އަޅުންނަކީ ޖާހިލިއްޔަ ޒަމާނުގައި ދުނިޔޭގެ ނުފޫޒު ގަދަ ވެރިންނަނާއި ބަސްވިކޭ މީހުން މުސާރަ ދީގެން ގަނެފައި ތިބޭ މީހުންނެވެ. އެފަދަ މީހުންނަށް ކޮންމެ ކަމެއް ކުރުމުގެ އިހްތިޔާރު އެ މީހެއްގެ ސާހިބު މީހާއަށް ލިބިގެންވެއެވެ.

ނަމަވެސް މާތްވެގެންވާ އިސްލާމްދީން ވުޖޫދަށް އައިސް އިންސާނީ ހަމަހަމަކަން މިވަނީ ގާއިމް ކުރެވިފައެވެ. އަޅުންގެ ޒަމާން އަދު މިވަނީ މާޒީވެފައެވެ. ނަމަވެސް އަދިވެސް އޭގެ އަސަރު އެއްކޮށް ފޮހެވިގެން ނުދެއެވެ. އެކަން އަޅުގަނޑުމެންގެ ކުޑަކުޑަ ދިވެހި ރާއްޖެއަށް ބަލާލިއަސް މިއޮތީ ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ފެންނާށެވެ.

އެގޮތުން ވެރިރަށް މާލޭގައި ކުދިން ބަހައްޓާ ގޭގޭގައި ކުލި ދީގެން އުޅޭ ގިނަ ކުދިން އުޅެން ޖެހެނީ ވަރަށްވެސް ހިތް ދަތިކޮށެވެ.

އާންމު ގޮތެއްގައި ކުދިން ބަހައްޓާ ގޭގޭގައި ކުދިން ތިބެނީ 2000-3500 ރުފިޔާ އާއި ދެމެދުގެ ކުއްޔެއް ދީގެންނެވެ. އެހެންކަމުން ކުދިންނަށް ކާން ހެދުމާއި އެއްޗެހި ދޮވެދިނުމާއި ހަމަޖެހިލައިގެން ނިދާނެ ޖާގައެއް ދިނުމަކީ ކުދިން ބަހައްޓައިދޭ މީހާގެ ޒިންމާއެކެވެ.

ނަމަވެސް މިކަން މިގޮތަށް ކުރަނީ މަދު ބަޔެވެ. ގަވައިދުން ކުލި ނަގާއިރު ކާއެތިކޮޅެއްް ނުލިބި އުޅެން ޖެހޭ ކިތައް ކުދިން އެބައުޅޭތޯއެވެ. ގޭގައި ކާއެއްޗެއް ނުހުންނާތީ ބޭރުން ކާ ކިތައް ކުދިން އެބައުޅޭތޯއެވެ. އަދި ކުލި ދިނުމާއި އެކުވެސް ގޭތެރޭގެ މަސައްކަތްތައް ކުރަން ޖެހޭތީ އެކަމާ ޝަކުވާ ކުރާ ކިތައް ކުދިން އެބައުޅޭތޯއެވެ.

އަދި ކުލި ދީގެން އުޅޭއިރުވެސް ހަމަޖެހިލައިގެން ނިދާލެވޭނެ ޖާގައެއް ނުލިބޭ ކިތައް ކުދިން އެބައުޅޭތޯއެވެ. މިފަދަ ކުދިންގެ އިހްސާސްތައް ކުއްޔަށް ބަހައްޓާދޭ މީހާގެ ކުރިމަށްޗަށް ބަންޑުންކޮށް ނުލިޔަސް ކުލި ދީގެން އުޅެންޏާ އެކުދިންގެ ކަންކަން ކޮށްދޭން ޖެހޭ ބެލެނިވެރި ފަރާތަކީ ކުދިން ބަހައްޓާދޭ މީހާކަން ހަދާން ކުރަން އެބަޖެއެވެ.

އިސްނާނުންނަށް އަމުރު ކުރައްވާފައިވަނީ އެކަކު އަނެކަކަށް އިހްސާންތެރިވުމަށެވެ. އަދި އެއްވެސް ހާލެއްގައި އަނިޔާވެރި ވުމެއް އިސްލާމް ދީނުގައެއް ނޯވެއެވެ.

މާލޭގައި ކުދިން ބަހައްޓާދޭ ބައެއް ގޭގޭގެ ފެންވަރު ވަރަށްވެސް ދަށެވެ. މަހަކު 3500 ރުފިޔާ ނަގާ ގޭގޭގެ ފާހާނައިން ރަނގަޅަށް ފެންނައުމާއި ސީލިންގުން ފެން ފޭބުމާއި ވަޅުފެން ބޯން ޖެހުމަކީވެސް އެތަކެއް ކުދިންނަކަށް ކުރިމަތިވެފައިވާ ހިތާމައެވެ.

ކުލި ދީގެން އުޅުނު ނަމަވެސް އުޅެން ޖެހެނީ އަޅުން އުޅޭ އުސޫލުންނެވެ. ގޭގެ ވެރިމީހާގެ ހުރިހާ އަމުރަކަށް ކިމަންވެގެންނެވެ.

ނަމަވެސް ހަޤީގަތަކީ މިކަމަކީ މިގޮތަށް ކުރެވޭނެ ކަމަކަށް ނުވުމެވެ. ކުލި ދީގެން ހުންނަންޏާ ކުއްޔަށް ބަހައްޓާ ކުއްޖާގެ ޒަރޫރީ ބޭނުންތަށް ފުއްދައިދޭން ޖެހޭނީ ގޭގެ ވެރިމީހާއެވެ.

އެހެންކަމުން މިކަމަކީ ކުއްޔަށް ކުދިން ބަހައްޓާދޭ ހުރިހާ ފަރާތްތަކުން މިއަދު ވިސްނާލަން ޖެހޭ ކަމަކެވެ. ކުލި ނަގައިގެން އަރާމުގައި އުޅޭއިރު ކުލިދޭ ފަރާތަށް އޯގާތެރިވެ ރަގަނޅަށް ކަންތަށްކޮށްދޭން އެބަޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

61 ކޮމެންޓް

  1. ހުސޭ

    އަޅުން ގޮތުގައި ގެންގުޅުނީމަ ފައިދާވަނީ އާޚިރުގަ އެކުއްޖާއަށް. އެކުއްޖާ ހުންނަނީ ހޭނިފަ. ލޯބިދީގެން ގެންގުޅޭ ރާއްޖެތެރޭ ކުދިން މި ވަޅިޖަހަން ނިކުންނަނީ.

    1
    21
    • ..

      އެނގިގެން ވާހަކަ ދައްކާ..ހަާލުގަ އުޅޭ އަންހެން ކުދިންވެސް ވަޅި ޖަހަން ދުވޭތަ؟މާ ބޮޑަށް އެނގިގަނެގެން

      19
      • ްޮްއޮފީސްބެ

        ކަލޭާ މޮޔަ ނުގޮވާ

        9
        1
      • ޕްރައުޑް

        މޮޔަ ނުގޮވާ! ހުސޭ އެބުނީ ތެދެއް. އަހަރެންގެ މައިންބަފައިން މާލޭގައި އުޅުނީ ގުލާނު ކޮށްގެން. އޭގެސަބަބުން އަހަންނަށް އެ ތަހައްމަލުކުރާކަށް ނުޖެހުނު. އެމީހުން ފަހުން ވީ ކާމިޔާބު ބަޔަކަށް

        3
        8
    • ޢަގަބެ

      ޢައްޗި... ތީ ސިންގަޕޫރ މީހެއްތަ...
      މަވެސް ކުރިން އުޅުނީ ކުދިން ބަހައްޓާ ގެއެއްގަ... އެގޭ ދައްތަ ވަރަށް ރަނގަޅު... އެކަމު އެގޭ އޭނަފިރިމީހާޔަށް ކާން ހަދަން ޖެހެނީ އަހަރުނަށް ދައްތަ ނެތިއްޔާ... އެންމެ ފަހުން އެފިރިހެނާ މެސެޖްް ކުރީ... ކޮއްފަބުނީ އެކަކު ކާރިވެސް ނުބުނައްޗޯ... ދެންހަމަ އެރޭ އެގެއިން ނުކުތީމަ ވަރަށް އެއްޗިހިކި... ހީވީ ރޮލާކާލަފާނެހެން... އަމިއްލަ ފިރިމީހާ އައް އަޅާނުލެވޭ މި ސިންސަޕޯރ މީހުނަށް

      13
    • އައިޝާ

      ކަލޭތިހުރީ ހޭނިފައި މަކުނުސުޫ

      1
      3
    • ބުރޯ

      އޭ ބުރޯ އެހެންވެ ދޯ މާލޭގަ ގޭންގުތަކުން ވަޅިޖަހަނީ.. އަހަރުންނަށް އުޅެން އުންދަގު..މޮޅެތި ވާހަކަ ނުދައްކާ

      • ދިރާސާ

        ގޭންގު ހަދައިގެން ވާނުވާ ނޭނގި ދުވަނީ ހުސް ރާއްޖެތެރޭން އައިސް މިތާ އުޅެ ބައިގަނޑު

        1
        10
    • މަ މިއު މަ

      އެއްކަލަ މާ އެނގޭ މީހުން

    • ހުސޭނުމީ

      ތީމާލެ މީހެއްދޯ!!!

  2. ބަލާތި

    މާލޭގައި ކިޔަވަން އައިސްތިބޭ ކުދިން ދެން އެމެން ގޭގެ އަށް ކުލި ދައްކައިގެން ސަބްލީސް ކޮށް އުޅުމުގެ ބަދަލުގައި މަމެން ޕިންކީންގެ ވެރިކަމުގައި ދެން ކޮންމެ އަހަރަކު ސްކޫލް ނިމޭ 11 ހާސް ކުދިންނަށް 11 ހާސް ފްލެޓްސް އިމާރާތް ކޮށް މަހު ކުލީގެ ގޮތުގައި 2 ހާސް ރުފިޔާ ސަރުކާރަށް ދައްކާ ގޮތަށް އެކަން ކޮށްދޭނެ ކަމުގެ ޔަގީން ކަން ދެމޭ ދެން ދަ ރާއްޖެތެރޭގެ ހުރިހާ ކުދިން ވެސް މިކަން ކުރުމަށް ޓަކައި މަމެން ޕިންކީން ނާއި ގުޅެންވީއޭ އެމެން ރަންރީނދޫ ޓްވިޓަރޭ ދަ ބަލާބޮޑޭ ދަ ބަތާހަރާމީ ދަހަރާމްކޯރޭ އިންތިޒާމް ކުރާ މުޒާހަރާގައި ބައިވެރި ވާން އެއްވެސް ކުއްޖަކު ގޮސް ގެން ނުވާނެއޭ އިނގޭތޭ. އެއިރުން ޖަސްޓް ރަނގަޅުވީއޭ އިނގޭތޭ.

    1
    8
    • ޕިންކީސް

      ތީ ހާދަ ތާކުންތާކު ނުޖެހޭގޮތަށް ކޮމެންޓް ކުރާމީހެކޭ....ތަންކޅެއް ހަރުދަނާ ވާންވާނެ...ވ ބޮލަށް އުނދަގޫ...

  3. މުހައިމިނު

    ރަގަޅު ވާހަކަ އެއްމީ.މިސަރުކާރުން ތިކަމަށް ހައްލެއް ގެނެސް ދެއްވާނެ

    3
    1
  4. ލައިލާ ކޮބާ

    ތީ ހުސް ފޭކު މިހާރު ނުކުރޭ ތި ގޮތަކަށް މަސައްކަތެއް.. ކުރިން ކުރުވި މަސައްކަތް..ކިޔަވަން ފުރުސަތު ނުދީ

    1
    4
    • ކިޔަވާކުއްޖެއް

      ކޮންތާކު... މިހާރުވެސް ހަމަ އެގޮތް

      1
      2
    • ..

      އެންމެ އެނގޭ މިއޮށް އުޅެނީ

    • ސަނީ

      މިއޮށް އައީ މާއެނގޭ

  5. އަލްޖިބްރާ

    ފާޑު ފާޑުގެ ލިއުންތަށް ލިއާއިރު މިސަރުކާރުން ރައްޔިތުންނަށް ވެފާވާ ވަޢުދު ތަކާއި ދައްކާފައިހުރި ހުވަފެންތަކުގެ ވާހަކަ ލިއަން ނުކެރެނީ ލިއަން ތިގެންގުޅޭ ގަލަންގަޑު އަތުލަފާނެތީތަ ! ކަލޭމެންގެ ލަދު ކޮބާ ؟

  6. ާެިިިއަހުމަދު

    ވަޅުފެން !

  7. ޢަލީ

    ހެނދުނު ސައިވެސް ހަމަގަސްތުގައި ކަޓުވާލަނީ!
    ކެއުމާ ނިދުމާ ފެންވެރުމާ ދޮވެއުސްތިރި ކޮށް ދިނުމަށް ލާރިނަގަނީ އެކަމަކު މީން އެއް ކަމެއްވެސް ރަގަޅެއް ނޫން އަދި 3500 ދީފަ ރަށުން ހަދިޔާ ގެނެސްދެންވެސް ޖެހޭ ބަބުކެޔޮ ދޮންކެޔޮ ގިތެޔޮމިރުސް ހިކަނދިފަތް ރާނބާފަތް ތެލުލިބަނބުކެޔޮ!

