިން ކުރަމުން އަންނަ ކަމަކީ އެއާޕޯޓްތަކުގައި ތާމަލް ކެމެރާތަކެއް ބަހައްޓައިގެން މީހުންގެ ކިބައިގައި ހުމުގެ އަސަރު ހުރިތޯ ބެލުމެވެ. ތާމަލް ކެމެރާ އިން ބަލާއިރު ހުމުގެ އަސަރު ނެތްނަމަ ދެން ކުރާނެ ކަމެއް ނެތެވެ. ނަމަވެސް ދުނިޔޭގެ ބައެއް ތަޖުރިބާކާރުން މިހާރުވެސް ވަނީ ތާމަލް ކެމެރާ ބޭނުންކޮށްގެން ކޮވިޑް-19 ޖެހިފައި ހުރި މީހުން ދެނެގަނެވޭ ނިސްބަތާއި ބެހޭ ގޮތުން ސުވާލު އުފައްދާފައެވެ.

"ސީއެންއެން" ބުނާ ގޮތުގައި އަދި މިހާތަނަށް އެމެރިކާގައި ތާމަލް ކެމެރާ ބޭނުންކޮށްގެން ކޮވިޑް-19 ޖެހިފައި ހުރި އެންމެ މީހަކު ވެސް ދެނެގަނެވިފައެއް ނުވެއެވެ. އެހެންކަމުން އެއާޕޯޓްތަކުގައި ތާމަލް ކެމެރާ ބަހައްޓައިގެން ބޭނުންވާ ނަތީޖާ ނެރެވެމުން ނުދާކަމަށް "ސީއެންއެން" އަށް މައުލޫމާތު ދެއްވި އެމެރިކާގެ ތަޖުރިބާކާރުން ވިދާޅުވެފައި ވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ވެސް ސަރުކާރުގެ ހަރަކާތްތައް ލަހެވެ. ރައްޔިތުންނަށް އެންމެ އެކަށީގެންވާ ގޮތެއްގައި މައުލޫމާތު ފޯރުކޮށެއް ނުދެއެވެ. އަދި މައުލޫމާތު އޮޅުވާލުމުގެ ތުހުމަތު ވެސް ސަރުކާރަށް ކުރެވެއެވެ. ސަބަބަކީ މީގެ ކުރިން ކޮވިޑް-19 އަށް ޓެސްޓް ކުރަން ރާއްޖެއިން ބޭރަށް ތިން މީހެއްގެ ސާމްޕަލް ފޮނުވާފައިވާ ކަމަށް ވިދާޅުވުމަށްފަހު ނަތީޖާ ލިބުމުން ހަތް މީހެއްގެ ސާމްޕަލް ފޮނުވިކަމަށް އިއުތިރާފް ވެފައި ވާތީއެވެ. އެހެންކަމުން މިކަންކަން ރަނގަޅުކޮށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން މިއަދު މިވަނީ ޖެހިފައެވެ.

ފަތުރުވެރިން ރާއްޖެ ނާންނަނަމަ އެކަމުގެ އަސަރު ރާއްޖޭގެ އިޤުތިޞާދަށް ކުރާނެއެވެ. ރައްޔިތުން ސަރުކާރުގެ ކިބައިން އެދޭއެދުމަކީ އިޤުތިޞާދަށް އަންނަ ލޮޅުން ކުޑަވާނެ ގޮތެއް ސަރުކާރުން ހޯއްދަވައި ދެއްވާށެވެ. އެއީ ސަރުކާރުގެ ޒިންމާއެކެވެ. ސަރުކާރުގެ ގާބިލްކަން ދައްކާށެވެ. ރައީސް ޞާލިހްގެ ކުޅަދާނަކަން ދައްކާށެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. އެޑްމުންޑޯ

