"ފުރަތަމަ ދުވަހު ބަލި މީހާ ކައިރިއަށް ދިޔައިރު، އަޅުގަނޑުވެސް ހުރީ ކިހިނެތްބާއޭ ދެން ވާނީ، ދެން ކުރިއަށް އޮތް ފިޔަވަޅު ކިހިނެތްބާއޭ. އޮކްސިޖަން ދުވަހުން ދުވަހަށް ދަށްވަމުންނޭ މިދަނީ. ވެންޓިލޭޓަރަށް ލާން ޖެހޭނެ ބާއޭ." އައިޖީއެމްއެޗްގެ ސީނިއާ ޑޮކްޓަރު ޑރ. މޫސާ ހުސެއިންގެ ދެ ލޯ ކުރިމަތީގައި ކޮވިޑް-19 ޖެހުނު މީހާ އޮތް އިރު އިހްސާސް ކުރެވުނު ވާހަކަތައް މީޑިއާތަކަށް ހިއްސާކޮށް ދެއްވަމުން ވިދާޅުވިއެވެ.
ދަރުބާރުގޭގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މޫސަ ވިދާޅުވި ގޮތުގައި މުޅިން އަލަށް ކޮވިޑް-19 ޖެހިގެން ޚާއްސަ ފަރުވާ ދޭން ޖެހުނު މީހަކާ މެދުގައި އަމަލު ކުރަން ޖެހޭ ގޮތުން ކޮންމެވެސް ވަރަކަށް ހާސްކަމާއި އޭނާ އަށް ކުރިމަތިވިއެވެ. އެއީ މި ބަލީގެ ނުރައްކާތެރިކަމުން ބޮޑުކަމުންނެވެ. އެތައް ބަޔަކު މަރުވެ، އެތައް ހާސް ބަޔަކު މި ވޭނުގައި އުޅެމުންދާ ކަން އިހްލާސް ކުރައްވަމުންނެވެ. މި ބައްޔަށް ފަރުވާއެއް ނުވަތަ ވެކްސިނެއް ވެސް ދުނިޔޭގައި ތައާރަފްކޮށްފައި ނެތުމުންނެވެ.
އެ ހުރިހާ ބިރުވެރިކަމާ ޑރ. މޫސަ ކުރިމަތިލެއްވީ ހިތްވަރާއި ކެރުމާ އެކުގައެވެ. މަރުގެ ތުންފަތް މަތީގައި އޮތް މީހާގެ ފުރާނަ ސަލާމަތްކޮށްދިނުމުގެ މަތިވެރި ނިޔަތުގައެވެ.
ކޮވިޑް-19 އަށް ފަރުވާ ދިނުމުގެ މަރުހަލާއަކީ ކޮބައިކަން ކަނޑައެޅިގެން ނެތް އިރު، ދެން ހަދާނެ ގޮތަކާ މެދުގައި އަބަދުވެސް ޑރ. މޫސަ ސުވާލުކުރައްވައެވެ.
ޑރ. މޫސަ ވިދާޅުވި ގޮތުގައި އެ ބަލި މީހާ އާއި އެކު ހޭދަ ކުރި ކޮންމެ ދުވަހަކީވެސް އޭނާ އާއި އޭނާގެ ޓީމަށް ލިބުނު މުހިއްމު ތަޖުރިބާއެކެވެ. ޑޮކްޓަރު ފާހަގަ ކުރެއްވި އެ ބަލި މީހަކީ މިވަގުތު ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮތް 70 އަހަރުގެ އުމުރުން ދުވަސްވީ ބިދޭސީއެކެވެ.