    4
    1
  8. ކޭންޔޫ

    މާލޭގައި ކިޔަވަން ތިބޭ ކުދިން ގެންގުޅެނީ "އަޅުންގެ ގޮތުގައި" ގެންގުޅޭ ނަމަ އެކުދިން ކިޔަވާ ނިމިގެން ވަޒީފާ އަދާ ކޮށް އަމިއްލަ ފައި މައްޗަށް ތެދުވުމުން އެކުދިން ނަކީ އަަމަލީ މައިދާނުގައި ވަރަށް ކާމިޔާބު ހީވާގި މުރާލި ބަޔަކަށް ވާނެ ކަން އެއީ މަމެންނަށް ޔަގީން ވެ ކަށަވަރު ވާ ކަމެކެވެ. މާލޭގައި ކިޔަވަން ތިބޭ ކުދިން ލައްވާ ގިއްގެޅެން ދެން މަސައްކަތް ކުރުވާ އެމެން އަމިއްލަ އަށް ލިބޭ ހުސް ވަގުތު ތަކުގައި އެމެން ފިލާ ވަޅު ދަސްކުރުން އެއީ އެމެން މާ ބޮޑަށް މޮޅުވާނެ ކަމެކޭ. މިހާރު ވެސް ބަލަންވީ މިގޮތަށް ކިޔެވިކުދިން މިހާރު ވެސް މާ މޮޅުވާނެއޭ. އައި އޭމް ވޮންޑަރިންގް ކޭން ޔޫ އަންޑަރސްޓޭންޑް އިޓް ކޭންޔޫ ކޭން ޔޫ ކޭން ޔޫ ކޭން ޔޫ...

  9. ބާލިދީ

    12000 އަށް ފްލެޓެއް ހިފައިގެން ދެންކުރަންޖެހޭ ކަންކަން ކުރީމާ ތިޔަބުނާ އަޅަކަށް ނުވާނެ. އަޅުންގެ މާން ނޭގޭތީ ހިތާމަ ކުރަން

    1
    1
  10. ހުދުހުދު

    ހަމަ ހެޔޮވާހަކައެއް!! ހިތައް އައިހައި އެއްޗެއް އެމީހުން ގޮވަންވީމަ ގޮވާލާނެ. އެމީހުން ދަރިން ނިދާ އެނދުދަށުގަ އަހަރުމެން ނިދަންޖެހެނީ ... އަހަރުމެން ބޯންޖެހެނީ ސަޕްލައިފެން .. ބުނިއްޔާ ބުނިހާގޮތެއް ހަދައިގެން އުޅޭއިރުވެސް ނެރެލަންވީމަ ތިމަންނަ ކޮއްކޮ ބަހައްޓަންވެއްޖެޔޭ ބަނޑޭ ކިޔާފަ ނެރެލާނެ
    ދެން އޮތް ވާހަކަޔަކީ ކިޔަންދާ ކުދިން ދެން ބަލަނީ ދަނާލު ކަހަލަ ތަނަކުން ޖާގައެއް ލިބޭތޯ އެކަމަކު އެވެސް ފުރާޅު ފޫގޮއްސަ އޮތް ތަނެއް އަންޒަމާނުކަރަޔައް ވައިއެރި ޒަމާނުގެ ތަނެއް ވީމާ ކިޔަވާ ކުދިންނައް ރަނގަޅު ފެންވަރުގެ ތަނެއް ސަރުކާރުން ހޯދައިދޭންޖެހޭ ... މީގަ މޮޅުކަމަކީ ކިޔަވައިގެން މަތީ ވަނަތައް ގެނައިމަ ޔުނިވާސިޓީން ކިޔެވި ދަރިވަރެކޯ ކިހާރީތި!!! ??‍?

  11. ..

    ހެނދުނު ސައި ވެސް އަމިއްލަ އަށް ގަންނަން ޖެހެނީ..3000 ގެޔައް ދައްކާފަ1000 ސައިބޯން އެއްޗިސް އަމިއްލައަށް ގަންނަން ޖެހެނީ..! މެންދުރު ބަތާ ހުސް ގަރުދިޔަ ކޮޅަކާ.. އެމހުންނަށް އެކަރުން އެތެރެ ނުވާތީ ޕިއްޒާ އާ ފްރައިޑް ރައިސް ގަނެގެން ކާނީ..އެކަމް އަހަރުންނަށް އެ ކެވޭން ޖެހޭ..މަސައްކަތް ނުކޮއްފިއްޔާ އެހާ އެއްޗިސް ގޮވާނެ..

  12. މާލޭ މިލިއަނަރު

    ކީއްވެބާ މާލެ އައިސް ކިޔެވުމުގެ ނަމުގަތިބޭ ކުދިންގެ އަޚްލާގުގެ ވާހަކަ މިނޫސްތަކުގަ ނުލިޔަނީ، ކިޔެވުމުގެ ނަމުގަ މައިންބަފައިންގެ ލާރިގަނޑު ތަޅައިގެން މާލެ ކުޑަޔަށް ލައިގެން އުޅޭ ކުދިންގެ ވާހަކަވެސް ޖަހާލަންވާނެދޯ، މާލެމީހުންނަކީ ދެން ނުބައި ބައެއްތާދޯ... މާލޭގަ އުޅޭނީވެސް ހުސް މިލިއަނަރުން ވިއްޔަދޯ، އަމިއްލަ ދަރިންނާ މީހުންގެ ދަރިންނާ ދަރިންގެ ދަރިންނާ ބަންގާޅުންނާ ހެޔޮކޮށްހިތާ ހަރަދުދީ ކާންދީގެން އުޅެން... އަދި ހެޔޮކޮށް ކަންތައްކޮއްދޭ މީހުންގެ ވާހަކަ ނުދައްކާ ނުބައިކޮށް ކަންތައްކުރާ މީހުންގެ ވާހަކަ ލިޔެލާއިރު އަމިއްލަ ފައިދާއަށްނޫނީ ވަކި މިމީހުން އެބަ ވިސްނާވިއްޔަ!

    1
    7
    • ދިރާސާ

      ތެދު ވާހަކައެއް.. މީ ހަޤީޤަތް

      5
      2
  13. ބަކުރުބެ

    މުސްލިމުންގެ ތެރޭގައި އުޅުނު އަޅުން އުޅުނީ ވަރަށް އުފަލުގައި... ބެއްމީހުން ސާހިބުމީހާގެ އެންމެ ގާތް ދަރިވަރައްވެސް ވެފައި އެބަތިބި އަދި ސާހިބުމީހާގެ ގާތުން ކިޔަވައި ޢިލްމުވެރިންނަވެފައި ވެސް އެބަތިބި.... އަޅުންނަށް އިހާނެތިކޮށް ހިތުމަކީ ދީނުގައި ބޮޑު މުންކަރާތެއް.... އަޅެއްގައިގަ ޖަހަފިނަމަ އޭނާ މިނިވަންވެސް ވާނެ.... އެހެންވީމާ ތިކުދިން އެއަށްވުރެ މާނިކަމެތި

