މިދިޔަ އަހަރުގެ ފަހު ކޮޅުން ފެށިގެން ފެތުރެން ފެށި ކޮވިޑް-19 އިން "ހިންދެމިލެވޭ" ވަރުވީ އަދި މަދު ގައުމަކަށެވެ. މި ބަލީގައި ތިން ލައްކައަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު، ބަލި ފެތުރުން ކޮންޓްރޯލް ކުރެވޭނެ ނުވަތަ ބައްޔަށް ފަރުވާ ހޯދޭނެ މަގެއް އަދި ނުލިބެއެވެ.

ކޮވިޑް-19 ގެ ފުރިހަމަ މައުލޫމާތު ދެނެގަންނަން ސައިންޓިންސްޓުން އަދިވެސް ތިބީ ނުކުޅެދިފައެވެ. މިހާތަނަށް އެނގޭ ކަމަކީ މި ބައްޔަކީ ފަސޭހައިން ފެތުރޭ ބައްޔެއް ކަމާއި ބަލި ފެތުރެނީ ކުޅުގެ ޒަރިއްޔާ އިން ކަމެވެ. އެހެންކަމުން ކެއްސާ ކިނބިހި އެޅުމުގެ ތެރޭގައި އާއި ވާހަކަ ދެއްކުމުގެ ތެރޭގައި ބަލި ޖެހިފައި ހުންނަ މީހާ ގައިން އެހެން މީހުންގެ ގަޔަށް ވަރަށް ފަސޭހައިން ބަލި އަރަން މެދުވެރިވެއެވެ. ދިރާސާތަކުން އެނގިފައިވާ ގޮތުން މި ވައިރަސް ކޮންމެވެސް ވަރަކަށް ތަންތަނުގައިވެސް ހަރުލާފައި ހުރެއެވެ.

ބައެއް ރިޕޯޓްތަކުގައި ވައިގެ ޒަރިއްޔާ އިން ބަލި ފެތުރޭ ހާލަތްތަކެއް ހުރިކަން ފާހަގަކޮށްފައިވެއެވެ.

އެމެރިކާއިން ކުރި ދިރާސާތަކުން ދައްކާ ގޮތުގައި ވާހަކަ ދެއްކުމުގެ ތެރޭގައި ނިކުންނަ ޕާޓިކަލްތައް 14 ވަރަކަށް މިނިޓް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުރެދާނެއެވެ. ސެންސިޓިވް ލެޒަތަކެއް ބޭނުންކޮށްގެން ކުރި ދިރާސާ އިން އެނގޭ ގޮތުގައި އެންމެ މިނިޓެއް ވަންދެން ބާރަށް ވާހަކަ ދެއްކިއަސް، ވައިގެ ތެރޭގައި އަށް ވަރަކަށް މިނިޓް އެ ވައިރަސް ހުރުން އެކަށީގެންވެއެވެ.

ވައިގެ ޒަރިއްޔާއިން ބަލި ފެތުރުމަކީ ކޮބާ؟

"އެއާބޯން" މި ލަފްޒު ނިސްބަތް ވަނީ "އަރެސޮލްސް" މެދުވެރިކޮށް "ޕަތޮޖެންސް" "ޓްރާސްމިޓް"ވުމަށެވެ. ވައިގެ ޒަރިއްޔާ އިން ފެތުރޭ ބަލިތަކުގެ ތެރޭގައި އާންމުކޮށް ހިމެނެނީ ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކެވެ. އޭގެ ތެރޭގައި ސާސް އަދި މާސް ފަދަ ބަލިތައް ހިމެނެއެވެ.

މިހާތަނަށް ހޯދި ހޯދުންތަކުން ކޮވިޑް-19 ޖެހޭ ކޮރޯނާ ވައިރަސް ވައިގެ ތެރޭގައި ގިނަ އިރު ހަރުލާފައި ހުންނަކަން އެނގޭކަށް ނެތެވެ.

ނިއު އިންގްލޭންޑްގެ ޖާނަލް އޮފް މެޑިސިން އިން ކުރި ދިރާސާއެއްގައިވާ ގޮތުން ވައިގެ ތެރެއަށްދާ ޖަރާސީމުގެ ޒަރިއްޔާ އިން ކޮވިޑް-19 ޖެހުމުގެ ފުުރުސަތު ކުޑަކޮށް އޮވެއެވެ. އަދި އެ ބަލި ޖެހެނީ ކިހާ މިންވަރަކަށް ވައިރަސްގެ އަސަރުކޮށްގެން ކަން އެނގެން ނެތުމަކީ އެކަމުގެ ނުރައްކާ ބޮޑުވާ ކަމެއް ކަމަށް ވެސް އެ ދިރާސާގައިވެއެވެ.

ވައިގެ ޒަރިއްޔާ އިން ބަލި ފެތުރުން އިތުރުވާ ހާލަތްތަކަކީ ކޮބާ؟

މިހާރު އަލަށް ކުރި ދިރާސާތަކުން ދައްކާ ގޮތުން ވައިރަސް ކުދި ޕާޓިކަލްތަކަށް ބެހިގެންދާ އިރު، ވައިރަސް ޖެހުމުގެ ފުރުސަތު އޮވެއެވެ. އިންގްލޭންޑް ޖާނަލްގައި ބުނީ ކޮރޯނާ ވައިރަސް "އެރޮސޮލްސް"ގައި ތިން ގަޑިއިރު ހަރުލާފައި ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"އެރޮސޮލް" މެދުވެރިކޮށް ކޮވިޑް-19 ފެތުރޭކަން ދިރާސާތަކަށް ބަލާއިރު ދޮގުކުރެވޭކަށް ނެތެވެ.

ވައި ދައުރު ނުވާ ތަންތަނުގައި ކޮވިޑް-19 އެކެއްގެ ގައިން އަނެކަކުގެ ގަޔަށް އެރުމަކީ ފަސޭހަކަމެކެވެ.

ވައިގެ ތެރޭގައި ވައިރަސް ހުރެދާނެ ކަމަށް ދިރާސާތަކުން ލަފާކުރި ނަމަވެސް، އިޖުތިމާއީ ގައިދުރުވުން ފަރިތަކޮށް، ސާފުތާހިރުކަމަށް އިސްކަންދޭނަމަ ބަލި ޖެހުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަވެއެވެ.