ލިޔުނީ: ޒިދާން މުޙައްމަދު

ދިވެހިބަސް ފޮތުގައި، 'އޮޅުން' މާނަކޮށްފައިވަނީ އެއްޗެއްގެ އަސްލު ނޭނގޭ ގޮތްވުމަށެވެ. ނުވަތަ ކަމެއް ނުފިލާ ގޮތްވުމަށެވެ. ނުވަތަ ނަނު، ބަރަނިފަދަ ތަކެތި ލާމެހިގެންގޮސް ފިލުވަން އުނދަގޫވާގޮތްވުމަށެވެ. އަދި ފިރޯއްޓަށް ބަރަންޏާއި އުއި ފަދަތެކެތިވެށުމަށެވެ. ދަނޑިފަނޑަކަށް ނަނު ވެށުމަށެވެ. ނުވަތަ ބުއްދި ޙައިރާންވުމަށެވެ. ނުވަތަ ކަންކުރާންވީގޮތް ނޫން އެހެން ގޮތަކަށް، ނޭނގިގެން ކުރެވުމެވެ. 'އޮޅިގެން' މިއީ ނޫސްތަކުގެ ފަލަ ސުރުޚީން ވަރަށް ފެންނަ ލަފުޒެކެވެ. ވާނީ ވެސް އެހެންތާއެވެ.

ފަރެސް މާތޮޑާގައި ޖުޒާމް ބަލި ފެތުރޭ ކަމަށް ހަސްފަތާލުން ބުނީ އޮޅުމަކުންނެވެ. ހަފްތާއަކު އެއް ފަހަރު ބޭރަށް ނުކުމެވޭ ގޮތަށް ފާސް ދެވުނީ ފުލުހުންނަށް އެރި އޮޅުމަކުންނެވެ. ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުގެ ޓުވިޓާރ އެކައުންޓް ހެކު ކުރީކީ ނޫނެވެ. އޮޅުމަކުން ޓުވީޓެއް ކުރެވުނީ އެވެ. އިނގުރައިދޫ އިން ކޮޥިޑް-19އަށް މީހަކު ފައްސިވި ކަމަށް އެޗް.ޕީ.އޭއަށް ބުނެވުނީ އޮޅުމަކުންނެވެ. އަދި ކޮންޓެކްޓު ޓުރޭސިންގެ ތެރެއިން އުނގޫފާރު ފާހަގަ ކުރެވުނު ކަމަށް ބުނެވުނީ ވެސް ހަމަ އޮޅުމަކުންނެވެ.

މީގެ އިތުރުން، ތަކަންދޫ އިން ފައްސި ނުވާ ކުއްޖަކު ކަރަންޓީނަށް ގެންދެވުނީ އެޗް.ޕީ.އޭއަށް އޮޅިގެންނެވެ. އޮލިވާރ ގުރީން ގެޔަށް ވަދެ ނިކުތުން މަނާ ކުރީ ވެސް އޮޅުމަކުންނެވެ. ސިކުސް ސެންސް ލާމު މުވައްޒިފުން އެހެން ރަށަކަށް ދަތުރުކުރުން މަނާ ކުރެވުނީ އޮޅުމަކުންނެވެ. ކުންފުނި ތަކުގެ ޑިވިޑެންޑު ލިބުނު ކަމަށް ރިޕޯރޓުގައި ލިޔެވުނީ ފިނޭންސް މިނިސްޓްރީއަށް އެރި އޮޅުމަކުންނެވެ. އަދި ކިއެއް، ޖީސީ އޯލެވެލް ފެންވަރު މީހަކު ބޮޑު މުސާރައާ އެކު ހެލްތު މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑައިރެކްޓަރަކަށް ބޭނުންވާ ކަމަށް އިޢުލާން ކުރެވުނީ އޮޅުމަކުންނެވެ.

މާލީ ބަޔާނުގައި ކުންފުނީގެ ނަން ނުޖެހި އޮތީ ވެސް ކޮޔާ އޮޅުމަކުންނެވެ. ހަމަ އެހެންމެ، ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ އަބުރު ކަތިލި ކަމަށް ބުނެ ވަޒީފާއިން ވަކިކޮށް ޗިޓު ފޮނުވުނީ އޮޅުމަކުންނެވެ. އެންމެ ފަހުން، ޖުލައި މަހު 7000 ފުލެޓު ހަވާލު ކުރެވޭނެ ކަމަށް ބުނެވުނީ ވެސް އޮޅުމަކުންނެވެ. ޓްރީޓޮޕް ހޮސްޕިޓަލަށް ދިޔަ މީހަކު ފައްސިވިއޭ ބުނެވުނީ އޮޅުމަކުންނެވެ.

މި ހިސާބުން އަދި ނިމުނީކީ ނޫނެވެ. މި ލިސްޓަށް އަރާނެ އަދި ކިތަންމެ ކަމެއް އެބަ ހުއްޓެވެ. މިއީ ރައީސް ޞާލިޙްގެ ސަރުކާރު އައި ފަހުން ޒިންމާދާރު މަގާމުތަކުގައި ތިބި ބައެއް ބޭފުޅުންނަށް އޮޅިގެން ކުރެވިފަައި ހުރި ކަންކަމެވެ. މުޅިން ވެސް އޮޅިގެންނެވެ. ރައްޔިތުން ދައްކާ ޓެކުހުން މުސާރަ ނަގާ މި ބޭފުޅުންގެ ޒިންމާދާރުކަން މިހާ ކުޑަވުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫނެވެ. މީހަކަށް ނޫނީ ބަޔަކަށް އޮޅިދާނެއެވެ. އެކަމަކު މިއީ ބޮޑުވަރު ނޫންތޯއެވެ؟ މިއަަށް ވުރެ ޒިންމާދާރު ވާންޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

  1. ސަމީ

    ވެރިކަމަށްވެސް އާދެވުނީ އޮޅުމަކުން އެހެންވީމާ ތިޔައީ ޢަޖާއިބެއް ނޫނެއް ނޫންތޯ

    265
    9
    • ބޭބެ

      ހެހެ!! މިއޮތީ މިމީހުންގެ ފެންވަރު! އޮޅިގެން ނޫންގޮތަކަށް އެއްކަމެއްވެސް ނުކުރޭ!! ދެން ބުނާނެ ވައްކަން ކުރަނީވެސް އޮޅިގެންނޭ!! މަޖްލިސްތެރޭ ޕާޓީގެ ކުދިން ކޮޅު ލައްވާ ގާނޫނާ ޚިލާފަށް މާރާމާރީވެސް ހިންގުވީ އޮޅިގެންނޭ!! ބަދަލުގެ ގޮތުގައި ދައުލަތުގެ ޚަޒާނާ ލޫޓުވީވެސް އޮޅިގެންނޭ!! ޔާމީން ޖަލަށްވެސް ލެވުނީ އޮޅިގެންނޭ!! ދެ ފާސިގަކު ލައްވާ ހެކިބަސް ނެރެގެން ޝަރީއަތް ހިންގީ އިސްލާމީ ޝަރީއަތާއި ދިމާއިދިކޮޅަށް!! އެއީ ޔާމީނުގެ ސރުކާރުގައި ވައްކަން ކޮށްގެން ޖަލަށްލާފައިވާ އަދީބު އާއި ޒިޔަތުގެ ބަޔާން ޝަރީޢަތުގައި ޔާމީނާ ދެކޮޅަށް ބޭނުންކުރެވޭނެ އެއްވެސް ހަމައެއް އިސްލާމީ ޝަރީޢަތަކުން ފެންނަން ނެތް!!

      106
      6
      • ޙަސަނު

        ރަނގަޅު ވާހަކައެއް !

        63
        3
  2. ޑައެލޯގް

    ތީއަދި މީޑިޔާއަށް އެގޭވަރެއްނޫންތޯއެވެ. އަޅުގަޑުގޭގައި އަޅުގަޑަށްނޭގި އެއްދުވަހަކު އެބައިން އެޗްޕީއޭގެ ލިޔުމެއް ދޮރޯށީގައި ތަތްކޮށްފަ. ލިޔުމުގައި އޮތީ "މިގެއަށްވަނުންވެސް އަދިނިކުތުންވެސް މަނާކަމަށެވެ" އަޅުގަޑަށްއެގޭ އަޅުގަޑުގެގޭގައި ކޮވިޑް އެއްވެސްކަމެއްނެތްކަން. ދެންއަޅުގަޑު ކަމާބެހޭފަރާތްތަކާ ގުޅީމަބުނީ އޮޅުމަކުންވީކަމެކެވެ. އޮޅުމަކުން ވިޔަސްގޭގައި ދިރިއުޅޭ މީހުނަށް ނަފްސާނީވެއްޖެއެވެ.

    192
    1
    • ޙުސެން

      ޝޮޕިން ޕާމިޓަށް އެދޭކޮންމެފަހަރަކު މީޓަރ ނަމްބާރ ނުބައިކަމަށް ބުނެ ރިޖެކްޓް ކުރާތީ ގުޅީމަބުނީ ތިގެ ލޮކޮޑައުން ހާލަތުގަ އިންކަމަށް ދައްކާތީއޭ.މިގޭގަ ދިރިއުޅޭބަޔަކަށް އެކަން އެނގޭނީވެސް ނޫން 4ދުވަސްވެގެންދިޔައިރުވެސް އެކަން ބަލާނުނިމުން. ާމިހިސާބަކުވެސް ނެތް އެފަދަކަމެއް.އޮޅުނަސް ބޮޑުވަރު

      73
      1
  3. އައިޝާ

    ލިޔާ ކުއްޖާގެ ލިޔުމެއްތަ؟ ފައްކާ!

    141
    6
  4. ސޮއްޓި

    ވެރިކަމަށްވެސް އާދެވުނީ އޮޅުމަކުން ދެން އޮޅިގެން ވެރިކަން ކުރެވެނީވެސް. .

    156
    5
    • Anonymous

      އޮަޅުމަކުން ވެރިކަމުން އިސްތިއުފާވެސް ދޭނީ. މީގެ ކުރިންވެސް ވެފައި އޮތީ އެގޮތަަށް މާފަހުން ހޭވެރިކަންވެ ނިމޭއިރު މި އެނގެނީ ކީއްކަން މިކުރެވުނީ.

      82
      3
  5. ޕޭމް

    ކޮބާ އައްޑޫ އިން ގެނައި ބަލިމީހާ އޮޅުމަކުން ފައްސިވި ވާހަކަ. މުޅި އަތޮޅު އެލާޓުގަ އެ ދެދުވަހު !! ދެން އައިޖީއެމްއެޗް ގެ އޫޕްސް ކޭސްތަކުގެ ވާހަކަ ނުދެއްކިއްޔާ ރަގަޅީ.

    134
    4
  6. Anonymous

    ޕާރޓީ ކުދިން ފިއްތާލީމަ ދެންއަރާނީ ހުސް އޮޅުން! އެކުދިން ނުރުހޭގޮތަކަށް ލާހިކެއްނޫން ތިޔަ ފްލެޓެއް ނޫން އެކައްޗެއްވެސް ދޭކަށެއް!!!

    137
    4
  7. އޮޅުމަކުން

    އެހެންވެދާނެއެވެ. އެއްވެސް މީހަކު 24 ގަޑިއިރު ހަމަ ހޭގައި ހުންނާނެ ކަމަށް ބަ ލައިގެން ނުވާނެއެވެ. ވީމާ އޮޅިދާނެއެވެ.އަދިވެސް އޮޅިގެން ކިތަންމެ ކަމެއް ކުރާނެއެވެ.އެކަމަކު މަންމަން، ބީރު، ކަނު މީހުން ގިނަ ޤައުމެއްގައި އެއީ މައްސަ ލައަކަށް ނުވެދާނެއެވެ. މާފުކުރައްވާށެވެ. މިއީ އަޅުގަނޑަށް އޮޅިގެން ކުރެވުނު ކޮމަންޓެކެވެ.

    81
    5
  8. ޅަވިޔަނި

    މަގުމަތިން މަގުއޮޅިގެން ގެނައިވެރިން އަމިއް ލައަށް އޮރިޔާންވެ އަމިލއް ލައަތުން ފޮށާބާ ލަބާ ލަ ތިބެބަ ލަ.
    ﷲކަ ލޯމެންބޭޒާރު ކުރައްވަނީ ކިހާރީތިކޮށް
    ޢަނިޔާވެރި ހީ ލަތްތެރިން ިިިިިިިިިިިިިިިިިިިިިިިިިިިިިިިިި

    58
    1
  9. ކައުންސެލަރު

    ހަސަނު ލަތީފަށް އެއްތަނެއްގެ ފޮޓޯ ދެ ރަށެއްގެ ދެ މަޝްރޫއަކަށްހަދާ ޓުވީޓު ކުރެވުނީވެސް އޮޅުމަކުން ދޮތަ. މި ބުރާންތިން ތިބެނީ ހަމަޔަކުނޫނޭ. ދެންވާނީ އެހެންނު

    95
  10. އަހުމަދު

    ނޫނޭ...
    ފައްކާ ލިޔުންކޮޅެއްތިއީ....
    ޢޮޅިގެންވެސް މި ލާދީނީ ސަރުކާރު ގެރި މޯދީީީީ އައް ވިކިފަ ތިބި ސަރުކާރުގެ ވެރިކަން ވެއްޓޭނެ ނަމަ ކިހާރަނގަޅު!