    4
    1
  14. ަިިިިިހައްގުތެދު

    އަޅުގަނޑަކީ1993ގައި އަމިއްލަރަށުން މާލެއައް ކިޔަވަންއައިސް ގެއެގަ ގެންގުޅު ކުއްޖަކީމެވެ. ފަރަތަމަހަފުތާގަ މާގިނަމަސްްކަތެއްނުޖައްސައެވެ ނަމަވެސްފަހުން ނޭވާލާނެވަގުނުވެޔޭ ބުންޏައްސް ދޮގަކައްނުވާނެއެވެ ދުވަހުގެމަސައްކަތް ފެއްޓެނީ ހެނދުނު ހައެއްޖަހާއިރު އަދިނިމެނީ ރޭގނޑު އެގާރަޖަހާއިރު.ގޭގެ އޮފީސްތަކައްދާމީހުންގެ ބޫޓުޕޮލިސްކުރުމާ ކުދިންސުކޫލަށާ ޓުއުޝަން ކުލާހައްގެންދިއުމާ ގުރުއާން ކުލާހައް ގެންގޮސްގެނައުމާ އެމީހުންގެ ޔުނީފޯރމާ އަންނައުނު ދޮވެއިސްތިރިކުރުމާ ގޭއެންމެން ފެންވަރަން މިސްކުތު އިސްކޫރު ދޮށުން ފެންގެނައުމާ ބާޒާރުކުރުމާ ހިނގާފަމަސްމާރުކޭޓުން މަސްގަނެގެން ގެއައްގެނެސް މަސްކެނޑުމާ ފުޅިތަކައްފެންއެޅުމާ ހަނޑޫމުގުރުމާ ދުންފަތް ތެޅުމާ ރޭގަނޑު ޑަސްބިން އުކާލުމާ ހަމައިން ރޭގަނޑުގެމަސައްކަތް ނިމުނީއެވެ. ނިދެނީ ސިޓިން ރޫމު ތަޅުގަޑުގައި ކުނަލެއް އަޅައިގެން ގޭ މީހުން ޓީ ވީ ބަލާ ނިމުނު އިރަކުންނެވެ އަދި ޑިސެމްބަރ ސުކޫލު ޗުއްޓީގަ ރަށައް މައުންބަފައިންނާ ކޮއްކޮމެން ކައިރިއައް ދެއަހަރު ނުފޮނުވިއެވެ އަދިފޮނުވާ ފަހަރަކުވެސް ފޮނުވަނީ ރޯދަމަހައް އަންނަން ވާނެކަމައްޝަރުތުކޮއްފައެވެ ނަމަވެސް އަޅުގަނޑު ހުރީ ގެއައްކުލިދއްކައިގެން ނޫނެވެ އަދިއެމީހުން ކާއެއްޗެއް ކާންދެއެވެ

  15. ހުސެން

    މަ ހީކުރީ ވ. ބޮޑު ދިރާސާއެއްގެ މައްޗަށް ބިނާކޮށް ލިޔެލާފަ އޮތް އާޓިކަލް އެއް ކަމަށް. އެއްވެސް އޮއްޓަރެއް ނެތް.

  16. މިހާރު

    އަދިވެސް މިކަހަލަ ކަންތަށް އޮވޭތަ؟ މަށަކީ އުމުރުން އެންމެ 9 އަހަރުގައި 90 ގެ އަހަރު ތަކިގައި މާލެއިން ރަށަށް ދިޔަބަޔަކު ބޭނުންވެގެން ކިޔަވަދޭށޭ ކިޔާފައި މާލެގެނައި ކުއްޖެއް.މަށާ އެކު މަގޭ ދައްތައެއް ވެސް ގެނައި.ދައްތަ އުޅެން ޖެހުނީ ބަދިގޭގައި މުޅިން ވެސް މަސައްކަތުގައި ކިޔަވަން އެންމެ ވަގުތުކޮޅެއް ވެސް ނުދިން.މަޖެހެނީ ކައިރި ފިހާރަތަކަށް ގޮސް އެއްޗެހި ގަންނަން އަދި ގޭގައި އެމީހުން ޖެއްސި މަސައްކަތެއް ކުރަން .ރޭގަނޑު ކިޔަވަން ލިބޭ ވަގުތު ކޮޅުގައި ގޭގެ މީހުން އަޑުބާރުކޮށް ޓީވީ ބަލާތީ ނުކިޔެވޭތީ ބުނީމައި 2 ފައިވާން އަތަށް ދީފައި ކޮތަޅަކަށް ހެދުންކޮޅު އަޅާފައި މަށާ ދައްތަ ގެއިން ނެރެލީ. މިއަދު މަމީ ފައިސާ ހުރި މަތީ މަގާމެއްގަ ހުރި މީހެއް.މި އަރޓިކަލް ކިޔާފައި އެދުވަސް މަތިން ހަނދާންކުރުވައިފި.

    10
  17. ހުސޭނުބޭ ގެ

    ލިޔުuމުގައި އެވަނީ ވަރަށްބޮޑު ތެދެއް....އަދި މީގެ ދުވަސް ކޮޅެއް ކުރިން މަާ ޙާލުގަ އުޅުނީ..އަޅުގަނޑަކީ އެ ހިތި ތަޖުރިބާ އަދި ފޮނި ތަޖުރިބާ ލިބފަaއިވާ މީހެއް...އެތައް ފަަހަރަކު ޑިޕްރެޝަން އަށް ދިޔަ..ވ ހާލުގަ އުޅުނީ..މައިންބފައިން ދެރަވެ ނުކިޔެވި ދާނެތީ ހިތްވަރު ކުރީ...ވ ބޮޑާކިބުރުވެރިން އުޅޭ..ހަމަ އެގޮތަށް އެހާ އޯގާތެރި ރަޙުމް ބަހއްޓާ މީހުންވެސް ތިބޭ...އަޅުގަނޑު މިހުރީ ފޮންޏާ ކުޅި ފެނިފަ...އެންމެ ދެރަކަމަކީ އަންހެން ކުދިން ބޮސް އަށް.........މަޖުބޫރު ކުރާތީ

  18. ތެދެއް

    ވަރަށް ބޮޑު ތެދެއް

  19. މޯޑު

    މަހަކު 3500 ރުފިޔާ ނަގާ ގޭގޭގެ ފާހާނައިން ރަނގަޅަށް ފެންނައުމާއި ސީލިންގުން ފެން ފޭބުމާއި ވަޅުފެން ބޯން ޖެހުމަކީވެސް އެތަކެއް ކުދިންނަކަށް ކުރިމަތިވެފައިވާ ހިތާމައެވެ.

    ދޮގު ޚަބަރެއް މީ. ކޮންތާކު ހުންނަ ވަޅަކުން ބާ ފެން ބޮނީ. މާލޭގަ ހުރޭތަ ފެން ބޯ ވަޅު މިހާރު. ނޭންގޭ ކަމެއް ތީއަދި.

    2
    1
  20. ނަޑުވާ

    އަހަރުން އަމިއްލަ ޤައުމުގަ މިއުޅެނީ ސަރުކާރަށް ޖިޒީ ދައްކައިގެން އަދި ގުލާނުކޮށްދީގެން. އެހެންވީމަ ތީކީ އަދި މައްސަލައެއް ނޫނެއްނު.

  21. މުތް

    ތީހަމަތެދެއް

    1
    1
  22. ޢަހުން

    "ވަޅުފެން ބޯން ޖެހުމަކީވެސް" މާލެގަ ވަޅުފެނުން ފެންރާ ނުލެވޭއިރު އެފެން ބޯނީ ކާކު. ފޮނިތޮށި ކާފުރު ފޮޅި ލިޔަސް މީ ބޮޑުވަރު

    1
    2
  23. ގިވްއިން

    މާލޭގައި ކިޔަވަން ތިބޭ ކުދިން ގެންގުޅެނީ "އަޅުންގެ ގޮތުގައި" ކަމަށް ވާނަމަ އެކަން އެ ފެށުނީ އެއީ ކެނެރީގެ ނަޝީދު ނަގޫކެނޑި ވެރިކަމުގައޭ އެމެން ދައުލަތުގެ ބަޖެޓް ދަވާލައިގެން އައްޑޫގަިއ ތިބި ފަސްމާމުލު ފަސްވަގުން ގޮވައިގެން އައްޑޫ ގައި ދަރުބާރުގެ އެއް އެޅުމުގެ ސަބަބުންނޭ އެހެން އެކަން އެވީ. ނަމަވެސް މަމެން މިހާރު މިދަނީ އެކަން ކަން ރަނގަޅު ކުރަމުންނޭ ހުރިހާ ދަ ރާއްޖެތެރޭން މާލެ އަށް ކިޔަވަން އަންނަ ކުދިން ޕިންކީން ނާއި ގުޅެންވީއޭ އެއިރުން ކޮންމެ ކުއްޖަކަށް މަހަކު 2 ހާސް ރުފިޔާ ދައްކާ ގޮތަށް ފްލެޓްސް ދޭނަމޭ މާލެ ސަރަހައްދުން. އެމެން ދަ ބަލާ ބޮޑު ރައީސް އޮފީސް ބަޖެޓް ދަވާލައިގެން ދަގަނޑު ބްރާ އާއި ވޯޓަރ ޕްރޫފް ޖަނގިޔާ ގަތް ރަންރީނދޫ ޓްވިޓަރޭ ދަ ބަލާ ބޮޑޭ ދަ ބަތާހަރާމީ ދަ ހަރާމްކޯރޭ މެންނާއި އެކު މުޒާހަރާ ކުރަން އެއްވެސް ކުއްޖަކުު އެމެންގެ ޒިނޭ ހަރުގެ ކައިރިއަށް ދާނެ ކަމެއް ނެތޭ. އެއީ ސީދާ ހަންޕާންޗް ކުރަން ދާ މުޒާހަރާ ތަކޭ އެހެންވެއޭ އެހާ ގިނައިން ވަރިކޮށް ފަތް ކަނޑަން ތިބި ގިނަ އަންހެން ވެރިން އެތަނަށް މުޒާހަރާ އަށް ނަމުގައި އެދަނީ ދޯ. ދިސް އިޒް ދަ ފީލިންގް. ކްއެންޗް އަަވަރ ޑިޒާއަރ ގިވް އިޓް ވެން އައި ވޯންޓް އިޓް ގިވް އިން ޓު މީ ގިވް އިން ޓު މީ ގިވް އިން ޓު މީ..

  24. މަރީ

    އަހަރެން ދަންނަ ކުއްޖަކު މާލޭގައި ހުންނަ ގެއަށް 3000ރ. ދޭ. އޭނާއާއެކު އދި އިތުރުކުއްޖެއް ހުނައިރު، އެގޭގެ ދެމަފިރިންވެސް ނިދަނީ މި ދެ އަންހެންކުދިން ނިދާ ކޮޓަރީގައި. ކިތަންނެ ހޫނުވިޔަސް ކޮޓަރީގެ އޭސީ ބަހައްޓަނީ 28 ގައި. އެއްވެސް ޕްރައިވެސީއެއް ނޯވޭ. ރޯދަމަހު 2 ވައްތަރުގެ ހެދިކާ ހަދަނީ އެންމެ މަސްދަޅަކުން. ކަވާބު ހަދަނީ ބާކީވެފައި ހުންނަ ކުރީދުވަކުގެ ރޮށިން. ރޯސްޕާން ހަދަނީ ހަކުރާއި ފެން އަޅައިގެން. ރޯދަޔަށް ތިބެފަ މި ކާނީ ކިހިނެއް.

    4
    2
  25. ފްރޮމްދިސް

    މާލޭގައި ކިޔަވަން ތިބޭ ކުދިން ގެންގުޅެނީ "އަޅުންގެ ގޮތުގައި" ގެންގުޅެނީ އެއީ ވެސް ކުއްޔަށް އުޅޭ މީހުންނޭ ސަބްލީސް ކޮށް ކިޔަވަން ގިނައިން ދަ ރާއްޖެތެރޭ ކުދިން ތިބެނީ ވެސް ކުއްޔަށް ހިފައިގެން އުޅޭ މީހުން ގާތުގައޭ އެވެސް ދަ ރާއްޖެތެރޭ މީހުންނޭ. ދަ ރާއެްޖެތެރޭ މީހުން އެގޮތުން އުޅޭ އިރު އުޅެނީ އެއް ރަށެއްގެ މީހުންނޭ އެމެން ބޭނުން ނުވާނެއޭ ސަބްލީސް ކޮށް އުޅޭ ކުއްޖަކު އެމެންގެ ދަރި ނުކިޔެވި ނަމަވެސް އެމެންނަށް ވުރެން ކުރިއަރައިގެން ދާން އެއީ އޭ މައްސަލަ އެންމެ ބޮޑަށް ނިކުންނަ ތަނަކީ. މިކަން ކަން ހަމައަކަށް އެޅޭނީ ސަރުކާރުން ވެސް ގަބޫލުކުރަންވީ ދަ ރާއްޖެތެރޭ މީހުން އެމެންގެ ރަށް ތަރައްގީ ވިނަމަ ވެސް އަނބުރާ އެމެންގެ ރަށަށް ނުދާނެ ކަން. ކަން މިހެން ހުރުމުން ދަ ރާއްޖެތެރޭގެ 10 ހާހުން ދަށުގެ އާބާދީ ތަކަށް މާލެ ސަރަހައްދުން ދޭންވީއޭ 2 ކޮޓަރީގެ އެޕާރޓްމެންޓްސް މަހު ކުއްޔަކަށް 2 ހާސް ރުފިޔާ އަށް އަހަަރަކު ބިނާ ކޮށް ނިންމަންވީއޭ 2 ކޮޓަރީގެ 20 ހާސް ހައުސިންގް ޔުނިޓްސް. އެއިރުން މަމެންނަަށް ޔަގީން 5 އަހަރު ދުވަސް ތެރޭގައި މިކަން ހަމައަކަށް އެޅޭނެއޭ އަދި ރާއްޖޭގެ ބަޖެޓްގެ ރިކަރަންޓް ޚަރަދު ވެސް ކުޑަވާނެއޭ. ދަ ރާއްޖެތެރެއަންސް ބުނާނެ އޭ އެމެން މާލެއަށް އައިސް ކިޔަވައިގެން އެމެންގެ ރަށަށް ދާނަމޭ ކިޔާ ގޮސް ފައި ވެސް އަނބުރާ އަންނާނެއޭ މިކަން ދަނެގެން ސަރުކާރުން މިކަން އެގްރެސިވް ކޮށް ކުރަންވީއޭ. އެމެން ރަންރީނދުލޭ މެންގެ ތެރޭގައި ދަރާއްޖެ ތެރެ މާ އަރާމު ވާނެއޭ ދިރިއުޅެން ބުނާ އާލާތުން ކަމަށްވާ ރަންރީނދޫ ޓްވިޓަރޭ މެން ވެސް އުޅެނީ މާލޭގައޭ އެބަދަވިން ގެ ހަގީގަތަކީ އެބަދަވިން ވަނީ މާލޭން ފްލެޓް ވެސް ގަނެފައޭ އެމްޑީޕީގެ ވެރިކަމުގައި ސަރުކާރުން ދަވާލި ފައިސާ ގަނޑުން. އެކަމަކު އެމެން ދަ ރާއްޖެ ތެރެ މާ އަރާމު ވާނަމަ ކިއެއްކުރަންތޭ މާލޭން ފްލެޓް ގަންނަންވީ މީ ބޮޑު މައްސަލަ އެއް ނޫންތޭ. މިކަން ދަނެގަންނަންވީއޭ ދަ ރާއްޖެތެރެއަންސް ވަރަށް ރަނގަޅަށް އެމްޑީޕީގައި ދަ ރާއްޖެތެރެ ދިރިއުޅުން ދެކެ މާ ލޯބިވެއޭ ކިޔާ ފެލޭ އާލާތުން ނަކީ މާލޭން ފްލެޓްސް ތައް ގަނެގެން އުޅޭ އާލާތުންނޭ އެއާލާތުން ނަކީ އެއީ ދަހަރާމްކޯރު ދަ ބަތާހަރާމީންނޭ އޭގެ އެއްޗެކޭ ރަންރީނދޫ ޓްވިޓަރޭ ނަގޫ ކެނޑި އަކީ އެމެން ބުނާ ގޮތަށް މުޒާހަރާ އަށް އެއްގޮތަކަށް ވެސް އެއްވެސް ކުއްޖަކު ނުގޮސް މަމެން ޕިންކީން އަތުގައި ހިފަންވީއޭ އެއިރުން މާލެ ސަރަހައްދުން ފްލެޓްސް ތައް ދޭނަމޭ. ފްރޮމް ދިސް މޯމެންޓް އޮން ފްރޮމް ދިސް މޯމެންޓް އޮން އަ ނިއު ޗެޕްޓަރ ހޭޒް ބިގަން ފްރޮމް ދިސް މޯމެންޓް އޮން ފްރޮމް ދިސް މޯމެންޓް އޮން ފްރޮމް ދިސް މޯމެންޓް އޮން..

    • ބޯހަލާކު

      އަޅެފަހެ މީ ކޮމެންޓެއްތަ ނޫނީ ކުރުވާހަކައެއްތަ؟؟؟ތަ ކޮމެންޓެއް ލިޔަންފަށައިފިއްޔާ ތި އޮންނަނީ ކޮންޓްރޯލުންނެއްޓިފަ ދޯ.....ހީވޭ 100ގަނޑުވެސް މަދުވާނެހެން.އެވެސް އެންމެ ކޮމެންޓެއް ކޮށްލަން.

    • ޙ

      މޮޔަ ގޮލައެއް

  26. އަލިފުދާލުކާފުލާމު

    " މުސާރަ ދީގެން ގަނެފައި " ތިބޭ ކުދިންނަށް އަޅުން ނޫން ނަމެއް ކިއުއްވުން ރަގަޅު.

  27. ރައްޔާނު

    ޝައުގުވެރި ސުރުޙީ އެއް.ލިޔުމުގެ ފެންވަރު ތަންކޮޅެއް ދަށް. ބިނާކުރުވަނިވި ހާދިސާ ތަކާ ކުދިންގެ އިންޓަވިޔު ހިމަނައިގެން ހަގީގީ މާނައިގަ ލިޔެލިނަމަ ވަރަށް ފުރިހަމަ ވަރަށް ޒިއްމާދާރު ނާތީޖާ ނެރެވިދާނެ ކަހަލަ މައުލޫއެއް ތީ.

  28. މާލޭ މީހާ

    ލިޔުން ލިޔެފައި ވާ ގޮތުން ހީވަނީ މިއީ މާލޭ މީހުން އެކަނި ކުރާކަމެއްހެން. އަޅުގަނޑަށް އިނގޭ ބައެއް ރާއްޖެތެރޭ ބޭފުޅުންވެސް ތަންތަން ކުއްޔަށްނަގާ ކުދިން ބަހައްޓާ ހަދާ

  29. މީރާ ކުރިމަތީ އިންނަ ގޯޅީގަ ޖެހޭ ފުރަތަމަ ގެ

    އަޅުގަނޑަށް މިގެއިން ވަރަށް ހިތްދަތި ގޮތެއް ދިމާވީ. އެދައްތަގެ ފިރިމީހާ ކުރި މަތީވެސް ބުރުގާ ނާޅާ އުޅޭށޯ ބުނަނީވެސް. އެއްޗެހި ދޮންނައިރަށް މެށިނަށް ފެންދާ ވޭލު ބަންދު ކުރާނެ. ހުރިހާ އިރަކު ކާއެއްޗެހި ހުންނާނޭ ބުނީ ފުރަތަމަ. އަމިއްލަޔަށް ކައްކަން ޖެހުނީ އެއްޗެހި ގަނެގެން. ފަހުން އެއްޗެހި ކިޔާފަ ބުނީ "އަހަރުން ހާހެއް ނުވާނޭ. އައިބޭގަ ޖަހާއިރަށް ކުދިން ލިބޭނެޔޯ".

    3
    1
  30. ?ރަށުމީހާ

    މިތަނުގާ ކޮންމެ ބަހުރުވަޔަކުން ވާހަކަ ދެއްކިޔަސް އެއީ ހަމަ ތެދެއް. ހަމަ އަޅުންގެ ގޮތުގަ ގެންގުޅެނީ. މިއީ ތަރުރިބާ ކޮށްފާ ބުނާ ވާހަކައެއް. ވަރަށް ސަލާމް

    • ރައް

      ރަށުގާ އޮއް ނަމަ ނުވާނެ ތިހިނެއް! ލޮލް

      1
      2
  31. Anonymous

    އަލީ ޔާމީން ތީ ޖޯޖުބުޝް ގެނައި މޮޑަރޭޓް އަޅުން ނުގެންގުޅޭ އިސްލާމްދީނުގެ މީހެއްދޯ. މިވެސް ނޫސްވެތިއެކޯ ލަދުން ބޯފަޅައިން

  32. ރައް

    ކޮންމެހެން ނުޖެހޭ މާލެ އަންނާކައް! އަމިއްލަ އައް އައިސަ ދެންކޮން ބަހަނާއެއް؟ ރަށުގަ އަމިއްލަ ގޭގަ ހުރި ނަމަ ނުވާނެ ދޯ ތިހިނެއް؟ ލޮލް

    • މނ

      ބަލަ މާލެ ތަނަކަށް ހެދީ މަމެން ރާއްޖެތެރޭ މީހުން ކަމެއް ތިމީހުންނަކަށް ނޭންގޭތަ؟
      ރާއްޖެތެރޭމީހުން މާލެދާން ނުޖެހޭނަމަ ތި މާލެ މީހުންވެސް ރާއްޖެތެރެޔަކަށް އަށްނާކަށް ނުޖެހޭނެ މާލެގަ ތިބެންވީއެއްޔުނު!

