އެއީ ދިވެހި ކާބަފައިން އެތައް ދަލަކާއި ލެޔެއް އޮހޮރުވައިގެން ހެދި ރާއްޖޭގެ މައި ވައިގެ ބަނދަރެވެ. ދިވެހިންގެ ފަހުރެއްގެ ގޮތުގައި އަބަދުވެސް ދެކޭ އެއް ތަނެވެ. ކުރީގެ ރައީސް އިބްރާހިމް ނާސިރު ވެރިކަމުގައި މާލެ އަށް މީހުން އައިސް ދަގަނޑު ފިލާ ބޭނުންކޮށްގެން ހެދި ހުޅުލެ އެއާޕޯޓެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ތަރައްގީ ކުރެއްވި "ބިނާ"އެކެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިންގިލާބީ ބޮޑެތި ބަދަލުތަކެއް ގެނައި ފަތުރުވެރިކަމުގައި މައި ދޮރާއްޓެވެ.

އިނގިރޭސިންގެ ހިމާޔަތުގައި ރާއްޖެ އޮތް ދުވަސްވަރު، އެޅި އެއާޕޯޓަކީ މިއަދު ދުނިޔޭގެ އެކިކަންކޮޅުތަކުގެ ފަތުރުވެރިން އަބަދުވެސް ޖަމާވަމުން އަންނަ މައިދާނެވެ. ދުވާލެއްގެ މައްޗަށް މި ދުވަސްވަރު 5000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައުމަށް ބޭނުން ކުރަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓެވެ. އެކަމަކު، މިހާރު އެއީ މާޒީއެވެ. ކޮވިޑް-19 އާ ގުޅިގެން މިހާރު ދުވާލެއްގެ މައްޗަށް ރާއްޖެ އަށް ޗުއްޓީ ހޭދަކުރަން އަންނަނީ އެންމެ 1600 ފަތުރުވެރިންނެވެ. މިއަދަދު ވެސް އަންނަނީ މަދުވަމުންނެވެ. އެއީ އިގްތިސާދަށް އަންނާނެ ބޮޑު ލޮޅުމެކެވެ.

އެތައް ބިލިއަން ޑޮލަރުގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ކުރިން ނަމަ، ތޮއްޖެހިފައި އޮންނަ ތަނެކެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފެށިގެން ޑޮމެސްޓިކް ޓާމިނަލްއާ ހަމައަށެވެ. ގޮނޑިތަކުގައި ގިނަ އިން އިށީނދެގެން ތިބޭނީ ބޭރުގެ ފަތުރުވެރިންނެވެ. އެއީ ފުރަންދާ މީހުންނާއި ރާއްޖެ އައިސް ތިބޭ މީހުންނެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތެރޭގައި ހުންނަ ރެސްޓޯރަންޓުތައް އޮންނާނީ ބޭރުގެ ފަތުރުވެރިންނާ އެކު ފުރިފައެވެ. އެއީ އޭރު އެހާ ވެސް ހަރަކާތްތެރި ތަނެކެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އިއްޔެ އޮތް ގޮތުގެ ފޮޓޯ

އެކަމަކު، މިއީ ވެސް މިހާރު މާޒީ އެވެ.

ކޮވިޑް-19 އާ ގުޅިގެން އެންމެ ބޮޑު ބަދަލެއް އައި އެއް ތަނަކީ ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓެވެ. ބޮޑެތި މަތިންދާ ބޯޓު ފަހަރު ނާދެއެވެ. ރަންވޭ އަށް ޖައްސާނެ މާ ގިނަ މަތިންދާ ބޯޓު ފަހަރެއް ނުވެއެވެ. ވެހިކަލްތަކުން ކުރިން ފުރިފައި އޮންނަ އެއާޕޯޓަށް މިހާރު ދާނެ ވެހިކަލެއް ނުވެއެވެ.

ހަގީގަތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވެރިވެފައި އޮތީ ފަޅުކަމެވެ. އެއާޕޯޓުގައި އެއްވެސް ކަހަލަ ދިރުމެއް ނެތެވެ. މީހުންގެ އަޑުން "ގުގުމާލާފައި" އޮންނަ އެއާޕޯޓު އޮތީ ހިމޭންކަމުގައެވެ. ކޮވިޑް-19 ގެ އަސަރު ރާއްޖެ އަށް ކުރި ފަހުން، އެއާޕޯޓު އެންމެ ބޮޑަށް ފަޅުވީ އިއްޔެއެވެ.

