ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އެކިކަންކޮޅުތަކުގައި 16 އަށް ވުރެ ގިނަ ކަރަންޓީނު/އައިސޮލޭޝަން ފެސިލިޓީ ހާއްސަކޮށްފިއެވެ. ރާއްޖެ އަށް ކުރިމަތިވެދާނެ ކޮންމެ ހާލަތަކަށް ވިސްނައި، މާލެ އިން ބޭރުގައި އިތުރު ފެސިލިޓީތަކެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފިއެވެ. އުތުރާއި ދެކުނުގައި ފެސިލިޓީތައް ހަމަޖައްސައިފިއެވެ. ހަމަ އެންމެ ބޭނުމެއްގައެވެ. ބަލިމަޑުކަމުން ރާއްޖެ ސަލާމަތް ކުރުމުގެ ވިސްނުމުގައެވެ. ރާއްޖޭގައި ތިބި ދިވެހިންނާއި ބިދޭސީންނާ މެދު އެއްވެސް ތަފާތު ކުރުމެއް ނެތިއެވެ.

"މީގައި އޮތީ ކުރިމައްޗަށް ނުކުމެ ތިބި މީހުންނަށް ދެ ގޮތެއް. އެއް ގޮތަކީ މި ބަލި ޖެހިގެން ނިމިދިއުން، އަނެއް ގޮތަކީ މި ބަލި ޖެހިފައި ރަނގަޅުވުން. އަޅުގަނޑުމެންނަށް ބަލި ޖެހިފައި ކުރިމައްޗަށް ނުކުމެވޭހާ ހާލަތުގައި ތިބިހާ ހިނދަކު، ރާއްޖޭގެ ސަރުކާރު، ރައީސުލްޖުމްހޫރިއްޔާ އިން ފެށިގެން ވަޒީރުންގެ މަޖިލިހުން ފެށިގެން، މުއައްސަސާތަކުގައި ތިއްބެވި ފަރާތްތަކުން ފްރަންޓްލައިންގައި މަސައްކަތް ކުރާނަން،" ނެޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ހިނގަމުންދާ ކަންކަމުގައި އެންމެ ބުރަކޮށް މަސައްކަތް ކުރައްވާ އެއް ވަޒީރު، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ރާއްޖެ މިހާރު އޮތީ ނުރައްކާތެރި ފައްތަރެއްގައެވެ. މި ބިރުވެރި، ހިތްދަތި ވަގުތުގައި ބައެއް މީހުން ކުރާ ސުވާލުތައް ބައިވަރެވެ. ވަޒީރުންނާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ފިއްލެވީތޯއެވެ؟ ވަޒީރުން އެއްވެސް މަސައްކަތެއް ހަމަ ނުކުރަނީތޯ އެވެ؟ ފަރުވާއެއް އަދި ބޭހެއް ހޯދިފައި ނެތް ބަލިން ސަލާމަތްވުމަށް ދިވެހި ސަރުކާރުގައި އޮތީ ކޮން ޕްލޭނެއްތޯ އެވެ؟ ރާއްޖޭގައި ތިބި ރައްޔިތުން މިކަމުން ސަލާމަތްވާން ކިހާ ދުވަހެއް ނަގާފާނެތޯ އެވެ؟

އަލީ ވަހީދާއި އެމްއެންޑީއެފްގެ އިސް ބޭފުޅުންތަކެއް ރަށެއްގައި.

އެ ހުރިހާ ވަޒީރުންގެ ދިފާއުގައި ނުކުންނެވީ ޓޫރިޒަމް މިނިސްޓަރެވެ. އަލީ ވަހީދު ދިވެހިންނަށް ދެއްވީ ޔަގީންކަމާއި އުންމީދެވެ. ރާއްޖޭގެ ހާލަތު ކޮންމެ ދަރަޖައަކަށް ދިޔަ ނަމަވެސް މެނޭޖް ކުރުމުގެ ގާބިލްކަން ޑޮކްޓަރުންނާއި ނަރުހުންނާއި ސިފައިންނާއި ފުލުހުންގެ ގާބިލްކަން ހުރި ކަމެވެ. މިނިސްޓަރުން ތިއްބެވީ އެންމެ ފަހު މީހާއާ ޖެހެން ދެން މަސައްކަތް ކުރެއްވުމުގެ މަތިވެރި އަޒުމުގައި ކަމެވެ. އެއްވެސް ވަރުބަލި ކަމެއް، ފޫހި ކަމެއް ނެތިއެވެ. ފަރުދީ ޒިންމާއެއް ކަމުގައި ދެކި، ރައްޔިތުންގެ ހިދުމަތުގައި ކަމެވެ.

