އެއީ ގައުމެއްގެ ރައީސެއްގެ ހައިސިއްޔަތުން ނިންމެވޭނެ އެންމެ ބޮޑު އެއް ނިންމުމެވެ. ދުނިޔޭގެ ބައެއް ގައުމުތަކުގެ ވެރިންނަށް ނިންމަވަން ކެރިވަޑައިނުގެންނެވި އެއް ނިންމެވުމެވެ. ފުރަތަމަ ބޭރުގެ ބައެއް ގައުމުތަކުން ރާއްޖެ އަށް ފަތުރުވެރިން އައުން މަނާކުރީއެވެ. އެއަށް ފަހު، މާދަމާ އިން ފެށިގެން އޮން އެރައިވަލް ވިސާ ދިނުން މެދުކަނޑާލީއެވެ. އެ ނިންމުމާ އެކު، ބޭރު ގައުމެއްގެ އެއްވެސް މީހަކަށް ރާއްޖެ އަށް އެތެރެއެއް ނުވެވޭނެއެވެ. ރާއްޖޭގެ ދޮރުތައް ބޭރުގެ މީހުންނަށް ބަންދުވީއެވެ.

ރާއްޖޭގެ ތާރީހުގައި އެޅި އެންމެ ބޮޑު އެއް ފިޔަވަޅުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު އެކަމަކަށް ބަރޯސާވެފައި އޮންނަ ފަތުރުވެރިކަން ހުއްޓުމަކަށް އައީއެވެ. އެއީ ރާއްޖެ އަށް އާމްދަނީ ވަންނަ އެއް ވަސީލަތެވެ. އެއާ އެކު، ރާއްޖެ އަށް ޑޮލަރު ވަންނަ ދޮރުތައް ވެސް ބަންދުވީއެވެ. މިއީ ރާއްޖޭގެ އިގުތިސާދުގެ 75 ޕަސެންޓް ހިއްސާކުރާ ޓޫރިޒަމް އިންޑަސްޓްރީ އަށް އެންމެ ބޮޑު އެއް ގޮންޖެހުމަކަށް ވާނެއެވެ. މިކަމުން އަރައިގަނެ، ރާއްޖެ އަލުން ހިނގައިގަންނަން އެތައް ދުވަހެއް ނަގާނެ ކަމީ މިއަދުގެ ހަގީގަތެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ މީޑިއާތަކާ ބައްދަލު ކުރައްވަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަފްޒަލް

އެކަމަކު، މިކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވިސްނުންފުޅު، ރައްޔިތުން ހީކުރި ގޮތާ ތަފާތެވެ. އެމަނިކުފާނު ހުންނެވީ ރައްޔިތުންގެ ހުވަފެންތަކުގައި ކުލަ ޖައްސައި ދިނުމަށް ކޮންމެ ފަދަ ގުރުބާނީއެއް ވެވަޑައިގަތުމަށް ހުންނެވީ ތައްޔާރަށެވެ. ކުރިއަށް އޮތް ތިން، ހަތަރު މަހަށް ރާއްޖެއަށް ޑޮލަރުގެ ދަތިކަން ކުރިމަތި ނުވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. ރާއްޖެ އަށް ބޭނުންވާ ކާޑުގެ ބާވަތްތައް މެދުކެނޑުމެއް ނެތި ލިބޭނެ ގޮތްތައް ހައްދަވަން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، ރާއްޖޭގެ އިގްތިސާދަށް އެރި ލޮޅުންތަކަށް ފަހު ރާއްޖެ ހަމަަޔަކަށް އެޅެން ނަގާނީ ހަ މަސް ދުވަހެވެ. އަދި މި ބަލިމަޑުކަން މެއި މަހާ ހިސާބަށް ހިނގައިދާނެ ކަމަށް ބަލަންވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެކަމަކު، ރާއްޖެ އޮތް ގޮތުންނާއި އައިސޮލޭޓް ކުރުމުގައި ފަސޭހަ ގޮތްތަކެއް ހުރުމާއި ސަރުކާރުން އަޅާފައި ހުރި ފިޔަވަޅުތަކުގެ ސަބަބުން އެއަށް ވުރެ، އަވަހަށް ވެސް ރާއްޖެ މި ބަލިން ސަލާމަތްވެވިދާނެ ކަމަށް އެމަނިކުފާނު ލަފާކުރައްވައެވެ.

"ނަމަވެސް ދުނިޔޭގައި ފެތުރެމުންދާ ކަމަށްވާ ނަމަ، އެ މުޅިން ހުއްޓުމަކަށް ގެނެވޭނީ ދުނިޔެ ހަމައަކަށް އެޅިގެން. ރާއްޖެ އަށް މީހުން އަންނަ ގައުމުތަކުގައި މިކަން ކޮންޓްރޯލް ކުރެވިގެން. އަޅުގަނޑުމެންނަށް މިހާރު އަޅާފައި ހުރި ފިޔަވަޅުތަކުންނާއި، މިއަދު (އިއްޔެ) އެޅި ފިޔަވަޅުތަކާ އެކީގައި މިކަމުން އަރައިގަނެވިދާނެ. އެކަމަކު، އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން އެބަޖެހޭ. މީގައި ފަރުވާކުޑަކޮށްގެން ވާކަށް ނެތް،" ރައީސް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ބައެއް ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: ރައީސް އޮފީސް

އެއަށް ފަހު، މި އަހަރުގެ ފަހު ކުއާޓަރުން ފެށިގެން އިގްތިސާދީ "ބޫމް" އެއް އަންނާނެ ކަމަށް ތަޖުރިބާކާރުންނާ ހަވާލާ ދެއްވައި ރައީސް ވިދާޅުވިއެވެ. އެއާ އެކު، ރައީސް މިސާލު ދެއްކެވީ މިހާރު ވެސް ޖަރުމަނުވިލާތުން އެތައް ހާސް ފަތުރުވެރިންތަކެއް ރާއްޖެ އަންނަން ބޭނުންވެފައި ތިބި ކަމުގެ މިސާލެކެވެ.