"އަޅުގަނޑު މިހާރު އެއާޕޯޓުގައި މަސައްކަތް ކުރަމުން އަންނަތާ ތިން އަހަރު ވާން ކައިރި މިވަނީ. އެހާ ގިނަ ދުވަސްވީ އިރުގައި އެއާޕޯޓު މިހާ ފަޅުވެފައި އޮތް ދުވަހެއް ދުވަހަކު ވެސް ނުދެކެން. އަޅުގަނޑަށް ފާހަގަވީ އެއްވެސް ކަހަލަ ހިލަމެއް ނެތް ތަނެއްގެ ގޮތުގައި،" އެއާޕޯޓުގައި މަސައްކަތް ކުރާ މުވައްޒަފަކު "ވަގުތަށް" ކިޔައިދިނެވެ.

އޭނާ ބުނި ގޮތުގައި ބުރާސްފަތި ދުވަހަކީ އެއާޕޯޓު އެއްކޮށް ފަޅުވި ދުވަހެއް ކަމަށެވެ. ހެނދުނާއި ރޭގަނޑު ވެސް އެއާޕޯޓު އޮތީ ފަޅުކޮށް ކަމަށް އޭނާ ބުންޏެވެ.

"ޑޮމެސްޓިކް ޓާމިނަލްގައި ކޮންމެވެސް ވަރަކަށް ދިވެހިން އައިސް އުޅޭ. އެކަމަކު، އެއީ ވަރަށް މަދުން. އިންޓަނޭޝަނަލް އެއާޕޯޓު އެއްކޮށް އޮތީ ފަޅުކޮށް،" އެމީހާ ކިޔައިދިނެވެ.

ހުޅުލެ

އޭނާ ބުނީ މިހާރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސް އުޅެނީ ރާއްޖެ އިން ފުރަންދާ ފަތުރުވެރިން އެކަނި ކަމަށެވެ.

މިކަމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދުގެ 75 ޕަސެންޓް ހިއްސާކުރާ ޓޫރިޒަމް އިންޑަސްޓްރީ ވެއްޓޭނީ ފުން ވަޅުގަނޑަކަށެވެ. މިދިޔަ އަހަރު ރާއްޖެ އަށް އައީ 1.7 މިލިއަން ޓޫރިސްޓުން ކަމަށްވާ އިރު، އެ އަދަދަށް މި އަހަރު މީހުން ރާއްޖެ ގެނައުމަށް އިތުރު މަސައްކަތްތަކެއް ކުރަން ޖެހެއެވެ. ކޮވިޑް-19 އާ ގުޅިގެން ކިތަންމެ ބޮޑު ގޮންޖެހުމަކާ ކުރިމަތިލުމަށް ވެސް ސަރުކާރު އޮތީ ތައްޔާރަށެވެ. އެ މަސައްކަތުގައި އެންމެ އިސް ވަޒީރަކަށް މިވަގުތު ހުންނެވި އެއް ބޭފުޅަކީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ.

އަލީ ވަހީދުގެ އަޒުމާއި ހިތްވަރު މިކަމުގައި ވަރަށް ވަރުގަދައެވެ. ޓޫރިޒަމް މިނިސްޓްރީގެ އާ ޕްލޭންތަކެއް އެބަހުއްޓެވެ. މި އަޑިގަނޑުން އަރައިގަނެ، ދިވެހި ރައްޔިތުންނަށް އުފާވެރި މަންޒަރުތަކެއް ކުރިއަށް އޮތް ތަނުގައި ދެއްކޭނެ ކަމުގެ ޔަގީންކަން އަލީ ވަހީދު ދެއްވައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ފާލަން ކައިރި

ކޮވިޑް-19 އަށް ހަގީގަތުގައި ދުނިޔެ ވެސް ތައްޔާރެއް ނޫނެވެ. އެހެންވެ އެމެރިކާ އާއި ފްރާންސާއި ޗައިނާ އާއި ޖަރުމަނާއި އިޓަލީ ފަދަ ތަރައްގީވެފައިވާ ބޮޑެތި ގައުމުތަކުން މުހިއްމު ފިޔަވަޅުތަކެއް އެޅުމަށް މަޖުބޫރު ކުރުވިއެވެ. ހީވެސް ނުކުރެވޭ ފަދަ، ފިޔަވަޅުތައް އެ ގައުމުތަކުން އަޅައިފިއެވެ. މިކަމުގައި ރާއްޖެ ވެސް ދުލެއް ނުދެއެވެ.

