ރާއްޖޭގެ ސިއްހީ ދާއިރާގައި އިހުމާލުގެ މައްސަލަތައް ގިނައެވެ. އެތައް ބަޔަކު ދަނީ ސިއްހީ ދާއިރާގެ އިހުމާލުތަކުގެ ސަބަބުން އުމުރު ދުވަހު އެކަމުގެ ހިތާމަ އާއި ހިތްދަތިކަން އިހްސާސް ކުރަމުންނެވެ. ނަމަވެސް އިހުމާލުގެ އަމަލުތަކުގެ ސަބަބުން ލިބޭ ގެއްލުމަށް ބަދަލު ލިބޭނެ ގޮތެއް ނެތެވެ. އެންމެ ކުޑަމިނުން އިހުމާލުވާ މީހުން ޖަވާބުދާރީ ކުރެވޭނެ ގޮތެއް ވެސް ނެތެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެގެ ސިއްހީ ނިޒާމު ވެސް މިވަނީ ވަކި އިންތިޒާމްތަކެއްގެ ދަށުން ހިންގަން ޖެހިފައެވެ. މިއިންތިޒާމުތަކުގެ ސަބަބުން ވަރަށް ހިތާމަވެރި ހާދިސާތައް ހިނގަމުންދާ ޚަބަރު ނުލިބޭ ހަފްތާއެއް ނުދެއެވެ. ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި ކޮންމެވެސް ބައެއްގެ އިހުމާލުން ހަ ފުރާނައެއް އަޅުގަނޑުމެންނާއި ވަކިވެގެން ހިނގައްޖެއެވެ.

މޭ މަހުގެ 14 ވަނަ ދުވަހު އއ.ތޮއްޑޫގައި ހުރި މާބަނޑު އަންހެނަކު އެ އަތޮޅު ރަސްދޫ ހޮސްޕިޓަލަށް ގެންދިއުމުގައި ލަސްވުމުގެ ސަބަބުން ދަރިފުޅު ވަނީ ބަނޑަށް ނިޔާވެފައެވެ. މޭ މަހުގެ 22 ވަނަ ދުވަހު އޭޑީކޭ ހޮސްޕިޓަލަށް ފަރުވާ ހޯދުމަށް ދިޔަ އެންމެ ހަތަރު މަހުގެ ތުއްތު ކުއްޖަކު ޑޮކްޓަރުން އިހުމާލުން ނިޔާވި ޚަބަރު ލިބުނެވެ.

މޭ މަހުގެ 25 ވަނަ ދުވަހު ށ.ނަރުދޫގައި މާބަނޑު އަންހެނަކު ށ.އަތޮޅު ހޮސްޕިޓަލަށް ވިހެއުމަށް ގެންދިމުގެ ހުއްދަ ނުލިބިގެން ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދެވުނު އިރު އޭނާގެ ދަރިފުޅު ވަނީ ބަނޑަށް ނިޔާވެފައެވެ. ކުޅުދުއްފުށީ ހޮސްޕިޓަލުން ވެސް ހުއްދަ ލިބުމުގައި ލަސްތަކެއް ދިމާވިއެވެ.

މެއި މަހުގެ 29 ވަނަ ދުވަހު އައިޖީއެމްއެޗްގައި ނިޔާވި ކެންސަރު ބަލީގެ މީހަކަށް ފަރުވާ ދިނުމުގައި ހޮސްޕިޓަލުން އިހުމާލު ވެފައިވާ ކަމަށް ނިޔާވި މީހާގެ އާއިލާ އިން ބުނެފައި ވެއެވެ. ޖޫން 05 ވަނަ ދުވަހު ކުޑަހުވަދޫގައި އުފަންވި ތުއްތު ދެކުއްޖަކު ވަނީ ނިޔާވެފައެވެ. އެދެކުދިންގެ މަންމަ އާއި ތުއްތު ދެކުދިން އަވަހަށް މާލެ ނުގެނެވުނީ ވެސް އެކަމާއި ގުޅޭ ހުއްދަތައް ލިބުން ލަސްވެގެންނެވެ.

