ކޮވިޑް-19 އާ ހުރެ ދިވެހި އެތައް ބައެއްގެ ދިރިއުޅުމަށް ބަދަލު އައިސްފިއެވެ. ބަލީގެ ބިރުވެރިކަމާ ގުޅިގެން އަމިއްލަ ސަލާމަތް ހޯދަން އެމީހަކަށް ކުރެވުނު މަސައްކަތެއް ދަނީ ކުރަމުންނެވެ. އެ ނޫން ގޮތަކަށް ބަލިން ސަލާމަތްވެވޭކަށް ވެސް ނެތެވެ. މިއީ ވެކްސިނެއް ފަރުވާއެއް ހޯދިފައި ނެތް ބައްޔެކެވެ. މި ބަލީގެ ހަމައެކަނި ޝިފާއަކީ ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމެވެ. ރާއްޖެ އިން ފެންނަ އަދަދުތަކަކީ އެކަމަށް ރައްޔިތުން ވިސްނި ވަރެވެ.
ފުރަބަންދުގައި ލުއިތަކެއް ދިނުމާ ގުޅިގެން އެންމެ ބޮޑު ބަދަލެއް އަންނާނެ އެއް ބަޔަކީ ޓެކްސީ ޑްރައިވަރުންނާއި އެމީހުންގެ ކާރުތަކެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމު ގައިދްލައިންގައި ޓެކްސީތަކުގައި ޕާޓިޝަން ޖަހައި ބިއްލޫރި ހުންނަން ވާނީ ތިރިކޮށްފައެވެ. އަދި މިއަދުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް ޓެކްސީތައް ބޭނުން ކުރަން ވާނީ އެގޮތަށް ބަދަލުތައް ގެނެސްގެންނެވެ.
ޓެކްސީ ތަކުގައި ޕާޓިޝަން ޖެހުމަކީ ރާއްޖޭގެ ގިނަ ޓެކްސީ ޑްރައިވަރުންނަށް އާ ކަމަކަށް ވެދާނެއެވެ.
ނަމަވެސް، ގދ. ތިނަދޫގައި ޓެކްސީ ހިދުމަތް ދެމުންގެންދާތާ 23 އަހަރުވެފައިވާ މުހައްމަދު ހަސަން ދީދީ 52، ވަނީ ކާރު އެގޮތަށް ބަދަލުކޮށްފައެވެ. މުހައްމަދަކީ ކާރަށް މިހާ ބޮޑެތި ބަދަލުތަކެއް ގެނައި ފުރަތަމަ ޓެކްސީ ޑްރައިވަރެވެ.
މުހައްމަދު ވަނީ ތިނަދޫގައި އޭނާ ޓެކްސީ ކުރަމުންދާ ކާރުގައި ޕާޓިޝަން ޖަހައިފައެވެ. އޭނާ އެ ޓެކްސީގައި ޕާޓިޝަން ޖެހުމަށް ބޭނުންކޮށްފައި ވަނީ ފިލައެކެވެ. އެ ފިލާ ކަފައި، ޓެކްސީގެ ކުރީ ސީޓާއި ފަހަތު ސީޓާ ދެމެދު ހަރުކޮށްފައިވާ އިރު، އޭގައި ބިއްލޫރިގަނޑެއް ޖަހާފައި ވަނީ ފަހަތުގައި ތިބި މީހުންނަށް އޭނާ ފެންނާނެ ހެންނެވެ. އަދި ފަހަތުގައި ތިބޭ މީހުންނަށް އޭސީ ފިނި ލިބޭ ގޮތަށް ކާރު އޮތީ ހަމަ ރަނގަޅަށް ތައްޔާރުކޮށްފައެވެ.
މުހައްމަދަކީ ތިނަދޫގައި އެންމެ ޒަމާންވީ އެއް ޓެކްސީ ޑްރައިވަރެވެ. ތިނަދޫ މީހުންގެ އިތުބާރު ހޯދާފައިވާ، ރަށަށް އެހާ ފަރިތަ މީހެކެވެ.
