ރާއްޖެ ވެއްޓިފައި އޮތް އަޑިގަނޑުން އަރައިގަނެ ހިންދެމިލެވޭކަށް އަދި ނެތެވެ. އެންމެ މީހަކު ފަރުވާ ކުޑަކޮށްލިޔަސް، މުޅި ގައުމު އޮތީ ނުރައްކަލަށް ވެއްޓޭ ހިސާބުގައެވެ. ރާއްޖެ ނުރައްކަލެއްގެ ތެރެއަށް ވައްޓާނުލުމަށް ކޮންމެ މީހަކު ވެސް، އެމީހެއްގެ ފަރުދީ ޒިންމާ އަދާކުރަން މިއަދު މަޖުބޫރެވެ. ވޭތުވެދިޔަ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނޫސްވެރިން ކުރާ އެތައް ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް އަބަދުވެސް ވިދާޅުވާ އެއް ވާހަކަތަކަކީ މިއީއެވެ.
ބަސް މޮށުންތެރިކަމުގެ ފުރިހަމަކަމާއި ނޫސްވެރިންގެ ބައްދަލުވުންތައް ގެންދަވާ ގޮތުން މަބްރޫކަށް މިއަދު ގިނަ ބަޔަކު ކުރަނީ ތައުރީފެވެ. މަބްރޫކްގެ ފަށުވި އިބާރާތްތަކުން އެތައް ބައެއްގެ ސަމާލުކަން އޭނާ އަށް ލިބިއްޖެއެވެ. އެންމެ ކުޑަ ކުއްޖާ އިން ފެށިގެން ގޮސް އެންމެ އުމުރުން ދުވަސްވީ މީހާ އަށް މަބްރޫކް ކަމުހިނގައްޖެއެވެ. ދެ އިރު ދެ ދަޅައަށް ނޫސްވެރިންނާ ބައްދަލު ކުރައްވައި ކުޅަދާނަ ކަމާއެކީގައި ނޫސްވެރިންގެ އެތައް ސުވާލުތަކަށް ޖަވާބު ދެއްވާ ގޮތް ފުރިހަމަ ކަމުންނެވެ.
ގިނަ ބައެއްގެ ލޯތައް މި ދުވަސްވަރު ކޮވިޑް-19 އަށް އަމާޒުވެފައިވާ އިރު، އޮފީސް މަސައްކަތްތަކާއި އާއިލާއަށް ވަގުތު ދެއްވުމުގެ ބަދަލުގައި މަބްރޫކްގެ ހުރިހާ ވިސްނުމެއް މިވަގުތު ހުރީ އެ ބައްޔާ ގުޅޭ ގޮތުން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް އަންގައި ދިނުމަށެވެ. ރައްޔިތުންނަށް ހަގީގަތް އޮޅުން ފިލުވައިދިނުމަށެވެ. ރައްޔިތުންނަށް ދޭން ޖެހޭ ލަފަ އާއި އިރުޝާދުތައް ދިނުމެވެ. ސަރުކާރުގެ މުހިންމު ފިޔަވަޅުތައް އޮޅުން ފިލުވައިދީ ރައްޔިތުން ވީހާވެސް ބޮޑަށް ހޭލުންތެރިކުރުވުމެވެ.
މީގެކުރިން ސަރުކާރުން ދޭން ޖެހޭ މައުލޫމާތުތައް ނޫސްވެރިންނާ ހިއްސާ ކުރައްވާނީ އާންމުކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާން، އިބްރާހިމް ހޫދެވެ. އެކަމަކު، ހޫދު މިވަގުތު ޗުއްޓީގައި ހުންނެވުމުން، ކޮވިޑް-19 ގެ މައުލޫމާތު ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ތަރުޖަމާނަކަށް ހަމަޖެއްސެވީ މަބްރޫކެވެ. އެ މަސައްކަތް މަބްރޫކާ ހަވާލު ކުރެއްވީ ވަރަށް ބޮޑަށް އިތުބާރު ކުރައްވާފައެވެ. މަބްރޫކަކީ މިކަމަށް ގާބިލް ބޭފުޅެއް ކަން އެމަނިކުފާނު އެނގިވަޑައިގެން ހުންނަވައެވެ.
ގިނަ ބަޔަކު ހީކުރި ގޮތާ ހިލާފަށް މަބްރޫކާ ހަވާލު ކުރި މަސްއޫލިއްޔަތު އޭނާ އަދާކުރައްވަނީ އެއްވެސް ޖެހިލުމެއް ނެތިއެވެ. ދުވާލަކު ހަ ގަޑިއިރެއްހާ އިރު، ނޫސްވެރިންގެ ބައްދަލުވުންތަކަށް ހޭދަކުރައްވައެވެ. އެއީ އެ ބައްދަލުވުމަށް ތައްޔާރުވާށާ އެކީގައެވެ. ހަމައެކަނި ނިމުނީކީ ނޫނެވެ. ބައްދަލުވުން ނިމުމުން، ނޫސްވެރިން ގާތުގައި ސުވާލެއް އޮތްތޯ އައްސަވައި، އެ ސުވާލަކަށް ޖަވާބުދެވޭތޯ ވެސް ބައްލަވައެވެ. ނޫސްވެރިއަކު ފޯނަށް މެސެޖެއް ކުރިޔަސް، އިސްކަން ދެއްވަނީ އެ މެސެޖަށެވެ.