  33. އިނޯން

    ހިތާމަ ކުރަން، ބައެއްކުދިން އުޅޭހާލު އިނގޭ.. ނަމަވެސް ވަރައް އުފާވޭ މަގޭގެ މަންމަ ގޭގައި ބަހައްޓާ ކުދިން ހިތް ހަމަ ޖެހިގެން އުޅޭކަން އިނގޭތީ. ހީވަނީ ހަމަ އާއިލާ އެއްހެން. އެ ކުދިން އެކުދިންގެ ރައްޓެހިންނާއި، ކޮއްކޮމެންވެސް އެ ގެޔައް ގެންނާނީ ރަނގަޅު ވީ މަ ކަމަށް ވިސްނެނީ. އެކުދިންގެ ހިތް ހެޔޮވުން (މަގޭ މަންމަ އަށް) އެއީ މަންމަ އެދޭ ގޮތަކީ.. އަދި ހުދު އަޅުގަނޑު ދުވަހަކުވެސް ހަނދާން ނުނެތޭނެ އަޅުގަނޑު އަތޮޅު ސްކޫލަށް ކިޔަވަން ގޮސް ހުރިގޭމީހުން އަޅުގަނޑަށް ކޮއްދިން ކަންތައްތައް. އަހަަރެން މީ އެމީހުންގެ ދަރިއެއްފަދަ. މިކަހަލަ ރަނގަޅު މީހުން ވެސް އުޅޭ، އެމީހުންނާއި ބައްދަލުވާހިނދު ވަރަށް އުފާވޭ..

  34. ދިރާސާ

    މަޢުލޫމާތު ހޯދާ އެނގިގެން ރިޕޯޓް ލިޔެބަލަ.. ކިޔަވަން އަންނަ ކުދިންގެ ހިތް މޮޅީ.. އަތުންް ފައިން ކަމެއް ނުކުރާނެ..24 ގަޑިއިރު ކންފަތުގައި ފޯނުޖަހައިގެން އޮންނަން އިނގޭނީ.. ދެން ފޮތް ބޮނޑި ކިހިލި ޖަހައިގެން ކޮންމެވެސް ތާކު ކުލީ ކޮޓަރިއެއްގަ އޮންނާނީ ފިރިހެނެއް ގޮވައިގެން.. މީ ހަޤީޤަތް.. މާލޭ މީހުން ނުބައި ކުރަން ނޫޅޭ..

    3
    5
  35. މަ މިއު މަ

    ހެޑްލައިން ތިއޮތީ ރަނގަޅަކަށް ނޫން. ތިގޮތަށް ކިޔަވާ ކުދިން ވެސް އުޅޭ، އެކަމަކު އާންމު ގޮތެއްގަ އެއް ނޫން

  36. ހުސެން، އއ.މާޅޮސް

    އަޅުގަޑަކީ 1992 ވަނަ އަހަރު ކިޔަވަން މާލެ އައި ކުއްޖަކީމެވެ. އަޅުގަނޑު ހުންނަންޖެހުނީ ބައްޕަގެ ރައްޓެއްސެއްގެ ކައިރީގައެވެ. އޭރު ކިޔަވަން ދަނީ އެމް.އީ.އެސް އަށެވެ. ފުރަތަމަ 3 މަސްދުވަހު ވަރަށް ރަނގަޅަށް އަޅުގަޑާއި ދޭތެރޭ ކަންތައް ކުރި އެވެ. ނަމަވެސް ދުވަސްކޮޅަކުން ބޮޑު ހަނގުރާމައަކަށް ބަދަލު ވިއެވެ. އެގޭގައި އަޅުގަޑާ އެއްއުމުރެއްގެ ކުއްޖަކުވެސް އުޅެއެވެ. އޭނާގެ ފަރާތުން އަޅުގަނޑަށް ވަރަށް އިހާނެތި އަނިޔާ ލިބެއެވެ، އެވާހަކަ ބޭބެމެން ކައިރީގައި ބުނުމުން ރުޅިއަންނަނީ އަޅުގަޑު ދެކެއެވެ. އަޅުގަނޑު ދައްކާ އެއްވެސް ވާހަކައެއް ޤަބޫލެއް ނުކުރެއެވެ. ފަހުން ފަހުން އައިސް ނިދަން ޖެހެނީ ހިނގަން އޮންނަ ގޯޅިގަނޑު ތެރޭގައެވެ. ކުނަލެއް އަޅާގެންނެވެ. ބައެއްފަހަރު ދިރޭއެއްޗެހި ގަޔަށް އަރާ ނުނިދޭރޭތައްވެސް ދެއެވެ. އަދި ބޭބެގެ ދަރިފުޅުގެ ފަރާތުން އަނިޔާތައް އައީ އިތުރުވަމުންނެވެ. ނިދާފައި އޮންނައިރު ފެންއެޅުމާއި، ވެލިއެޅިން މާއްމުކަމަކަށް ވިއެވެ. ވަރަށް ކެތްކުރީމެވެ. ފެންއުފުލުމާއި ދޮވެ އިސްތިރިކުރުމާއި ކުނި އުކުމާއި ގޭތެރެސާފުކުރުމަކީ ކޮންމެ ދުވަހަކު ހެން ކުރަން ޖެހޭކަންކަމެވެ. އެކުއްޖާގެ ފަރާތުން އަނިޔާ ލިބެނީ ކީއްވެ ކަމެއް ނޭގެއެވެ. ރިޕޯޓް ދިން ދުވަހު އަޅުގަނޑަށް ލިބުނީ "އޭ" ގޮރޭޑެވެ.އެކަމާއި ވަރަށް އުފަލުން ހުރެ ބޭބެއަށް ރިޕޯޓް ފޮތް ދެއްކުމުން މުޅިފޮތް އިރާލީއެވެ. އަދި މަސައްކަތުގެ ވާހަކަ ދައްކާފަ އަޅުގަނޑުގައިގައި އިލޮށިފަީގެ ފަލަ ކޮޅުން ތަޅާގަތީއެވެ. ބަލިވެގައިގާ ރިއްސިއަސް އެއްވެސް ރެސްޓެއްނުލިބެއެވެ.ޑޮކްޓަރަށް ދަންބުނި ދުވަހުވެސް ބަނދެފައި ބެހެއްޓީ އެކަނި ކޮޓަރިެއްގައެވެ. ހިތްފަޅާގެންދާހާ ވަރުވިއެވެ. އެއްރޭ ދަންވަރު 2 ޖެހިތަނާ ނިދާފައި އޮއްވާ ބޭބެ އައިސް އަހަރެން ގެއިން ނެރެލިއެވެ. އެރެއަކީ ވަރަށް ވިއްސާރަ ރެއެކެވެ. ހުރިހާ އަންނައުނުތަކެއް ކޮތަޅަކަށް އެޅުމަށް ފަހު އެއްލާލީ މަގުމައްޗަށެވެ. ދާނެ އެހެންވަކިތަނެއް ނެތުމުން ބޯފިއްސާރަގަނޑުތެރޭގައި ހިނގަމުން ގޮސްވަނީ އިމާރާތެއް ކުރަމުން އަންނަ ތަނެއްގެ ތެރެއަށެވެ. އެރޭއެތަނުގައި އޮވެފައި ހެނދުނުވުމުން އެއްޗެހި އެތަނުގައި ބެހެއްޓުމުގެ ހުއްދައަކަށް އެތަނަށް އައި މީހެއްކައިރީ އަހާލުމުން ހާލަތު އޮޅުންފިލުވާހެދިއެވެ. ވަގުތުން އެގެއަށް އަޅުގަނޑު ގޮވައިގެން ދިޔައެވެ. އަދި ނިދާނެ ތަނަކާއި ކެވޭނެ ގޮތެއް ދެއްކިއެވެ. އަދި ސްކޫލަށް ބޭނުން ވާ އެއްޗެހި ހޯދާދިނެވެ. މި ހުރިހާ ކަމެއްހިނގާ ދިޔަ އިރުވެސް ބައްޕަކައިރީގައި އެއްވެސް ވާހަކަ އެއް ނުބުނަމެވެ. ބައްޕަގެ ރައްޓެއްސަކަށް ެ ބޭބެ ވީތީ އިހްތިރާމްކުރުމުގެ ގޮތުންނެވެ. ﷲ އެއްވެސް އަޅަކަށް ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެކަން ކަށަވަރެވެ. ސްކޫލު ނިމެންދެން ހުރީ ފަހުން ބަދަލުވި ގޭގައެވެ. އެގޭ ބޭބެއަށް ކިޔަނީ މުހައްމަދެވެ. މިއަދު އަޅުގަނޑަކީ ސަރުކާރު އިސްމަޤާމެއް ފުރަމުން އަންނަ ، މަހަކު 45،000/- މުސާރަ ލިބޭ އަމިއްލަ ވިޔަފާރި ކުރާ މީހެކެވެ. އަޅުގަނޑުގެ މުޅި ވިޔަފާރީގެ 30ޕަސަންޓް ހިއްސާ އަކީ އަޅުގަނޑު ނިކަމެތިވީ ދުވަހު އަޅާލި މުހައްމަދު ބޭގެ ފުރިހަމަ ހިއްސާއެވެ. މިއަދު މުހައްމަދު ބެ އާއި އަޅުގަނޑަކީ އިސްޓްރޭލިޔާގައި އަމިއްލަ ވިޔަފާރި ކުރާ ދެ ޕާޓްނަރުންނެވެ. މުހައްމަދުބޭގެ މުޅި އާއިލާ އާއި އަޅުގަނޑުގެ އާއިލާ މިއަދު ދިރި އުޅެމުން ދަނީ ވެސް އެތަނުގައެވެ. 4 ކުންފުނީގެ ތެރެއިން 3 ކުންފުނީގެ ފުރިހަމަ ހިއްސާދާރެއްގެ ގޮތުގައި އަޅުގަނޑަށް އެހީތެރިވެދޭން އަދިވެސް މުހައްމަދުބެ ހުރީ އަޅުގަނޑު ކައިރީގައެވެ. ހުޅުމާލޭގައި މިއަދު އަޅުގަނޑުގެ އަމިއްލަ 3 ބިން އިމާރާތްކޮށް ވިޔަފާރި ކުރަމުން އެބަދެއެވެ. މިއަދު އަޅުގަނޑަކީ މަހަކު މިލިއަނަކާއި ގާތްކުރާ އަދަދަކަށް ފައިސާ ލިބޭ ﷲ ގެ އަޅެކެވެ. ހަމަ އެހެންމެ އެދުވަހު އަޅުގަނޑަށް އަނިޔާކުރި ކުއްޖަކީ މިއަދު އަޅުގަނޑުގެ އެއް ކުންފުނީގެ މެނޭގިންގ ޑިރެކްޓަރ އެވެ. މާފުކުރާށެވެ. އެއީ ﷲ ތަޢާލާ ވަރަށް ބޮޑަށް ރުހިވޮޑިގެން ވާ ސިފަފުޅެކެވެ.

