އަބަދުވެސް އަޑުއިވޭ ވާހަކައެކެވެ. ރާއްޖޭގައި މަސައްކަތް ކުރާ ގިނަ ބިދޭސީން ދިިރިއުޅެނީ ވަރަށް ހާލުގައެވެ. ގަވާއިދުން މުސާރަ ލިބެނީ ވެސް މަދު ބަޔަކަށެވެ. މުސާރަ ލިބުނަސް ގިނަ މީހުންނަށް 400 އެއްހާ ޑޮލަރަށްވުރެ ގިނައިން ނުލިބެއެވެ. ލިބޭ މުސާރައިގެ އެއްބައި ކެއުމާއި ބުއިމާއި ނިދާ ތަނަށް ދެއްކުމަށްފަހު އާއިލާތަކަށް ފޮނުވަން އެމީހުންނަށް ފޮރުވެނީ މަދު ފައިސާ ކޮޅެކެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ރާއްޖޭގައި އެންމެ ގިނައިން މަސައްކަތް ކުރާ ބަންގްލަދޭޝް މީހުންނާއި ދިމާލަށް "ބަންގާޅީން" މި ލަފްޒު ބޭނުން ކުރުމުން ރުޅިއައެވެ. ހަގީގަތުގައިވެސް އެއީ އެމީހުން ދަށް ކޮށްލުމުގެ ގޮތުން ދިވެހިންގެ ތެރޭގައި ބޭނުންކޮށް އުޅޭ ބަހެކެވެ. އެހެންނަމަވެސް އަހަރެމެންގެ މި މުޖުތަމައުގައި އުޅޭ ބިދޭސީން އުޅެމުންދާ ހާލާއި އެމީހުންނާއި މެދު ދިވެހިން ކަންކުރާ ގޮތުގެ ވާހަކަ ދައްކާލަނީ ހާހަކުން މީހެކެވެ.
މިއަދު މުޅި ދުނިޔެއަށް ކުރިމަތިވެފައި މިވާ ކޮވިޑް-19 ގެ އަސަރު ރާއްޖެއަށް ވެސް މިވަނީ ކުރަން ފަށައިފައެވެ. ފުރަތަމަ މަދު ބަޔަކަށް ޖެހުނު ނަމަވެސް މިހާރު މިބަލި ކުއްލި ގޮތަކަށް މި އަންނަނީ ހަލުވި ކަމާއި އެކުގައި ރާއްޖޭގައި ފެތުރެމުންނެވެ. މާލެސިޓީގެ އިތުރުން އަތޮޅު ތެރޭގައި ބައެއް ރަށްތައްވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު މިކަމުގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުމަށް އެކި އަސަރުތައް އަންނަނީ ކުރަމުންނެވެ. ކޮވިޑް-19 ގެ ސަބަބުން ދިވެހިންގެ އެތައް ވަޒީފާއެއް ގެއްލިއްޖެއެވެ. ބައެއް މީހުންގެ މުސާރަތައް ކުޑަކޮށްފިއެވެ. އަނެއް ބަޔަކަށް ނޯޕޭ ދިނުމަށްފަހު ރަށަށް ފޮނުވާލައިފިއެވެ. މިއީ ދިވެހިންގެ ހާލަތެވެ. ރާއްޖޭގައި މަސައްކަތް ކުރުވާ ބަންގްލަދޭޝް މީހުން ނުވަތަ ބިދޭސީ އެހެން މީހުންގެ ހާލަތު ދެން ވިސްނާލާށެވެ.
މިހާތަނަށްވެސް ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު މިހާތަނަށް އައިއިރު ވެސް ނޭނގެ އެވެ. ރަސްމީ އެއްވެސް ލިޔެކިޔުމެއްގައެއް ވެސް އެ އަދަދެއް އަދިއަދަށް ދާންދެން ވެސް ފެންނާކަށް ނެތެވެ. ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މި ސަރުކާރުން ވަނީ އަންދާޒާ އަދަދެއް މިދިޔަ އަހަރު ހާމަ ކޮށްފައެވެ. އަންދާޒާ ކުރީ 63،000އެވެ. ގިނަބަޔަކު ގަބޫލުކުރަނީ އެ އަދަދު އެއަށްވުރެވެސް އިތުރުވެގެންދާނެ ކަމަށެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ބިދޭސީން އުޅެމުން އަންނައިރު ފުރަ މާލެއަކީ އެންމެ ގިނަ ބިދޭސީން އުޅެމުންދާ އެއް ރަށެވެ.
