ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރަސްފަންނު ތަރައްގީކުރުމުގެ ކުރިން އެއީ ބޮޑުތަކުރުފާނު މަގުގެ ބައެކެވެ. އެ މަގުގައި، ހަމައެކަނި ވެހިކަލް ދުއްވާލެވޭ ވަރުގެ ޖާގައެއް ބޭއްވުމަށް ފަހު ބަދަލުކުރީ ދޮންވެލިގަނޑެއް ހިމެނޭ ސަރަހައްދަކަށެވެ. މޫދަށް އެރުމާއި ކަސްރަތު ކުރުމާއި ބާބަކިއު ފަދަ ތަފާތު ކަންކަން ކުރެވޭނެ ގޮތަށް ރަސްފަންނު ހެދީ މާލެއަކީ ގޮނޑެއްގެ ގޮތުގައި ސިފަ ކުރާ ކުރުން ނިމުމަކަށް ގެނައުމަށެވެ.

މާލޭގެ ހުޅަނގު ފަރާތުގައި ހިތްފަސޭހަ މަންޒިލެއްގެ ގޮތުގައި ރަސްފަނު ހުޅުވީ ފެބްރުއަރީ 7، 2016 ގައެވެ.

ރަސްފަންނު ތަރައްގީ ކުރުމުގެ ކުރިން އެ ސަރަހައްދަކީ މޫސުން ގޯސް ނުވާ ދުވަސްވަރު ވެސް ކިރިޔާ ދިޔަވަރު ބޮޑުވާ އިރަށް އެއްކޮށް ލޮނުގަނޑު އަރައި ބޭރު މަގު އެއްގޮތަކަށް ވެސް ބޭނުން ނުކުރެވޭ ހާލަތުގައި އޮޮންނަ ސަރަހައްދެކެވެ. އެއީ ބޭނުން ނުކުރާ ކާރުތަކާއި ލޮރީތައް ފަދަ ވެހިކަލްތައް "އުކާލައި" ބޮޑު ގޮނޑެއްގެ ގޮތުގައި އޮތް ސަރަހައްދެކެވެ. އެއީ އަޅާނުލެވި ދޫކޮށްލެވިފައި އޮތް ދިރުމެއް ނެތް ސަރަހައްދެކެވެ.

ރަށެއްގެ މަލަމަތި ދައްކުވައިދޭ ގޮތަށް ކުރީގެ ސަރުކާރުން ހެދި ބީޗުގައި ހޮޅު އަށިތަކާއި ޖޯލިފަތި ތަކާއި، ދިގު އަށިތައް ހަދާފައި ހުރެއެވެ. ޒަމާނީ ފެންވަރަށް ވަސީލަތްތަކާއެކު އެންމެ ފުރިހަމައަށް ތައްޔާރުކުރި ބީޗަށް 40 މިލިއަނެއްހާ ރުފިޔާ ހަރަދު ކުރިއެވެ.

ވިއްސާރާގައި ރަސްފަންނަށާއި، ސުނާމީ ބިނާ މައިޒާނަށް ބޮޑެތި ގެއްލުންތަކެއް

އެކަމަކު، މިދިޔަ ހޮނިހިރު ދުވަހު މާލެ ސަރަހައްދަށް މޫސުން ވަރަށް ގޯސްވެ، ހުޅަނގު ފަރާތަށް އުދަ އަރައި ރަސްފަންނަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެތަނަށް ގެއްލުން ލިބުނު އިރު، މޫސުމާ ބެހޭ އިދާރާ އިން އޮތީ އޮރެންޖް އެލާޓް ނެރެފައެވެ. މިއީ ފަހުގެ ތާރީހެއްގައި މޫސުމާ ބެހޭ ގައުމީ އިދާރާއިން އޮރެންޖު އެލާޓް ނެރުނު ފުރަތަމަ ފަހަރެވެ. އަދި އެހާ ބޮޑު ގެއްލުމެއް ރަސްފަންނަށް ލިބުނު ފުރަތަމަ ފަހަރެވެ.

"އެއީ މި ސަރުކާރުން ރަސްފަންނަށް އަޅާނުލުމުގެ ނަތީޖާ"

ރަސްފަންނުގެ ސަބަބުން އައި އެންމެ ބޮޑު އެއް ބަދަލަކީ ކުރިން އުދަ އެރުމުގެ ސަބަބުން ލޮނު ބޮޑުވާ މަގު ލޮނުން ސަލާމަތްވުމެވެ. މީގެކުރިން އުކާލައި ވެހިކަލްތައް ޖަމާ ކުރާ ތަނަކަށް އޮތް އޮތުމަށް ބަދަލު ވަނީ އައިސްފައެވެ. ގުދަންތަކާއި ކުނިތައް ނެތިގެން ދިޔައެވެ.

