ތ. ގުރައިދޫގައި ދަނޑު ހެއްދުމުގެ މަސައްކަތުގައި މަސައްކަތް ކުރަމުން އަންނަ ބަންގްލަދޭޝްގެ ޝާހް އާލަމް (ޝާލަމް) 38، އަށް ލިބެމުން ދިޔަ ހުރިހާ މުސާރައެއް ފޮނުވަމުން ދިޔައީ އަނބިމީހާއަށާއި ހަތަރު ދަރިންގެ އިތުރުން މައިންބަފައިންނަށެވެ. އެކަމަކު، އަނބިދަރިންނާއި މައިންބަފައިންނަށް ހިދުމަތް ކުރުމުގެ މަތީގައި ދެމިހުރި ޝާލަމް އަނިޔާވެރި ގޮތަކަށް ދުނިޔެއާ ވަކިވެގެން ހިނގައިދާނެ ކަމަކަށް އެކަކު ވެސް ގަބޫލެއް ނުކުރެއެވެ.

މިދިޔަ ބުދަ ދުވަހުގެރޭ ގުރައިދޫ އާއި ރާއްޖެ ސިއްސުވާލި ޚަބަރަކީ އެ ރަށުގައި ދިރިއުޅެމުން އައި ޝާލަމް އަނިޔާވެރި ގޮތަކަށް މަރާލި ޚަބަރެވެ. ސައިޓެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު ޝާލަމް އޮތީ ކުރު ގޮތަކަށް ބުނާ ނަމަ "ކޮށާލައިފަ"އެވެ. ތޫނު އެއްޗަކުން ހަމަލަ ދިނުމުގެ ސަބަބުން ހަށިގަނޑުގެ އެކި ތަންތަނުގައި ފުން ޒަހަމްތަކެއް ހުއްޓެވެ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޭނާގެ ފުރާނައެއް ނެތެވެ. އެއީ ރަށުގައި ހިނގި އެންމެ ރަހުމު ކުޑަ މަރެވެ. އެ މަރާ އެކު، އެ ރަށުގައި ދިރިއުޅޭ ގިނަ ބަޔަކަށް ބިރުވެރިކަމާއި މޮޅިވެރިކަން ވަނީ ކުރިމަތިވެފައެވެ.

ޝާލަމްއަކީ، ރަށުގެ ގިނަ ރައްޔިތުން ދެނެ، ފަރިތަ މޫނެކެވެ. ޝާލަމް މަރާލާފައި އޮއްވައި ފެނުނު އިރު، އިތުރު ބިދޭސީއެއްގެ ގަޔަށް ވެސް ތޫނު އެއްޗަކުން ހަމަލަދީފައިވެއެވެ. އެކަމަކު، މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރެއް އަދި ނުކުރެއެވެ.

"ޝާލަމްގެ ބަނޑުގެ އަރިމަތިން ގޮހޮރު އޮތީ ބޭރުވެފައި"

ގުރައިދޫ އިން "ވަގުތު" އާ ވާހަކަ ދެއްކި ބައެއް މީހުން ކިޔައި ދިން ގޮތުގައި ޝާލަމް އަށް ހަމަލަދިނީ އޭނާ ދިރިއުޅޭ ގޭގައި ނިދާފައި އޮއްވައެވެ. ފުރަތަމަ ހަމަލަ ދިން ކަމަށް ބެލެވެނީ ކަރަށް ކަމަށާއި ކަރުގެ މައި ނާރު ބުރިކޮށްލާފައިވާ ކަމަށް ވެސް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. އަދި ޝާލަމް މަރުން ސަލާމަތްވާން އުޅުނު ކަން އޭނާ އޮތް ތަނަށް ބަލާލުމުން ސާފުވާ ކަމަށް ވެސް އެމީހާ ބުންޏެވެ.

