އެއީ ފްރާންސްގައި ދިރިއުޅޭ 66 މިލިއަނަށް ވުރެ ގިނަ މީހުންގެ ތެރޭގައި ހިމެނޭ ދިވެހި ޒުވާނެކެވެ. ނުރައްކާތެރި ނޮވެލްކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ފްރާންސަށް "ވެރިވެގަތް" އިރު އެ ޒުވާނާ މަސައްކަތް ކުރަމުން ދިޔައީ ޕެރިސްގެ ފާސްޓް ފުޑް ރެސްޓޯރަންޓުގައެވެ. ފަރުވާއެއް އަދި ބޭހެއް މިހާތަނަށް ހޯދިފައި ނެތް މި ބަލީގެ ޝިކާރައަކަށް އެތައް ބަޔަކުވެ، އިނގިލިން ގުނާނުލެވޭ އަދަދުން މީހުން އެ ގައުމުން މަރުވަމުން ދިޔައިރު، އޭނާގެ ހިތުގައި އޮތް ބިރުވެރިކަން ވެސް ބޮޑެވެ. ފްރާންސަށް އައި ވަރުގަދަ "ތޫފާނުން" އަދިވެސް ހިންދެމި ނުލެވެއެވެ. ކޮންމެ ދުވަހަކު އެތައް ހާސް ބަޔަކަށް ބަލި ޖެހޭ އިރު، އެތައް ސަތޭކަ ބަޔަކު އެ މަރުވަނީ ޑޮކްޓަރުންނާއި ނަރުހުންގެ ލޯ ކުރިމަތީގައެވެ. ޑޮކްޓަރުންނާއި ނަރުހުން ހަދާނެ ގޮތެއް ނެތި، ގޮތް ހުސްވެ ތިއްބައެވެ. ނުރައްކާތެރިކަން އެ ގައުމުގައި އިންތިހާ އަށް ބޮޑެވެ.
އުމުރުން 28 އަހަރުގެ އިބްރާހިމް ނަހީން ޕެރިސްގައި ދިރިއުޅެމުންދާތާ ދެ އަހަރު ދުވަސްވެއްޖެއެވެ. ވަޒީފާގައި އުޅޭތާ އެއް އަހަރާއި ހަ މަސް ދުވަހެވެ. ކޮވިޑް-19 އާ ގުޅިގެން އެހެން ރެސްޓޯރަންޓުތަކެކޭ އެއްގޮތަށް ނަހީން މަސައްކަތް ކުރަމުން އަންނަ ރެސްޓޯރަންޓު ވެސް މިހާރު ހުރީ ބަންދުކޮށްފައެވެ. އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ. މިދިޔަ މާޗް 15 ވަނަ ދުވަހުން ފެށިގެން އޭނާ އޮންނަނީ ގޭގައެވެ. އެއީ ފްރާންސްގައި އެކަނި ދިރިއުޅެމުންދާ މަދު ދިވެހިންގެ ތެރެއިން ދިވެއްސެކެވެ.
ފްރާންސުން ފެންނަނީ ބިރުން ފިތްކަނޑައިގެންދާ ފަދަ އަދަދުތަކެކެވެ. ހަމައެކަނި އެ ގައުމުން 147,969 މީހުންނަށް ބަލި ޖެހިއްޖެއެވެ. ބަލީގައި 18,681 މީހުން މަރުވެއްޖެއެވެ. ސީރިއަސް ހާލަތުގައި ހަހާހަށް ވުރެ ގިނަ މީހުން އެބަތިއްބެވެ. ފަހަރުގައި މި އަދަދުތަކަކީ ފްރާންސްގައި ދިރިއުޅޭ މީހުންނަށް މާ ސީރިއަސް އަދަދުތަކަށް ނުވެދާނެއެވެ. އެކަމަކު، މި ބަލީގެ ސީރިއަސް ކަން ނަހީނަށް އިހްސާސް ކުރެވެއެވެ. އަދި މި ބަލީގެ ނުރައްކާތެރިކަން ފްރާންސްގެ ގިނަ ބަޔަކު ގަބޫލު ވެސް ކުރެއެވެ.