އެ ފިޔަވަޅުތަކުގެ ސަބަބުން ވައިރަސް ކޮންޓްރޯލްކުރެވޭނެ ކަމުގެ ޔަގީންކަން، ސިއްހީ ދާއިރާގެ ތަޖުރިބާކާރުންނަށް އެބަ އޮތެވެ. ޗައިނާއިން ދުނިޔެއަށް ދައްކައިދިނީ އެ ނަތީޖާއެވެ. ޗައިނާގައި އެޅި ވަރުގަދަ ފިޔަވަޅުތަކުގެ ސަބަބުން އެ ގައުމުގައި މިހާރު ބަލި ވަނީ ކޮންޓްރޯލްކޮށްފައެވެ.

ރާއްޖެ އިން އެޅި ފިޔަވަޅުތަކުގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ބޭރުގެ ބައެއް ގައުމުތަކުން ފަތުރުވެރިން ރާއްޖެ އައުން މަނާ ކުރުމެވެ.

ކޮންމެއަކަސް، ދިވެހި ހުރިހާ ރައްޔިތުންގެ އުންމީދަކީ މި ވަބާ އިން ރާއްޖެ ވީހާވެސް އަވަހަށް ސަލާމަތްވާނެ އިރެކެވެ. މީގެކުރިން އޮތް ހާލަތަށް ރުޖޫއަވާނެ އިރަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ޢެސޮރު

    މިސްކިތްތަށް ފަޅުވެގެން ކުރި އަސަރެއްނެތް

    102
    8
    • ާއަދްލީ

      ގޭގަ ވެސް ނަމާދު ކުރެވޭނެ އެކަމަކު ފްލައިޓް ނުޖެއްސޭނެ ކޮންމެތަނަކަށެއް

      15
      34
  2. ާޫޫ މަަަރިޔަނާ

    މިތަން މަރާމާތު ކޮށްލަން ރަގަޅު ވަގުތެއްނުމި ދޯ

    75
    1
    • ޢުޚްތީ

      ޜޯގާ އެއީ މީހަކު ކުރި ކަމެއްނޫން އަދި އެއީ ވެރިއަކަށް ހުންނެވި ބޭފުޅެއްގެ ކުށެއްވެސް ނޫން އެއީ ﷲގެ ރަޙްމަތްފުޅު މިބިންމަތީގައިވާ އެންމެ މާތް ތަނަކީ ގެފުޅު އެތަންވެސްވަނީ ހުސްކޮށް .އެއީ ކާކުގެ ކުށެއް؟. މިވަގުތު އެންމެވެސް އެކުވެރިވެ އެކަތި ގަނޑަކަށްވުން ބުއްދިވެރި. ޙިތް ނުތަނަވަސްކަން ދޫކޮށްލައްވާ

      54
      6
      • ާަާަަައަސްލު

        ތިޔަހެން ނުބުނޭ ކޯފާއައްނަނީ އިންސާނުންކުރާފާފައިގެެސަބަބުން ﷲއާއި މާތްނަބިއްޔާއަށް މުރުތައްދުވުން ފެނުނީ އެމްޑީއެން ފަދަޖަމާއަތްތަކުން، ޒިނޭއާއްމުވެ، ރާބުއިން އާއްމުވީ ރައްޔިތުންނާ އަދި ވެރިންވެސް އިހްމާލްވީމަ...މިފަދަފާފަތައްކުރާމީހުންނަށް ދޭންޖެހޭއަދަބުވެސް ހުރޭ ނުދީތިބެފަ ކޯފާއައިމަ އިންސާނުންޒިއްމާނަގަންޖެހެނީ،! ޖަނަވާރުންނެއްނޫ..ﷲއަށް ބިރުވެތިވޭ ތައުބާވޭ

        29
    • އެނޯ

      މީގެކުރިން ކޮންމެ ދުވަހަކު 24 ގަޑިއިރު މަރާމާތުކުރަމުން ތަންތަން ހަދަމުން ދިޔަތަނެއް، މިހާރަކަށް އައިސް މިކަންކަން ދަނީ މަޑުޖެހެމުން. އެމްޑީޕީ މޯޑް އެއަރޕޯޓަށް ވެރިވަނީ