މިދިޔަ ދެ ދުވަހެއްގައި އެންމެ ގަދަ އަށް ދެކެވުނު އެއް ވާހަކައަކީ މާލޭގައި ބަލި ފެތުރެން ފެށުމާ އެކު، އަލީ ވަހީދު ފިއްލެވި ވާހަކައެވެ.

އެކަމަކު "ވަގުތު" އާ ވާހަކަ ދެއްކި އަލީ ވަހީދުގެ ގާތް ބޭފުޅަކު ވިދާޅުވީ ކޮވިޑް-19 ރާއްޖޭގައި ފެތުރެން ފެށުމުގެ ކުރިންނާއި ފަހުން ވެސް މަސައްކަތް ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިރުޝާދުގެ ދަށުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކަރަންޓީނު ފެސިލިޓީތައް ގާއިމު ކުރެއްވުމުގެ މަސައްކަތުގައި ކަމަށެވެ. އޭގެ ހެއްކެއްގެ ގޮތުގައި އޭނާ ދެއްކެވީ ގުޅިފަޅާއި ހުޅުމާލެ އާއި ވިލިވަރުގައި އިތުރު ކަރަންޓީން ފެސިލިޓީތަކާއި އެކަމޮޑޭޝަންތައް ގާއިމު ކުރެއްވުމަށް އަލީ ވަހީދު ކުރައްވާ ބުރަ މަސައްކަތެވެ.

"އަލީ ވަހީދު ނޫސްވެރިންނާ ބައްދަލު ކުރެއްވުން މަދު ކުރައްވައި، ފެސިލިޓީތައް ހެދުމަށް ހަމަޖެހިފައިވާ ރަށްތަކަށް ވަޑައިގެން ވަރަށް ހަރަކާތްތެރިކޮށް އުޅުއްވަނީ. އަޅުގަނޑުމެންނަށް ފެނުނު ވިލިވަރުގައި ކުރެއްވި މަސައްކަތް މީގެކުރިން، އެ މަސައްކަތް ހަމަ މިފަހަރު ވެސް އެ ތަކުރާރު ކުރައްވަނީ،" އެމީހާ ވިދާޅުވިއެވެ.

ވިލިވަރުގައި ވަނީ 30 ކޮޓަރި ހިމެނޭ ގޮތަށް ރަނގަޅު ފެންވަރެއްގެ ކަރަންޓީނު ފެސިލިޓީއެއް ގާއިމުކޮށްފައެވެ. އަދި އެތަނަށް ދިޔަ ބިދޭސީންނަށް ކަރަންޓީން ފެސިލިޓީ ކަމުދިޔައެވެ. އެ ރަށުގައި 30 ކޮޓަރި ހެދުމުގައި އަލީ ވަހީދު ވަނީ އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައެވެ.

އަލީ ވަހީދު، ބަޔަކާ އެކީގައި ބައްދަލުވުމެއްގައި.

މީގެއިތުރުން ވޭތުވެދިޔަ ދުވަސްތަކުގައި އަލީ ވަހީދު ކުރެއްވި މަސައްކަތުން އުތުރާއި ދެކުނުގައި ކަރަންޓީން ފެސިލިޓީތައް ގާއިމު ކުރެއްވުމަށް ރިސޯޓުތަކެއް ވަނީ ކަނޑައަޅައިފައެވެ.

"އެ ހާލަތް އަތުވެއްޖެ ނަމަ، އުތުރާއި ދެކުނުގައި ވާނީ ފެސިލިޓީތައް ސެކުއާކޮށްފައި،" އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދުގެ މިވަގުތު އެންމެ ބޮޑު އަމާޒަކީ މާލޭގައި ބިދޭސީން ދިރިއުޅޭ ތަންތަނަށް ވުރެ ރަނގަޅު ތަންތަނަށް ބަދަލު ކުރުމެވެ.