ޕެރިސްގައި ހުރި ނަހީން "ވަގުތަށް" ބުނީ އެ ގައުމުގައި ބަލި ފެތުރެން ފެށުމާ އެކީގައި މަގުމަތީގައި އުޅޭ މީހުން ވަރަށް ބޮޑަށް މަދުވި ކަމަށެވެ. އެމީހުން އެގޮތަށް އަމަލު ކުރީ އަމިއްލަ އަށް ފަރުދީ ޒިންމާ އަދާކުރުމުގެ ބޭނުމުގައި ކަމަށް ނަހީން ގަބޫލުކުރެއެވެ.
"މީގެކުރިން އަބަދު މަގުތައް އޮންނާނީ ފުރިފައި މީހުންނައިގެން. އެއްގޮތަކަށް ބޭރަށް ނުނިކުމެއޭ ބުންޏަސް ދޮގަކަށް ނުވާނެ،" ނަހީން ކިޔައިދިނެވެ.
ފްރާންސްގައި ބަލި ފެތުރުނަ ނުދިނުމަށް އެ ގައުމުގެ ސަރުކާރުން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން ކެފޭތަކާއި ރެސްޓޯރަންޓުތައް ބަންދުކުރުމާއި މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމާއި ސްކޫލްތައް ބަންދު ކުރުން ފަދަ ކަންކަން ހިމެނެއެވެ. މިއީ ހުރިހާ ގައުމެއްގައި ވެސް މި ބަލިން ސަލާމަތްވެވެން އޮތް ފަރުވާއެވެ.
ނަހީން ބުނި ގޮތުގައި ފްރާންސް ފުރަބަންދުގައި އޮތަސް، މަދު މަދުން ކޮންމެވެސް ވަރަކަށް މީހުން މަގުމަތިން ފެނުނަސް، އެމީހުންނަކީ ޒަރޫރީ ބޭނުންތަކުގައި ނުކުންނަ މީހުންނެވެ. އެމީހުން އާންމު ގޮތެއްގައި ބޭރަށް ނުކުންނަނީ ކާބޯތަކެތި ގަތުމަށާއި ވަޒީފާތަކަށް ދިއުމަށް ކަމަށް ވެސް ނަހީން ބުންޏެވެ.
"އަޅުގަނޑު ވެސް މިހެން އުޅެލާފައި ހަތަރު ދުވަހުން އެއް ދުވަހު، ނޫނީ ހަފްތާއަކު އެއް ދުވަހު ނުކުންނަން ފިހާރައަށް ބޭނުންވާ ޒަރޫރީ ސާމާނުތައް ހޯދަން. ދެން ކޮންމެ ދުވަހަކު ވެސް ގޭގެ ދޮރުމައްޗަށް ނުކުމެލަން ފަސް މިނިޓަށް ނޫނީ ދިހަ މިނިޓެއް ހާއިރަށް،" ނަހީން ބުންޏެވެ.
"ސަލާމަތީ ބާރުތަކުން އާދޭސްކުރި ތަނެއް ނުފެނޭ"
ކޮވިޑް-19 އާ ގުޅިގެން މާލޭގައި ކާފިއު އިއުލާން ކުރި ހަފްތާއެއްހާ ދުވަހާއި ފުރަބަންދަކަށް ދިޔަ ދުވަހުން ފެށިގެން ފެނުނީ ދެކެން ބޭނުންވާ މަންޒަރެއް ނޫނެވެ. ކަމާބެހޭ ފަރާތްތަކުގެ އަމުރަށް ބޯލެނބި މަންޒަރެއް ނުފެނެއެވެ. ފެނުނީ ގޮތް ދޫނުކުރި މަންޒަރެވެ. އެމީހަކާ އެމީހެކެވެ. އެމީހަށް ދެއްކުނު ބާރެއް ދެއްކިއެވެ. ފުލުހުން ލައުޑް ސްޕީކަރު ހިފައިގެން މަގުތަކަށް ނުކުތީމަ ވެސް "ބަސް އެހި" މަންޒަރެއް ނުފެނުނެވެ. އެމީހަކު ހިތަށް އެރި ގޮތަކަށް އަމަލުކުރީއެވެ.
އެންމެ ފަހުން މިހާރު މި ފެންނަނީ ބަސް ނޭހުމުގެ ނަތީޖާއެވެ. ފުލުހުން ނުކުމެ، ބޭރުގައި އުޅޭ މީހުން ޖޫރިމަނާކޮށް، އެންމެ ފަހުން ހައްޔަރު ވެސް ކުރަން ފަށައިފިއެވެ. ބަލީގެ ނުރައްކާތެރިކަމާއި ސީރިއަސްކަން ފުލުހުންނަށް އެނގި ތިބެއެވެ. ފުލުހުންނަށް ވެސް ބަލި ޖެހުމުގެ ފުރުސަތު އޮތް ކަން ދެނި ތިބެއެވެ.