ކޮންމެ ހާދިސާ އަކީ މީޑިއާ އާއި ހަމައަށް ތިލަވާނެ ހާދިސާއަކަށް ނުވާނެއެވެ. މީގެ އިތުރުން ވެސް އިހުމާލުގެ ސަބަބުން މަރުގެ ހާދިސާތަކެއް ހިނގާފައި ހުރުން އެއީ އެކަށީގެންވާ ކަމެކެވެ. މުހިއްމީ މިފަދަ ހާދިސާތަކުގެ އަދަދެއް ނޫނެވެ. އެންމެ ފުރާނަ އަކީ ވެސް އަގު ނުކުރެވޭނެ ފުރާނައެކެވެ.

ނަމަވެސް ރާއްޖެ އިން ފެންނަ ހަމައެކަނި މަންޒަރަކީ "ތިކަން ހިނގި ގޮތް މިދަނީ ބަލަމުން ކަމަށް" ރަސްމީ އިދާރާއަކުން ވިދާޅުވުމާއި އެކު މައްސަލަ ނިމިގެން ދިއުމެވެ. ދުވަހަކު އިހުމާލުވި މީހެއްގެ މައްޗަށް ފިޔަވަޅެއް ނޭޅެއެވެ. ފަހަކަށް އައިސް ހިނގައިގެން މިދިޔަ ހާދިސާތަކުގައި ހޮސްޕިޓަލްތަކުން ދިފާޢުގައި ބަޔާންތައް ނެރުއްވާ، ތިމަންމެންގެ ކުށެއް ނެތްކަން ދައްކަވަން ލައްކަ މަސައްކަތް އެބަކުރައްވައެވެ. އެބަޔާންތަކުގައި ކޮންމެވެސް ވަރެއްގެ ހަޤީޤަތެއް އެކުލެވިގެން ވުން އެއީ ވެސް ވެދާނެ ކަމެކެވެ. ނަމަވެސް ސުވާލު އުފެއްދިފައިވާ މައްސަލަތަކެއްގައި ހޮސްޕިޓަލްތަކުން ވަކި މަންޒަރެއް ދައްކަވަން މަސައްކަތް ކުރެއްވުމުގެ ބަދަލުގައި އިންސާފުވެރިކަމާއި އެކު މައްސަލަތައް ބެލޭނެ އިންތިޒާމެއް ހަމަޖެއްސެވުން މާރަނގަޅެވެ.

ސިއްހީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅަކު ނަން ނުޖެހުމަށް ޝަރުތުކޮށް "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކޮވިޑް-19 ފެތުރެން ފެށުމާއި އެކު ސިއްހި ދާއިރާގެ އިހުމާލުގެ މައްސަލަތައް އިތުރުވެފައި ވުމުގެ އެއް ސަބަބަކީ ރަނގަޅަށް ތައްޔާރު ނުވުން ކަމަށެވެ.

