ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހުންނާއި އެ ބަލި ޖެހިފައި ތިބޭ މީހުން ބައިތިއްބަން ސަރުކާރުން އެންމެ ފުރަތަމަ ހަމަޖެއްސީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ފަރުކޮޅުފުއްޓެވެ. ނަމަވެސް އެ ތަނަށް ގެންދާ މީހުންގެ ޝަކުވާއަކަށް އޭރު ވެފައި އޮތީ އެތަނުގެ ހޫނު ގަދަވުމެވެ. މަދިރިއާއި ހެދި ނިދާލެވެން ނެތުމެވެ. ފިނި ވައިކޮޅެއް ޖެހިނުލާތީ ހިތަށް ހަމަޖެހުމެއް ނުލިބުމުވެ. އެމީހުން އެތަން ސިފަކުރީ އެއްވެސް ދިރުމެއް ނެތް، އިންސާނުން އުޅެން އެކަށީގެންނުވާ ތަނެއްގެ ގޮތުގައެވެ.

ރާއްޖެ އަށް ޗުއްޓީ ހޭދަކޮށްލުމަށް އައި މީހަކާއި އޭނާގެ ދަރިފުޅު ފަރުކޮޅުފުށީގައި ބަހައްޓާފައި ހުރުމުން، އެމީހުންގެ ޝަކުވާއަކަށްވީ ހޫނުވުމާއި މަދިރި ގިނަވުމެވެ. އެ ޝަކުވާތަކާއި ގުޅިގެން ކަމާބެހޭ ފަރާތްތަކުން ވަނީ މަދިރި ބޭސް ޖަހައިގެންވެސް އެކަން ޙައްލުވޭތޯ މަސައްކަތްކޮށްފައެވެ.

"އަހަރެމެންގެ ހާލު ގޯހެއް ނޫން. އެކަމަކު މި ތަން އެހާ ހޫނުވީމަ އަހަރެމެން ތިބެނީ ޑީހައިޑްރޭޓްވެފައި. މަދިރި އެހާ ގިނަ." އެ ބިދޭސީ އަންހެން މީހާ އޭނާގެ މީސްމީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެެވެ.

އެ ޝަކުވާތަކާއި ގުޅިގެން ފަރުކޮޅުފުށީގައި މީހުން ބައިތިއްބުން ސަރުކާރުން ވަގުތީގޮތުން ހުއްޓާލިއެވެ. އެއީ އެ ތަން މަރާމާތު ކުރުމުގެ ބޭނުމުގައެވެ. ސަރުކާރުން އެ މަސައްކަތް ޙަވާލުކުރީ އެމްއެންޑީއެފްއާއެވެ. ސިފައިންގެ ގިނަ ބައެއްގެ މަސައްކަތުން އެ ތަން ރަނގަޅު ފެންވަރަކަށް ހެދީ ޤައުމީ ވާޖިބެއް ކަމުގައި ދެކިގެންނެވެ.

މިއީ އެމްއެންޑީއެފުން ކުރި ބުރަ މަސައްކަތެއް!

ފަރުކޮޅުފުށީގައި ޤާއިމްކޮށްފައިވާ އައިސޮލޭޝަން ވަސީލަތް: ވަގުތު އިމޭޖްސް/ މުހައްމަދު އަފްޒަލް

ފަރުކޮޅުފުށީގައި އައިސޮލޭޝަން ވަސީލަތް ޤާއިމު ކުރެވުނީ އެމްއެންޑީއެފްގެ ފުރިހަމަ އެއްބާރުލުމާއި އެކީގައި ކަން ކަށަވަރެވެ. މިކަމުގައި 20 ސިފައިން ބައިވެރިވި އިރު، އެމީހުން ވަނީ ހަތަރު ދުވަސްވަންދެން 24 ގަޑިއިރު މަސައްކަތްކޮށްފައެވެ. އެއީ މިހާރު ހިތްގައިމު ތަނެކެވެ. ޝަކުވާއެއް ނުކުރެވޭހާ ފުރިހަމަ ތަނެކެވެ.