ނަހީން ބުނީ އޭނާ ބޭރަށް ނުކުމެ، އުޅުނު ދުވަސްތަކުގައި ފުލުހުން ނުކުމެ، ގެއަށް ވަނުމަށް އާންމުން ކައިރީގައި އަދޭސް ކުރި މަންޒަރު ފެނިފައި ނުވާ ކަމަށެވެ. އެއަށް ވުރެ، ބޮޑަށް ފްރާންސްގައި ދިރިއުޅޭ މީހުންނަށް ވަރަށް މާ ބޮޑަށް ވެސް ވިސްނޭ ކަމަށް އޭނާ ބުންޏެވެ.
"އާންމުކޮށް ކާބޯތަކެތި ލިބެން ހުންނަ ފިހާރަތަކާއި ބޭސް ފިހާރަތައް ވެސް ހުޅުވާފައި ހުންނާނީ އިރުއޮއްސި ހައެއް ނުވަތަ ހަތެއް ޖަހަންދެން. އޭރުން ފެށިގެން މަގުމަތީގައި އުޅޭ މީހުން ވަރަށް މަދުވާނެ. އެއްކޮށް ނެތޭ ބުންޔަސް ދޮގަކަށް ނުވާނެ،" ނަހީން ބުންޏެވެ.
"ފްރާންސްގައި ދިރިއުޅޭ ރައްޔިތުން ކައިރީގައި ސަރުކާރުން ވަރަށް ރީތިކޮށް ބުނެފައި އޮތީ މިއީ ނުރައްކާތެރި ބައްޔެކޭ. ބޭރަށް ނުނިކުންނާށޭ. އެހާ ހިސާބުން މެޖޯރިޓީ ތިބެނީ ގޭގައި. މިކޮޅުގައި އުޅޭ މީހުންނާއި ސަރުކާރު ވެސް މިކަމުގައި ވަރަށް ބޮޑަށް ސީރިއަސް، ވަރަށް ހަރުކަށިކޮށް މަސައްކަތް ކުރަނީ،"
"ހަމައެކަނި ފަރުވާއަކީ ގޭގައި ތިބުން"
ފްރާންސްގައި ބަލި ޖެހޭ މީހުންނާއި މަރުވެފައި ތިބި ހަށިގަނޑުތައް ގެންދާ މަންޒަރުތައް ނަހީނަށް ނުފެނަސް، މި ބައްޔަކީ ކޮންމެ މީހަކަށް ވެސް ޖެހިދާނެ ބައްޔެއް ކަމަށް ނަހީން ގަބޫލުކުރެއެވެ. އެއީ ރަނގަޅުވާހަކައެވެ. ބައްޔަށް ވެކްސިނެއްހާ ހިސާބު ވެސް އަދި އުފެއްދިފައި ނެތެވެ. ވެކްސިނެއް އުފެއްދުނަސް، ކައިރި މުސްތަގުބަލެއްގައި އެ ބޭނުން ކުރަން ފެށޭވަރުގެ ޔަގީންކަމެއް ނެތެވެ. ޓެސްޓް ކުރުމުގެ މަރުހަލާ އެތައް މަހަކަށް ދެމިގެންދާނެއެވެ. އެހެންވެ، މިއީ ކޮންމެ މީހެއްގެ ކަންބޮޑުވުމެކެވެ.
"ހަގީގަތުގައި މިކަމުގައި ލިބެން އޮތް ހައްލަކީ ހަމައެކަނި ގޭގައި ތިބުން. ބައްޔަށް ފަރުވާއެއް ހޯދުނީކީ ނޫން. އަޅުގަނޑަށް ގަބޫލު ކުރެވެނީ ގޭގައި ތިބެއްޖެ ނަމަ، ކޮންމެ ގައުމެއްގެ ސަރުކާރަކުން ވެސް އެ މީހަކަށް އެހީތެރިވާނެ ކަމަށް. އެ ޔަގީންކަން އޮންނަން އެބަޖެހޭ،" ނަހީން ބުންޏެވެ.