  3. Anonymous

    ޢިބްރަތުން ފުރިގެންވާ ފިލާވަޅުތަކެއް. ރައްޔިތުން ވިސްނާ. ކުރީގައި ޓްއަރިޒަމް ބޮއިކޮޓް ކުރަން ގޮވާ ހަޅޭއްލެވީ. މިއަދު ތިމާމެންގެ އަމިއްލަ ވެރިކަމުގައި އަމިއްލަ އަތުން ބޮއިކޮޓް މިކުރަނޫ. ހުރިހާ ބާރެއް ލިބިތިބެ. މަޖްލީސް ވެސް ހިތަކަށް ލިބިފައިވަނިކޮން. އެމްޑީޕީ އަށް ވެރިކަން ލިބޭ އިރަށް ދީނާއި ޚިލާފް އެތައްކަމެއް ފެންމަތިވަމުންދޭ. ފިޔަވަޅެއް ނޭޅޭ. ލާދީނީ ރިޕޯޓް ނެރެފަވެސް ނަޝީދު އުޅުނީ އޮޅުވާލަން. އެކަން ކުރީ ސަރުކާރު ބޮލަށް ޖަހަން ކިތައްދޮގުހެދި. އެންމެ ފަހުން އަތަށް ގޮވީ. އަދިވެސް ރިޕޯޓް ނެރުނު މީހުން ފުރިހަމަ މިނިވަންކަމާއިއެކު އަނެއް ރިޕޯޓް ލިޔަން ފުރުޞަތު ދީފައި ކަހަލަ. ފިޔަވަޅެއް ނޭޅެ. ސޯލިޙްގެވެރި ކަމަކީ ދިވެހިންނަށް އުފާވެރިކަމެއް ނޫން. ކުރި އުއްމީދުތައް ފެނަށް ދިޔައީ. ހިތާމަވެރި ޙާދިޘާއެއް ނުހިނގާ ދުވަހެއް ނައިސް އެންމެ ފަހުން ބޮޑު ރޯގާ ވެސް ލައްވާލީ. ނާޤާބިލް މީހުންނާއި ކަންކަން ޙަވާލުވީ. ޒީރޯ ޓޮލަރެންސޭ ކިޔާ ބަހާއި ޢަމަލު ދިމާނުވީ. އިޙްތިރާމާއި އެކު ދަންނަވަން. ސޯލިޙްގެ ވެރިކަން ދިވެހިންނަށް ކަމަކުނުދޭ. އިސްތިއުފާދެއްވާ.

    112
    17
  4. އަސީ

    އެއާޕޯޓް ތަރައްގީކުރި ކުރީގެރައީސުންގެތެރޭގަ ރައީސްނަސީދުގެ ނަންވެސް މިލިއުމުގަ އެބަވޭ ނަމަވެސް ދިވެހިންދެކެނީ ގައުމައްގައްދާރުވެ ބޭރުބަޔަކައް އެއާޕޯޓްވިއްކާލިކަމައް .

    62
    7
    • މީޒްލީ

      ޢާން! %100 އެއަރޕޯޓް ބޭރުބަޔަކަށް ދިން! އެކަމުގައި ޤައްދާރު ވިކަމަށް ބެލުމުގެ ފުރުސަތު އެބައޮތް! މިހާވެސް އިންޑިޔާ އާއި ގުޅިގެން ރަގަޅު ކުޅިވަރެއް ނޫން ކުޅެނީއެއ، ބިތުފަންގި ނެގީމަ އިންގޭނީ ކެޔޮކޭވަރު!
      ވ. ސަލާމް، ﷲ ސްބުހާނަޙޫ ވަތައާލާ މިއުންމަތް ޢަދުއްވުންގެ ފަރާތުން ސަލާމަތް ކުރައްވާށި، އާމީން!

      48
      2
      • ބިންހާ

        ކަލޯމެން މަތިވެރިކުރާ ރ.ޔާމީނުވަނީ ރާއްޖޭގެ އެތަކެއް ރަށަކާއި ފަޅެއް ނުއަގުގައި ނާޖާއިޒުފައިދާގައި ވިއްކާލާފަ! އަހަރެން ދެކޭގޮތުގައި ނަޝީދު ނުވަތަ ޔާމީނު މިދެމީހުން ކުރެމީހަކަށް ތާއީދުކޮށް ދީނޭ ކިޔާކޮންމެ މީހަކީވެސް މުނާފިޤު ސިފަފެންނަމީހެއް! ވަﷲ އަޢުލަމް!

        1
        6
    • ކަނީރުް

      ހުރިހާ ދިވެހިންނެއްނެއްނޫން ކަލޭކަހަލަ ދެއުޅިއެއްނުވާ މަދުބައެއް.

      5
      18
  5. ﷲގެ އެންގެވުމާއި ދެކޮޅަށް އެވެސްކަމެއް ކުކުރެވޭނެން ތިކަމުން އެގިނގެން ދަނީ ހޭއަރާ ހަރާން ސަރުކާރު!

    32
    3
  6. ލާދީނީ

    ނުހައްޤުން ކިތައްމީހު ން ވަޒީފާއިން ކަޑާ ބޭރުކޮށްލީ ކޮންބާރެއް ލިބިގެންތަ ހިތުހުރި ގޮތަކަށް ކަންތައް ކުރަމުން ގެންދިޔައީ އެބާރު މިހާރު ކޮބާ؟

    38
    2
  7. ބިރު

    ބިރުވެރި ނާމާން ވެރިކަމެއްގެ ނަތީޖާ!

