ގޮނޑުދޮށަށް ގޮސް ހޯދީ 450 އަށް ވުރެ ގިނަ ފުޅިތަކުގެ މަތިގަނޑު ހޯދައި އޭނާގެ މަގްސަދަކަށްވީ އުކާލާފައި ހުންނަ ތަކެތިން ބޭނުންތެރި މަސައްކަތްތަކެއް ކުރާށެވެ. ބޭނުމަކަށްވީ، ދަރިވަރުންނަށް ތާނަ އަކުރު ކިޔަވައިދޭ އިރު، ޝައުގުވެރިވާނެ ގޮތްތަކެއް ހޯދުމެވެ.

މި މަސައްކަތުގައި އެންމެ އިސްކޮށް އުޅުނީ އއ. މާޅޮސް ސްކޫލްގައި ދިވެހި ޓީޗަރު އާދަމް ރަމީޒެވެ.

ރަމީޒް "ވަގުތަށް" ބުނީ އެކަން ކުރީ އުކާލެވޭ ތަކެތިން ބޭނުންތެރި ކަމެއް ކުރުމަށާއި ސްކޫލްގައި އުޅޭ ތާނަ ކިޔަން ނޭނގޭ ކުދިންނަށް އެހީތެރިވުމަށް ކަމަށެވެ. ރަމީޒް ވަނީ ފުޅީގެ މަތިގަނޑު ބޭނުންކޮށްގެން ކުދިންނަށް ތާނަ ކިޔަން ދަސްކޮށްދޭ ހާއްސަ އަކުރު ކާޑު ސެޓެއް ހަދައިފައެވެ. މިއީ އެންމެ 20 ދުވަހުގެ ތެރޭގައި އެތައް ބައެއްގެ އެއްބާރުލުމާ އެކު، ހެދި ހުނަރުވެރި މަސައްކަތެއް ކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.

"ރަށުގެ ގޮނޑު ދޮަށަށް ބައިވަރު ފުޅިތައް ހުރޭ އުކާލާފައި، މިހާރުވެސް ފުޅިތައް އެއްކުރަމުން މިދަނީ، އެއްޗެހި ހަދަން، ދެން ސްކޫލްގައި އެބަ އުޅޭ ތާނަ ކިޔަން ނޭނގޭ ކުދިން، ހާއްސަކޮށް ޓީޗަރުންގެ ޒިންމާއެއް، ތާނަ ކިޔަން ލިޔަން، ދަރިވަރުންނަށް ދަސްކޮށްދިނުމަކީ، އެހެންވެ ކުދިންނަށް ރާގުތަކާއި، ލަފްޒުތައް، ލަފްޒު އުފެދޭ ގޮތާއި، ޖުމްލަ ހެދޭ ގޮތާއި، ޖުމްލައިން ޕެރެގްރާފް ހެދޭ ގޮތާއި، މިގޮތަށް ކުދިންގެ ސިކުނޑިތަކަށް ވައްދާ ދޭން ކުރި ކަމެއް މިއީ،" ރަމީޒް ބުންޏެވެ.

މި މަސައްކަތް ފެށުމަށް ގޮނޑުދޮށުންނާ އެކި ތަންތަނުން ފުޅި ހޮވައި، އޭގެ މަތިގަނޑު ނަގައި، ފުޅިތައް ކަފާ ހެދިއެވެ. އަދި ކޮރަލް ޑްރޯއިން އަކުރުތައް ތައްޔާރުކޮށް އެ އިންނަންވާނެ ގޮތް ކުރަހާލިއެވެ. އަދި އެ އަކުރުތަކުގެ ބޮޅުތައް ކަފާލައި، އަކުރުތައް ފުޅީގެ މަތިގަނޑުގައި ތަތް ކުރިއެވެ. އަދި ސެޓް ތައްޔާރު ކުރުމުގެ މަސައްކަތް ފަށައިގަތެވެ. އެ ސެޓްތައް ތައްޔާރުކޮށް ނިމުމުން، އެ ސެޓްތައް އެޅުމަށް ހާއްސަ އެއްޗެއްވެސް ވަނީ ތައްޔާރުކޮށްފައެވެ.

ކުޅިވަރުގެ ސްޓައިލަަށް ކުދިންނަށް ޝައުގުވެރިވާނެ ފަދަ ގޮތަކަށް ރަމީޒް ތައްޔާރު ކުރި މި ތާނަ ކިޔަން ދަސްކޮށްދޭ އަކުރު ސްކޫލްގައި ބޭނުން ކުރުމުގެ ހުއްދަ އެ ސްކޫލްގެ ޕްރިންސިޕަލްގެ އަރިހުން އޭނާ ވަނީ ހޯދައިފައެވެ. އެއީ ސްކޫލަކީ ޕްލާސްޓިކް އެއްޗެހި ވެއްދުން މަނާ ތަނެއް ކަމަށްވީމައެވެ.