    112
    5
  11. އަޮޅުންބޮޅުން

    ކަޅޯ ޒައިނުއްދީނު އޮޅިގެން ތިޔައަޅާދިނީ ފިސާރި ސުރުހީއެއް. މާލަސްތަކެއް ނުވެ ރައްޔަތުންނަށް އޮޅިގެން ވޯޓު ލެވުނުކަން ހަނދާވެގެން އެބަނިކުންނާނެ.

    90
    2
  12. ދިޔޯ

    ޔާމީން ޖަލަށް ލެވުނީވެސް އޮޅުމަކުންނެވެ. އޮޅުނީ ސަރުކާރަކަށް ނޫނެވެ. އޮޅުނީ ފައިސާނަގައިގެން މިވެރިކަން ގެންނަން ވޯޓުދިން މީހުންނަށެވެ.

    55
    4
  13. Anonymous

    އޮޅުން އަރަނީއެއް ނޫން. ސަލާމަތްވާން އުޅެން ހަދައިގެން ދޮގު ހަދަން ޖެހެނީ. މަސްއޫލިއްޔަތަކީ ކޮބާ ކަމާ ޒިންމާ ނޭނގެނީ. ވާނުވާ ނޭނގެނީ. ކަންކަން ބަލާ އޮޅުންފިލުވާފަ ނުހުންނަނީ. ތިމާ ކުރަންޖެހޭ މަސައްކަތް އެހެން ބަޔަކު ލައްވާކުރުވާ ކަމުގެ ފޮނިމީރުކަން ހޯދަން އުޅެން ހަދައިގެން ހައްތަހާވެސް އޮޅެނީ. އެންމެ ފަހުން އޮރިޔާންވެސް ވެވޭނީ އެރި އޮޅުމަކުން.

    52
    1
  14. Anonymous

    ނ.އަތޮޅު މަނަދޫގައި ކޮވިޑް ފެތުރި ރަށް ބަންދުކުރީވެސް ހަމަ ތިހެން. އޮޅިގެން ޕޮޒިޓިވް ވީއޭ އޮޅިގެން ނެގެޓިވް ވީއޭ އޮޅިގެން ބަހަށް ދެރަނުވަން ގޮތުގައި ހިފެހެއްޓީއޭ. އޮޅިގެން ދަންވަރު މަޖްލިސް ބާއްވަން މަނަދޫ އެމްޑީޕީ މެމްބަރު ބަގޭ ޖަލްސާއަށް މާލެ ގެންނަށް މަނަދޫ ލޮކްޑައުން ދޫކޮށްލީއޭ. "ހިތަށް އެރުމުން" ކިޔާފިލުމެއް ކުޅެލަނީބާ

    47
    1
  15. ސަމޭދާން

    ވައްކަމާ ކޮރަޕްޝަނާ ފަސާދައޭ ގޮވިވަރުން މަށަށްވެސް ވޯޓްދެވުނީ އޮޅުމަކުން. ހަގީގަތުގައި ވައްކަމާ ކޮރަޕްޝަނާ ފަސާދަ އޭގެ އިންތިހާއަށް އޮތީ މިސަރުކާރުގައި.

    55
    5
  16. ވިސްނާލުމަށް އެދެމޭ

    އޮޅުވާލި ވޯޓަކުން އޮޅިގެން ވެ ރިކަމަށް އާދެވުމުން ދެންވާނެ ހު ރިހާހާ އޮޅުމެވެސްް. ހަބޭސް ލިޔުމެ އިގޭމިއީ...ސު ރުޙީ ހަބޭސް..،.އޮޅިގެން ވެ ރިކަމުން އިސްތިއުފާދޭނަމަދޯ...

    55
    4
  17. ކޮވިޑް

    ވެރިކަމަށްއައިކަމަށް ވަނީ ވޯޓްތަކުގެ ނަތީޖާ އޮޅުމަކުން ގޮވުނީމާކަންނޭނގެއި (ކައްޗަށްއެޅި ބިންގާ ކެއްޗާހަމައަށް އެރިއަސް އޮންނާނީ ކައްޗަ) މިކަމުގެ ޙަޤީޤަތަކީ އެއީ

    40
    2
  18. ޢޮޅުން ބޮޅުން ވަނީ ކީއްވެތޯ!!!