އާންމުގޮތެއްގައި ކެއްސާއި ކިނބިހިއެޅުމާއި، ކަރުތެރޭގައި ރިއްސުމާއި، ހުން އައުން ފަދަ އަލާމަތްތަކަކީ ކޮވިޑް-19 ގެ އަލާމާތްތަށް ކަމަށްވީ ނަމަވެސް، އެ ބައްޔާ ގުޅުން ހުރި އަލާމާތްތަކުގެ ތެރޭގައި ބޭރަށް ހިނގުމާއި، ހިމޯގްލޯބިން ދަށްވުމާއި، ކެލްސިއަމް ދަށްވުން ފަދަ އަލާމާތްތައް ހިމެނޭކަން ޑރ.މޫސަ ވަނީ ފާހަގަކުރައްވައިފައެވެ.
ނަމަވެސް މި ހުރިހާ ކަމެއް ބަލި ރަނގަޅުވަމުންދާ ވަރަކަށް ފަސޭހަވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ޑރ. މޫސަ ވިދާޅުވި ގޮތުގައި ކޮވިޑް-19 ޖެހުނު މީހާ އަށް ފަރުވާ ދިނުމުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކަށްވީ ކަމަކީ ކޮވިޑް-19 އަށް ދޭނެ ވަކި ބޭހެއް ކަނޑައެޅިފައި ނެތުމާއި، މި ބައްޔާ ގުޅިގެން މުޅި ދުނިޔޭގައި ވެސް ހޯދިފައިވާ ހޯދުންތަކާއި ލިބެން ހުރި މައުލޫމާތު މަދުވުމެވެ.
ނަމަވެސް އެ ބަލި މީހާ އަށް ދިނީ އެހެން ގައުމުތަކުގެ ތަޖުރިބާ އަށް ބެލުމަށް ފަހު ދެވެން ހުރި އެންމެ ރަނގަޅު ބޭސް ކަމަށާއި އެ ބޭސް ދިނުމާއި އެކު، 48 ގަޑި އިރު ތެރޭގައި ހުން މަޑުވި ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެ ބަލި މީހާ އަށް ދިން ބޭހުން އަސަރުކުރި ކަމަށް ޑރ. މޫސަ ގަބޫލުކުރައްވައެވެ.
"ކޮވިޑްއަކަށް އަދި ސްޕެސިފިކް ބޭހެއް ނުހުރޭ. މިހުންނަނީ މުޅިން ރިސާޗް ބޭސްތަކެއް ދެއްތޯ. އޭގްވެސް އެންމެން ރެކޮމެންޑް ކުރާ ބޭސްތައް ހޯދައިގެން އަޅުގަނޑުމެން މި ދިނީ. ހަމަ ޗައިނާގެ އެކްސްޕީރިއަންސަށް ބަލާފައި، އެހެން ގަައުމުތަކުގެ އެކްސްޕީރިއަންސަށް ބަލާފައި.، އެ ބޭފުޅުން ދެމުންދިޔަ ބޭސްތައް ދިނީ." އޭނާ ވިދާޅުވިއެވެ.
ދަރުމަވަންތަ ހޮސްޕިޓަލުގައި މި ބަލި ޖެހިގެން ޚާއްސަ ފަރުވާ ދިނުމަށް އެޑްމިޓް ކުރި މީހާއަކީ ނިއުމޯނިއާގެ އަލާމަތްތަކެއް ހުރި މީހެއް ކަމަށް ވީނަމަވެސް، އާންމު ގޮތެއްގައި ނިއުމޯނިއާއަށް ފަރުވާ ދޭން އަމަލު ކުރާ ގޮތާއި މި ކޭސްގައި އަމަލު ކުރި ގޮތާއި ވަރަށް ތަފާތުކަން އޭނާ ފާހަގަކުރެއްވިއެވެ.
އާންމުގޮތެއްގައި ނިއުމޯނިއާއަކީ ބެކްޓީރިއަލް ނިއުމޯނިއާއަކަށްވީ ނަމަވެސް ކޮވިޑްގެ ނިއުމޯނިއާ އެއާ ތަފާތު ކަމަށް ޑރ. މޫސަ ވިދާޅުވިއެވެ.