އެމްއެންޑީއެފްގެ އޮފިޝަލް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ: ވަގުތު އިމޭޖްސް/ މުހައްމަދު އަފްޒަލް

"ފުރަތަމަ އަޅުގަނޑުމެން މިތަނާ ހަވާލުވި އިރު މިއީ ވަރަށް އޯޕެންކޮށް އޮތް ތަނެއް. މަތީގައި ފިލާ ޖަހާ ބަންދުކޮށް، ކަރަންޓު ވަޔަރު އަޅާ، މި ހުރިހާ ކަމެއް ހަމަ އަޅުގަނޑުމެން ކޮށްފައި މިހުރީ. ގާތްގަނޑަކަށް ވިއްސަކަށް ކުދިން ހަމަ 24 ގަޑިއިރު މަސައްކަތްކޮށްގެން ކޮށްފައި ހުރި ކަމެއް މިއީ." އެމްއެންޑީއެފްގެ މިލިޓަރީ އިންޖިނިއަރިންގެ ކޮމާންޑިން އޮފިސަރ ލެފްޓިނެންޓް ކާނަލް އަހްމަދު ޝާރިމް ވިދާޅުވިއެވެ.

ލެފްޓިނެންޓް ކާނަލް އަހްމަދު ޝާރިމް ވިދާޅުވީ އެ ވަސީލަތުގައި ހުރި އިސްކުރުތައް، އެލްބޯ ޓެޕް ބޭނުންކޮށްގެން މަސައްކަތް ކުރާ ގޮތަށް ވެސް ބަދަލުކޮށްފައިވާނެ ކަމަށެވެ.

ފަރުކޮޅުފުށީގައިވާ އައިސޮލޭޝަން ވަސީލަތް: ވަގުތު އިމޭޖްސް/ މުހައްމަދު އަފްޒަލް

"މިތަނުގައި އަޅުގަނޑުމެން އައިއިރު ހުރި އިސްކުރުތަކަކީ ޝޯލްޑަރ ބޭނުންކުރެވޭ ގޮތަށް ހުރި އިސްކުރުތަކެއް ނޫން. އެލްބޯ ޓެޕެއް ނޫން ވާހަކައަކީ. މިހާރު އަޅުގަނޑުމެން އެހެރީ މޮޑިފިކޭޝަނެއް ގެނެސްގެން އަސްލު ބަދަލުކޮށްފައި، ރާއްޖެއަކު ނެތް އޭގެ ޓެޕެއް ވެސް އަގުހެޔޮކޮށް ލިބޭކަށް. އެހެންވީމަ އަޅުގަނޑުމެން އެހެރީ މޮޑިފައި ކޮށްގެން އެ ޓެޕް ވެސް އެލްބޯ ޓެޕަށް ބަދަލުކޮށްފައި، ބޭރުގައި އެހެރީ ނޫންތޯ އިސްކުރުތަކެއް. " އޭނާ ވިދާޅުވިއެވެ.

މަދިރި ނައްތާލުމަށް ޚާއްސަ މަސައްކަތްތަކެއް: މުޅި ޕޫލް އެއްކޮށް ހިއްކާފައި

ފަރުކޮޅުފުށީގެ ޕޫލް އެއްކޮށް ހިއްކާފައިވަނިކޮށް ނަގާފައިވާ ފޮޓޮއެއް:ވަގުތު އިމޭޖްސް/ މުހައްމަދު އަފްޒަލް

އެމްއެންޑީއެފުން ވަނީ މަދިރީގެ މައްސަލަ ޙައްލުކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން އެތަނުގައި ހުރި ޕޫލް އެއްކޮށް ހިއްކައި، ކްލޮރިނޭޓް ކުރުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރިއެވެ.

"ސްވިމިން ޕޫލުގައި މަދިރި ފަނި އަޅާތީ، އެތަން އަޅުގަނޑުމެން ހަމަ ހިއްކާފައި މިހާރު ކްލޮރިނޭޓް ވެސް ކޮށްފައި އެހުރީ. ދެން ހިއްކަން ބޭނުންވެއްޖެއްޔާ އަޅުގަނޑުމެން ހުންނާނެ ހިއްކޭ ގޮތަށްވެސް ހަމަ ބަހައްޓާފައި." ލެފްޓިނެންޓް ކާނަލް އަހްމަދު ޝާރިމް ވިދާޅުވިއެވެ.