    ކޮންމެގޮތެއްހަދާފައިވެސް ޑޮލަރު ލިބުނީމާ އެނިމުނީ

    78
    2
    • ކިބޫ

      ރައްޔިތުން ބޭނުމެއް ނޫން ބޭނުންވަނީ ޑޮލަރު

      11
      3
  2. ޢަސްލު

    އިޓަލީ ފުލައިޓް ވަގުތުން ހުއްޓާލާ

    103
    3
  3. ޑޮލަރު

    ޑޮލަރު ނުލިބި ސަރުކާރުގެ ހިންގުން ހުއްޓި ތަކެތީގެ އަގު މައްޗަށް ދާންފެށީމަވެސް ސަރުކާރު ފެއިލްވީއޭ އިސްތިއުފާއޭ ކިޔާ އެންމެ އަވަހަށް ވަށްވަށަ ޖަހާނި ކަލޭމެން. މިއީ އަމިއްލަ އުފެއްދުންތެރިކަމުން އުޅެވޭވަރުގެ ޤޢުމެއް ނޫން.. އެހެން ނޫނަސް އިޓަލީގެ ވަކި ހިސާބެއްގަ ފެތުރެނީ އެ ހިސާބަކުން ރާއްޖެއަކަށް ދަތުރެއް ނުކުރޭ.. ޗައިނާއިންވެސް ދަތުރު ހުއްޓާލީ ޗައިނާ މީހުން ރާއްޖެއާދޭ ބަރާބަރަށް. ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ މޮނިޓަރކުރަމުން އެހެންދަނީ.. މިހާރު މިއީ މުޅި ދުނިޔޭގަ އުޅޭއެއްޗެއް ވަކި ބަޔަކު ރާއްޖެ އައުން މަނާކޮށްގެން ހުއްޓުވޭނެ އެއްޗެއް ނޫން.. ތިޔަ ޖައްސާ ގޭމު އެނގޭ!

    30
    100
    • އަހަރެން

      މިހާރު ތަކެތީގެ އަގު ހެވީތަ؟؟؟

      64
      5
      • ވަގުތު

        ޔާމީނު ވެރިކަމަށްވުރެއް ހެޔޮ ތެޔޮވެސް ދެންހިރި އެއްޗެތިވެސް.. އެވަރުވެސް ރަނގަޅު މިވަގުތަށް.

        3
        21
        • މަކިނބޫ އެޓް ދުބާއީ

          ކަލޭދޯ ހުރިހާ ރައްޔިތުންގެ ނަމުގަ ގްރީން ޓެކްސް ވެސް ދައްކަނީ . އެހެންވިއްޔާ އަގު ހެޔޮވާނެ ނުން ކިތަންމެ ވަރަކަށްވެސް

        • ފަލަޑޭ

          ފިޔާ ކިލޮއެއް ކިހާވަރަކަށޭ.....
          ކަރަންޓު ބިލުވެސް ގައިމު ބޮޑު ޔާމިނުވެރިކަމަށް ވުރެ.
          ދެން މަގޭ ދުލުގަ ހިފާ ނުދަމާ އިތުރަށް.£££££££

          3
          1
  4. Anonymous

    ރ. ސޯލިޙަށް އިޙްތިރާމާއި އެކު ދަންނަވަން.
    އިސްލާމްދީނުގައިވާ ކަރަންޓީނުގެ އުޞޫލު ޚުތުބާ ގައި ކިޔަކަސް ކަމަކު ނުދާނެ. ޢަމަލުކުރޭ.
    އިސްލާމްދީނުގައި ހުރިހާ ކަމެއްގެ ޙައްލުއެބައޮތް
    ކުރި ހުވާގެ މަތިން ހަނދުމަފުޅު ބަހައްޓަވާ.ބަހަާއި ޢަމަލު އެއްގޮތް ކުރަށްވާ.

    96
    3
  5. ޙިމާމް

    ޥަރައް މުހިންމު ވާހަކައެއް ޗައިނާ ފިޔަވަޅު އެޅި ގައުމުތަކުގަ އެކަން އޮތަސް ރާއްޖެ އެމީހުން އަންނަ ވަރު ވަރައް މަދު. ނަމަވެސް އިޓަލީ އަކީ އެހެން ގައުމު ތަކައް ވެސް އެބަލި އެންމެ ގިނައިން ގެންދިޔަ މީހުން. ޢަދި ހުދު އެގައުމުގަ ވެސް ރަނގަޅައް ޓެސްޓް ވެސް ނެހެދޭ. ޢެހެންވެ އެގައުމުގަ ބަލި ނޭގި މަރުވާ ނިސްބަތް ގިނަ.