Listen to Mabrook and follow HPA DG Maimoona's instructions for you, your family and safety of our community. #COVID2019 pic.twitter.com/K69QGqy2BD
— Adam (@bin_aadhanu) March 22, 2020
ހަގީގަތަކީ މަބްރޫކް މިއަދު އެ އަދާކުރައްވަނީ އޭނާގެ ފަރުދީ ޒިންމާއެވެ. އޭނާގެ މިއަދުގެ ވެސް ނަސޭހަތަކީ ކޮންމެ މީހަކު ވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާކުރުމެވެ.
ރާއްޖޭގައި ކޮވިޑް-19 ފެތުރުނަ ނުދިނުމަށް މުހިންމު ފިޔަވަޅުތަކެއް ސަރުކާރުން އަޅައިފިއެވެ. ބައެއް ގައުމުތަކުން ފަތުރުވެރިންނަށް ރާއްޖެ ނާދެވޭ ގޮތް ހަދައިފިއެވެ. ސްކޫލްތަކާއި ސަރުކާރުގެ އޮފީސްތައް ހަފްތާއަކަށް ބަންދުކޮށްފިއެވެ. ކެފޭތަކާއި ރެސްޓޯރަންޓުތަކާއި ހޮޓާތައް ބަންދުކޮށްފިއެވެ. ޒަރޫރީ ބޭނުންތައް ފިޔަވައި އިތުރު އެއްވެސް ބޭނުމެއްގައި މަގުމައްޗަށް ނުކުމެ ނޫޅުމަށް ވަނީ އަންގައިފައެވެ. ސާފުތާހިރު ކަމަށް ވަކިން ހާއްސަކޮށް އިސްކަން ދިނުމަށް އެދެފިއެވެ. ދުނިޔޭގެ އެކި ގައުމުތަކުން މިސާލު ނަގައިގެންނެވެ.
"އެންމެ މިސްޓޭކަކުން މުޅި ގައުމު ނުރައްކަލަށް ވެއްޓޭ ވަރުގެ ކަމެއް މިއީ. މިކަމުގައި އެއްބާރުލުން ނުދޭ ބަލި ހުރި އެންމެ މީހަކާ ހެދި އެތައް ބަޔަކު މަރުވެ އެ ދަނީ ގައުމުތަކުގައި. އެހެންވީމަ، ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާއެއް އޮވޭ މިކަމުގައި. ތިމާ، ތިމާ އަށް ތެދުވެރިވެ އެންމެންގެ ރައްކާތެރިކަމަށް މަސައްކަތް ކުރުމަކީ އޮތް ކަމެއް، އަޅުގަނޑުމެންނަށް މި ވާހަކަ ދެއްކޭނީ،" "ވަގުތަށް" ދެއްވި އިންޓަވިއުއެއްގައި މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވި ގޮތުގައި ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އެޅިތާ ކުރީކޮޅުގައި ބައެއް މީހުން އެ އިރުޝާދުތަކަށް ބޯލަނބާފައެއް ނުވެއެވެ. ބައެއް މީހުން މަގުތަކުގައި ވެހިކަލްތައް ދުއްވާ ހެދި އިރު، އާއިލާގެ މެމްބަރުންގެ ގޭގެއަށް ޒިޔާރަތް ކުރި މީހުން ވެސް އޭރުގައި ތިބި ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެކަމަކު، ކުރިއާ އަޅާ ބަލާ އިރު، މީހުން ބޭރަށް ނުކުމެ އުޅުން ވަރަށް ބޮޑަށް މަދުވެފައިވާތީ އެކަމާ ވަރަށް ބޮޑަށް އުފާ ކުރައްވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
"އަޅުގަނޑަށް ހީވަނީ ސަރުކާރެއްގެ ގޮތުގައި އަޅުގަނޑުމެންނަށް އެޅޭނެ ގާތްގަނޑަކަށް ހުރިހާ ފިޔަވަޅެއް މިހިރަ އެޅެނީ. އަދި ފޫބައްދަން ޖެހޭ ތަނެއްވެއްޖެ ނަމަ، އެކަން ވެސް ކުރެވޭތޯ މަސައްކަތް މިކުރަނީ. ދެން މީގެ އިތުރުން ފަރުދީ ޒިންމާއެއް ވެސް އެބައޮވޭ،" މަބްރޫކް ވިދާޅުވިއެވެ.