އެ ތަން ބަދަލުވެގެން ދިޔައީ ރުއްތަކާއި ފެހި ގަސްތައް ގިނަ، ހިތްގައިމު ގޮނޑުދޮށެއް، ހިތްފަސޭހަ މޫދެއް އެކުލެވިގެންވާ ސަރަހައްދަކަށެވެ. ކޮންމެ ވަގުތެއްގައި ވެސް ސާފު ވައި ޖައްސާލަން ތިބެވޭ އުނދޯއްޔާއި ހޮޅުއަށިތައް ހުރި ޖޯލިތައް ގިނަ ހިތްގައިމު މަންޒިލަކަށެވެ.

ބޭސްފަރުވާއަށާއި ކަސްރަތަށާއި އެކި ބޭނުންތަކަށް މޫދަށް އެރި އުޅޭ މީހުން ހުސްނުވާ ސަރަހައްދަކަށެވެ. ބަންދު ދުވަހެއް ލިބިއްޖެ ނަމަ، އާއިލާ އާއި ރައްޓެހިންނާ އެކީގައި ބާބަކިއު ހަދާލައި ވަގުތު ހޭދަކޮށްލެވޭ ތަނަކަށެވެ.

ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މީގެކުރިން ވިދާޅުވި ގޮތުގައި ރަސްފަންނު ހަދާފައި ވަނީ ކަމާބެހޭ ފަންނީ ބޭފުޅުންގެ އިންޖިނިއަރިން ޑިޒައިން އާއި މިންގަނޑުތަކާ އެއްގޮތަށެވެ. މުއިއްޒު އެގޮތަށް ވިދާޅުވި އިރު، އެތަނުގެ އިންޖިނިއަރިން ޑިޒައިން ހެއްދެވި އިންޖީނިއަރަކީ ޝިފާޒް އަލީ ކަމަށެވެ.

ފަހުގެ ތާރީހެއްގައި އެންމެ ވައިގަދަވެ، އޮރެންޖް އެލާޓް ނެރުނު ފުރަތަމަ ފަހަރު، ރަސްފަންނަށް ލިބުނު ގެއްލުންތަކާ އެކުގައި ވެސް އެތަނުގެ މައިގަނޑު ސްޓްރަކްޗަ އަށް އަދިވެސް ބަދަލެއް ނާދެއެވެ. ރަސްފަނުގެ އެތެރެ އާއި ބޭރު ތޮއްޓާއި ތަނުގެ ބީޗް ލައިނާއި އެއްގަމު ތޮއްޓާއި މަގު ފަދަ ތަންތަން އޮރެންޖް އެލާޓްގައި ހުރީ ސަލާމަތުންނެވެ.

މުއިއްޒު "ވަގުތަށް" ކުރިން ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ފެނިގެން ދިޔައީ މާލޭގައި ހުރި ޕާކްތަކާއި މައިޒާންތަކަށް އަޅާލައި އަޅާލުން ވަރަށް ބޮޑަށް ކުޑަވެގެން ދިޔަ ތަން ކަމަށެވެ. އެ ތަނުގައި ހުރި ތަކެތި މެއިންޓަނެންސް ނުކުރެވުމަކީ އޭގެ އެންމެ ބޮޑު ހެއްކެއްގެ ގޮތުގައި މުއިއްޒު އޭރުގައި ވެސް ފާހަގަކުރެއްވިއެވެ.

އޭގެ އެއް ހެއްކަކީ ރަސްފަނުގައި ހުރި ބައެއް ކުޑަތަން ބުޑުން ލުހިގެން ދިއުމެވެ. ރަނގަޅަށް ބަލަހައްޓަމުން ދިޔަ ނަމަ، އެގޮތަށް ހަލާކުވެ ނުދިޔައީހެވެ.

މި ސަރުކާރު އައި ފަހުން، ރަސްފަންނާއި ޕާކްތަކަށް އަޅާލުން ކުޑަވެފައިވާ ކަމަށް ބައެއް މީހުން ގަބޫލުކުރެއެވެ. ރަސްފަންނުގައި ހުރި ޕެވިލިއަން ވީރާނާ ވާން ދޫކޮށްލާފައިވާ އިރު، އޯވާހެޑް ބްރިޖު ވެސް އޮތީ "ވެއްޓޭ" ހިސާބުގައެވެ.

