ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޮވިޑް-19 ޖެހިގެން ތިން މިލިއަނަށް ވުރެ ގިނަ މީހުންނަށް ފަރުވާދެމުންދާ އިރު، ގިނަ ގައުމުތަކަށް މިވަގުތު އެންމެ ބޭނުންވެފައިވާ އެކައްޗަކީ ވެންޓިލޭޓަރެވެ. އިންސާނާގެ ދިފާއީ ނިޒާމު ބަލިކަށިކޮށްލާ މި ވައިރަސް އަށް ފަރުވާއެއް އަދި ބޭހެއް ހޯދިފައި ނުވާ އިރު، ކޮވިޑް-19 ބަލީގައި ހާލު ބޮޑުވާ މީހުން ފަރުވާ ދޭން ޖެހިފައި ވަނީ ވެންޓިލޭޓަރުގެ އެހީގައެވެ.

ދުނިޔެ އަށް ދިމާވެފައިވާ ސިއްހީ ކާރިސާއާ ގުޅިގެން ވެންޓިލޭޓަރު އުފައްދާ ބައެއް ކުންފުނިތަކުން އެ މަސައްކަތް ހުއްޓާލާފައިވާތީ އާއި ދުނިޔޭގައި ދަތުރުފަތުރު ކުރުމުގެ ނިޒާމު ހުއްޓާލާފައިވާތީ ވެންޓިލޭޓަރު ލިބުމަށް ވަރަށް ބޮޑު ދަތިކަމަކާ ކުރިމަތިލާން ވަނީ ޖެހިފައެވެ.

އެކަމަކު، ރާއްޖޭގައި ތިބި ހުނަރުވެރިން މަދެއް ނޫނެވެ؛

ރާއްޖޭގައި ވެސް އެމްއެންޑީއެފް އާއި ބައެއް އާއްމުން ވަނީ ވެންޓިލޭޓަރުތައް އުފައްދައިފައެވެ.

އެގޮތުން، އައްޑޫ ސިޓީގެ މީދޫއަށް އުފަން އުމުރުން 25 އަހަރުގެ އަހުމަދު މުއީދު ވަނީ މީގެ ދުވަސްކޮޅެއް ކުރިން ރާއްޖޭގެ މާހައުލުން ފަސޭހަކަމާ އެކު ލިބޭނެ އާލާތްތައް ބޭނުންކޮށްގެން ކާމިޔާބުކަމާ އެކީގައި ވެންޓިލޭޓަރެއް އުފައްދައިފައެވެ.

https://www.facebook.com/mu1dh/videos/pcb.2608366926044106/2608353892712076/?type=3&theater

އެ ވެންޓިލޭޓަރަށް އެތައް ބައެއްގެ ސަމާލުކަން ވެސް ވަނީ ލިބިފައެވެ. އެފަހަރު ލިބުނު ތަރުޚީބަށް ފަހު މުއީދު މަސައްކަތް ފެށީ ކުރިން އުފެއްދި ވެންޓިލޭޓަރަށް ވުރެ ރަނގަޅު ވެންޓިލޭޓަރެއް އުފެއްދުމަށެވެ.

އެގޮތުން މިދިޔަ މަހުގެ ފަހު ކޮޅުން ފަށައިގެން 12 ވަރަކަށް ދުވަސް ވަންދެން އޭނާ ކުރި މަސައްކަތަށް ފަހު މަސައްކަތް ކާމިޔާބު ކުރިއެވެ. މުއީދުގެ ދެވަނަ އުފެއްދުމަކީ ގިނަ އިލެކްޓްރިކް ކޮމްޕޯނަންޓްތައް ބޭނުންކޮށްގެން އުފައްދާފައިވާ ޕޯޓަބަލް ވެންޓިލޭޓަރެކެވެ. އެ ވެންޓިލޭޓަރު ޓެސްޓް ކުރީ ހުޅުމީދޫ ސިއްހީ މަރުކަޒުގައެވެ.