ނާސިން ސްޓޭޝަނެއް ޤާއިމްކޮށްފައިވޭ

ފަރުކޮޅު ފުށީގައި ޤާއިމްކޮށްފައވާ ވަސީލަތުގައި ހުރި ބައެއް ސިއްހީ އާލާތްތައް: ވަގުތު އިމޭޖްސް/ މުހައްމަދު އަފްޒަލް

ފަރުކޮޅުފުށްޓަށް ބަދަލުތަކެއް ގެނައި އިރު ނާސިން ސްޓޭޝަނެއް ޤާއިމްކޮށްފައިވެއެވެ. އެތަންވެސް ވަނީ ވަށައިގެން ބިއްލޫރި ޖަހާ ބައްދާލައިފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އޮފިޝަލަކު ވަނީ އެތަނަށް ވަންނަ ސިއްޙީ ޚިދުމަތްތެރިން އެ ތަނަށް ވަދެ ނުކުތުމުގައި ސަލާމަތީ ގޮތުން އަޅާ ފިޔަވަޅުތަކުގެ މަޢުލޫމާތުވެސް ދެއްވައިފައެވެ.

ފަރުކޮޅުފުށީގައި ބަހައްޓާފައިވާ ލޮކަރުތަކެއް: ވަގުތު އިމޭޖްސް/ މުހައްމަދު އަފްޒަލް

ލެފްޓިނެންޓް ކާނަލް އަހްމަދު ޝާރިމް ވިދާޅުވީ އެތަނަށް އަންނަ ސިއްޙީ ޚިދުމަތްތެރިން ވަންނަ ދޮރާއި، ނުކުންނަ ދޮރު ހުންނާނީ މުޅިން ވަކިކޮށްފައި ކަމަށެވެ. އެގޮތުން އެތަނަށް ވަނުމަށް ފަހު ކަނާތް ފަރާތަށްވާ ގޮތަށް، ފިރިހެނުން ހެދުން ބަދަލު ކުރަން ބޭނުން ކުރާ ކޮޓަރި ހުންނަ އިރު، އަންހެނުން ހެދުން ބަދަލު ކުރަން ބޭނުންވާ ކޮޓަރި ހުންނަނީ އެއަށް ވުރެ ތަންކޮޅެއް ކުރީގައެވެ. އެއަށް ވުރެ އެތެރެއަށްވާ ގޮތަށް ހުންނަނީ ސިއްޙީ ޚިދުމަތްތެރިން އަޅަން ޖެހޭ ރައްކާތެރިކަމުގެ ހެދުން އެޅުމަށް ބޭނުން ކުރާ ތަނެވެ.

ޚިދުމަތް ދިނުމަށް އަންނަ ސިއްޙީ މަސައްކަތްތެރިން ޚިދުމަތް ދިނުމަށް ފަހު ގެއަށް ދާނީ ފެންވަރާ ޑިސްއިންފެކްޓް ކޮށްގެންނެވެ.

50 އެނދާއި، އައިސީޔޫ ދެ އެނދު އެބަހުރި

ފަރޮކޮޅު ފުށީގައި ހުރި ވަރޑްގައި ހުރި އެނދުތައް: ވަގުތު އިމޭޖްސް/ މުހައްމަދު އަފްޒަލް

ފަރުކޮޅު ފުށީގައި މީގެ ކުރިން ޚިދުމަތް ދެމުން އައީ ބަލި މީހުން އެނދުމަތިކުރަން ބޭނުން ކުރާ 30 އެނދާއި އެކުގައެވެ. ނަމަވެސް މިހާރު އެތަނުގައި ވަނީ 50 އެނދު ޤާއިމްކޮށްފައެވެ. އަދި ހަޓްތައް ބަންދުކޮށް، ބިއްލޫރި ޖަހާ، ފަރުދާ ވެސް ވަނީ ހަރުކޮށްފައެވެ. ޖުމުލަ ހަތަރު ވާޑް އެ ވަސީލަތުގައި ހުރި އިރު، އެ ހުރިހާ ތަނެއް ވަނީ އޭސީކޮށްފައެވެ. އަދި ކޮންމެ ވޯޑެއްގައި ޓީވީއެއް ވަނީ ހަރުކޮށްފައެވެ. މީގެ އިތުރުން އައިސީޔޫގައި ދެ އެނދު ހުންނަ އިރު، އެއް ވެންޓިލޭޓަރު ވެސް ވަނީ ބަހައްޓައިފައެވެ.

ފަރުކޮޅުފުށީގައި އައިސީޔޫގައި ބަހައްޓާފައިވާ ދެ އެނދު: ވަގުތު އިމޭޖްސް/ މުހައްމަދު އަފްޒަލް

 

ފަރުކޮޅުފުށްޓަށް ގެންދާ ހުރިހާ ބަލި މީހުންވެސް ގެންދަން ހަމަޖެހިފައި ވަނީ ކަނޑު މަގުންނެވެ. މީގެ ކުރިން ވެސް އެތަނަށް މީހުން ގެނައީ، ސީ އެމްބިއުލާންސް މެދުވެރިކޮށް ކަނޑުމަގުންނެވެ. ބަލި މީހުން ގެނައުމުގައި އެއްވެސް ވަރަކަށް އެއްގަމު މަގު ބޭނުންނުކުރާކަން އެޗްޕީއޭއިން ފާހަގަކުރެއެވެ.