ވިއްސާރައިގައި ރަސްފަންނަށް ލިބުނު ގެއްލުންތަކާ ގުޅިގެން އެތަން މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

41 ކޮމެންޓް

  1. ޙައްގުބަސް

    ފެންނަނީ ވަރަށް ދެރަވަރު މަންޒަރު!! ތަންތަން ވީރާނާވާން ދޫކޮށްލާފައިވާ މަންޒަރު!! އިވެނީ ކަންބޮޑުވުން އިންތިހާއަށް ބޮޑު އަޑުތަކެއް!! ދައުލަތުގެ މާލިއްޔާއިން ވައްކަމާއި ކޮރަޕްޝަން ހިންގުމާއި ގައުމުގެ އިގުތިސޯދު ހަލާކުވެ ފުނޑުފުނޑުވަމުންދާކަމުގެ އަޑުތައް!! ވަޢުދުތަކާއި ވީ އަޙްދުތައްވީތަނެއްނޭނގި ގައުމަށް އެއްވެސް ތަރައްގީއެއް ގެނެވޭތަން ނުފެންނަ މަންޒަރު!! މިސަރުކާރަށް މާބޮޑު ކަމެއް ކުރެވޭނެކަމަށް އެއްވެސް ރައްޔިތަކު އުންމީދުކޮށްގެން ނުވާނެ!! މިއީ އިންޑިޔާގެ ތައްޕާހަށް ވެއްޓި އެމީހުން ބުނާމަގުން ހިނގަމުންދާ ދެ ސަރުކާރެއް އޮތް ގައުމެއްކަމަށް ބެލެވޭ!! އެއީ ބަރުލަމާނީ އަމިއްލައަށް ހަދައިގެން މަޖްލީހީގުތެރެއިން ދުއްތުރާކޮށް އެތަނުގެ އިސްމީހާ ބޮޑުވަޒީރު ހެދިގެން ހިންގާ ސަރުކާރަކާއި ރިޔާސީ ނިޒާމަކުން ގައުމުގެ ރައްޔިތުން ހޮވާފައިވާ ކަހަބު ދުވެލީގައި ހިންގާ ލޮނުމަޑު ކެރުންތެރިކަން ނެތް ސޮހަލަކު ހިންގާ ސަރުކާރެއް އޮތް މަންޒަރު!! އެހެންވީމަ ދެންވާނެ ހައެތި މިވަނީ!! ރަސްރަނިބަގީޗާ ހަލާކުވާން ދޫކޮށްލީ!! ރަސްފަންނު ހަލާކުވާން ދޫކޮށްލީ!! މާލޭގައި ހުރި ހުރިހާ ހިތްގައިމު ޕާކްތައް ހަލާކުވާން ދޫކޮށްލީ!! ޔާމީންގެ ދައުރުގައި ކުރަމުން އައި ނުނިމިހުރި ހުރިހާ ޕްރޮޖެކްޓްތައް ހުއްޓުވާލީ!! ހަމައެކަނި ކުރިއަށްދނަނީ ހުޅުލެ އާ ޓާމިނަލެގް މަސައްކަތް!! ރައްޔިތުން ހޭލޭ ނިކުމެ ބަސްބުނަންފަށަންވީ ވަގުތު މިއޮތީ އައިސްފަ!! ތަރައްގީގެ ބާނީ ޖަލުން މިނިވަންކުރެވޭތޯ ބަލަންޖެހޭ!!

    194
    15
    • ސ

      ކޮއްކޯ! ނާރަނގަޅަށް ބުނެބަލަ. ކަލެއަށް ތިމަސްއްކަތުން ކިހާވަރެއްގެ އެޖޫރައެއްލިބޭތޯ؟ ހަމަ އަހާލާހިތުން.

      29
      204
      • ރޭ

        އެނގުނީތާ ދޯ. ލާރި ދީގެން އެމްޑޕ މީހުން ކޮމެންޓު ކުރުވާކަން

        157
        14
        • ސ

          އެމްޑީޕީއެއް ޕީޕީއެމެއް ޖުމްހޫރީއެއް ސަން އެއްކިޔާނެކަމެއް. ލިބެނީ ކިހާވަރެއްތޯ ބަލަންވީ. ގިނައިން ދޭ ކޮޅަކަށް ކޮމްންޓު ކުރަމުން ދާންވީ. ކޮންމެ ހެނަކުން ތެދެއް ދޮގެއްބަލާކަށް ވެސް ނުޖެހޭ މިކަމުގަ. މީ މާ ފައްކާ ކަމެކޭ. މީވެސް ބިޒިނަސް އެކޭ؟

          6
          57
        • މޭ

          ލާރި ލިބޭކަމެއްތަމީ؟؟ ދެން ކޮމެންޓް ކުރުމަށް ތައްޔާރުވީމީ...!!

