ހދ. އަތޮޅަށް އުފަން އިބްރާހިމް ނިޔާޒާއި ށ. އަތޮޅަށް އުފަން އިބްރާހިމް ސުނިލްއަކީ މާލޭގައި ގެއަކުން ކޮޓަރިއެއް ހިފައިގެން ދިރިއުޅެމުންދާ ދެ ޒުވާނުންނެވެ. މާލޭގެ ފިހާރައެއްގައި މަސައްކަތް ކުރަމުން އަންނަ ދެ ޒުވާނުންގެ ތެރެއިން އެކަކަކީ ކޮވިޑް-19 ގެ އަލާމާތްތައް ފެނުނު ޒުވާނެކެވެ. އެމީހުންގެ ނަތީޖާތައް ނައްސިވި ކަމުގައި ވިޔަސް، ހިތްހަމަޖެހުން ލިބުނީކީ ނޫނެވެ. ބަދަލުގައި ދިމާވީ އުނދަގުލާއި ތަކުލީފެވެ.
މާލޭގައި ކޮވިޑް-19 ފެތުރިފައިވާތީ ކަމާބެހޭ ފަރާތްތަކުން އިރުޝާދު ދީފައި ވަނީ ލަސްނުކޮށް އެކަން އެންގުމަށެވެ. އަދި ބަލީގެ އަލާމާތްތައް ހުރި ނަމަ، ސުންކު ނަގައި ތަންތަން މޮނިޓަރިން ހާލަތަށް ގެނައިމާއި މީހުން އެކަހެރި ކުރުމަކީ މިއަދު ދިވެހި މުޖުތަމައުގެ އާދައެވެ.
އެކަމަކު ކޮވިޑް-19 އާއި ގުޅޭ ގޮތުން ބައެއް އިންތިޒާމްތައް ރޭވިފައިވާ ގޮތުން އެތައް ދަތިތަކަކާ އާއްމުންނަށް ވަނީ ކުރިމަތިލާން ޖެހިފައެވެ.
ކޮވިޑް-19 އަށް ޓެސްޓް ކުރި ދެ ޒުވާނާ ވެސް ދަތިތަކާ ކުރިމަތިލާން ޖެހުނެވެ.
އެ ދެ މީހުންގެ ތެރެއިން ނިޔާޒްގެ ގައިން އަލާމާތްތައް ފެންނަން ފެށީ މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހުއެވެ. އެގޮތުން ހުން އައިސް ރޯގާ ޖެހުމުގެ އަލާމާތްތައް ގައިން ފެނުނެވެ. އެ ރޭ ބޭސް ކައިގެން ނިދުމުން ޖެހިގެން އައި ދުވަހުގެ ހެނދުނު ހުމުގެ އަސަރު ކުޑަވިއެވެ.
ނަމަވެސް އެ ދުވަހުގެ ހަވީރު ހުން އައިސް ނޭވާ ކުރުވާ ގޮތް ވުމުން މަސައްކަތުގައި އުޅެފައި އަނބުރާ ގެއަށް އައީއެވެ.
"ދެން 26 ވަނަ ދުވަހު ހެނދުނު އަަހަރުމެން ގުޅީ އެޗްޕީއޭއަށް. ގުޅިމަ ބުނީ ތިން ދުވަސް ވާނެއޭ ސުންކު ނަގަން އަންނަން. ދެން ތިން ދުވަސް ވަންދެން މަޑު ނުކުރަން ވެގެން އަމިއްލަ އަށް ދިޔައީ މާލޭ ސްވިމިން ޓްރެކް ކައިރީގައި ހުރި ދަތުރުވެރިންގެ ފްލޫ ކްލިނިކްއަށް. ގޮސް ސުންކު ނެގީ. އިތުރަށް ގޯސްވާ ވާހަކަ ވެސް ބުނިން. އަވަސް ކުރަން ރިކުއެސްޓް ކުރިން. ދެން އަވަސް ނުވީމަ ދިޔައީ ފްލޫ ކްލިނިކަށް." ނިޔާޒް ކިޔާދިނެވެ.