މުއީދު "ވަގުތަށް" ބުނީ ޕޯޓަބަލް ވެންޓިލޭޓަރެއް ހަދަން ކުރީ ފަހަރަށް ވުރެ ގިނަ ވަގުތު ހޭދަވީ ކަމަށެވެ. ސަބަބަކީ އެ އުފެއްދުމަށް ގިނަ އިލެކްޓްރޯނިކް ކޮމްޕޯނަންޓްތަކެއް ބޭނުންކުރުން ކަމަށް އޭނާ ބުންޏެވެ. އަދި އެ ވެންޓިލޭޓަރަށް މައްސަލައެއް ދިމާވެއްޖެ ނަމަ އެކަން އެނގޭނެ ގޮތް ހަމަޖެއްސުމަށްޓަކައި، ފެއިލް ސޭފް ޑްރައިވް މެކޭނިޒަމެއް ވެސް އޭގައި ގާއިމްކޮށްފައިވާނެ ކަމަށް މުއީދު ވަނީ ބުނެފައެވެ.

" އިންޓަނެޓް އިން ވެސް ބެލިން ބައެއް ކަންކަން. އޭގަ މޯޓަރު ހުއްޓުނީމަ އެލާމް އަޅާނެ ގޮތް ހަދަން. އެކަމަކު ނުފެނުނު. ވަރަށް ގޮތް ގޮތަށް ޓްރައިކޮށްގެން ފަހުން ހަމަ އެކަން ވެފަ އެހުރީ އިރާދަކުރެއްވީތީ. މިހާރު އެލާމް އަޅާނެ އެއަށް މައްސަލައެއް ދިމާވުމުން،" މުއީދު ކިޔައިދިނެވެ.

މިފަހަރުގެ އުފެއްދުން ވެސް އޭނާ އުފައްދާފައިވަނީ ރާއްޖެއިން ލިބެން ހުރި ތަކެތި ބޭނުންކޮށްގެން ކަމަށްވާ އިރު، މި ފަހަރުގެ ވެންޓިލޭޓަރު ކުރީ ފަހަރުގެ ވެންޓިލޭޓަރަށް ވުރެ ލުއިވެފައި ގެންގުޅެން ފަސޭހައެވެ.

One Photos - Jxu1kX5jnHfDjXI2sZtHGGRYM.jpg

ޕޯޓަބަލް ވެންޓިލޭޓަރު އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ އިރު ނަގާފައިވާ ފޮޓޯއެއް

މުއީދުގެ މިހާރުގެ އުންމީދަކީ ވެންޓިލޭޓަރު އުފެއްދުމުގެ މާސް ޕްރޮޑަކްޝަންގެ މަސައްކަތް ކުރުން ކަމަށް ވާއިރު އެ ހިސާބަށް ދިއުމަށްޓަކައި އޭނާ އަށް މާލީ އެހީތެރިކަން ބޭނުންވާނެކަން މުއީދު ވަނީ ފާހަގަކޮށްފައެވެ.

އެއީ މިފަދަ ތަކެތި ހެދުމަށް ބޭނުންކުރާ ސާމާނަކީ ވަރަށް އަގުބޮޑު ތަކެއްޗަށް ވުމެވެ.

މިކަން ކުރުމުގެ ވިސްނުން އައީ މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ރާއްޖެއަށް ދިމާވާ ކުއްލި ހާލަތެއްގައި ހޮސްޕިޓަލުތަކުގައި ބޭނުންކުރާ ވެންޓިލޭޓަރުތައް ލިބުން ދަތިވެދާނެ ކަމަށް ވިސްނާފައި ކަމަށް މުއީދު ބުންޏެވެ.

