ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށުމާ އެކީގައި ދިވެހިންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނުވައިފައެވެ. މީގެކުރިން ގާތް ތިމާގެ ނުވަތަ ރަހްމަތްތެރިއަކު ނިޔާވެއްޖެ ނަމަ، ސަހަރާ އަށް ގޮސް މޫނު ބެލުމުގެ ފުރުސަތު އޮވެއެވެ. ޖަނާޒާގައި ބައިވެރިވުމަށް އެއްވެސް ހުރަހެއް ނެތެވެ. އެކަމަކު، މިހާރުގެ ހާލަތު ތަފާތެވެ. ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދެނީ މޫނު ބަލަން އެހާ ގިނަ މީހުން ނުދިއުމަށެވެ. ކޮވިޑް-19 ފެތުރިދާނެ ކަމުގެ ބިރަށެވެ.

ރާއްޖެއަށް ނުރައްކާތެރި ކޮވިޑް-19 ރޯގާ އައުމުގެ ކުރިން، އެކިއެކި ބަލިތަކުގައި ނުވަތަ އެ ނޫން ވެސް ކަންކަމުގައި ނިޔާވާ މީހުން ވަޅުލުމަށް ބޭނުން ކުރަނީ ތިން ފިލައަކުން ގުޅުވާލާއިގެން ހަދާފައިވާ ސަންދޯކަކުންނެވެ. އެކަމަކު، ކޮވިޑް-19 ގައި ނިޔާވާ މީހުންގެ ސަންދޯއް ވަރަށް ތަފާތެވެ.

އިސްލާމިކް މިނިސްޓްރީން ހެދި އުސޫލުގައިވާ ގޮތުން ކޮވިޑް-19 ގައި ނިޔާވާ މީހުންލުމަށް ސަންދޯއް ހުންނަން ޖެހޭނީ "ފޫ އަޅައި" ބަންދުކޮށްފައެވެ. މާނައަކީ ކުރިން ސަންދޯކުގައި ތިން ފިލައެއް ބޭނުން ކުރިޔަސް، މިހާރު ބޭނުން ކުރަން ޖެހޭނީ ހަތަރު ފިލައެވެ.

އާސަހަރާ އަދި ހުޅުމާލެ ސަހަރާގައި މަސައްކަތް ކުރަމުން އަންނަ އިސް ޖަމާއަތްތެރިއެއް ކަމަށްވާ އަހުމަދު މުނައްވަރު ބުނީ ކުރީގެ ސަންދޯއްތަކުގައި ދަށުގައި ނަނު ފުރާފައިވާ އިރު، ކޮވިޑް-19 މަރުތަކަށް ހާއްސަކޮށް ޖަހާފައިވާ ސަންދޯއްތަކުގެ ފުލުގައި ފިލައެއް ޖަހައި ބަންދުކޮށްފައިވާ ކަމަށެވެ. އަދި ހިންމިތަކަށް ސިލިކޯން އަޅައި ލީކް ނުވާ ވަރުކޮށްފައިވާ ކަމަށް ވެސް މުނައްވަރު ބުންޏެވެ.

މީގެކުރިން ބޭނުން ކުރަމުން އަންނަ ސަންދޯއް. --- ވަގުތު އިމޭޖަސް

"މިކަމުގެ ސަބަބެއް ކަމަށް ބޮޑަށް ލަފާ ކުރެވެނީ ކޮވިޑް ވައިރަސް ފެތުރޭ ގޮތާއި ވައިރަހުގެ ނުރައްކާތެރިކަމުން. ކޮވިޑް-19 ޖެހިގެން ނިޔާވާ މީހާ ވަޅުލުމާ ހަމައަށް ހޭދަވާ ހުރިހާ މަރުހަލާއެއްގައި ވެސް ރައްކާތެރިވުމުގެ ގޮތުން،" މުނައްވަރު ބުންޏެވެ.