ޝާލަމް މަރާލާފައި އޮއްވައި ފެނުނު ސަރަހައްދު ފުލުހުން ކޯޑަންކޮށްފައި. --- ވަގުތު އިމޭޖަސް: ކިޔުންތެރިއެއް

"މަރުވެފައި އޮއްވައި ފެނުނީ، އޭނަ އުޅޭ ގޭގެ ކުރިމަތިން، ކަނާތް ފަޅިއަށްވާ ގޮތަށް ހުރި ސައިޓެއްގައި. އެ ސައިޓަކީ މަސް ކައްކާ ހިއްކާ ތަނެއް. މީނާ ދިރިއުޅުނީ ދަނޑު ހުންނަ ސައިޓުގައި. ގެއިން ފެށިގެން ލޭ ހުރި. ދޮރުގައި އާއި އެކި ތަންތަނުގައި. ޝާލަމް ވަރަށް ބާރަށް އަނެއް ސައިޓުގެ ގޭޓްގައި ޖެހިކަމަށް ވަނީ. އޭރު އެ ސައިޓުގައި އުޅޭ މީހާ ނުނިދާ. ދެން އޭނަ ނުކުތް އިރު ފެނުނީ ލެޔާއެކު ވެއްޓިފައި އޮތް ތަން،" އެމީހާ ކިޔައިދިނެވެ.

އެ ބިދޭސީ މީހާއަށް ޝާލަމް ފެނުނި އިރުވެސް ހަރަކާތް ނެތް ކަމަށްވެއެވެ.

ޝާލަމްގެ އިތުރުން އިތުރު ބިދޭސީއަކަށް ހަމަލަދީފައިވާތީ، އެ ބިދޭސީ މީހާ އާއި ޝާލަމްގެ މަރާއި ގުޅުން ހުރި އެކަށީގެންވާ ކަމަށް އޭނާ ބުންޏެވެ.

ރަށުގެ ހޮސްޕިޓަލްގައި މަސައްކަތް ކުރާ މީހަކު ކިޔައި ދިން ގޮތުގައި ޝާލަމްގެ ހަށިގަނޑު ގެނައި އިރު ވެސް ފުރާނައެއް ނެތެވެ. އަދި ހަށިގަނޑު ހޮސްޕިޓަލަށް ގެނައި އިރު ވެސް އޮތީ ލެއިން ތަތްތެޅިފައި ކަމަށް އޭނާ ބުންޏެވެ.

"ގެނައި އިރު ވެސް އޮތީ މުޅި މީހާ ގައިގައި ލޭ. އަނެއް ހެން މީހުން އާންމުކޮށް ބުނާނީ ކޮށާލާފައޭ އޮތީ. ބަނޑުގެ އަރިމަތިން ގޮހޮރު ވެސް ބޭރުވެފައި ހުރީ. ބަލާލަން ވެސް ނުކެރޭ. ހިތަށް އެރިޔަސް އަދިވެސް ގައިން ހީބިހި ނަގާ. އެހާ އަނިޔާވެރިވާން މީހަކަށް ކެރުނީ ކީއްވެބާއޭ ހިތަށް އަރާ،" އެމީހާ ބުންޏެވެ.

ތާރީހުގައި މިފަދަ ފުރަތަމަ އަނިޔާވެރި މަރު، ރަށަށް ބިރުވެރިކަން!

ގުރައިދޫ ރައްޔިތުން ފާހަގަ ކުރާ ގޮތުގައި މިފަދަ ހާދިސާއެއް މީގެކުރިން އެ ރަށުގައި ހިނގާފައެއް ނުވެއެވެ. އަލަށް މިފަދަ ކަމެއް ދިމާވުމުން އާންމުންގެ ހިތްތަކަށް އިންތިހާ އަށް ބިރުވެރިކަން ވަދެފައިވާ ކަމަށް ވެސް އެމީހުން ބުންޏެވެ.