          31
          6
      • Anonymous

        އެ މީހާ ދެއްކީ ހުސް ރަނގަޅުވާހަކަ

        59
        1
      • Anonymous

        ބޭބޭ. މިރާއްޖޭގައި އުޖޫރަދީގެން ކޮމެންޓްކުރުވަނީ އެމް ޑީޕީ އިން އެކަނި. އެމް ޑީޕީގެ ގިނަ މީހުންނަކީ ތިޔަކަހަލަ އަތުންފައިން ހައްދަވައިގެން މަސައްކަތެއް ނުކޮށް ޕާޓީ ހަރުގެއިން ކައިގެން މަގުތަށްމައްޗަށް ނުކުމެ އަވަގުރާނަގޮވާ އެނދުގަ ތިބެގެން ފިތުނައިގެ ކޮމެންޓްކުރާ މީހުން. މިބައި މީހުންނަށް ޕާޓީއިން ބޮ ޑު ހަރަދުކުރޭ.
        މިހާރުވެސް ބަލާބަލަ ޓްވިޓާގައި އެންމެ އެކްޓިވްކޮށް އުޅޭނީ މިބުނާ ބައިގަނ ޑު.

        74
        3
      • އަޒާ

        ސ.އަށް ވެދުން ސަލާމަށްފަހު، އޯއައިސީގެ ބައްދަލުމުގައި އިންޑިއާ ސަރުކާރުން އިންޑިއާގެ މުސްލިމުންނަށް ކުރަމުންގެންދާ ލާ އިންސާނީ ޢަމަލުތައް ދިފާޢުކޮށް ރާއްޖެ އިންޑިއާ ދިފާޢުކޮށްފި..

        51
        1
    • ސ

      ރަނގަޅު އެއްޗެއް ލިބެންޏާ މިހެން ލޮކްދައުންގަ ތިބޭއިރު ރަނގަޅުތާދޯ. އުޖޫރައާސް ބަލާނީ. ވަކި ޕާޓީއެއްނެތް.

      16
      4
    • Anonymous

      ހިތާމައަކީ ތިޔަހެންކިޔާ ރޮމުން ކޮމެންޓް ކުރަމުންގޮސް އަނެއްކާވެސް މި މުސީބާތަށް ވޯޓުދީ މިބައިމީހުން ކަލޭމެންގެ މައްޗަށް އައްޔަންކޮށް ބާރުވެރިކުރުވާތީ.

      43
      1
  2. ކާފަރ

    ކެތްކޮއްލާ ދުވަސްކޮޅަކަށް. އަނެއްކާވެސް ޔާމީނު ގެނެސްގެން ތިކަން ރަނގަޅުކުރެވެން އޮތީ

    136
    19
    • ކެއްކޮއްލާ

      ހުވަފެން ނުދެކުނީމަ އެންމެ ރަނގަޅުވާނީ

      15
      33
  3. ސީދީ

    ރަސްފަންނަށް ކަމެއްވެއްޖެތަ؟ ވިއްސާރަވެ ވައިގަދަވުމުން ހަލާކު ވީނު. ދޯނިފަހަރުވެސް ތޮއްޓަސް ވެސް ލައްވެ، އެނޫން ކަންތަށްވެސް ހިނގިއެއްނު. ކޮޔާ. އެއީ ޤުދުރަތީ ކަމެކޭ. ވައިމަޑު ނުވަނީސް ހެދީމަ އަނެއްކާ ހަލާކު ވާނީ އިނގޭ. ވައި މަޑުވެ މޫސުން ރަގަޅުވީމަ ސަރުކާރުން ހަދާނެ. ރަނގަލުކުރާނެ. ރީތި ކުރާނެ. އެއީ އެހާ ދެރަވާންވީ ކަމެއް ނޫން.

    50
    77
  4. ހިތިރަހަ

    ބަލަ ތިޔަތަން ތިތާ ހެދީއިރުވެސް ތިހެންވޭ! ޤުދްރަތީގޮތުން ހައްދަވާފައިވާ ގޮތްބަދަލުކުރަން ހަދައިގެން އިންސާނުންގެ އަތަށްގޮވަނީ! މުޢިއްޒުހެއްދެވި ނެރޯ؟ ކޮންތާކު ޖެހުނީ ؟ އަދި ބަލާބަލަ މިސަރުކާރުން ވެސް ކުރީސަރުކާރު ކޮޕީކޮށްގެން އެއޮށް ހިއްކާނަގާ ތަންތަން! އަދި ދިވެހިން މިކަންތަކުގެ ހިތިރަހަ ދެކޭނެ!