"މީގެ ސަބަބުން ސަންދޯއް އުފުލައި ވަޅަށް ތިރިކޮށް ހަދާ މީހުންނަށް އެކަމުގެ ރައްކާތެރިކަން ލިބިގެންދާނެ،"

މުނައްވަރު ބުނީ ކޮވިޑް-19 ޖެހިގެން ނިޔާވާ މީހުންނަށާއި އެހެން ކަންކަމުގައި ނިޔާވާ މީހުންގެ ސަންދޯއް ޖަހަނީ އެއް ފިލައެއް ބޭނުންކޮށްގެން ކަމަށެވެ. ކޮވިޑް-19 ޖެހިގެން ނިޔާވާ މީހުންގެ ސަންދޯއް އެހެން ސަންދޯއްތަކާ ބޮޑު ވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

"ސަންދޯކުގެ ބޯ މިނުގައި ތަފާތެއް ނޫޅޭނެ. އެކަމަކު ބޮޑީ ބޭގާ އެކީގައި ލާތީ ސަންދޯއް ބޮޑުވެގެންދޭ ކުރީގެ ސަންދޯއްތަކަށް ވުރެ. ކޮވިޑް-19 ޖެހިގެން ނިޔާވާ މީހުން ސަންދޯކަށްލުމުގެ ކުރިން ބޮޑީ ބޭގަކަށް ވެސް ލާ ގޮތަށް މިހާރު އޮންނަނީ،" މުނައްވަރު ކިޔައި ދިނެވެ.

މުނައްވަރު ބުނީ ކޮވިޑް-19 ގައި ނިޔާވާ މީހުންގެ އިތުރުން އެ ބައްޔަށް ޝައްކު ކުރެވޭ މީހުންގެ ސަންދޯއްތައް ހުންނާނީ ދަށުން ފިލާ ޖަހާފައި ކަމަށެވެ. އަދި އެހެން ކަންކަމުގައި ނިޔާވާ މީހުންނަށް ބޭނުން ކުރާނީ ހަމަ ކުރީގެ ސަންދޯއް ކަމަށް އޭނާ ބުންޏެވެ.

މީގެކުރިން ބޭނުން ކުރަމުން އައި ސަންދޯކެއް މުނައްވަރު ހިފަހައްޓައިގެން. --- ވަގުތު އިމޭޖަސް

މިހާރު އަމަލު ކުރަމުން އަންނަ އުސޫލުގައިވާ ގޮތުން މާލެ ސަރަހައްދުގައި ކޮވިޑް-19 ޖެހިގެން ނުވަތަ އެ ބައްޔަށް ޝައްކު ކުރެވޭ މީހުން ވަޅުލުމަށް ހަމަޖެހިފައި ވަނީ ހުޅުމާލޭގައެވެ. އަދި އެފަދަ މީހުން ވަޅުލުމަށް ހުޅުމާލޭގެ ވަކި ސަރަހައްދެއް ވަނީ ހަމަޖައްސައިފައެވެ.

މީގެއިތުރުން އެހެން ބައްޔެއްގައި ހުޅުމާލޭގައި އާއި މާލޭގައި ނިޔާވާ މީހުން ވަޅުލުމަށް ހަމަޖެހިފައި ވަނީ އާސަހަރާގައެވެ.

ކޮވިޑް-19 ބަލީގައި ނިޔާވާ މީހުންނަށް ހާއްސަ ސަންދޯއް ޖެހުމުގައި އިތުރު ހަރަދުތަކެއް ހިނގާތީ ސަންދޯކަށް ނަގަމުން އަންނަ އަދަދު މިހާރު ބޮޑެވެ.

ސަންދޯއް ހަދަމުން އަންނަ ޖަމިއްޔާ ޖަމިއްޔަތުއް ތައާވުން އިން ބުނި ގޮތުގައި ކޮވިޑް-19 ސަންދޯކަށް ނަގަނީ 2،500ރ. ކަމަށެވެ. އަދި އެހެން ބަލިތަކުގައި ނިޔާވާ މީހުންގެ ސަންދޯއް ހެދުމަށް ނަގާނީ ކުރިން ވެސް ނަގަމުން އަންނަ 1،000ރ. ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.

