އަހުމަދު ޝަރީފް (އަސްލު ނަމެއް ނޫން) އަކީ ރާއްޖެ އިން ކޮވިޑް-19 އަށް އެންމެ ފުރަތަމަ ޓެސްޓް ކުރި މީހުންގެ ތެރޭގައި ހިމެނޭ އެކަކެވެ. ރާއްޖޭގެ ދެކުނުގެ ރަށެއްގައި ދިރިއުޅޭ އަހުމަދު ރަށަށް ދިޔައީ މި ބަލި ރާއްޖެއިން ފެނުމުގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ. ރަށަށް ދިޔަ ފަހުން އޭނާގެ ފަރާތުން ކޮންމެވެސް ވަރަކަށް ހުމާއި ރޯގާގެ ޢަލާމާތްތައް ފެންނަމުން ދިޔައެވެ. މިޢަލާމާތްތައް އޭނާގެ ގައިން ފެންނަން ފެށި ފަހުން، ދެން އޭނާ ތަޖުރިބާ ކުރަން ޖެހުނީ މާ ބިރުވެރި ކަންތައްތަކެކެވެ.

އަހުމަދު މަސައްކަތް ކުރަމުން ދިޔަ ރިސޯޓުގައި އުޅުނު މީހަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވިކަން ހާމަކުރިއެވެ. ނަމަވެސް އެ ބައްޔަށް ފައްސިވި މީހާ އާއި އޭނާ އާއި އެއްވެސް ވަރަކަށް ބައްދަލުވެފައި ނުވުމުން، އޭނާ ކަންބޮޑުވެ ހާސްވާން ޖެހޭ ކަމެއް ނެތެވެ. ޓެސްޓު ކުރަން ޖެހޭނެ ކަމަކަށް ޤަބޫލެއް ވެސް ފުރަތަމަ ނުކުރެވުނެވެ.

"އަހަރެންނާ އެއްވެސް ވަރަކަށް އެމީހާ އާ ބައްދަލުވެފައެއް ނުވޭ. ނުވެސް ދެކެން އޭނަ އެއް. އެހެންވީމަ އެޗްޕީއޭ (ހެލްތު ޕްރޮޓެކްޝަން އެޖެންސީ) ތަންތަނުން ކިޔައި ދިން ގޮތުން ޓެސްޓް ކުރަން ޖެހޭ ކަމަކަށް ނުވިސްނަން. އެއީ ހަމަ އާދައިގެ ރޯގާ ހުމަކަށް ވިސްނައިގެން ހުރީ." އަހުމަދު ކިޔައި ދިނެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާތީ މީހަކު މާސްކް އަޅައިގެން -- ފޮޓޯ: އިބްރާހިމް ޝާބިލް / ވަގުތު އިމޭޖެސް

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޗައިނާގައި ފެތުރެން ފެށި ނުރައްކާތެރި ރޯގާ ރާއްޖެ އިން ފެނިފައި ވަނީ މާޗު ހަތެއްގައެވެ. ރާއްޖެއިން ކޮވިޑް-19 ފެނުމުގެ ކުރިން ވެސް އެޗްޕީއޭއިން އައީ ޝައްކު ކުރެވޭ ޢަލާމާތްތައް ހުރި މީހުންގެ ގައިގައި އެ ބަލި ހުރިތޯ ޓެސްޓް ކުރަމުންނެވެ. އަދި ބަލި ރާއްޖެ އިން ފެނުނު ފަހުން ސަރުކާރުން ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. ޓެސްޓް ކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރިއެވެ.

ޓެސްޓް ކުރުމުގެ މަރުހަލާ ފުޅާކުރުމުގެ މަސައްކަތާއި އެ މަރުހަލާ ކުރިއަށް ގެންދާ އުސޫލު، ޙާލަތަށް ބެލުމަށްފަހު މުރާޖަޢާ ކުރުމުގެ މަސައްކަތް ވެސް ކަމާ ބެހޭ ފަރާތްތަކުން ދަނީ ކެނޑިނޭޅި ކުރަމުންނެވެ. ސަރުކާރުން އެންމެ ފަހުން ނިންމި ނިންމުމަކީ، ކަރަންޓީން ކޮށްފައި ތިބި ހުރިހާ އެންމެން ކަރަންޓީންގައި ތިބޭ 14 ދުވަސް ފުރިހަމަކުރުމަށް ފަހު، ދޫކޮށްލުމުގެ ކުރިން ޓެސްޓްކުރުމެވެ.