"ތިނަދޫގައި އާއްމުކޮށް އަޅުގަނޑަށް ގިނައިން ގުޅަނީވެސް މީހުން ތަނަކަށް ދާން ވިޔަސް، މި ބުނާހެން މީގެ 23 އަހަރު ކުރިން ފެށި މަސައްކަތެއް މިއީ". މުހައްމަދު ބުންޏެވެ.
މުހައްމަދު ބުނި ގޮތުގައި، އޭނާ ކާރުގައި ޕާޓިޝަން ޖަހާފައި ވަނީ އޭޕްރިލް 16 ވަނަ ދުވަހުއެވެ. އެއީ މާލެ ސިޓީން ކޮވިޑް-19 ފެނި އެ ބަލީގެ ބިރުވެރިކަން އެ ސިޓީއަށް ފެންނަން ފެށި ދުވަހެވެ.
މުހައްމަަދު ބުނީ އޭނާ ޓެކްސީއެއްގެ ގޮތުގައި ބޭނުން ކުރާ އެ ކާރުގައި ޕާޓިޝަން ޖަހަން ނިންމީ، އޭނާއަކީ ހިތުގެ މައްސަލައެއް ހުންނަ މީހަކަށް ވެފައި، ކޮވިޑް-19ގެ ނުރައްކާތެރިކަން އެންމެ ބޮޑު މީހުންގެ ތެރޭގައި އޭނާ ފަދަ މީހުން ހިމެނޭތީ، ރައްކަލަކަށެވެ.
"އަޅުގަނޑަކީ ހިތުގެ މައްސަލައެއް ހުންނަ މީހެއް، ދެން ކޮވިޑް-19ގެ ނުރައްކާތެރިކަން ކިޔާލި އިރުގައި އަހަރުމެންނަށް އެންމެ ރިސްކު ބޮޑީ، ދެން ސަލާމަތްކަން މިއޮތީ އެގޮތަށް ހެދީމަ ކާރަށް އަރާ އެހެން މީހުންނަށް ވެސް". މުހައްމަދު ބުންޏެވެ.
އޭނާ ބުނީ، މިހާރު އެގޮތަށް ޕާޓިޝަން ޖެހުމުން ކާރަށް އަރާ މީހުންނާއި އޭނާއާ އޮންނަނީ ގުޅުން ކެނޑިފައި ކަަމަށެވެ.
މުހައްމަދު ބުނި ގޮތުގައި، އޭނާ ޓެކްސީގައި ޕާޓިޝަން ޖެހުމަށްފަހު، އޭގެ ވީޑިއޯއެއް އޭނާގެ ރަހުމަތްތެރިންނާއި ހިއްސާ ކުރިއެވެ. އެއިރު އެއްވެސް މީހެއްގެ ފަރާތުން ކޮމެންޓެއް ނާންނަ ކަމަށް އޭނާ ބުންޏެވެ.
"މިހާރު އަޅުގަނޑު ވަރަށް އުފާވެއްޖެ، ފުރަތަމަ އަޅުގަނޑު މި ހަދައިގެން އޭޕްރިލް 18 ވަނަ ދުވަހު ފޮނުވިން މީހުންނަށް، އަސްލު އޭރު ކޮމެންޓެއްވެސް ނާދޭ، ރަނގަޅު ކޮމެންޓެއް. ބައެއް މީހުން ހީލާފައި އުޅުނީ". މުހައްމަދު ބުންޏެވެ.
ނަމަވެސް ސަރުކާރުން ކާރު ތަކުގެ ޕާޓިޝަން ޖެހުމާއި ގުޅޭ ގޮތުން ވާހަކަ ދައްކަން ފެށި ފަހުން މީހުންގެ ކޮމެންޓްތައް ލިބެން ފެށި ކަމަށް އޭނާ ވަނީ ބުނެފައެވެ.