ރާއްޖޭގައި ކޮވިޑް-19 މިހާތަނަށް ނިޔާވެފައި ވަނީ އެންމެ ހަތަރު މީހުންނެވެ. އެއީ ތިން ދިވެހިންނާއި ބިދޭސީއެކެވެ.

ރާއްޖެ އިން މި ބަލި ޖެހުނު މީހުންގެ އަދަދު 982 އަށް އަރާފައިވާ އިރު، 931 މީހަކަށް ދަނީ ފަރުވާދެމުންނެވެ. މިހާތަނަށް 45 މީހަކު މި ބަލީގައި ރަނގަޅުވެފައިވާ އިރު، ހޮސްޕިޓަލްތަކުގެ އައިސީޔޫގައި ފަސް މީހަކަށް ދަނީ ފަރުވާދެމުންނެވެ.

މިހާތަނަށް ފަރުވާއެއް އަދި ވެކްސިނެއް ހޯދިފައި ނުވާ މި ބައްޔަށް ރާއްޖެ އިން ފައްސިވި މީހުންގެ ތެރޭގައި ގިނައީ ބަންގްލަދޭޝް މީހުންނެވެ. އެ ގައުމުގެ 524 މީހަކަށް ބަލި ޖެހިފައިވާ އިރު، ދެ ވަނަ އަށް އެންމެ ގިނައީ ދިވެހިންނެވެ. އެއީ 323 މީހުންނެވެ. ތިން ވަނަ އަށް އެންމެ ގިނަ އިން ބަލި ޖެހިފައި ވަނީ އިންޑިއާ މީހުންނަށެވެ. އެއީ 99 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

 1. ރިޒާ

  ޢިސްކުރު ޖަހާވަރު އިތުރީތަ؟ ނޫނީ މޮހޮރު ޖަހާވަރު ގިނަވީތަ؟

  7
  20
  • ރާންބެ

   ހަހަ މާގިނައިން ރޯދައަށް ހުރެ އެބޭބެ އިސްކުރު އަބުރާތީ ކަމަށް ވެދާނެ. ދެން ކީކޭ ބުނާނީ. ލާރި ލިބެންނާ ކޮންމެ ކަމެއްވެސް ކޮށްފާނެ. އެ ބޭބެ ކުރާ މަސައްކަތަށްވެސް އަގު އޮންނަށްވާނެ ދޯ.

 2. އަޅުގަނޑު ޢާރިފު

  ދިވެހިން ހުރިހާ ކަމައްގައި ވެސް އުޅޭނީ އެއްދަރަޖަ މަތީގައި. ޑަބްލިޔުއެޗްއޯ އިން ބުނާތީ އަޑުއެހިން މައްޔިތާއަކުން ވައިރަސް ފެތުރުމުގެ ފުރުޞަތެއްނެތޭ ވެސް.

  11
  31
  • ބުއްދިބޮޑޭ

   ރައްކާވެ ތިބިއްޔާ ދަތުރު.. ތިޔަ ބުނާ ޑަބްލިއު އެޗް އޯއަކުން ދެ ދުވަހަކު އެއް ވާހަކައެއް އެބަ ކިޔާތޯ މި ކޮވިޑް ކަންތަކުގަ؟؟ އިހަށް ބުނީ އެއަރބޯން އެއް ނޫނޭ މިހާރު ބުނަނީ އެހެން އެއްޗެއް ފުރަތަމަ 14 ދުވަހުން އަލާމާތް ދެނެގަނެވެއޭ ފަހު 21 ދުވަސް ވާއިރުވެސް ދެނެ ނުގަނޭފަހަރު އަންނަ ކަމަށް.. މިއީ އަދި ހޯދުންތައް ހޯދާ ނުނިމޭ ބަލި މަޑުކަމެއް ކޮންމެ ދުވަހަކު އާ މަޢުލޫމާތެއް ލިބޭ.. އެހެންވީމަ އެޅެން ހުރި ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް ވީވަރަކުން އެޅުން ބުއްދިވެރީ

   29
   1
  • ރިޒާ

   ތިޔަ އިންޓަވިއު ދިން މުނައްވަރު ކަމަށް ބުނާ މީހަކީ އަނެއްކާ ހަމަ މިހެއްތަ؟ ފުޅިމަދު އުގުރިއެކޭ އެއްގޮތް. އިސްޖަމާޢއފްތެރިއެއް ނުހުރޭ ސަރާޔަކު ދޮގު ހަބަރެއް.