އެގޮތުން އާންމުކޮށް ނިއުމޯނިއާ ޖެހެނީ ފުއްޕާމޭގެ އެއް ފަރާތަށް ކަމަށްވީ ނަމަވެސް، ކޮވިޑްގެ ނިއުމޯނިއާ ޖެހޭ އިރު ދެ ފަރާތުގެ ފުއްޕާމެއަށް އަސަރުކުރުމުގެ އިތުރުން، ފުއްޕާމޭގެ މައްޗާއި، މެދު ތެރެއަށް ވެސް އަސަރު ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން އޮކްސިޖަން ނުހިފަހައްޓާ ހާލަތަށް ވަރަށް ފަސޭހައިން ދިއުމަށް މަގުފަހިވާ ކަމަށާއި ކޮވިޑް-19 ބަލީގައި މީހުން މަރުވާ އެއް ސަބަބަކީވެސް އެއީ ކަމަށް އޭނާ ވިދާޅުވިއެވެ.
"ފުރަތަމަވެސް މި ޖެހެނީ ވަރަށް ބޮޑަށް ތައްޔާރުވެގެން ކައިރިއަށް ވެސް ދާން. އެހެން ނިއުމޯނިއާތަކާއި އަޅާބަލާފަ ބަލި މީހާ ކައިރިއަށް ގޮސް އެކްސެސްވެ އެ ބެލުމާއި މޮނިޓާ ކުރުމާއި ތަންކޮޅެއް އުދަނގޫ، އެކަމަކުވެސް، ބަލަން ޖެހޭ ހުރިހާ ކަންތަކެއް ބަލަމުން ދިޔައީ." ޑރ. މޫސަ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކޮވިޑް ނިއުމޯނިއާ އާ ގުޅޭ ގޮތުން ލިބުނު މައުލޫމާތާއި ތަޖުރިބާއަކީ އާ ތަޖުރިބާއެއް ކަމަށާއި އެ މައުލޫމާތު އެހެން ޑޮކްޓަރުންނާއި ވެސް ހިއްސާ ކުރައްވާނެ ކަމަށެވެ.
މީގެއިތުރުން ކޮވިޑް-19 ޖެހުމަށް ފަހު ރަނގަޅުވި މީހުންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަލުން އެ ބަލި ޖެހިފައިވާތީ، ރާއްޖޭގައި ކޮވިޑް-19 ޖެހުމަށް ފަހު ރަނގަޅުވި ދެ މީހުން އިތުރަށް މޮނިޓާ ކުރުމަށް ނިންމާފައިވާކަން ޑރ. މޫސަ ވިދާޅުވިއެވެ.
"ދެ ވަނަ ފަހަރަށް ޖެހޭ. އެހެންވެގެން ކޮވިޑް ސިވިއާ ނޫން މީހެއް ވެއްޖެއްޔާ 14 ދުވަސް ދެއްތޯ އައިސޮލޭޝަން އަށް މި އިންނަނީ. 14 ދުވަސް ފަހުން އަޅުގަނޑުމެން މި ބަލަނީ، އެކަމަކު މި ބަލި މީހާ އަޅުގަނޑުމެން ބަލަން ބޭނުމޭ އެއް މަސް ވަންދެން. 20 ދުވަސް. އެއީ އަޅުގަނޑުމެން ޑިސްޗާޖްކޮށްލާފައި އަޅުގަނޑުމެން މި ފޮނުވާލަނީއެއް ނޫނޭ. އަޅުގަނޑުމެން އައިސޮލޭޝަން ފެސިލިޓީޒްއެއްގައި ބައިންދައިގެން އަނެއްކާ މި މޮނިޓާ ކުރަނީ." ޑރ. މޫސަ ވިދާޅުވިއެވެ.