މިހާތަނަށް އައި އިރު، މި ބައްޔަށް ޓެސްޓް ކުރި މީހުންގެ އަދަދު ބިދޭސީންނާއި ދިވެހިން ހިމަނައިގެން ހާހަކާ ގާތް ކުރާނެއެވެ.

އަހުމަދު ބުނި ގޮތުގައި އޭނާ ރަށުގައި އުޅުނު ދުވަސްކޮޅަކީ، އެޗްޕީއޭ އިން މީހުން އާއްމުކޮށް އެއްވެ އުޅުން މަނާކުރުމުގެ ވެސް ދުވަސްކޮޅެއް ކުރިއެވެ. އެހެންކަމުން ކޮންމެވެސް ވަރަކަށް ޒަރޫރީ ބޭނުންތަކަށް ބޭރު ތެރެއަށް ނުކުމެ އުޅުމަކީ އަހުމަދު ވެސް ކޮންމެ ދުވަހަކުހެން ކުރި ކަމެކެވެ.

އިބްރާހިމް ޝާބިލް / ވަގުތު އިމޭޖެސް

ނަމަވެސް އޭނާއަކީ ކޮވިޑް-19 އަށް ފައްސިވި މީހަކު އުޅުނު ރިސޯޓަކުން އައި މީހެއްކަން އެނގުނު ހިސާބުން އަހުމަދު އަށް ކުރަން ޖެހުނީ އުދަނގޫ ތަޖުރިބާއެކެވެ. އެހާ ހިސާބުން ރަށުގައި ދިރިއުޅޭ މީހުން އޭނާ އާ ވާހަކަ ދައްކަން ޖެހިލުންވާ ކަން ފާހަގަ ކުރެވެން ފެށި ކަމަށް އޭނާ ބުންޏެވެ.

މަގުމަތީގައި ހިނގާފައި ދާއިރު ގިނަ މީހުން، "އެހެރަ ދަނީ އެއްކަލަ ރިސޯޓުން އައި މީހާ ދޯ" އޭ ބުނާ ކަމަށް އަހުމަދު ބުންޏެވެ. ނަމަވެސް އެކަން މާ ބޮޑު ކަމަކަށް ހަދާފައި ނުވާ ކަމަށް ބުންޏެވެ. ނަމަވެސް މިކަންކަން ހައްދުފަހަނައަޅާ ދިޔައީ އެ ރަށު ބައެއް މީހުން އަހުމަދު ދިރިއުޅޭ ގެ ކައިރިއަށް އައިސް، އޭނާއާއި ދިމާއަށް އެއްޗެހި ކިޔަން ފެށި ހިސާބުންނެވެ.

"އަސްލު ގަބޫލު ވެސް ނުކުރެވޭނެ. ގެ ކައިރިއަށް އައިސް ބުނަނީ ރަށަށް ބަލި ހިފައިގެން އައިސްފިއޭ. ފެނުނަސް ކިޔަނީ އެހެން. ގުޅާފައި ވެސް ކިޔަނީ. އަންހެނުން ވެސް ވަރަށް ކަންބޮޑުވެފައި ހުރީ. މަގުމަތިން އަންނަތަން ފެނުނީމަ ވެސް މީހުން ދަނީ ދުރަށް. ހީވަނީ ބިރެއް ފެންނަހެން. ފެންނަ ކޮންމެ މީހެއް ޗުކުޗުކު ތަޅުވަނީ. ދެން އަނެއްކާވެސް ދައްކަން ދިޔައީ. ދިޔައީމަ ވެސް އެމީހުން ކަށިގަނޑު އަޅަނީ ވެސް ބިރުން އުޅޭހެން ތިބެ. " އަހުމަދު ކިޔައިދިނެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާތީ މީހަކު މާސްކް އަޅައިގެން -- ފޮޓޯ: އިބްރާހިމް ޝާބިލް / ވަގުތު އިމޭޖެސް

އަހުމަދު ބުނި ގޮތުގައި އޭނާގެ ގައިގައި ހުމުގެ ޢަލާމާތްތައް ހުރުމުން ޑޮކްޓަރަށް ދައްކަން ދިއުމުން ވެސް އޭނާ އަށް ކުރެވުނީ މާ ރަނގަޅު ތަޖުރިބާއެއް ނޫނެވެ.