   • އަލީ

    ރަނގަޅު ވާހަކައެއް. މަށަށްވެސް ހިޔެއް ނުވޭ ހަމަ މީހެއްހެން. ލާރިއާހެދި ހޭބަލިވިޔަސް ބޮޑުވަރު. ސަހަރާގައި ހުންނަ މަހާގާ ޖަހައިގެން އަކުން އެހެން މީހުންނަށް ވިއްކާއުޅުނު މީހެކޭވެސް އޮތް. ސަންދޯއް ކުރިން ބޮޑުއަގުގަ ދިހަހާސް ރުފިޔާއަށް ރަށަކަށް މީހާ ލައިގެން ގެންދަށް އަގު ނަގާފައިވާ މީހެކޯ

    • އަންތި

     ސުބުޙާނައްﷲ. ތިވަރުގެ މީހަކު ކޮށްފާނެ ކޮންމެފަދަ ކަމެއްވެސް. 10ހާސް ރުފިޔާއަށް ސަންދޯއް ވިއްކާ މަހާނަ ގާ ވިއްކާ ރަނގަޅު ވިޔަފާރިއެއް ކަލޯ ތިކުރަނީ. ކޮބާ ވެރީން

 3. އަޙްމަދު

  ސަންދޯކު ދަށުގައި ޖަހާ ފިލާކޮޅުގެ އަގު އެބަ އަރާ އާއްމުކޮށް ވިއްކާ ސަންދޯކަށްވުރެ ބޮޑު އަގު. ލާ ޖަހާފަތަ. ނޫނީ ރަނުން ގިރިޓީ ކުރަނީތަ.

  15
  8
  • ޟައިބާން

   ސައިޒްއިން ބޮޑުކުރެޔޭވެސް އެބައޮތްދޯ. ސިލިކޯން އަޅައޭވެސް އެބައޮތްދޯ

   10
   3
   • ސާއިން

    ސިލިކޯން އަޅާކަށް އަދި 1000 ރުފިޔާއަށް ދޭ ނޯމަލް ސަންދޯކަށް ވުރެ ދަށުގައި އަޅާފިލާގެ ބަދަލުގައި 1500 ރުފިޔާ އިތުރަށް ބޮޑުވާން ޖެހޭ ސަބަބެއް ނެތް. ތިއީ އަނެއް ޖަރީމާ. ޖަމްޢިއްޔާ އަކީ ވަރަށް ގިނަ މީހުން އެހީވާތަނެއް. ފިލާ އެނޫންވެސް އެއްޗެހި ހަދިޔާ ކުރަނީ ބައެއް ވިޔަފާރިވެރިން. ސަރުކާރުން ތިކަށް މިރަށް ފެނޭ. އާސަންދަ ގެ ދަށަށް ބަދަލު ކުރޭ .ތިއަށްވުރެ ރައްޔިތުންނަށް ފައިދާވާނެ

  • ވިންދު

   ސަންދޯކެއް ދިހަހާސް ދުފިޔާއަށް ވިއްކާލައިފައި ހުރި މީހެއްގެ ވާހަކަ ތިބުނީ. ފައިސާ ލިބެންނާ ހަލާލެއް ހަރާމެއް ނުބަލާނެ. ފުޅިމަދު އުނގުރިއެއް