ރައީސް ވިދާޅުވީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ އެއް ގައުމު ކަމަށްވާ، ޖަރުމަނުގައި ތިން މަސް ފަހަށް ގާތްގަނޑަކަށް 20،000 ބުކިން ހެއްދުމަށް ޖަރުމަނުގެ ޓޫރިސްޓުން އެދެމުން އަންނަ ކަމުގެ މައުލޫމާތު ޓުއާ އޮޕަރޭޓަރުންގެ ފަރާތުން ލިބިވަޑައިގެންފައިވާ ކަމަށެވެ. ޗައިނާ ވެސް އެ ވައިރަހުން ސަލާމަތްވެ، އަންނަ މަހު އެ ގައުމު ހުޅުވައިލުމާ އެކު، ޗައިނާގެ ޓޫރިސްޓުން ވެސް ރާއްޖެ އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މިއަދު ވެސް އަޅުގަނޑަށް އެނގުނު ރަޝިއާ އިން 300 އަށް ވުރެ ވެސް ގިނަ މީހުންގެ ބުކިން ހަދަން ގުޅާފައި އޮތްކަން." ރައީސް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ ޝައުނާ މަޝްވަރާ ކުރައްވަނީ. --- ފޮޓޯ: ރައީސް އޮފީސް

ރައީސްގެ ވާހަކަފުޅުގެ ކުރު ހުލާސާއެއް:

  • ކަރަންޓު ބިލުން 40 ޕަސަންޓު، ފެން ބިލުން 30 ޕަސަންޓު އުނިކުރަން ނިންމުން.
  • ބީއެމްއެލް މެދުވެރިކޮށް ރައްޔިތުން ނެގި ލޯންތައް ދެއްކުން ހަ މަހަށް ފަސްކުރުން.
  • ކާޑު، ޕެޓްރޯލާއި ޑީސަލް ދަތިކަމެއް ނެތި ލިބޭނެ ކަމުގެ ޔަގީންކަން ދެއްވުން.
  • ސްޓޫޑަންޓް ލޯން ދެއްކުން ހަ މަހަށް ފަސް ކުރަން ނިންމުން.
  • އެސްޓީއޯ މެދުވެރިކޮށް ދަނޑުވެރިންގެ އުފެއްދުންތައް ވިއްކޭނެ ގޮތެއް ހެދުން.
  • ބާނާ މަހަށް މިފްކޯ މެދުވެރިކޮށް ފަސޭހައިން ފައިސާ ލިބޭނެ ގޮތެއް ހެދުން.
  • ފްލެޓުތަކުގެ ކުލި ދެއްކުން ފަސްކޮށްދެވޭތޯ މަޝްވަރާ ކުރުން.
  • އިންޓަނެޓުގެ އަގަށް ވަރަށް އަވަހަށް ހެޔޮ ބަދަލެއް ގެންނަން ނިންމުން.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އަންނަ މަސް ނިމޭއިރު ރާއްޖޭގައި ކޮވިޑް ބަލީގެ މީހަކު ނެތި، މި ބިރުވެރިކަމުން އަރައިގަނެވިއްޖެ ނަމަ ޗައިނާގެ މާކެޓަށް ނުވަތަ ސައުތު އީސްޓް އޭޝިއާ އަށް ރާއްޖެ ހުޅުވައިލެވޭނެ ކަމަށެވެ. އެއީ ރާއްޖެ އަށް އެންމެ ގިނަ އިން ފަތުރުވެރިން ޒިޔާރަތް ކުރާ އެއް ސަރަހައްދެވެ. އެ ސަރަހައްދުގައި ހިމެނެނީ ޗައިނާ، ޖަޕާން ސައުތު ކޮރެއާ ފަދަ ގައުމުތަކެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު ހިންގާ ދަރުބާރުގޭގައި ދެ ގަޑިއެއްހާއިރަށް ބޭއްވެވި ޕްރެސް ބްރީފިންގައި ރައީސް ވިދާޅުވީ ރާއްޖެ ލޯނު ނަގާފައިވާ ގައުމުތަކާއެކު އެ ލޯނުތަކަށް ލުއިތަކެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން، ރާއްޖޭން އެންމެ ބޮޑެތި ލޯނުތައް ނަގާފައިވާ ޗައިނާއާ މަޝްވަރާ ކުރަން ބޭނުންވާތީ އެ ގައުމުގެ ސަރުކާރަށް ސިޓީ ފޮނުވާފައިވާ ކަމަށާއި އަދި އެކަމުގައި ޖަވާބެއް ނުލިބޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: ރައީސް އޮފީސް