    33
    63
  5. ލަކީ

    ހެހެ ޔާމީ ނިގެ ބަރަކާތުން ތިހުރީކަމެއް ވާނީ އެހެއް ބުނެބަލަ

    8
    46
  6. ޜޭ

    ރައްޔިތުން ނިކަމެތިކޮން އަޅާނުލާ ވީރާނާ ކުރާ ސަރުކާރު. ޔާ ﷲ ، މި އަނިޔާވެރި ސަރުކާރު ބަލިކުރައްވާ ބަދަލު ކުރައްވާންދޭވެ. އާމީން

    85
    11
  7. މިއަދު

    މަަލޭގައިއޮތް ކުނިގޮނޑު މިދިޔަސަރުކާކުގައި މާލެސިޓީކައުންސިލުން ނެގިގޮތަށް މިސަރުކާރުގައި ރަސްފަނު މަރާމާތު ކުރަނީ

    28
    3
  8. ޓިޕިކަލް

    ގުދުރަތީ ހާދިސާއެއް ހިނގާއިރަށްވެސް ދިވެހިންގެ ކަމަކީ ސިޔާސީ ވުން. ޕިސްޕިސް

    25
    42
    • Anonymous

      ދޮންކަލޯ ބިމުއާނަށް މޫލާވަރަށް ހަރުކޮށްފަ ހުރި ޖޯލިފައްޗެއް ވިއްސައިގެން ގޮސް އެތަނުގައި ނުވެސް ނެތް. ވަށައިގެން ބަންދުކޮށް ރީނދޫ ކުދިންގެ އެކްޓިވިސްޓުކުދިން ކޮޅެއް ފެނޭ ދަންވަރު އެތަނުގެ ތެރެއިން.
      ކުރިންވެސް ރަސްފަންނު ތެރެއިން ކަނޑަށް ފޮނުވާފައި އިން ޖަންކްޝަން ހޮޅިއެއް ރީނދޫ ކުއްޖަކު ދަންވަރު ބުރިކޮށްލާ ރަސްފަންނު ނަޖިސްކުރުވި. އެކަމަށް ފައިސާވެސް ލިބުނު އެކުއްޖާއަށް. ބޭނުމަކީ ޔާމިނުދެކެ ނަފްރަތު އުފެއްދުން. އެދުވަހުގެ ވާހަކަ ފޮޓޯއާއި އެކު މީ ޑިއާގައި އެންމެ ފުރަތަމަ ޖަހައި މަލާމާތްކޮށް ހެދީވެސް ރީނދޫކުދިން. އެހެންވީމަ ސިޔާސީ ވާނެދޯ.
      ކުރިން ސިޔާސީ ވެފަ މިހާރު ޕާޓީ މީހުންލައްވާ ތަންތަން ފުނޑު ފުނޑު ކުރީމަ ގުދުރަތީ ކަންތައްތޯ ތިޔަ ބުނަނީ. ތިޔަހެންވާތީއޭ ޓިޕިކަލް ޕާޓީ ވިސްނުންކިޔަނީ

      35
      4
      • ޓިޕިކަލް

        ތިހުރީ ޔާމީނަށް ގޮސް ހުސްވެފަ . މާދަން ސުނާމީ އެރިޔަސް ބުނޭ ރީނދޫ ކުދިންކޮޅު ކަނޑު ގަދަ ކޮށްފިޔޭ އުޑުމަތި ބަނަކުރީ އެމީހުންނޭ . ފޮޓޯއިން އެފެންނަނީ ރަސްފަންނުގަ ހުރި ހުރިހާ އެއްޗެއް ވަޔާ އެކި ދިމަދިމާލަށް ވިއްސައިގެން ގޮއްސަ ހުރިތަން. އެއީ ސިޔާސީ ވާންޖެހޭ ކަމެއްގެ ގޮތުގަ ނުދެކެން. މަށަކީ އެއްްވެސް ޕާރޓީއަކަށް ސަޕޯޓު ކުރާ މީހެއް ނޫން. އެކަމަކު ތަންދޮރު އިނގޭ. ތިކަހަލަ ހޭބުއްދި ފިލައިގެން ގޮސް އުޅޭ މީހުން ކިޔާނީ ތިހެން

        4
        5
  9. ކެޔޮޅު

    ގުދުރަތީ ކާރިސާއެއްގަތޯ ޕެންސަން ފަންޑުވެސް ވީގޮތެއް ނޭތްނގުނީ؟

    44
    5
  10. ކޮބާކަލޭ

    ކާރިސާއެއްގަތޯ ބައިމީހުނައް ދައުލަތުގެ ބަޖެޓް ބަހާ ހުސްކުރީ ކޮސްނުގޮވާ!!!!!

    34
    2
  11. މުހައްމދު

    ހައްގުބަސް ކަލޭ އެހެން ގައު މަކުންތަ ތިއައީ ވައްކަ މުގެ ލާނސީލުންގެ ނުފެނޭތަ

    13
    2
  12. ާއަލީ

    މމއެ މްޑީޕީ މީހުންގެ އެސްފީނާ ޖެހިފަ

    18
    1
  13. ިއބރހމ

    ނަމާދައް ދުވަހަކު ނެއެރިޔަސް ކަލޭމެންގެދުޢާ
    ހިތުގެއުދާސް. ޢުތުރިއަރާ ހި

    2
    9
  14. ޑޮން

    ހުޅަނގާ ދެކުނާ ވަކިނުވެ.....މޮޅުކަން ދަށްކަން ،ހިތުގާމެއަޅާ............