 4. މޫސާ

  ސަންދޯކުގައި ތިން ފިލައެއް ބޭނުން ކުރިޔަސް، މިހާރު ބޭނުން ކުރަން ޖެހޭނީ ހަތަރު ފިލައެވެ
  މީވަރަ މަޖާ ވާހަކައެ. ކުރިންވެސް ސަންދޯކުގަ ހުންނާނެ މަތިގަޑާ އެކު 5 ގަޑު ފިލާ 5ގަޑު ފިލަޔަކީ ހުރަސް2ކޮޅު ދިގު2ކޮޅު މަތިގަޑު އެހެންވީމަ މިވީ5 ނޫން އިސްލާމިކް މިނިސްޓްރީގެ ތިބިމީހުން ހަމަ ކަދުރު ބަހާއުސޫލުން ހުރިހާ ވާހަކަ ޔެދޯ

  17
  4
 5. އުދުހޭ

  އިތުރައް ދަ ނީ ފިލާ ސިލޮކޯ ނު.އެޔައް އިތުރު ވީ 1500ރ ލޮލް?

  13
  3
 6. އަރީ

  ކޮވިޑް ޖެހިގެން މީހަކު މަރެއްނުވޭ.. މީހުން މަރުވަނީ ގުދުރަތީ ގޮތުން .. ނަންވަނީ ކޮވިޑް .. ހުސް ޑްރާމާ

  6
  23
  • މަޒް

   ކަލޯ ކޮން ދުނިޔެއެއްގަ ތި އުޅެނީ

   14
   3
  • ވިންދު

   ބޭނުންވަނީ މިދަނޑިވަޅުގައި ނާޖާއިޒު ފައިދާ ނަގަށް. ހުޅުމާލޭ ސަހަރާގައި ހުރެގެން ޖަމްޢިއްޔާގެ ނަމުގައި ސަންދޯއް ހަދައިގެން ކަތިލައިގެން ރައްޔިތުން ފެލަނީ. އާސަންދައަށް ބަދަލުކުރޭ މކަންކަށްވެސް.

   • އައުރާފް

    ތި މުނައްވަރުގެ ވާހަކަ ނުދެއްކިއްޔާ ރަނގަޅުވާނީ. ޖަމްޢިއްޔާއިން ތިއަށްވުރެ އަގުހެޔޮކޮށް ތިކަށް ކޮށްދޭން ބޭނުންވާނެ. އެކަމަކު ތި މުނައްވަރު އެއަށް ކަތިލައިގެން ވިޔަފާރި ޖައްސާފަ ތިހުރީ މިދަނޑިވަޅުގަވެސް. ރައްޔިތުންނަށް ހުރިހާ ގެއްލުމެއް.

    • ގުދުރަތު

     ތިވަރު ނުބެލެހެއްޓޭ ތަނެއްގައި ސުވާލަކީ ޖަމާޢަތްތެރީން ޖަމްއިއްޔާގެ ކަންކަމުގައި ބަސްބުނުމާައި އެތަނުގެ ކަންކަމުގައި އުޅުމަކީ ގޯހެއް އަޅުގަނޑު ދެކޭގޮތުގައި. ކުރީރޭ މީހަކު ނިޔާވެގެން އަޅުގަނޑު ހުރުން. ޖަމާޢަތްތެރިޔަކަށް ހުރިބޭފުޅަކު ސަހަރާގައި ވެސް ހުރީ. އަދި ސަންދޯއް ދޫކުރުމާއި ފައިސާ ހަވާލުވި ވެސް އެބޭފުޅާ. މިއީ ވައްކަން ކުރަށް ގުޅުވައިދޭ ފުރުސަތެއް. ކޮބާ ޖަމާޢަތްތެރީންގެ ކަންކަމާ ހަވާލުވެ ތިއްބެވި ވެރީން

 7. ކޮތަރު

  ކޮވިޑް ޖެހިގެން ނިޔާވެފައި އޮންނަ މައްޔިތާގެ ހަމުގައިވެސް ބަލީގެ ވައިރަސް ހުންނަކަމަށް މެލޭޝިޔާގެ އިސް ޑޮކްޓަރަކު ބުނޭ. އެއްގޮތަކަށްވެސް މިވެނި ގޮތަކުންނޭ އެވެނި ގޮތަކުންނޭ އެވެނި މިވެނި ކަމެއްވަނީ ބުނަން އެނގޭ ކަމެއްނޫން މިނުރައްކާތެރި ކޮވިޑް-19 އަކީ.