ކޮންމެ އަކަސް ބިދޭސީންގެ ވާހަކަތައް ސޯޝަލް މީޑިއާގައިވެސް ދައްކާލާނެ މީހަކު ނެތެވެ. އަހަރެމެންނަށް ނޭނގުނު ނަމަވެސް ރާއްޖޭގައި މަސައްކަތް ކުރާ ދިވެހިންގެ ވަޒީފާތަކަށް ބޮޑެތި ބަދަލުތަކެއް ކޮވިޑް-19 ގެ ސަބަބުން އައިސްފައިވާއިރު މިފަދައިން ކިތައް ބިދޭސީންގެ ވަޒީފާއަށް ބަދަލުތައް އަންނާނެ ހެއްޔެވެ. ފުރަ މާލޭގައި ދިިރިއުޅޭ އެތައް ދިވެހިންނަކަށް ކެއުން ބުއިމަށް ތަކެތި ހޯދުމަށް ދަތިތަކާއި ކުރިމަތިލާފައިވާ ފަދައިން ކިތައް ބިދޭސީންނަށް އެކަމުގެ އަސަރު ކުރާނެ ހެއްޔެވެ.
ކޮވިޑް-19 ރާއްޖެއިން ފެނިފައިވާ މި ދުވަސްތަކުގެ ތެރޭގައި މި ފަހުންވެސް ދެ ބިދޭސީއަކު ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ވަނީ ފެނިފައެވެ. ނަމަވެސް އެމީހުން މަރުވީ ކޮވިޑް-19 ޖެހިގެނެއް ނޫނެވެ. އެއަށްފަހު މާލޭގެ މަގެއްގެ މަތީގައި ހުން އައިސް ރަތްވެފައި އިން ބިދޭސީއަކު ވެސް ދާދިފަހުން ވަނީ ފެނިފައެވެ. ރޭގެ ވަގުތެއްގައި ބިދޭސީއަކު މާލޭގެ މަޖީދީ މަގަށް ވެއްޓިފައި ވަނިކޮށް ފެނުނެވެ. އެމީހާ ސެނެހިޔާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ މަރުވެފައެވެ. މިއީ މަހެއްހާ ދުވަހުގެ ތެރޭގައި މީޑިއާތަކަށް އެނގި، ހިނގާފައިވާ ކަންކަމެވެ.
މިއަދު ކޮވިޑް-19 ގެ ސަބަބުން މުޅި މާލެ ސަރަހައްދު މިވަނީ ފުރަބަންދު ކޮށްފައެވެ. ބައެއް ބިދޭސީންނަކީ ދުވަހު މުސާރައަށް ވެސް މަސައްކަތް ކުރާ މީހުންނެވެ. އެހެންކަމުން މިއަދު އެމީހުންނަށް ލިބޭ އާމްދަނީ މިވަނީ އެއްކޮށްހެން ބަންދުވެފައެވެ. ކާނެ ބޯނެ ގޮތެއް ނެތިފައެވެ. ބައެއް ބިދޭސީން ހޮޓާތައް ކައިރިއަށް ގޮސް ކާނެ އެއްޗެއް ދިނުމަށް އާދޭސް ކުރާ ކަމަށްވެއެވެ. ބައެއް ބިދޭސީން ކާތަކެތި ތައްޔާރުކުރާ ތަންތަނަށް ގޮސް ބިއްލޫރި ގަނޑުގައި ލޯ ޖަހައިގެން ބަލަހައްޓައިގެން ހުރެއެވެ. އެއީ ކޮންމެހެން އެތަނުން ވަޒީފާއެއް ދޭތޯއެއް ނޫނެވެ. އެމީހުންނަށް ކާނެ އެއްޗެއް ދޭތޯއެވެ.