"ހުރިހާ އެންމެން ވެސް މި ބަލިން ސަލާމަތްވުމަށް ދުރުގައި ތިބެވޭތޯ ބަލަންވީ. އިރުޝާދުތަކަށް ބޯލަނބަންވީ. ރައްކާތެރިވެވޭނެ ގޮތްތަކަށް ވިސްނަވީ.
"ދިވެހިން މި ބައްޔަށް ސީރިއަސްވި ހެން ހީނުވޭ"
ރާއްޖެ އިން ބޭރުގައި ތިބި ގިނަ ދިވެހިންނެކޭ އެއްގޮތަށް ނަހީން ވެސް ދިޔައީ އޭނާ އުފަން ގައުމުގެ ހާލަތު ވަރަށް ރަނގަޅަށް ބަލަމުންނެވެ. ޔޫރަޕްގެ ގިނަ ގައުމުތަކުގެ ބޯޑަރުތައް މިހާރު އޮތީ ބަންދުކޮށްފައެވެ. އެ ގައުމުތަކަށް ދަތުރު ކުރެވޭނެ އެއްވެސް މަގެއް ނެތެވެ. ރާއްޖޭގެ ހާލަތު ވެސް އޮތީ ހަމަ އެގޮތަށެވެ. އޭނާ ވެސް ބުނި ގޮތުގައި ރާއްޖޭގެ ބޯޑަރުތައް ހުޅުވާ ވަރަށް އަދި ހާލަތު ރަނގަޅު ނުވާ ކަމަށެވެ. ބޯޑަރުތައް ހުޅުވައިފި ނަމަ، ބަލި ފެތުރުމަށް އިތުރަށް މަގުފަހިވާނެ ކަމަށް އޭނާ ގަބޫލުކުރެއެވެ.
ބޯޑަރު ނުހުޅުވައި އުޅެނިކޮށް، މާލޭގައި ވަނީ ބަލި ފެތުރެން ފަށައިފައެވެ. މިހާތަނަށް މާލެ އިން ނުވަ މީހެއްގެ ގައިން ބަލި ފެނިއްޖެއެވެ. ރާއްޖެ އިން 29 މީހެއްގެ ގައިން ބަލި ފެނިއްޖެއެވެ. މިއީ ރާއްޖޭގެ ނިސްބަތުން ވަރަށް ބޮޑު، ސީރިއަސް، އަދި ކަންބޮޑުވާން ޖެހޭ އަދަދުތަކެވެ. މިދިޔަ ބުދަ ދުވަހު އެކެއްގެ ގައިންނެވެ. ބުރާސްފަތި ދުވަހު ދެ މީހެއްގެ ގައިން ބަލި ފެނުނު އިރު، އިއްޔެ އެކަނި ވެސް ހަތަރު މީހެއްގެ ގައިން ބަލި ވަނީ ފެނިފައެވެ. ބަލި ފެތުރެނީ ރާއްޖެއާ އަޅާބަލާއިރު ހަލުވި މިނެއްގައެވެ.
އެކަމަކު، ދިވެހިން އަދިވެސް ސީރިއަސް ވެފައިވާ ކަމަކަށް ނަހީން ގަބޫލެއް ނުކުރެއެވެ.
"ބޭރަށް ނުނިކުންނާށޭ ބުނީމަ ވެސް ބޭރަށް ނުކުންނަނީ. އަޅުގަނޑަށް ހީވަނީ ދިވެހިންނަށް ވިސްނޭނީ މިސާލަކަށް ވަރަށް ބޮޑަށް ފެތުރިގެން ދިޔައީމަހެން. އަދި ފެންނަ ފެނުމަށް އެހާ ބޮޑަކަށް ނުވިސްނާ. މިކަމުގެ ސީރިއަސްކަން ދެނިގަނެގެން ނޫޅޭ،" ނަހީން ބުންޏެވެ.
ސިއްހީ ގޮތުން އެންމެ ކުރިއަރާފައިވާ ގައުމުތަކުގައި މި ބަލި ކޮންޓްރޯލުން ނައްޓައިފިއެވެ. ވެންޓިލޭޓަރުތައް ވަނީ ބައެއް ގައުމުތަކުގައި މަދުވެފައެވެ. ދުނިޔޭގެ ބޮޑެތި ސިޓީތައް މި ބައްޔާ ހުރެ ވަނީ ހަމަހިމޭންކޮށްލައިފައެވެ. މިއީ 21 ގަރުނުގައި މުޅި އިންސާނިއްޔަތަށް ކުރިމަތިވި އެންމެ ބޮޑު ނުރައްކަލެވެ.