އޭނާ މި ހުރިހާ ކަމެއް ކޮށްފައި ވަނީ މި ފުރަބަންދު ތެރޭގައެވެ. އާ އާއްމު ހާލަތުގައި ސްކޫލް ހުޅެވެން ވާއިރަށް އޭނާ ބޭނުންވަނީ މުޅި ޕްރޮގްރާމް ކުރިއަށްގެންދާ ގޮތް ރާވައި ތައްޔާރުކޮށް، ދިވެހި ކިޔަވައިދޭ ހުރިހާ ޓީޗަރުން އަހުލުވެރި ކުރުވާށެވެ.

ރަމީޒު ބުނީ، މަތިގަނޑުން މި ހެދި އެއްޗަކީ މީގެ ފަށާ މަރުހަލާގެ ބައި ކަމަށެވެ. މީގެ އިތުރުން ތަސްވީރާއި ލަފްޒާ ގުޅުވުމަށް ހާއްސަ އެއްޗަކާއި، ލަފްޒާ ލަފްޒާ ގުޅުވުމަށް ހާއްސަ އެއްޗަކާއި، ޖުމްލަ ހެދުމަށް ހާއްސަ އެއްޗެއް ތައްޔާރު ކުރާނެ ކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.

"މަރުހަލާއަކަށް ފަހު މަރަހަލާއެއް ތަރައްގީ ވަމުން ގޮސް، އެންމެ ފަހުން ފޯން ކާޑު ބޭނުން ކޮށްގެން ޖުމްލަ ހެދުމާއި ލަފްޒު ހެދުމާއި ދެން އޮންނާނީ. މިއީ ހަމަ ކުޅިވަރެއްގެ ތެރެއިން ދަސްކޮށްދިނުމުގެ ބޭނުމުގައި،" ރަމީޒު ބުންޏެވެ.

ރަމީޒު ބުނީ، ޔޫޓިއުބުން ވެސް މިކަހަަލަ އަތްތެރި މަސައްކަތުގެ އެއްޗަހި ވަރަށް ބަލާ އުޅޭ ކަމަށެވެ. ނަމަވެސް އެގޮތަށް ބެލިކަމުގައިވިޔަސް ކޮޕީކޮށް ނޫޅޭކަން އޭނާ ވަނީ ފާހަގަަކޮށްފައެވެ.

މި ފުރަބަންދު ތެރޭގައި އޭނާ ވަނީ ދަރިންނަށް ހާއްސަކޮށް މަތިގަނޑު ބޭނުންކޮށްގެން އުނދޯއްޔެއްވެސް ހަދާފައެވެ. އަދި ސަރަންފީއެއް ވެސް ހެދިއެވެ.

"ހިއެއް ނުވޭ އެއްވެސް މީހަކު މިކަހަލަ ގޮތަކަށް މީގެ އެއްޗެއް ހަދާފައި ހުރި ހެނެއް. އެ މަތިގަނޑު އުދޯއްޔަކީވެސް އެގޮތަށް ބަލައިގެން ހެދި އެއްޗެއް ނޫން، އެ އަންނަ ހިޔާލެއް ދެން އެއީ،" ރަމީޒު ބުންޏެވެ.

ރަމީޒާ އޭނާގެ ގާތް މީހުންގެ މަސައްކަތަށް ތާނަ އަކުރުގެ 24 އަކުރު ސެޓް ތައްޔާރުކޮށް މި ވަނީ ހަމަކޮށްފައެވެ.

"ހުންނާނެ ލަފްޒެއް ނެތި ހުންނަ އެއްޗެހި ވެސް، ނަމަވެސް ހުރި އަޑުތަކަށް، ކުދިކުދި ލަފްޒުތައް ރަދީފް ބޭނުންކޮށްގެން ގެނެވޭތޯ ބަލާފައި އެބަ ހުރި، ބައެއް އަޑުތައް ނިމޭ ކޮޅަށް ހުރޭ، މެދު ތެރެއަށް ހުރޭ، އެގޮތަށް ބަލައިގެން މި ހުރީ، މިސާލަކަށް ށަވިޔަނީގެ އަޑު މިސާލަކަށް ށަވައިޔަނިން ށަވިޔަނި މި ކިޔަނީ، އެކަމަކު އޭގެ ނިމޭ ކޮޅަށް ބައެއް ލަފްޒުތަކުގެ ށަވިޔަނި އެބަހުރޭ، މެދު ތެރޭ އެބަ ހުރޭ، އޭގައި ށަވިޔަނީގެ އަޑު އެބަ ހިމެނޭތާ ދޯ، އެހެންވީމަ އެކަހަލަ ގޮތަކަށް ހުންނާނެ ބައެއް ލަފްޒުތައް ގެނެސްފައި، އެއީ ކުދިންނަށް ބުނެދޭން، އަޑު އެބަ އޮތޭ ކިޔާފައި،" ރަމީޒް ކިޔާދިނެވެ.