"ކީއްވެގެންތޯ އަތޮޅު ތެރެއިން މާބަނޑު މީހުންނަށް މާލެ އައުމުގެ ހުއްދަ ފަސޭހައިން ނުދެވެންވީ. އެންމެ ގަޑިއިރަކީ ވެސް މާބަނޑު އަންހެނަކަށް ވަރަށް ގިނައިރު. އެކަން ސިއްހީ ދާއިރާގެ އިސް ބޭފުޅުންނަށް އެނގިވަޑައިގަންނަވަން ވާނެ. އައިޖީއެޗްގެ ވޯޑެއް އަތޮޅުތަކުން އަންނަ މީހުންނަށް ހާއްސަކޮށް، އެމީހުންނަށް ޚިދުމަތްދޭ މީހުން ވަކިކޮށް، ވަކި އިންތިޒާމްތަކެއް ހަމަޖައްސާފައި އޮންނަ ނަމަ، ފަހަރެއްގައި ކޮވިޑް-19 އާއި ގުޅުން ހުރި ކަމެއް ދިމާވި ނަމަވެސް ކޮންޓެކްޓް ޓްރޭސިންގެ ކަންކަން ވެސް ފަސޭހައިން ކުރެވޭނެ. މިފަދަ ކަންކަން ކުރެވިފައި ހުންނަ ނަމަ މާލެ އަންނަން ރެކޮމެންޑް ކުރާ މީހުންނަށް ވަގުތުން ހުއްދަ ދެވޭނެ." އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަތޮޅު ހޮސްޕިޓަލްތަކާއި ރީޖަނަލް ހޮސްޕިޓަލްތަކުގައި ޖާގައިގެ ދަތިކަން ހުރިނަމަވެސް، ހާއްސަކޮށް މާބަނޑު އަންހެނުންނަށް ވަކި އިންތިޒާމްތަކެއް ކުރީބައިގައި ރާވައި، ނުރައްކާތެރި ހާދިސާއަކަށް މަގުފަހި ވެދާނެ މަގުތައް ބަންދުކުރެވިދާނެ ކަމަށެވެ.

ސިއްހީ ދާއިރާގައި އިހުމާލުގެ ސަބަބުން އެތައް ބައެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކު އުމުރު ދުވަހު އެތައް ވޭނެއް ތަހައްމަލް ކުރަން ޖެހޭ ފަދަ ހާލަތްތައް ކުރިމަތިވެފައި ވީނަމަވެސް އިހުމާލުގެ ސަބަބުން ގެއްލުން ލިބޭ މީހުންނަށް އިންސާފު ލިބޭނެ ޤާނޫނީ އޮނިގަނޑެއް ރާއްޖޭގައި ނެެތެވެ. އިހުމާލުގެ އަމަލުތައް ހިންގާ މީހުން ޖަވާބުދާރީ ކުރުވޭނެ ޤާނޫނެއް ނެތެވެ. ބައެއް މައްސަލަތަކަށް ޤާނޫނީ ހައްލެއް ހޯދަން ފުރަމެންދަމު މަޖިލިސް އެއްކުރެވުނަސް، ސިއްހީ ދާއިރާގެ މައްސަލަތަކަށް ޤާނޫނީ ހައްލެއް ހޯދުން ރާއްޖޭގެ ސިޔާސީ ބޭފުޅުންނަށް މުހިއްމު ވެގެންނެއް ނޫޅެއެވެ.

ކޮންމެ ހާދިސާއެއް ހިނގުމުން މިއީ ފިލާވަޅެއް ކަމަށް ބުނެގެން މައްސަލަ ނިންމާލެވިގެން ނުވާނެއެވެ. ކޮންމެ މަރުގެ ހާދިސާ އަކާއި އެކު ފޭސްބުކްގައި ފެންނަ ޕޯސްޓްތަކަށް "ކެއާ ރިއެކްޝަން" ކޮށްލުމަށް ފަހު ހިތާމައިގައި ބައިވެރިވުމުގެ ގޮތުން ކޮމެންޓެއް ކޮށްލުމަކުން ހަޤީޤީ މައްސަލައަށް ހައްލެއް ނާންނާނެއެވެ.

ވަސީލަތްތައް މަދުވެފައި، ޚިދުމަތްތައް އެންމެ ފުރިހަމައަށް ދެވޭނެ އިންތިޒާމް ނެތް ނަމަވެސް ރޭވުންތެރިކަމާއި އެކު ކަންކަން މެނޭޖްކޮށް، ފުރާނަތަކެއް ސަލާމަތް ކުރެވިދާނެ ކަން، ފާއިތުވި މަހެއްހާ ދުވަހު ހިނގާފައިވާ ހާދިސާތަކަށް ވަކިވަކިން ބަލާލުމުން ވަރަށް ސާފުކޮށް އެނގެއެވެ.