    19
    3
  8. ވިސްނާ

    ބިރުވެރި ނާމާން އެޖެންޑާ-19-ވެއްޓޭ-19 ކޯވިޑް-19

    16
    2
  9. Anonymous

    މިއީ ވަކިގައުމެއްގެ ވަކިބަޔަކު ކުރިނުވަތަ ކުރާ ނުބައިކަންކަމެއްގެ ސަބަބުން ބާއްވާލެއްވި ކޯފާއެކޭ ނުބުނި ނަމަވެސް ޖުމްލަކޮށް ދުނިޔޭގެ ގިނަގައުމުތަކުގަ ފަ ހަކަށް އައިސް މުސްލިމުންނާ ދެކޮޅަށް އަދި އިސްލާމްދީނާދެކޮޅައް ތަފާތުއެކިގައުމުތަކުގަ ނުރައްކާތެރި އެތައްކަމެއް ދިޔައީ ހިންގަމުން އެގޮތުން ސައްތައިންސައްތަ އިސްލާމީ މިކުޑަކަުޑަ ދިވެ ހިރާއްޖޭގައިވެސް އިސްލާމްދީނާ ދެކޮޅައް ތެދުވެ ބައެއްނޭދެވޭ ކަންކަންކުރުވާ އަދި އެކަންކަމައް ހިތްވަރު ލިބޭ އަމަލްތައް ހިންގަމުންގެންދިޔައީ ﷲ އާއިއެކަލާންގެ ރަސޫލާ އަށްފުރައސާރަކޮށް އެއްވެސް ޖެ ހިލުމެއްނެތި. އޭގެއިތުރުން ސިޔާސީ ގޮތުން އެއްބަޔަކު އަނެއްބަޔަކާ ދިމާ ކޮށް މުޖްތަމައުގަ ފިތުނަފަސާދަ އުފައްދާ ބައިބައިވުން ތައް ގެންދިޔައީއިތުރުކުރަމުން. މުޅިގައުމުގެ އިޖްތިމާއި ފޭރާންވީދި މާރާމާރީއާއި ވައްކަމާފޭރުން ފަދަނުރައްކާއެތައްކަމެއް ހިންގާ އެކިގޮތްގޮތުން ތިމަތިމާމެންގެ އަމިއްލަމަސްލަހަތު ކުރިއަށްނެރެ ދޮގާމަކަރާއި ހީލަތްތެރި ކަންގެންދިޔައީ އެއްދުވަ ހުންއަނެއްދުވަ ހައް އިތުރުކުރަމުން.
    ފާޅުގަ ގައުމާއި ރައްޔިތުންގެ ފައިދާއަކަށް މަންފާއަކަށް ކުޑަވެސް ވިސްނުމެއްނެތި ގަސްތުގަ ޓުއަރިޒަމް ބޮއިކޮޓް ކުރުމައް މަސައްކަތްކޮށް ވަގުތީފައިދާގެ ދަހިވެތިކަމުގަ ގެއްލުންދިން. ނަތީޖާއެއްގެ ގޮތުން މިއަދު މިވަނީ ގުދްރަތީ ގޮތުން ޓުއަރިޒަމް ބޮއިކޮޓްވެ ފޭހުނުއުރިހާ އިލޮއްޓެއް އަމިއްލަ ލޮލައްހެރިފަ. އަދިވެސް ތިމާމެންގެ ދޫތަކުން ބުނަމުންދަނީ ގަދަބަސް. އަދިވެސް އިބްރަތް ހާސިލްކުރުމައް އޮތްވަގުތު ދަނީ ފާއިތުކޮށްލަމުން.

  10. މޯދީ

    ނެތެއްނު ސަލާމަތެއް. މީހުން ގިނަވެ ކާރޯބާރު ބޮޑުވީމަވެސް ކަމަކު ނުދޭ. މީހެއްގެ ހިލަމެއްނުވެ ތަނަށް ފަޅުކަން ވެރިވިޔަސް ކަމަކު ނުދޭ. ބޮޑުކަމެއް ސަހާދެއް...

  11. މެން

    އަޅެ ކޮންމެކަމަކަށް ސިޔާސީ ބައި ނުލާބަލަ،ކޮމެންޓް ކުރާއިރުވެސް އަންނިއަކަ ޔާމީން އަކާ ޕޕމ އަކާ މޑޕ އަކާ ނުލާކޮއްބަލަ.މި ކޮމެންޓް ވައްޓާލަދިނުން އެދެން