ޓެސްޓްގެ ނަތީޖާ ނައްސި: އެކަމަކު އޮޅުން ބޮޅުން ބޮޑު
ފްލޫ ކްލިނިކަށް މިދިޔަ މަހުގެ 26 ވަނަ ދުވަހު ހެނދުނު ގޮސް ޓެސްޓް ހެދުމުން އެ ޓެސްޓުގެ ނަތީޖާ ޖެހިގެން އައި 27 ވަނަ ދުވަހު ލިބުނެވެ. ސުނިލް އާއި ނިޔާޒް އާއި އުޅެމުން އައީ އެއްތަނެއްގައި ކަމަށް ވާތީ، އަލާމާތްތައް ފެނުނީ ހަމައެކަނި ނިޔާޒްގެ ގައިން ކަމަށް ވީ ނަމަވެސް ދެ މީހުން ވެސް ވަނީ ކޮވިޑް-19 އަށް ޓެސްޓްކޮށްފައެވެ.
ޖެހިގެން އައި ދުވަހު ޓެސްޓްގެ ނަތީޖާ ލިބުނު އިރު، ދެ މީހުން ވެސް ކޮވިޑް-19 އަށް ނައްސިއެވެ.
ނަމަވެސް ދެން އައީ އޮޅުން ބޮޅުން ބޮޑު ދުވަސްތަކެކެވެ.
" އެޗްޕީއޭއިން ގުޅާފަ ބުނީ ނައްސިއޭ ދެ މީހުން ވެސް. ދެން އެ ދުވަހު ޑާޓާ ހުރީ ހުސްވެފައި ފޯނުގައި. ނައްސި އޭ ބުނީމަ ދެމީހުން ދިޔައީ ޑިއުޓީއަށް. ގޮސް ޑިއުޓީ ނިިމެނިކޮށް ފޯނަށް ޑާޓާ އެޅީ. އެޅި އިރު އެޗްޕީއޭއިން މި އޮންނަނީ ފޮނުވާފަ ގެ މޮނިޓަ ކުރި ކަމުގެ ލިޔުމެއް. އެ ލިޔުން ފޮނުވީ އަހަންނަށް އެކަނި. 27 ގެ ރޭގަނޑު 11 ހާއިރު ފޮނުވާފަ އިނީ." ނިޔާޒް ކިޔައިދިނެވެ.
އޭގެ ކުރިން އެ ދެ މީހުން ކޮވިޑް-19 އަށް ނައްސިކަން އަންގަން ގުޅި އިރު އެޗްޕީއޭއިން އެ ދެ މީހުން ކުރެ އެއްވެސް މީހެއް ގާތު، ގެ މޮނިޓަރިން އަށް ލާ ވާހަކަ ބުނެފައެއް ނުވެއެވެ. އަދި އިދާރީ ގޮތުން ސާފުކޮށްދޭން ޖެހޭ ކަންކަން ސާފު ނުވާކަމަށް ވެސް ނިޔާޒް ބުންޏެވެ.
" އެޗްޕީއޭއިން ގުޅި 28 ގައި ސުންކު ނަގަން. އަހަރުމެން ބުނިން ނަތީޖާ ވެސް ލިބިއްޖެއޭ. އެޗްޕީއޭ އިން މިގެ މޮނިޓަރިންއަށް ލީ ވާހަކަ ވައިބަ ކުރި. އެކަަމަކު ގޭ ބޭރަކު ނެތް އެއްވެސް ލިޔުމެއް. އެކަމާއި ސުވާލު ކުރުމުން ޖަވާބެއް ނުދޭ. ދެން އެހެން އޮއްވައި ޖޫން އެކެއްގައި އަނެއްކާ ފޮނުވި މެއިލް އެއް 26 އިން ފެށިގެން ދެ މީހުން އައިސޮލޭޝަން އަށް ލީކަމަށް." ނިޔާޒް ބުންޏެވެ.
އެ މެއިލް އާ ގުޅޭ ގޮތުން ސުނިލް ބުނީ އޭގެ ކުރިން ގެ މޮނިޓަ ކުރިކަމުގެ ލިޔުން ވެސް އޭނާ އަށް ފޮނުވާފައި ނުވާކަމަށެވެ.
"އެޗްޕީއޭއަށް 26 ގައި ގުޅީމަ ބުނި އިދާރީ އޮޅުމަކަށްވެދާނެއޭ. މިސް ކޮމިއުނިކޭޝަންއަށް. ނައްސި ވިޔަސް މޮނިޓަރިންއަށް ލާން ޖެހެއޯ. އެކަމަކު އެ މެއިލްގައި އިން އައިސޮލޭޓްވުމުން އެނގެންޖެހޭ ކަންތައްތައް ލިޔެފަ ސޮއިކުރަން. އެ ލިޔުމުގަ އަހަރުމެން ލައްވާ ސޮޔެއް ނުކުރުވާ. ސޮއި ނުކުރަންޏާ އެ ލިޔުން ސައްހަ ވާނެތޯ ސުވާލުކުރުމުން އެއަށް ވެސް ޖަވާބެއް ނުދޭ،" ސުނިލް ބުންޏެވެ.
އެކަހެރިވާން ޖެހުމުން ދެ ޒުވާނުންނަށް ކެއިން ބުއިމުގައިވެސް ދަތިތަކެއް
ކޮވިޑް-19 އަށް ކުރި ޓެސްޓް ނައްސިވި ނަމަވެސް އެ ދެ މީހުން އެކަހެރިވާން ޖެހުމުން އިތުރު ދަތިތަކާއި ދިމާވިއެވެ. އެ ދުވަސްކޮޅަކީ މަހުގެ ފަހުކޮޅަށް ވުމާއެކު ފައިސާގެ ދަތިކަން އިންތިހާއަށް ހުރުމުން ކެއިންބުއިމުގެ ކަންކަން ހަމަޖައްސަން އެ ދެ މީހުންނަށް ވަނީ ދަތިތަކާ ދިމާވެފައެވެ.
ސުނިލް ބުނީ 14 ދުވަސް ވަންދެން ވަޒީފާ އަށް ނުދެވޭތީ އެ ދެ މީހުންނަށް ފައިސާގެ ދަތިކަމާ ވަރަށް ބޮޑަށް ކުރިމަތިލާން ޖެހުނު ކަމަެވެ.
އެކަމަށް ހައްލެއް ހޯދުމަށް ކަމާ ބެހޭ ފަރާތްތަކަށް ގުޅި ނަމަވެސް އެދެވޭ ހައްްލެއް ނުލިބުނު ކަން އޭނާ ބުންޏެވެ.
" އެންމެ ފުރަތަމަ ގުޅީ އެޗްޕީއޭ އަށް. އެޗްޕީއޭއިން ބުނީ ޖެންޑަ ނޫނީ ޑިޒާސްޓައިންނޭ ތިކަން ހަމަޖައްސާނީ. ޑިޒާސްޓަ އަށް ދެ ފަހަރު ގުޅީމަ ނުނަގާ. ޖެންޑާ އިން ބުނީ ޖެންޑަ އިން ކެއުން ފޯރުކޮށްދެނީ ހާލުގައި ޖެހުނީމައޭ. ހޯމް ކަރަންޓީނަށް ނުކޮށްދެމޭ. އެކަމަކު އެޗްޕީއޭގެ އައިސީޕީން ކޮށްދޭނެއޭ. ދެން އެޗްޕީއޭގެ އައިސީޕީއިން ބުނީ އެމީހުންކޮށްދެނީ ޑެލިވަރީއޭ،" ސުނިލް ބުންޏެވެ.
ސުނިލް ބުނީ އޭނާ އާއި ނިޔާޒް ގޭގައި އެކަހެރިކުރުމުން ފައިސާގެ ދަތިކަން ދިމާވެ ކާނެ ގޮތެއް ނެތްކަން ކަމާއި ބެހޭ ފަރާތްތަކަށް ކިޔައިދިނުމުން ދެން އެދުނީ ރެޑްކްރެސެންޓަށް ގުޅަން ކަމަށެވެ. ރެޑްކްރެސެންޓަށް ރަސްމީކޮށް ނުގުޅި ނަމަވެސް އެތަނުގައި ހަރަކާތްތެރިވާ މީހަކަށް ގުޅުމުން އެކަމުގެ އިންތިޒާމް އޮތްގޮތް ބަލާނެ ކަމަށް ބުނުމަށް ފަހު ޚަބަރެއް ނުވާ ކަމަށް އޭނާ ބުންޏެވެ.