އިހުމާލުގެ މައްސަލަތައް ތަޙްޤީޤުކޮށް ޒިންމާ އުފުލަން ޖެހޭ ފަރާތްތަކުގެ މައްސަލަތައް ބެލޭނެ ނިޒާމެއް އެކުލަވާލަން އެބަޖެހެއެވެ. އިހުމާލުގެ މައްސަލަތައް މަދުކުރުމަށް ކުރަން ޖެހޭ އެންމެ މުހިއްމު އެއްކަމަކީ އިހުމާލުގެ އަމަލުތައް ހިންގާފައިވާ މީހުން ޖަވާބުދާރީ ކުރުވުމެވެ. އެމީހުން ޒިންމާތަކުން ދުރުކޮށް، ޤާނޫނުގައި ކަނޑައަޅާފައި އޮތް އަދަބެއް އެމީހުންނަށް ދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ތިމާމެމެންގެ އިހުމާލުތަކަށް ގިޔާމަތްދުވަހުން ދޭނޭ ޖަވާބެއް ވޭތޯ

  ވެރިންގެ ޒިންމާތަކަކީ ކޮބާކަން މި އަދު އޮޅިއްޖެ..
  ޢެބާ މީހުންގެ ހަމަ އެކަނި ޒިން މާ އަކީ ކޮވިޓް ކަމުގާވެޖެ.. އޭގެން ލިބޭ ހިލޭ އެޙީތަ އެބާމީހުންނަށް ފާދާ ކުރާނީ ނުވަތަ އެބާމީހުންގެ ޖީބަށް ނުވަތަ އެބާމީހުންގެ އަރިސް މީހުންގެ ޖީބަށް ލެވޭނީ ކިހެނެއްތޯ ބެލުން ކަމުގާ ވެއްޖެ..
  ނިކަމެތިން ނިކަމެތިކަން އިތުރުވުގެން ދިއުމުގެ ފަލްސަފާއެއް މި އަދު ދުނިޔޭގާ ވަރަށް ބާރައް ހިނގަމުން އެބަދޭ.. އަދި ގިނަ ސަރުކާރުތަކުން ރައްޔެތުންނަށް އޮޅުވާލާ.. އެސަރުކާރުތަކުން ރައްޔަތުންނަށް އޮޅުވާލާ ބިރުދައްކާ އެސަރުކާރުތަކުގާ ބާރު އޮތީތީވެ ނުހައްގުން އެތައްގޮތަކުން ޖޫރިމަނާތައް ކުރަމުން އެބަދޭ.. އެކަން މިއަދު މި ލޮބުވެތި ދިވެހި ވަތަނަށްވެސް އަތުވެއްޖެ..
  ޙަގީގީ މުސްލިމުވެރިންނަކީ އެވެރިންގެ ރައްޔެތުންނަށް އޯގާތެރި އަޅާލާ އެބާމީހުންގެ ކަންކަމުގާ ހެޔޮގޮތުގާ ވީ އެންމެރަގަޅަކަށް ލޫފަށޭހަތަށް ހޯދާދީ އެބާމީހުންނަށް ބޮޑުވެއްޖެ ކޮންމެކަމަކީ ތިމާއަށް ޖެހިގެން އުޅޭކަމެއްކަމުގާ ދެކި އެކަމުގާ ހެޔޮހައްލުތައް ޙޯދާދޭ ބައެއް. ޢަދި ތިމާނެންނަކީ ރައްޔެތުންގެ ޙާދިމުންކަމުގާ ދެކިތިބެ އިހުލާސްތެރިކަމާއެކު ރައްޔެތުންނާއެކުގާވެ އެބާމީހުންގެ ހާލުބަލާ އެބާމީހުންގެ ކަންކަމުގާ ހެޔޮގިތުގާ އެހީތެރިވެދޭނެ ބަޔެއް. ..
  ޢެކަމަކު މިއަދު މިފެންނަނީ އެހެންތޯ...
  މިފަދަ ކަންކަމުގާ ވެރިމީހާގެވެސް ޒިންމާވޭ.. އަދި އެކަންކަން ހަވާލުވެތިބި ވެރިންގެވެސް ޒިންމާވޭ..
  އަހަރެމެންނަކީ މުސްލިމުންނަށްވާއިރު އަހަރެމެންގެ އިހުމާލުތަކުން އަހަރެމެންގެ ޒިންމާ އަދާނުކުރެވި އަހަރެމެންގެ އަޖަލުހަމަވެ މި ފަނާވަނިވި ދުނިޔެއާ އަލްވަދާއު ކިޔާ.. އެއައްފަހު އަހަރެމެން އަލުންދިރުމަކަށް ފޮނުވޭހިނދު ގިޔާތްމަތްދުވަހު އަހަރެމެންގެ ޒިންމާތަކާމެދު ސުވާލުކުރެވޭ ހިނދު މިފަދަ އިހުމާލުތަކަށް ދޭނޭ ޖަވާބެއް އަހަރެމެން އަތުގަވޭތޯ...!! ވެރި މީހާންފެށިގެން ތީގެތެރޭން ކޮންމެވެރިއެއް އެމީހެއްގެ އަމިއްލަ ނަފުށާ މިސުވާލުކިށްލާ އެއިހްމާލަށް ދޭނެ ޖަވާބެއް ވޭތޯ!!!!