ޝާލަމް މަރުވެފައި އޮއްވާ ފެނުނު ސަރަހައްދުގައި ފުލުހުން ޓޭޕް ދަމާފައި

"ހަނދާނެއް ނުވޭ ވާހަކައަކުން ވެސް މީހަކު މި ރަށުގައި މިފަދަ ކަމެއް ހިންގި ކަމަށް ބުނާ. އޭނާ މަރުވެފައި އޮތް ތަން ފެނުމުން ހީވީ މޭ އަތަށް އައިހެން. އިންސާނުންގެ ނުބައިކަން ހިތަށް އަރަނީ. އަދި އޭނާ މަރާލި ބަޔަކު ތިބޭނެކަން އެނގުމުން އިތުރަށް ބިރުގަނޭ. މި ރަށު މީހުންނަށް އެ ރޭ ނުވެސް ނިދޭ. އަދި ކުޑަ ކުދިންނަށް މީހަކު މަރާލި ވާހަކަ އިވުމުން، ކުރާ ސުވާލަށް ޖަވާބު ދޭނީ ކިހިނެތް؟" ރަށުން ވާހަކަ ދެއްކި މީހަކު ކިޔައިދިނެވެ.

ރަށުގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީއަކު ބުނީ ޝާލަމްގެ މަރާއެކު ބިދޭސީންގެ މެދުގައި ވެސް ނުތަނަވަސްކަން އިންތިހާއަށް އިތުރުވެފައިވާ ކަމަށެވެ. އަދި އެންމެންވެސް ބޭނުން ވަނީ ޝާލަމް އަށް އިންސާފުކަމަށް އޭނާ ބުންޏެވެ.

"އަހަރުމެން އެންމެންވެސް ބިރުގަނޭ. އެންމެންނާ ވެސް ރައްޓެހި މީހެއް އެއީ. ވަރަށް ދެރަވޭ އެންމެން،" ބިދޭސީ މީހާ ބުންޏެވެ.

ޝާލަމްގެ ހުވަފެތް އަނބިމީހާ އާއި ދަރިންނަން ނިކަމެތިކަން!

އާއިލާ އަށް ތަނަވަސް މުސްތަގްބަލެއް ހޯދައި ދިނުމުގެ ފޮނި އުންމީދާ އެކު މީގެ އަހަރުތަކެއް ކުރިން ރާއްޖެ އައި ޝާލަމް ގުރައިދޫ އަށް ދިޔައީ މީގެ ފަސް އަހަރު ކުރިންނެވެ. ރެއާއި ދުވާލު ބުރަ މަސައްކަތްކޮށްގެން އޭނާ ހޯދި ފައިސާ ފޮނުވަމުން ދިޔައީ އަނބިދަރިންނަށެވެ. ޝާލަމްއަކީ އޭނާގެ ބައްޕަ އާއި އަނބިމީހާ އަދި ހަތަރު ދަރިންގެ ޚަރަދު ބަލަހައްޓަމުން އައި މީހާއެވެ.

ޝާލާމް މަރުވި ޚަބަރު ދޭން ޖެހުނީ، އެމީހުންނަށް ފައިސާ ފޮނުވުމަށް ޝާލަމް އަށް އެހީތެރިވެދޭ ބިދޭސީއެކެވެ.

ޝާލަމް މަރާލާފައި އޮއްވާ ފެނުނު ސަރަހައްދު: ފޮޓޯ ކިޔުންތެރިއެއް

ޝާލަމްއަކީ ލިޔަން ކިޔަން ދަންނަ މީހަކަށް ނުވާތީ އާއިލާއަށް ފައިސާ ފޮނުވައިދެނީ އެ އެކުވެރިޔާއެވެ. ޝާލަމްގެ ވާހަކަ އަހާލި ކޮންމެ މީހަކުވެސް ދައްކަނީ އޭނާގެ ރަނގަޅު ކަމުގެ ވާހަކައެވެ.

ޝާލަމް މަސައްކަތް ކުރަމުން އަންނަ ދަނޑުގެ ވެރިޔާ އަލި މަނިކު ބުނި ގޮތުގައި ޝާލަމްއަކީ ތްހެޔޮ، އެންމެންނާއި ވެސް ގުޅޭ މިޒާޖެއްގެ މީހެކެވެ. އެއީ މަސައްކަތަށް ފަރުވާތެރި، މުރާލި މީހެއް ކަމަށް ވެސް އަލި މަނިކު ބުންޏެވެ.

"މިދިޔަ ރޯދަ މަހުން ފެށިގެން އޭނާ މިތަނުގައި މަސައްކަތް ކުރަނީ. ހަތަރެއް ނޫނީ ފަސް ވަރަކަށް އަހަރު ވެދާނެ މި ރަށުގައި ހުންނަތާ. މަންމަ މަރުވީ އަޅުގަނޑު ކައިރީ ހުއްޓާ. ބައްޕަ އެބަހުރި. އޭނާ އަކީ ވަރަށް މަސައްކަތްކުރާ މީހެއް. އަނެއްކާ ގްރޫޕް ހަދާފަވެސް ވަރަށް ނޫޅޭނެ. ވަރަށް ފަހުން އެ ސައިޓަށް އޭނާ ބަދަލުވީވެސް. އެތާ ހުންނާނެ ކުޑަ އެޕާޓްމެންޓެއް." ދަނޑުވެރިޔާ ބުންޏެވެ.

ޝާލަމްގެ އެކުވެރިންނާއި އެ ރަށުގެ ރައްޔިތުން ބުނާ ގޮތުން އޭނާ އަށް މީހަކު އެހާ އަނިޔާވެރިކޮށް ހަމަލަދޭންވީ ސަބަބެއް ނުވިސްނެއެވެ. ނަމަވެސް ރަށު ތެރޭގައި ފެތުރޭ އަޑުތަކަށް ބަލާއިރު، ޝާލަމް އަށް ހަމަލާދީފައި ވަނީ ފައިސާގެ މައްސަލައެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ހިޖާމު

    އެކްސްކިޔުޒްމީ! އެކްސްކިޔުޒްމީ! އެބޭފުޅުންގެ ގޮތަށް އެބޭފުޅުން ބަރާބަރަށް އުޅުއްވަން ދަނޑުތައް ދެއްވާފައި ހުރީމާ އެބޭފުޅުންގެ މެދުގައި ހިނގާ ކަންކަން އެބޭފުޅުން ނިންމަވަން ގެންދަވާނެ. އެކަމާ އެއްޗެއް ނުދަންނަވާ މަޑުފުޅުން ތިއްބަވާ ވަޑައިގަންނަވާ އިނގޭ!

    17
    79
    • އާދަނު

      އެކްސްކިޔުސްމީ! އެކްސްކިޔުސްމީ! ތިބޭފުޅާގެ އާއިލާގެ މީހަކު ބޭރުގައުމެއްގަ އެފަދަ ރަހުމްކުޑަ ގޮތަކަށް މަރާލީމަ ތިބޭފުޅާ ހަމަ ތިހެން ބުނާނެބާ..

      121
      5
    • އަމީދު

      ހިޖާމު ކަލޭގެ ވާހަކައިގައި ނަސްލީ އިންތިޔާޒުގެ އަސަރު ވަރައް ގަދަކަމައް ފާހަނގަކުރެވޭ. ތައުލީމު އުނގެނި ޖާހިލިއްޔަޒަމާނުގެ އާދަތައް ދޫކޮއްލާކައް ނުވޭތަ.؟