    ޢެއީ ރަގަނޅައް މީހަކު ނުވަތަ ބަޔަކު ކަމެއްކުރާނަމަ އެކަމަށް ނުފޫޒު ފޯރުވާ ބަޔަކު ނުވަތަ އެފަދަ މީހަކު ހުރުން.
    ނުވަތަ އެކަމުގާ ތިމާގެ ނުވަތަ ތިމާމެންގެ އިހުލާސްތެރިކަން ނެތުން. ނުވަތަ އެކަން ރަގަނޅަށް ކުރުމުގެ (ރައްޔެތުންނަށް ލާބައާއި މަންފާ ވާގޮތަށް ކުރުމުގެ) ބަދަލުގާ އަމިއްލަ އެދުން ކުރިޔަށް ނެރުން.

    29
    1
  19. ކާފަ

    ވެރިކަން ފެށުނީ އޮޅުވާލުމުގެ ތެރެއިން ދެން ކުރިއަށް ދާނީ ވެސް އޮޅުވާލުމާއި މަކަރުން އޮޅުނީކަށް ގިނަފަހަރު މީހަކު ބުނާނީ އޮޅުވާލައިގެން އުޅެނިކޮށް ފަޅާއެރުމުން

    37
  20. ސަޅި

    މި ލިޔުން ލިޔުނީ ވަގުތު ކުއްޖެއް ނޫން. ޢިބާރާތްތައް ވަރަށް ރީތި.

    12
    2
  21. ވަތަށް އަވިދޭ ގޭ ހަރީރާ

    ޔާމީނު ސަރުކާރުގައި ފެންފޮދަކާއި ނުލައި ދިރުވައިލި ފައިސާ ގޯނިތަކަކީވެސް ހަމަ އޮޅިގެން ދިރުވައިލެވުނު ތަކެތި. އެމް.އެމް.ޕީ.އާރުން ގެއްލުވައިލައިގެން ދިރުވައިލި ފައިސާއަކީވެސް ހަމަ އޮޅުމެއް ނޫންތަ؟ މިއީ، ޚަބަރެއް ހެނެއް ހިއެއް ނުވޭ. މިއޮތީ ޕޮޔަމް އެއް ލިޔަން އުޅެ، އެކަންވެސް އޮޅިގެން ނުކުރެވިފައި. ލިޔުންތެރިޔާއަށް އައްސަރިބަހާއި ސާބަސް!

    3
    36
    • ޟަފް

      ކިތަން މެ ކެޔަސް ހެވެެއްނު..ހާދަ ކަމެއް ކޮއްދިނޭ
      އެކަމް މިހާރު ހުސް ކަނީ ހަރާމޭ ކޮއްދެވޭ ކަމެއް އެއް ކަމެއް ވެސް..

      20
  22. ސައިދާ އަޅި

    މުޅި އައްޑުއަތޮޅު ރައްޔަތުން ކޮވިޑުގެ ބިރުދައްކާ އޮޅުވާލި މިހާރު ތިޓީވީ އަރާ އެއްވެސް މީހަކު ދައްކާ ވާހަކައެއް އަޑުވެސް އަހާ ހިތް ނުވޭ ރައްޔަތުންނަ އޮޅުވަލުން ނޫން ކަމެއް ނެތް

    24
  23. މާރިފުރޭތަ

    ހެއުކޮއްތިޔަބުނީ. އުއްތަމަފަނޑިޔާރައްއޮޅިގެން މިކާފަރުންނައް ވެރިކަންވެސްހަވާލުކުރެވުނީ.

    10
  24. ހަސަނު

    ވަރަށް ފުރިހަމަ ހަބަރެއް މުޅިންވެސް ހިނގާފަހުރި ކަންތައްތައް. އަހަރެން ހިތަށް އެބަ އަރާ މިހާ އޮޅުން އަރާ ސަރުކާރެއް އޮޅުމަކުން ވެރިކަމުން ނުފައި ބައިގެން މިއުޅެނީ. އެކަންވެސް ކުރަންވީނުން ހަމަ އޮޅުމަކުން.

  25. ހަހަ

    މި ހަބަރު ލިޔެވުނީވެސް އޮޅިގެން

    3
    1