    53
    2
  6. ޛަރުލް

    ޢެހެން ގައުމު ތަކާ ހިލާފަ. އިޓަލީގެ ހުރިހާ ހިސާބަކު ތި އެބައޮތް. ކޮންޓުރޮލް ނުވެ. ޓެސްޓް ވެސް ނުވެ. ދެން ހުރި ގައުމު ތަކުގަ ވަކި ހިސާބަކު އުޅެނީ

    40
    3
  7. އެކްޓަރ

    މިސަރުކާރު ކުރިމަތީގައި ރައްޔިތުންނަކީ އެއްވެސް އަގެއްނެތްބަޔެއް.... ރައްޔިތުން ނުރައްކަލުގައި ވިޔަސް ވެރިކަން ދެމެހެއްޓުނީމަ ނިމުނީ...ސަރުކާރުގެ ވިސްނުމަކީ ރައްޔިތުން އަޅުވެތިކޮށްގެން ވެރިކަން ހިންގުން....

    52
    6
  8. ހަސަނު

    ސަރުކާރު ހުރިހައި ކަމަކުން ފެއިލް ވެއްޖެ ދެންވެސް ރަތް ރީނދޫ މަރުމޯލުން އަތްޖަހާ

    43
    1
  9. Anonymous

    ސޯލިޙަށް ޤައުމު ހިންގަން ނޭންގެންޏާ ހިންގޭވަރު މީހުންނާ ޤައުމު ޙަވާލު ކުރޭ

    44
    3
  10. ކޮރޯނާ

    އިބުޜާހީމް ސުލޯލިހު ކޮންމެ ކަމެއް އެހާ ސުލޯވެގެން ކަމަކު ނުދާނެ... މީތި ސިޔާސި ކަމަކައް ނަހަދާ އަތައް ނުގޮވަނީސް މިކަމާ އުޅެދީ މާދަމާ ވެސް ލާރި ލިބިދާނެ... ގެއްލުނު ފުރާނައެއް ނުލިބޭނެ.. މި ތާ މިބަލި ނެއްކަމާމެދުވެސް ސުވާލު އުފެދޭ....

    42
    2
  11. ކޮރަކަލި

    ﷲ ދިވެހިންނަށް ދަރުމަވަންތަވެ ވޮޑިގެން ގިނަ ގުނަ ނިއުމަތް ތަކެއް ދެއްވާ ރަހުމަތްލައްވަވަމުން ދާ އިރު ޝުކުރުވެރި ނުވަނީ ކީއްވެ ހެއްެޔެވެ ހިތާމަހުރި ކަމެކެވެ އަމިއްލަ އެދުމަށްޓަކައި ބަލާޔާ މުސީބާތް ތަކުގެ ތެރެއަށް ވަދެ ގައުމު ސުންނާފަތި ކުރަން ތި ފޯރި ނަގަނީ ޗައިނާ ފަދަ ކުރިއަރާފައިވާ ބިޔަ ބާރަކަށް ދިވެހިން ނުވާއިރު ޗައިނާ އަށް ވީ ގޮތްވެސް ކެރަފާ ސަރުކާރަށް ނުފެންނަކަމީ މިއަދު ދިވެން ނަށް ކުރިމަތި ވެފައިވާ އެއްމުސީބާތެވެ

    17
    2
    • ލަނޑާ

      އަމިއްލަ ގައުމު ވައިރަހުން ސަލާމަތް ކުރެވިގެންނެއްނު އެހެން ގައުމެއް ސަލާމަތް ކުރެވޭނީ؟

      1
      2
  12. ޢއ

    ވޯޓުގެ ވާހަކަ ނޫނީ އަޑެއްނާހާނެ!