އެހެންކަމުން މިހާރު ގޭގައި އެކަހެރިވެގެން ތިބި އިރު ތިބެން ޖެހިފައި ވަނީ އެއް ވަގުތު ކެއިއްޔާ އަނެއް ވަގުތު ނުކައި ކަމަށް އޭނާ ވަނީ ބުނެފައެވެ.
ކޮވިޑް-19 އާ ގުޅިގެން އައިސޮލޭޓް ކުރާ މީހުންނަށް މިފަދަ އެތައް ދަތިތަކަކާ ކުރިމަތިވާއިރު އެކަންކަން ހައްލުކޮށްދޭން މަސައްކަތް ކުރާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ވިދާޅުވެއެވެ.
"އެޗްޕީއޭއަށް 26 ގައި ގުޅީމަ ބުނި އިދާރީ އޮޅުމަކަށްވެދާނެއޭ. މިސް ކޮމިއުނިކޭޝަންއަށް.
އޮޅުންބޮޅުން އަބަދުވެސް
ވަރަށްދެރަ ވިލިވަރުގައި ތިބި މީހުންނަށް ކެއުން ވަރަށް ސަކަރާތް ކަމާބެހޭ ފަރާއްތަކުން ނުބަލާ ބަލަމޭ ބުނަނީ ގިނަ ދިވެހިންނަކީ ހެނދުނު ކަޅުސައިބޯ މީހުން ކަޅުސައި ފޮދެއްވެސް ވިލިވަރުގައި ތިބި މީހުއްނަށް ނުލިބޭ ...
ތިކަހަލަ ހާލަތެއް ކުރިމަތިވެ ކަމާއިބެހޭ ފަރާތަކުން އަޅާނުލައިފިއްޔާ ބާރަށް ގޮސް ޕޮލިހަށް ދިއުން އެއްމެ ބުއްދިވެރިވާނީ. މިސަރުކާރުގެ ކަމާއިބެހޭ ފަރާތް ތަކުން ރައްޔިތުންނަށް ވަރަށް ބޮޑު ތަކުލީފް އެބަޖައްސާ.
އޭރުންދޯ ގަވާއިދާ ޚިލާފަށް ހުއްދަނުނަގާ ބޭރަށް ނުކުތީމާ ކުރާ ޖޫރިމާނާ 1000ރުފިޔާ ދައްކަން ޖެހޭނީ.
ބަންގާޅިން ބަލިވެދާނެ ކަމަށް ބަލާ ސެނަހިޔައިން ސިފައިންގެ ޑޮކްޓަރުން ފޮނުވައިގެން ވިންދުބަލާދޭ. އެވެރިންނަށް ކާނާއާއި ސައިބޯންޏާ ލޯޝަން ރެޑްކުރެސެންޓުން ހޯދާދޭ ޑިސާސްޓަރ މ އޮތޯރިޓީން ވަންނާނެ ތަނާ ނިދަން މޮޅު ގޮަދަޑިދޭ. އެޗްޕީއޭއިން ބޮރޯބޮރު ހާލްބަލާނެ ނަޒުލާ
މިފެންނަނީ ރަސޫލާ ދުވާ ދެއްވާފަ ހުރި ސޯލިބޭ ސަރުކާރުގެ ލޮނދިކަން
ކަލޭނެ ޢެވެސް އިންސާނުންނޭ
ކުރެވެން ހުރި ޙުރިހައި ކަމެއް އެޔޮށް ކޮށްދެނީނު
މިހާ ބޮޑަށް އޮޅުނީމާ ހު ރިހާ ދެ ރަޔެއް މިލިބެނީ ނިކަމެތި ރައްޔިތުމީހާ އަށް.