      60
      1
    • ޙައްގުބަސް

      ރަޙުމް ކުޑަގޮތަކަށްވެސް އަދި އެހެން އެއްވެސް ގޮތަކަށްވެސް މީހަކު މީހަކު މަރައިގެންނުވާނެ!! އެއީ ނުބައިވެގެންވާކަމެއް!! ދަންނަވާލަން އޮތީ ބަންގާޅީން މިގައުމަށް އެތެރެވާގޮތަކަށް އެތެރެވެ މިގައުމުގެ ގާނޫނުތަކާއި ގަވާޢިދުތަކާއި އަދި އިމިގްރޭޝަންގެ ގާނޫނުތަކާއި ޚިލާފަށް މިގައުމުގައި އުޅެވޭގޮތް މިގައުމުގެ ސަރުކާރުން މަގުކޮށާދީފައިވާކަމީ ހިތާމައިގެ ކޮޅެއް ނެތްހާ ވަރުގެ ކަމެއް!! އަދި މިބުނާ މީހުން މިރާއްޖޭގެ އެކި ކަންކޮޅުތަކަށް ބެހިގެންތިބެ ޓްރޭޑް މިނިސްޓްރީގެ ގާނޫނުތަކާއި ޚިލާފަށް ދަނޑު ހެއްދުމާއި އެކިއެކި ވިޔަފާރިތައް ކުރުމުން ގެންދިއުމާއި މާލެ ސަރަޙައްދުގައި ގެސްޓްހައުސް ހިންގަނީވެސް ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުންނާއި ރަގަނޅު ހަރުދަނާ ފިޔަވަޅު ނޭޅުމުގެ ސަބަބުން!! މިރާއްޖޭގައި ގަވާޢިދާއި ޚިލާފަށް އުޅޭ ބަންގްލަދޭޝް މީހުންނަށް ހިތްވަރުދީ އެމީހުން ލައްވާ އެކިއެކި މަސައްކަތް ކުރުވަނީ މިގައުމުގެ ބޮޑެތި ކުންފުނިތަކުންނާއި މިގައުމުގެ ބައެއް ޢާންމު ފަރުދުން!! ގާނޫނުތަކާއި ޚިލަފާށް އުޅޭ ބަޔަކަށް ވަޒީފާދީ އަދި ގޭގެ މަސައްކަތްކުރުވުމާއި ދަނޑުބިންތަކުގައި މަސައްކަތްކުރުވާ ދިވެހިންނާއި ދޭތެރޭ ފިޔަވަޅު ނޭޅެނީވެސް ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން! ބަންގްލަދޭޝްގެ މީހުން އެމީހުން އެމީހުނާއި މާރާމާރީ ހިންގާ ކިތައް މީހުން މިގައުމުގައި އެމީހުން މަރާފައިވޭ؟ މިކަހަލަ އެތައް ބޮޑެތި ކުށުން ފެށިގެން ކުޑަކުށްތައްވެސް މިގައުމުގައި މިއުޅޭ ބަންގްލަދޭޝް މީހުން އެބަހިންގާ!! އިޖްތިމާޢީ އެތައް މައްސަލަތަކެއް އެބަނިކުމޭ!! ކައިވެނިތައް އެބަރޫޅޭ މިމީހުންގެ ސަބަބުން!! މިއީ މިގައުމުގައި ވެރިކަމެއް އޮތިއްޔާ ވިސްނާ ފިކުރު ހިންގަންޖެހޭ ކަންކަން!! ޙައްލު ހޯދަންޖެހޭ ކަންކަން!! ގަވާއިދާއި ޚިލާފަށް މިގައުމުގައި އެއްވެސް ބަޔަކަށް އެއްވެސް މިންވަރަކަށް އުޅެ ބޮޑެތި ކުށްތައް ކުރުމުގެ މަގު ބަންދުކުރަން ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ!!

      23
  2. ޙަސަނު

    ފުލުހުން މި މައްސަލަ ބަލާތަ އެބަ ދެން ބުނޭ މި ވެސް އައިސިސް ގެ ކަމެކޭ ހުރިހައި ނަމެއް ހައުވަކަރު އޮޑިއަށް

    75
    9
  3. މާލެ ބޭބެ

    ބަގްލާދޭޝްގައ އެންމެ ހާޑް ލޭބަރަކަށް ލިބެނީ މަހަކު 100 ޑޮލަރ ނަމަވެސް އެއީ ރަގަޅު އާމްދަނީއެއް.. 1984 1990 ދިވެހިންގެ ލޭބަރގެ މުސާރަޔަކީ 400 ނުވަތަ 600 ވަރަކަށް ރުފިޔާ އެކަމަކު މެނޭޖްކުރެވޭ..ރާއްޖޭގައި އުޅޭ ބޭރު ލޭބަރަކަށް މަހަކު 7000 ރ ވަރު ލިބޭ.. ޕޮލިހުންގެ ތެރޭ އުޅުނު މީހުންނާއި ބޯޑަރ ގާޑުންގޮތުގައި އުޅެފަތިބި މީހުން ރާއްޖޭގައި އެބައުޅޭ... މިފަދަ ރަހުމް ކުޑަ އަނިޔާ އަކީ އަނިޔާ...