ދުނިޔޭގެ ނިސްބަތުން އެންމެ ތޮއްޖެހުން ބޮޑު އެއް ސަހަރަށް އިޝާރާތްކޮށް ނަހީން ވެސް އެދުނީ ހުރިހާ އެންމެން ގޭގައި ތިބުމަށެވެ. އޭނާ ދެކޭގޮތުގައި މިއީ ފަރުދީ ޒިންމާ ނަގަންވީ ވަގުތެވެ. މިއީ އުނދަގޫ ވަގުތެއް ކަމަށް ބަލައި އަމުރުތަކަށް ތަބާވާންވީއެވެ. އެ ނޫން ހައްލެއް މިހާރު މިކަމުގައި ނެތެވެ.
ދިވެހިންގެ ތެރޭގަ އި ތިބި ގޮތް ދޫނުކުރާ މަދު ބަ އެއއ އްގެ ސަބަބުން ކޮންމެ ގޮވާލުމަކަށް އިޖާބަދީ، އެކުވެރިކަމާ އެ އްބާރުލުމުގެ ނަމޫނާ ދަ އްކަމުން އަންނަ ލޮބުވެތި ދިވެހި ރަ އްޔިތުން މިވަނީ ނުރަ އްކަލަށް ހުށަ އެޅިފަ އި. ޢެންމެން ގުޅިގެން ޞި އްޙީ ދާ އިރާގަ އި އަމި އްލަ ފުރާނަ އަށް ކުރިމަތި ވެދާނެ ނުރަ އްކަލަކަށް ބެލުމެ އް ނެތި މަސަ އްކަތް ކުރަ އްވަމުން އަންނަ ޑޮކްޓަރުންނާ، ކަމާބެހޭ އިސްފަރާތްތަކުން ދެ އްވާ އިރުޝާދުތަކަށް އަމަލުކޮށް އެންމެން މިކަމުން މިންޖު ވެވޭތޯ ބަލަމާ ހިނގާ. ޢަޅުގަނޑާ، އަޅުގަނޑު ދަންނަ އެތަ އްބަޔަކު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ އަޑު އަހަ އިގެން ގޭގަ އި ތިވޭތާ މި އަދަށް 1 މަސް ދުވަސް ވީ އެވެ. ޢަދިވެސް މި ތިބީ އެގޮތުގަ އެވެ. މި އީ އެއއ އްބަޔަކު އަޅުގަނޑުމެންނަށްޓަކަ އި، އެއ އް ބަޔަކު ރެ އާދުވާލު ގުރުބާނީ ތަކެ އް ވަމުންދާ އިރު ކޮށްލަން ޖެހޭ ކުޑަކުޑަ ކަމެކެވެ. ޢެހެންނަމަވެސް މިކަމަށްޓަކަ އި އަޅުގަނޑުމެންގެ މަ އްޗަށް މި ވަގުތަށް ކުރުން ލާޒިމު ކަމެ އް.
ތަރުބިއްޔަތުގެ ޚުލާޞާ: 2003 ވަނަ އަހަރުން ފެށިގެން ގޮވަމުންދިޔައީ ވެރިންނަށް ކިޔަމަންވުން ގޯސްކަމަށް. މަދަނީ ބަސްނޭހުން ހައްގެއްކަމަށް. ސިފައިންނާ ދިމާލަށް ގޮވީ ޔެސް ސަރ މަނީ މަނީ، ފުލުހުންނާނާ ދިމާލަށް ގޮވީ ބާޣީ ބާޣީ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ފެނުނީ ތަޅާފޮޅާ މަންޒަރާއި ބެރުދުންމާރީ ފުމޭތަން. ބިސްމީގެ ބަރަކާތުން ފަށާފައި އޮތް ގާނޫނުއަސާސީގެ މައްޗަށް ތިބީ ކޮއްޅަށް އަރާ. މިތަން ބަލައިގެން މިހެން އުޅެން ދަސްކުރީ ޒުވާނުންނާއި ޅަދަރިން. މިއަދު އެއީ ހަރު މީހުންނާއި ޒުވާނު. މިގޮތަށް ތަރުބިއްޔަތު ކުރުމަށްފަހު ފަރުދީއޭ ޒިންމާއޭ ކިޔަމަންވަހަރޭ ދައުލަތޭ ސިފައިންނޭ ފުލުހުންނޭ ބޮޑު ބައްޔެކޭ ބުނީމާ މިމީހުންގެ ހިތަށް އެއްޗެއް އަރާނެތަ!