  22
 8. ނައިސާމް

  އެއްޗެއް ހެދި މީހާ އޭގެ ބޭނުމެއް ނުކުރޭ، އޭތި ގަތް މީހާ ވެސް އޭގެ ބޭނުމެއް ނުކުރޭ، އެބޭނުން ކުރި މީހާ އަކަށް ނޭނގޭ އެއީ ކޮން އެއްޗެއް ކަމެއް. އެހެން ވެއްޖިއްޔާ އެއީ ކޮންއެއްޗެއް؟

 9. ށުމަން

  މީ ރަގަނގަޅު ވިޔަފާރި އެއްތާ! މީހުން ގިނައިން މަރުވީމަ ބިޒްނަސް ރަގަޅުވޭ. މީހަކު މަރުނުވާ ދުވަހެއް ވިއްޔާ އެއީ ވިޔަފާރި ދައް ދުވަހެއް...

  • ނޫމާން

   އާސަންދައިގެ ދަށަށް ގެނެސް ސަރުކާރުން މިކަން ކުރާގޮތަށް ބެހެއްޓުން ބުއްދިވެރި. ރައްޔިތު މީހާއަށް ދައުލަތުން އެންމެ ފަހުގެ ހަރަދެއްގެ ގޮތުގައި ހޭދަކޮށްލާނެ ފޮތް ހަމަޖެހިފައި އޮތުމަކީ ރައްޔިތު މީހާގެ ޖީބަށް ވެސް ލުއިވާނެ ކަމެއް. ތިފަދަ ބޮޑުއަގުގައި ސަންދޯއް ވިއްކަނީ ވިޔަފާރިއެއްބާ މުނައްވަރު. ކޮބާ ޖަމްޢިއްޔާގެ ވެރީން. މީނަ މިއީ ކިހާ ފެންވަރެއްގެ މީހެއްތަ؟ ސަހަރާގެ ޖަމާޢަތްތެރިއެކޭ އެކަމަކު ސަންދޯއް ހަދައިގެން ފައިސާ

  • އައުރާފް

   ކޮއެފުޅާ ތިބުނީ ރަނގަޅަށް. މި މުނައްވަރު މިސްކިތެއްގެ ކާޕެޓް ނެގިޔަސް އެތާގަ. މިސްކިތުގަ ފަންކާއެއް ހަލާކުވިޔަސް އެކަމުގައި. މިހާރު ސަންދޯއް ޖަހައިގެން ބޮޑުއަގުގައި ވިއްކުމުގެ ވިޔަފާރީގައި. ރައްޔިތުން އަމިއްލަޔަށް ތަނަކުން ޖަހައިގެން ގެނަޔަސް މިއަށްވުރެ އަގުހެޔޮވާނެ. ކޮބާ ޖަމްޢިއްޔާގެ ވެރީން. އެހޭދޭގަރާތްތަކުން އެހޭދެނީ މީހުންނަށް އަގުހެޔޮކޮށް މިކަށް ފޯރުކޮށްދިނުމަށް. އާސަންދައަށް ބަދަލު ކުރޭ

  • ސާއިން

   މާލޭގައި މަރުވި އައްޑޫ މީހެއް ރަށަށް ގެންދަށް ވެގެން ސަންދޯއް ވިއްކީ 1000 ހާސް ރުފިޔާއަށް. އެވަރުގެ މީހެއް އެއީ

 10. ހަސަދު

  ތިޔައީ ވަރަށް އުފާވެރި ޚަބަރެއް. ދެނެއް ސަންދޯކުގެ ދަށުން ވެލިގަނޑު ފަޅާފައި ވައިރަހެއް ނުނިކުންނާނެ.