"އަޅުގަނޑަކަށް ހިއެއް ނުވޭ، މިކަހަލަ ހާލަތެއްގައި ގައުމެއް މަސައްކަތް ކުރަން ޖެހޭނެ ގޮތަކީ އޮބި އަޅައި ހިފަހައްޓައިގެން ހެނެއް، ކޮންމެ މީހެއްގެ ބުޑުގައި ފުލުހެއް ބަހައްޓައިގެން ހެނެއް. އެމީހާ ނުރައްކަލަކަށް އެ ލަނީ ގައުމު. އެހެންވީމަ، އެކަހަލަ މީހުންނަށް ނަސޭހަތް ދިނުން އޮތް ގޮތަކީ،"
މަބްރޫކް ވިދާޅުވި ގޮތުގައި އޭނާގެ އެންމެ ބޮޑު އެއް ޒިންމާއަކަށް ވެފައި އޮތީ ވެސް ރައްޔިތުންނަށް ނަސޭހަތްތެރިވުމެވެ. އޭގެ ނަތީޖާ ފެންނަ ކަން މަބްރޫކް ގަބޫލުކުރައްވައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެސް ވިސްނުންފުޅަކީ މަބްރޫކް ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ހަގީގަތާ އެއްގޮތަށް މައުލޫމާތު ފޯރުކޮށްދިނުމެވެ. އެއްވެސް ކަމެއް ފޮރުވަން ނުވަތަ ސިއްރު ކުރަން ސަރުކާރުގެ ފަރާތުން އަންގާފައި ނުވާ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.
https://twitter.com/Abdulla06291789/status/1241621398876897280?s=20
"އަޅުގަނޑަކަށް އެއްވެސް ރެސްޓްރިކްޝަނެއް އައިސްފައި ނެތް. ނޫސްވެރިންގެ ބައްދަލުވުންތަކުގައި ނުބުނެވޭ އެއްޗެއް ނެތް. އަޅުގަނޑަށް ހީވަނީ ސަރުކާރުން ނިންމާ ނިންމުންތައް ނިންމަނީ ކީއްވެގެން ކަން ކިޔައި ދިނީމަ ކަން ރައްޔިތުންނަށް މި ވިސްނެނީ،" މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވި ގޮތުގައި ނޫސްވެރިންގެ ބައްދަލުވުންތައް ފުރިހަމަވާ އެންމެ ބޮޑު އެއް ސަބަބަކީ އޭނާއާ އެކު ބައިވެރިވެވަޑައިގަންނަވާ ޑޮކްޓަރުންނެވެ.
އެތައް ބައެއްގެ އިރުޝާދާ އެއްގޮތަށް މާލޭގެ މަގުމަތީގައި މީހުން އުޅުން ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ. އަދި މިއީ ހުރިހާ އެންމެން ވެސް އެކަތިގަނޑެއްގެ ގޮތުގައި ތިބުމުގެ ނަތީޖާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
"ތިޔަބޭފުޅުންނަށް ކަމެއް ފޮރުވަން އަޅުގަނޑަށް އަންގާ ދުވަހަކުން އަޅުގަނޑު މިތާކު ނީންނާނަން. އަޅުގަނޑު ވެސް ކުރާނެ ކަންކަން މަދުވެގެންނެއް ނޫން ދުވާލަކު ދެއިރު [މީޑިއާއާ] ބައްދަލުކުރަނީ،" ސަރުކާރުގެ ފަރާތުން ކޮވިޑް-19 ބަލީގެ މައުލޫމާތު ދެއްވުމަށް ނޫސްވެރިންނާ ކުރިމަތިލައްވާ މަބްރޫކް މިދިޔަ ބުރާސްފަތި ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި، އެ ވާހަކައަކީ މިއަދު އާންމުންނަށް ވަރަށް ބޮޑަށް ކަމު ގޮސް، ވައިގައި ހިފި އެއް ވާހަކައެވެ.
https://twitter.com/LareefaAhmed/status/1242041712102576128?s=20
މަބްރޫކަށް ތައުރީފް ކުރި ބައެއް މީހުން ބުނި ގޮތުގައި، އޭނާ މިހާރު ވެސް "ހީރޯ"އަކަށްވެއްޖެއެވެ. އެއީ ނޫސްވެރިން ކުރާ ސުވާލުތަކަށް "ފިޓް" ބޭފުޅެއްގެ ގޮތުގައި ސިފަކުރިއެވެ. ބައެއް މީހުން ބުނި ގޮތުގައި، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރަނގަޅު ކެންޑިޑޭޓަކަށް މަބްރޫކް ވެދާނެއެވެ.
ހާމިދު ޝަފީއު ނަމުގައި ޓުވިޓާގައި ހިޔާލު ފާޅުކުރި މީހަކު ބުނީ މަބްރޫކްގެ ޓީމުން ކޮވިޑް-19 އާ ގުޅިގެން އުފައްދާފައިވާ ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ހިނގަމުންދާ ގޮތް ވަރަށް ގާތުން ފެނިފައިވާ ކަމަށެވެ. މަބްރޫކް ދައްކާ ވާހަކައެއްގެ ވަރުގަދަ ކަން ހާމަވެފައިވާ ކަމަށް އޭނާ ބުންޏެވެ. އޭނާ ގަބޫލު ކުރި ގޮތުގައި އެ ވާހަކަތައް ވަރުގަދަވީ، މަބްރޫކް ހިތުގެ އަޑިން ރައްޔިތުންނާ ހިއްސާ ކުރާ ވާހަކަތަކަކަށް ވާތީއެވެ.
"އަޅުގަނޑު ފަހުރުވެރިވަން، އޭނާއާ (މަބްރޫކް) އާ ދޭތެރޭގައި. އެއީ ރަނގަޅު ބޭފުޅެއް،" ހާމިދުގެ ޓުވީޓުގައިވެއެވެ.