    51
    3
  4. Anonymous

    تقبل الله منا ومنكم

    އައިޓަމްސް ޓީމްގެ ފަރާތުން އެންމެހާ
    ކަސްޓަމަރުންނަށް ޢީދުގެ ތަހުނިޔާ އަރިސްކުރަމެވެ.
    ޢީދު މުބާރިކް

    23
    21
  5. މުހަންމަދު

    އޭނާއަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވާށި..އަދި އޭނާގެ ގާތިލުންނައް އެމީހުންގެ ހައްގު އަދަބު ދުނިޔެއާއި އާޚިރަތުގައި ދެއްވާށި. އަދި އޭނާގެ އަނބިދަރީންނާއި މައިންބަފައިންނާއި އާއިލާއަށް ކެއްތެރިކަން ދެއްވާށި. އަދި އެމީހުންނައް ލިބުނު ގެއްލުމާއި ހިތާމައިން އަރައި ގަނެވޭނެގޮތް މިންވަރުކުރައްވައި ނިކަމެތިކަމާއި ދަތި ދިރިއުޅުމައްދޫނުކުރައްވަވާ ފާގަތިކަމާއި ތަނަވަސްކަން މިންވަރުކުރައްވާށި.

    107
    2
  6. ޢަލިބެ

    ފޮޓޯއިން އެފެންނަނީ ފުލުހުންދަމާ ރީނދޫ ޓޭޕް. އެދެން ނިމުނީ. ދެންކުރާނީ ތަޙުޤީގު. އެނުނިމޭނެ ދުވަހަކުވެސް.

    81
    5
  7. މސ

    ސާލަމްއަށާއި އެނާގެ އާއިލާއަށް އިންސާފު ހޯދައިދިނުމަށް
    ގޮވާލަމެވެ ރާއްޖެއަކީ ސަތޭކަ ޕަސެންޓް މުސްލިމުން ދިރިއުޅޭ ގައުމަކަށްވާއިރު މިފަދަ އަނިޔާވެރި އަމަލުތައް
    ރާއްޖޭގެ އެއްވެސް ކަންކޮޅެއްގައި ހިންގަން ޖާގަދެވިގެން
    ނުވާނެއެވެ. މިފަދަ ލާއިންސާނީ އަމަލުތައް އެންމެހަރުކަށި
    ގޮތުގައި ކުށްވެރި ކުރަމެވެ.

    76
    2
  8. Anonymous

    ހެޔޮ ރަޙްމަތް ލައްވާށި.
    އަނިޔާވެރިންނާ އަނިޔާލިބުނު މީހުން މެދުގައި ޢަދުލު އިންސާފު ގާއިމު ކުރުން ޝައްކެއް ނެތް ގޮތުގައި ކަލާނގެ ހަޒްރަތުގަ ގިޔާމަތް ދުވަހު.
    މިއަދު ނިކަމެތި މީހާއަށް ހައްގު ނުލިބިދާނެ،

    66
    1
  9. ސައްތާރު

    މިހާލަތުގައި ރަށްޔިތުން ކުރަންވީ ކަމަކީ އެކި ސަރަހަށްދުތަކުން އެއްވެސް ހުއްދައެއްނެތި ރަށަށް އަރައިތިބި ބިދޭސީ މީހުން ރަށުންބޭރުކުރުން. ރަށަށް ބިދޭސީއަކު އަރަންޏާ ރަށު ކައުންސިލުން އޭނާގެ މައުލޫމާތު ބެލެހެއްޓުން. އޭރަށް މައްސަލަތަށް ކުޑަވާނެކަމަށް ދެކެން.

    54
    4
  10. ބަންގްޅާ ބޭފުޅު

    ހަމަޔަގީނުންވެސް ބަންގްޅާ ބޭފުޅުންނައް ހުޅުމާލެއިން ފުލެޓާއި ރަގަޅު މުސާރައާއި ރަގަޅު ސިއްހީ ނިޒާމު ފޯރުކޮއްދެވޭނަމަ ތިކަހަލަ ހާދިސާތަކެއް ނުހިނގާނެ.

    6
    16
  11. މާމިގިލީ މީހާ

    ތިވާނީ ފައިސާ ތިފޮނުވާ ބަންގާޅީ ކާޅައް. މީގެ ކުރިން މާމިގިލީގަ ވެސް ތިޔަ ކަހަލަ ހާދިސާއެއް ހިގި. ބަނދަރުތެރެއަށް މަރާލާފަ އެއްލާލާފަ އޮތީ. އޭނާގެ ފައިސާކޮޅުގެ ދަހިވެތިކަމުގަ.