އެކަމަކު، އެމަނިކުފާނު ވިދާޅުވީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ ލޯނެއް ނެގުމަށް ސަރުކާރުން އަދި ވިސްނުން ނުގެންގުޅުއްވާ ކަމަށެވެ. އައިއެމްއެފްގެ ލޯނެއް ނަގައިފި ނަމަ، ވަކި ކަންތައްތަކެއް ކުރުމަށް ޝަރުތު ކުރާނެ ކަމަށާއި އެ ޝަރުތުތަކަށް އެއްބަހެއް ނުވެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ފުރަތަމަ އަންނާނެ ކަމަކީ ސަރުކާރުގެ މުވައްޒަފުން މަދު ކުރަން. އަޅުގަނޑަށް އެކަން ކުރެވޭނެތޯ؟ މިހާރު އެތިބި 26،000 ސިވިލް ސާވަންޓުން މަދު ކުރަން ކުރީ ފަހަރު ވެސް އެ ބޭފުޅުން އެންގި. މުސާރަ ވެސް ކުޑަކުރަން އެންގި. މިދަނޑިވަޅަކީ އެކަން ކުރަންވީ ވަގުތު ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެހެންވީމަ، އައިއެމްއެފްގެ ޕެކޭޖާ އެއްގޮތަށް ލޯނެއް ނަގަން އަދި އަޅުގަނޑު ނުވިސްނަން. އެހެންވީމަ ޕްރައިވަޓައިޒް ކުރުމުގެ ޕެކޭޖަށް ދާކަށް ނުޖެހޭނެ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވެސް ގަބޫލުފުޅު ކުރެއްވި ގޮތުގައި އައިސްގެން މިއުޅެނީ ފައިނޭންޝިއަލް ކްރައިސިސްއެއް ނޫނެވެ. ބޭންކްތަކުގައި އާއި މީހުން އަތުގައި ފައިސާ ހުރިއިރު، ހަރަދު ކުރަން ބޭނުންވާ މީހުން ވެސް އެބަތިބި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވިއެވެ.

"އެހެންވީމަ މިކަން ނިމުނީމަ، މި އަހަރުގެ ފަހު ކުއާޓަރުގައި އާއި އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ބޮޑު ބޫމެއް ޓޫރިޒަމް އިންޑަސްޓްރީއަށް އަންނާނެ ކަމަށް މިކަމުގެ މާހިރުން އެބަ ވިދާޅުވޭ،" އުންމީދުތަކެއް ހުރި ކަން ފާހަގަކުރައްވައި، އެކަމަކު މި ދަނޑިވަޅުގައި ހިފަހައްޓާލަން އެދިވަޑައިގަންނަވަމުން ރައީސް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ބައެއް ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: ރައީސް އޮފީސް

ރައީސް ދިވެހިންނަށް އިއްޔެ ވެސް ދިން ޔަގީންކަމަކީ ތަރައްގީގެ މަޝްރޫއުތައް ހުއްޓާނުލައި ކުރިއަށްދާނެ ކަމުގެ ޔަގީންކަމެވެ. މުސާރަތައް ކުޑަ ނުކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ. ދިވެހި ރައްޔިތުންނަށް ފަހި ގޮތްތަކެއް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ވިސްނުންފުޅަކީ މުސާރަތައް ކުޑަކޮށް، ވަޒީފާތަކުގައި ތިބޭ މީހުން ވަކިކޮށްފައި ގޭގައި ބައިތިއްބުމެއް ނޫނެވެ. އޭގެ ބަދަލުގައި ލޯން ނަގައިގެން މި ހާލަތުން އަރައިގަތުން ކަމަށާއި މިގަޑީގައި ލޯން ނަގަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މުސާރަތައް ކުޑަކޮށްގެން، މީހުން މަދުކޮށްގެން ތިބުމެއް ނޫން. އަޅުގަނޑުމެންނަށް ލިބެން އޮތް ތަނަކުން ނަގާފައި ހަރަދު ކުރަން. މުސާރަ ދިނުން. އިގްތިސާދު ޖަނަރޭޓް ކުރުން. އެކަކު އަތުން އަނެކަކު އަތުން ހަރަދު ކުރުން. އެ ވިސްނުމުގައި މަސައްކަތް ކުރަނީ،" ރައީސް ވިދާޅުވިއެވެ.

ރައްޔިތުންނާ ގުޅުން ހުރި އެއް މިސާލެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްކެވީ ރާއްޖެ އިން ބޭރުން މޭވާ އާއި ތަރުކާރީ ގެންނެވޭނެ ގޮތެކެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ފްލައިޓުތައް ކެންސަލް ކުރުމާ ގުޅިގެން އެ ތަކެތި ގެނައުމަށް ދަތިތަކާ ކުރިމަތިވާނެއެވެ. އެކަމަކު، ސަރުކާރުގެ ވިސްނުމަކީ ހަފްތާއަކު އެއް ފަހަރު ނުވަތަ ދެ ފަހަރު ކާގޯ ފްލައިޓުތަކެއް ރާއްޖެ އަށް ބޭއްވުން ކަމަށާއި ސްރީ ލަންކާއަށާއި އިންޑިއާ އަށް ދެވޭނެ ކަމުގެ ޔަގީންކަން އެ ގައުމުތަކުން ދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ދެން އޮންނާނީ ތައިލެންޑާއި ދުބާއީއާ. އެ ހަތަރު ތަން އަޅުގަނޑުމެން މި ބަލަމުން މިދަނީ. ވޮލިއުމެއް ހަމަވީމަ، ފްލައިޓެއް ބާއްވައިގެން އެތަކެތި ގެންނަން (ވިސްނުން ހުރީ). ދެން ބޮޑެތި ހަރަދުތައް. ނަމަވެސް މިއީ ކުރަން ޖެހޭ ކަންތައްތަކެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި ގޮތުގައި މިއީ ދިވެހިން ގުޅިގެން މަސައްކަތް ކުރަންވީ ވަގުތެވެ.