ސިއްހީ މަސައްކަތްތެރިން ވެސް އޭނާ އަށް ޚިދުމަތް ދޭން ކޮންމެވެސް ވަރަކަށް ޖެހިލުންވާ ކަން އޭނާ އަށް ފާހަގަ ކުރެވުނެވެ. ހުން ބަލަން މަސައްކަތް ކުރި ކުއްޖާ ވެސް ދުރުގައި ހުރެގެން އެކަން ކުރަން އުޅޭ ކަހަލަ ގޮތަކަށް އުޅުނު ކަމަށް އަހުމަދު ބުނެއެވެ.

މި ބައްޔަށް އަހުމަދު ޓެސްޓް ކުރާނެކަން އޭނާ އަށް އެންގީ ޑޮކްޓަރަށް ދެއްކުމަށް ފަހު އޭނާ ބޭސް ފިހާރަ އަށް ދިޔަ ފަހުންނެވެ.

"ކުއްލިއަކަށް ދުވެފައި ކަހަލަ ގޮތަކަށް އަންނަނީ އަހަންނާއި ދިމާއަށް. އޭރު އަހަރެން ހުރީ ބޭސް ފިހާރަ ތެރޭގައި. އައިސް ބުނީ ޓެސްޓް ކުރަން ޖެހޭ ވާހަކަ. ދެން ޓެސްޓްކުރީ. ޓެސްޓް ނަތީޖާ ލިބުނު އިރު ނައްސި (ނެގަޓިވް). ވަރަށް އުފާވި. އެއީ އަހަރެން ރަށަށް އައިސް އުޅުނީ އަންހެނުންނާ ވެސް އެއްކޮށް. އެހެންވީމަ ޕޮޒިޓިވް ވި ނަމަ ވަރަށް ކަންބޮޑުވާނެ ދޯ. އެކަމަކު މީހުންގެ އުޅުމަކަށް ބަދަލެއް ނައި. އެހާހިސާބުން ހަމަ ބޮލުގަ ރިއްސީ. " އަހުމަދު ބުންޏެވެ.

ކޮވިޑް-19 އަށް ނައްސިވި ހިސާބުން އަހުމަދު އުންމީދުކޮށްގެން ހުރީ އޭނާއާއި މެދުގައި ތަފާތު ކުރުން ގެންގުޅުން ނިމުމަކަށް އަންނާނެ ކަމަށެވެ.

ނަމަވެސް އެކަން އެހެން ނުވުމުން، އަހުމަދަށް މީހުންގެ ވާހަކަތަކާއި ކުރިމަތިލުންވީ ނަފްސާނީ ގޮތުން ބޮޑު ގޮންޖެހުމަކަށެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާތީ މީހަކު މާސްކް އަޅައިގެން -- ފޮޓޯ: އިބްރާހިމް ޝާބިލް / ވަގުތު އިމޭޖެސް

"އެހާހިސާބުން ވެސް މީހުން ހަމަ ބިރުން އުޅެނީ. އަހަންނަށް ހީވީ ކުރީގެ ފިލްމެއް އޮންނާނެ ދިވެހި އެއިޑްސް ޖެހުުނު މީހަކު ފެނުނީމަ މީހުން ފިލަން ދުވާ. ހަމަ އެހެން. ވީ ދެރަ ބުނަން ވެސް ނޭނގޭ. މީހުން އަހަރެން ނެގެޓިވް ވި ފަހުން ވެސް ފެނުނީމަ ވެސް ހަމަ އެހެން އުޅެނީ. ބައެއް މީހުން ބުނޭ އެެހެން ކިހިނެތްހޭ އެނގެނީ. ޓެސްޓް ގޯސްވެއްޖެއްޔާއޯ. އެކަމަކު ނެތްކަން ޔަގީންކުރަންދޯ ޓެސްޓް ކުރީ ވެސް. " އަހުމަދު ކިޔައި ދިނެވެ.