ހަޤީޤަތަކީ ތީ. އެކަމަކު ހުރިހާ ބޭފުޅުންވެސް ގޭގައި ތިއްބަވާ!
ކޮންމެހެން ވަކިބޔަކު ކުއްވެރިކުރާނެކަމެއްނެތް! މަޤޭޤައުމާ މަގޭދީނޭ ކިޔައިގެން މުޒާހަރާކުރީ ކޮންބައެއް؟ މިބައިމީހުންވެސް ތިޔަ ލިސްޓުގައި ހިމަނާލިނަމަ ފުރިހަމަވީސް!
އެހާމަ ކުރީ ހަޤީޤަތް. އޭގެ ފަހުން ދެންއައިކަންކަން ދެން މިފެންނަނީ! ޤަބޫލުކުރަން ދަތިވާނެ!
ނަހީންގެމަޢުލޫމާދު ރަނގަޅެއްނޫން ދިވެހިންނަކީވެސްވަރައްބަސްގަބޫލުކުރާބައެއް ގިނަމީހުންމަގުމައްޗައް ނުކުންނައްޖެހެނީ މަޖުބޫތުވެގެން ލޮކުޑައުންކުރުމުން ގެއެއްބޭނުންވާ އެއްވެސްއެއްޗެއް ޑެލިވަރީކޮށްދެވިފައެއްނެތް ހުރިހާފިހާރަތަކެއްބަންދުކޮށްފަ ޑެލިވަރީކުރުމުގެހުއްދަދޫކޮށްފަވާފިހާރަތައްފިޔަވައި އެއްވެސްފިހާރައެއްނުހުޅުވާ އެއިންފިހާރަޔަކަށް ވަދެވެނީ ފާހެއްއޮތިއްޔާ މިހާލަތުގަމަގުމައްޗައްނުކުމެ އެއްޗެއްލިބޭތޯ މަސައްކަތްކުރަން މަޖުބޫރުނުވޭބާ އަަޅުޑަހަމަގައިމުވެސް ޑެލިވަރީ ކުރުމުގެހުއްދަދީފަވާ ހުރިހާފިހާރައަކަށް ވާނީއޯޑަރުދީފަ މިހާރު ސާޅިސްއައްގަށިއިރުވާންކައިރިވިއިރު އަދިލިބުނީ ފެންޓަސީން ޑެލިވަރކޮށްދިން ދެޕާން އަދިވެސް ކެއްތެރިކަމާއެކު މިތިބީއިންތިޒާރުގެ
އިންޑިޔާ ފޮލޯކުރާ ބައިގަނޑެއް މިތާ ުޅެނީ!
ތިބުނީ، ކަލޭ ވެސް އިންޑިއާ ފޮލޯ ކުރަމޭ ދޯ! ގައިމު ވެސް މަށެއް ނުކުރަން!
ދިރިއުޅުން ތަރައްޤީ ކުރުމަށްޓަކައި އެއް ޤައުމުން އަނެއް ޤައުމަށް ހިޖުރަ ކުރުމަކީ އިސްލާމްދީނުގައި ހުއްދަ ކަމެކެވެ. އިސްލާމްދީނުގެ އުޞޫލުތަކުގައި ސާބިތުވެ ހުރުމަށް އެދެމެވެ. ނަވީންއަކީ ޢަޒުމް ވަރުގަދަ، ހިތްވަރުގަދަ، ކެތްތެރި ކުއްޖެއްކަން ކަށަވަރެވެ! ނަވީން އަށް ﷲ ރައްކާތެރިކަމާއި، ކާމިޔާބު މިންވަރު ކުރެއްވުން އެދި ދުޢާ ކުރަމެވެ! އާމީން
ދިވެހިންގެ ވިސްނުން މިހަަރު ވަނީ ބަދަލުވެފަ ދިވެހިންގެ ގިނަ މީހުންނަށް މިހާރު ވިސްނެނީ އެއްވެސް ކަމެއްގަ ބިރުގަންނަން ނުޖެހޭކަމަށް ހުރިހާ ކަމެއްގަ ބިރު ފަހަނަޅާ ދިޔައީމަކަން ތިމާގެ ގަޓު ހުރިކަން އެހެން މީހުންނަށް ދެއްކޭނީ. ހުރިހާވެސް މޮޅަކީ ދެއްކުން ދުނިޔަވީ ތެރިކަން. އެކަމު މިއީ ޙަޤީޤަތުގަ ޤަލާގަދަރަށް އީމާން ނުވުން.