ކިޔުންތެރިންގެ ހިޔާލު

35 ކޮމެންޓް

  1. ކިނބޫ

    ރައްޔިތުންނަށް ހެޔޮއެދިވަޑައިގަންނަވާތީތޯ ނޫނީ ވެރިކަމުގަ ހުންނެވީތީތޯ؟ ވެރިކަން ބީވާއިރަށް ޓޫރިޒަމް ބޮއިކޮޓް ކޮށް ރައްޔިތުން ހާލުގަ ޖެއްސޭތޯ މަސައްކަތް ފަށާނީތޯ؟ ރައްޔިތުން ބިކަ ކުރުމަށް ގަދައަޅާ ކުރި ބުރަ މަސައްކަތް އަޅުގަނޑުމެން ކިހިނެއްތޯ ހަނދާން ނެތޭނީ!

    102
    39
  2. ކިނބޫ

    ސިއްހީ މާހިރުންގެ ލަފާމަތިންތަ އެއްބައިވަންތަވާން އެދުނީ؟ މިހެން މިބުނީ ޖަލު ހުކުމާއި އިގަްތިސާދު ބައްޓަން ކުރުމާ ބެހޭގޮތުން ސުވާލު ކުރުމުންވެސް، ތިމަން މަޝްވަރާ ހޯދަނީ ސިއްހީ މާހިރުންގެ ފަރާތުންނޭ ވިދާޅުވީމަ.

    95
    19
  3. ނަކްޝާ

    ރީނދޫ ކުދިން މިކޮޔަނީ ކީކޭތަ ދެން؟؟ ވަގުތަކީ ފިތުނަ އުފައްދާ ނޫހެކޭ ކިޔައިގެން.. އަޅުގަނޑަށް ފެނުނީ ވަރަށް ޕުރޮފެޝަނަލްކޮށް މިދަނޑިވަޅު ވަގުތު ފެންނަނީ.. ކުރެޑިޓު ދޭން ޖެހޭ ފަރާތްތަކަށް ކުރެޑިޓު ވެސް ދީގެން. ސާބަހޭ ވަގުތު

    68
    9
  4. Anonymous

    މިވީހާތަނަށް ބަހާއި ޢަމަލު ދިމާނުވޭ

    66
    10
  5. މިއަދު

    ރއްއްޖޭގައި އުފއދިގެންއުޅޭ ޑްރަގުމާސް5ަރުންވެސް އެކަންއެކުރަނީ އެވަގުތާގުޅޭ އެއްމެ ރަގަޅަށްތާ؟ ގައުމުވިއްކާ ރަޢިއްޔަތުން ދަރަނިވެރިކުރުމަށް ވަގުތާއި ނުގުޅޭ ގިނަމަސައްކަތްތަކެއް ޕާޓީ މީހުމްމަށް ފައިދާވާގޮތަށް ހިންގުމަށް ބޮޑެތި ލޯނުތައް ނެގުން ތިވިދާޅުވީ ރައިސްގެ ހިއްވަރުފުޅުގަދަކަމަށް މަށްގޯސް ތަރައްގީގެ ހުރިހާމަސްރޫޢުތަކެއްހުއްޓާލާ ގައުމުގައި ހުރިއެއްޗެއް އިގުތިސާދުކޮށްގެން ރައިއްޔަތުމީހާއަށް ކާންދީ

    41
    4
  6. ޙިޔާލު

    އިދިކޮޅު ފަރާތްތަކާ ގުޅަނީ ރައީސް ނަށީދު ދެކެ ގަންނަ ބިރަކުން. ވެރިކަން އަތުލަފާނެތީ .

    30
    9
  7. ޙާޔާތް

    ސިއާސީ ގޭމް ޖައްސަނީ. ބޭކާރު ކޯލިޝަނެއް ކޮބާ ވެންޓޮލޭޓަރުތައް

    35
    8
  8. ކީއްކުރާނީ

    ދެން އެމީހަކު މަޝްވަރާހޯދާބައެއްގެވާހަކަދޯ އެމީހަކައްބުނެވޭނީ ކެބިނެޓު މިނިސްޓަރުންނާ އެޑުވައިޒަރުންނާ ތިބޭ އިރުވެސް ސިއްޙީމާހިރުންކައިރިން ލަފާހޯދަނީ ކޮންމެސް ކަމެއްވެގެންދޯ

    27
    5
    • ރާކަނި

      މަޝްވަރާ އަކީ ހާލަތުގެ ގޮތުން އެހޯދާ މީހުންވެސް ތަފާތުވާނެކަމެއް. ސިއްޙީ ކަމެއްގައި ވަޑިއަކަށް މަޝްވަރާއެއް ނުދެވޭނެ ނޫންތޯ؟