ކޮވިޑް-19 އަކީ ކުޅުގެ ޒަރީޢާއިން ފެތުރޭ "ޑްރޮޕްލެޓް އިންފެކްޝަން"އެކެވެ. އެހެންކަމުން މި ބަލި ޖެހޭ މީހުންނާއި ބައްދަލުވި މީހުން ބެލުމުގައި ވެސް ގެންގުޅޭ ވަކި ޚާއްސަ މިންގަނޑުތަކެއް ހުރެއެވެ.

ކަމާ ބެހޭ ފަރާތްތަކުން މި މަޢުލޫމާތު ތަކުރާރުކޮށް އެތައް ފަހަރަކު ހާމަކޮށްދީފައިވީ ނަމަވެސް، އަހުމަދަށް މި ދިމާވި ޙާލަތުން އެނގޭ އެއް ކަމަކީ، އެ މަޢުލޫމާތު މީހުންނަށް ބަލައިގަންނަން އުދަނގޫ ކަމެވެ. މި ބައްޔަކީ ވައިގެ ތެރޭގައި ފެތުރޭ ބައްޔެއް ނޫން ކަމަށް ސިއްޙީ މާހިރުން ބުނި ނަމަވެސް، މި ބައްޔަށް ވެކްސިނެއް އަދި ފަރުވާއެއް ވެސް ހޯދިފައި ނުވާތީ، މި ބަލި ޖެހިފައިވާހެން ހީވާ މީހަކު ހުރިނަމަ، ގިނަ މީހުން ވަރަށް ބޮޑަށް ހާސްވެއެވެ.

އަދި މީހަކު ޓެސްޓް ކުރުމަށްޓަކައި ސާމްޕަލް ނަގަން ގެއަކަށް ގޮސްފިނަމަ، އެ ގެއެއްް ހުންނަ މަގަށް ދިއުމަކީ ވެސް ބަލި ޖެހޭ ކަމެއް ކަމަށް އޮންނަނީ ހީވެފައެވެ. ނަމަވެސް މިއީ ކުށްހީއެކެވެ.

ކޮވިޑް-19 ހުރިތޯ ބަލަން ޓެސްޓް ކުރާ މީހުންނަށް، އެ ބައްޔަށް ޓެސްޓް ކުރުމަކީ ވެސް ފަސޭހަ ކަމެއް ނޫނެވެ. އެ ޙާލަތުގައި މުޖުތަމަޢުގެ ފަރާތުން އެމީހުންނަށްޓަކައި ދައްކަންވީ އޯގާތެރިކަމެވެ. އެ ބަލި ނެތްކަން ޓެސްޓުން ކަށަވަރުވާ މީހާ ބާކީކޮށް، އޭނާ އަށް މުޖުތަމަޢުގެ ތެރެއަށް ނުކުންނަން އުދަނގޫވާ ހިސާބަށް އަޅުގަނޑުމެންގެ ޢަމަލުތައް ގޮސްގެން ނުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ފަރީމް

    އަހައްމަދާ މީހުންގެ ވާހަކަތައް ނުބައިކޮށް ނުނަގާ. ބަލީގެ ނުރައްކާ އެއްމެނަށް އެނގޭކަން އެ އެނގުނީ..ތީގަ އަހުމަދުގެ މައްސަަލައެއްނެތް...މަވެސް ރޯގާޖެހުނަސްއުޅެނީ ކުދިންނާއި އަނބިދަރިންނާއި ގާތްނުވެ..މީގެ ބިރުވެރިކަން އެކިދިމާލުން ފެންނަމުން އެދަނީ..އެމީހުން އަހައްމަދާ ދޭތެރޭ ކަންކަން އެކުރީ ބަލީގެ ބިރުވެރިކަމުންކަމަށް ބަލައި އަޅާނުލާ..

    163
    14
  2. ޏަމްޏަމް

    ކިރިޔަ ކިރިޔާ ހަމަ ނުރޮވުނީ.

    90
    17
  3. Anonymous

    ﷲށް ފުރިހމައަށް ވަކީލުކުރުމަށް އެފަދަ މީހުންނަށް ގޮވާލަން.