 11. އަހްމަދުކޮަެއެ

  ސަހަރާ ހަވާލްވާ ފަރާތުގެ ބަހެއް ނެތް. އަދި ސަންދޯއް ހަދާ ޖަމްޢިއްޔާގެ ބަހެއްވެސް ނެތް. ކިހިނެއް މުނައްވަރު ބުންޏޭ ކިޔާފަ ޤަބޫލުކުރާނީ. އޭނާއަކީ ތަލި ލިބެންވާ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ. މަރުވެގެން ސަރާއިން އައްޑޫއަށް ގެންދިޔަ 2 މީހެއްގެ އަތުން ދިހަހާސް ރުފިޔާއާއި ބާރާހާސް ރުފިޔާގެ ބޮޑު އަދަދަކުން ފައިސާ ނަގާފައިވާ ކަމަށް މަޢުލޫމާތު ލިބިފައި ހުރި މީހެއް. މާލޭގެ މިސްކިތެއްގައި ކަމެއް ކުރަށްޏާ އެތަނުގަވެސް ޖަމްޢިއްޔާއިން ސަންދޯއް ހަދައިގެން މިހާރު ވިއްކުމުގެ މަސައްކަތުގަ ހަމަ ސާބަސް

 12. ބުއްދިވެރިޔާ

  2500 ރުފިޔާއަށް ސަންދޯކެއް ވިއްކާއިރު ތި އުޅެނީ ވިޔަފާރި ކޮށްގެން މުއްސަދިވާންތަ. ކޮބާ އަހަރެމެން ޖަމްޢިއްޔާގެ މެމްބަރުން ޖަމްޢިއްޔާއަށް ހަދިޔާ ކުރާ ފައިދާތަށް. ކޮބާ ވިޔަފާރިވެރިން ދޭ ވިލާތަށް. ސަންދޯކެއް ދެވެންވާނެ 1000 އަށް.

 13. ބުއްދިވެރިޔާ

  މިއިންޓަވިއުގަަައި މިފެންނަ މިހާރު ބޭނުން ކުރާ ސަންދޯއް 1000 ރުފިޔާއަށް ކަމަށް ވާނަމަ ދަށުގަ އަޅާ ފިލާ އިތުރުވާތީ 2500 އަށް. ހުންނާނީ ކަމެއްކުރެވިފަ. ވަގުން ވައްކަން ކުރަށްވީމަ ވާނެގޮތް ތިފެންނަނީ.

 14. އިދުރީސް

  އާސަންދަ ކުންފުނިން މަރުވާ މީހުންނަށް ބޭނުންވާ ކަފުނާއި ސަންދޯއް ހިދުމަތް ދިނުމަށް ސަރުކާރަށް ގޮވާލަށް. ކޮވިޑްގަ މަރުވާ މީހުން ގެ އާއިލާ މީހުންއަތުން މިހާ ބޮޑު އަދަދެއް ނެގުމަކީ މިފަދަ ނާޒުކު ދަނޑިވަޅުގައި ޖަމާޢަތްތެރިޔަކު އިސްވެހުރެ ޖަމްއިއްޔާގެ ނަން ބޭނުންކޮށްގެން އެހިންގަމުންދާ ޖަރީމާ އެއް. މުނަައްވަރުއަށް ސާބަސް

 15. އިސްހާގް

  އަސްޖަމާޢަތްތެރި އެއްތޯ މިކަހަލަ މައުލޫމާތު ދޭންޖެހޭނީ. ނުވަތަ ޖަމްޢިއްޔާއިން ތޯ. ސަަރާގައި އިސްޖަމާޢަތްތެރިޔަކު ނުހުންނަކަމަށް އެތަނުން މަޢުލޫމާތު ހޯދުމުން ބުނީ.

  • Anonymous

   ރަނގަޅު ވަހަކައެއް ތިޔަކަހަލަ ކަންތަކުގައި މައުލޫމާތު ހޯދަށް ޖެހޭނީ އަދި މިފަދަ މުހިންމު މައުލޫމާތު ދޭންވާނީ އެތަނުގެ އިސްފަރާތްތަކުން. ކަމާއި ނުބެހޭ މީހުން ދިނީމަ އެންމެ ސައްހަ މަޢުލޫމާތު ނުދެވޭނެ. ތިޔަ މުނައްވަރާއި ވަރަށް ބޮޑުވާ މީހެއް