ކޮވީޑް-19 އަށް ރާއްޖެއިން ފައްސިވި މީހުންގެ ތެރެއިން މިހާތަނަށް ބަލި ރަނގަޅުވީ 2 މީހެއްގެއެވެ. އޭގެތެރޭގައި ހިމެނޭ އެކަކީ މި ބަލީގެ ސަބަބުން ކޮންމެވެސް ވަރަކަށް ހާލު ގޯސްވެ ޚާއްސަ ފަރުވާ ދޭން ޖެހުނު މީހެކެވެ.
ރާއްޖޭގައި މި ބަލި ޖެހުނު އިތުރު މީހުން ވެސް ވަނީ ބަލިން ފަސޭހަވެފައެވެ. ނަމަވެސް އެ މީހުން ދޫކޮށްލާނީ، ކޮވިޑް 19 އަށް ޓެސްޓްކޮށް ދެ ފަހަރަށް ނައްސިވމުންނެވެ.
އާދެ....
އަދި ބޮޑާވެ، ފޮނިކަނޑަން ނުވޭ، ކުރެވުނު ކަންތައްތައް ތިމާ ޤަބޫލްކުރެވުނީމަ ނިމުނީ... މީޑިއާ އަށް އަރާ ފޮނިކެނޑީމަ އެވެވެނީ ބޮޑާ... އަދި ކަމެއް ލައިގަތްނަމަ ކިހިނެން ތެޅޭނެ...
އޭ ޑ ރ މޫސައަކީ ފޮނިކަނޑާ ބޮޑާވާ މީހެއް ނޫން. އެއަށްވު ރެ މާ އޯގާތެ ރި ހިތް ހެޔޮ ހިތެއްގެ މީހެއް ޑ ރ މޫސައަކީ. އެއްޗެއް އެގިގެން ވާހަކަ ދައްކަބަލަ.
ކަލޭ ތީ ކާކު އެމީހުއްނާބެހެން ؟ ގޭގަ އޮވެބަލަ އަގަނުތަޅާ
ރައްޔިތުންނަށް މަޢުލޫމާތު އޮޅުން ފިލުވާދީ ބަލީގެ ނުރައްކާ ބުނެދިނުމަކީ ބޮޑާވުމެއްނޫން. މިހާލަތުގައި އެންމެންވެސް ބޭނުންވާނެ މަޢުލޫމާތުތަކާއި ރައްކާތެރިވާނެގޮތްތައް. ޑރ މޫސަ ކުރާ މަސައްކަތުގައި ބަރަކާތްލައްވާށި. އަދި ނުވިސްނޭ މީހުންނަށް ހެޔޮވިސްނުންދެއްވާށި. އާމިން.
އަތަށް ގޮއްވާނުމަށް ނަސޭހަތްތެރިވަން.
އޭ ޑ ރ މޫސައަކީ ފޮނިކަނޑާ ބޮޑާވާ މީހެއް ނޫން. އެއަށްވު ރެ މާ އޯގާތެ ރި ހިތް ހެޔޮ ހިތެއްގެ މީހެއް ޑ ރ މޫސައަކީ. އެއްޗެއް އެގިގެން ވާހަކަ ދައްކަބަލަ.
އަހަރެންވެސް ޑޮކުންނަށް ތައުރީފް ކުރަން ވަރަށް ގިނަ ޑޮކުންނަކީ ހިތްތިރި އެހެން މީހުންގެ އިހްސާސް އެގޭ ބައެއް ކާމިޔާބެއްލިބުމުން ތަޖްރިބާ ހިއްސާ ކޮށްލީ އުފަލުން އިދުރިސް ވެސް ޖޭ ނުވެބަލަ އޭނަދެކެ. އެކުރީ ތައުރީފް ހައްގު މަސައްކަތެއް މަށަށް ހީވަނީ އިދުރިސް ވަރަށް ބޮޑާ ހެން
ޕޮޒިޓިވް ނުވާ ބަޔަކަށް ފަރުވާދީ ރަނގަޅު ކޮށްލީތޯ؟؟؟ މޮޅެތި ސްޓަންޓް ނުޖެއްސޭނެ އެންމެން ކައިރިއަކު..