      14
      1
  9. ބްރޯ

    ޗައިނާ ގެ ލޯނޭ ވިދާލުވާތީ އެއީހަގީގަތް ބާ ؟ޗައިނާގެ ބޭންކް ތަކުން ޗައިނާގެ ކުންފުނިތަކުން ލޯނުނަގައިގެން ރާއްޖެގަ ފްލެޓް އަލަމުންދަނީ ފަހުން ފައިސާ ދައްކާގޮތަށް ، ބޭންކިންގ އުސޫލުން އެތައް އަހަރެއް ދިގު ދެމިގެންދާނަމަ ޕޭކުރަންޖެހޭ އަދަދު ބޮޑުވާނެ. ބޭންތަކުން ލޯނުނަގައިގެން ދިވެހިރާއްޖޭގަ އިންވެސްޓް ކުރަމުންދާ ކުންފުނި ތަކަށް ލުއެއް ދެވެނީ އެކުންފުނިތަކަށް ލޯނު ދޫކުރި ކުންފުނި ތަކުން ލުއެއް ދިފަިނަމަ .ގެއްލުންވާ ގޮތަށް ދިވެހިގައުމުގަ އެއްވެސްބަޔަކު މަސައްކަތެއްނުކުރާނެ ވަކިގަޮތަކަށް އެއްބަސްވެ މަސައްކަތް ނިމުމުން އަގުކުޑަކުރަން ވާހަކަދެއްކުމުން ބޭރުގައުމު ތަކުން ދިވެހިގައުމުގާ އިންވެސްޓް ކުރުމުގެ މަގު ބަންދުވާނެ. ހުރިހާފަރާތަކުން މަސައްކަތް ކުރަނީ އެމީހުންގެ ވިޔަފާރި ކުރިއެރުވުމަށް ދިވެހިދަވްލަތުން މަސައްކަތްކުރަނީ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް. ވުމައެކު އެއްވެސް ގައުމެއްގެ އަމިއްލަ ކުންފުންޏަކުން ދިވެހި ދަވްލަތުގެ ބޭނުމަށް ދިވެހިރައްޔިތުންނަށް ހިދުމަތް ފޯރުކޮށް ދިނުމަށް އެމީހުން އަމިއްލަޔަށް ބޭންކްތަނުން ނަގާލޯނު އެކުންފުނިތަކަށް ފައިދާ ނުވާގޮތަކަށް ދިވެހި ދަވްލަތަށް ނަފާކޮށެއްނުދޭނެ .އެއްބަސް ވުމަށްފަހު އެއް ބަސްވުމާ އެއްގޮތަށް އަމަލު ކުރުމަކީ ދީނީގޮތުންނާ ދުނިޔަވީގޮތުންވެސް ވާޖިބު ކަމެއް.

    12
    2
  10. ލާދީނީ ކަމަނާ

    ރަ އީސް އިބްރާހިމް މުހަހއްމަދު ސޯލިހާއި ރަ އީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ ޝަ އުނާ މަޝްވަރާ ކުރަ އްވަނީ. --- ފޮޓޯ: ރައީސް އޮފީސް މީ މިސަރުކާރުގެ މަ އްސަލަ އަކީ. ރަސޫލާ(ޞޢވ) އަށް ފުރަ އްސާރަކުރި މީހުން މިނިވަންކަމާ އެކު މަޝްވަރާ ދިނުމުގަ އި. މީ ބަލަ އިގަނެވޭނެ ކަމެ އްނޫން.

    49
    3
  11. ނުރަބޯ

    25 މާރޗް 2020ގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ގައުމާއި މުޙާޠަބުކޮށް ދެއްކެވި ވާހަކައިން ފާހަގަވި ކަންތައްތައް.

    1. މިފަދަ ހުހުޟޫރަތްތެރި ހާލަތުގައި ޤައުމާއި މުޙާޠަބުކޮށް ވާހަކަ ދެއްކެވި އިރު އިސްލާމް ދީނުގެ ރިވެތި އަދަބުތަކާއި ދުރުކަން ފާހަގަވެއެވެ. މިގޮތުން އިސްލާމް ދީނުގެ ރެވެތި ސަލާމުން ދިވެހި ރައްޔިތުންނާއި ސަލާމްކުރުމެއް، މާތް ނަބިއްޔާއަށް ސަލަވާތް ކިޔެވުމެއް ނެތެވެ.

    2.ދިމާވެފައިވާ މިވާ މުޞީބާތުން ނަޖާކޮށްދެއްވުމަށްއެދި ﷲ އަށް ތައުބާވެ، ހެޔޮމަގަށް ރުޖޫޢަވެ، ދުޢާދެންނެވުމަށް ރައްޔިތުންނަށް ނަޞޭހަތްދީފައި ނުވެއެވެ. މިފަދަ ދަނޑިވަޅެއްގައި ކުރަން މިއަށްވުރެ މުހިންމުކަމެއް އެބައޮތްތޯއެވެ؟

    3. ކައުންސިލްތައް މެދުވެރިކޮށް ރައްޔިތުންގެ ހެވާއި ލާބަޔަށް ކުރާނެ ކަމެއް ފާހަގަ ނުކުރައްވައެވެ.

    4. އެސް.ޓީ.އޯ އިން ކާޑު ވިކުނު މިންވަރަށް ބަލާއިރު ކޮންމެ ރަށެއްގައި 1 މަސްދުވަހުގެ ކާޑު ހުންނާނެކަމަށް ލަފާކުރާކަމަށް ވިދާޅުވިއިރު. އެކަން ކަށަވަރުކުރީ ކިހިނަކުންތޯއެވެ؟

    5. ލޯނު ދެއްކުން ހަމަސްދުވަހަށް ލަސްކުރަން ނިންމިއިރު، ލޯނުތައް ނަގައިގެން ހަދާފައިވާ ގެތަކުގެ ކުއްޔަށް ލުއިގޮތެއް ގެންނާނެގޮތުގެ ވިސްނުމެއް އަމުދުން ނެތެވެ. އެހެން ކަމުގައި ވާނަމަ، ލޯނު ދެއްކުން 6މަހަށް ފަސްކުރުމުގެ ނަފާ ކުއްޔަށްއުޅޭ ނިކަމެތި މީހާއަށް ލިބޭނެ ހެއްޔެވެ؟

    6. މި ނުތަނަވަސް ވަގުތުގައި ގައުމީ އުފެއްދުންތެރިކަން (ދަނޑުވެރިކަމާއި މަސްވެރިކަން) ކުރިއަރުވައި ރަށްފުށުގެ ފްޑު ސެކިއުރިޓީ ވަރުގަދަކުރާނެ ގޮތުގެ އެއްވެސް ވިސްނުމެއް ނެތްކަން ދޭހަވެއެވެ.