"ވަރަށް އުފާވި މިކަހަލަ ކަމެއް މިހެން ކުރެވުނީމަ،" އޭނާ ބުންޏެވެ.
އަހަންމަދާ ކޮބާ މާސްކު؟
ކުރީގެ ފޮޓޯއެއް ކަމަށްވާނީ.
ހެެހެހެ ކޮބާ ރައްކާތެރިވެފަ
މާސްކުއޮންނާނެގޭގަ
ޓެކްސޫގަ ޕާޓިޝަން ޖަހަން ޖެހޭ ޕްރައިވެޓް ކާރުރުގައި ޖަހަން ނުޖެހޭ ސިފައިން ފުލުހުން ދުއްވާ އެއްޗެހީފައި ޖަހަން ނުޖެހޭ ދެއުޅި އެއްނުވާ ގަވާއިދު
ކޮޔާ! ބޮޑެތިމީހުން ބޮޑުވާނެ ކައްވަޅުގަވެސް. ކޮންނަތަން ބޮޑުވާނެނު. ކޮރޯނާވައިރަސް ސަލާމްބުނި. ހުރިހާ ޑަކްޓަރުންނަށް.
އެ ކަމަ ކު މާސް ކް އެޅުން ވަރަށް މުހިންމު
އަދި ފަހަތުގައި ތިބޭ މީހުންނަށް އޭސީ ފިނި ލިބޭ ގޮތަށް ކާރު އޮތީ ހަމަ ރަނގަޅަށް ތައްޔާރުކޮށްފައެވެ.
އޭސީ ފިނި ލިބޭނީ ކިހިނެއްބާ ބިއްލޫރިގަނޑު ތިރިކޮށްގެން ދުއްވަން ބުނެފަ އޮތީ ?
ޓެކްސީޑުރައިވަރު ވަރަށް ބަރާބަރު! އެކަމަކު މާލެ، ތިނަދޫ އަދި ކުޅުދުއްފުށި ކަހަލަ ތަންތާނގައި ކުއްލި ޙާލަތެއްގައި މެނުވީ ކާރެއްގައި ދާންޖެހޭ ތަނެއް އޮންނާނެހެނެއް ހިއެއްނުވޭ! ހިނގާފައި ކޮންމެތާކަށްވެސް ދެވޭނެ 5 މިނެޓުން! ސިއްހަތަށްވެސް ފައިދާވާނެ! އައްޑޫ ފުވައްމުލައް އަދި ލ.އަތޮޅު ކަހަލަ ނިސްބަތުން ތަންކޮޅެއް ބޮޑެތި ސަރަައްދުތަކުގައި ބަސް ބާއްވަބަލަ! ރާއްޖޭގެ ނިސްބަތުން ތަންކޮޅެއް ބޮޑަސް މިތަންތަނަކީ ވެސް އެހެން ޤައުމުތަކާ ބަލާއިރު ކުޑަ އަވަށަކަށްވާވަރަށްވުރެވެސް ކުދި ތަންތަން! ރާއްޖެއަށްވުރެ 2 ގުނަ އާބާދީ ކުޑަ، ކުޑަކުޑަ ސީޝެލްސްގެ މައިރަށް ވެސް މުޅި ރާއްޖޭގެ ހިކިފަސްތަނަށް ވުރެބޮޑު!! ކެކެ
އަނެއްކާ އަނެކަކު މަޝްހޫރުވީ. ބޯހަލާކު
މިރާއްޛޭގަ މީހަކު ނުގޮތަކަށް ފޮޑިއެއް ޖަހާލިޔަސް މިއޮންނަނީ މަޝްހޫރު ވެފަ. އިހަކަށް ދުވަހުވެސް ފާޑެއްގެ ފުޅިތަކަކުން ޕަމްޕޮތަކެއް ހަދަިގެން ވެންޓިލޭޓަރ އުފައްދައިފިއޭ ކިޔައިގެން ހުރިހާ ނޫސްތައް ކުޑަކުރި އިރު މީހީވަނީ އެންފަދަކަމެއް ހެން