މި ވިސްނުން ދިވެހިންނަށް ދަސްކޮށްދިނީ ކާކުތޯ އެންމެން ވިސްނާލަން ޖެހޭ. ކާކުގެ އަވާގަ ޖެހިގެންތޯ އިސްލާމްދީނާ ދުރަށް މި ދެވެނީ.
ﷲ ހުރިހާ މީސްތަކުންނަށް ސަލާމަތާ ރައްކާތެރިކަން ލައްވާށި. އާމީން
ބިރު ފަހަނައަޅައިގޮސް ބިރެއް ނެތި މަޖާކުރުން ގެނެސް، ބިރުވެތިކަމެއް ނެތި، ބިރެއް ނެތި މަޖާކުރަން ފެށީމާ އެއްވެސް ކަމަކާ ބިރުގަންނާނެތަ؟
ޔޫކޭ ގަ ލޮކްޑައުން ކުރު މައެކު ެ އުސޫލުން ބޭރުން ނުކުންނަ މީހުނަށް އަޅަން ކަނޑައެޅި ފިޔަވަޅުތައް ވަގުތުން ތަންފީޒް ކުރަންފެށީ.
ޗައިނާއިން ބަލި ފެނު މާއެކު މި ގައު މުގަ އުސޫލުތައް ކަޑައަޅައިފި. ޢަދިވެސް އެ އެ ސޫލުތައް ފެންނަ ވަރެއް ނުވޭ.
ދިވެހިން ސީރިއަސްނުވާކަން ރަނަގަޅު. ސަރުކާރުން ސީރިއަސް ނުވީމާ ވާނެގޮތްމިވީ. ދުނިޔޭގެ ގިނަ ގައުމުތަކަށް މިބަލި ފެތުރިގަތުމާއެކު ޑޮކްޓަރުންނާއި ސިއްހީ މާހިރުންނާއި އާންމުންގެ އެތއްބަޔަކު ސަރުކާރުގައި އެދުނުނ ވަގުތުން ވަގުތަށް ރާއްޖެއަށް އެއްވެސް ގައުމަކުން މީހުން އެތެރެ ވިޔަނުދީ ބަންދުކޮށް ދިނުމަށް. އެއަޑު ސަރުކާރުން ނޭހި. ގައުމުހުއްޓައެއް ނުލެވޭނޭ. ގެސްޓުން އައުން ބަންދެއް ނުކުރެވޭނޭ. ނުވިތާކަށް ބަލިޖެހިފައިވާ ގައުމުތަކުގައި ތިބި ދިވެހިން ރާއްޖެ ގެނެސް މާލެތެރެއަށްދޫކޮށްލީ. އޭގެފަހުން އިނގިރޭސި ވިލާތުން އައި ދިވެއްސަކަށް މިބަލި ޖެހިގެން މިފެތުރިގަތީ. ސަރުކާރުން ފުރަތަމަ ބަސް އެހިނަމަ މިބަލި ރާއްޖެ އެތެރެނުވީސްކަން ކަށަވަރު. ނޫސްވެރިން ޚަބަރު ލިޔާ އިރު މިހިރަކަންތައްތައްވެސް ލިޔެބަލަ. ހަމައެކަނި އާންމުރައްޔިތުންގެ ބޮލިގައި ޒިންމާ އަޅުވާނެކަމެއްނެތް. އާކައިވްތަކުގައި މިވާހަތައް ހުންނާނެ.
ދިވެހިންނަކީ އެއްބައިވަންތަ ބައެއް .... ކަންވީ ގޮތުން އެންމެންނައް އެހާ ފަސޭހަ އެއްނޫން ގޭގަ މަޑުކުރާކައް..
ކާގެން ބޮއެގެން ދިރި ހުރެވޭނީ....
ބަޔަކު އެބައެއްގެ ބަސްއަހާނީ އެބަޔަކަށް އިތުބާރު
ކުރެވޭނަމަ. ނަހީން އާ ގުޅިގަނެގެން ތިޔަ ތިޔަދެމި ހާސަރުބޮޑިން ފުލުހުންގެ އަގު އިތުރަށް ވެއްޓުނީ.