މި މަސައްކަތުގައި އުޅޭ އިރު، ކޮރަޕްޝަންގެ ތުހުމަތުތަކުގެ އިނގިލިތައް ސަރުކާރަށް ވަނީ އަމާޒުވެފައެވެ. އެކަމަކު، ކޮރަޕްޝަންގެ އެ ތުހުމަތުތައް އަލީ ވަހީދު ދޮގުކުރައްވައެވެ. ރިސޯޓްތަކުގައި ކަރަންޓީނު ކުރާ ފަރާތްތަކަށް ދޭ ކާނާ އާއި ހިދުމަތްތަކީ ވެސް ދުނިޔޭގެ ކަރަންޓީނު ފެސިލިޓީތަކުގައި ދޭ ހިދުމަތްތަކާ އަޅާބަލާއިރުވެސް މާ ރަނގަޅު އަދި މަތީ ފެންވަރުގެ ހިދުމަތްތަކެއް ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. ފެސިލިޓީތައް މެނޭޖް ކުރުމުގައި ކޮރަޕްޝަންގެ އިނގިއްޔެއް ހިސާބު ވެސް ދިއް ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

"ސާފުކޮށް، ގާނޫނާއި ގަވައިދުގެ ތެރެއިން ފެސިލިޓީތައް ނެގިފައިވާ ގޮތާއި ހަރަދު ކުރާ ގޮތް ލިޔެކިޔުމުން ފެންނަން ހުންނާނެ. މިހާރު އައިސް ކޮންމެ އޮފީހަކަށް ވަދެ ބެލި ކަމުގައި ވިޔަސް (ފެންނާނެ). ފެސިލިޓީތަކާ ގުޅޭ ގޮތުން އަޅުގަނޑުމެން ޔަގީންކަމާ އެކީގައި ދަންނަވަން ކެރިދާނެ، މި ހުރިހާ ފެސިލިޓީތަކެއް މެނޭޖް ކުރަމުން ދަނީ ގާނޫނާއި ގަވައިދުގެ ތެރެއިން ދެ ފުށް ފެންނަ ގޮތަށް ކަން،" ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވި ގޮތުގައި ފޭސް އެކެއްގައި ރާއްޖެ އަށް ތައްޔަރުވުމަށް ތިން މަސް ދުވަސް ލިބިގެން ދިޔައެވެ. ތިން މަސް ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތް ކާމިޔާބުވީ، މި ބަލި އެ މުއްދަތުގެ ތެރޭގައި ފެތުރުނަ ނުދިއުމުން ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާރު ރާއްޖޭގައި މިއޮތީ ފޭސް ދޭކެވެ. މި ފޭސް އޭނާ ސިފަ ކުރެއްވީ ރާއްޖޭގައި އޮތް ނުރައްކާތެރި ހާލަތުގެ ގޮތުގައެވެ. މި ހާލަތަށް އިސް ސަފުގައި ތިބި ހުރިހާ އެންމެން ތައްޔާރަށް ތިބި ކަމަށް ވިދާޅުވިއެވެ.

އަލީ ވަހީދު ކަރަންޓީން ފެސިލިޓީއެއްގެ މަސައްކަތް ބައްލަވާލައްވަނީ.

އޭގެ ފަހުން އޮތީ ފޭސް ތިނެއް ކަމާއި އެ ފޭސްއަކީ ގައުމުގެ އިގްތިސާދު ހަމައަކަށް އެޅުވުމަށް ރޭވުންތައް ރާވައި ތަންފީޒު ކުރުން ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަދި ފަތުރުވެރިންނަށް ރައްކާތެރި ޓޫރިޒަމް ސިނާއަތެއް އަލުން ފޯރުކޮށްދޭން ބޭނުންވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ރާއްޖޭގެ ހާލަތު ކޮންމެ ހާލަތަކަށް ދިޔަ ނަމަވެސް، މެނޭޖް ކުރުމުގެ ގާބިލްކަން، ދިވެހި ޑޮކްޓަރުންނާއި ނަރުހުންނާއި ސިފައިންނާއި ފުލުހުންނާއި މަސައްކަތްތެރިންގެ ހުރި ކަން ޑިސެމްބަރު 31 އިން ފެށިގެން މި ދަނީ ސާބިތުކޮށްދެމުން،" އަލީ ވަހީދު ވިދާޅުވިއެވެ.