ކޮވިޑް-19 އަކީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ވަރަށް ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮންޓްރޯލްވެފައި ނުވާ ބައްޔެކެވެ. މި ބައްޔަށް ފަރުވާއެއް ހޯދިފައެއް ނެތެވެ. އެހެންވެ، ކޮވިޑް-19 އާ މެދުގައި އާންމުން ހޭލުންތެރިކުރުވައި ގައުމުގެ ހާލަތު އޮތްގޮތް ކޮންމެ ދުވަހަކު ނޫސްވެރިންގެ ބައްދަލުވުމެއްގައި އާއްމު ކުރުމަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ވެސް ގައުމުތަކަށް އަންގާފައި އޮންނަ އެންގުމެކެވެ.
ރައްޔިތުންގެ މަޖިލިހުގެ ފެލިދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވައި ކުޑަ ތަފާތަކުން އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެން ފަހުން، ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމަށް މަބްރޫކް އައްޔަން ކުރެއްވުމާ ގުޅިގެން އެތައް ބަޔަކު ސަރުކާރަށް ފާޑުކިއެވެ. ނޫސްވެރިންގެ ބައްދަލުވުންތަކުގެ ކުރީކޮޅު ބައެއް ކަންކަން ދިޔައީ އެންމެ ރަނގަޅަކަށް ނޫނެވެ. އަދިވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ރަނގަޅު ކުރަން ޖެހޭ ކަންކަން އެބަހުއްޓެވެ.
އެކަމަކު، މަބްރޫކްގެ ކުޅަދާނަކަމުން ގިނަ ބަޔަކު އޭނާ އަށް މިހާރު ކުރަނީ ތައުރީފެވެ.
މަޖިލިސް ރައީސް ކަމަށް މަބްރޫކް ލާން މަށަށް ފެންނަނީ
ކެނެރީގޭ ރީނދޫ ބުއްޅަބެ މިހާރު ޕުޕޭނުބކުރާނެ މަބުރޫކު ބޭރުކޮށް އޭނާގެ އަގު ވެއްޓޭނެހާ ގޮތެއް ހަދަން.. ކެނެރީ ހާންދާނުގެ ބޭރު މީހަކު ޕާޓީތެރޭގަޔާ އާންމުންގެ މެދުގަ މަޤްބޫލުވާތަން ބަޕަން ހަޖަމެއް ނުވާނެ އެބޭޅާއަކަށް..އެމްޑީޕީ ބޯރިން އެކަކު މަބުރޫކް ހަމަ 100
ބަޔަކު އަންގާގޮތައް ވާހަކަދައްކާތީ މޮޅުވީ ހާމިދު ޝަފީއުއަކީވެސް ރައީސްއޮފީހުގެ ބޮޑެއް މިހާރުބޭނުންވަނީ ރައީސްގެ ތަރުޖަާނަކަށްހަދަން އޮތަ
މިއޮއްހާދުވަހު އިސްލާމްދީނައް ފުރައްސާރަކުރީ ..؟! ﷲ ކޯފާބާވާލެއްވީމަ މީނައަރުވާފަ މޮޅުވާހަކަދެއްކީމަ މިހާރު މީނަވަރެއްނެއް..؟ ސުބުހާނަﷲ ރައްޔިތުންގެޖާހިލްކަން..!!!!
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މަބްރޫކް ހޮވާ..
"ކުރެވޭނީ އެއްސުވާލު! އެއްވެސް ސުވާލަކަށް ޖަވާބެއް ނުލިބޭނެ!" މިއީ މަބުރޫކާ ގުޅޭ ގޮތުން "ވަގުތު"ގައި ލިޔެފައިވާ ލިއުމެއްގެ ސުރުޚީކަން ހަނދާން ކުރާށެވެ. ދެން މިހާރު ތިޔަ ލިޔަނީ "މަބްރޫކްގެ ވިސްނައި ދިނުމަށް އެއްވަނަ، ހިތްވަރަށް ސަތޭކަ!"ކަމަށެވެ. އޭނާ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ވީކަމަށެވެ. މަބުރޫކު ދިވެހިބަހުން ދައްކަވާ ވާހަކަ ނިކަން ރަނގަޅަށް އަޑުއައްސަވާށެވެ! ދިވެހިބަހުން ވާހަކަދެއްކުމުގައި 3 ދަރަޖައެއް އޮވެއެވެ. އޭނާ ދައްކަވާ ވާހަކަތައް ބަހުގެ ހަމައިން ބަލާއިރު ހަމަ ސުމެކެވެ. ސަރުކާރުގެ އެކި ދާއިރާތަކުން ލިޔެފައި ފޮނުވާ ލިއުންތައް ކަމަށްވިޔަސް މަބުރޫކު ހުށަހަޅުއްވަންވާނީ ބަހުގެ ހަމައަށް ފެތޭ ގޮތަށެވެ. މަބުރޫކު އުޑަށް ނަންގަވަން ނޫޅުއްވާށެވެ.
"ކުރެވޭނީ އެއްސުއާލު، އެއްވެސް ސުއާލެއްގެ ޖަވާބެއް ނުލިބޭނެ" ޔާމީން މިލިއުން ވިދާޅުވާށެވެ!