    11
    1
  15. ކެޔޮޅު

    ކާރިސާއެއްގަތަ ޕެންސަން ފަންޑައް ވީނުވީއެއް ނުއެނގި ދައުލަތުގެ ބަޖެޓް ތިންފަރައް ޕާޓީމީހުނައް ބަހާހުސްކުރީ؟

    27
    2
  16. ޣަބޭ

    މި ރިޕޯރޓްގައި މިވަނީ ހަގީގަތް މިހާރު މި ވެރިކަން ކުރާ ބަޔަކު ވެރިކަން ކުރި ދެފަހަރަކުވެސް މި ފެންނަނީ އެމަންޒަރު. ޢާރާސްތު ކުރުމުގެ ހުނަރެއް ވިސްނުމެއްނެތް ފަނާކުރަނިވި ހިޔާލުގެ ބައެއް. ކަމެއް ކުރިޔަސް ކޮށްފަ އޮތީ ޒާތީވެގަ، ތަންތަނުގެ ނަންބޯރޑް ބަދަލު ކުރާ ކޮއްފަހުރި މަސައްކަތުގެ އަގުވައްޓާލަން ބޭކާރު ހަރަދުކޮށް ބަޔަކަޢް ލާބަ ހޯދާދިނުމާ. މިކަހަލަ ކަންކަން. ޙަގީގަތް ވާނީ ހަގީގަތަށް

    29
    1
  17. ހައްޤު1

    ޤައުމު ދެކެ ލޯބިވާބައެއް އުޅޭބާއޭ ހިތަށް އަރަނީ... ނުރުހުންވާ ބަޔަކު ކިތަންމެ ރަނގަޅު ކަމެއް ވިޔަސް އެބަޔަކު ގޯސްކަން ސާބިތު ކޮށްދިނުމަށްޓަކައި ކޮންމެ ފަދަ ގޮތެއްވެސް ހެޔޮވުމަކީ ވަރަށް ބޮޑު ގޯހެއެކެވެ. އާޚިރުގައި ހަމަ ގެއްލުން ލިބެނީ ހަމަ މި ދިވެހި ޤައުމަށެވެ.

    22
    1
  18. ޥަގު ޔާމީނު

    ބަލަ އޯވަހެޑް ބުރިޖް ވެއްޓެނީ އެވެސް މިސަރުކާރުގެ މައްސަލަ ދޯ؟ މީގެންވެސް އިގެނީ ޔާ މީނު ވެރިކަ މުގައި ކޮއްފަހުރި ކަންކަ މުގެ ދޯދިޔާކަން ދޯ؟އެވެސް 4 މިލިޔަން ރުފިޔާ ޔޯ!

    5
    32
  19. Anonymous

    ރަސްފަންނު ހަލާކުކޮށްލުމަކީ މިސަރުކާރުން ވަރަށް ބޮޑަށް ކުރަން ބޭނުންވެ މިހާރު ކުރަމުންދާކަމެއް. މިހާރު ރަސްފަންނުގެ އުތުރުގައި އޮންނަ ދޮންވެލި މަގުގަ ކުޑަކުދިން ކުޅެ މަޖާކުރާތީ އެތަން ބަންދުކޮށް އެ މަގުވެސް ދުއްވާއެއްޗެތި ދުއްވޭ ގޮތަށް ބަދަލުކުރަން އުޅެނީ. ތާޖުއްދީން ސްކޫލުކައިރީގައި ޔާމީން ސަރުކާރުން އަޅަންފެށި 3 ޓަވަރު ހުއްޓުވައި ކުރިއެކޭ އެއްގޮތަށް ބާވެހިކަލް ދަބަރަށް ވިރުވަން ބާއްވާފައިއޮތީ.
    އެމް ޑީޕީއަށް ވާނަމަ ބްރިޖް ދަރުމަވަންތަ ހޮސްޕިޓަލް ހމ ދެވަނަ ފިޔަވަހި އެތަނުގެ 25 ބުރީގެ 11 ޓަވަރު މަހާ ޖައްރާފު ލ.ހަލިވޭ އައް ޑޫ ތާޝަރީ ހޮސްޕިޓަލް ތިނަދޫ މިސްކިތާ ތާރީޚޫ ބިނާ އެއަރޕޯރޓުތައް ތާރުއަޅާފައިވާ އެތަށް ރަށެއްގެ މަގުތަށް މިހުރިހާތަނެއް ސުންނާފަތިކުރާނެ.
    އެމް ޑީޕީ އަކީ މިގައުމު ފަނާކުރުމުގެ ވިސްނުން ގެންގުޅޭ ބައެއް. ވެރިކަމުގައި މުވައްޒަފުންނަށް ލިބޭ ލާރިކޮޅާއެކު ދަޢުލަތް ދަވައިލާނެ. ވެރިކަމުން ފޭބުމާއެކު ގައުމުގައި ހުޅުޖަހާ އަންދައިލާނެ.
    މިބައިމީހުންގެ ވަބާއިން މި ގައުމު ސަލާމަތް ކުރައްވާށި.