އަލީ ވަހީދު، ސިފައިންނާއި ފުލުހުންގެ އިސް ބޭފުޅުންނާ މަޝްވަރާ ކުރައްވަނީ.

އަލީ ވަހީދު ވިދާޅުވި ގޮތުގައި އެހެން ބަޔަކު މަސައްކަތް ކުރަން އަންނާނީ "އަޅުގަނޑުމެން ވެއްޓުނީމަ" އެވެ.

"ކޮންމެ ދުވަހަކު، ނޫސްވެރިންގެ ބައްދަލުވުންތަކުން ނުފެނުނު ކަމުގައިވިޔަސް، އަޅުގަނޑުމެން ރެއާއި ދުވާލު މަސައްކަތް މި ކުރަނީ. ފެސިލިޓީތައް ގާއިމު ކުރުމާއި އަޅުގަނޑުމެން އެ ދުވަހު ކުރަން ޖެހޭ ކަމެއް ކުރުމުގައި،"

އަލީ ވަހީދުގެ ނަސޭހަތަކީ ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތަކަށް ބޯލެނބުމެވެ. ކެތްތެރިވެ، މަޑުމައިތިރި ކަމާ އެކުގައި ތިބުމަށެވެ. މާލޭގައި ތިބި މީހުންގެ ތެރެއިން ގެއިން ބޭރަށް ނުކުންނަ ކޮންމެ މީހަކު، އެ ނުކުންނަނީ ރިސްކަކާ އެކުގައި ކަމަށްވާތީ، މިވަގުތު ރަނގަޅަކީ ގެއިން ބޭރަށް ނުނިކުތުން ކަމަށް ވިދާޅުވިއެވެ. އަދި ޑެލިވަރީ ކުރާ މީހާއާ މެދުގައި މުއާމަލާތް ކުރާ އިރު، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އަލީ ވަހީދު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

 1. ކަރާ

  ބޮޑެތި ކަރާފެޅުމަށް މިވަރެއްނޯއްނާން. އަގައިން ދުނިޔޭގަ އުޅެމުންދާ އިންސާނެއް. ލަދެއް ހަޔާތެއްވެސްހުރި އިންސާނަކުނަމަ އިސްތިޢުފާދީފަ ދިވެހިންގެ ކުރިމައްޗާށް ނާރާނެ.

  197
  8
 2. އަލީ

  ގުޅި ފަޅުގައި މަސައްކަތް ކުރަނީ ސިފައިން.. އަލީ ވަހީދެއް ނޫން

  79
  2
 3. ލުޓޭރުންގެ ސަރުކާރު

  މިސަރުކާރުގެ ކޮއްމެމީހެއްގެވެސް މިއޮންނަނީ އެއްމެ މަގުސަދެ އެއީ އަމިއްލަ ނަފްސު ޕްރޮމޯޓުކުރުން...އެކަންކުރުމަށް ކޮއްމެ ޕްލެޓްފޯމެވެސް ބޭނުންކުރަނީ އެހެޔޮ ޖަނާޒާއެއްވިޔަސް..ކިތައްމެވަރަކަށް މާކެޓްކުރިޔަސް އަގެއްނެތްއެއްޗެ ގަތުމަށް މީހުންގެ ޝައުގެނުހުންނާނެ އެގޮތުން މިސަރުކާރަކީ ބޮޑުފޭލިޔަރއެއް....މިސަރުކާރުން ކޮއްމެއެއްޗެ ވިއްކަން މާކެޓްކުރިޔަސް ރައްޔިތުންގެ އިތުބާރެނެތް މިސަރުކާރުގެ އެކަކަށްވެސް..އިތުބާރުގެއްލިފަތިބި ފޮރިތަކެ މިސަރުކާރުގަތިބީ..

  64
  4
 4. އަޝްރަފް

  ސާބަހޭ އަލީ ވަހީދު. ތި ތިބެނީ ގަޓު ވަޒީރުންނަކީ.

  11
  76
 5. ކަރާޅަހުއްތު

  އައްޔާ ކޮންފާޑަކަށްތަ ސީޓްބެލްޓް އަޅައިގެން ތި އިނީ. ގައިމު ތީނދީ ޤަވާއިދާ ޚިލާފަށް. ބަނޑުކޮޅުގަ ޖެހޭވަރަށް ބާރުކޮށްލައިގެން އިންނަމަ މިހެން ނުބުނެވުނީސް. ނޭންގޭނެއެއްނު މިނިސްޓަރ މިހާ ގަންޖޫސްވާނެކަމެއް

  32
  2
 6. ޓްރަމްޕް

  މިނިސްޓަރ، ތި ވިދާޅުވާ ފްރަންޓް ލަ އިން ބޭފުޅުންންކީ ﷲގަންދީ މި ގަ އުމުގެ ރަ އްޔިތުން ބެލެހެ އްޓުމަށް ހުވާ ކުރަ އްވަ އިގެން ތި އްބެވި ބޭފުޅުން ނޫން ތޯ އެވެ! ޢެބޭފުޅުންނަށް ޝުކުރި އްޔާ! މިނިސްޓަރގެ ކޮންމެ ބަސްފުޅެ އްގަ އި ފަރަންޓްލަ އިން ބޭފުޅުންގެ ވާހަކަ ގެންނަން ޖެހޭ ތޯ؟!

  20
  7
 7. ސަރުކާރުގެ ޑޯލް

  ރިސޯޓް ކުދިން ވައިރަސް ތެރެއަަށް ނެރެން ފޫގެޅީމެންނު ޑޮލަރު ދަހިވެތި ކަމުގަ .
  އެހެންވީމަ ބޮޑު މުސާރަ ނަގައިގެން ތިބޭފުޅުން ފިލާނެ ކަމެއްނެއް . ފްރޮންޓްލައިން ގަ ތިއްބަވާ .

  76
  1
 8. ތެދެއް

  ގެއްލުނީއެއްނޫން . ފިލީއެއްވެސްނޫން . އެކަމަކުހުރީ މީސްތަކުން ނިންދެވުމުގައި ! " ނާނަނާ " ކިޔުމުގައި. ފޮނި ' މޮޅު ވާހަކަ ދެއްކުމުގައި. ޒިންމާއިން ރެކި ' ބޭކާރު ' ކުރޮޕްޓް މަސައްކަތަށް މަގު ފަހިކޮށްދިނުމުގައި !

  74
  1
 9. ޖަޒީރާ

  ކަލޭމެނައްވުރެ ތަޖުރިބާ ތައުލީމީ މިހުންއެބަތިބި މިގައުމުގަ ކޮއްމެހެން މުހިއްމެއްނޫން އިސްތިއުފާދީ ފެއިލްވެފަތިތިބީ ޑޮލަރުފެނުނީމަ މީގެކުރިންނުފެއްނަ އަދަދުތައް ފެނުނީމަ ނޭގުނު މުޅިދުނިއޭގަ ތިބި ޑޮކްޓަރުން ސައިންސިސްޓުން ގޮވާ އާދެސްކުރި އިރުވެސް ރާއްޖެއް ކޮވިޑް19 އިން ފޯވެފަތިބި ގައުމުތަކުން އިޓަލީ ޗައިނާއިން ޓުވަރިސްޓުން އެތެރެކުރީ ތިބޭވުޅާ އިސްވެހުރެ މިވަރުގެއްލުމެއް ނުވާނެ އެތެރެނުކުރިނަމަ ރާއްޖޭގެރައްޔިތުން ގޭބަންދުވާން ނުޖެހި ދިރިއުޅުމައް މަސައްކައްކުރެވޭނެ ސިޔާސިކާމިޔާބެއް އެދި ތިބޭފުޅުންގެ ފަހަތުގަ ތިބިބަޔަކު މިނޫގޮތެއް ސިފަކޮއްދޭންމަސައްކައްކުރަނީ ރާއްޖެއިން ނައްތާލެވުނު ބައެއްބަލިތައްވެސްއެބުރިއައީ

  33
  2
 10. ބޮލި މުލައް

  ބަލަ ފްލޯޓިންގ ހޮސްޕިޓަލް ވާހަކަ ނުލިޔުނީ ކީއްވެ

  42
 11. ސިން

  އާންމުންނަށް އަނބިދަރިން ކައިރިއަށް ދެވޭނެ އިންތިޒާމް ހަމަޖައްސައިދެއްވާ......