ރަމީޒު ބުނީ، މިގޮތަށް ކުދިންނަށް އަކުރު ކިޔަން އަދި ލިޔަން ޝައުގުވެރިކަމާއެކު ދަސްކޮށްދިނުމަށްފަހު، ފަހުން މީގެން ނުކުންނަ ނަތީޖާ ހިއްސާ ކުރާނެ ކަމަށެވެ.

"އޭރުން އެހެން ސްކޫލްތަކަށްވެސް މިގޮތަށް ޕްރޮގްރާމް ގެންގޮސް، ގެންދިޔަ ގޮތާއި، އައި ބަދަލާއި އެއްޗެހި ކިޔާދޭން އަޅުގަނޑު ގަސްތުކޮށްގެން މި ހުރީ". ރަމީޒް ބުންޏެވެ.

މިއީ ފަސޭހަ މަސައްކަތެއް ނޫނެވެ. މިއީ ވަރަށް ބުރަ ކަމަކެވެ. އޭނާ ވަނީ މިކަމުގައި އުޅުނު އެންމެންނަށް ޝުކުރު އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޏނަސީމު

    ޏނެތް ކްރިއޭޓިވިޓީ އެއް. ޢެކަމް ސަޅި އާރޓް ވޯކެއް. ޓީޗިން އެއިޑެއްގައި ހުންނަންޖެހޭ 1 ސިފަ ތި މަސައްކަތުގަ އިނީ.

    33
    14
    • ބޮގަޑޭ

      ޕަކާސް

      1
      3
  2. ާައާންޓީ

    ސާބަހޭ ރަމީޒު! ރަމީޒުގެ ތި އުފެއްދުމުން އިންޝާﷲ ދަރިވަރުންގެ ކިޔެވުމަށް ވަރަށް ރަނގަޅު ނަތީޖާ އެއްފެންނާނެކަމަށް ބެލެވާ..ތިތަކެތި ބޭނުންކޮށްގެން ދަރިވަރުން ޝައުގުވެރި ކުރުވައިގެން ކިޔަވާދެވޭއިރު ދަރިވަރުންނަށް އުނގެނުމުގައި އައި ބަދަލުތައް ޖަރނަލްކޮށް ނޯޓުކުރުން ބުއްދިވެރިވާނެ. ރަނގަޅު ދިރާސާއަކަށްވެފަ އެހެން މަދަރުސާތަކުގެ މުދައްރިސުންނަށާއި އުނގަންނާދޭ ފަރާތްތަކަށްވެސް ރަނގަޅު ދަސްވުމަކަށްވާނެ.. ރަމީޒުގެ މަސައްކަތުގައި ބަރަކާތްލައްވާށި ..އާމީން

    69
    1
  3. ިިިީަަަަިުއިނާ

    ވަރަައް ސަޅި. ހަމަ ހަބޭސް....???

    64
  4. ލީޒާ

    ވަރަށް ރީތި

    19
  5. ޖުނައިދު

    ރަމީޒް ސާރ ތިޔަކުރެއްވީ ވަރަށް މުހިންމު މަސައްކަތެއް އަދި ޓީޗިން އެއިޑެއްގައި ހުންނަންޖެހޭ ހުރިހާސިފަތައް ތިޔަމަސައްކަތުގައި އެބަހުރި ޝުކުރިއްޔާ ރަމީޒް

    31
    1
  6. Anonymous

    މާޝާﷲ ވ.ރީތި މަސެއްކަތެއް

    11
    1
  7. ޢަޒްމާ

    ما شا الله⁦❤️⁩

    4
    1
  8. މީނު

    ޓީޗަރއެވެ. ތިކަމަކީ ގިނަ ބަޔަކު ދަންނަ ކަމެކެވެ. ތިކަމަށްވުރެ ، ދަރިވަރުންގެ ފިލާވަޅުތައް ވީޑިއޯ ކުރަމުން ކިޔަވައިދީ އެތަކެތި ޔޫޓިއުބްއިންނަމަވެސް ދަރިވަރުންނަށް (އަމިއްލަ "ޓަލަކު"ލާސްގޮތަށް) ދޫކޮށްލިނަމަ މާ ރަނގަޅުވީހެވެ.