މިކަމާއި ގުޅިގެން "ވަގުތު"އިން އިކޮނޮމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލަށް ގުޅާލުމުން ވިދާޅުވީ އެކަހަލަ ކަމެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ. އަދި އީމެއިލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިތުރަށް ބެލުމަށްފަހު މައުލޫމާތު ހާމަ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ފަހުން ފޯނަށް ޖަވާބެއް ނުދެއްވައެވެ.
އީމެއިލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނައިރު ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން އީމެއިލް އެކައުންޓެއް ގެންގުޅެނީ ކިތައް ބިދޭސީންގެ ހެއްޔެވެ. އީމެއިލް އެކައުންޓެއް ގެންގުޅުނު ނަމަވެސް އެކަން ކުރަންޖެހެނީ ކިހިނެއްކަން ގިނަ ބިދޭސީންނަކަށް ނޭނގޭނެއެވެ. އެހެންކަމުން މިކަމުގައި އިތުރު ވިސްނުންތަކަކަށް ސަރުކާރުންވެސް އަދި ކަމާބެހޭ އެހެން އިދާރާތަކުން ވެސް ދާންވެއްޖެއެވެ. މިއަދު އެމީހުންނަކީ "އަޅުގަނޑުމެން ފަދައިން އިންސާނުން" ކަމަށް އަޑުހަރުކޮށް ބުނެވިދާނެއެވެ. ނަމަވެސް މި ހާލަތުގައި އެމީހުން ދިރިއުޅެމުން އަންނަ ގޮތް ވިސްނާ އެކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ހަގީގީ އިންސާނިއްޔަތުކަން ދެއްކުމެވެ.
އެތައް ދިވެހިންނެއްވެސް ޙާލިގުގައި އުޅޭ.
ތިޔަ އޮޅުވާލަނީ ހަމަ! ރަދީފު ގައި ވެސް އިނދޭ ބަންގާޅިން! އަސްލު ވާގޮތަކީ މިސާލަކަށް "ކަލޭ" މިލަފުޒަކީ މިހާރު ދިވެހި ޒުވާނުން ތެރޭގަ މަގުބޫލު ބަހެއް ނޫން! މިހާރު ދެމަފިރިން ވެސް ނުކިޔާނެ "ކަލޭ" އެކަކު އަނެކަކަށް! އަހަރެން ކިޔަވަން މާލޭގައި ހުރި ގޭން ބޭރު ކޮށްލި "ކަލޭ" ކިޔާފަ ވާހަކަ ދައްކައިގެން 2003 ގައި! ހަމަ އެގޮތައް "ބަންގާޅިން" މި ލަފުޒު ވެސް އަހަރުމެން ތެރޭ އުޅޭ ހައި ޕްރޮފައިލް ދިވެހިން އެހާ ލައިކެއް ނުވޭ!
ކޮވިޑް 19 އާއި ގުޅިގެން މަސައްކަތް ހުއްޓި ވޭވަށު ފެކްޓަރީ ތަކުގައި މަސައްކަތް ކުރާ މީހުން ނޯޕޭ ލީވް ގައި ވީނަމަވެސް އެހުރިހާ މީހުން ތިބީ އުފަލުގައެވެ....
ފުރީ އެކޮމެޑޭސަން އާއި ފުރީ ކޮއްތު ލިބޭތީ އެވެ....
ބަލަ ހާލުގައި އުޅެންޏާ ގައުމަށް ދެވޭތޯ ބަލަންވީ. ނުގަވައިދުން އުޅޭ މީހުންވެސް ގައުމަށް ދާން ބޭނުންވާ މީހުން ރަޖިސްޓަރީ ކުރަން ހުޅުވާލީމަ ނޯޓް ކުރުވީ އެންމެ 300 މީހުން. ދެން އެނބަ އެނގެއެންނު އަނެއް 60 ހާސް ދާން ބޭނުން ނުވާކަން. ތިކަހަލަ އާޓިކަލްތައް ލިއުމުގެ މަގްސަދަކީ މިތާ ބަންގްލަދޭޝް މީހުން ގިނަ ކުރުވުންތޯ. މީ ކުޑަކުޑަ ގައުމެއް މިތާ މީހުން އުޅޭނެ ތަންވެސް ނެތިގެން މިއުޅެނީ. ތި މައްސަލަ ތިހެން އޮތްކަން އެންމެންނަށްވެސް އެނގޭ. އެކަމަކު ދެ ގައުމުގެ ސަރުކާރުތަކުންވެސް އަޅާނުލާ އެ މީހުން ގައުމަށް ފޮނުވައި ތިކަން ތިހެން ނުވާނެ ގޮތެއް ހެދުމަށް ހަރުދަނާ މަސައްކަތެއް ނެތެއް ނޫންތޯ ކުރެވިފައި.