ކޮވިޑް19 އާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ކަނޑައަޅާފައިވާ ތަރުޖަމާނު އަދި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އެތަނުގައި ބައިތިއްބާނީ ފަރުވާ ބޭނުންވާ މީހުންގެ ތެރެއިން ނުރައްކަލަށް ހުށަހެޅިދާނެ ފަދަ މީހުން ކަމަށެވެ. ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން ބޮޑަށް އަޅާލަން ޖެހޭ މީހުންނާއި، މޮނީޓާ ކުރަން ޖެހޭ މީހުން ތިބޭނީ ފަރުކޮޅުފުށީގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ: ވަގުތު އިމޭޖްސް/ މުހައްމަދު އަފްޒަލް

މިވަގުތު އޮތް ވިސްނުމަކީ ކުޑަކޮށް ޢަލާމާތްތައް ހުރި މީހުންނާއި އެއްވެސް ވަރަކަށް ޢަލާމާތް ނެތް މީހުން، ހުޅުލެ އައިލެންޑް ހޮޓެލް ފެސިލިޓީގައި ބޭތިއްބުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ދެން މިތަން ބޭނުން ކުރެވިދާނެ އަހަރެމެންނަށް، ކޮންމެވެސް ވަރަކަށް ރިސްކް ހުރި އެކަމަކު ބަލި ބޮޑު ނުވެ ތިބި މީހުން، ނޫނިއްޔާމު ރޯގާ ތަންކޮޅެއް ބޮޑުކޮށް ޖެހިފައި ތިބި މީހުން ތިބިއްޔާ. ޖެނެރަލީ ހައިރިސްކް، މޮނިޓަކުރަން ބޭނުންވާ މީހުން ގެންނަ ފެސިލިޓީއެއް ގޮތަށް" މަބްރޫކް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ޢަލީ

    ރަނގަޅުވީހީ ކޮންމެ ދެއެނދެއްގެ ދޭތެރޭ ޕާރޓްޝަނެއްޖަހާ އެ ކަ ކު އަނެ ކަ ކަށް ނުފެންންގޮތަށް ހަދާލިނަމަ.

    34
    37
    • ގުއިދައިތަ

      ކަލޭމެނަށް ނޯންނާނެ ރަގަޅު ހަމަ އެއްގޮތް ވެސް. ޕާޓިޝަން ޖެހިނަމަ ބުނާނެ މާ ހާސްވާނެއޭ.

      76
      14
  2. ދަރުބާރުގެ

    ދަރުބާރުގެއޭ ކިޔާ ތަނެއް މާލޭގައި އެޅީވެސް ހަމަ ތިޔަ ކަހަލަ ގޮތަކަށް ފިލާޖަހައިގެން، ސާކުސަމިޓް ބޭއްވުމަށް. އޭގެ ފަހުން އެތައް އަހަރެއްވީއިރުވެސް އެތަން އެބަހުރި. ތިތަންވެސް ބަޔަކު ރަނގަޅަށް ހަދާފައި ހުރިއްޔާ ސްޕެޝަލް ކެއަރ ދޭ ހޮސްޕިޓަލަކަށް، ނުވަތަ މޮޔައިންގެ ހޮސްޕިޓަލަކަށް ހަދައިގެން ވިއްސަކަށް އަހަރު ބޭނުންކުރެވިދާނެ. އެތައް ބަޔަކަށް ރަނގަޅު އެތައް ޚިދުމަތެއް ދެވިދާނެ. އެކަހަލަ ވިސްނުމެއް ނެތްތޯ؟

    18
    4
    • ާސލ

      ޥަރަޓެ ރަގަޅެ

      9
      1
    • ސަމަޅޭ

      ވަގުތާއި، ހާލަތުގެ ގޮތުން ޚަރަދަށްވެސް ވިސްނަންޖެހޭނެ ކަމަށް ނުފެންނަނީތޯ! ވިސްނާ އިރު ހުރިހާދިމާއަކަށް ފޯކަސް ބެހެއްޓެވީމަ ސަޅިވާނެ. ހަމަ އެކަނި ސިޔާސަ ވީމަ ވ ކިބަޅި..