މިހާރުވެސް މުއީދު ދަނީ އިތުރު އުފެއްދުމެއް އުފައްދަން މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ލޮލް

    ހެލޯ

    5
    2
    • ވެންޓިލޭޓަރ

      ބްރޯގެ މަސައްކަތަށް ސާބަސް ދެން..ތި ބޭނުމެއް ނުކުރެވޭ ކަމަށްވަނީ ހުއްދައެއް ނޯވެޔޯ؟ ވެންޓިލޭޓަރއެއްގެ މުމެންޓުގެނެސް ހެދިދާނެ ވަރަށް ގިނަ މެތަޑަތައް ނެޓުގަ ހުރޭ އެކަމު ސޭފްޓީކަށަވަރު ކުރުންކަމަށްވަނީ އެންމެ އުނދަގޫކަމަކީ ވައިސާފުކުރާ ނިޒާމާ މީހާގެ ގައިން ބޭރުކުރާ ކާބަންޑައި އޮކްސައިޑްގެ ސަބަބުން ވެންޓިލޭޓަރ ތަޣައްޔަރު ނުވާނެ ގޮތަށް ހެދުންކަމަށް. މިހެން ހަދާ ވެންޓިލޭޓަރުތަލުގެ އެކަންކަން ފުރިހަމަ ނުވާތީ ބޭނުން ނުކުރަނީ

      18
      1
  2. ޚިެނ

    ތީ އްސްލު ކުރީގައި ކަނބުރުގެ ތަކުގަ ގެންގުޅޭ ގިރުބާ ދޯ؟

    20
    4
  3. ހީޞިރް

    ތީ މޮޔައެއް

    9
    22
    • ބަބޫ

      ކަލެޔަށް ނޭގޭ އެއްޗެއް ހަދާމީހުންނަކީ ހުްމޮޔައިންދޯ

  4. ނާސިފް

    ހަބޭސް

    16
    5
  5. ބޮޑުބެރު

    ތީގެން ހީވަނީ ބޮޑުބެރު ޖަހަނީހެން. އެފާޑެއްގެ އަޑެއް ވިއްޔަ ކިޔަނީ

    13
    7
  6. ބޯކިބާ

    ފަހާފޮށީގެ ތިނޯސް އިންނަބައިގަ އެބޫބޭގެއް އަޅުވާލަނިކޮށް މެނުއަލް ވެންޓިލޭޓަރެއް ހެދޭނެ. ދެން ނޫހުގަވެސް ޖަހާނެ.

    13
    7
  7. އަބްދުﷲ

    ވެންޓިލޭޓަރަކީ ބާދަނގަޑާއި ވައިޕަރ މޯޓާރާއި ޓޮގްލް ސްވިޗަކުން ހެދޭހާ ފަސޭހަ އެއްޗެއްނޫން. ޓެކްނިކަލް ނޮލެޖްހުރި މީހުންނަށް ކުރެވޭނެ ވަރަށްގިނަ ކަންކަން އެބަހުރި. ބޭކާރު އެއްޗެހި އުފެއްދުމަށްވުރެ ބޭނުންހިފޭނެ އެއްޗެއް އުފަންދަންވީ ނޫންތޯ؟؟؟

    16
    2
  8. އަސާ

    މިހާރު ރާއްޖޭގަ ހީވަނީ ފާޑެއްގެ ވެންޓިލޭޓަރު ކޮމްޕެޓިޝަނެއް ބާއްވައިގެން އުޅެނީހެން. ހާއި މުއީދު ބުރޯ. ?ތި ވެންޓިލޭޓަރު އުފައްދަން އޮއްވާ ދުށިން.? ތި ސިކުނޑި މަށަށް ދޭންވީއެއްނު. މަ އަލްޖެބްރާ ހަދަން؟؟

    2
    1
  9. Anonymous

    ތިއީ ބޮޑު އަޑުފޮއްޓެއްނުން.... ނިކަން މިކަމަށް ވެކްސިން އެއް ނޫނީ ބޭސް ގުޅައް ހަދަން އުޅެބަލަ

    4
    1