  ﷲ އަށް ބިރުވެރިވޭ..!! ވެރިން އެބާމީހުންގެ ޒިންމާތަށް އަދާކުރުމަށް އަވަސްވޭ.. ހައްގުގޮތުގާ... ޢާހިރަތް (ގިޔާމަތްދުވަސް . ޙިސާބު ބަލަވާދުވަސް) ވާކަން ދެނެތިބެ .! ..
  (މިސާލަކަށް.. ތިމާގެ ރައްޔެތެއްގެ ފަޔަށް ކަޓެއްހެރި އެކަށި ނެއްޓޭނޭގޮތް ނުވެ އެމީހަކަށް އެކަން ބޮޑުތަކުލީފަކަށްވެއްޖެނަމަ އެކަމުގެ ޒިންމާވެސް ވެެރި މީހާ އުފުލަންޖެހޭ..
  ޙަގީގީ ވެރިން ގެ މިސާލަކީ ރައްޔަތުން އަބަދުކަންކަމާގެން އާމާ އެކަންކަންބެލުމެއްނޫން.. ރައްޔެތުންގެ ހާލުއަހުވާލު ހުދު ވެރިމީހާ ބެލުން އަދި އެއްވެސްކަމެއް ބޭނުންވޭތޯވެސް ހުދު ވެރިމީހާ ރައްޔެތުންގެ ގާތުގާ އެހުން.. ރައްޔެތުންނާ ވެރިންނާ ބަދަލުވެވޭނޭ ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހިފާ އޮންނަންވާނެ..
  ޥެރިން އެބާމީހުންގެ ގަނޑުގާ ސޮއި ކުރަން ގަލަން ހިނގާލާ ކޮންމެ ފަހަރަކު އެބާމީހުންނަށް ހަދާންވާންވާނެ.. ޙާދިމްކުމް..
  ޙާދިމްކުމް... އަދި އެކަން އިހުސާސްވެސް ވާންވާނެ..
  ތިމަންނާއަކީ ރައްޔެތުންގެ ހާދިމްކަމް .. ހަގީގީވެރިންނަކީ ރައްޔެތުންކަން އަދި ރައްޔެތު މީހާކަން....
  ތިމާއަށް މުސާރަދެނީ ރައްޔެތުންގެ މާލިޔަތުންކަން. ތިމާއީ ރައްޔެތުން މުސާރަދީފާވާ ރައްޔެތުންގެ ކަންކަމުގާ އެހީތެރިވެދީ ކަންކަން ރައްޔެތުންނަށް ލުއިފަސޭހަކޮށްދީ .. އަދި ރައްޔެތުން ކަނޑައަޅާފާވާކަންކަން އެގޮތައް ހިނގުމާއި އަދި ހިނގާތޯބެލުމަށް ރައްޔެތުން ކަނޑަ އަޅާފާވާ ހާދިމެއްކަން....
  .... ... ހާއްސަކޮށް ގައުމެެއްގެ ވެރި އަކީ އެގައުމެއްގެ ރައްޔެތުންނަށް އަދި ރައްޔަތަކަށް ވިޔަސް އުދަގުލެއް އަދި ނުހައްގުން ގެއްލުމެއް ލިބުނަސް އޭގެ ޒިންމާ އެންނެ ފުރަތަމަ އުފުލަން ޖެޙޭނޭ ފަރާތް.... ވެރިކަމާ ހަވާލުވަނީ ރައްޔެތުން އެކަށައަޅާފާވާ ކަންކަން ކުރުމަށާ.. ރައްޔެތުންގެ މަސްޢޫލިއްޔަތުގެ ވާޖިބު އުފުލުމަށްޓަކާ.. ތިމާގެ އަމިއްލަ މަންފާއާ ލާބައަށް ޓަކައެއްނޫން..
  ރައްޔެތުން ވެރިއެއް ނުވަތަ ރައީސްއެއް އަދި ނުވިތާކަށް ނާބުރައިސްސެއް ކަނޑައަޅަނީ ނުވަތަ ވޯޓްދެނީ ނުވަތަ ވެރި އަކަށް ބައިޔަތު ހިފަނީ ވަރަށް ފޮނި އުއްމީދުތަކަކާއި ލުއިފަށޭހަތަކާއި ދިރިއުޅުމަށް ހެޔޮރަގަނޅު ބަދަލްތަކެއްގެ ފޮނި އުއްމީދުގާ...