މާކުރިން ފެށިގެން ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ސަރުކާރުން މަސައްކަތް ކުރި. ނަމަވެސް އެކަން ނުވުމުގެ އިހްމާލް އޮތް ފަރާތްތަކުގެ ތެރޭގައި ދިވެހިންނާ ބަގްޅަދޭޝް މީހުންވެސް ހިމެނޭ.
އެމީހުން އެހާލުގައި އުޅޭއިރު އެމީހުން އަބުރާގައުމަށް ނުދަނީ ކީއްވެ؟
ގަވާއިދާޙިލާފަށް ފިލާގެންއުޅޭ ބިދޭސިން ކޮންމެމަހަކު ގައުމަށް އެތައްހާސް ރުފިޔާއެއް ފޮނުވާވާހަކަ ދައްކާނެ މީހަކު ނެތް.
މިޢަޓިކަލްގައިވަނީތެދެއްނޫން
ބަރައްހާލުގަ މިއުޅެނީ އޯޑަރުކުރަން މިއޮންނަނީ ވައިބަރު ނުވަތަ ނެޓުން އަންނައިރެއް ބަލާލެވޭ ގޮތެއްވެސް ނޯވެ، އަހަރެމެންގެ އެސްޓީއޯ އައް ގަވައިދުން ކާންޖެހޭ ބެސް ތަކައް ބޭސްސިޓީ ވައިބަ ކުރީމަ ލިބޭކަމެއްވެސް ނޫލިބޭ ކަމެއްވެސްނޭގޭ 4 ދުވަސް 5 ދުވަސް ވާއިރުވެސް ދިވެހިންނައްހުރި ދަތިވާހަކަ ދެއްކުމެއް މިނޫސްވެރިންނަކައްނޭގޭ 16 ނޫސްވެރިންވެސްކުރަނީ އެއްސުވާ ކިތައްމީހުންނައްތޯ ޖެހުނީ ދިވެއްސެއްތޯ އައްހެނެއްތޯ ފިރިހެނެއްތޯ ބިދޭސީއެއްތޯ ދެއްމީސްމީޑިޔާގަ އަބުރުކަތިލުން ، ބަލިޖެހިދާނެކޮއްމެމީހަކައްވެސް (މިހާލަތު ކުރަން ޖެހޭނީ އެސްޓީގެ ހިދުމައި ރަގަޅު ނުބަނީކީއްވެ ތޯއާ ތާޒާފެއްނުހެދެނީކީއްވެތޯ އާއި ކިޔެވުހުއްޓާލެވިފަވާއިރު ފީދައްކައިގެއް ކިޔަވާކުދިންގެ ފީ ކުޑަކުރެވޭނެ ތޯއާ ސެމިސްޓާ ގެންވާނީކިހިނެއްތޯއާ) މިކަލަ ސުވާތައް ކަމަންފެއްނަނީ . ޢަދި އެސްޓީއޯ އެމްޑަބުލިއު އެސީ ތައްތަނު ވެރިން ކަޑާފޮނި ހާމަކޮއްދީ އިސްތިއުފާއައް ގޮވުން
އަސްލުވެސް. ކޮންމެ މީހަކަށްވެސް ވީވަރަކުން އެމީހުނަށް އަޅާލާ. ﷲ އަށްޓަކާ. އިންސާނިއްޔަތައްޓަކާ
މިވެރިއްގެއައްދަބަސްޗެކުކޮއްލަބަލަ ކޮމެމީހަކުގެއްގުޅޭނީއައިފޯނު
ގަވައިދައްއުޅޭނަމަހާލަކުނުޖެހޭނެ ދިވެހިއްނަންވީހާލެއްވާނީ
އެވެރިއްނަންވެސް އާޓިކަލްލިޔާކުދިއް ނިކައްދިވެހިއްއުޅޭހާލުއެގޭބާ