ކޮންބަހުގެ ދަރަޖައެއް! އަމިއްލައަށް ހެދީމަ ހުސް ދަރަޖަ! މަތިން ބާއްވާލެއްވި ފޮތުންވިޔަ ތި ވާހަކަދައްކަނީ! ދޮންމީހުންނަށް ފަރަންޖީން ފަތުރުވެރީން ކިޔަކިޔަ ތިއްބާ އަޝްރަފު ބުނާ އެމީހުންނަށް ކިޔާނީ ހުދު މީހުންނޭ! ދެން އެހެންކިޔަން! އަޝްރަފް މޭމަތީ އަތްޖަހާލާފަ ތީމަހެދި ބަހެކޭ ބުނެވުނީމަ ވީ! މީހަމަ ހުންނަ ގޮތް!
"If you choose to ignore that advice, if you choose to get together with people or go to crowded places, you are not just putting yourself at risk, you are putting others at risk too,"i
ތެދުވެރިއެއްފާޑު ޖަހާ.
The number of coronavirus deaths increased 475 in 24 hours. The total number of cases now stands 2,978 as of Wednesday.
މި ދަނޑިވަޅުގަވެސް ބައެއް މީހުން އުޅޭދޯ ހަޖަމްނުވެގެން. މީހެއްގެ ރަނގަޅުވާހަކަ ދެއްކީމަ. ކިތަންމެ އެއްޗެއް ކިޔަސް މަބްރޫކު ވަރެއްނެތް. ފުރެންޑެއް ބުނި ފާހާނާގަ ހުރެފަވެސް ދެވޭ ނޫސްކޮންފަރެންސް އަންނަންޏާ. ކޮންމެހެން ނުޖެހޭ މި ދަނޑިވަޅުގަ ތިން ދަރަޖަ އޮތީތީ އެކަން ދައްކާކަަށް.މި ހާލަތުގަ އެބަޔަކަށް ދަންނަ ބަހަކުންވާހަކަ ދެއްކީމަ އަޑުއަހަންތިބޭ ބަޔަކަށް އޮޅުންފިލާނީ. ކޮންމެހެން ނުޖެހެ މަތީ ދަރަޖައިން ވާހަކަދައްކާކަށް. ވަގުތު ނޫސްވަރެއްހަމަ ނެތް.
ތަޢުޜީފު ލިބުން ހައްގު އެކަށީގެންނުވާ ތައު ރީފު ކު ރުމަކީ ފަސާދައެއް. މަބް ރޫކާއި މަތި ކުތެވިފައިވާ ޒިންމާ ފު ރިހަމައަށް ކު ރުމަކީ ގައުމީ ދީނީ ވާޖިބެއް އަދި ގާބިލުކަށް ދެއްކިދާނެ ރަނުގެ ހެއުފުރުސަތެއް.
މަބްރޫކަކީ ވަރަށް ކުޅަދާނަ މީހެއް. ދިވެހި ޒުވާނުންގެ ތެރޭގައި އުފެދިފައިވާ ހުނަރުވެރި ދޫހެލޭ ޒުވާނެއް. ހާލާކުގައި ނުޖެހި ސަލާމަތްވެފައިވާ ހުރި ފަރާތެއް. މުސްތަޤްބަލުގައި ރާއްޖެ ލީޑް ކުރެވޭނެ ޤާބިލްކަން ލިބިފައިވާ ދިވެހި ދަރިއެއް. މަބްރޫކަށް ހެޔޮވިސްނުން މާތްﷲ މިންވަރު ކުރައްވާ ރާއްޖެ ފަހަރުވެރިވާނެ ދިވެހި ދަރިއަކަށްވުން އެދި ދުޢާ ކުރަން.
އެންމެން ކީއްވެގެންތަ މާވަރަކަށް މަބުރޫކު މަޝްހޫރު ތި ކުރަނީ؟ އަނެއްކާ އެމްޑީއެން އިން އަނގައިގެން ލީޑަރެއް ތައްޔާރު ކުރަނީ ތަ؟
އުނހު އެމްޑީޕީ ތެރޭގަ ތިބި ފަސާދަ ބައިގަނޑުގެ އޮފު ކެނޑި ފަސްބައި ތާހިރު ބަޔަކު ލީޑުކުރަންފެށީމަ އެ މީހުންނަށް ހިތްވަރު ދޭން ޖެހޭ ދެއްތޯ އިތިކޮޅުންވެސް އޭރުންތާ ރައްޔިތުންނާ އެމްޑީީ މެންބަރުންވެސް އެއްކަލަ ފަސާދަ ބައިގަނޑަށް ނޯ ޖަހާ އެއްފަރާތްކުރާނީ... ގުޑް ޖޮބް ވަގުތު
2ވަނަ އަދީބު އަށް ނުވިއްޔާ ރަނގަޅު...
މިގައުމަށް ސެކިއުލާރ ވިސްނުން ތަޢާރަފުކޮށް އެމަގަށް އެނބުރެން އެއްވެސް ވައިބަރ ގުރޫޕެއްގައި ވަސްވާސް ދެއްވުމަކީ އަހަރެމެން ބަލައިގަންނާނެ ކަމެއްނޫން. މެލޭޝިއާ، ބަންގާޅު، އިންޑޮނީޝިއާ، ޓިއުނީޝިއާ ފަދަ ގައުމުތައް މިސާލަކަށް ނަންގަވަމުން ތިޔަބޭފުޅާ ސެކިއުލަރިޒަމް (ލާދީނީ) އުސޫލު މިގައުމުގައި އަށަގެންނެވުމަށް ނުސީދާގޮތުންނަމަވެސް މަސައްކަތް ކުރައްވައިފީމު. އެއީ ގޯހެއް.