    25
    4
    • ޢަފީ

      ތިހިޔެއްނުވޭ ދިވެއްސެއްގެ ކަމަަކަށް ވާނެހެނެއް، އެމީހުން އްމީހުންނަށް ކުރިކަމަކަށްވެދާނެ.ދިވެހިން އެހާ ރަހުމް ކުޑައެއްނުވާނެ.

      10
      18
  12. މަނިކ

    ތީވަރަ އްފިނޑި އަމަލެ އް ތި އަމަލް ކު އްވެރިކުރަން

    10
    1
  13. ވަރަށް ދެރަ

    ﷲގެ ޙަޟްރަތުން، މަރުޙޫމް ގެ ފާފަ ފުއްސަވައި، ކަށްވަޅު ތަނަވަސް ކުރައްވައި، ސުވަރުގޭގެ ނިޢުމަތް މިންވަރު ކޮށްދެއްވައި، ޢާއިލާއަށް ކެތްތެރިކަމާއި، ފޯރުންތެރިކަން ދެއްވައި، އޭނަގެ ދަރިންކޮޅަށް ފަހު މުސްތަޤްބަލެއް މިންވަރުކޮށްދެއްވުމަށް އެދި ދުޢާ ކުރަމެވެ! އާމީން، ޔަޤީނާ ގާތަށް އެނގޭ ކަމަކީ ތިއީ ފައިސާއާ ގުޅުން ހުރިކަމެއް ކަމެވެ. ޝާލިމް އަކީ ލިޔަންކިޔަން ނުދަންނަ މީހެއްކަމުން ރަށަށް ފައިސާ ފޮނުވުމުގައި އެހީތެރިވާ މީހާއާ ސުވާލުކޮށް ތަޙުޤީޤު ކުރަންޖެހެއެވެ. ވަރަށް ގިނަފަހަރު އެފަދަ މީހުން ދޯކާ ދީފައި އެބަހުއްޓެވެ. ﷲގެ އިރާދަފުޅާއިއެކު ދިވެހި ފުލުހުން، ޝާލިމް އަށް އިންސާފު ހޯދައި ދެއްވުމުގައި ކާމިޔާބުވާނެ އެވެ.

    14
    1
  14. ޢަދުރޭ

    އޭނާ އަށް ފައިސާ ފޮނުވަދޭ މީހާޔާ އެހެން ބަޔަކާ ގުޅިގެން ހިންގި ކަމާއި މެދު ވަރަށް ޝައްކު

  15. މުބީނު މާރނީ

    ތިޔަ ރަށުގަ ތިބި އެހެން ބަންގާޅީންނަށް ބިރުދައްކާ ޓޯޗަރ ކުރީމާ ތިޔަކަން ހޯދޭނެ. ތިޔަ ކަން ކޮށްފަ ތިޔަ އޮތީ އެހެން ބަންގާޅީ އެއް.

    9
    1
  16. އަލީ މުހައްމަދު އަދި އަހްްމަދު

    ތިތާ ތިހިނގި ކަން ނޭނގޭނެ މީހެއް ނުހުންނާނެ. ފައިސާ އެއްގެ މައްްސަލައެއްގައޭ. ތިއީ ތި ބޮންްދުންގެ މެދު ހިނގި ހަމަނުޖެހުމެއް. ތިމީހުންްގެ އުޅުންދަންްނަނަމަ އެނގޭނެ އެމީހުންް އެކަކު އަނެކަކާ އަބަދު ތިބެނީ ޒުވާބު ކޮއްލަކޮއްލަ. މަ ބުނަންް ތަވާހަކައެއް ބޮންދުންނަކީ ބޮޑު ބިރެއް އަހަރެމެންް ދިވެހިން ވެއްޖެ އަހަރެމެންް އަމިއްްލައައް މަސަތްކަތް ކުރަންް. ތި ބޮންްދުން ޑީޕޯޓުކޮއްލާ.

    24
    1