ކޮށްކޮމެންނޭ އަޅުގަނޑު ބުނަންތަ ވާހަކައެށް އެމީހުންދެންމިތަނަކުން ނުބޭލޭނެ ނުވެސްފައިބާނެ އެމީހުން ރާށްޖެއައީ ބަނގުލަދޭސް ސަރުކާރަށްފިލަންވެގެން އެތަނުގަ ފޭރުމާ ވަށްކަންކުރުމާ މޭހުންމެރުމާ މިހުރިހާކަމެށް ކޮށްފަ ރާށްޖެއަންނަނީ ފިލަން ދެންދާނެތަ
މިލިޔުން ކިޔާލީމަ ހީވަނީ އެމަރުވި ބޭރުމީހުންނަކީ ކާއެއްޗެއް ނުލިބިގެން ބަނޑައް މަރުވިބައެއްހެން މިހާރު އަހަރެމެންނައްވުރެން މާއަރާމުގަ އެމީހުންއުޅެނީ މާލޭގަ ހުރިހާތަނެއްގަހެން ވިޔަފާރިކުރަންތިބީ އެމީހުން އެމީހުންނައް މިގައުމުން ކާއެއްޗެއް ނުލިބެގެން އުޅެންޖެހޭނެހެން ހިޔެއްނުވެ މިހާރުވެސް އެންމެގިނައިން ބާޒާރުކޮއް އެއްޗެތިގަންނަނީވެސް ހަމައެމީހުން
ހަމަނުލާހިކު ރަގަޅަށް މުސާރަ އާއި އެކޮމޮޑޭޝަން ދީގެން ގެންގުޅެނިކޮށް ފިލައިގެން އެބަދޭ ގިނަލާރި ހޯދަން..ގޮސް އެހާލުގަ އުޅުނީމާ އެމީހުންނަށް އެހާލު ޖެއްސީ ދިވެހިން ކަމަށް ބުނެވޭނެ ބާ...
މި އާޓިކަލް ގަ ވަނީ %100 ތެދު
ޙެލްޕް ދެމް
ކޮބާހޭ މި މީހުން ގެނައު މުގެ ޒިން މާ ނަގަން ޖެހޭ މީހުން. ސަރުކާރުން ޖެހޭނެ ދޯ އެބުނާ ގާނޫނުގެ ދިގު ދިގު ދިގު ދިގު ދިގު ދިގު ބާރުގަދަ އަތްޕުޅުން އެ މީހުން މަގު މައްޗަށް އުކައިލި މީހުން ގައި ގައި ހިފަހައްޓަން
ޓެކްސީ ޑްރައިވަރުންނޯ؟؟! ހާދަ ހާލެއްގައޭ މިތިބެނީ ޓެކްސީ ނުކުރެވޭތީ!! ކެތްތެރިވުން ނޫން ގޮތެއް ނެތް!
ތިބާގެ އަހާއަށް އެހީތެރިވުމުގަ ތިބާ ވާހާ ހިނދަކު ﷲ ތިބާއަށް އެހީތެރިވުމުގައި ވޮޑިގެންވޭ...ﷲ އެއީ ރަހްމާން ވަންތަ ރަހީމް ވަންތަ ރަސްކަލާނގެ...ރަސޫލާ(ސ.އ.ވ).މައްކާގެ މުޝްރިކުން އެކަލޭގެފާނަށް ކުރި ދުއްތުރާތަކިގަވެސް އިސްކުރެއްވީ ދީލަތިކަން...މުސްލިމް އަހުންނާ އުހްތުންނޭ އެކަކު އަނެކަކަށް އަޅާލާ ﷲ ގެ ދީނުގަވާ ގޮތައް. އެކަލާނގެ ރަސޫލާ މުހައްމަދު(ސ.އ.ވ)ދިރިއުޅުމުގަ އިސްކުރެއްވި ހިކުމަތު އަމަލީ އިސްކުރައްވާ...
ބިދޭސީންނަކީ މަގޭ އަހުންނެއް ނޫން. މަމީ ދިވެއްސެއް. މުސްލިމެއް.