    36
    1
  20. ށުވޭސ

    ކޮންމެހެން ފައިސާ ދީގެން ކޮމެންޓްކުރާކަށް ނުޖެ
    ހޭ ބޮޑު ޚަރަދުކޮއްގެން ހަދާފައި ހުއްޓަސް ތަންތަން ކޮލިޓީކޮއްހުއްޓަސް ގުދުރަތީ ހާދިސާ ތަކާ ކުރަމަތި ލެވޭވަރަކަށް ނުހެދޭނެ . މިހާރުވަނީ ހަލާކުވެފައި ދެން އޮތީ އަނެއްކާވެސް ހެދުން. ﷲ ރަހްމަތް ލައްވާށި..... އާމީން

    15
  21. ޒާ

    މި ބޭކާރު ސަރުކާރު އަވަހަށް ބޭރުކުރަންވީ

    37
    2
    • ޖޫލީ 2020 45 : 19

      ތިޔަބުނީ ރަގަޅުވާހަކަޔެއް.

  22. މާޑު

    ނެތޭ ފައިސާއެއް. އިންޑިޔާއަށް ދަރުވާލާފައޮތީ މި ދެއަހަރު ތެރޭ. ޗައިނާއިން ހިލޭ އެހީ، އިންޑިޔާއިން ލޯނު ޝުކުރު ހައްގު ބަޔަކު ވަކި ނުވާއިރު އެހީ ދޭބަޔަކު ވަކިނުވޭ މަސްތީ އާލަމުގައި ހަތަރުދަމު..

    10
    1
  23. ރައްޔެތު

    ރަސްފަންނު އެއީ ބޭކާރު ތަނެއް. ބޭރު މަގު ބަންދު ނުކޮށް ހެދިނަ މަ ޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮ އޯކޭ

    2
    8
    • ޝިއުނީ

      ރަސްފަންނައް ކޮންމެ ހުކުރުދުވަހަކު އަދި ހަވީރު ނިކުމެ އުޅޭ ކުޑަކުދީންނާއި އަދި އާއިލާތަކާއި ބާބަކިއު ހަދާ މީހުންނާއި އެތަނައް މޫދައް އެރޭ މީހުންނާއި މަސްބާނަންދާ މީހުންނާއި އެތާގައި އިވެންޓުތައް ބާއްވާ ކުޑަކުދީންގެ ހިތް އުފާކޮއްދޭން ބޭއްވޭ ކުޅިިވަރުތައް ބާއއވާ ފަރާތްތައް ގާތުގަ އެއީ ބޭކާރު ތަނެއްތޯ އާހާލިންތަ.؟ ބޮލުގެ ނާށިގަނޑު އެތެރޭގައި ސިކުނޑީގެ ބަދަލުގަ ރީނދޫ ކޮތަޅެއް އޮވެގެން އިޖުތިމާއީ މިކަހަލަ ހެޔޮ ކަންކަން ގެނެސްދޭ ތަންތަނުގެ ބޭނުމާއި ފައިދާއެއް ނުވިސްނޭނެ. އަބަދުވެސް ކިޔޭނީ ކޮންމެވެސް ލާދީނީ ނުތާހިރު ވާހަކަތަކެއް ނުވަތަ ގައުމުގެ އިޖްތިމާއީ ދުޅަހެޔޮކަމާއި ގުޅުންތަކާއި ދެކޮޅައް ދެކެވޭ ވާހަކައެއް.