    136
    1
  4. މަ

    މި އައްޑޫގަވި ކަމެއްހެން ވަރަށް ހީވެ..އެރަށުމީހުން އެހާ ނުބައިވާނީ

    76
    50
    • އައްޑޫ މީހެއް ނޫން

      އައްޑޫ މީހުން ނުބައި ވަނީ ވަކި ކަންތައް ތަކެއްގަ. މިކަހަލަ ކަންތަކުގަ އެމީހުން ތަހުޒީބު ވެފަ ވިސްނޭ. އެއާ ހިލާފަށް ކަލޭމެން މާ ހެޔޮ ކަމަށް ހެދިގެން އުޅުމާއި، ކުޅެނދު މަދުވުމާއި، ނާ ތަހުޒީބު ވުމުން މި ހަބަރުގެ އެ ލިޔެފަ ވާ ކަހަލަ ކަންތައް ކުރާނެ. ދެކުނޭ ބުނެފި ނަމަ އެއީ ހަމަ އެކަނި އައްޑޫ އެއް ނޫން ބުރާންޗާ

      27
      11
  5. Anonymous

    އަހަރެން އަހްމަދު ކައިރީ ބުނެލަން އޮތީ މީހުން ކަންތައް ކުރާ ގޮތާ ކިޔާ އެއްޗިއްސަށް ސަމާލު ކަން ނުދީ ﷲ އަށް ވަކީލު ކޮށްގެން ދިރިއުޅުމާއިގެން ކުރިއަށް ދާށެވެ ހެޔޮ އެދޭ މީހުންނާ އިޚްލާސް ތެރިން ފާހަގަ ވާނީ އުދަގުލާއި ދަތި ގޮތް މެދުވެރި ވުމުންނެވެ އަމިއްލަ ތަޖުރިބާ އަށް ބަލާފަ މިބުނީ މުޅި ދުނިޔެ ދަތިވެ ހަތަރު އުދަރެސް އަހަންނަށް ޓަކައި ފެނު ޖެހުނު ވަގުތު މުޅި ދުނިޔޭން ވެސް އަހަންނާ އެއްކޮޅަށް ހުރީ އެންމެ މީހެއް އަހަރެންގެ ބޮޑުބޭބެ ގެ ދެމަފިރިން އެކަނި .މިހާރު އަހަންނަށް ވަރަށްސާފު . އަހަރެން އެމީހުންނަށް ޓަކައި އަބަދުވެސް ހެޔޮދުއާ ކުރާނަށް ﷲ އެ މީހުން މަތިވެރި ކޮށްދެއްވާ އެދެމީހުންނަށް ރަހްމަތްލައްވާށި . އަހުމަދަށް ބުނެލަން އޮތީ ދެރަވާ ވަގުތު ހާލުގައި ޖެހޭވަގުތު އަތުގައި ހިފާ މީހުން ނަކީ ތިބާ ޔަށް ހެޔޮއެދޭ މީހުންނެވެ . އެމީހުން ދޫ ނުކުރައްޗޭ

    129
    2
  6. ބޯކިބާ

    ތިކަމުންވެސް އެނގެނީ އައްޑޫމީހުން ތިބައްޔަށް ހޭލުންތެރި ވެއްޖެކަން. ހޭލުންތެރިކަން ކުޑަނަމަ ގޮވައިގެންގޮސް ތާސްކުޅެންވެސް ތިބޭނެ، އެހެން އުޅެނިކޮށް ޓެސްޓް ޕޮޒިޓިވް ވިނަމަ ދެން ތެޅިފޮޅޭނެ އެންމެން.

    68
    14
  7. ޑިސްޓެންސް

    ފަރުވާ ދޭން ތިބޭ މީހުން ޑިސްޓެންސް ބަހައްޓާނެދޯ

    50
    11
    • މަ

      ޑިސްޓެންސް ބަހައްޓަންވެސް ރީތިގޮތެއް، ޕްރޮފެޝަނަލް ގޮތެއް އޮންނާނެ.