ކަކުނި އުޅޭނީ ހަރުގައޭ. ބުނާ އަދު އަހަމެއްނު؟ ހާދަ ފަސޭހައިން ރާއްޖޭގަ ރައީސް ކަމަށް ކޮލިފައި ވެދެޔޭދޯ؟ ދިވެހިންދޯ؟ ކީކޭ ބުނާނީ؟ ހެޔޮވެރިކަމެއް ކުރާނަމޭބުނެ އަޑުއިއްވި އަޑު އިވުނަސް އަމިއްލަލޮލުން ފެނިފާ ނެތީމަ ހެޔޮވެރިކަމޭ ބުނާއަޑު ފިޔަވައި ދެން އެހެން ކޯއްޗެއްތަ ކަލޭމެންނަށް އެގެނީ؟ ކަލޭމެންގެ ސިނކުޑީގަ އެބާރު ނެތީމަ ވެރިކަމަށްވެސް އަންނާނީ ކަލޭމެން ކަހަލަ މީހެއް. އެހެންވީމަ މީހަކު ހަމަ ފޮޑިއެއް ޖަހާލާއިރަށް އޭގައި ދުވަނީ މިވެނިކަހަލަ ވަހެކޭ ނުގޮވާ އަނގަ ލައްޕައިގެން ތިބެބަލަ. ކޮން ރިޔާސީ ކެމްޕޭއިން އެއް ޖައްސާކަށްތަ؟ މުޅިދުނިޔެ ހަފުސްވަމުން ދާއިރު ކަލޭމެން ކެމްޕޭއިން ކުރުމުގަ. މާދަމާ ކަންނޭގެ އެތަންމިތަނަށް ތިޔަ ޖަރާސީމެއް ދުއްވައިގަންނާނީ. މިސަރުކާރުގެ ހުރި ނާގާބިލް ކަން ފަޅާ ނާރަންވެގެން ނަސީބަކުން ލެއްވިރަޙުމަތުން އަދި މިއޮތީ ސަލާމަތުން. މާދަމާވާނީ ކިހިނެއް؟ފާޑުގެ ބޭކާރު އަނގަނުތަޅާ އަސްތަޣްފާރު ކޮށް ދުޢާކޮށް ގޭގައި މަޑުންތިބެބަލަ. އެނިމުނީއޭ.
ކު ރެވުނު ހާވެސް ކަމަކީ. ރިސޯޓް ބޯއީން ކޮވިޑައް ވެދުމެކައް އެވުން. ދެން ކަރަންޓީނު ގެ ނަމުގަ އެނދެ ކައް ދުވާލެއް ގެ މައްޗައް 750 ރުފިޔާގެ ރޭޓުން ރައްޓެހިން ގެ ޓަސޯޓް ތަކައް ދީ . 29 ދުވަހުގެ ތެ ރޭ 49މިލިޔަން ރުފިޔާ ބެހުން.
މީ ޒީ ރޯ ޓޮލެ ރެންސް ތޯ؟؟؟
މިއީ ކިހާވަރެއްގެ ހަޤީޣަތެއް އެކުލެވޭ ވާހަކައެއްތޯ؟
ރާއްޖެ އަންނަ މަދު ޓޫވަ ރިސްޓުން ކޮޅެއް ގެ ހައްގުގަ. މުޅި ގައުމު ހަލާކު ކޮއްފި. ދަ ރިން ނުޔިޔަވާ ގޭގަ. ވިޔަފާ ރި ކު ދެވެނީ. ހަމަ އެކަނި ..މުއްސަނދިން ނައް. ރައްޔިތުން ބަންދު ކޮއްފި. ކީއް ވެތަ މަދު ބައެއް ގެ ފައިދާއެއް މުޅި ގައުމު . ހުއްޓުވާ ކޮވިޑައް ހަދިޔާ ތިކު ރަނީ . މަބު ރޫކް ޖަވާބް ދީބަލަ؟؟؟؟؟
ތޫފާން ރާއްޖެ އައް ތިގެން ނަނީ ކަލޭމެން ދޯ. ކީއްވެ ދޮރުތައް ބަންދު ނުކުރެވިގެން ތިއުޅެނީ؟؟؟
މަބުރޫކް ހަދާން ކުރާތި.. ކަލޭމެން އަހަރުމެން ރިސޯޓް ބޯއީން ނުރައް ކަލުގެ ތެރެއް އެއްލާލާފި. މަށައް މި ވައިރަސް ހުގެ އަލާމާތެއް ފެނިއްޖެ ޔާ ތިގެޔައް ގޮސް .ކަލޭމެން ގެޔައް ގޮސް . ހަދިޔާ ކުރާނަން. އޭރުން ވިސްނޭނެ ދޯ؟
މިހިރީ ދިވެހިން އުޅޭ ފާޑު. ދިވެއްސަކައް ވީތީ ލިދުގަނޭ.