    7
    2
    • މަރީ

      ފޭކް

      1
      1
  37. މަރީ

    އަޅުގަނޑަކީ ތިކަހަލަ ހިތްދަތި ލައިފް އެއްއޫޅޭ ވަޒީފާ އަށް ދަމުން ކިޔަވާ ކުައްޖަކީމެވެ.އެގޭގަ ކަށްކަނީ ހަމަެއެކަނި މެންދުރު.ދުެން އެ ކާ ޖެހެނީ މުޅި ދުވަހު އެއްކޮށް ވެސް.އެގޭ ވެރިން ވެރިން ކާން ހަވީރު ހެދިކާ ގަނޭ އަދި ރޭގަޑުވެސް ކައްކާ އެކަމް ޢޭގެން އަހަރުމެންނަށް ނުދޭ..ނުވިތާކަށް އަމިއްލައަށް ކެއްކުން ވެސް މަނާ ކޮށްފަ އޮންނަނީ..ނިދަން ޖެހެނީ ތިރީގަ ކުނާ ގޮދަޑި އަޅައިގެން.4 ކުދިންގެ ގޮދަޑި އެޅެނީ އެކަތި މައްޗށް އަނެއް ގޮދަޑިއަރުވައިގެން.ފާހަނަ ނުހުރޭ ރޫމްގަ.ފޮތް އަޅަން ކަބަޑު ނުހުރޭ.މަހަކު ދަޢޮކަނީ 2500ރފ ):

  38. ރަޓުކުއްޖާ

    މާލޭގައި ތިޔަބުނާ ކުދިން ބަހައްޓާ ތަންތަން ނޫނީ ގެތައް ޗެކްކޮށް ފެންވަރު ބެލުމާއި އެކުދިން އުޅޭ ނޫޅޭ ގޮތް ބެލޭނޭ ފަދަ އިންތިޒާމެއް ހަމަޖެއްސުން ވަރަށް މުހިއްމު. އެއްދުވަހުން މުއްސަނދިވާން އުޅޭ ބައެއް މި މާލެތެރޭ މީހުންނަކީ.މާލޭގެ ކަންނެތް މީހުން ބޭނުންވަނީ އަތުން ފައިން މަސައްކަތެއް ނުކޮށް އެހެެން މީހުން އަތުން ފެލާލައިގެން ކައިބޮއިގެން ދިރިއުޅެން.

    • ޒާން

      ރަނގަޅު ވާހަކައެއް

  39. ކުދި ކިޔާ

    ???????

  40. އެދުރުބެ

    މިއީ އެއްވެސް ދިރާސާ އެއް އަދި ސާބިތު ހެއްކެތް ނެތި ލިޔެފައިވާ ލިޔުމެއް ކަމަށް ބެލެވޭ. ނުވަދިހައިގެ ތެރޭގައި ހިލޭ ގޭގައި ބޭތިއްބި ޒަމާނުގައި ތިހެން ވެދާނެ. މިހާރު ތިހެން ދިމާވުން ދުރު. ވަގުތުން ހަދަހަދައިގެން ލިޔުން ނުގެނެސްދިނުން އެދެން

    1
    2
  41. ާލައްކަ ޑޮލަރު

    މާލެއަށް އެންމެން އަންނަނީ ކީިއްކުރަން. މިކުޑަތަންކޮޅުގައި އެންމެން ގަނޑުވަރު ހަދައިގެން އުޅެވެން އެބައޮތްތަ؟ މާލެ އައިސް އެމީހަކު އުޅޭނެގޮތަކަށް އުޅެނީ. ޢެހެންވެގެން މާލެއަންނަނީ.