ދިމާވެގެން އުޅޭ މައްސަލަ އަކީ މިކަހަލަ ތަޖުރިބާ ނެތް ސަރުކާރަކަ ނުވާވަރުގެ ބޮޑު މައްސަލަ އަކާ ދިމާވީ. ގައުމުގައި ތިބި ގާބިލް މީހުންގެ ބޭނުންކުރުމެއްވެސް ނެތް. އަގު ގެއްލިފައިވާ ޑަކުޓަރުން ތަކެއް އަރުވައިގެން ދައްކާ ވާހަކަ ވެސް ދިމައެއް ނުވޭ. ދެން އެންމެން ގޭބަންދުގައި ބޭތިއްބުމުން ކޮވިޑަށް ވުރެ މާ ނުރައްކާ ބަލިތަކާ އެބަދިމާވޭ. މިއިން ކަމަކަށްވެސް އެޓެންޑެއް ނުކުރެވޭ. އެންމެންގެ ވަޒީފާ ގެއްލިްއޖެ. މިއަށް ވެސް ދޭޖަވާބަކީ ދެވަނަ ވޭވެއްގެ ވާހަކަ. ގައުމުގައި މިހާ ރައީސުން ގިނަކަމުންވެސް ވާވަރެއްނޫން. ( ހެލްތު ވަޒީރު އެއްރައީސް، މަޖުލިސް އަނެއް ރައީސް، ދެން އަސުލު ރައީސް. ) ސުކޫލްތައް ބަންދު ކިޔަވާ ދެވެނީކީ ވެސް ނޫން. ޓެލިކުލާހޭ ކިޔައިގެން އެޔޮސްހާވާ ހަޑިއެއްވެސް. ގައުމު ހަލާކު.
ލަދުން ބޯ ހަލާކު، ވާނުވާ ނޭގޭ ގަބިޔާ ތަކަކަށް ވެރިންކަން ދިނީމަ ވާނެ ހުރިހާކަމެއް މިހިރަފެންނަނީ.
އެހެން ގައުމުތަކުގައި މީހުން ދިރިއުޅޭ ގޮރް އިނގެނީ ކިތައް މީހުނައްބާ؟ މިގައުމުގައި މިވަރުވާ ކަމައްޓަކައި ޝުކުރު ކުރަން ދަސްކުރަމާތޯ. އެކަކު އަނެކަކުގެ ބޮލައް ޖަހައިގެން ވާނެ ފައިދާއެއް ނެތް. ސުނާމީ އަރައިގެން ގިނަ ބަޔަކައް ގެންލުންވީއިރު އޭގެން ފިލާވަޅެއް ދަސްވި މީހުންގެ އަދަދު މަދު.
ނުވާވަރުން ނޫޅެ އިސްތިއުފާ ދީފަ ގެއަށް ދިޔާމަ ވީނުން
ތިކަހަލަ ބައިވަރު ކަންތައްތައް އެބަކުރޭ. އެޗްޕީއޭގެ މައްޗަށް ދަޢުވާކުރާ ހިސާބަަށް ބައެއްކަންކަން ހިނގައްޖެ. ހަމައެއްލަމައެއް ނެތި މޮނިޓަރިންނަށްވެސް ލަނީ. އެޅިހާ ބަތަކަށްރިހަ މީހުން ކަންކަން ނިންމަން ލީމާ މިކަހަލަ ކަންކަން އަންނާނެ
ބަނބުކެޔޮ ގަހުގެ ފައިދާ އަދިކިރިޔާ މިހިރަ ފެންނަނީ ދެން ދުވަހަކަށްވުރެ ދުވަހެއް ފައިދާ ފެންނާނެ އެންމެފަހުން ރަށްޔަތުން ހަނާކޮށްލާނެ ލާރިގަނޑު ކެވިއްޖެ ދެންފައިބާ......
މިއޮތީ އެންމެންވެގެން ހެޔޮވެރިކަމެއް ހޯދަދީފައެއްނުން
އެޖެންޑާ 19 ތަފާތިވާނެ ކޮވިޑް 19