މަށަކަށް ތި މަބުރޫކު ތި ހަމަ ސުމެއް
މެރާކީ ކެފޭގެ މަބުރޫކުގެ ލާދީނީ ވިސްނުމަށް ކިހާވަރެއް.
މަށައް ކަމަކުުދޭ ބައެއް ދިވެހިވަސް ބޭނުން ކުރާގޮތެއް. އެހެން މީަކުވެސް އެރުވިނަމަތާ އެގޭނީ ފެންވަރު މަސްދުވަސްވާއިރު ދިވެހިބަހަށް ފަރިތަނޫންކަން ފާހަގަވޭ ސުވާލުތަކަށް ރަގަޅަކަށް ޖަވާބު ނުދެވޭ
ޢެމްޑީޕީގެ 2023 ގެ ރިޔާސީ ކެންޑިޑޭޓަކަށް މަބުޜޫކް ވެއްޖެ ނަމަ ފަސޭހަ ކަމާއެކު ކާމިޔާބު ކު ރައްވާނެ. ޢެންމެގެ ލޯބި ލިބިއްޖެ.
ކުރުސި ކިޔަން ނޭނގޭ މީހަކު ފެލިދޫ ދާއިރާގެ މީހުން ހޮވާފަ މަބުރޫކް ނޮހުވުމަކީ އެދާއިރާގެ ރައްޔިތުންގެ މޫނުގައި ޖެހި އެތިފަހަރެއް
މަބްރޫކަށް ތާއީދު ކުރާ ކޮންމެފަހަރަކު އެޖެހެނީ ފެލިދޫ ދާއިރާގެ މީހުންގެ ކަންކަށި މަތީގައި
ބަސްކިޔުއްވުމުގައި ބައެއް ކަންކަން ހުއްޓަސް ހާލަތަށް ވަރަށް ފިޓް. ޢެތިއްބެވި ޑޮކްޓަރުންނާ ތަޖުރިބާކާރުންނޯ. ޢެން އީ އޯ ސީ. ޢެޗް ޕީ އޭ އެކީ އެކައްޗަކަށް ހަބޭސް. ސާބަހޭ.ހ.ހ.ހެ.......
އަލްހަމްދު ލިﷲ. މާޝާﷲ
ކޮންމެހެން މަބްރޫކްގެ ބަސްމޮށުންތެރިކަން ބަލާކަށްނޫން އަހަރުމެން މިއުޅެނީ. ކޮންމެ މީހެއްގެ ފަހަތުގައި ފުލުހެއް ބަހައްޓާކަށްވެސް ނުބުނަން. ރައިސުލް ޖުމްހުރިއްޔާ އޮފީހުގެ އަންޑާ ސެކްރެޓަރީއަކަށްހުރެ ރައްޔިތުންގެ ހާލަތު ނޭގުނީމަ އެވާހަކަ ދައްކަން އަހަރުމެން ބޭނުންވަނީ. ދެއިރު ދެދަޅައަށް ރައްޔިތުންނަށް އޮޅުވާލަން ބޭކާރު ނޫސް ކޮންފަރެންސް ބާއްވާފައި ދޭ މައުލޫމާތަށްވުރެ މާރަނގަޅަށް އެހެން ސޯޝަލް މީޑިއާތަކުން ކޮވިޑް 19 އާއި ބެހޭ މަޢުލޫމާތު ލިބޭ. ރައްޔިތުން ތިބީ ގޭގައި މަޑުކުރާށޭ ބުނީމައި ގޭގައި މަޑުކޮށްގެން. އެވަރުންވެސް ރައްޔިތުމީހާ ގޯސްވީ. ޒަރޫރޫ ކަމެއް ޖެހުނީމަ ނުކުންނާނެ އެއީކީ ރައްޔިތުންގެ ގަޔަށް ބޮލަށް އަރަންޖެހޭ ކަންތަކެއްނޫން. އަމިއްލައަށް ވިސްނާފައި ފިޔަވަޅުއަޅާ. ރައްޔިތުން އެދޭ ކަންތައްތައް ކޮށްދީ.
ކަލޯ ކޮވިޑަށް ވު ރެ މަބު ރޫކު ގަދަ
ލާދީނީ ފިކުރުގެ މީހުން އެއްވާ ތަނެއްކަމަށްވާ މެރާކިކެފޭ ގެ ވެރި ފަރާތް..
މަބުރޫ އެހާއެހާއެއް ނޫން ތިއުޅޭ އުޑެއް ބުޑެއް ނޭނގޭ ބައިގަނޑު ތެރެއިން ކުޑަ ގޮތަކަށް ފާހަގަ ކޮށްލެވޭދެން މިވަގުތަށް ބަލާފަދެން ބަލައި ގަނެވޭ ބައެއްފަހަރު އެވެސްދެން މިހާލަތަށް ބަލާފަ ކޮންމެވެސް ވަރެއްތާދޯ ތެދުވެރި ވެއްޖިއްޔާ ދެންހަމަ ހަބޭސް އެއީ ދެން އެމީހެއްގެ ކަމެއްތާދޯ!
މަ ބޭނުން މަބޫ ??