      48
      3
  8. ކީކޭ ބުނާނީ

    ދިވެހިންނަކީ ގަމާރު ބައެއް. ތިއިން ކޮށްމެ މީހަކަށްވެސް އެއްޗެއް ދަސްވާނީ އަމިއްލަ އާއިލާއާއި ކަމެއް ދިމާވުމުން. އެޢީ އަޅުގަނޑުއެދޭ ގޮތެއްނޫން.
    މިކަމަކީކިހާވަރެއްގެކަމެއްކަން އެނގުން މުހިއްމު. އަދި މިކަމުގައި ކަން ކުރަމުންދާގޮތާއި، ވަމުންދާގޮތްވެސް ބެލުން މުހިއްމު. އެއިރުން އަމިއްލަ ދަރިއަކަށް ކަމެއްވިޔަސް މަގުމައްޗަށް އެއްލާ ނުލައި އުޅެވޭނީ

    38
    4
  9. ދަންބެރު

    އަސްލު ހުންބަލަން ހުންނަކުއްޖާ ކޮންމެހެން ބިރުންއުޅޭނެކަމެއްނެތް ޑޮކުޓަރުންނާއި ނަރުހުން ތިބެންޖެހޭނީ ބަލިމީހާއާއި ގާތްވެވޭވަރަށް ކަވަރުކުރެވިފައިވާ ޔުނީފޯމެއްލައިގެން އެކަންނުކުރެވޭނަމަ ބަލިމީހާ އާއި އެކު ޑޮކުޓަރާއި ނަރސް ވެސްޖެހޭނީ އައިސޮލޭޓުވާން .

    24
  10. ތެދު

    އޭ ފިލައިގެން އައި މީހެއްގެ ކިބައިން މީހުން ވެސް ފިލާނެއެއްނު. ދެންވެސް ނުފިލައްޗޭ.

    8
    7
  11. ަސާޖީ

    ވ ދެރަވެއްޖެ މިހަބަރު ކިޔާފާ.... ދުރުމިނެތް ބެހެއްޓިކަމުގައިވިޔަސް ތީ އެކަމް ބޮޑުވަރު.... ތީމުސްލިމުން އެކަކު އަނެކަކާ ދިމާލަށް ކިޔާކަހަލަ އެއްޗިހިތަ އަޅޭ.... އޭނަ ކިހާ ދެރަ ވާނެ.... ނެގެޓިވް ވީމަވެސް އެހެރީ ކަންތައް ކުރި ގޮތް....

    19
    2
  12. ކސނދކ

    ފުރަތަމަ ފޮޓޯގަ ހުރި މީހަ މާސްކް އަޅައިގެން ހުރީ ކޮން ބޭނުމެއްގަ. ނޭފަތް ނުފޮރުވޭ

    12
  13. ދިވެއްސެއް

    ބިރެއް ފެނިގެން އުޅޭނަމަ މަގުމަތިީގަ ތިބި މީހުންގެ އަދަދު މަދުވާނެ. ދިވެހިންނަ އަދިވެސް ނުވިސްނޭ މީ ކިހާވަރެއްގެ ބަލިމަޑުކަމެއްކަން. ގޭގަ ތިބޭޝޯ ސޯޝިއަލް މީޑީއާގަ ކިޔާފަ މިދަނީ ބޭރަށް ބުރުޖަހަން. ފަރުދީ ޒިންމާ އަދާކުރުން ވަރަށް މުހިންމު.

    14
  14. މަބަލްދީބް

    ކަލޭމެންހާ ކަޓު ވިސްނުން ގެންގުޅޭ ބައެއް ނޫން އައްޑޫ މީހުންނަކީ. އެއަށްވުރެން މާ ހަރުދަނާ ވެފައި ތަހުޒީބުވާނެ. ދެން އަތް ޖަހާ!

    5
    14
    • ޏަމްޏަމް

      އެންމެން އަތްޖަހާ!?

      2
      9
  15. Anonymous

    ވަރަ

  16. ާަަަތީ ބޮޑުވަރު ދޯ????

    ވަރަށް ދެރަވޭ..........????????

    4
    1
  17. ާހުޅުކޮޅު

    "އެހީވާނުތޯއޭ ހާލަށްމަގޭ ރަހުމާއެކީގާ ހަގީގަތް އަހާ."

    • ..