  36
  2
 12. ވެރިން

  މާސްކެއްވެސް އަނގި އެއްވެސް ނެއް،ނުވީތާކަށް އެެބުނާ ގާއިދުރުކަމުގެ މިންގަޑަށްވެސް ފޮލޯކޮށްފަކާ ނެއް.

  30
 13. މުހައްމަދު ޝާހް، ރ.ވާދޫ

  ކަލޭ ދެއްކެން ތިކަމުގަ ނޫޅުނަކަސް ތިއަށްވުރެ ދަށު ފަންތީގެ މީހަކާ ހަވާލުކޮށްފަ ހުއްޓަސް އޭނަ ތިކަން ކުރާނެ. ދިވެހިރާއްޖޭގެ ރަށްރަށުގަ ހައުސިން ޔުނިޓުތައްއަޅަނީވެސް މިނިސްޓަރު ގޮސްގެނެއްނޫން. ހަވާލުކޮށްފަތިބި ދަށުފަންތީގެ މީހުންގެ ބެލުމުގެ ދަށުން. މަވަރަށް ސާފުކޮށްމިބުނަނީ ކަލޭތިއުޅެނީ ކަންދައްކަން، މާކަންކަންވާކަމަށްހެދެން، އޭގެ ކްރެޑިޓްނަގަން. އިތުރު އެއްކަމެއްގަވެސްނޫން.

  35
  2
 14. އަހުމަދު

  އެސިސްޓެންޓް އަކަށް މިހިރީ އެއްކަލަ ސްމިތްދޯ މީ ދުވަހަކު ސަރުކާރުގައި އުޅުނު މީހެއް ވެސް ނޫން އެކަމު ބޮޑުމަގާމެއް ދީފައި ...ކޮންކަމެއް އިނގޭނީ ރީތި ކޮށް ވާހަކަ ދަައްކާވެސް ނޭގޭނެ... ކުށުގެ ރެކޯޑް ފުލުހުންގެ ފައިލް ތަކުގައި އެބައޮތް މާރާމާރީ ބިރުދެއްކުން ފުލުހުންނާ ތަޅާފޮޅުން އަހަރެމެން މިޖެހެނީ މިމީހުންނަށް ސެލިއުޓް ނަގަން ހެ ހެެހެއއ

  32
  1
 15. މީޒްލީ

  ދިވެހި ރާއްޖޭގެ "ޓްރަންޕް ނަންބަރ 2" ކަންދެއްކުމާއި ސައިޒަށް ވުރެން ބޮޑެތި ހުސްވާހަކަ އާއި ވްޖޫދުގައި ނެތް، އެކަމަކު ލޯފަންމީހުންނަ ފެންނަށް ކަންކަން ދައްކާ މީހާ! ބޮޑުވަޒީރުގެ ޕަޕެޓް!

  21
  1
 16. މަޒް

  ބަލަ ޑޮކްޓަރުން އެބަ ބުނޭ ވަކި ވަރަކަށް ދިޔާމަ ދެން ހަދާނެ އެއްގޮތެއްވެސް ނެތޭ.. ހަމަ ބުނާ އިރަށް އަލީ ވަހީދު ތި ބުނަނީ ތައްޔާރަށޭ އޮތީ

  18
 17. ތަރަބެ

  ރައީސް ޞާލިހު ކޮބާ؟؟ ވީތަނެއް ހޯދާދީބަލަ ނިކަން.

  16
 18. އައްޔު

  ޚާއްސަ ކަވަރޭޖް އޮފް އަލީ ވަހީދު

 19. އާވިމް

  އިށީދެގެން ތިބޭއިރު ގައިދުރުކޮށްފަ ކޮޅަށް ވާހަކައިގަ ވަރިހަމަ އެކަކު އަނެކަކު ކޮނޑުގަ އިނަސް. ހައްހައްހާ