  25
  2
 2. ސިފާޒު އެމް.ޑީ.ޕީ

  އެޖެންޑާ 19 ތަފާތުވާނެވާހަކަ މާކުރިންވެސްވަނީ އެމް.ޑީ. ޕީ ވެރިކަމެއްގައި ތަފާތުވާނެވާހަކަ ވާނީ ބުނެފައެވެ. ހުރިހާކަމެއްގައިވެސް އެތަފާތު ދައްކާނަމެވެ. ދެންރައްޔިތުން އެތަފާތު ބައްލަވަން ކެއްކޮއްގެން ހީލަހީލާ ތިއްބެވުންއެދެމެވެ.

  17
  1
 3. ާބޭކާރު

  ތިޔައީ ސިއްހީ ދާއިރާގެ އިހުމާލެއްނޫން.ރައްޔިތުންގެ އަމިއްލަ ކެރިފޯރުން ތެރިކަން ނެތިގެން ބޭނުންޖެހޭ ވަގުތު ބޭނުންވާ މަންޒިލަށް ވާސިލް ނުވެވުނީމަ އެހެން ބައެއްގެކޮނޑުގަ ޒިންމާ އެޅުވުމަށްފަހު ތިމާ ރެކިގަންނަން އުޅުމަކީ ނުބައި އާދައެއް. ދެތިންލައްކަ ބިދޭސީން ރާއްޖޭގަ ތިބެމެ.އެމީހުން ބޭނުން ވަގުތަކު ބޭނުންތަނަކަށް ދެވި ބޭނުން ވަރަކަށް ފައިސާލިބި އެމީހުންގެ ރަށުގަ ބިލްޑިންގ އިމާރާތް ކުރެވޭއިރު ދިވެހި މީހާ ސަބްސިޑީ ކައިގެން ދިރިއުޅެން ދަސްކުރުމަކީ ކޮންބައެއްގެ އިހުމާލެއްބާ؟