    7. ދެއްކެވި ވާހަކައިގެ ޙުލާޞާއަކީ ރައްޔިތުނަށް ދަތިނުކުރާނެ ކަމަށެވެ. މިހެން ވިދާޅުވިއިރު ޖެހިގެން ވިދާޅުވީ 4 މަސްދުވަހުގެ ޑޮލަރު ހުރި ވާހަކައާއި، 10 މަސްދުވަހަށް ވާވަރަށް ކާޑު ގެންނަން މަސައްކަތްކުރާވާހަކައެވެ.

    8. ތެދެކެވެ. ޞިއްޙީ މާހިރުންނަށް ބަސްބުނުމުގެ ބާރު އޮންނަންވާނެއެވެ. އެކަމަކު އެއީ ބަލި ކޮންޓްރޯލް ކުރުމަށެވެ. އިޤްތިޞާދީ އަނދަވަޅަކުން ރާއްޖެ ސަލާމަތްކުރުމުގެ ޤާނޫނީ ޒިންމާއޮތީ މަނިކުފާނުގެ އަތުގައެވެ. އެކަމަކު މިފެންނަނީ މި ނުތަނަވަސް ދަނޑިވަޅުގައި ގައުމުގެ މިނިވަންކަން ގެއްލިދާނެފަދަ ލޯނުތައް އިންޑިޔާއިން ނަގައި، މިވަގުތަށް މުހިންމު ނޫން ބްރިޖެއް 400 މިލިޔަން ޑޮލަރަށް އަޅަންއުޅޭ ތަނެވެ.

    9. މަނިކުފާނު މިޤައުމާއި ޙަވާލުވިއިރު އޮތީ ވަރުގަދަ އިޤުތިޞާދެކެވެ. އޭރު ޖަމާވެފައިވާ ފައިސާއިން އަދި ވެރިކަމަށް އެރިފަހުން ލިބުނު ފައިސާއިން ރައްޔިތުންނަށް ކަމެއްނުކޮށްދެވުނެވެ. ވީމާ، މިދަތިޙާލުގައި ކަންކުރެވޭނޭ ކަމަށް ބެލުމަކީ މޮޔަކަމެއްނޫންހެއްޔެވެ؟

    10. ބުނަންހެއްޔެވެ. މަނިކުފާނު ތިޔަ ވިއްކަނީ ޕޮޕިއުލިޒަމެވެ. އެކަމަށް މަނިކުފާނު ވަރަށް ކުޅަދާނައެވެ.

    33
    5
    • ނުރަބޯގަޅި

      ޔާމީނު ވެރިކަމުގައި މިކަހަލަ ކަމެއް ދިމާވިނަމަ އުފަލުން ފޮޅޭނެ އޭނަ.. އޭރުން ވައިރަސް ގެ ބޮލަށް ކަނޑާފަ އިޤްތިޞާދު ބަނޑުއަޅާލަން ދެވަނަ މިނިވަން50 އެއް ލިބުނީތާ.. ފިއްތާ މެޝިނެއް އީބޭ އިން ގެނެސްގެން ނިކަން ރަނގަޅަށް ފިއްތާލަބަލަ...ލަލަލާ

      2
      1
  12. ކިނބޫ

    ޝުކުރިއްޔާ ރައީސް ޔާމީން

    33
    14
    • ޕާޓޭ ގެ ޑެޑީ

      ކަލޭ ޔާމީނު ގިރާގެން ބޮއެބަލަ..

      11
      22
      • ހަޖަމް

        ހަޖަމް ބްރޯ. ހަޖަމް. ހަމައެކަނި އެހެން ބުނެލަން ބޭނުންވަނީ. އަދިވެސް އެއްފަހަރު ހިތުގެ ފުންމިނުން ޝުކުރިއްޔާ އަހަރުމެންގެ ލޮބުވެތި ރައިސުލް ޖުމްހުރިއްޔާ ޔާމިން ޢަބްދުލް ޤައްޔޫމް.

        4
        6
        • ރަޖަމް

          ޝުކުރު ދަންނަވާލަންށާއި ރޭކޮށްލަން ޔާމީނަށް ދަޢުވަތު ކާޑެއް ފޮނުވަންވީނުން.. ޔާމީނު ވެރިކަމުގައި މިކަހަލަ ކަމެއް ދިމާވިނަމަ އުފަލުން ފޮޅޭނެ އޭނަ.. އޭރުން ވައިރަސް ގެ ބޮލަށް ކަނޑާފަ އިޤްތިޞާދު ބަނޑުއަޅާލަން ދެވަނަ މިނިވަން50 އެއް ލިބުނީތާ.. ލަނޑަޔާ ވާނީ ލަނޑަޔާ #ބްރޯމޭންސް ހީހީހީ

          1
          2
        • ހަޖަމް ކޮއްބަލަ

          ކަލޭމެން ހަޖަމް ކޮއްގެން ތިބެބަލަ

  13. ސެކްރެޓަރީ މޑނ

    ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ މޑނ ޝައުނާ މަޝްވަރާ ކުރައްވި.

    3
    1
  14. އަބުއާ

    ދިވެހިންގެ ހަބޭސް ރަޢީސް. ހަމަ ބެސްޓް.