ޢިންޑިޔާ އެކުގަ އޮތް އިރު އަދި މިހާރު އިންޑިޔާގައޮތް ބަޔަށް ކިޔަނީ ބެންގޯލް އެނަމަށް ދިވެހިން ކިޔާއުޅެނީ ބަންގާޅު އޭރު ވިޔަފާރި ކުރުމަށް ބަންގާޅަށް ދިވެހިންދާނެ އިންޑިޔާ ބައިވެ ޕާކިސްތާނު އުފެދިގެން ދިޔައިރު މިހާރުގެ ބަންގްލާދޭސޭޢަކީ އިރުމަތީ ޕާކިސްތާނު ޕާކިސްތާނު ބައިވެ އިރުމަތީ ޕާކުސްތާނު ބަންގްލާދޭސް އަކަށްވީ އޭރުވެސް މިޙަރުވެސް އެއީ ދިވެހިންގެ ބަންގާޅު .އަސްލު ބެންގޯލް ކިޔާ ބައި މިހާރު ވެސް އެއޮތީ އިންޑިޔާގް .ދިވެހިން އޭރު ވިޔަފާރިއަށް ދިޔަ ބަނދަރު މިހާރު އޮތީ ބަންގްލާދޭސް ގައެތާގެ ދިވެހިންގެ އަސްލު ނަމަކީ ބަންގާޅު ބަންގާޅީން
ސަރުކާރުތަކުގެ ފޭލިއާ....ދަންނަވަންތޯ މާލޭގަ މިހާރު ދިރިއުޅެނެ ބިދޭސީންގެ އަދަދެއް އެއްވެސް ފަރާތަކައް ހިތައްވެސް ނުގެނެވޭނެ ހިންގަމުން އައި ގިނަޕުރޮޖެކުޓުތަކެއް ނިމިގެން ވޭތުވެދިޔަ 6 މަސްތެރޭ އެކަނިވެސް މާލެ އެތެރެ ވެފަވެއް އެތައްހާސް ބަޔެއް ކޮވިޑު އާއި ގުޅިގެން ރެސޯޓުތައް ބަންދުކުރީމަ 100 އެތައް ރިސޯޓަކުން އެތަން ތާގަ މަކަރާހީލަތުން މަސއްކަތްކުރުވި އެތައް ހާސް ވޯކުވިސާ ނެތް އެތައްހާސް ބައެއްވެސް ފޮނުވާލީމަ ފައިބައިގެން ގޮސް އެރީ މާލެއައް (މަކަރާ ހީލަތުންނޭ މިބުނީ ރިސޯޓުތަކުގަ ބޭރުމީހުން ނައް ވަޒީފާދޭން ސަރުކާރު ވަކި އަދަދެއް އޮންނަނީ ކަޑަ އަޅާފަ ދިވެހިން 60 ޕަސެންޓު ތިބެން ޖެހޭ އެހެންވެ ރިސޯޓުތަކުން ކުރާކަމަކީ އާދައިގެ ގިނަވަޒީފާ ތަކެއް ބައެއްކުންފުނިތަކައް ހަވާލުކުރަނީ ދެން އެކުންފުނިތަކުން މަގުމަތިން މީހުން ނަގައިގެން ރިސޯޓައް ވިއްކަނީ ގިނަފަހަރައް އެމީހުނައް މުސާރަވެސް އެކުންފުނިތަކުން ނުދީ 2 3 މަސް ކޮއްލާފަ ފޮނުވާލާނީ އަނެއްކާވެސް މަގުމަތިން މީހުން ކޮޅެއްރިސޯޓައްފޮނުވާނީ މީ މަކަރާ ހީލަތޭ މިކިއާވާހަކަ ޓުއަރިޒަމް މިނިސްޓަރައްވެސް އެގިގެން މިހާދުވަހު ހިންގާޖަރީމާ މީ އެހެންވެ މިއެންމެން މާލެ ދިއުމުން ކުންފުނިތަކުން މުސާރަކޮޅު ދީފަ ނުވަތަ ނުދީވެސް މަގުމައްޗައް މީހުންތައްވީ ދޫކޮއްލާފަ.....ވީމާ މިހާރު މާލޭގަ މަދުވެގެން 95 ހާސް ބިދޭސީން ކުދި ހޮރުތަކުގަ ނިކަމެތިހާލުގަ އުޅޭނެ...ތިބޭނެ ..ސުބުހާނައްލާހު..