  4
  21
 4. ޭެެެސިވިލްސާރވަންޓް

  ރާއްޖޭގަ ޑޮކްޓަރުން ނަރުހުންގެ އިހުމާލުން ވީއެއްވެސް ކަމަކަށް މިއަދާ ހަމަޔަށް އާއިރު ނަށޭހަތް ދިނުން ފިޔަވާ އިތުރު ފިޔަވަޅެއް ނޭޅެ. މައްސަލަތައްބަލަމުންދިޔަ ކޮމިޓީގެ ކަންކަން ގާތުންފެނި އަޑުއިވިފަ ހުރުމުން ބުނަންކެރޭ ކޮންމެ މައްސަލައެއްގަ ވެސް ބުރަވަނީ ޑޮކްޓަރުންގެ ސައިޑަށް. ނަމެއްގަ އަނިޔާ ލިބޭ މީހުން ގެނެސްގެން ވަރަށް ހަމްދަރުދީވާކަމަށް ހެދިފަ ޖަވާބެއް ދޭނަމޭކިޔާ ފޮނުވާލުމަށްފަހު ޑޮކްޓަރުންނާ އެއްކޮޅަށް ވާހަކަ އެންބުރޭނެ. ޢެހެންނު ވާނީ ބޯޑުގެ މެޖޯރިޓީގަ އައި.ޖީ.އެމް.އެޗްގެ ޑޮކްޓަރުން. މައްސަލައިގެ ރިޕޯޓު ނިންމަންޖެހެނީ ވަކިމީހަކު ބޭނުންވާ ގޮތަށް. ދުވަހަކުވެސް ޑޮކްޓަރުން ކުއްވެރިވާ އިތުވެސް އެކަށީގެންވާ ފިޔަވަޅެއް ނާޅަ. ކޮންމެވެސް މަތީ މަގާމެއް ފުރުއްވާފަވާ މީހެއްގެ ދަރިޔެއް ނުވަތަ އާއިލާ މީހަކަށް ވަނީވެފަ. ހެލްތުން އެންމެ ގިނައިން ފިޔަވަޅު އަޅާފަ ހުރީ ފާރމަސިސްޓުންނަށް، އެއީ ނިކްމެތިންގެ ދަރިންވީމަ ނިކަން އަވަހަށް ފިޔަވަޅު އަޅާނިމޭ. ދިވެހި ޑޮކްޓަރަކާ ދޭތެރޭ ފިޔަވަޅެއް ނޭޅޭ. އަޅާކަށް ނުކެރޭ. ޑޮކްޓަރުންގެ ބޮޑެތި އިހުމާލުން ހިންގި ކަންކަމުގަވެސް ހެދީ އެހެން. އެހުރިހާ ފަހަރަކުވެސް ހިތައްއެރި އަހަރުމެނަށްވެސް މިފަދަ ކަމެއް ދިމާވިޔަސް މައްސަލަޖެއްސިޔަސް މިމީހުން ހަމަ މިހެންނޭ ހަދާނީ. މީވަރަށް ދެރަކަމަށް. ޢިންޑިޕެންޑެންޓް އިންވެސްޓިގޭޝަނަށް ހުއްދަ ނުދޭހާ ދުވަހަކު ވާނީ މިހެން.

  11
  1
 5. އަވާ

  އިހުމާލް،މިލަފުޒު ހެލްތުމިނިސްޓަރ އަމީން ވަރަށް ރީއްޗަށް މާނަކުރާނެ، އަމީންބުނާނެ ސިއްޙީދާއިރާއަށް އިހުމާލް ވެފައޮތީ ކުރީސަރުކާރުންނޭ.މީހުންނަށް ހީވަނީތީ،އަމީންބުނާހެން އިހުމާލްވަނީ ކުރީސަކާރުން.މިސަރުކާރުން އިހުމާލެއް ނުވާނެ މިސަރުކާރުން ކުރެވޭކަންތަކަކީ އޮޅިގެން ކުރެވޭ ކަންތަށް.އެއީމައްސަލައެއްނޫން،ބަޔަކަށް އޮޅިދާނެ އެއަކަށް އިހުމާލެއް ނުކިޔާނެ.