  24. ޢަލީ

    އަޅުގަނޑަކީވެސް މީގެ ކުރިން މާފަންނު ކަނބާއައިޝާރަނި ހިނގުމުގައިހުރި ގެއެއްގައި ދިރިއުޅުނު މީހަކިން، ތެދެއް ހަނދާން އެބަހުރި ހުޅނަގު މޫސުމުގަ ނުވަތަ ދިޔަވަރު ބޮޑުވާ ދުވަސްދުވަހު ސައިކަލު ސޯސަން ސްޓޯރ ކައިރީ ބަހައްޓާފައި ބޫޓުބާލައިގެން ކަކޫތާ ލޮނުގަ ގެއަށް އައި ހަނދާން، ރަސްފަންނު ހެދިފަހުން ﷲ އިރާދަކުރެއްވިއްޔާ މިހާރު އެ ލޮނުގަނޑެއް ނުފެނޭ، ރަސްފަންނަކީ އެހިސާބުގަނޑުގެ ސަލާމަތަށް ލިބުނު މުހިއްމު ތަނެއް މިތަން ސަލާމަތުން ބޭއްވުން ވަރަށް މުހިންމު.

    9
    1
  25. ހަދީލް

    ރަސްފަންނަކީ ދައުލަތުން ޚަރަދު ކޮއްގެން ހަދާފައޮތް ދައުލަތުގެ އެސެޓެއް. ދައުލަތުގެ އެސެޓްތައް ބަލަހައްޓައި ރައްކާތެރިކުރުމަކީ އެވަގުތަކު އޮންނަ ކޮންމެ ސަރުކާރަކައް މަޖުބޫރު ކަމެއް. މި ފެންނަނީ މި ސަރުކާރުގެ ކިބާގައި ދައުލަތުގެ އެސެޓް ބެލެހެއްޓުމުގެ ގާބިލުކަމާއި އަދި ނިޔަތް ނެތްކަމާއި އިޖުތިމާއީ މިކަހަލަ މުދާތަކައް އިހުމާލުވެ ފަނާކޮއް ވީރާނާކޮއްލުމުގެ ވިސްނުން ހުރިކަން. މި ބީދާއިން ކަންކަން ކުރާބަޔަކައް ސަރުކާރެއް ހަވާލު ކުރުމަކީ ހެޔޮވާވަރުގެ ކަމެއް ނޫން. މުޅިގައުމުގައި ހުޅުރޯކޮއް މާލޭގެ ވަށައިގެން އޮތް އެއްގަމު ތޮށީގައި އެއްޗެހި ކުރަހާ ގޮނޑެއްހެން ހަދާފަވަނިކޮއް ރައީސް ޔާމީންގެ ސަރުކާރުގެ މިންނެތް މަސައްކަތުން މާލޭގެ މަގުމައްޗާއި އެއްގަމު ތޮށި ރީތިކޮއް އަލުން ރީ ޑެވެލޮޕްމެންޓައް ދިޔުމައްޓަކައި ހިންގި މަޝްރޫތަކުގެ ތެރެއިން ކާމިޔާބު މަޝްރޫއެއް ރަސްފަންނަކީ. މިހާރު މިއޮތް ފަނާ ކުރަނިވި ސިޔާސަތުގެ ދަށުން އެފެންނަނީ އެތަނައް އިހުމާލުކޮއް ދޫކޮއްފައިވާ މަންޒަރު..

    11
    1
  26. މުހަންމަދު

    2008 ގަ އައި އެމްޑީޕީ ސަރުކާރު ނިމިގެން ދިޔައިރު މާލެތެރެ ޚަރާބުވެ ނަޖިސްވެފައިވަނިކޮއް މާހައުލައް ތާޒާކަމަކާއި ހިތްފަސޭހަކަމެއް މާލޭގެ ރަށްވެހީންނައް ގެނެސްދިންތަނެއް ރަސްފަންނަކީ. އަދި ހަމަ އެޔާއެކު މާލޭގެ ހާބަރު ކަޑަތައް ހުރިތަން ސާފުކޮއް ފެންވަރު ރަނގަޅު ކާތަންތަން ހަދައި އައު ކުރެވުނު ކަމަކީވެސް އޭރުގަ އެމްޑީޕީގެ ވެރިކަމުގައި ރައްޔިތުން ތަހައްމަލް ކުރަމުންދިޔަ ހިތް ނުތަނަވަސްކަން ފިލުވައި ދިންތަނެއް. މިއީ ހަގީގަތުގައިވެސް ފަހުގެ ތާރީޚެއްގައި މާލޭގެ އާބާދީއަށް އިޖުތިމާއީ ހެޔޮ އަސަރުތަކެއް ގެނެސް ދެވުނު ދެ މަޝްރޫ. މި މަޝްރޫތަކައް ކުރެވުނު ޚަރަދައްވުރެ އެމަޝްރޫތަކުން މުޖުތަމައުއަށް ކުރި ފައިދާ ބޮޑު ވެފާ ހެޔޮވެގެންވޭ. މި މަޝްރޫތައް ހިންގައިދެއްވިކަމައްޓަކައި ރައީސް ޔާމީން އަށް ހަމަ ޝުކުރު ހައްގު.

  27. ޖޫލީ މޭ 2020

    ރަގަޅުވާނޭދޯ؟