  3. ޢޮނެސްޓީއިޒްދަބެސްޓުޕޮލިސީ

    " "މީގެ ކުރިން ވެސް އެތަނަށް މީހުން ގެނައީ، ސީއެމްބިއުލާންސް މެދުވެރިކޮށް ކަނޑުމަގުންނެވެ. ބަލި މީހުން ގެނައުމުގައި އެއްވެސް ވަރަކަށް އެއްގަމު މަގުން މީހުން ނުގެންނަކަން އެޗްޕީއޭއިން ފާހަގަކުރެއެވެ "

    މީ ކަނޑައެޅިގެން ދޮގެއް. މަދަންނަ ވަރައް ގާތް މީހެއް ވެ ސް ގެންދިޔައީ އެއްގަމުން. އޭނާގެ އެހެން އެކުވެރި ބައެއް ވެސްމެ. ތިހެން ރައްޔިތުން އޮލުވައެއް ނުލެވޭނެ!!

    7
    1
  4. ޢޮނެސްޓީއިޒްދަބެސްޓުޕޮލިސީ

    " "މީގެ ކުރިން ވެސް އެތަނަށް މީހުން ގެނައީ، ސީއެމްބިއުލާންސް މެދުވެރިކޮށް ކަނޑުމަގުންނެވެ. ބަލި މީހުން ގެނައުމުގައި އެއްވެސް ވަރަކަށް އެއްގަމު މަގުން މީހުން ނުގެންނަކަން އެޗްޕީއޭއިން ފާހަގަކުރެއެވެ "

    މީ ކަނޑައެޅިގެން ދޮގެއް. މަދަންނަ ވަރައް ގާތް މީހެއް ވެ ސް ގެންދިޔައީ އެއްގަމުން. އޭނާގެ އެހެން އެކުވެރި ބައެއް ވެސްމެ. ތިހެން ރައްޔިތުން އޮލުވައެއް ނުލެވޭނެ!!!!

    6
    1
  5. ށުމަން

    ޔޫރަޕް ގެ މުއްސަދި ގައުމު ތަ ކުންވެސް ލާރި ނެތީމަ އެއް ނުން ޓެންޓް ހައުސް ހަދަނީ. ޓެންޕޮރަރީ ފެސިލިޓީސް ވީމަ
    .ލާރިން ތަޅާ ބުރުއްސަނީ.
    ބުލޫ ސްޓަރ އޭސީ އަ ކީ ސްޕްރިންގ ކޫލް ކިޔާ އިންޑިއާ ކުންފުންޔަ ކުން ގެނެސް މާލެ ތެޜޭ ވ އަގު ބޮޑު ކޮއް ވިއް ކާ އޭސީ ތަ ކެއް... ވ .ވާހަ ކަ މިވެސް..

    6
    2
  6. ސައުގީ

    އެއްކަލަ ހުޝާމަތު ކުރާ މީޑިޔާ ސުޓާޓްވެއްޖެ..

    7
    2
  7. ބާރީ

    ކަޓެއް ނެގުނުތަ؟ ކިހާވަރެ ކަޓުވާލެވުނީ؟

    5
    1
    • ލާމު

      ކަޓު ނުނެގޭނެ. ސިފައިންލައްވާ ކުރުވާ ކަންކަމުގައި ކަޓެއް ނޯންނާނެ. ކޮންޓްރެކްޓަށް ދިނީމަ ކަޓުގެ ފުރުސަތެއް ލިބޭނީ.

      12
      1
      • ބާރީ

        ޢަ އްޑޫ ކޮންވެންސަން ސެންޓަރު ހެދީ ސިފަ އިން ... ބިލް ކުރީ އަމީން ކޮންސްޓްރަކުސަނަށޯ ކިޔާ

        12
  8. މުހައްމަދު

    ސަރުކާރުން މަބުރޫކެއް ދައްކާފަ ޑިޒިޝަން މޭކަރުން ހޮރުގަ ފިލާ.

  9. އެނޯ

    ހެޓްސް އޯފް ޓު އެމްއެންޑީއެފް.

    13
    1
  10. އަހްމަދު

    ފިރިހެނުންނަށް ވަކި ހޯލެއް އަދި އަންހެނުންނަށް ވަކި ހޯލެއް ހުރުން ކޮންމެހެން ވެސް މުހިއްމު.

    15
    2
  11. ރައްޔިތުމީހާ

    ކޮބާ ވިލިވަރު ގަ ފުލުހުން 24 ގަޑީރު ކުރި މަސައްކަތް.