  13
  1
 6. ހަސަނާ ހުސޭނާ

  ސިއްހީ ޚިދުމަތްތެރިން ގެ ގާނޫނެއްވެސް އެބައޮތް. މިނިވަން ކޮމިޓީ ތަކުން އިހުމާލުތައް ބަލާނެ އޮނިގަޑާއި އެކަމަށް ދާ ޚހަރަދުތައް ކުރުމްގެ ބަޖެޓްވެސް ހަމަޖެހިފަ އެބަހުރި. ކަމެއްނުކުރުން ނުވަތަ ކުރަން ނުކެރުން އެއީ މުޅިން އެހެން ކަމެއް. ރައްޔިތުމީހާ އަށް ސަރުކާރުން ދޭނެ ޖަވާބަކީ ތިކަން އެބަ ބަލަމޭ. ތިކަން ތިހެންވީ ކުރީސަރުކާރުން ކަންތައް ކުރި ގޮތުންނޭ. ނޫނީ މިސަރުކާރަށް އޮޅިގެން ކުރެވުނު ކަމެކޭ!

  7
  1
 7. އަހުމަދު މުހައްމަދު

  ބަޔަކުމީހުން ކޮވިޑަށް ތައްޔާރުވިނަމަ މިޔަށްވުރެ ވަކި ފަސޭހައިން އެކަމުން ސަލާމަތްވެވިދާނެ އެހެން ގައުމެއް ނެތް. އެއީ މިގައުމު އުފެދިފައި އޮތްގޮތުން. އެކަމަކު ކީއްތޯ ކުރާނީ ހަރުދަނާ ވިސްނުމެއް ނެތުމުގެ ނަތީޖާއަކީ 3 މަސްދުވަސް ވެގެންދާއިރު އަދިވެސް ބަލީގެ ބިރުވެރިކަން ކުޑަނުވުން.

 8. މާލެ ނޫން ގޮތެއް

  އަދިވެސް އަތޮޅުތެރެއިން މީހުން މާލެ ގެންގޮސްގެންނޫނީ ފަރުވާ ދެވޭނެ އިންތިޒާމެއް ހަމަޖައްސާކަށް ނުވޭތަ. ނިކަން އަތޮޅުތަކަށްވެސް ރޭޑިއޯލޮޖިސްޓުންނާ، ރަނގަޅަށް ޚިދުމަތްދެވޭވަރަށް އަންހެނުންގެ ޚާއްސަ، އޮޕަރޭޝަންފަދަ މުހިއްމު ދާއިރާތަކުން ޑޮކްޓަރޮންލާބަލަ. އެން. އައި. ސީ. ޔޫ ފަދަ ޑިޕާޓްމަންޓްތައް ހަދާ، އެކަށީގެންވާވަރަށް އާލާތް ފޯރުކޮށްދީބަލަ. ކޮވިޑުން އިބުރަތްލިބި މާލުއަށް ބަރޯސާނުވެ އަތޮޅުތެރެއިން ޚިދުމަތްތައްލިބޭނެ އިންތިޒާމު ހަމަޖައްސައިދީބަލަ.

 9. ބޭކާރު

  ނަރުހުންނާ ޑޮކްޓަރުން މަސައްކަތް ކުރަނީ މީހާގެ ފުރާނަ ސަލާމަތް ކުރުމަށް ފަރުވާތެރިކަމާއެކު.ދިރިހުރުމާ މަރު ގެންނެވުމުގެ ބާރު ލިބިފައިވަނީ ހަމަ އެކަނި ﷲ ގެ ކިބަފުޅަށް .އެއީ ޑޮކްޓަރުންނާ ނަރުހުންނަށް އޮތް ބާރެއްނޫން. މީހާ ދުނިޔެއަށް ފޮނުއްވޭއިރު އަޖަލު ވަނީ ކަނޑައެޅިފަ.ފާޑުފާޑުގެ ވާހަކަ ދައްކަނީ މިންވަރުފުޅު ގަބޫލު ނުކުރާމީހުން.