    13
    1
  13. ނާސިރު

    ހެލްތް މިނިސްޓްރީގެ ވެރިޔަ ކު ބުނީ ރާއްޖެއަށް އަދިވެސް ޑޮ ކްޓަރުންނާއި ނަރުހުން ބޭނުންކުރާނެ ގައުން ނުލިބޭކަމަށް. ޔޫރަޕުންވެސް އަދި އިންޑިއާއިންވެސް ނުލިބުނު ކަމަށް. މިހުރީ ހާލަތު ހުރިގޮތް

    12
  14. ދެބައިކުޅަ

    ޓުއަރިޒަމައް ބަރޯސާވުން ހުއްޓާލާކައް ނުވޭތޯ؟ އެހެން ގޮތްގޮތުން އާމްދަނީ ހޯދާކައް ނުވޭތޯ. ބައްޔެއް ފެތުރުނަސް ހަނގުރާމައެއް ފެށުނަސް ހުއްޓިގެންދާ އެއްޗަކައް ބަރޯސާވުމަކީ ކަރުގައި ވާގަނޑެއްޖަހާފައި ފައިދަށުގައި އިން ފިލާގަނޑު ފީވެގެން ހަލާކުވެގެން ނުދާނެކަމައް ބަލާގެން ހުރުންކަހަލަ ކަމެއް.

    12
    1
  15. ބަގު

    ކަލެމެނަ×ަތު ރަގަލު ގޮތެެތް ނެތެތްނުން

    2
    4
  16. ބްރޯ

    މިހާރު އެންމެ ނުރައްކަގޮތުގަ ބަލި ފެތުރެމުންދަނީ އިޓަލި އީރާން ދެކުނު ކޮރެޔާ އިން މިގައުމުތަކުން ރާއްޖެއަސް މީހުންއެތެރކުރުމަކީ ވަރަށް ނުރައްކާކަމެއް. މާތް ﷲ ގެ ނަބިއްޔާގެ ހަދިސްފުޅާ އެއްގޮތަސް އަމަލުކުރުމަކީ އެންމެނަށް ރައްކާތެރި ފިޔަވަޅު އެއީ ރަށެއްގަ ތާއޫނު ފެށިއްޖެ ނަމަ އެރަށަކަށް ނުވަނުމަށާ އެރަށުގާ ތިބިބަޔަކު އެރަށުންބޭރަށް ނުނިކުތުމަށް ކުރެއްވި ހަދީސް .މި ހަދިސްފުޅާ އެއްގޮތަށް އަމަލުނުކުރުމުގެ ނަތިޖާ މިހާރުވެސް އެބަފެނޭ.

    11
    1
  17. މައުރޯ

    ޑޮލަރެއްނޫން ޔޫރޯ އިނގޭތޯ.

    1
    3
  18. ހަސަދު

    ބަލަ ފުރާނަ ސަލާމަތްވާން އަންނަނީވެސް އެޑޮލަރުކޮޅު ލިބިގެންނޭ.

  19. ބްރޯ

    ދިވެހި ރައްޔިތުންގެ ފުރާނަޔަށް ވުރެ މުހިންމީ ކެރަފާ ސިއްކަ ވިޔަފާރީގެ ބައިވެރިޔާ އިޓަލީގެ ވިކެންޒާ އެއްނޫންތަ؟

  20. ޙުކުމް

    ކޮންމެމީހަކުވެސް ޒިންމާވާނީ އަގަން އިން ކަމެއްޖެހުނީމަ އަވަހައްފިލަންވީ
    ޑޮލަރ ބޭނުމެއްނޫން ރައިޔެތުންބޭނުންނެތިއެއް ވވ ސާފް

  21. ބްރޯ

    ދިވެހިންގެ ފުރަނަޔަށް ވުރެ ޑޮލަރު މުހިންމު ވީ ނަސިދުއައި ސާލިހް އަށް އެހެންވެ އިޓަލީން މީހުން އައުން ނުހުއްޓުވީ