    12
    20
  15. ދައުލަތް

    ބޭހޮއްކޮ! މިވަރު ތަނެއްދޮރެއްނޭގޭ ދެއްކޭ ނުދެއްކޭ ވާހަކަ ނޭނގޭ ގަމާރު ރައީސަކު ދުނިޔެތާކުން ނުދެކެން. ރައީސަކަށްވީތީ އެނގެންޖެހޭ އަސާސީ މަޢލޫމާތުވެސް ނޭނގޭ. މުޅި ދުނިޔެ ހުއްޓުމަކަށް ދިޔައީމަ ބޭންކުތަކުގަ ހުރި ފައިސާއަށަވެސް އަސަރު ކުރާނެކަމާ ލިބޭ އާމްދަނީ ދަށްވުމުން ބޭންކުތަކަށްވަންނަ ފައިސާ މަދުވެ ރިޒާވް ދަށްވެގެން ދާނެކަން އެނގެންވާނެ. އިއްޒަތްތެރި މޮޔަ ރައީސް. އުފެއްދުންތެރިކަން ދަށްވެ،ވިޔަފާރި ދަށަށްގޮސް،މުދާ ރޯލްނުވީމަ ރައްކާކޮށްފަހުރި ފައިސާ ނަގައިގެން ބޭނުންކުރަން ޖެހުނީމަ ފައިސާ މަދުވާނެ ނޫންތޯ؟ޑިމާންޑާއި އެއްވަރަށް ސަޕްލައި ނުކުރެވެންޔާ އިންފްލޭޝަންވެސް ހަމަ މަތިވާނެ ނޫންތޯ؟ ފަތުވެރިކަން އިނދަޖެހި ބޭރުފައިސާ ނުލިބުމުން ބޭރުފައިސާގެ ބޮޑު ކަޅބާޒާރެއް އުފެދި ބޮޑު އަގުގައި ބޭރުފައިސާ ގަނެގެން އެ ބޭރުފައިސާއިން މުދާ ގަންނަން ޖެހުނީމަވެސް ހަމަ މުދަލުގެ އަގު މަތިވާނެ ނޫންތޯ؟ ތިޔަ ތޫނުފިލިކަމާއި، ދުރު ވިސަނުންފުޅު ފެނި ހަމަ އުފަލުން ލޯފުރާ ރޮއިއްޖެ ޓްވީޓް ކުރި ޑޮކްޓަރު ނޫނަކަސް. ޝުކުރިއްޔާ ސަރ.

    8
    5
  16. އަދާލަތު

    ފްލެޓް ތަކުގެ ކުލި ފަސްކުރަން ވިސްނަވާކަމަށް ވިދާޅުވި އިރު، ފްލެޓް ތަކުގަ އި ތިބެނީ މަސަ އްކަތެ އް ނުކޮށް ފަ އިސާ އޮހޭމީހުންތޯ؟
    އެއއއ އީ މާނިކަމެތި ބަ އެ އް. އެމީހުންނަށްވެސް 6 މަސް ލިބެންޖެހޭނެ.

    5
    1
  17. ކަޅުބެ

    މި ވެރިން ރައީސް ޔާމީންގެ ވެރިކަމުގަ އި ގޮވީ ޓޫރިޒަމް ބޮ އިކަޓު ކުރަން މި އަދު މިވެރިން މިތެޅެނީ މި ވެރިކަމުގަ އި މިކަންކޮމްޕުލީޓު ވެގެން ﷲ ގެ ކުޅަދުންވަންތަ ކަމާއެވެ ވިސްނާބަޔަކަށް އިބުރަތެ އް ކަމުގައި ނޫނީ ނުވެއެވެ.

    11
  18. ޙުސައިން ރަޝީދު

    ޢަޖާއިބެއް
    ޢުއްމީދުގެ ހުޅުކޮޅު އެއީ ނިއްވަމްޖެހޭ އެއްޗެއްތަ؟
    ހެޑިންގ ކަމަކު ނުދޭ އެއްގޮތަކަށްވެސް.

    6
    5
  19. ހަލީޒާ

    އިބޫސޯލިހުގެ ވާހަކަ ބޮޑައް ވައްތަރީ 80ގެ އަހަރުތަކުގެ ޕޮލިޓީޝަނުން ރައްޔިތުންނައް އަސާސީ ތައުލީމު ނެތް އިރު ދައްކާކަހަލަ ވާހަކަތަކާ. މިހާރު އުޅޭ ދިވެހީންނައް އިނގޭ ސަރުކާރުގެ ހުރި ކެޕަބިލިިޓީ އާއި ނެތް ވަރުވެސް. ބީއެމްއެލް ކަހަލަ ކޮމާޝަލް ބޭންކަކައް ސަރުކާރުގެ މާލީ އިދާރާ އެހީއައް އެދޭ ހިސާބައް ދިޔައީމަ އެއީ ވަރައް ކަންބޮޑުވާ ދަރަޖައެއް. ޕީއެސް އައިޕި ޕުރޮޖެކްޓުތަކުގެ ފައިސާ އަކީ ރާއްޖެއިން ބޭރައް ދާނެ އެއްޗެއް.. ލޭބަރާއިންގެ މުސާރައިގެ ގޮތުގަޔާއި ތެލާއި މެޓީރިއަލްއިން. އަދި އެއީ އެއްވެސް ކޮމާޝަލް ލޯންގުޓާމް އެކަށީގެންވާ އަދަދެއްގެ ވަޒީފާ އުފެއްދޭނެ މަޝްރޫތަކެއްނޫން. މިއަހަރުގެ ބާކީ އޮތްތާގައި ސަރުކާރަކައް ރިކަރެންޓު ޚަރަދުތަކެއްވެސް އެހީއާއި ނުލާ ހަމައެއް ނުޖެއްސޭނެ. އަދި އަހަރު ނިމޭތަނަކުން ޓޫރިޒަމް އައިސް މައްޗަކައް ނާރާނެ. މިއަހަރުގެ ފަހުކޮޅައްދާއިރު ދުނިޔެ 1930ގަ ދިޔަފަދަ ޑިޕްރެޝަނަކައް ދާނެކަމައް ވަނީ ޕުރޮޖެކްޓުކުރެވިފަ. އެހިސާބައްދާއިރު ހޮލިޑޭހަދާލަން ބޭރައް ދާނެ ލާރީ ޚަރަދުކުރުމުގެ ބަދަލުގަ ބޭރުމީހުން ބޭނުންވާނީ ދަރަނިތަކުން ސަލާމަތްވާން. ކުރިޔައް އޮތް 18 މަސް ދުވަސް ތެރޭ ޓޫރިޒަމް ރަނގަޅެއް ނުވާނެ.