ޔާމީން ވެ ރިއަކަށް ހު ރި ނަމަ އެންމެންވެސް ތިބޭނީ ރަނގަޅައް ލޮކްޑައުން. ޢިބޫ ހެން ފިލައެއް ނޯންނާނެ. މާ އަވަހަށް ފިޔަވަޅު އެޅީސް.
އޭ ޕްލަސް އެއް ދޯ
ތެދުފުޅެއް 7 އަހަރުގެ މަގޭދަރިގެވެސް އެންމެ ލައިކުވާ ބޭބެ މަބުރޫކް ވަރަށް ަަ ބެސްޓް
މީހުންނައް ހުޝާމަތު ކުރުމުގެ އާދަ ދިވެހި މީޑިޔާއިން އެބަޖެހޭ ދޫކޮއްލަން. ޚަބަރު ބަލާލާ ކޮންމެ ފަހަރަކު ހަމަ ކޮންމެވެސް މީހެއް ހޫޝަމަތުކޮއް ނަގާ ގަހައް އަރުވާތަން ފެނިގެންދަނީ. ބަޔެއް ފަހަރު ހީވޭ ދިވެހި މީޑިޔާ އަކީ ޕާސަނަލް މާރކެޓިން ކުންފުންޏެއް ހެންވެސް. ހަރުދަނާ މަސައްކަތް ކުރާ އެތަކެއް ބަޔަކު ރާއްޖޭގައި އެބަތިބި ޓީވީގެ ކުރިމަތީގައި އަދި ފަހަތުގައިވެސް. މި ފަދަ މީހުންނައް ގުރެޓިޓިއުޑު ހައްގުނަމަ އެކަން ކުރަންވީ މީޑިޔާގައި އެމީހަކު ދުވަސްކޮޅަކު އަރާލާފަ ދައްކާ ވާހަކައަކައް ބިނާކޮށެއް ނޫން. އެކަން ކުރަން ޖެހެނީ އެމީހެއްގެ ކެރިޔަރާއި މައްސޫލިއްޔަތުމަތީ ހަރުދަނާ ކަންމަތީ ދެމިހުރި މުއްދަތައަކައް ބަލާ ގައުމީ ފެންވަރުގެ އިނާމް ދިނުމަކުން އަދި އެމީހަކު ގައުމައް ހަގީގަތުގައި ކޮއްދިން ކަމެއް ސަރީހަކޮއް ކިޔާދެވޭފަދަ ސިގްނިފިކަންޓުކަމެއް ކޮއްފިކަމުގައިވާނަމަ އެކަނިއެވެ. ޓީވީ އަރާ ޚަބަރެއް ކިތާލާއިރުވުސް ރާއްޖޭގެ މީޑިޔާ އެމީހަކައަ ހުޝާމަތުކުރުމުގައި ހައްދުފަހަނަޅައި ފުންމައިގެންދާ މަންޒަރު ވަރައް ގިނައިން ފެނެއެވެ. މިއީ ޒިންމާދާރު ނޫސްވެރިކަމެއްވެސް ނޫން.. އަދި ޒިންމާދާރު އިޖުތިމާއީ އެކްޝަންއެއްވެސް ނޫނެވެ. މިކަންކަން އިސްލާހު ކުރާނެ ބަޔަކު މީޑިޔާގައި ތިބޭނަމަ ކިހާވެސް ރަނގަޅުވީސް. އެހެން ނޫނީ ހަރުދަނާ މަސައްކަތާއި ހަގީގީ އިޚްލާސްތެރިކަން އޮޅުން ބޮޅުން ވެދާނެއެވެ.
ހޫނ، ދެން ކަލޭމެންގެ އެސްފީނާ އޭނަޔަށް ޖައްސާނީކީ ނޫން! މަބްރޫކް ކޮންމެސް ހެނދުނާ، ހަވީރުގެ ޒިކުރުތައް ކިޔާތި!
ދެވަނަ އަދީބު ، މަބް ރޫކް ހަގީގަތުގައިވެސް ވަ ރައް ކުޅަދާނަ. ވެ ރިކަން ކު ރަން ހަމަ ހަބޭސް މީހެއް. ވެ ރިއެއްގެ ހައިބަތު އެބަހު ރި އަދި ހު ރިހާގޮތަކުންވެސް ޣާބިލް މީހެއް.
މަބްރޫކް މަޝާ އިންނަންވީނުން، ވަރަށް ހިތް ކިޔާ.
މީ އެއްކަލަ ސެކިއުލަރިޒަމް އަށް ގޮވި މަބުރޫކު ދޯ؟
މަބުރޫކުގެ ހުރި ހަމައެކަނި މައްސަލައަކީ ލާދީނީ މީހުން އެކުވެރިން ގޮތުގައި ގެންގުޅުން އެކަމުގެ ސަބަބުން ބައެއް ފަހަރު ރަނގަޅު ނޫން ޓުވީޓުތައް ކުރެވޭ. ﷲ މަބުރޫކަށް ހިދާޔަތް ދައްކަވާށި!
މަބްރޫކްގެ ވިސްނައި ދިނުމަށް އެއްވަނަ، ހިތްވަރަށް 100، އޮޅުވާލުމުގެ ހުނަރަށް 1000
ރައީސް މަބްރޫކް އަޒީޒް. 2023