    8
    2
  20. ޑޮޮން

    ކިހާ ދެރަ ކަމެެ އްމީ؟ ކިހިނެ އއް އުންމީދީ ހުޅުކޮޅު ނުނިވާ އޮތީ؟ ބޮޑެތި ކުލި ދަ އއްކަ އިގެން ދިރި އުޅޭ މީހުންނާޢި ބޮޑެތި ކުލި ދަ އއްކަ އިގެން އުޅޭ ވިޔަފާރިތަކަށް އެއ އްވެސް ހަ އްލެ އް ނެތް. ދެރަ އީ ހަ އއއްލެ އް ހޯދަން ވިސްނާފަވެސް ނެތުމުން. ނިކަމެތި މީހާ ނިކަމެތި ކޮށްލުން. ޡަރޫރީ ބޯހިޔާވަހިކަމަށް ނުވިސްނާ ރިސޯޓު އޯނަރުންނަށްދޯ ވިސްނަނީ.

    7
    3
  21. ޙަހަ

    ޕީޕީއެމް ކުދިންނަކަށް ހަޖަމެއް ނުވާނެ ހަމަ!????

    9
    7
  22. ޢަންސާރު

    އެއްބާރުލުން ލިބޭނެ...އިންޝާ ﷲ

  23. ނަން

    އޭ ވަލިޔުލް ޢަމްރު! ތިބާގެ ހިތްހެޔޮކަން ރައްޔިތުންނަށް ދައްކާލަންވީ ވަގުތަކީ މިއީ

  24. ފޮކްސް ކނބ

    އަސްލު ކިނބުލަށްވުރެވެސް މީނަގެ މަކަރުވެރިކަން ބޮޑު. އެކަމަކުވެސް ކީއްކުރާނީދޯ. ހިތުން ތަޢުލީމު އުގެނިގެން ތިބި މީހުން އަތްޖެހީ. ޖާހިލުކަން އިންތިހާއަށް ގޮއްސަ މިގައުމުވެސް މިއޮތީ.

  25. ފޮކްސް ކނބ

    އަސްލު ކިނބުލަށްވުރެވެސް މީނަގެ މަކަރުވެރިކަން ބޮޑު. އެކަމަކުވެސް ކީއްކުރާނީދޯ. ހިތުން ތަޢުލީމު އުގެނިގެން ތިބި މީހުން އިއްޔެވެސް އަތްޖެހީ. ޖާހިލުކަން އިންތިހާއަށް ގޮއްސަ މިހާރު މިގައުމުވެސް މިއޮތީ.

  26. ކާސިމްބެއްޔާ

    އުއްމީދުގެ ހުޅުކޮޅު ނިއްވާނުލާ އަނދިރި ވަޅުގަނޑަކަށް ގެންދާތަން އެބަ ފެނޭ. މީ ބަލިމަޑުކަމެއްކަމަށައި އިގްތިސާދީ ކަންބޮޑުވުމެއް ނުންކަމަށް ރައްޔިތުންނަށް ވިސްނަވައިދޭން ތިކުރާ މަސައްކަތަކީ ރައްޔިތުން ކަނު އަދަވަޅިކަށް ވައްޓާލުން. މި ގައުމަކީ ޓޫރިޒަމް ގެ މައްޗައް އިގްތިސާދު ބިނާވެފައިވާ ގައުމްކަށް ވާއިރު ދުނިޔޭގެ ހުރިހާ ގައުމަކަށް މި ބަލިމަޑުކަމުގެ ފަހަތުން އަންނާނެ އިގްތިސާދީ އަދަވަޅުން އަރައިގަތުމަށް ހިއްވަރުދީ ވީ ވަރަކުން އިސްރާފް ކުޑަކުރުމަށް ރައްޔިތުންނަށް ވިސްނައަިދޭން އެބަޖެހޭ.

  27. މާާލެ މީހާ

    ކީައްވެތަ ބުރިޖް އަޅަން އެހާބޮޑު އަގެއް މިކިޔަނީ. އަޅުގަނޑުމެންގެ ސަރުކާރުޢިދިކޮޅުގައި އޮތް އިރު ބުނީ ހުޅުމާލެ ބުރިޖް މާބޮޑަށް އަގުބޮޑު،ވާހަކަ. މިހާރު ކިހިނެއް މިވީ؟

  28. ނައީމް

    މިއަދު ވެރިކަމުގަ ރައީސް ޔާމީން ހުންނެވިނަމަ ރައްޔިތުންނަށް ކަރަންތާއިފެން ހިލޭކުރީސްކަން ކަށަވަރު ރައީސްޔާމީން ޖަލުގަ ބަންދު ރައްޔިތުން ރަށުބަންދު މެންބަރުން ޓިސޫތެޅުން ޙޙޙޙޙ

    • ނަން

      ޔާމީން އަށް ހައްގު ވަނީ ހަމަ އެކަނި ތަނަކީ ޖަލް.